Skip to content
އެސްފިޔަ

ކުރާ ކަމެއް ކުރުމުގެ ކުރިން ވިސްނައިލާށެވެ.

މުދައްރިސުންނާއި ބެލެނިވެރިންގެ ބައްދަލުވުން ނިންމާލާފައި އަމީނިއްޔާ ސްކޫލުން ނިކުތް އިބިރިހިމާއާއި އޭނާގެ ދަރިފުޅު އީނާ ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އިބިރިހިމާގެ މޫނުން ފެންނަ ހިތްހަމަޖެހުމުގެ ކުލަވަރު އަދި މާ ފުޅަލެވެ. އެހެން ނުވާންވީ ހަމަ އެއްވެސް ސަބަބެއް އޮތީއެއްވެސް ނޫނެވެ.

މުދައްރިސުން ވިދާޅުވި ގޮތުގައި އީނާއަކީ ކުލާހުގައި ހުރި އެންމެ އަޚުލާޤު ރަނގަޅު ދަރިވަރުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ކިޔެވުމަށްވެސް އެހާ މޮޅީއެވެ. ގަދަ ދިހައަކަށް އަރާނެކަމަށް ވަރަށް ގިނަ މުދައްރިސުން ޔަޤީންކަން ދެއްވިއެވެ.

އިބިރިހިމާ ވީ އުފަލުން ސައިކަލުގައި ގޮސް އެމަޑުކޮށްލީ އައިފޯނު ވިއްކާ ފިހާރައެއްގެ ކުރިމައްޗަށެވެ. އީނާވެސް ހައިރާންވެފައި ހުރެ ބައްޕައާއި ދިމާލަށް ބަލައިލައިފިއެވެ.

“ދަރިފުޅާ! މިއަދަކީ ދަރިފުޅަށް ދަރިފުޅު ކުރި ބުރަ މަސައްކަތުގެ އަގު ލިބޭ ދުވަސް! އަވަހަށް ވަދޭ! ގޮސް ބޭނުން ވައްތަރެއްގެ ފޯނެއް ނަގާ!” އިބިރިހިމާގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.

އީނާ ވީ އުފާ ބުނެދޭންވެސް ނޭނގެއެވެ. އަވަހަށް ގޮސް ފިހާރައަށް ދެމިގެންފިއެވެ. އަދި އެންމެ މިޒަމާނުގެ އައިފޯނަކާއި އެއަށް ލައްވާނެ ރީތި ބަނޑޭރިއެއްވެސް ނަގައިފިއެވެ. އިބިރިހިމާވެސް އުފަލުން ހުރެ އެއަށް އަގުދައްކާ ނިންމާލައިފިއެވެ.

*****************************************************************************

ދެމަސް ދުވަސް ފަހެެވެ. އީނާގެ ކަމަކީ އަބަދު ފޭސްބުކަށް ވަނުމެވެ. ވާޖިބަކަށްވެސް ވީ ތޯއްޗެކެވެ. ނުވަނިއްޔާ ފާފަވެރިވެސް ވެދާނެ ދަރަޖައަށް އެއަށް އެވަނީ ދެވިހިފާފައެވެ.

މިހެން އުޅެމުން، ވަރަށް ރީތި ޒުވާނަކާވެސް ރައްޓެހިވެވިއްޖެއެވެ. އޭނާއާއި ނުލާ ނޫޅެވޭ ވަރަށް “ލޯބި”ވެސް ވެވިއްޖެއެެވެ. ފުަރަތަމަ ހަމަލޮލުން ބަލާލުމަށް ދިޔަ ރޭވެސް، އެންމެ ސޯޅަ އަހަރުގެ އީނާ ދިޔައީ ވަރުގެ ކޮޅަށް ނަލަހެދިގެންނެވެ. ތުންފަތްވެސް ރަތްކަމުން ހީވަނީ ލޭ އުނގުޅާފައި ހުރިހެންނެވެ. ލައިގެން ހުރި ހެދުން ކުރުކަމުން ބުޑު ނުފޮރުވޭތީ ފަޤީރުކަމުން އުނުއޮރިޔާން ނިވާކޮށްލާނެ ފަދައެއް ނެތް ކުއްޖެއްހެންވެސް ހީވެއެވެ.

އަޅައިގެން ހުރި ބުރުގާގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނެއެވެ. މޭމަތި ނުފޮރުވޭ ތާނގައި މައްޗަށް އޮޅަމުން އޮޅަމުން ގޮސް އުޑާއި ހަމައަށް ނަގަން އުޅޭހެން ހީވެއެވެ. ޖަމަލުގެ ގޮންގަޑަކާއި ވަރަށް ވައްތަރެވެ.

އަރައިގެން ހުރި ފުންނާބު އުސް ކަށީގައި ހިނގާފައި ދާއިރު، މުސްކުޅި ބެއްޔަކަށްވުރެ ހާލު ދެރައެވެ.

މިދެކުދިން ވަރަށް “އުފަލުގައި” ދުވަސްތައް ވޭތުކުރަމުން ދަނިކޮށް ވަރަށް އެހެން ކަހަަލަ ކަމަކާވެސް ދިމާވެއްޖެއެވެ.

އެއްރެއަކު އީނާ ރައްޓެހިވެގެން އުޅޭ ފިިރިހެންކުއްޖާ ކަމަށްވާ އަހުމަދު، އީނާ ގޮވައިގެން ގޮސް ކޮޓަރިއަކަށް ވައްދައިފިއެވެ. ފުރަތަމަކޮޅު ބިރުގަތަސް، އީނާއަށްވެސް ދާދި ފަސޭހައިން އަހައްމަދާގެ އަތުތެރެއަށް ވިރިގެން ދެވުނެވެ.

އެރޭގެ ފަހުން، އީނާ ހުންނަނީ މޭނުބައިކުރުވާގޮތްވެފައެވެ. އެނދުން ނުތެދުވެވި، ކާއެއްޗެއް ނުކެވި، ހުން ގަދަވެ، ހޮޑު ލެވި، ނުވާކަށް ކަމެއް ނެތެވެ.

އީނާގެ މައިންބަފައިން ހީކޮށްގެން ތިބެނީ އީނާ ހުންގަދަވެގެންގޮސް ވާ ގޮތްތަކެއް ކަމުގައެވެ.

ކޮންމެވެސް ގޮތަކުން، އީނާ އަހުމަދާ ބައްދަލުކުރާކަން އެނގިގެން މީގެ ކުރިން އެދެމަފިރިން ވަނީ އަހުމަދާ ބައްދަލުކޮށް، އީނާ ކިޔަވާ ނިމެންދެން މަޑުކުރުމަށް އެދިފައެވެ. އަދި އޭގެ ފަހުގައި އަހުމަދު ރަނގަޅުކަމަށް ފެންނަނަމަ އަހުމަދާއި އީނާގެ ކައިވެންޏަށް އާނބަސް ބުނާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް އެއިރަށް އަހުމަދަށް ކެތްނުވީއެވެ.

އެންމެ ފަހުން، އީނާ ޑަކުޓަރަށް ދައްކާ ނިމި، ޓެސްޓުތައް ހެއްދުމަށްފަހު އެދެމަފިރިން ދެކުނު ފޮނި ހުވަފެންތައް ފެނަށް ދިޔަހެން ހީވިއެވެ. އީނާ ބަނޑުބޮޑުވީއެވެ.

ޖަމީލާދިޔެވެސް އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ. އިބިރިހިމާއަށްވެސް އަރުތެރޭގައި ހިތިރަހައެއް ލެވުނުހެން ހީވިއެވެ.

މިހެން މިދެމަފިރިންނަށް ނުވާނީވެސް ކީއްވެހެއްޔެވެ؟ ލިބުނު ހަތަރު ދަރިންގެ ތެރޭގައި ހުރި ހަމައެކަނި އަންހެންކުއްޖަކީ މިޔެވެ. ހަގަށް ތިބި ދެކުދިންނަކީ ލޭއަޅާ ދެކުދިންނަށް ވެފައި އީނާއަކީ ސިއްޙަތު ރަނގަޅު ކުއްޖަކަށް ވުމުން އެދެމަފިރިން އީނާއާއި ދޭތެރޭގައި ހާދަ އުންމީދުތަކެއް ކުރިއެވެ.

އީނާ ބަނޑުބޮޑުކަން އެނގުމުން، ގާތްތިމާގެ މީހުންގެ މަލާމާތާއި ފުރައްސާރައާއި ކުރިމަތިލާން ޖެހުނެވެ. ޖަމީލާދިޔެއާއި އިބިރިހިމާވެސް ތިބެން ޖެހުނީ ލަދުންނެވެ.

އީނާގެ ބަނޑަށް ހަމަހުގައި އަހުމަދު، ކައިވެނީގެ ފޯމު ހިފައިގެން އެގެއަށް އައުމުންވެސް އިބިރިހިމާ އައި ރުޅީގައި ތިކަހަލަ މީހަކާ މަގޭ ދަރިއެއް ނުދެވާނަމޭ ބުނެ، ދެން ދުވަހަކުވެސް ކުރިމައްޗަށް ނައުމަށް ބުނެ އަހުމަދު ފައްސާލީއެވެ.

އެންމެ ސަތާރަ އަހަރުގައި، އީނާ، ފިރިހެންކުއްޖަކު ވިހެއެވެ. ބައްޕަ ނެތް ކުއްޖަކަށް ވީތީ ހިތާމަ ކުރެވުނަސް، މިކަމުގައި އީނާގެ ކުށްވެސް ވާކަން އޭނާ ޤަބޫލުކުރިއެވެ.

އިބިރިހިމާގެ ދެމަފިރިން، އީނާ، އޭނާގެ ދަރިފުޅާއެކީ އޭނާގެ ބޭބެގެ ދެމަފިިރިން ކިޔަވަން ތިބޭ ޤައުމު ކަމަށްވާ ލަންކާއަށް ފޮނުވާލިއެވެ. އީނާ، މަތީ ތަޢުލީމު ޙާސިލުކުރުމަށްޓަކައެވެ.

*********************************************************************************

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފޭސްބުކުވެސް ހެޔޮގޮތުގައި ބޭނުންކުރައްވާށެވެ! ކުރާ ކަމެއް ކުރުމުގެ ކުރިން ވިސްނައިލާށެވެ! އެހެންނޫނީ އީނާއަށް ދިމާވިފަދަ ދެރަ ގޮތެއް ވެދާނެއެވެ.

ނޯޓު: މިއީ އަޅުގަނޑުގެ ގާތްތިމާގެ ކުއްޖަކަށް ދިމާވި ޙަޤީޤީ ޙާދިޘާއެކެވެ.

Comments (30)

  1. Crazi

    Shalhi ehgey..,but maa bodah ves kuree

    1. InsaanehMiAAlamGaivAA
      Crazi

      Yeah thanks

  2. ryyn

    varah salhi… n moral eh vx libey.. frst stry dhw mii liyunu? if so its awesome.. 😉 ehn stry ehvx kiyaalan libeyne kamah hykuran…

    1. InsaanehMiAAlamGaivAA
      ryyn

      nope, not first.. I wrote “Muslimun abadhuves thibenvaanee Duty ga eve.”
      and thanks.

  3. sara

    V salhi v v v reethi mivaahaka..☺

    1. InsaanehMiAAlamGaivAA
      sara

      thanks

  4. shaz

    v reethi vaahaka eh…

    1. InsaanehMiAAlamGaivAA
      shaz

      thanks

  5. ihu

    Vreethi

    1. InsaanehMiAAlamGaivAA
      ihu

      thank you

  6. aathu

    Its nt frst story of writer
    .right?..its vry nice..hope to see nice stories of urs

    1. InsaanehMiAAlamGaivAA
      aathu

      Yeah Thanks

  7. 4f!4h

    It’s moral in furigen vaa story eh. Mihaaru varah aammu kameh dho mee. 16 aharuge kudhin ekani tha? Mihaaru 9 aharu nuvaa kuda kudhinnah ves engey facebook ah vannan. kiriyaa liyan kiyan engey varu vaa irah Iphone aa Ipad aa ecchehi ganedheny kudhinnah game kulhen shey kiyaafa. dhen vaany mihen dho. Kiriyaa kudhin baaliqu vaa irah kudhin bandu bodu vaa vaahaka iveny. Dhera varu kanthah. Mi jeeluge dharin. Keeh kuraany dho…
    )”‘”
    – (
    )”‘”

    1. InsaanehMiAAlamGaivAA
      4f!4h

      So True

  8. ninth

    ibirihimaa ey…

    1. InsaanehMiAAlamGaivAA
      ninth

      Yeah.. Huvadhoo bahun ibrahimah kiyanee ibirihimaa..

  9. samaa

    Vvvv iburahtheri vaahaka eh

    1. InsaanehMiAAlamGaivAA
      samaa

      Thanks

  10. luvna

    nice story its filled with morals hope to see another story of yours.

    1. InsaanehMiAAlamGaivAA
      luvna

      thank you

  11. ibrahim

    Huvadhoo meehunneh kamaku ibrahim ah ibrihima kiyan jeheytha? Mives dhen dhivehi bahoa

    1. InsaanehMiAAlamGaivAA
      ibrahim

      Well, it’s huvadhoo’s dialect. Dialects are different in some atolls.

  12. pis pis

    Ehen vegenney bunany dharin avaha dhevaashey gosmagaka gosdhaanethy allah agavaafa vaagotha kantha nukuranyaa vaanyves henthaa keekuraany neynge pis pis pis

  13. xxx

    16aharuga dharinge kaiveni kurevetheytha I don’t think so pis pis nice story waiting 4 new story

    1. sawiyya
      xxx

      adhi mivaahakaiga ekanyeh noon.hageegathugaa alhuganduge cousin akah ves vefa oiyy gothehmeeyes its true

  14. ifui

    mashahves thikahala kameh vi

  15. mives insaaneh

    Dialect change v ma mees meehunge nan change vaa kameh nudhena hurin.. Kalo kon thaakun thr huvadhoo bas dhaskohgen thiya ulheny..

  16. Aishaa

    thee huvadhoo kuhjeh tha

  17. Aishaa

    tho*

  18. shiny

    Mashallah varah reethi keep it up!!

Comments are closed.