Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

ހައިފާ (ދެ ވަނަ ބައި)

Mish Level 1
October 24, 2015 5 Mins Read
18 Comments

ކުދި ފަނިފަކުސާގެ އަޑުން މުޅި މާޙައުލު ވަނީ ގުގުމާލާފައެވެ. ހައިފާ އާއި މަރިޔަނބު ރަށުގެ ބޮޑުމަގުން ހިނގަމުން އެދަނީ ދަންވުމުގެ ކުރިން ގެއާ ހަމައަށް ފޯރާތޯއެވެ. މިއީ މިހާރު އާދަވެގެން ކޮންމެ ރެއެއްގައިވެސް މިދެމައިން އުޅެން ޖެހޭ ޙާލެވެ. ހައިފާ ކްލާސްތައް ނެގުމަށްޓަކައި އަޔާޒު ގާތަށް ދާން ފެށިތާ މިހާރު މަސް ދުވަސް ވަނީ އެވެ. ކޮންމެ ރެއެއްގެވެސް ރޭގަނޑު ކެއުމަށްފަހު 9 ޖަހާއިރަށް ކްލާހަށް ދާން އޭނާ ތައްޔާރުވެއެވެ. އަޔާޒު ދިރިއުޅެމުން ދަނީ އިސްކޫލުގައި ހެޑްމާސްޓަރުން ތިބެން ހަމަ ޖައްސާފައިވާ ތަނުގައެވެ. ސްކޫލް ހުންނަނީ މީހުން އާބާދުވާން ފަށާފައިވާ ހިސާބަށްވުރެ ދުރުގައި ކަމަށް ވުމުން ހައިފާ ނިމެންދެން ކޮންމެ ރެއަކުވެސް މަރިޔަނބު އޭނަގެ އިންތިޒާރުގައި ސްކޫލު ގޯތިން ބޭރުގައި މަޑުކޮށްގެން އިނދެއެވެ.

މޮޅަށް ކިޔެވުމަށް ހައިފާ ދެކެމުން އައި ހުވަފެން މަޑުމަޑުން ސީދާ ވަމުންދާ ކަމުގެ ފެހި ސިގްނަލް ފެންނަން ފަށައިފިއެވެ. ތާނަ ކިޔަން އެނގި އިނގިރޭސީގެ ބަސްތަކާއި ހިސާބުގެ އަދަދުތައްވެސް ކޮންމެވެސް މިންވަރަކަށް ފާއިތުވެދިޔަ މަސް ދުވަސް ތެރޭ އޭނާއަށް ދަސްވެފައި ވެއެވެ. މިކަންތައް ވެގެން ދިޔައީ ކްލާސް ތަކަށް ބަރާބަރަށް ޙާޒިރުވުމަށް އޭނާއަށް އިތުރު ބާރަކާއި، އާ އަޒުމެއް ގެނެސްދިން ކަމަކަށެވެ. އާދައިގެ މަތިން މިރޭވެސް ހައިފާ ކްލާހަށް އައީ އައު އެއްޗެއް އުނގެނުމުގެ ނިޔަތުގައެވެ.

“ޢައްސަލާމް އަލައިކުމް” ދޮރުން ވަނުމުގެ ކުރިން ހައިފާ ހުއްދައަށް އެދުނެވެ. “ވަޢަލައިކުމް ސަލާމް! އަހަނ! ހައިފާ ތިއައީ ދޯ؟ އަވަހަށް ވަދޭ.” ކޮޓަރިން ނިކުމެގެން އައި އަޔާޒު އަށް ހައިފާ ފެނުމާއެކު ހިނިތުން ވެލަމުން ބުނެލިއެވެ. “ކޮބާ ރޭގަ ނިންމަން ދިން ފިލާވަޅުތައް ނިންމައިގެންތަ ތިއައީ؟” ހައިފާ އައިސް މޭޒު ކައިރީ އިށީނުމާއެކު އަޔާޒުގެ ސުވާލު ކުރިމަތިވިއެވެ. “އާދެ! އަޅުގަނޑު މިއައީ ހުރިހާ ފިލާވަޅުތަކެއް ނިންމައިގެން.” ހައިފާ ޖަވާބުދާރީ ވިއެވެ. “އެހެންތަ؟ އާނ، މިރޭ އަހަރެން ހައިފާއާ ހަވާލުކުރާނީ މުޅިން އާ މަސައްކަތެއް. މިރޭ މާ ގިނަ ވަގުތެއް މިތާ މަޑުކުރާކަށްވެސް ނުޖެހޭނެ.” މިހެން ބުނެ އަޔާޒު ހައިފާއާއި ހަވާލުކުރީ ފިލި ނުޖަހާ ލިޔެފައިވާ ގަނޑެކެވެ. “އާނ. މީ ސިޓީ އެއް. ހައިފާގެ މަސައްކަތަކީ މާދަން ރޭ އަންނަ އިރު މި ސިޓީގައި ފިލި ޖަހާ މީތި ނިންމައިގެން އައުން. އެންމެ ރަނގަޅެއްނު.” ހައިފާގެ ކުރީރޭގެ ފިލާވަޅުތައް ބަލަމުން ދިޔަ އަޔާޒު އޭނާއަށް އެ މަސައްކަތް ކުރަން ޖެހޭ ގޮތް އޮޅުންފިލުވައިދިނެވެ. “ދެން އެންމެ ރަނގަޅު މިރޭ ގެއަށް ދިޔަޔަސް.” ފޮތްތައް ބަލައި ނިމުމާއެކު އަޔާޒު ބުންޏެވެ. ހައިފާވެސް އިތުރު އެއްޗެއް ނުބުނެ ލުއި ހިނިތުންވުމަކާއެކު ހިނގައިގަތީ އަވަހަށް ގެއަށް ދިއުމަށެވެ.

الله أكبر…. ބަންގީގެ އަޑަށް ހޭލެވުނު ހައިފާ އަވަސް ވެގަތީ ގައިން ތާހިރުވުމަށް ފަހު ނަމާދަށް ދިއުަމަށެވެ. މިއީ އެންމެ ކުޑައިރުއްސުރެ އޭނާގެ ގައިގައި ހިފާފައިވާ ރީތި އާދައެކެވެ. ނަމާދުކޮށް ނިމުމަށްފަހު ގެއަށް އައިސް އޭނާގެ ކޮއްކޮމެން ހޭލުމުގެ ކުރިން ސައި ތައްޔާރުކޮށް ނިންމައިލިއެވެ. އަދި ނިކަން ހަލުވި ދުވެއްޔެއްގައި ގޮސް އެނދުމައްޗަށް ޖެހިގަތީ އަޔާޒް ސަރ ދީފައިވާ މަސައްކަތް ކޮށް ނިންމާލުމަށެވެ.

ބައިގަޑިއިރުގެ މަސައްކަތަށް ފަހު ހައިފާއަށް ސިޓީގައި ފިލިޖަހާ ނިންމާލެވުނެވެ. މަސައްކަތް ނިންމުމަށްފަހު އޭގައި ލިޔެވިފައިވާ އިބާރާތްކޮޅު ކިޔާލުމުގެ ނިޔަތުގައި ހައިފާ ސިޓީ ކިޔަން ފެށިއެވެ. “އެންމެ ފުރަތަމަ ދުވަހު ކަލާ ފެނުނީއްސުރެ އަހަރެންގެ ހިތް ކަލާގެ މިލްކަކަށް ވެ ނިމިއްޖެއެވެ. އަހަރެންގެ މި ހަށިގަނޑު ދަގަތްފާނުގައި ވާ ދަމާބާރު ފަދައިން ހައިފާގެ ގާތަށް ދަމަންފަށައިފިއެވެ. ކަލާގެ ހަށިގަނޑުގެ ބީހުން އަހަރެންގެ މި ހަށިގަނޑުގައި ކަރަންޓުގެ ބާންޏެއް އުފައްދައިފިއެވެ. ކޮންމެ ރެއަކުވެސް މި ވާހަކަތަށް ކަލާއާއި ހިއްސާކޮށްލާ ހިތުން އަހަރެން ހުންނަނީ ކެތްމަދުވެފައެވެ. ލޯބިވާ ހައިފާއެވެ.” ހައިފާއަށް ސިޓީ އިން ކިޔުނީ މިވަރެވެ. ބޮލަށް އެނބުރުންގަނޑެއް އެރުމަށް ފަހު މުޅިތަން އަނދިރިވާން ފެށިއެވެ.

“ކުޑާއްތާ! ކުޑާއްތާ!” ހައިފާއަށް ހޭވެރިކަންވީ އޭނާގެ ކޮއްކޮ އައިޝާ ގޮވަަންފެށުމުންނެވެ. “ކުޑާއްތާ، ކިހިނެއްވީ؟ ކީއްވެ ބިންމަތީގަ ނިދަން އޮތީ؟” ކުޑަކުޑަ އައިޝާ ސުވާލުކުރަންފެށިއެވެ. ކުޑަކޮށް ތެދުވެލުމަށްފަހު ހައިފާ ބަލައިލިއިރު އޭނާ ފިލި ޖެހި ސިޓީ އަތުގައު އޮތެވެ. ވީގޮތް ރޭކާލީ ދެނެވެ. މިއީ ސިޓީގައިވާ އިބާރާތްތަށް ކިޔުމަށްފަހުވީގޮތެކެވެ. “ކަމެއްނުވޭ ކޮއްކޯ.. ކުޑައްތަ އެހެން އޮއްވާ ކުޑަކޮށް ނިދުނީ. ކޮއްކޮ އެކަމާ އަޅާނުލާ ދޭ އަވަހަށް ކުޅެން ބޭރަށް އިނގޭ.” ކުޑަކުޑަ އައިޝާ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ހައިފާ ބުނެލިއެވެ. “އައިޝޫ، ދަމުން މަންމަ ކައިރީ ބުނޭ ކުޑާއްތަ އެބަ ހޯދައޭ، އިނގޭ.” ބޭރަށް ދާން ދުއްވައިގަތް އައިޝާއަށް ގޮވާފައި ހައިފާ ބުންޏެވެ.

“ކޮންކަމަކާ ފަޔަށް ހިނިއަރައިގެން ތިއުޅެނީ މިހާ ހެނދުނާ؟”މަރިޔަނބު އައިސް ދޮރުމައްޗަށް އެރިއިރު ހައިފާ ކަމަކާ ހާސްވެފަ ހުރިކަން ފަހަގަވެ އަހާލިއެވެ. މަރިޔަނބުގެ އަޑަށް ހައިފާ އަށް ކުޑަ ސިހުމެއް ލިބިގެން ދިޔައެވެ. “މަންމާ! މިސިޓީ ގައި މިއޮތް އެއްޗެއް ނިކަން ބަލައިލަ.” މިހެން ބުނުމަށްފަހު ސިޓީގައިވާ އިބާރާތްކޮޅު މަރިޔަނބަށް ދެއްކިއެވެ. “ހައިފާ! ތިއީ ފިލާވަޅެއް ނު؟ ތީ މާބޮޑުކަމަކަށް ނުހަދާ. އެ އަޔާޒުއަކީ އެފާޑުގެ މީހެއްނޫނޭ. އެއީ އެއަށްވުރެ މާ މާތް މީހެއް. ހައިފާ ކުދިކުދި ކަންތައް މާބޮޑުކޮށްލަން ނޫޅެ ތިބާއްވާފަ ދޭ މެދު ގޯތިތެެރެ ފޮޅާ ސާފުކުރަން.” މިހެން ބުނެ ބޭރަށް ނިކުންނަން ދިޔަ މަރިޔަނބުގެ ތުންފަތްމައްޗަށް ނިކަން ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ހިނިތުން ނުވާންވީ ސަބަބެއް ނެތެވެ. މަރިޔަނބަކީ އެންމެ ކުރީއްސުރެން ފައިސާއަށް ލޯބިކުރާ މީހެކެވެ. އޭނާގެ ހައިފާގެ އަތުގައި މިހިފަން އުޅެނީ ބޮޑު ނަސީބެކޭ ހިތާހިތުން ކިޔާލިއެވެ. މަރިޔަނބު ނިކުމެގެން ދިޔުމާއެކު ހައިފާ އޭނަގެ އަތުގައި އޮތް ސިޓީ ވީދާ ކުދިކޮށް ޑަސްބިނަށް ލިއެވެ. އެއަށްފަހު ކްލާހަށް ދާއިރު އަޔާޒް ކައިރީ ދައްކާނެ މޮޅު ބަހަނާއެއް ތައްޔާރުކޮށްލިއެވެ.

އިރުއޮއްސި އަނދިރިވާން ފަށާއިރަށް ހައިފާ ހާސްވާން ފެށިއެވެ. މިރޭ ކަންތައް ވެގެން ދާނެ ގޮތް ނޭނގޭތީ އެކަމާ ހާސްވެ ކަންބޮޑުވިއެވެ. ސިކުނޑީގެ ކަނަކުން ކްލާހަށް ނުދާން އިންޒާރުދެމުން ދިޔަނަމަވެސް މަންމަގެ ބަހަށް ކްލާހަށް ދާން ނިންމިއެވެ. “ހައިފާ، މަންމަ މިތާ ބޭރުގަ މަޑުކުރާނަން. ނިމުނީމަ އާދޭ އިނގޭ” އެހެން ރޭތަކާ ޚިލާފަށް މިރޭ ހައިފާ ގޮވައިގެން ދޮރާހަމަޔަށް ގެންދާކަށް މަރިޔަނބެއް ނޫޅުނެވެ. ހައިފާ މިކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ވަދެގެންދިޔައީ މިރޭގެ ކްލާސްވެސް އަވަހަށް ނިންމާލުމަށްފަހު ގެއަަށް ދިއުމަށް އަޒުމުކަނޑައަޅައިގެންނެވެ.

އާދައިގެ މަތިން މިރޭވެސް ހައިފާ އައިސް އިށީނދެލީ އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައެވެ. “ހައިފާ..” ކޮޓަރިން ބޭރަށް ބޯދިއްކޮށްލުމަށްފަހު އަޔާޒު ގޮވައިލިއެވެ. “މިދަނީ އިނގޭ! 5 މިނެޓް މަޑުކޮށްލާ..” އަޔާޒް އައިސް ސުވާލުކުރާނެކަން ހައިފާއަށް އެނގި ކުޑަކޮށް ހާސްވިނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިފިއެވެ. “ކޮބާ ރޭގަ ހަވާލުކުރި ސިޓީ ނިންމައިގެންތަ ތި އައީ؟” އަޔާޒް އައިސް އެންމެ ފުރަތަމަ ކަމަކަށް ކުރި ސުވާލަކީ އެއީ އެވެ. ދިގު އިންތިޒާރަކަށްފަހު އަޔާޒް ބޭނުންވާ ގޮތަށް ހައިފާ އޭނާގެ މިލްކަކަށް ހެދުމަށް ކެތްމަދުވެފައިވާ މީހަކު ފަދައިން ދެވަނަ ފަހަރަށްވެސް ސުވާލު ތަކުރާރުކޮށްލިއެވެ. “ނޫން. އަޅުގަނޑަށް އޭގަައި ރަނގަޅަށް ފިލި ޖަހަން ނޭގުނު.” އަޔާޒުގެ ސުވާލަށް ޖަވާބު ދިންއިރު ހައިފާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވިއެވެ. “އެހެންތަ؟ އެންމެ ރަނގަޅުވާނެ. ދެމީހުން އެކީގަ އެ ނިންމާނީ. އަވަހަށް ނަނގާ. އަހަރެން ހައިފާއަށް ނޭނގޭ ތަންކޮޅުތައް ފުރިހަމަ ކުރުމުގަ އެހީވާނަން.” އަޔާޒް ބޭނުންވީ ކޮންމެ ގޮތަކުންވެސް ހައިފާ އަށް އޭނާގެ އިޙްޞާސް ތައް އެންގުމެވެ. “މާފްކުރައްވާ! އަޅުގަނޑު އެ ސިޓީ އެއް ނުގެންނަން..” މަޑުމައިތިރި ކަމާއެކު ހައިފާ ޖަވާބު ދިނެވެ. ހައިފާގެ މިޖަވާބުން އަޔާޒުގެ މޫނުގެ ކުލަވަރު ވެއްޓި މުޅިން މިލައިފިއެވެ. “ހައިފާ މި މަސައްކަތް ނިންމާ އިނގޭ. އަހަރެން އެބަ އަންނަން ކުޑައިރުކޮޅަކުން.” ހިސާބު ނަންބަރުތަކެއް ހެދުމަށް ހަވާލް ކުރުމަށްފަހު އަޔާޒް މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. އަޔާޒު އިތުރު ސުވާލެއް ކުރިމަތި ނުވެ އޭނާ އެ ސިޓީ އާ މެދު މާބޮޑު ފަރުވާލެއް ނުބެހެއްޓުމުން ހައިފާއަށް ވެސް އޭނާގެ މަންމަ މަރިޔަނބު ދެއްކި ވާހަކަ ގަބޫލުކުރެވެން ފަށައިފިއެވެ. އޭނާ ހީކުރިގޮތް މުޅިން ރަގަޅު ނުންކަން އެނގުމުން ހައިފާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އަދި އެއްވެސް ފިކުރެއްނެތި ހަވާލުކުރެވިފައިވާ މަސައްކަތައިގެން ކުރިއަށް ދިއައެވެ.

“އެހެން ކިހިނެއް ވާނީ. މިއަދު މަރިޔަނބު ވެސް އަހަންނާ ދިމާވެގެން އެ ސިޓީގެ ވާހަކަ ދެއްކި ވިއްޔަ. ގައިމު ސިޓީ ފުރިހަމަ ކޮށްފަ އޮއްވާ ފެނިގެންތާ މަރިޔަނބަށް ވެސް އެވާހަކަ ދެއްކޭނީ.. އަނެއްކާ ހައިފާ އަހަންނަށް ދޮގު ހަދަނީބާ..” ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަޔާޒު އަދިވެސް ވިސްނަމުން ދަނީ އެ ސިޓީ އާ މެދުގައެވެ. “ނުވާނެ އެހެނެއް. ހައިފާ  އަހަންނަކަށް ދޮގެއް ނުހަދާނެ. އެ ވާނީ އެ މަންޖެ މާބޮޑަށް ލަދުގަތީ ކަމަށް. މަރިޔަނބު ވެސް ބުނި ވިއްޔަ އެ މަންޖެ އަހަންނާ ރުހި ޤަބޫލޭ. އަހަރެން ކޮންމެ ގޮތެއް ވިޔަސް މިރޭ ހައިފާއަށް ލޯބި ހުށައަޅާނަން.” މަރިޔަނބުގެ ވާހަކަތަކަށް ހެއްލި ހުރި އަޔާޒް ވިސްނަމުން ދިޔައީ މިރޭ ހައިފާ ގެއަށް ދިއުމުގެ ކުރިން އޭނަގެ ލޯބި ހުށައަޅާނެ ގޮތެކެވެ.

“ކޮބާ ނިމުނީތަ؟” އެތައް އިރަކު ވިސްނުމަށްފަހު އަޔާޒު އައިސް ގޮނޑީގައި އިށީނުމާއެކު ހައިފާ އޭނާގެ މަސައްކަތް ހަވާލު ކުރިއެވެ. ” ހައިފާ. އަހަރެން އެބައޮތް ހައިފާ ކައިރީ ވަރަށް ބޮޑު ވާހަކަ އެއް ބުނަން ވެފަ.” ހައިފާގެ މަސައްކަތް ބެލުމަށްފަހު އަޔާޒު ވާހަކަ ކުރިއަށް ގެންދިޔައެވެ. އަޔާޒު ދައްކަން އުޅޭ ވާހަކަ ފަހުމްވޭތޯ ހައިފާ ސަމާލުވިއެވެ. “ހައިފާ އަހަރެން ހައިފާ ދެކެ ވަރަށް ލޯބިވޭ. އަދި ވީހާވެސް އަވަހަކަށް ހައިފާއާ ކައިވެނި ކުރަންވެސް ބޭނުން.” އަޔާޒް މިހެން ބުނެލުމާއެކު ހައިފާ ހުއްޓުން އެރިއެވެ. އޭނާ އަށް އަޑުއިވުނީ ރަނގަޅަށްތޯ ޔަޤީންނުވެފައި އިންފަދައެވެ. “ހައިފާ ކޮންމެވެސް ޖަވާބެއް ދީބަލަ. ހެޔޮނުވާނެ.” އަޔާޒު އާދޭސް ކުރަން ފެށިއެވެ. “ހައި..” އަޔާޒު އެއްޗެއް ބުނަން އުޅެފައިވެސް ހުއްޓުނީ ކުއްލިއަކަށް ހައިފާ އިން ގޮނޑިން ތެދުވުމުންނެވެ. “ސަރ. އަޅުގަނޑު ވަރަށް ގަދަޔަށް ބޮލުގަ ރިއްސަން ފަށައިފި. ބޭނުމީ އަވަހަށް ގެއަށް ގޮސްލަން.” މިހެން ބުނެ ނިކުންނަން ހިނގައިގަތްތަނާ އޭނާ އަށް ހުއްޓުން އެރީ އަޔާޒު އައިސް އޭނާގެ ކުރިމައްޗަށް ހުއްޓުމުންނެވެ.

އަޔާޒު މަޑުމަޑުން ހައިފާގެ އަތުގައި ހިފާ އޭނާއާ ގާތަށް ގެނައެވެ. “ބަލާބަލަ މިހިތުގެ ހިނގުން. ހައިފާ ފެންނަ ކޮންމެ ފަހަރަކު މި ހިތް މިގޮތަށް ތެޅޭ.” ހައިފާގެ އަތް ގެނެސް އޭނާގެ ހިތާ ދިމާލުން ޖެއްސުމަށްފަހު އަޔާޒު ބުނެލިއެވެ. ކުއްލިއަކަށް ހައިފާ އޭނާގެ އަތް ދަމައިގަނެ އަޔާޒުއާ ދުރަށް ޖެހިލީ ދިރޭ ސުއިއްޕެއް ކައްޓެއް ޖެހިފަދަ އިހުސާސެއް ކުރެވިގެންނެވެ. “އެކަމަކު އަޅުގަނޑު ދެކެނީ ތިއީ އަޅުގަނޑުގެ މުދައްރިސުގެ ގޮތުގަ. އަޅުގަނޑު ދުވަހަކުވެސް ސަރ އަށް އެހެން ގޮތަކަށް ދެކިފައެއްނުވާނެ.” ބިރުން ވިރިވިރި ހުރެމެ ހައިފާ ތެދުބަސް ހާމަކުރިއެވެ. ހައިފާ އަށް އަޔާޒުއާ މެދު އެފަދަ ގޮތަކަށް ދެކެވޭނީވެސް ކިހިނަކުންތޯއެވެ. އަޔާޒު އަކީ ދުވަސްވެފައިވާ މީހެކެވެ. ބަލާބެލުމަށްވެސް އަޔާޒު 40 އަހަރާ ގާތް ކުރާނެކަން ގައިމެވެ. ހައިފާގެ މި ޖަވާބު އިވުމުން އަޔާޒު ހަމައިން ނެއްޓި ފަދަ އެވެ. މިހާތަނަށް އެއްވެސް އަންހެނަކު އޭނާގެ ހުށައެޅުމަކާ ދެކޮޅު ހަދާފައެއް ނެތެވެ. އަޔާޒް މޮޔައެއް ފަދައިން ހައިފާ އާއި ގާތްވަމުން ދިޔައެވެ.އެންމެ ރަނގަޅެވެ. ލޯބި ނުލިބޭ ކަމުގައި ވާނަމަ އޭނާ ހައިފާގެ ހަށިގަނޑުން ބޭނުންވާ ފައިދާ ހޯދާނެއެވެ. އަޔާޒު ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއެކު ހައިފާއަށް ބިރުން ފަހަތަށް ޖެހެވެ އެވެ. ކުއްލިއަކަށް އަޔާޒު ހައިފާގެ ހަށިގަނޑަށް ޖެހިގަތެވެ. އޭނާގެ ހަރަކާތްތަށް އަވަސް ވެފައި ވެއެވެ. “އަހަރެންގެ ލޯބި ޤަބޫލު ނޫނިއްޔާ ތި ރީިތި ހަށިގަނޑުން ކޮންމެސް ވަރެއް އަހަންނަށް ކޮއްދެވެން ވާނެ ދޯ؟” އަޔާޒް އެއްފައްޗަކަށް އަމުނައިލިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Mish

Level 1

Other Articles

Previous

އިންތިޒާރު ( 21 )

Next

ހިތުގަ މިވާ ސޫރަ ތެދޭ!! 6

Next
October 24, 2015

ހިތުގަ މިވާ ސޫރަ ތެދޭ!! 6

Previews
October 23, 2015

އިންތިޒާރު ( 21 )

18 Comments!

  1. Mish says:
    October 24, 2015 at 3:15 am

    i hope you guys find this part interesting as well. uploaded a little earlier as the last part was too short. 🙂 if you guys find any mistakes please feel free to let me know. looking forward to see some interesting comments. enjoy reading.
    lots of love :*

  2. Zee says:
    October 24, 2015 at 3:46 am

    Thanks! I hope you would upload the story till the end!
    So when can I read the next part?

  3. Mish says:
    October 24, 2015 at 3:56 am

    am on it now. hopefully soon in sha Allah 🙂

  4. aathu says:
    October 24, 2015 at 7:19 am

    Nice story, waitin for the nxt prt so eagerly 😉

    1. Mish says:
      October 24, 2015 at 5:12 pm

      Thank you aathu 🙂

  5. Crazi says:
    October 24, 2015 at 9:08 am

    Waiting for next part…

    1. Mish says:
      October 24, 2015 at 5:11 pm

      🙂

  6. xy says:
    October 24, 2015 at 4:31 pm

    V nyc so whn i cn read nxt prt …thankolheh avahah up kohla dhehcheyyy

    1. Mish says:
      October 24, 2015 at 5:10 pm

      Thank u xy… In sha allah try kuraanan mi monday ah up kureveythw 🙂

  7. Tinka says:
    October 25, 2015 at 8:14 am

    v nice. but thankolheh dhigu koh up kohdhecchey..

    1. Mish says:
      October 26, 2015 at 10:40 pm

      yes tinka… dhigu koh genesdheynan ingey 🙂 Thank you btw

  8. stefan says:
    October 25, 2015 at 6:37 pm

    As I said before this part is even not short. Its we readers interest and suspense making us feeling like that.so mish I think your story is being counted famous and nice to everyone, means readers are positive and accepted your literacy. I can see your improvement.it seems you do recheck draft before you “up” it…feeling nice. OHH forgot to say story and your writing is nice. 🙂 keep it up!! “wish you luck-make a difference……..”

  9. stefan says:
    October 25, 2015 at 6:40 pm

    As I said before this part is even not short. Its we readers interest and suspense making us feeling like that.so mish I think your story is being counted famous and nice to everyone, means readers are positive and accepted your literacy. I can see your improvement.it seems you do recheck draft before you “up” it…feeling nice. OHH forgot to say story is nice and your writing is nice. 🙂 keep it up!! “wish you luck-make a difference……..”:-):-):-):-):-):-):-) sooooorrrryyyyyy 4 t mstk thr

    1. Mish says:
      October 26, 2015 at 10:38 pm

      thank you so much stefan…. i really appreciate the support you guys are giving. and love the interest shown towards this story 🙂

  10. angel says:
    October 26, 2015 at 3:03 pm

    Nice…keep it up 🙂

    1. Mish says:
      October 26, 2015 at 10:38 pm

      thank you 🙂

  11. mishk says:
    October 26, 2015 at 5:03 pm

    Mondey ah up kodheynamey kiyaafa. Koba thr mihaaru kemadhuvehje

    1. Mish says:
      October 26, 2015 at 10:39 pm

      mishk am so sorry to keep you all waiting…. mihaaru vaane up kohffa… hope you like the 3rd part as well

Comments are closed.



All Right Reserved!