Skip to content
އެސްފިޔަ

ހައިފާ (4ވަނަ ބައި)

މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ ހައިފާގެ މިސްރާބު ހުރީ އޭނާގެ ގެއާ ދިމާލަށެވެ. އޭނާ ވިސްނަމުން އެދަނީ އޭނާގެ މަންމަ އަށް އެވާހަކަ ކިޔައިދޭނެ ގޮތަކާ މެދުގައެވެ. ޔަޤީނެވެ. މަންމަ އޭނާގެ ބަހަށް އިތުބާރު ކުރާނެއެވެ. އަޔާޒުގެ ފަރާތުން ލިބިފައިވާ އަނިޔާތައް އެންމެ ރަނގަޅަށް އިނގޭނެ މީހަކީ އޭނާގެ މަންމަ އެވެ. މަންމަގެ ފަރާތުން ލިބެންވާ އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދުގައި ހިނގުން ބާރުކޮށްލީ އަވަހަށް ގެއަށް ދިއުމަށެވެ. “މަންމާ! މަންމާ!” ގެއަށް އައިސް ވަދެވުމާއެކު ހައިފާ އޭނާގެ މަންމަ އަށް ގޮވަންފެށިއެވެ.”ހމމމމ… ކިހިނެތްވީ؟ މިހާރު ކޮންތަނެއްގަ އަލިފާން ރޯވެގެން ތިއުޅެނީ؟” މަރިޔަނބު ފަތިވަރު އަމުނަމުން އައިސް ހައިފާގެ ގާތަށް ހުއްޓުނެވެ. ކިހިނެތްތަ ވީ؟ ކިޔާބަލަ ވެގެން އުޅޭ ގޮތެއް..” މަރިޔަނބު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

މަންމަގެ މިޒާޖު ހުރިގޮތުން ހައިފާ ކުޑަކޮށް ޖެހިލުންވި ނަމަވެސް ހިތްވަރު ކޮށްލާފައި އޭނާ ދައްކަން އައި ވާހަކަ ކުރިއަށް ގެންދިޔައެވެ. “މަންމާ. މަންމަ އަށް އިނގެއެއްނު އަޔާޒު އަޅުގަނޑާ މެދު ކަންތައް ކުރި ގޮތް؟” ހައިފާއަށް މިހާހިސާބަށް ބުނެވުނުތަނާމަރިޔަނބު އޭނާ ހުއްޓުވިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވެއްދުމަށް ފަހު އަމުރުވެރި ރާގަކަށް ބުނެލިއެވެ.”ހައިފާ… ބުނެފީމެއްނު ތިއީ ކުޑަކުއްޖެކޭ. މިހާރު އެއީ ވެނިމި ގޮސްފައިވާ ކަމެކޭ… އެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އެކަމެއް ބަދަލެއް ނުކުރެވޭނެ. ހައިފާ ކިތަންމެ ވަރަކަށް އުޅުނަސް އެއީ ނުވާ ކަމަކަށް ނުހެދޭނެ. ހައިފާ ކައިރީ ކުރިން ދުވަހުވެސް ބުނީމެއްނު ދެން އެވާހަކަ އިތުރަށް ނުދައްކާށޭ. ތި ވާހަކަ އެހެން މީހަކަށް އިވިއްޖެއްޔާ ވެއްޓޭނީ އަޔާޒު ފަކީރުގެ އަގޭ”…. މަރިޔަނބު ލޯ އަޅައިލިއެވެ. މީގެ ފަހުން ތިވާހަކަ ދައްކައިފިއްޔާ މަށަށް ވުރެ ނުބައި މީހަކު ނުހުންނާނެކަން ހަނދަންކުރާތި.”ބިރުވެރި ކަމުން ފުރިގެންވި އިންޒާރެއް ދިނުމަށް ފަހު މަރިޔަނބު ނިކުމެގެން ދިޔައީ އަތަށް ލެވުނުހާ ބާރަކާ އެކު ދޮރު ލައްޕާލާފައެވެ. ހައިފާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގި ގަނޑު ވެފައެވެ. އޭނާގެ އެންމެ ފަހުގެ އުއްމީދުވެސް އެ ގެއްލުނީއެވެ. މަންމަގެ ފަރާތުން އެހީ އެއް ލިބޭނެ ކަމަށް ކުރެވުނީ ކުށް ހީއެކެވެ. އޭނާގެ އަނބުރާ އިއްޒަތަށްވުރެ މަންމަ އަށް މުހިއްމުވީ އެ އަނިޔާ އޭނާއަށް ދިން މީހާ ލަދުން ސަލާމަތް ކުރުމެވެ.

ހައިފާ ގެ ލޮލުން އޮހިގެން އައި ކަރުނަތައް އޭނާގެ ކޯތާފަތް މަތިން އޮހިގެން ދިޔައީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. މެޔަށް ހީވީ ތޫނު ކަށިތަކެއް ހެރުނު ހެނެވެ.  ހައިފާ ވަރަށް      ދެރަވިއެވެ. ނަމަވެސް ދެރަވެގެން މިހާރު ކުރާނެ ކަމެއް ނެތެވެ. ވާންވީ ގޮތް ވެނިމުނީއެވެ. ހައިފާގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލި ފަދައެވެ. އޭނާއަށް ވިސްނުނީ އެންމެ ކަމެކެވެ. މި ލަދުން ސަލާމަތް ވާން ދެން އޭނާ އަށްޖެހޭނީ މި ދަރިފުޅު މަރައިލާށެވެ. ނުވަތަ އޭނާވެސް މި ދަރިފުޅާއެކީ މަރުވެގެން ދާށެވެ.  ނުކުރާ ކުށެއްގެ ސަބަބުން ދުނިޔެއަށް ބޭޒާރުވުމަށް ވުރެ އަމިއްލައަށް މަރުވުންވެސް މާ ރަނގަޅުވާނެ ކަމަށް ވިސްނުމާއެކު، ލަހެއް ފަހެއް ނެތި ހައިފާ ދުއްވައިގަތީ ގިފިއްޔާ ދިމާލަށެވެ. އެއިރު ރޮއެ ރޮއެ އޭނާގެ ދެލޯ ވަނީ ދުޅަވެ ރަތް އަރާފައެވެ.

“މަގޭ ދަރި!! ހައިފާ…………” ހައިފާ އޮތް ގޮތް ފެނުމާއެކުއަޑުގެ ނެތް ތަނަށް ހަސަނަށް ހަޅޭ ލަވައިގަނެވުނެވެ.  ހަސަނުގެ ހަޅޭކުގެ އަޑަށް ދުވެފައި އައި މަރިޔަނބަށް ވެސް ހުއްޓުން އެރީ ހައިފާ އަށް ވެފައިވާ ގޮތް ފެނިފައެވެ. ހަސަނު ބާރަކަށް އައިސް ހައިފާ އަތްދަނޑި މައްޗަށް ލައިގެން ސިއްޚީ މަރުކަޒަށް ދާން ދުއްވައިގަތެވެ. “މީހެކޭ… މީހެކޭ… އަހަރެންގެ ދަރިފުޅު.. އަހަރެންގެ ދަރިފުޅު މި މަރުވަނީ… އޭނާ ސަލާމަތް ކޮށްދީ..” މަރުކަޒަށް ވަދެވުމާއެކު ހަސަނު ރޯންފެށިއެވެ. ހަސަނުގެ އަޑަށް ނިކުމެގެން އައި ޑަކްޓަރުގެ އެހީގައި ހައިފާ ގެންގޮސް އެނދުމަތި  ކުރެވުނެވެ. “މިއީ ކިހިނެތް ވި ކަމެއްތޯ؟ ޑަކްޓަރު ސުވާލުކޮށްލީ ހާސްވެ ކަންބޮޑު ވެފައިވާ ހަސަނާއެވެ.

“ނޭނގެ އަޅުގަނޑަކަށް. އެމަންޖެ ވެއްޓިފަ އޮތް އިތު މުޅި އަނގައިން އޮތީ ހުދު ފޮނު އައިސްފަ.” ހަސަނު ޖަވާބު ދިންއިރު ވިސް ނެމުން ދިޔައީ ހައިފާ ފެނުނު އިރު އިތުރު ކަމެއް ފާހަގަ ވިތޯއެވެ. “އާނ އާނ. ޑޮކްޓަރ… ހައިފާއަށް އޮތީ ލައްފިލުވާ ބޮވިފަހެން އަޅުގަނޑަށް ހީވަނީ. ހައިފާ ފެނުނު އިރު އަޅުގަނޑަށް އޭނަގެ އަތުން ފެނުނީ އެފުޅި.” ކުއްލިއަކަށް ހަނދާން ވާ ފަދައިން ހަސަނު އިތުރު ކޮއްލިއެވެ. ހަސަނުގެ ވާހަކަ އަޑު އިވުމާއެކު ޑަކްޓަރު އޭނާގެ މަސައްކަތައިގެން އަވަހަށް ކުރިއަށް ދިޔައެވެ. 2 ގަޑިއިރުގެ މަސައްކަތަށް ފަހު ޑަކްޓަރު ނިކުމެގެން އައީ ފުޅާ ހިނިތުން ވުމަކާއެކުގައެވެ. ޑަކްޓަރު ނިކުތުމާއެކު ގޮނޑީގައި އިން ހަސަނު ފުންމައިގެން ތެދުވިއެވެ. “ކޮބާ؟ ހައިފާ ކޮބާ؟” ހާސްވެފައިވާ ވަރުން ހަސަނު ވަނީ ދާހިއްލާ ފޯވެފައެވެ.

“މަރުހަބާ…. އޭނަ މިހާރު ރަނގަޅު.. ހޭވެރިކަންވެސް އަތުވެއޖެ. އެންމެ ރަނގަޅުވާނެ ދެން ގެއަށް ގެންދިޔަޔަސް.” ޑަކްޓަރު މިހެން ބުނުމައްފަހު ދާން ހިނގައިގަތުމުން ހަސަނު އަވަސްވެގަތީ އޭނާގެ ދަރިފުޅު ބާއްވާފައިވާ ކޮޓަރިއަށް ދިޔުމަށެވެ. ހުޅުވިގެން ދިޔަ ދޮރާ ދިމާލަށް ހައިފާ އަށް ބަލައިލެވުނީ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެމުންނެވެ. “ދަރިފުޅާ!! މިހާރު ކިހިނެއް؟” ދޮރުން ވަދެވުމާއެކު ހަސަނުގެ ސުވާލު ހައިފާއާއި ކުރިމަތި ވިއެވެ. ކިތަންމެ ނުރޯން އޮތަސް ހައިފާއަކަށް ކެތެއް ނުކުރެވުނެވެ. ބައްޕަަ ފެނުމާއެކު އަޑުން އަޑު ނަގައި ރޮއެގަނެވުނީ ޅަކުއްޖެއް ހެނެވެ. ހައިފާ އަށް މިވީގޮތް ފެނުމާއެކު ބޮޑު ކަމެއް ހިނގައިފިކަން ހަސަނުގެ ސިކުނޑިއަށް ވިސްނިއްޖެއެވެ. އެހެންނަމަވެސް ވަގުތުގެ ޙާލަތަށް ވިސްނައި އޭނާ އިތުރު ސުވާލެއް ނުކޮށް މަޑުމަޑުން ހައިފާ އަތުލަފިކޮށްގެން ގެއާދިމާލަށް ދާން ނިކުތެވެ.

ގަޑިން 9 ޖެހުމާއެކު ހައިފާ ކޮޓަރިއަށް ވަަދެ އޮށޯވެލީ އެއްވެސް މީހަކާ އަނގައިން ބުނާނެ ހިތްވަރެއް ނެތުމުންނެވެ. މިއަދު އަމިއްލައަށް މަރުވާން އޭނާ ނެގި ފިޔަވަޅަކީ މިކަމުގައި އޮތް ހައްލު ނޫންކަމާއި، މިކަމުގައިވެސް އެއްކައުވަންތަ ﷲ އޭނާއާއި އެކު ވޮޑިގެން ވާކަން ހިތަށް އެރީއްސުރެ އޭނގެ ހިތަށް ބޮޑު ލުޔެއް ލިބިފައިވެއެވެ. އޭނާ އަމިއްލައަށް މަރުވެގެން އަބަދުގެ އަބަދަށް ނަރަކައިގައި އޮންނާާކަށް ބޭނުމެއް ނޫނެވެ. މިކަންތައް ވިސްނުނެއް ކަމަކު ހައިފާ އަދިވެސް ވިސްނަމުން ދިޔައީ ބަނޑުގައިވާ ދަރިފުޅު ދުނިޔެއަށް ނޭވާ ލުމުގެ ކުރިން ނައްތާލާށެވެ. އޭނާ ނުކުރާ ކުށެއްގެ ސަޒާ ލިބިގަންނާނެ ހިތްވަރެއް އޭނާގެ އެއް ނެތެވެ. “ޓޮއް ޓޮއް…” ހައިފާއަށް ހޭލެވުނީ މީހަކުދޮރުގައި ތަޅާހެން ހީވުމުންނެވެ. ހައިފާ ޖެހިލުންވިއެވެ.

މިގަޑީގައި މި ކޮޓަރިއަށް ވަންނަން އަންނާނީ ކާކުހެއްޔެވެ؟ އަނެއްކާ އެ އަޔާޒު ގެއަށްވެސް އަންނަން ފެށީ ހެއްޔެވެ. ހައިފާއަށް މިހެން ވިސްނުމާއެކު މުޅި ގައިން ހީބިހި ނަގައިގަތެވެ. އެނދުގެ ކަނަކަށް ވާ ގޮތަށް އިށީނދެގެން އޭނާ އިނީ ބިރުން ވިރި ވިރި އެވެ. ކުއްލިކަށް ދޮރު ހުޅުވިގެން ދިޔުމާއެކު އޭނާ އަށް ފަހަތަށް ޖެހިގަނެވުނީ ދޮރުމަތީގައި ހުރި އަޔާޒު ފެނުމުންނެވެ. ވިހަ ހިނިތުންވުމަކާއެކު އަޔާޒު އޭނާގެ ގާތަށް އަންނަތަން ފެނުމުން ހައިފާ އަށް ބިރުން ހަޅޭލަވައިގެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. “ހައިފާ!! ދަރިފުޅާ! ކިހިނެތްވީ؟ ދަރިފުޅާ! ހޭލަބަލަ… މިއީ ބައްޕައޭ..” ހައިފާއަށް ހޭވެރިކަން ވީ އޭނާގެ ބައްޕަ އައިސް ގޮވަން ފެށުމުންނެވެ. ހައިފާއަށް ހޭލެވުނު އިރު މުޅި މީހާ ބިރުން ތުރު ތުރު އަޅައެވެ. ފެނިގެން ދިޔައީ ހުވަފެނެއްކަން އެނގުމާއެކު މަޑުމަޑުން ތެދުވެ މޭޒުމަތީ ބަހައްޓާފައި ހުރި ފެން ތަށި ނަގާ ކޯވަރެއް ދަމާލައިފިއެވެ. ހައިފާ ގެ ހިތް އަދިވެސް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ.

“ކިހިނެއްވީ ދަރިފުޅާ” ހައިފާގެ ބޮލުގައި މަޑުމަޑުން ފިރުމައިލުމަށްފަހު ވަރަށް ލޯބިން އޭނާގެ ބައްޕަ ސުވާލު ކޮށްލިއެވެ. ބައްޕަގެ ސުވާލުތައް ކުރިމަތިވާނެކަން ކުރިންވެސް ހައިފާ އަށް އެނގިފައި ވާ ފަދައެވެ. އެސްފިޔަ ޖަހާލުމެއް ނެތި ބައްޕައާ ދިމާލަށް އޭނާ ބަލަމުން ދިޔައީ އެވާހަކަ ކިޔައިދޭނެ ގޮތެއް ނޭނގޭތީއެވެ. ހައިފާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށި ގޮތް ފެނުމާއެކު، ހަސަނަށް ޔަޤީންވި ކަމަކީ އޭނާގެ ދަރިފުޅަށް ކޮންމެވެސް ބޮޑުކަމެއް ވެފައިވާކަމެވެ. ހަސަނުގެ ހިތް ބާރަކަށް ތޮޅިލިއެވެ. ” ދަރިފުޅާ! ބައްޕަ ގާތު ބުނެބަލަ ވެގެން އުޅޭ ގޮތެއް. ބައްޕަ އަށް އެހީ އެއް ވެ ދެވޭނީވެސް އޭރުންނެއްނު.” އޯގާތެރިކަމުން ފުރިގެންވާގޮތަކަށް ހަސަނު އޭނާގެ ލޯބިވާ ދަރިފުޅާ ސުވާލު ކޮށްލިއެވެ.

ހައިފާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އޭނާގެ ބައްޕައާއި ކުރިމަތިލީ ހުރިހާ ޙަޤީގަތެއް ބައްޕައަށް ކިޔައި ދިނުމުގެ ނިޔަތުގައެވެ.  “ބައްޕާ….. އަޅުގަނޑު….. އަޅުގަނޑު ބަނޑުބޮޑު.” ހައިފާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ މޫނުމައްޗަށް ދިލަ ހޫނެއް އެރުމުންނެވެ. ” ހުންނަ ލަދުކުޑަކަން ދެކިބަލަ. މިއީ ދޯ މީނަ މިހާރަކަށް އައިސް އަބަދު ބޭރަށް ނިކުމެ އުޅޭ ސަބަބަކީ.. ލަދެއްވެސް ނުގަނޭތަ ހިތައް އައިހާ ގޮތަކަށް އުޅެފަ އައިސް އަހަރެމެން ކުރިމައްޗަށް އަރަން..” އަޑަށް ލެވުނުހާ ބާރެއް ލުމަށްފަހު މަރިޔަނބު ހަޅޭލަވައިގަތީ އޭނާ އަށް ކުރެވިފައިވާ ކުށް ބޭޒާރު ވެދާނެ ކަމުގެ ބިރު ހީވެފައެވެ. މިކަންތަކުގެ ހަޤީގަތް ހަސަނަށް އެނގުނު ނަމަ މިރޭ އޭނާ އަށް ހަދާނެގޮތް އެންމެ މޮޅަށް ދެނެވޮޑިގެން ވާނީ ﷲ އެވެ. ހައިފާ ހަޅޭލެވި އަޑަށް އޭނާ އަށް މިތަނަށް އާދެވުނު ކަމީ އޭނާގެ ނަސީބެވެ.

ހައިފާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަދިވެސް އޭނާގެ މަންމަ އެދަނީ ޙަޤީގަތަށް ފަސް ލައި ފޮރުވަމުންނެވެ. “ހިނގާ ދާން ހަސަނާ.. ދަރިން ބަލައި ބޮޑެތި ކުރީމަ މިއީ އަހަރެމެންނަށް ދޭން އޮތް އިނާމަކީ… ކިހިނެތް ދެން މި ރަށުގައި އުޅޭނީ. ކިތައް ބައެއްގެ ބަދުބަސް އަޑުއަހަން ޖެހޭނެ..” ލޮލުން ކަރުނަ ގެންނަން މަސައްކަތް ކުރަމުން މަރިޔަނބު މިހެން ބުނެ ހަސަނަށް ބަލައިލިއެވެ. ހަސަނު އިތުރު އެއްޗެއް ބުނުމެއް ނެތި ނިކުމެގެން ދިޔައީ ހައިފާއާ އިތުރަށް ވާހަކަ ނުދައްކަން ހުވާކޮށްގެން ކަހަލައެވެ. ޙަޤީގަތުގައި އޭނާ މިވަގުތު އެހެރީ ވަރަށް ރުޅި އައިސްފައެވެ. ހައިފާ އެހާ ލޯބިން ގެންގުޅުނީމަވެސް އެންމެ ފަހު ވަގުތު އެމީހުން ރަށަށް ގިނަ ކުރީ އެވެ. ހަސަނުގެ ހިތުގައި ޖެހިފައިވާލެއް ބޮޑު ކަމުން އިތުރު ވާހަކަ ތަކެއް ދެއްކުމެއްނެތި ގޮސް އޮށޯވެލީ ކެތްތެރިކަމާ އެކުއެވެ. ހައިފާ  ހިތްކުދި ކުދި ވެގެން ދިޔަފަދަ އިހްސާސެއް ކުރެވުނެވެ. އޭނާގެ ޅަ ސިނކުޑިއަށް ވިސްިގެން ދިޔައީ މިހުރިހާ ކަމަކީ އޭނާގެ މަންމަގެ އަތްވެސް އޮވެގެންކުރެވުނު ކަންތައް ކަމެވެ. އެހެންނުންނަމަ އެހުރިހާ ކަމެއް އެނގި ހުރެ މިރޭ އޭނާގެ ބައްޕައަށް ސިއްރުކޮށް އޮޅުވާލުމުގެ ބޭނުމެއް ނޯންނާނެއެވެ. މިރޭގެ ޙާދިޘާއަށް ފަހު ހައިފާ އަށް އިތުރު ކަމެއް ޔަޤީންވިއެވެ. އެއީ އޭނާ އަދި މިއަށްވުރެ ބޮޑު ކަންތަކާ ކުރިމަތިލާން ޖެހޭނެކަމެވެ. މައިންބަފައިންގެ އެހީ  ނުލިބޭ ކަމުގައިވާނަ މުޅި ދުނިޔެއަށް އޭނާ ގިނަވާނެ ކަމެވެ.

5ވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!……..

Comments (26)

  1. Mish

    I am so sorry for updating so late. due to some issues was unable to update. But as the issue is resolved ill update the story on 17th in sha Allah. And i know its short so ill try to up the next part longer. please enjoy reading.
    Love you guys 🙂

  2. Iba

    Haadha Lahey dho update kuraaleh. Handhaan nethey fahun thi upload kurany. Adhi ehaa kuru. Thankolheh avahah up kohdhyba. Story v nice

  3. shakuvaa

    hhhhhm story writers varah molhuvaane issues dhakan

  4. azra

    haadha lahey

  5. pinkgal

    Inthizaarukuraashey kiyaafa avahah upkohdheynekamah ummeedhukuran???

  6. Xani

    Aslu dhw…iba thibuny ragalhah….vaahakah v reethi….bt maa lahun up kuraa iruvex story v short….

  7. Faxoo

    Mish varah reethi mibai ves, hope i can read next part very soon 🙂

  8. mishy

    Haadha kurey thi genes dhy than kolhu

  9. mishy

    Haadha kurey thi genes dhy than kolhu

  10. mishy

    Haadha kurey thi genes dhy than kolhu

  11. mishy

    Haadha kurey thi genes dhy than kolhu

  12. kiara

    story v nice..keep it up..

  13. ina

    Stry v v nice.plz update nxt part soon

  14. Shuru

    When are u posting the next part

  15. fathun

    Kobaatha vaahaka pis pis v v v foohi Las vaathee

  16. khiyaal

    Koba tha vahaka haadha lahey update kuralei
    Plx avahah kohdhi…….

  17. razy

    Koba that vahaka haadha lahey update kuralei plx Plx avahah kohdhi::::

  18. khiyaal

    Adhivx 17th naan nani thochei…….

  19. Shuru

    Mish kobaa vaahakaige update

  20. Marie ❤

    V reethi story.
    Waiting to read the next.

  21. Cupcake

    Dude….Write the rest already!!!???

  22. Cupcake

    That bitch!!! ?????

  23. maree

    Story v salhi.. all the best… waiting for next part..

  24. Nunnu

    Story vrh habeys
    M waitin for da nxt prt

  25. ravupinky

    hello mish why are you making us wait for long? pls hurry up… are you fine.. I hope that you are fine …pls take care.. I am waiting for next part..

  26. hai haiko

    I really love it

Comments are closed.