Skip to content
އެސްފިޔަ

ހައިފާ

މި ވާހަކަޔަކީ ހަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަ އެކެވެ.

“މަންމާ!” ހައިފާ ޚިޔާލީ ދުނިޔެއިން ހޭލައްވާލީ ހައިފާގެ ލޯބިވާ ދަރިފުޅު އެވްލީންގެ އަޑުންނެވެ. ހައިފާ އަކީ ދިރިއުޅުމުގައި އެތައް ވޭނާ ހިތާމަ ތަކެއް އުފުލާފައިވާ އަންހެނެކެވެ. “މަންމާ! އަނެއްކާ މަންްމަ ވިސްނަނީ ދޯ؟” އެވްލީން ނިކަން ލޯބިން އައިސް އޭނާގެ މަންމަގެ ކަރުނަތައް ފޮހެލަދިނެވެ. “މަންމާ! ދެން އެކަންތަކާ ނުވިސްނަބަލަ. ޕްލީޒް. އެވް މިހިރީނު މަންމައާއެކު. އެވް ކަހަލަ ކްލައުން  އެއް ހުއްޓަ މަންމަ ކީއްކުރަން އަބަދު ރޮނީ؟” އެވްލީންގެ މޮޔަ ވާހަކައިން ހައިފާއަކަށް ނުހީ ނީނދެވުނެވެ. “މަންމަގެ ދޫނި. މިކުއްޖާ ނެތް ނަމަ މަންމަ މިއަދު ކީއް ކުރާނީދޯ؟” އެވްލީންގެ ކޮލުގައި ބޮސް ދެމުން ހައިފާ އޭނާގެ ދަރިފުޅަށް ދޯ ދިނެވެ. މިއީ އާދަވެގެން ކޮންމެ ދުވަހެއްގައިވެސް ކަން ހިނގާ ގޮތެވެ. ހައިފާ ކިތަންމެ ނުވިސްނަން ހުއްޓަސް އޭނާގެ މާޒީއާ މެދު ނުވިސްނަ ނުހުރެވެއެވެ. އޭނާގެ ހިތާމަތަކަށް ލުޔެއް ލިބެނީ އޭނާ ޖާނު ފަދައިން ލޯބިވާ ދަރިފުޅުގެ ސަކަ މިޒާޖާ ޅަ ގޮތްގަނޑުގެ ސަބަބުންނެެވެ.

“މަންމާ! އެވް މިދަނީ ޓިއުޝަން ކްލާހަށް ދާން އިނގޭ! މިއަދު އާދެވޭ ގޮތް ކުޑަކޮށް ލަސްވެދާނެ.” އާދައިގެ މަތިން މިއަދުވެސް ކްލާހަށް ދަމުން އެވްލީީީިން އޭނާގެ މަންމަ ގާތުން ހުއްދައަށް އެދުނެވެ. “އާން! ބަސްއަހައިގެން މަގުގެ އެއްފަރާތުން ދާނީ އިނގޭ ދަރިފުޅާ.” އެވްލީން ނިކުމެގެން ދާން ފެށުމުން ހައިފާ ނަސޭހަތްތެރި ވިިއެވެ. ދަރިފުޅު ނިކުތުމާއެކު އަނެއްކާވެސް ހައިފާ އަށް ވިސްނެން ފެށުނެވެ.
…………………………………………………………………………………………………………………………………………..

އެއީ މީގެ 16 އަހަރު ކުރިއެވެ. ދިރިއުޅުމުގެ ހުންގާނުގައި ހިފާ މަގު ދައްކައިދޭނެ ބައިވެރިއެއް ހޮވުމުގައި ޒުވާން އުމުރުފުރައިގެ ކުދިން ހޭލަ މޭލަ އަށް އުޅޭއިރު ހައިފާ އަދިވެސް ބަލަނީ ރަނގަޅު ތަޢުލީމެއް ޙާޞިލް ކުރެވޭތޯއެވެ. ކުޑައިރުއްސުރެ ނޭވާ ހާސްވެ ކަންތައް ދިމާވާން ފެށުމުން ހައިފާ އަކަށް ސްކޫލަށް ގޮސް ކިޔަވާނޭ ފުރުޞަތެއް ނުލިބެއެވެ. އޭނާގެ މަންމަ މަރިޔަނބު ގަބޫލު ކުރާ ގޮތުން ހައިފާ ކިޔެވުމުގެ ބަދަލުގައި ގޭތެރޭގެ މަސައްކަތް ކޮށް، ދިރިއުޅުމެއް ފަށަން ވާއިރަށް އެކަމަށް ހޭނުން މުހިންމެވެ. އެހެންކަމުން އެންމެ ކުޑަ އިރުއްސުރެ ހައިފާ އުޅެންޖެހުނީ ބަދިގޭގެ މަސައްކަތް ކޮއްދީ އޭނާއަށްވުރެ ކުޑައަށް ތިބި ކޮއްކޮމެން ބެލުމުގަ އެވެ. ދިރިއުޅުމުގެ މިފަދަ ކުދިކުދި ކަންތައް ފިޔަވައި އެހެން ކަމެއް ހައިފާ އަކަށް ދަސްވެފައެއް ނުވެ އެވެ. އެންމެ ކުޑައިރުއްސުރެ ޑަކްޓަރަކަށް ވާން ބޭނުންވިއެވެ. އެ މަޤްޞަދުގައި އުމުރުން 18 އަހަރުގައިވެސް ހައިފާ މަސައްކަތް އެކުރަނީ ކޮންމެސެ މިންވަރަކަށް ޢިލްމު އުނގެނުމަށެވެ.

ތާނަ ކިޔަން ދަސްކޮށްދޭ ކިލާހުން ހައިފާ ދުވެފައި ގެއަށް ވަންނަން އައި ވަގުތު ވަރަށް ބާރަށް ގޮސް މީހެއްގެ ގައިގައި ޖެހި މަތަވިއެވެ. އަވަސް އަވަހަށް އިސްއުފުލައި އެއީ ކާކުތޯ ބަލައިލީ އޭނާގެ ބައްޕަ ކަމުގައި ހީވެފައެވެ. ނަމަވެސް އޭނާ ހައިރާންވީ ދޮރުމަތީގައި ހުރި މީހާ އަކީ މިހާތަނަށް އޭނާ އަށް ފެނިފައި ނުވާ މީހަކަށް ވުމުންނެވެ. “އަނހަ ދަރިފުޅު ތިއައީދޯ؟” ފުޅާ ހިނިތުންްވުމަކާ އެކު މަރިޔަނބު އައިސް އަރާ ހަމަ ކޮށްލީ އެވަގުތުގަ އެވެ. ” ދަރިފުޅާ! މިއީ މިރަށު އިސްކޫލު ހެޑްމާސްޓަރު. ދަރިފުޅު ކިޔަވާ ހިތްވާ ވާހަކަ މަންމަ ދެއްކުމުން މިއަދު މިގެއަށް އެ ޖައްސާލީ..” މަރިޔަނބު އެމީހާ ތަޢާރަފު ކޮށްދިނެވެ. “އައްސަލާމް ޢަލައިކުމް.އަޅުގަނޑަކީ ހައިފާ” ހައިފާ ކުޑަ ހިނިތުންވުމަކާއެކު ތައާރަފު ވެލިއެވެ. އަދި މާގިނަ ވާހަކަ ތަކެއް ދެއްކުމެއް ނެތި ގޭތެރެއަށް ވަދެގެން ދިޔައެވެ.”އަޔާޒު އެމަންޖެ ވަރަށް ލަދުރަކި ވާނެ.” ހައިފާ ވަދެގެން ދިޔަ ދޮރާ ދިމާލަށް ބަލަން ހުރި އަޔާޒަށް މަރިޔަބު ބުނެލިއެވެ. އަޔާޒު މަރިޔަނބަށް ބަލައިލި އިރު އެ ތުންފަތުގައި މާނަވީ ހިނިތުންވުމެއް ވިއެވެ. ކޮންމެއަކަސް މިކަންތަކުގެ ހިލަމެއް ނުވާ ހައިފާ ދިޔައީ ކިޔެވުމަށް އޭނާގެ މަންމަ ހޯދައިދިން ފުރުޞަތަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށް އުފާ ފާޅު ކުރަމުންނެވެ.. އޭނާ ވެއްޓެން މިއުޅެނީ ކިހާ ފުން ވަޅުގނޑަކަށް ކަމެއްވެސް ރޭކާނުލާ ޙާލު ހައިފާ އަޔާޒުގެ ކައިރިން ކްލާސްތައް ނެނގުމަށް ނިންމިއެވެ…….

ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!

 

 

Comments (21)

  1. Mish

    I HOPE YOU GUYS COME TO LIKE THIS STORY. ENJOY READING. WILL UPDATE THE NEXT PART ASAP
    LOTS OF LOVE

    1. Anonymous
      Mish

      AAEKEVE..

  2. Zee

    Maa kuru!
    Ekamaku wes feshun reethi. Heekuran dhen anna baeh miah vure dhigukoh genesdheyne kamah! 🙂

    1. Mish
      Zee

      Thank you for the comment zee..In sha Allah next part dhigukoh liyaanan 🙂

  3. Ab

    Maa bodah vz kuru…

  4. Ab

    Maa bodah vz kuru…

    1. Mish
      Ab

      Ab. dhen up kuraa baeh dhigu kuraanan ingey 🙂 In sha Allah

  5. mik

    Mish plx thankolheh dhigukoh genes dheeba

    1. Mish
      mik

      mik, dhen up kohdhey bai miah vuren dhigu koh genesdheynan in sha Allah 🙂

  6. inthizaaru

    Knme vaahakaehbx baibayah…vaki hisaabakun vaahaka nugenesdheyne….v fake mi site mihaaru…

    1. Mish
      inthizaaru

      in sha Allah. alhuganduge mivaahaka nimendhen kiyuntherinaa hamayah genesdheynan 🙂

  7. stefan

    nice opening…and I don’t think its short as an opening….
    hope you would continuously up!!!!!
    and plx be confidential before you decide to up…means accordance
    suspension from readers,mistakes and all….

    1. Mish
      stefan

      thank you stefan 🙂 ill keep that in mind and hope y guys will like the next part as well. 🙂

  8. nawhoo

    Niceee varahh feshunn bttt itsss tooooooo toook shortt…

    1. Mish
      nawhoo

      Nawhoo thank you. In sha allah next part dhiguvaane 🙂

  9. suray

    Inthizaru, I agree with you. This site has become very boring now.

  10. mani

    good job i have copied your story to read

  11. mani

    good job i have copied your story to read

  12. Mish

    Mani i hope u like the story 🙂

  13. aisha

    Waiting for next part.

  14. aloo

    reethi storee eh

Comments are closed.