Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަޅެން

ޚިދުމަތުގެ ފޮނިމޭވާ

immm2323 Level 110 Stories100 Login
October 25, 2021 One Min Read
0 Comments

އާޅެން

ޚިދުމަތުގެ ފޮނިމޭވާ

އިސްމާޢީލްޢަލީ ކަނދޮޅުދޫ

ޖިސްމުބަލިކަށިވެ އެތައްވޭނެއް ތަހައްމަލުކުޜީމެވެ.

ދެއްވި ރީތިސޫރަގެއްލި އޮނިގަޑަކަށް ބަދަލުވިއެވެ.

އެންމެ ކުޑައިރުންފެށިގެން މައިންބަފައިންނަށް ޚިދުމަތް ކުރަން ޖެހުނެވެ.

ޒުވާން ދުވަސްވަރުންފެށިގެން ފިރިމީހާއަށް ހޭހަން ކުރީމެވެ.

ދަރިން ލިބެންފެށުމުން މުޅިޙަޔާ ވަޤުފުކުރީ އެކަމަށެވެ.

މުސްކުޅި މައިންބަފައިން ބެލީ ކުޑަކުދިންނާއި އެއްގޮތަށެވެ.

އެކަކަށް ހޭހަންކޮށްދީ ނުނިމެނީސް އަނެކަކުގެ މުހުތާދު އޮވެއެވެ.

ފިރިމީހާއަށް ޚިދުމަތްދިނީ އިންތިޒާރީގެ ވަގުތުތަކާއި އެކުގައެވެ.

ފިރިމީހާ ކަމަކަށް އެދިގޮވާލަފާނެތީ ހޭލާ އިންނަމެވެ.

ކޮންމެ ޚިދުމަތެއް ފިރިމީހާއަށް ދިނީ އުފަލުން އިދެއެވެ.

ދަރިއަކަށް ބަލިވެ އިނދެ ވިހެމަކީ ވޭން އުފުލާން ޖެހޭކަމެކެވެ.

ޅައިރުއްސުރެ ހޭހަންކޮށް ހާނާހެދުމަކީ މަސްއޫލިއްޔަތު ހުރިކަމެކެވެ.

ހަރުދަނާ ޝަޚުސެއް ބިނާކުރުމީ ނަފްސު ވަރުބަލި ކުރުވާ ކަމެކެވެ.

މިހުރިހާ މަސައްކަތުގެ މޭވާ ދުނިޔެމަތީ ނުލިބި ހިގައިދާނެއެވެ.

އިޚްލާސްތެރި ހިތަކުން ޤުރުބާން ވެވިއްޖެނަމަ ފޮނިމޭވާ ލިބޭނެއެވެ.

އެންމެ ފޮނިމޭވާއަކީ އާޚިރަތުގައި ލިބޭ މޭވާކަން ޔަޤީނެވެ.

 

Share Article

Follow Me Written By

immm2323

Level 110 Stories100 Login

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ ހަތަރުވަނަ ބައި)

Next

ހާދަ ލޯބިންނޭ 8

Next
October 25, 2021

ހާދަ ލޯބިންނޭ 8

Previews
October 25, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ހަތްދިހަ ހަތަރުވަނަ ބައި)



All Right Reserved!