އާޅެން
ހިތުގެ ރިހުން
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ވޭނީ ޝަކުވާއަށް ދިނީ ބީރުކަންފަތެވެ.
ހިތުގައި ވާތަދަށް އިތުރަށް ދަރުއަޅަމުން ދިޔައެވެ.
ކުރިމަތީގައި ބޭވަފާތެރި ވަމުން ދިޔައެވެ.
ރީތިހާ ކުދިން ގެއަށް ގެނެސް އެނދު ފަޅު ފިލުވިއެވެ.
ދަރިފުޅުގެ ރުއިމުގެ ޒިންމާ އެޅުވީ މަގޭ ބޮލުގައެވެ.
ޖެއްސުން ކުރުމުގެ ބޭނުމުގައި ދަރިރޮއްވަނީއޭ ބުންޏެވެ.
އަނިޔާވެރި ޢަމަލުތައްކޮށް އިންޒާރު ދެމުން ދިޔައެވެ.
މަލާމާތުގެ ބަސްތައް ރައްދު ކުރަމުން ދިޔައެވެ.
މައިންބަފައިންގެ އަބުރާއިބެހި ހުތުރުހާ އެއްޗެހި ކިޔެވެ.
މިހުރިހާ ކަމަކަށް ކެތްކުރަމުން މިދަނީ ދަރިފުޅުގެ ހައްޤުގައެވެ.
ދަރިފުޅުގެ ލޯބި ހުރިހާ އެއްޗަކަށްވުރެ މުހިއްމުވީމައެވެ.
ދަރިފުޅުގެ ލޯބި ހިތުގެ ފަރުވާއަކަށް ވެއެވެ.
މިއަދު އެތުއްތު ފުރާނަ އަނިޔާވެރި ދުނިޔެއާއި ވަކިވެއްޖެއެވެ.
ފަރުވާއެއް ނުލިބި ބަލީގެ ވޭން ތަހައްމަލު ކުރުމަށްފަހުއެވެ.
މިއަދު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.
ނުބައި މަގަކުން ނުދެވުނީ އީމާންތެރިކަން ހިތުގައިވާތީއެވެ.
24