އައުޅެން
ވީރާނާވީ ޙަޔާތް
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ލޯބީގެ ބަގީޗާގައި މާތައް ފަރިވެ ފޮޅުނެވެ.
ލޯބީގެ ބަސްތަކުން ހިތަށް ތަސައްލީ ލިބުނެވެ.
އަބަދު އެކުގައި ވާނަމޭ ބުންޏެވެ.
ދުރުގައި ހުންނަން އުނދަގޫވެއޭ ބުންޏެވެ.
ކައިވެނީގެ ފަހުގައި އުޅޭނެގޮތް ތަސައްވަރު ކުރުވިއެވެ.
ދަރިން ހޯދާނެ ގޮތުގެ ޕްލޭން ރޭވިއެވެ.
ކައިވެނީގެ ފުރަތަމަރޭ ކުރިންބުނި އެތި ކެންސަލްވިއެވެ.
މިހާރު ހުންނަން އުޅެނީ ދުރުގައެވެ.
ލޯބީގެ މެސެޖް ތަކެއް ނުލިބެއެވެ.
ފޯނަށް ޖަވާބު ލިބެނީ ހާދަ ހާލަކުންނެވެ.
ދަރިފުޅުގެ އެއްވެސް ކަމަކާ އަޅާ ނުލައެވެ.
ދަރިފުޅަށް ނަފްރަތު ކުރަނީ މަށާ ވައްތަރުވީމައެވެ.
ލޯބީގެ ބަގީޗާގައި ފޮޅުނު މާތައް މިލާމޯޅި ވެއްޖެއެވެ.
މަގޭ ހިތް ވީދާ ކުދިކުރަނީ އެ ހަނދާންތަކުންނެވެ.
ފުރަތަމަރޭ ނިމިދިޔައީ ހަނދާންތަކެއް ދީފައެވެ.
އެހަނދާންތައް ރައްކާ ކުރެވިފައިވަނީ މަގޭ ހިތުގައެވެ.
އޭނާ މިހާރުވެސް އުޅެނީ މާފޮޅުވުމުގައެވެ.
އަހަރެން މިލާމޯޅި ވެއްޖެއެވެ.
ދިރިމިއުޅެނީ ހަމައެކަނި ދަރިފުޅަށް ޓަކައެވެ.
އެލޯބިލޯބި ދޫނީގެ އެއްވެސް ކުށެއް ނެތެވެ.
އެމަޢުސޫމު މޫނުން ފެންނަނީ ވީރާނާކަމެވެ.
