ފެށުން ފޭސް ނީމޯ އާ ސަބީނާ ބައްދަލުވީ މިގްތާރޓީތުރީ ދިވެހިންރޫމް ތެރެއިންނެވެ. ނުދަންނަމީހުންނާއި ވާހަކަދައްކާ ރަހުމަތްތެރިކަން ބޭއްވުމަކީ ސަބީނާ މާބޮޑަށް ގަޔާވާ ކަމަކަށް ނުވިނަމަވެސް އޭނާ އެދެމުން ދިޔަވަރުންނާއި ވާހަކަ ދެއްކުމަށް އާދޭސް ކުރަމުން ދިޔަވަރުން ވާހަކަ ދައްކާން ފެށީއެވެ. މިގްތާރޓީތުރީގެ އާދައިގެމަތިން ހާލު އަހުވާލު އަހާލުމުން ރަނގަޅު ކަމަށް ބުނެ އޭނާގެ ހާލު ވެސް ސަބީނާ އަހާލި އެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރު ހިތްހަމަ ޖެހުމަށް ބަދަލުވަމުން ދިޔައެވެ. އޭ އެސް އެލް […]
ތިންވަނަބައި އިރުއޮއްސުމާއެކުރަށުތެރޭން ފެންނަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަން އިތުރުވެގެން ދިޔައެވެ. މަގުތަކުން މީހުން ފެނުން މަދުވެފައިވާއިރު މަގެއް މަތިން ކުއްޖަކު ނުވެސް ފެނެއެވެ. ލޮލުންދެކި އަތުން ހިފުމުގެ ނަސީބު ލިބުނު ލަންމާގެ އަނިޔާވެރި މަރުގެ ސަބަބުން ގިނަބަޔަކަށްވަނީ ނަފްސާނީގޮތުން އަސަރު ކޮށްފައެވެ. މައިންބަފައިންނާއި ބެލެނިވެރިން އެބައިމީހުންގެ ދަރީންތައް ހަމަކޮށް ދުރައް ނުދާނެހެން ހިފަހައްޓަމުން ދިޔައެވެ. އާދުވަހަކަށް އިރުއަރައި ރަށުތެރެއަށް އަލިކަން ވެރިވެގެން ދިޔައިރު ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އެހެނަސް އަދި މިހާތަނަށް އެއްވެސް ކާމިޔާބެއް އެއްވެސް […]
“އިރުވައި މޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ހިތްފަސޭހަ ހަވީރެކެވެ. ކަނޑުމަޑެވެ. އިރުމަތީފަރާތުން ޖެހެމުންދިޔަ މަޑު ތެތްފިނި ވައިރޯޅިއަށް ގަސްގަހުގެ ފަތްތައް އިރުއިރުކޮޅާ ނަށާތީފެނެއެވެ. އޮއްސެމުންދިޔަ އިރުގެ މަންޒަރުތަކުން ހިތްފަސޭހަކަން ހޯދުމަށް ރަށުގެ ހުޅަނގުކޮޅުގައި ރީތިދޮންވެލިގަނޑު މަތީގައި ރީޝާ އިށީނދެލައިގެން އިނެވެ. ކައިރީގައި ކޮއްކޮ ރީމާ، ރީޝާގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލާ ހުއްޓެވެވެ. ތަންކޮޅެއްދުރުގައި ރާޅުޖަހައި ފަށުގައި ސާދަ ފަނަރައިގެ އަންހެން ކުއްޖަކު ތެލިދޮންނަން އިނެވެ. އެކުއްޖާގެ ކައިރީގައި އެއްގަމުގައި ތިބި ކާޅުތައް އިރުއިރުކޮޅާ އެކުއްޖާއަށް އުދަނގު ކޮށްލާތީފެނެއެވެ. […]
ނިމުން ސިޔާދުގެ ވާހަކަތަކުގެ ސަބަބުން ނަޒީމާއަށް ލިބުނު އުފަލާއި ހިތްހަމަ ޖެހުމުގެ އިތުރުން ވަރަށްބޮޑު ހިތްވަރެއް ލިބިގެން ދިޔައެވެ. ހަމައެހެންމެ އަލަތުކައިވެނި ރޫޅުމުން ލިބިފައިވާ މާޔޫސްކަމާއި ހިތްދަތިކަން ފިލުވާލާ އާހަޔާތެއް ފެށުމުގެ އުންމީދުތައް އާ ވެގެން ދިޔައެވެ. އެއާއެކު ދަރިފުޅާމެދު ކުރަމުންއައި އުންމީދުތަކަށް އިތުރު އާރޯކަމެއް ލިބިގެން ދިޔައެވެ. ސިޔާދުގެ ވާހަކަތަކަށް ފުރިހަމަ އިތުބާރުކޮށް ސިޔާދު އެދެމުންދިޔަ ފަދައިން ސިޔާދުގެ ލޯބީގެ ހުށަހެޅުން ނަޒީމާ ގަބޫލު ކުރިއެވެ. ސިޔާދު އެދެމުންދިޔަ އެދުން ނަޒީމާ ގަބޫލުކުރުމުން ސިޔާދު ހުރީ […]
ފެށުން ހޮނިހިރު ދުވަހުގެ ހެނދުނު ދިހައެއް ޖަހާކަން ހާއިރެވެ. ސިޔާދާއި ވާފިރާ އަދި ސަބީން އާއި ހުޒައިފާ ހެދިގޮނޑުދޮށަށް ދިޔައީ މޭލޭގައި ދިރިއުޅެމުންދާ އެހެން ވެސް ރައްޔިތުން ފަދައިން މޫދަށް އެރި މަޖާކޮށްލާށެވެ. ހަމައެހެންމެ އެކަމުގެ ސަބަބުން ލިބޭ ހިތްހަމަ ޖެހުން ލިބިގަންނާށެވެ. ދުވަހަކީ މަދަރުސާތަކާއި ސަރުކާރުގެ މުއައްސަސާތައް ބަންދު ދުވަހަކަށްވާތީ އެސަރަހައްދު ފެންނަމުންދަނީ ވަރަށް ބައި ބޯ ކޮށެވެ. އެތައް ކުދިންނަކާއި ބައިވެރި ބޮޑެތިމީހުން މޫދުގަ ހަރަކާތްތެރިވަމުން ދިޔައިރު ގޮނޑުދޮށާއި އެއްގަމުގަ ކުޅެ މަޖާކުރުމާއި ގެން […]
ދެވަނަ ބައި މާޔޫސްކަމާއެކު އެހަށިގަނޑަށް ބަލަހައްޓައިގެން ނީސާމް ހުއްޓައި ޕޮލިހުންގެ މަސައްކަތް ނިންމާ އެހަށިގަނޑު ކޮޓަރިން ނެރުނެވެ. މަރާލާފައިވާ ކަމަށް ބެލެވޭ ލަންމާގެ ގައިމަތީގަ އަޅާފައިވާ ބެޑްސީޓްގައި ވެސް ވަނީ ހުސް ލެޔެވެ. ތަނުގައި މަސައްކަތް ކުރަމުންދިޔަ އެންމެންގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ ހިތާމައާއި ހިތްދަތިކަމުގެ އަސަރުތަކެވެ. މާޔޫސްކަމުގެ ކުލަވަރެވެ. ލަންމާގެ މަރުގެ ޚަބަރު ރަށުތެރެއަށް ފެތުރުމާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވެގެން ދިޔައެވެ. ލަންމާގެ މަރާބެހޭ ކުޑަ ނަމަވެސް މަޢުލޫމާތެއް ލިބޭތޯ ގިނަބަޔަކު މަސައްކަތް ކުރަމުން ދިޔައެވެ. […]
ނިމުން އަކުރަމްގެލޮލަށް ނުފެންނައިރު ރަތްކުލައިގެ ހެދުމެއްލައިގެން އިން ސަންފާއްތަ އޭނާއަށް ފާހަގަކުރެވުނީ ކިހިނެތްބާއޭ ޒެއިބާގެ ހިތަށްއެރި އެވެ. އެހެންވެ މަޑުމަޑުން އެސުވާލުކޮށްލިއެވެ. ޒެއިބާގެ ސުވާލަށް ޖަވާބުދިނުމުގެގޮތުން އަކުރަމް ބުނީ އޭނާއަށް މިހާރު ކޮންމެވެސްވަރަކަށް ފެންނަކަމަށާއި ސާފުނުވާ ކަމަށެވެ. އޭނާއަށް ޒެއިބާގެ ހެދުމުގެކުލަ އެނގޭކަމަށާއި އަޑުންނޫނީ ތިއީ ޒެއިބާކަން ނޭނގޭކަމަށެވެ. އަކުރަމްގެ އެވާހަކަތައް ޒެއިބާ ގަބޫލުކުރީ، އަދި މިހާތަނަށް އަކުރަމްގެ ފަރާތުން ފެނިފައިވާ ތެދުވެރިކަމާއި ރަނގަޅު އަހުލާގުގެ ސަބަބުން ނެވެ. އެފަދަ އެތައްކަމެއްގެ ސަބަބުން އޭނާއަށް ކުރާ އިތުބާރެއްގެ […]
ފެށުން އަކުރަމްގެ އުމުރުން ނުވަ އަހަރުން ފެށިގެން އޭނާ ގެންގުޅެމުން ދިޔައީ އޭނާގެ ބައްޕަ ފަރާތު ބޮޑުދައިތަ ވާފިރާއެވެ. އަކުރަމްގެ ބައްޕަ އަލްހާނާއި އަކުރަމްގެ ބޮޑުދައިތަ ވާފިރާ ފިޔަވާ އެހެންކުއްޖެއް އެދެމީހުންގެ މައިންބަފައިންނަށް ލިބިފައެއްނުވެއެވެ. ވާފިރާގެ އުފަންދަރިންނެކޭއެއްފަދައިން އަކުރަމަށް ބޭނުންވާ ހުރިހާހިދުމަތެއް ވެސް ވާފިރާ ދެމުންދިޔައެވެ. އެހެންވެ އަކުރަމް ހުންނަނީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. އަކުރަމްގެ އުމުރުން ހަތްއަހަރުގައި އޭނާގެ ބައްޕަ އަލްހާން މިދުނިޔެއަށް އަލްވަދާއުކިޔެވެ. އެއާއެކުހެން އޭނާގެ މަންމަ ބާސިރާ އެހެން ކައިވެންޏެއްކުރިއެވެ. ރަށުންބޭރު […]
ފެށުން ނޯޓް: މިއީ ހިންދީފިލްމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. އެހެނަސް ދިވެހިމުޖުތަމައާ ގުޅޭނެހެން ބައެއްކަހަލަ ބަދަލުތައް ގެނެސްފައިވާއިރު އަޅުގަނޑުގެ ބޭނުންވާގޮތަށް ބައެއް އުނި އިތުރު ގެނެސްފައިވާނެއެވެ. ކަޅުފޮއި މޫސުމްގެ ރޭތަކުތެރޭން ރެއެކެވެ. ވިދާގުގުރާ ވާރޭ ވެހެންމުން ދިޔައިރު ވައި ވެސް ބާރެވެ. ކުރަމުން ދިޔަ ގަދަ ވިއްސާރައިގެ ސަބަބުން މަގެއް މައްޗަށް ނުކުންނާނެ މީހަކު ނުވާތީ މަގުތަކުން ފެންނަމުންދަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ކޮޓަރީގަ ދިއްލާފައިހުރި މަޑުނޫކުލައިގެ ނިދާބޮއްކާއި ފާރުގަ ލާފައިވާ ހުދުކުލަ އެކުވުމުން ނިދީބޮކީގެ މަޑުނޫކުލަ […]