Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އެހީގެއަގު

mohamed neer
July 9, 2013
3 Mins Read
3 Comments

ފެށުން

ނޯޓް: މިއީ ހިންދީފިލްމެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. އެހެނަސް ދިވެހިމުޖުތަމައާ ގުޅޭނެހެން
ބައެއްކަހަލަ ބަދަލުތައް ގެނެސްފައިވާއިރު އަޅުގަނޑުގެ ބޭނުންވާގޮތަށް ބައެއް އުނި އިތުރު ގެނެސްފައިވާނެއެވެ.

ކަޅުފޮއި މޫސުމްގެ ރޭތަކުތެރޭން ރެއެކެވެ. ވިދާގުގުރާ ވާރޭ ވެހެންމުން ދިޔައިރު ވައި ވެސް ބާރެވެ. ކުރަމުން ދިޔަ ގަދަ ވިއްސާރައިގެ ސަބަބުން މަގެއް މައްޗަށް ނުކުންނާނެ މީހަކު ނުވާތީ މަގުތަކުން ފެންނަމުންދަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ.
ކޮޓަރީގަ ދިއްލާފައިހުރި މަޑުނޫކުލައިގެ ނިދާބޮއްކާއި ފާރުގަ ލާފައިވާ ހުދުކުލަ އެކުވުމުން ނިދީބޮކީގެ މަޑުނޫކުލަ އިތުރަށް ފަނޑުވެފައިވާހެން ހީވެއެވެ. ބޮޑުއެނދަކާއި އަލަމާރިއެއްގެ އިތުރުން ޑުރެސިންޓޭބަލަކާއި ކޮންޕިއުޓަރ މޭޒެއް ކޮޓަރީގައި ހުރި ނަމަވެސް ކޮޓަރިއަކީ އާންމު ކޮޓަރިތަކަށްވުރެ ބޮޑުކޮޓަރިއަކަށްވާތީ ކޮޓަރިތެރޭން ފެންނަމުންދަނީ ތަނަވަސްކަމެވެ. ހަމައެހެންމެ ސާފުތާހިރުކަމާއި ތަރުތީބު ކުރުމުގެ ރީތި އާދައެވެ.
އުމުރުން ބާވީހަކަށް އަހަރުގެ ލަންމާއަކީ ނުހަނު ރީތި އެހާމެ ފުރިހަމަ ޒުވާނެކެވެ. ކައިވެންޏެއް ކޮށްފައިވީ ނަމަވެސް
އަދި މިހާތަނަށް ދަރިއަކު ލިބިފައެއް ނުވެއެވެ. ފިރިމީހާއަށްލިބިފައިވާ ތަނަވަސްކަމުގެ ބޭނުންކޮށްގެން ދެ ފަންގިލާ ހިމެނޭ ގޮތަށް އެންމެ މިހާރުގެ ގޮތަށް ބިނާކޮށްފައިވާ އެ ބޮޑު ގޭގައި ދިރިއުޅެމުން ދަނީ ލަންމާ އާއި އޭނާގެ ފިރިމީހާ ނާއިލް އެކަންޏެވެ.
ކުރަމުންދާ ގަދަވިއްސާރައިގެ އެއްވެސް ހިލަމެއްނުވާ ލަންމާ އެކަނި މާއެކަނީ އޭނާގެ ކޮޓަރީގައި ނިދާލާފައި އޮތެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރަށް ވަނީ މޫނު ނިވާކޮށްގެން ހުރި މީހެކެވެ. ކަރުންފެށިގެން މަތި އެއްކޮށް ނިވާ ކޮށްފައިވާ އެމީހާއަށް ތަންތަން ފެންނާނެހެން ދެލޮލާއި ދިމާއިން ދެލޯވަޅު ކަނޑާފައި ހުއްޓެވެ.އެއީ ފިރިހެނެއްކަން ޔަގީންވި ނަމަވެސް އެއީ ކާކުކަން އެނގޭވަރެއް ނުވެއެވެ. އެމީހާގެ މޫނެކޭ އެއްގޮތަށް ދެއަތްތިލައަށް ދެ އަންގިލައްވައި ދެއަތްތިލަ ވެސް ވަނީ ނިވާކޮށްފަ އެވެ.
ކާކުކަން ނޭނގޭނެހެން މޫނާއި ދެއަތްތިލަ ނިވާކޮށްގެން ހުރި މީހާ ލަންމާއާ ދިމާއަށް ދަމުން ޖީބުން ވަޅިއެއް ނެގި
ނެގި ނަމަވެސް، ނުހަނު އަރާމުގަ ނިދާލާފައި އޮތް ލަންމާއަކަށް ވާނުވާއެއް ނޭނގެއެވެ.
އެމީހާ ދިޔަގޮތަށް ގޮސް ލަންމާ އޮތް އެނދުކައިރިއަށް ހުއްޓެމުން ވަރަށް ޝައުޤުވެރިކަމާއެކު ލަންމާގެ ހަށިގަނޑަށް
ނަޒަރު ހިންގާލިއެވެ. ސިއްސައިގެން ގޮސްފައި ކުއްލިއަކަށް ހޭލެވުނު ލަންމާ ލޯ ހުޅުވާލުމާއެކުހެން ފެނުނީ އެނދުކައިރީ ހުރި މީހާ އެވެ. އަތުން ވަޅިއެއް ހިފައިގެން މޫނާއި ދެއަތްތިލަ ނިވާކޮށްގެން ހުރި އެމީހާ ފެނުމާއެކު ލަންމާ ބިރުގަނެއްޖެއެވެ. ގަތްބިރާއެކު ހާސްވެ ކަންބޮޑު ވެސް ވެއްޖެއެވެ. ސަލާމަތަށް އެދި ރޮއިގަންނަމުން ހަޅޭލަވައިގަނެވުނީ ލަންމާގެ އިޚުތިޔާރުން ބޭރުގައެވެ.
ލަންމާގެ ކޮޓަރިއަށް ވަތް މީހާ ހުރީ އެހުރިހާކަމަކަށް ވިސްނައިގެން ކަމަށްވާތީ ވަރަށް އަވަހަށް ލަންމާގެ އަނގަމަތީ
އަތްއަޅާ އަޑު ބަންދުކޮށްލިއެވެ. އަދި އޭނާގެއަތުގަ އޮތް ވަޅި ލަންމާއަށް ދައްކާލަމުން އަނގަ މަޑުންލައިގެން އޮތުމަށް އިސާރާތުން އެންގި އެވެ. އެހެނަސް އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާގެ އަތްދަށުން ސަލާމަތްވުމަށް ލަންމާ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ބުނާގޮތަށް ކަންތައް ކުރިނަމަވެސް އޭނާގެ ފަރާތުން އުފަލެއް ހިތްހަމަ ޖެހުމެއް ނުލިބޭނެކަން ލަންމާއަށް ޔަގީންވެ އެވެ. ހަމައެހެންމެ އޭނާއަށް ބަލާލުމުން ވެސް އެކަން އިތުރަށް ޔަގީންވެއެވެ.
ވަޅިން ބިރުދައްކަމުން ލަންމާ މައިތިރިކުރާން މަސައްކަތް ކުރަމުންދިޔަ މީހާ ވަރަށް މަސައްކަތުން ލަންމާގެ ދެއަތާއި
ދެފައި އެނދާއެކު ބަނދެލިއެވެ. އޭރު ލަންމާގެ ކިބައިން ފެންނަމުންދަނީ ވަރުބަލިކަމާއި ނާއުންމީދުގެ ކުލަވަރެވެ. އެހެނަސް އޭނާ އަށް އެހެން ނުހަދާ ދޫކޮށްލުމަށް އެދި ރޮއި އާދޭސް ކުރަމުން ދިޔައެވެ.
އެއްވެސް އާރެއް ބާރެއް ނެތް ލަންމާގެ ނިތްކުރީގައި ވަޅި ޖައްސާލުމަށްފަހު މަޑުމަޑުން ތިރިއަށް ގެންނާން ފެށިއެވެ.
ސަލާމަތްވުމަށްޓަކައި އެންމެފަހު ވަގުތު ވެސް މަސައްކަތް ކުރަމުންދިޔަ ލަންމާ ކޮންމެވެސް ވަރަކަށް ތެޅުނު ނަމަވެސް އެމީހާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.
ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރަމުން ރޮއި އާދޭސް ކުރަމުންދިޔަ ލަންމާއަށް ބަލާލުމެއް ވެސް ނެތި އެމީހާ އެހުރި
ގޮތަށް ހުރެފައި ކުއްލިއަކަށް ލަންމާގެ ބަނޑަށް އެވަޅި ހަރާލިއެވެ. އެވަގުތު ލަންމާގެ އަނގައިން ނުކުތް ވޭނީ އާހުގެއަޑު ޖައްވުގެ ތެރެއަށް އޮބިގެން ދިޔައިރު ލަންމާގެ އެއްވެސް ހަރަކާތެއް ނެތެވެ.
ކުރަމުންދިޔަ ގަދަ ވިއްސާރައާއެކު ވަގުތުތައް ފާއިތުވަމުން އައިސް އާދުވަހަކަށް އިރު އެރިއިރު ވިއްސާރައިގެ އަސަރު
ފިލާ ދުނިޔެމަތި ސާފު ވެއްޖެއެވެ. އާދުވަހަކަށް އިރުއެރުމާއެކުހެން ރަށުތެރޭން ހަލަބޮލިކަން ފެންނާން ފެށިއެވެ.
ރޭގަ ކުރި ވިއްސާރައިގެ ސަބަބުން ގިނަބަޔެއްގެ ދަނޑުތަކަށް ގެއްލުން ލިބިފައިވާތީ އެބައިމީހުން މަސައްކަތް ކުރަމުން
ދިޔައީ ލިބިފައިވާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ސަލާމަތް ކުރެވޭން ހުރި އެއްޗެއް ވިއްޔާ ސަލާމަތް ކުރާށެވެ.
ރޭފަތިހުން ހޮސްޕިޓަލްގަ އެނދުމަތި ކުރެވި ފަރުވާދެމުންދިޔަ ނާއިލްގެ ގެއަށާއި ލަންމާއަށް ގުޅާގުޅާ އެއްވެސް ޚަބަރެއް
ނުވެގެން ނާއިލް ފޯނުކުރީ އޭނާގެ އަވައްޓެރިއެއް ކަމުގައިވާ ބަހުޖަތަށެވެ.
ނާއިލްގެ ގެއަށް ބަހުޖަތު ދިޔައިރު އެގެހުރީ ތަޅުނުލައެވެ. ގެއަށް ވަންނަމުން ސަލާންގޮވާލި ނަމަވެސް މީހެއްގެ ހިލަމެއް
ނުވިއެވެ. އެހެންކަމުން ދެތިން ފަހަރަކު ސަލާން ގޮވާލިއެވެ. އެތައް ފަހަރަކު ސަލާން ގޮވައިގެން ޖަވާބެއް ނުލިބުމުންނާއި ނާއިލް ދެއްކި ވާހަކަތަކުގެ ސަބަބުން ބަހުޖަތު ނިންމީ ކޮންމެ ގޮތަކުން ނަމަވެސް ލަންމާ ހޯދާށެވެ.
ލަންމާއަށް ގޮވަމުން ކޮޓަރިތައް ހުޅުވަމުން ދިޔަ ބަހުޖަތަށް ލަންމާ ފެނުނީ ގޭގެ ދެވަނަ ފަންގިފިލާގައި ހަދާފައިހުރި ތިން
ކޮޓަރީގެތެރޭން ކޮޓަރިއަކުންނެވެ. ބާލިސް އުރައިން އެނދާއެކު ހަތަރެސްފައި ބަނދެ ބަނޑަށް ވަޅިއެއް ކަހަލަ ތޫނުއެއްޗެއް ހަރާ ލައިގެން މަރާލާފައި އޮތް ލަންމާ ފެނުމާއެކު ބަހުޖަތުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ހައިރާންކަމާއެކު އެއްފަހަރާ އެތައް ސުވާލެއް ހިތުގައި އުފެދުނުއިރު އެކަމުގެ ސަބަބުން ލިބުނު ހިތާމަ ވެސް ކުޑައެއް ނޫނެވެ.
ނާއިލް އެހާލުގަ އޮއްވައި ލަންމާގެ މަރުގެ ޚަބަރު ދޭކަށް ބަހުޖަތަކަށް ނުކެރުނެވެ. އޭނާ އެޚަބަރު ދީފިނަމަ ނާއިލްގެ ހާލު
އިތުރަށް ގޯސް ވެދާނެކަމުގައި ބަހުޖަތަށް ގަބޫލު ކުރެވުނެވެ.
އެތައް އިރަކު އެތައް ގޮތަކަށް ވިސްނުމަށްފަހު ބަހުޖަތަށް ފެނުނު އެންމެ ރަނގަޅުގޮތަކަށްވީ ޕޮލިހުންނަށް ގުޅުން ކަމަށް
ވާތީ ޕޮލިހުންނަށް ގުޅައި އެޚަބަރު ދިނެވެ.
ލަންމާގެ މަރުގެ ޚަބަރު ލިބުމާއެކުހެން ޕޮލިހުންގެ ބޭކަލުން އެގެއަށް ވަޑައިގެން އެބޭކަލުންގެ މަސައްކަތް ފެއްޓެވިއެވެ.
އިނިސްޕެކްޓަރ ނީސާމް، ލަންމާމެން ގެއަށް އައިއިރު ވެސް ޕޮލިހުންގެ ބޭކަލުން އެބޭކަލުންގެ މަސައްކަތާއިގެން އެގޭތެރޭ
ހަރަކާތްތެރިވަމުން ދިޔައެވެ.
” ލަންމާ ކޮބާ ؟ ” ގޭތެރެއަށް ވަދެގެން އައިސް އިނިސްޕެކްޓަރ ނީސާމް ސުވާލުކުރީ ޕޮލިސް ޖިނާނު އާއެވެ.
” ލަންމާ އޮތީ ދެވަނަފަންގިފިލާގެ ކޮޓަރިއެއްގަ. ހިންގަވާ. ” ދެވަނަފަންގިފިލައަށް އަރާންހުރި ސިޑި ދައްކަމުން ޖިނާނު
ވާހަކަ ދެއްކިއެވެ.
ޖިނާނުގެ ފަހަތުން ނީސާމް ވެސް މައްޗަށް އެރިއެވެ.
މަރުވެފައިވާ ލަންމާގެ ކޮޓަރިއަށް ނީސާމް ވަތްއިރު ޕޮލިހުންގެ ބޭކަލުން އެބޭކަލުންގެ މަސައްކަތާއިގެން ހަރަކާތްތެރިވަމުން
ދިޔައެވެ. ފޮޓޯ ނެގުމާއި ޓެސްޓް ހެދުމަށްޓަކައި ނަގާންޖެހޭ ސާންޕަލްތައް ނެގުމުގެ މަސައްކަތް ކުރިޔަށް ދިޔައިރު އެންމެން ވެސް މަސައްކަތް ކުރަމުން ދިޔައީ އެބައިމީހުންގެ މަސައްކަތް އެންމެ ފުރިހަމައަށް ކޮށް ނިންމާށެވެ.
ނުނިމޭ

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

mohamed neer

Other Articles

Previous

ޑައިރެކްޓް

Next

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 28

Next
July 9, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 28

Previews
July 8, 2013

ޑައިރެކްޓް

3 Comments

  1. Nau Nausha says:
    July 9, 2013 at 3:29 pm

    ހީވޭ ވ ރީތި ވާނެހެން….

  2. mariyam says:
    July 10, 2013 at 9:29 am

    salhi feshumeh

  3. ބޯބުޅި says:
    July 10, 2013 at 10:05 am

    ހީ ވަނީ ވަރަށް ރީތި ވާހަކައަކަށް ވާނެހެން. އަވަސް އަވަހަށް އަޕްލޯޑުކުރަމުން ގެންދާތި

Comments are closed.

All Right Reserved!