މެންދުރުފަހު ތިނެއްޖަހާކަން ހާއިރެވެ. ޑޮކްޓަރ އާކާސް އާއި ސާޖިދުތިބީ ހޮސްޕިޓަލް ކެންޓީނުގައެވެ. އެދެމެދުގައި ކޮންމެވެސް ސިއްރުވާހަކަތަކެއް ދެކެވެމުންދިޔައެވެ. އޭރު ދެމީހުންގެ މޫނުމަތިންވެސް ފާޅުވަމުންދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ހާސްކަމާއި ނުތަނަވަސްކަމުގެ ކުލަވަރު ވެސް މެއެވެ. ޑޮކްޓަރު އާކާސް،ސާޖިދުގެ އަތަށްދިން ޓެސްޓްތަކާއި ދިމާއަށް ބަލަހައްޓައިގެން އިންއިރު އޭނާގެދެލޮލުގެކައިރިން ކަރުނައިގެ އަސަރުތައް ފާޅުވާންހުއްޓެވެ. ޑޮކްޓަރުގެ ވާހަކަތަކާއި ދެކޮޅުހަދަމުން އެކަމާދެކޮޅަށް ވާހަކަ ދައްކަމުންދިޔަ،ސާޖިދުގެ އަނގަބަންދުވީ އޭނާގެ ކުރިމަތިން ހުރަސްކުރި ނަރުސްކުއްޖާ ފެނުމުންނެވެ. އޭނާގެ ކުރިމަތިން ހުރަސްކުރި ނަރުސްކުއްޖާ ފެނުމާއެކުހެން މާޒީގެތެރޭން ސާޖިދުގެ ހަނދާނަށްއައީ […]
ދެވަނަބައި ބޭހުގެހުރިހާކަމެއްނިމިއަގުލީމާހަމައަކަށްއެޅުމުން ހޮސްޕިޓަލުންދޫކޮށްލީ މެންދުރުފަހު ތިނެއްޖަހާކަންހާއިރުއެވެ. އަގުލީމާހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ގޮވައިގެން ގެއަށްދިއުމަށް ނޫރައްދީނާއި ހަސްނާ ހޮސްޕިޓަލަށްއައެވެ. އޭރު އަގުލީމާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. އަގުލީމާ ހަމައަކަށް އެޅުމުން ހަސްނާމެން ވެސް ވަރަށް ހިތްހަމަޖެހުނެވެ. ހަވީރު ހަތަރުގަޑި ތިރީސްކަން ހާއިރެވެ. އަގުލީމާ އެދެމުން ދިޔަވަރުން އޭނާގޮވައިގެން އޭނާއެބުނާތަނަށް ނޫރައްދީނުދިޔައެވެ. އެއީ އަގުލީމާ އަށްހީވާގޮތެއްކަމަށް ނޫރައްދީނަށް ގަބޫލުކުރެވިއެވާހަކަތައްދައްކަމުންދިޔަނަމަވެސް އަގުލީމާ އެދެމުންދިޔަވަރުން އޭނާ ހިތްހަމަޖައްސާލުމަށް ދިޔައީއެވެ. އަގުލީމާ ވަރަށްފަރުވާތެރިކަމާއެކު އެތަނުގެއެތަންމިތަން ވަކި ވަކިން ބަލަމުންދިޔައެވެ. އެހެނަސްއެކަމާގުޅުންހުރިއެއްވެސްމަޢުލޫމާތެއްއެތަނަކުން ނުލިބުނެވެ. […]
ފެށުން ފިހާރައިގެ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދިއުމަށްޓަކައި އަގުލީމާ ސައިކަލަށް އަރައި ސްޓާޓް ކޮށްލިއެވެ. އަދި އޭނާ އާންމުކޮށް ގެއަށްދާ މަގުން ގެއާއިދިމާއަށް މިސްރާބުޖެހިއެވެ. ވަގުތަކީ ރޭގަނޑުގެއެގާރަޖަހާކަންހާއިރު ކަމަށްވާތީމަގުތަކުން މީހުން ވަރަށްމަދެވެ. ބައެއްމަގުތަކުން މީހަކުނުވެސްފެނެއެވެ.ޚިޔާލީދުނިޔެއެއްގައި އިނދެ އާދައިގެދުވެއްޔެއްގައި ސައިކަލް ދުއްވަމުންދިޔައަގުލީމާސިއްސައިގެންދިޔައީ ކުއްލިއަކަށް ކަހަލަގޮތަކަށް ސައިކަލްގެ ކުރިމަތިން އަންހެންކުއްޖަކު ފެނުމުންނެވެ. ގަދަރަތްކުލައިގެ ޓީސާޓަކާއި ކަޅުކުލައިގެޖިންސެއްލައިގެންހުރި އެއަންހެންކުއްޖާއަކީނުހަނުރީތި އެހާމެ ފުރިހަމަ އަންހެން ކުއްޖެކެވެ.ހިނގަމުންއައި ހިނގުމުންނާއި ހަރަކާތްތަކުން ފެންނަމުންދަނީ ފަރުވާކުޑަކަމާއި ކަންނެތްކަމެވެ. ކުއްލިއަކަށް ކަހަލަގޮތަކަށް ސައިކަލްގެކުރިމަތިން ފެނުނު އެ އަންހެންކުއްޖާގެގައިން ސައިކަލްނައްޓާލުމަށް […]
ނިމުން ހަނދާނުން ފޮހެލަން ދަތިވި ކޮޅިގަނޑެއްފަދަ އެރޭގެ ނަމުގައި ނަރުގިސް ލިޔެފައިވާ އެލިޔުމަކީ ޙަޤީޤީ ހާދިސާއެއް ކަމަށް ވެސް ލިޔެފައިވެއެވެ. ވެހެމުންދިޔަ ބޯ ވާރޭއާއި ކުރަމުންދިޔަ ގަަދަ ވިއްސާރައަށް މާބޮޑު ބަދަލެއް ނައި ނަމަވެސް ދިހައެއް ޖަހާންވީރު ކޮންމެވެސް ވަރަކަށް ވާރޭ ތުނި ކޮށްލައިފިއެވެ. ކޯހުގެ ބައެއް މަސައްކަތްތައް ނިންމުމަށްޓަކައި ކޮންޕިއުޓަރު ކައިރީގައިއިން ނަރުގިސް ސިއްސައިގެން ދިޔައީ މޭޒުމަތީގައި އޮތް އޭނާގެ މޯބައިލްފޯނު ރިންގްވާން ފެށުމުންނެވެ. އެއާއެކުހެން އަވަސް އަވަހަށް ފޯނުނަގަމުން ބަލާލިއިރު އޭނާއަށް ގުޅަނީ އަމްދާންމެން […]
ފެށުން ކައިވެނިކުރާން ހަމަޖެހިފައިވާ ދުވަސް ކައިިރިވަމުން ދިޔައިރު ނަރުގިސް އާއި އަމްދާންގެ މޫނުމަތިން ފާޅުވަމުން ދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ. ހިނިތުންވުމުގެ ކުލަވަރު ގަދަވަމުން ދިޔައެވެ. ނަރުގިސް އާއި އަމްދާންގެ ލޯބީގެ ގުޅުމަކީ ދެޢާއިލާއިން ވެސް ނުހަނު ހިތްހަމަޖެހޭ ގުޅުމަކަށް ވާކަމީ ދެ ލޯބި ވެރިންގެ ހިތްހަމަޖެހުން އިތުރުވެގެން ގޮސްފައިވާ ކަމެކެވެ. ނަރުގިސް އާއި އަމްދާންގެ ލޯބީގެ ބައްދަލުވުންތައް އާންމުކޮށް ބާއްވަމުންދަނީ ނަރުގިސްމެން ގޭގައި ކަމަށްވާތީ ވަރަށް ގިނައިން ނަރުގިސްގެ މަންމަ މަރިޔަންދީ އާއި ބައްޕަ […]
ފަހުބައި ނުހަނު ހަމަޖެހިލައިގެން އެހާމެ އަރާމުގައި ނިދާލާފައިއޮތް ފާތާނިކެ ފެނުމާއެކުހެން ނާގިތުގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ. އެއާއެކުހެން ހަމަޖެހުމުގެ ނޭވާއެއްލަމުން ގައިން ހިރަފުސްފޮޅާލިއެވެ. އަދި ވަރަށް ޝައުޤުވެރިކަމާއެކު މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ނާގިތު މަޑުމަޑުން ގޮސް މޭޒުކައިރިއަށް ހުއްޓުމާއެކުހެން އޭނާގެ ނަޒަރު އަމާޒުވީ މޭޒުމަތީގައިއޮތް ފޯނަށެވެ. އެފޯނު އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން، އެފޯނަށް އެދިއެދިހުރި ނާގިތުގެ މޫނުމަތިން ފާޅުވަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ. އެއާއެކުހެން ހިނިތުންވެސް ވެލެވުނެވެ. ފޯނު […]
ދެވަނަބައި ވެދިޔަ ކަންތަކުގެ ސަބަބުން މުޅި ޢާއިލާގެ ވިސްނުން ބަދަލުވެގެން ދިޔައެވެ. އިސާހިތަކު މޯލްޑިވްސް ޕޮލިސް ސާވިސް އަތޮޅު ސްޓޭޝަނަށް ގުޅައި އެހަބަރު ދިނެވެ. ޕޮލިސްސްޓޭޝަންގެ ބޭކަލުން ރަށަށް ވަޑައިގެން އެބޭކަލުންގެ މަސައްކަތް ފެއްޓެވިއެވެ. އަދި އެބޭކަލުންގެ މަސައްކަތަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ނަގައިގެން އެރަށުން ފުރައިގެން ދިޔައިރު ރަށުގެ ރައްޔިތުން އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ހަމައެހެންމެ ގިނަބަޔަކަށް ވާނުވާ ވެސް ނޭނގެއެވެ. ދުވަސްތަކާއި ރޭތައް މާޒީއާއި އެކުވަމުން ދިޔައިރު، ފާތާނިކެގެ މަރުގެ ސަބަބުން އެޢާއިލާގެ […]
( 2ވަނަ ބައި ) މަޑުމޮޅިގޮތަކަށް ހިނގާފައި އެލީނާ އައިސް ގެޔަށް ވަނެވެ. އެގެއެއްގެ ތެރެއިން އަބަދު ކުޑަކުދިން ހުނުމާއި ސަކަރާތް ޖެހުމާއި މަޖާކުރުމުން ގުގުމާފައި މިހާދުވަހު އޮތް ގޭ މިއަދު ފެންނަނީ ހިތާމައި ސާލުލައި މަޑުމޮޅިވެފައިވާ ތަނެވެ. ގޭތެރެއިން މީހެއްގެ ހިލަމެއްވެސް ނުވާކަހަލައެވެ. އެލީނާ ގެޔަށްވަދެ ސިޓިންރޫމަށް ވަށައިގެން ނަޒަރު ހިންގާލިއެވެ. ގޭގެފާރުތައްވެސް އެހިތާމައިގައި ބައިވެރިވާކަހަލައެވެ. އެލީނާ ސިޓިންރޫމަށް ވަންގޮތަށް ޖަހަފާއިން ބުދެއްހެން އިންދާ އެލީނާ ސިއްސުވާލީ ޝާހީންގެ ޅައަޑުންނެވެ. ” ދޮންތާ… ދޮންތާ… ކޮއްކޮ […]
ފުރަތަމަބައި ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ނަމްޒާއަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަވެގެންނެވެ. އިވެމުންދިޔަ އަޑުތަކާމެދު ސަމާލުވެލުމާއެކުހެން ނަމްޒާގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔަކަހަލައެވެ. ފުންމައިގެން ކަހަލަގޮތަކަށް އެނދުން ފޭބިއިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ހަދާނެ ނުހަދާނެގޮތެއް ނުވިސްނުމުން އެންމެ ފުރަތަމަ ދުއްވައިގަނެވުނީ ފާހާނާބައިގެ ދޮރާއިދިމާއަށެވެ. ކަންތައް މި ކުރެވުނީ އަދި އެންމެ ރަނގަޅަށް ނޫންކަން ވިސްނުނީ ދޮރުހުޅުވާލިފަހުންނެވެ. ނިތްކުރީގައި މަޑުމަޑުން ޖަހާލުމަށްފަހު އަނގައިން ޗޮކެއް ކަނޑާލަމުން ދުވެފައި ގޮސް ކޮޓަރިން ނުކުތްއިރު މަންމަ އާއި […]