އެސްފިޔަ ކުރުވާހަކަ މުބާރާތް 2013 އަކީ 1434 ވަނަ އަހަރުގެ ރޯދަ މަހާއި ގުޅުވައިގެން އެސްފިޔަ.ކޮމް އިން ކުރިއަށް ގެންދާ ކުރުވާހަކަ މުބާރާތެކެވެ. މިބުރާތުގެ މަޤްޞަދަކީ ދިވެހި ބަހަށް ލޯބިޖެއްސުމާއި ދިވެހި ބަސް ކުރިއެރުވުމެވެ. މިމުބާރާތުގެ ވަނަތަކާއި ވަނަ ހޮވޭގޮތްތައް އަދި މުބާރާތުގެ ޤަވާއިދު ތިރީގައި އެވަނީއެވެ. މިމުބާރާތަށް ވާހަކަ ހުށައެޅުމަށް މި ލިންކް ބޭނުންކުރައްވާ. އެސްފިޔަ ކުރުވާހަކަ މުބާރާތް 2013ގެ ފޭސްބުކް އިވެންޓް ވަނަ ހޮވޭ ގޮތް: o މިމުބާރާތުގެ ވަނަ ހޮވުމުގައި ބެލެވޭ […]
ިއަދަކީ ވަރަށް ވިއްސާރަދުވަހެކެވެ. ހަވީރު ވަގުތު އަހަރެން ބޭރަށް ނިކުތީ ވިއްސާރަ މަޑުވެލާފައި އޮތުމާއި އެކު ފޯނުކޯލެއް ކޮށްލުމުގެ ނިޔަތުގައެވެ. ގެ ކައިރީގައި އިންނަ އަށްޓަކީ އަހަރެން ފޯނުގައި އިންނަ މަޒިލް ކަމުން އެތާނގައި މަޑުކޮށްލީމެވެ. އަދި އަހަރެން ފޯން ކޯލް ކޮށްލީމެވެ. ޖެހުނު ބޮޑު ވާހަކައިގެ ސަބަބުން މަޖާވެގެން ހިގަން ފެށުނެވެ. ގެ އާއި މާދުރަށްވެސް ދުރަށް ދެވުނެވެ. އޭރު ގާތް ގަނޑަކަށް ފަހެއް ޖަހަން އުޅޭނެއެވެ. އިރު އޮއްސެން ގާތްވުމާއެކު އަހަރެންގެ ފޯނުކޯލުވެސް ކުރުކޮށްލުމަށް […]
ރައްޓެއްސަކާއެކު އަހަރެން، ޗައިނާގެ ރަށެއްކަމުގައިވާ ވީނަސްގެ މަޝްހޫރު ހޮޓަލެއްގައި ހަމަޖެހިލައިގެން ކޮފީއެއް ބޯލަން އިނީމެވެ. މިހެން ތިއްބާ އެ ކޮފީޝޮޕަށް އައި މީހަކު އަހަރެމެންތިބި މޭޒާއި ޖެހިގެން ހުރި މޭޒު ހުސްކޮށްހުރުމުން އެތާނގައި އިށީނެވެ. އޭނަ ހަމައިށީނުމާއެކު ވޭޓަރަށް ގޮވާލާފައި އޯޑަރ ދިނެވެ. “ދެތަށި ކޮފީ ގެންނާށެވެ. އެތަނުން އެއްކޮފީ ފާރަށެވެ.” އެމީހާގެ އެ ޢަޖައިބުކުރަނިވި އޯޑަރ އަހަރެމެން ޝައުޤުވެރިކަމާއެކު އަޑުހަންތިބީމެވެ. ދިން އޯޑަރ އާއެއްގޮތަށް ވޭޓަރ އެއްތަށިކޮފީ އޭނަ އިން މޭޒުމަތީގައި ބަހެއްޓިއެވެ. އެމީހާ ކޮފީ […]
އަލިދީއާއި އައިމިނަގެ ޢާއިލާއަކީއެމީހުނަށް ލިބިފައިވާ ތަނަވަސްކަމުގެ ސަބަބުން، މުއްސަނދިކަމުގައި މުޅިރަށަށް ވެސް އެންމެ މައްސޫރު އެއްޢާއިލާއެވެ. އެދެމަފިރިންގެ ކައިވެންޏަށް އަށެއްކަ އަހަރު ވެފައިވާއިރު ފަސްވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ލިބިފައިވެއެވެ. އެކުއްޖާގެ ނަމަކީ ލީސާއެވެ. އަލިދީއާއި އައިމިނަ އަކީ ގެއިން ބޭރުގައި ވަޒީފާ އަދާކުރަމުންދާ ބަޔަކަށް ވާތީ ލީސާއާއެކުގައި ވަގުތު ހޭދަ ކުރާން އެދެމަފިރިންނަށް އެކަށީގެންވާވަރަށް ވަގުތެއް ނުލިބެއެވެ. އެހެންކަމުން ލީސާ ބެލެހެއްޓުމުގައި ދޭންވާ ސަމާލުކަން ވެސް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ކުޑަވަމުންނެވެ. ހަމައެހެންމެ ލީސާ ބޮޑުވަމުންދިޔައީ […]
ނިމުން ސަލްމީނާ އާއި އަދުލީ ކައިނިމުމުން އަދުލީ ފައިސާ ދެއްކިއެވެ. އަދި އެތަނުން ނުކުމެގެން ވޯޑާއިދިމާއަށް ދިޔަ މަގުމަތީގައި ދެމީހުން ވާހަކަދައްކަމުންދިޔަ ދިޔުމުގައި އެކަކަށް އަނެކަކުގެ ފޯނުނަންބަރުވެސް ދިނެވެ. ސަލްމީނާ ގޮސް ފާހާނާބަޔަށް ވަނުމުން އަދުލީ ދިޔައީ ވޯޑަށެވެ. އަދި ސަލްމީނާގެ ނަންބަރު ސޭވްކޮށްލިއެވެ. ނާއިފްގާތު އިށީނދެލައިގެންއިން އަދުލީ ސިއްސައިގެންދިޔައީ ފޯނު ރިންގްވެލިއަޑަށެވެ. މިހާ ދަންގަޑިއެއްގައި ފޯނުކުރަނީ ކާކުބާއޭހިތާހުރެގެން އަދުލީ އަވަސް އަވަހަށް ފޯނުނަގާ ބަލާލިއިރު މެސެޖެއްއައީއެވެ. މެސެޖްކިޔާލިއިރު އޭގައިވަނީ އޭނާ އަދުލީއާމެދުގައި ޝަޢުޤުވެރިވާ ވާހަކައާއި އެކުގައި […]
ނިމުން އަލްމާސް އެދުނު އެދުމުގެމަތިން އޭނާއާއެކުގައި ނޫރައްދީނާއި އަގުލީމާ ވެސް އަލްމާސްމެން ކުންފުނީގެ އޮފީހަށްދިޔައެވެ. އަލްމާސްގެ ފަހަތުން ކަހަލަގޮތަކަށް އޮފީހަށް ވަދެގެންއައި، އަގުލީމާ ފެނުމުން އެތަނުގައިތިބި ބައެއްމީހުންނަށް ސިހުން އައެވެ. އެހެނަސް އެކަމަކަށް އަލްމާސް ސަމާލުކަމެއް ނުދެއެވެ. އަލްމާސްގޮސް މޭޒުކައިރީއިށީންނަމުންއަގުލީމާއާ ނޫރައްދީނު އިށީނުމަށްބުންޏެވެ.އަލްމާސް އިށީންދެއިން މޭޒުކައިރިން ގޮނޑިއެއްގައި ނޫރައްދީނު އިށީންނަމަވެސް އަގުލީމާ ހުރީ ކޮޅަށެވެ. ވަރަށް ޝައުޤުވެރިކަމާއެކު އެތަނުގައިތިބި މީހުންގެ މޫނަށް ވަކިވަކިން އަގުލީމާ ބަލަމުންދިޔައެވެ. ހަމައެހެންމެ އޭނާގެ އަތުގައިއޮތް ފޯނަށް ވެސް ބަލަމުންދިޔައެވެ. މީގެ އެތައްއަހަރެއް […]
ހަތަރުވަނަބައި ގަދައަޑުންހަޅޭލަވަމުން އޭނާގެސަލާމަތަށްޓަކައި ކުރެވޭންހުރި ހުރިހާކަމެއް ކުރަމުންދިޔަ އަގުލީމާ މައިތިރި ކުރުމަށްޓަކައި ޑޮކްޓަރަކު އައިސް އޭނާގެ ގަޔަށް އިންޖެކްޝަނެއްޖެހިއެވެ. އެއާއެކުހެން އަގުލީމާގެއަޑުކެނޑި ހަރަކާތްވެސް ހުއްޓުނެވެ. ދޭތެރެދޭތެރޭން އޭނާއަށް އެހެންވާކަމަށާއިއެފަދަކޮންމެފަހަރަކު އޭނާ މައިތިރިކުރާންޖެހެނީ އިންޖެކްޝަނެއް ޖަހައިގެންކަމަށް އެތަނުގެ މުއައްޒަފަކު އަލްމާސްގާތު ބުންޏެވެ. ކޮންމެގޮތަކަށް ކަންތައް ހިނގާފައިވީ ނަމަވެސް، އަގުލީމާގެ ވާހަކަތަކާމެދު އަލްމާސަށް ޝައުޤުވެރިވެވުމުން ދިޔައެވެ. ހަމައެހެންމެ އަގުލީމާގެ ވާހަކަތަކުގެސަބަބުން އޭނާގެވިސްނުމަށް ކޮންމެވެސްވަރެއްގެބަދަލުތަކެއްއަންނަމުންދިޔައެވެ. އަގުލީމާގެ ޢާއިލާއާގުޅިގެން، އަގުލީމާގެ ޢާއިލާގާތަށް އޭނާ ގެނައުމަށްޓަކައި ކުރެވޭންހުރިހުރިހާކަމެއް އަލްމާސް ކުރަމުން ދިޔައެވެ. އެހެނަސް އަގުލީމާގެބޭބެ […]
ތިންވަނަބައި މަގުގެދެކޮޅުހޯދާލުމަށްފަހުއެމީހާގޮސް ކާރަށްއަރާ އަވަސް އަވަހަށް ކާރު ދުއްވާލިއެވެ. ނުހަނުއަރާމުގައި ނިދާލާފައިއޮތް އަގުލީމާއަށް ސިއްސައިގެންގޮސް ހޭލެވުނީ ވަރަށްބާރަށް ގުގުރައިގަތް އަޑަށެވެ. އަވަސްއަވަހަށް ފުންމައިގެން ކަހަލަގޮތަކަށް ތެދުވިއިރު ވަރަށް ވިއްސާރައެވެ. ކުރަމުންދިޔަ ވިއްސާރައިގެއަސަރު ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުންދިޔައެވެ. ގުގުރާވިދުންއިތުރުވަމުންދިޔައިރު ގަދަވަޔާއެކު ވެހެމުންދިޔަ ވާރޭ ބޯކުރަމުންދިޔައެވެ. ކުރަމުންދާގަދަވިއްސާރައިގެސަބަބުން ނުނިދިފައި އަގުލީމާ އޮތެވެ. ކުރަމުންދާގަދަވިއްސާރައިގެސަބަބުންމަގުތަކަށްވެރިވެފައިވާފަޅުކަމާއެކު ވަގުތުތައްފާއިތުވަމުން އައިސްފަތިސްނަމާދު ވަގުތު ވެއްޖެއެވެ. ފަތިސްނަމާދުގެ ބަންގިގޮވުމާއި އެކުހެން އަގުލީމާ އަވަސް އަވަހަށްތެދުވެ ގައިންތާހިރުވެ ފަތިސްނަމާދުކުރިއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަލިކަމާއެކުހެން ވިއްސާރައިގެ އަސަރުތައް ވެސް ކެނޑެމުންދިޔައެވެ. […]