ކުރީބަޔާއި ގުޅޭ.. މިސްކިތައް ދިޔައިރު މިސްކިތްވަނީ ފުރި ތޮއްޖެހިފައެވެ. އަހަރެންނަށްވެސް ޖެހުނީ ބޭރުގައި ކުނަލެއް އަޅައިގެން އިށީންނާށެވެ. އެއްމެންވެސް ތިބީ ދުޢާ ކުރުމާއި ޤުރުއާން ކިޔެވުމުގައެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު އައިސް އަހަރެންގެ އަތަށްވެސް ޚަތިމެއް ދިއްކޮށްލިއެވެ. “ބޭބޭ ކީއްދޯ ވެގެން މި އޮޅެނޫ؟” އޭނާ ޚަތިމް ދިއްކޮށްލުމާއި އެކު އަހަރެން ހާސްކަމެއްގައި އިނދެ، ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށް ސުވާލު ކުރީމެވެ. “ކޮއްކެޔާ….މާލެއަށް ކާފަރުންތެކެއް ބަޑި ހިފާގެން އަރާ މާލެ ހިފާގެން މި އޮޅެނޫ” އޭނާ […]
މި ވާހަކައަކީ 3 ނޮވެމްބަރ 1988 ވީ ބުރާސްފަތި ދުވަހު ދިވެހިންގެ ޚާއިނުން ތަކަކާއި ލަންކާގެ ތަމަޅަ ޓައިގަރުންގެ ހަނގުރާމަ މަތީ ޓެރަރިސްޓް ޖަމާއަތެއް ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ދުވަހުގައި އަޅުގަނޑު ތަޖުރިބާ ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ވާހަކަ ލިޔެފައިވާނީ އެދުވަހު އަޅުގަނޑުމެންގެ ރަށުގައި ކަން ހިނގާ ދިޔަގޮތާއި އަޅުގަނޑުގެ އަމިލއްލަ ތަޖުރިބާގެ މައްޗަށެވެ. ކަންހިނގާދިޔަގޮތް އޭގެ އަސްލާއި އެއްގޮތަށް ގެނެސް ދިނުމަށްޓަކައި ވާހަކައިގެ ޑައިލޮގްތައްވެސް އަޅުގަނޑު ގެނެސްދީފައިވާނީ ރަށު […]
ސްކޫލްގެ ބެލް ޖެހުމާއި އެކު ހުރިހާ ކުދިން ދުއްވައިގަތީ އަވަހަށް ކްލާހުން ނުކުމެގެން މަންމަ ކައިރިއަށްދެވޭތޯއެވެ. ސްކުލޫގެ ގޭޓުކައިރީގައި ދަރިންގެ އިންތިޒާރުގައި ތިބި ހުރިހާބެލެނިވެރިންގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. ކޮންމެ ކުއްޖަކުވެސް އައިސް އެކުއްޖެއް ބަލާއައިސް ހުރިމީހާގެ އަތުހިފައިގެން ގެއަށްދާން ހިނގައިގަތެވެ. އެދުވަހު ސްކޫލުގައި ޓީޗަރު ކިޔަވައިދިން އެއްޗެހި ބެލެނިވެރިޔާއަށް ކިޔަދެމުންނެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި އަލީގެ ލޯ ކަރުނައިން ތެންމާލީ އޭނާގެ ހާލާއިމެދު ވިސްނި ހިތަށްކުރި ފުންއަސަރަކުންނެވެ. ކިޔެވުމަކީ އަލީވެސް ވަރަށް ކުރާހިތްވާކަމެކެވެ. ޔުނީފޯމްލައިގެން […]
އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީ ހިނދު މުސްލިމުންގެ މައްޗަށް ވާޖިބު އަދި ސުންނަތްކަން ގަދަވެގެންވާ ވަރަށް ގިނަ ކަންތައްތަކެއް ވަނީ ދީނާއި ދުނިޔޭގެ ދިރިއުޅުމުގެ އެކި ކަންކަމާއި ނުވަތަ މުނާޞަބަތު ތަކާއި ގުޅިގެން ދީނުގައި ކަނޑައަޅާ ލައްވާފައެވެ. އެހެންނަމަވެސް މިޒަމާނަށް ބަލާއިރު ދީނުގެ އަޅުކަމުގެ ކަންކަން ފުރިހަމަ ކުރުންވެސް ވެފައިވަނީ ފައިސާ އާއި ގުޅިފައިވާ ކަންކަން ކަމުގައެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ފައިސާ ލިބުން ދަތިވުމާއި ގުޅިގެން ދީނުގައި ކުރަން ބޭނުންވާ ގިނަކަންތައްތަކެއް މިދަނީ އެކަންކަން ކުރުމުގެ ކެރި […]
ލޮނުޒިޔާރަތްކޮޅުގެ ސަކަރާތްގަނޑު ބަލަން ދިއުމަށްޓަކައި މިހާރަކަށްއައިސް ޝިޔާމް ކޮންމެ ރެއަކުވެސް މިހާކަންހާއިރު އަހަރެންނަށް ގުޅައެވެ. ޝިޔާމަކީ އެކަހަލަ ކަންތައްތަކުގައި ވަރަށް ފޯރިނަގާފައި އުޅޭމީހެއްކަމުން އެހެން އޮންނަ ކޮންމެ ކަމެއްގެ ޚަބަރު ބަރާބަރަށް އަހަރެންނަށް ދެއެވެ. ޝިޔާމާއި އަހަރެންނަކީ އެއް އޮފީހެއްގައި މަސައްކަތްކުރަމުން އަންނަ ވަރަށްގާތް ދެ އެކުވެރިންނެވެ. ވަރަށް ގިނަކަންކަމުގައި އަހަރެންނާއި ޝިޔާމަކީ ވަރަށް ޚިޔާލު އެއްގޮތް ދެމީހުނެވެ. ޚާއްޞަކޮށް ސަރުކާރުން ކުރަމުން ގެންދާ އިންސާފެއްނެތް ކަންކަމުގައި އަހަރެމެން ދެމީހުންގެ ޚިޔާލު ވަރަށް އެއްގޮތެވެ. އެގޮތުން އޮފީހުގައި […]
“ކައިގެން ދާނީ ދުއްވާލަންދޯ؟” ރޭގަނޑުގެ ކެއުން ނިންމާލާފައި އަހަރެން ތެދުވުމާއިއެކު ޝެޑިއުލްގައި އަންހެނުން ކަނޑައަޅާފައިވާ ކަންތައް ބުނެލިއެވެ. އަހަރެން ޖަވާބުގައި އަންހެނުންނާއި ދިމާއަށް ބަލާލުމަށްފަހު ހީލަމުން ބޯޖަހާލީމެވެ. “އެކަމަކު ރަނގަޅަށް ކާތި! ދެމީހުނަށް ކާންޖެހޭކަން ހަނދާން ނައްތާ ނުލާތި!” ނުޝްރާ އަވަސް އަވަހަށް ކާން ފެށުމާއިއެކު އަހަރެން ބުނީމެވެ. އަދި ފަހަތުން އައިސް ނުޝްރާ ގައިގާ ބައްދާލުމަށްފަހު ނުޝްރާގެ ބަނޑުގައި މަޑުމަޑުން ފިރުމާލީމެވެ. ނުޝްރާ ބަލިވެ އިންފަހުން މިހާރު ހަމަސް ދުވަސްވީއެވެ. މިހާރަކަށް އައިސް ކޮންމެރެއަކުވެސް ރޭގަނޑުގެ […]
މިހާރު ކޮންމެ ޤައުމަކަށް ކޮންމެ ރަށަކަށް ކޮންމެ މުޖުތަމަޢުއަކަށް އަދި ކޮންމެ އާއިލާއަކަށް ބަލާލިނަމަވެސް އެއްމެ ކަންބޮޑުވާ އެއްމައްސަލައަކަށް ވެފައިވަނީ މަސްތުވާތަކެތީ ނުރައްކާތެރި ވަބާ ކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. އައްޑިހައިގެ އަހަރުތަކުން ފެށިގެން މި ދިވެހިރާއްޖެއަށްވެސް މިވަނީ ޑްރަގުގެ ވަބާއާއްމުވާން ފަށާފައެވެ. އެގޮތުން މިއަދު ދިވެހި މުޖްތަމަޢު މިވަނީ މަސްތުވާތަކެތީގެ ހާލިތަކަކަށް ވެފައެވެ. ޑްރަގް، އާދެ، މަސްތުވާތަކެތީގެ ހަމަ ކޮންމެ ބާވަތަކީވެސް އެއެއްޗަކުން އިންސާނާގެ ޖިސްމާއި ނަފްސަށް ނުހަނު ބޮޑެތި ގެއްލުންތައް ލިއްބުވައިދޭ އެއްޗިއެއްސެވެ. މަސްތުވާ ތަކެތީގެ […]
މި ލިއުމަކީ އަޅުގަނޑުގެ ކާފަ އަލްމަރުޙޫމް ކުޑަކަތީބު އަލިފުޅާއި އަޅުގަނޑުގެ މާމަ އަލްމަރުޙޫމާ ހައްވާ މޫސާ މީގެ 55 އަހަރު ކުރިން ހިޖުރީ ގޮތުން 1379 ވަނަ އަހަރު ކޮށްފައިވާ ކައިވެނީގެ ސެޓްފިކެޓް ގައިވާ ކައިވެނިކުރެވޭ ދެމީހުނަށް އަންގާފައިވާ ލިއުންތަކެވެ. މި ކައިވެނީގެ ސެޓްފިކެޓްގައިވާ ލިއުންތަކުން އަޅުގަނޑަށް އެނގުނީ އޭރުގެ ކައިވެނިތައް ކޮށްދީފައިވަނީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ކަމެވެ. ވުމާއި އެކު ކައިވެނި ތަކުގައި ގޮށްޖަހަމުން ދާ ފަރާތްތަކަށް މިފަދަ ކައިވެނި ތަކުގެ ހަރުދަނާކަމުންވެސް އިބްރަތެއް ނުވަތަ […]
ނަޞީބާއި ބުއްދިއަކީ އެންމެ ކުޑައިރުއްސުރެން އެކުގައި އުޅެބޮޑުވި ދެރަޙުމަތްތެރިންނެވެ. ޔުނިވަރސިޓީ ނިންމީވެސް ދެމީހުން އެކުގައެވެ. އަހަރުގެ ފަހު ސިމެސްޓާ ކިޔެވުން ނިމުމާއެކު ދެއެކުވެރިން ގެއިން ނުކުތީ ކާރުބުރެއް ޖަހާލާ ށެވެ. ބާރު ދުވެލީގައި ކާރުދުއްވަމުން މަޖާކުރަމުން ދިޔައެވެ. މިހެން ދުއްވަމުންގޮސް ކާރުގެ ޕެޓްރޯލް ހުސްވެ ކާރު ހުއްޓުނީ މީހުން ނޫޅޭ ވަރަށް ދުރު، ވަށައިގެން ޖަންގަލި އޮތް ހިސާބަކަށެވެ. އިރުއޮއްސެ އަނދިރިވުމުގެ ކުރިން މީހުން އުޅޭ ހިސާބަކަށް ދެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ހިނގާފައި އެހާދުރަށްދާނެ ހިތްވަރެއް […]