Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

އެހީގެ އަގު 2 ވަނަބައި

mohamed neer Level 210 Stories100 Stories
July 12, 2013 3 Mins Read
2 Comments

ދެވަނަ ބައި
މާޔޫސްކަމާއެކު އެހަށިގަނޑަށް ބަލަހައްޓައިގެން ނީސާމް ހުއްޓައި ޕޮލިހުންގެ މަސައްކަތް ނިންމާ އެހަށިގަނޑު ކޮޓަރިން
ނެރުނެވެ. މަރާލާފައިވާ ކަމަށް ބެލެވޭ ލަންމާގެ ގައިމަތީގަ އަޅާފައިވާ ބެޑްސީޓްގައި ވެސް ވަނީ ހުސް ލެޔެވެ.
ތަނުގައި މަސައްކަތް ކުރަމުންދިޔަ އެންމެންގެ މޫނުމަތިން ވެސް ފާޅުވަމުންދަނީ ހިތާމައާއި ހިތްދަތިކަމުގެ އަސަރުތަކެވެ.
މާޔޫސްކަމުގެ ކުލަވަރެވެ.
ލަންމާގެ މަރުގެ ޚަބަރު ރަށުތެރެއަށް ފެތުރުމާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވެގެން ދިޔައެވެ. ލަންމާގެ މަރާބެހޭ
ކުޑަ ނަމަވެސް މަޢުލޫމާތެއް ލިބޭތޯ ގިނަބަޔަކު މަސައްކަތް ކުރަމުން ދިޔައެވެ. ހަމައެހެންމެ އެކަމުގައި ހަރަކާތްތެރިވަމުން ދިޔަ މީހުނަށް އެހީވުމާއިގެން ވެސް އެއްބަޔަކު އުޅެމުން ދިޔައެވެ.
ލަންމާގެ މަރުގެ މައްސަލަ ބެލުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔައީ އިނިސްޕެކްޓަރ ނީސާމް އެވެ.
ލަންމާގެ މަރުގެ ޚަބަރު މީޑިޔާތަކަށް އިވުމާއެކުހެން އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ މީޑިޔާތަކުން މަސައްކަތް
ފެށިއެވެ. މަޢުލޫމާތު ހޯދުމުގެ އިތުރުން ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނަމަވެސް ލިބޭތޯ މަސައްކަތް ކުރަމުންދިޔަ މީހުން މަދެއް ނޫނެވެ. ކޮންމެބަޔަކު ވެސް މަސައްކަތް ކުރަމުން ދިޔައީ އެންމެ އަވަހަށް ނުވަތަ އެންމެ ފުރިހަމައަށް އެޚަބަރު ގެނެސްދެވޭތޯ އެވެ.
ނީސާމާއި އޭނާގެ ޓީމުން މަސައްކަތް ކުރަމުން ދިޔައީ ލަންމާގެ މަރުގެ މައްސަލަ ވީހާ އަވަހަކަށް ނިންމާށެވެ.
ނާއިލް ހޮސްޕިޓަލްގަ އޮތް ވާހަކަ އަޑުއިވުމާއެކުހެން ނީސާމްމެން ހޮސްޕިޓަލަށް ގޮސް ނާއިލާއި ބައްދަލުކުރިއެވެ. އޭރު
ނާއިލަށް އެހީވުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އޮފީހުގައި މަސައްކަތް ކުރަމުންދާ ޤާނޫނީ ވަކީލް ސާހިލް އެވެ. ނާއިލްގެ ނިތްކުރިން ބަޔަކާއި އަތުގެ މުލައްދަނޑީގައި ބޭސް އަޅާފައި ހުއްޓެވެ.
ޕޮލިހުންގެ ބޭކަލުން އައިސް ނާއިލާ ބައްދަލުކުރުމުން ނާއިލާއި ސާހިލް ވަރަށް އުފާވިއެވެ. ހަމައެހެންމެ އެހާ އަވަހަށް
ޕޮލިހުން އައުމުން އެބޭކަލުންގެ މަސައްކަތަށް ޝުކުރުއަދާކޮށް ތަޢުރީފު ކުރިއެވެ.
ޕޮލިހުންގެ ބޭކަލުން ހޮސްޕިޓަލަށް އައިސް ނާއިލާއި ބައްދަލުކުރީ ނާއިލްމެން ހުށަހެޅި މައްސަލައިގެ މަޢުލޫމާތު ހޯދާން
ކަމަށް ނާއިލާއި ސާހިލަށް ގަބޫލު ކުރެވުނު ނަމަވެސް ކަންތައް ވެގެން ދިޔައީ އެހެންނެއް ނޫނެވެ. އެބޭކަލުން ނާއިލާއި ސުވާލުކުރީ ލަންމާގެ މަރާ ބެހޭގޮތުންނެވެ.
ލަންމާގެ މަރުގެ ވާހަކަ އަޑުއިވުމާއެކުހެން ނާއިލަށް ރޮވިއްޖެއެވެ. ހަމައެހެންމެ ޕޮލިހުންގެ ވާހަކަތައް ގަބޫލުނުކުރާނެ
ކަމަށާއި މިހާރުން މިހާރަށް އޭނާ ހޮސްޕިޓަލުން ދޫކޮށްލުމަށް ގޮވާން ފެށިއެވެ. ހަމައެހެންމެ ވަރަށް އަވަހަށް އޭނާ ގެއަށްދާން ބޭނުން ކަމަށާއި އޭނާގެ އަންހެނުން މަރުނުވާކަމަށް ވެސް ބުނަމުން ދިޔައެވެ.
ޕޮލިހުންގެ ވާހަކަތަކުގެ ސަބަބުން ނާއިލްގެ ސިކުނޑިއަށް ބާރު ބޮޑުވިކަން އެންމެނަށް ވެސް ގަބޫލުކުރެވުނެވެ. އެހެން
ކަމުން ނާއިލަށް ރެސްޓްދީފައި ޕޮލިހުން ދުރަށް ޖެހެލިއެވެ.
ނާއިލްގެ ގަޔަށް ގުޅާފައިވާ އައިވީ ހުސްވުމާއި ނާއިލަށް ދިމާވެފައިވާ ކަންތަކުގެ ސަބަބުން އޭނާ އެދެމުންދިޔަ އެދުމާ
އެއްގޮތަށް އޭނާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. އޭރު ވެސް ނާއިލް ބުނަމުންދިޔައީ އޭނާގެ އަންހެނުން މަރުނުވާ ކަމަށާއި ޕޮލިހުންނަށް އޮޅުމެއް އަރައިގެން އުޅެނީ ކަމަށެވެ.
ބަނޑަށް ވަޅިއެއް ހަރާލައިގެން މަރާލާފައި އޮތް ލަންމާގެ ހަށިގަނޑު ފެނުމާއެކުހެން ނާއިލަށް ރޮއިގަނެވިއްޖެއެވެ. ހަމަ
އެހެންމެ ޕޮލިހުންގެ ވާހަކަތައް ގަބޫލުކުރާން މަޖުބޫރު ވެއްޖެއެވެ.
އެމަރުގެ ސަބަބުން މުޅިރަށަށް ހައިރާންކަން ގެނެސްދިން ލަންމާގެ މޫނު ދެކިލުމަށްޓަކައި ރަށުގެ ގިނަބަޔަކު ހޮސްޕިޓަލަށް
ޒިޔާރަތް ކުރިއެވެ. އެމަރުގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވަނީ ހިތާމައާ ހިތްދަތިކަމުގެ އަސަރުތަކެވެ. މުޅިތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރޭގައި ހިތާމައިގެ ތަސްވީރެއް ފަދައިން ނާއިލް ހުއްޓެވެ. އޭރު އޭނާގެ ކޮންމެ ހަރަކާތަކުން ފެންނަމުންދަނީ ހިތާމައިގެ އަސަރުތަކެވެ.
ނާއިލް ޕޮލިހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އިތުރުމަޢުލޫމާތު ހޯދުމަށްޓަކައި ބައްދަލުކޮށްލާން އެދުމުން އޭނާގެ
މިހާރުގެ ހާލަތު ބުނެދީ ފަހުން ބައްދަލުކުރުމަށް އެދުނެވެ.
އަސްރުނަމާދަށްފަހު ލަންމާ ވަޅުލައިފިއެވެ.
ރަށުތެރެއަށް ވެރިވެފައިވާ ހިތާމައާ ހިތްދަތިކަމާއެކު ވަގުތުތައް ފާއިތުވަމުން ދިޔައިރު ޕޮލިހުން އެބޭކަލުންގެ މަސައްކަތާއި
ގެން ކުރިޔަށް ދިޔައެވެ. ހަމައެހެންމެ އެކަމުގައި ހޯދާންޖެހޭ މަޢުލޫމާތުތައް ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ނާއިލްއާ ބައްދަލު ކުރިއެވެ.
” ރޭގަ މިހުރިހާކަމެއް ހިނގާދިޔައިރު ނާއިލް އުޅުނީ ކޮންތާކު ؟ ” ނާއިލަށް ބަލާލަމުން ނީސާމް އަހާލިއެވެ.
” އަޅުގަނޑު ނުބުންޏަސް ތިޔަ ބޭކަލުންނަށް ވެސް އެނގިލައްވާނެ އަޅުގަނޑަކީ އަމިއްލަ ފިހާރައެއް ހިންގުމުގެ އިތުރުން
އޮންލައިން ނޫހެއް ހިންގާ މީހެއް. އަދި އެ ނޫހުގެ އެޑިޓަރުގެ އިތުރުން ޤަވާއިދުން ރިޕޯޓް ތައްޔާރު ކުރަމުން އަންނަ މީހެއް. އަޅުގަނޑަކީ ބިޒީ މީހެއް. ރޭ ވެސް އަޅުގަނޑު އުޅުނީ ވަރަށް އަވަދިނެތި. ފިހާރަ ބަންދުކޮށްފަ ދިޔަގޮތަށް ދިޔައީ އޮފީހަށް. ނޫހުގެ ކަންތައް ހަމައަކަށް އަޅުވާލާފަ ގެއަށް އަންނަނިކޮށް މަގުމަތިން ދިމާވި ބަޔަކު އަޅުގަނޑަށް ކޮށްފައިވާ އަނިޔާ ފެންނާން މިހުރީ. އަޅުގަނޑުގެ މޯބައިލް ފޯނާއި ވޮލެޓް ވީ ތަނެއް އަދިވެސް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑު ވާނެ ޕޮލިހަށް ވެސް އެމައްސަލަ ހުށަހަޅާފައި. ” ނީސާމްގެ ސުވާލަށް ޖަވާބުދެމުން ނާއިލް ވާހަކަދެއްކީ އޭނާގެ ނިތްކުރިއާއި އަތުގެ މުލައްދަނޑި ދައްކާލަމުންނެވެ.
” މިދިޔަ ހުކުރު ދުވަހު ޝާއިޢުކުރި އެބުނާ ރިޕޯޓާއި ކުރެހުން ވެސް ތައްޔާރުކުރީ ނާއިލް ދޯ ؟ ” ނާއިލަށް ބަލާން އިނދެ
ނީސާމް ސުވާލު ކުރިއިރު އޭނާގެ ފަރާތުން ފެންނަމުންދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
” އާން. އެކަންތައް ކުރީ އަހަރެން. ތިޔަ ބޭކަލުން ކުރާ ކަންތައްތައް އާންމުންނާއި ހަމައަށް ގެނައުމަކީ އަހަރުމެން ކުރާން
ޖެހޭ ކަމެއްކަމުގައި އަހަރެން ދެކެން ….. ތިޔަ ބޭކަލުން ތިޔަ ކީއްކުރަނީ ؟ ތިޔަ ބޭކަލުންނަށް އެންމެ ފަހަރަކު ވެސް ވިސްނާ ނުލެވޭ ލަންމާގެ ގާތިލުން ކިހާ ދުރަކަށް ހިނގައިދާނެ ކަމެއް. ” ނީސާމަށް ބަލާންއިނދެ ވާހަކަ ދައްކަމުން ނާއިލް އެނބުރުނީ އޭނާގެ ވަކީލް ސާހިލްއާ ދިމާއަށެވެ.
” އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރެ ކަލޭ ކީއް ތިޔަ ކުރަނީ ؟ އަހަރެން ނުޖެހޭނެ ދޯ ކަލޭތީ އަހަރެންގެ ވަކީލްކަން
ކަލެއަށް ހަނދާން ކޮށްދޭކަށް. ” ސާހިލަށް ބަލާލަމުން ނާއިލް ބުންޏެވެ.
ނާއިލާއި ވާހަކަ ދައްކާން ބައިގަޑިއެއް ހާއިރު މަޑުކުރުމަށް ފަހު ޕޮލިހުން ދިޔައީއެވެ.
ތަފާތު މީޑިޔާތަކުގައި ތަފާތު ގޮތްގޮތަށް ލަންމާގެ މަރުގެ ވާހަކަތައް ޝާއިޢުކުރަމުން ދިޔައެވެ. ކުދިކުދި ތަފާތުތަކެއް ހުރި
ނަމަވެސް މައިގަނޑު ވާހަކަ ދާދި އެއްގޮތެވެ. ޕޮލިހުންގެ މަސައްކަތުގެ އަގު ވަޒަންނުކުރާ ފަރާތްތަކުން ޕޮލިހުންގެ ގާބިލްކަމާމެދު ސުވާލު އުފައްދަމުން ދިޔައިރު އެބޭކަލުންގެ މަސައްކަތް ބަލައިގަންނަ މީޑިޔާތަކުން އެބޭކަލުންގެ މަސައްކަތަށް ތަޢުރީފް ކުރަމުން ހިތްވަރު ދެމުން ދިޔައެވެ.
ވަގުތުތައް ފާއިތުވަމުން އިރުއޮއްސޭވަގުތު ގާތްވަމުން ދާ ވަރަކަށް ރަށުތެރޭގެ ހަމަހިމޭންކަން އިތުރުވަމުން ދިޔައެވެ.
ނާއިލްގެ ޢާއިލާމީހުންނާއި އޭނާގެ ރައްޓެހިން އަދި އޭނާގެ ވަޒީފާތައް އަދާކުރަމުންދިޔަ ގިނަބަޔަކު ނާއިލްގެ ގެއަށް އައިސް
އޭނާއަށް ހިތްވަރާއި ނަސޭހަތް ދީ އޭނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
ލަންމާގެ މަރުގެ މައްސަލަ ބަލަމުން ދިޔައިރު ނާއިލަށް ބަޔަކު ހަމަލާދީ އޭނާގެ މޯބައިލްފޯނާއި ވޮލެޓް ފޭރިގަތް މައްސަލަ
ވެސް ބަލަމުން ދިޔައެވެ. އަދި ލަންމާގެ މަރުގެ މައްސަލަ އެކޭ އެއްފަދައިން ނާއިލް ހުށަހަޅާފައިވާ މައްސަލަ ބެލުމުގައި ނާއިލްގެ ފަރާތުން ހޯދާންޖެހޭ މަޢުލޫމާތު ހޯދިއެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ދިރުމެއްނެތަސް

Next

ބަދަލުވެ ދިޔަ ހަޔާތް – 6

Next
July 12, 2013

ބަދަލުވެ ދިޔަ ހަޔާތް – 6

Previews
July 12, 2013

ދިރުމެއްނެތަސް

2 Comments!

  1. bEybe says:
    July 13, 2013 at 12:55 am

    ވަރަށް ރީތި ވާހަކައެއް

  2. ބޯބުޅި says:
    July 13, 2013 at 12:58 am

    ވާހަކަ ހަމަ ހަބޭސް. ކުރިޔަށް ގެންދޭ.

Comments are closed.

Next Episodeއެހީގެއަގު←


All Right Reserved!