ކަލާގެ ހަނދާންތަކުގާ…..2 ވަނަ ބައި ބިންފަޅާ އަޑިއަށް ދިޔެނަމައޭވެސް ހިތައްއެރިއެވެ. ތަގުދީރުގައި ވާނެ އެއްވެސް ކަމެއް ނޭނގޭނެއެވެ. މާޒިންއަށް ބައްޕާއޭ ގޮވާނުލެވުނީ ކިރިޔާއެވެ. ލަތާފާގެ ބައްޕަ މާޒު ދުއްވައި ގަތި ލަތާފާ ކައިރިއަށެވެ. ފަހަތު މީހެކު ހުރިހެން ހީވެއެވެ. ކާކުބާއެވެ؟ މާޒިން ސަރަންފީގައި ލަތާފާ ބޭވިއެވެ. އަދިވެސް އެމްބިއުލޭންސްއެއް ނާދެއެވެ. އިރުކޮޅެއްނުވެ އެތެރެއަށް އަށިގަނޑެއް ހިފައިގެން ދެމީހަކު ވަނެވެ. “ބޭބޭ އަޅުގަނޑު ގޮސްލީއޭ” މާޒިން ހިނގައިގަތީ ގެއިން ބޭރަށް ނިކުތުމަށެވެ. މާޒު ދިޔެ ގޮތައްގޮސް […]
ކަލާގެ ލޯތްބައް ކަލާގެ ލޯތްބައް އެދި އެދި ރޮނީ ކީއްވެ ކަލާ ބުނެދީބަލާށޭ މިހިތައް އަނިޔާ ނުދެއްޗޭ ކަލާ ރޮއްވާފަ ނުދާށޭ ކޮން ކަހަލަ މަޖުބޫރެއް ވީފަހެ ކަލާ، ކަލާގެ ލޯތްބައް އެދެމޭ ކީއްވެ ކަލާތިހެން ތިހަދަނީ
އެއް ވަނަ ބައި ކަލާގެ ހަނދާން ތަކުގާ…. މެންދަމުން އަލިވެ ތިނެއް ޖެހިއިރުވެސް ދެލޮލަކައް ނިންޖެއް ނާދެއެވެ. ބިރު ގަންނަނީއެވެ. ބިރުވެރި ހުވެފެން ފެންނަނީއެވެ. ދެލޯ މަރާލާ ކޮންމެ ފަހަރަކުވެސް ފެންނަނީ އެ ބިރުވެރި މީހާއެވެ. ރަތް އަނގުރުގަނޑެއްފަދަ ދެލޮލެކެވެ.އަތުގެ އިނގިލިތަށްދިގެވެ. ނިޔަފަރިތައްވެސް އެހާމެ ދިގުވެފައި ހުތުރެވެ. ކަނފަތް ފުޅާވެފައި ދިގެވެ. ދަތްތައް ދިގެވެ. ދޮރުކައިރިން ހިޔަންޏެއްވިހެން ހީވެގެން ބަލާލިއެވެ. މާޔޫސްކަމާ ނިދި ބަރުވާހާލު އެނދުން ތެދުވިއެވެ. ކުޑެދޮރު ކައިރިއަށް އާދެވުމާއި އެފެނުނު މަންޒަރަކުން ދެލޯބޮޑުވިއެވެ. […]