“ކިހާ ދެރަކަމެއްތަމި ދެން؟؟” ނަހުލާ ރުޅިއައިސް ރަތްވެހުރެ ޖަމީލުއާ ދިމާލަށް ޓެބްލެޓް ދިއްކޮށްލަމުން ބުންޏެވެ. ޖަމީލް ޓެބްލެޓް އަތުލާ ބަލާލިއިރު އޭގައި ހުޅުވާފައި އިން ހަވީރު ނޫސް ޕޭޖުގެ ފަލަ ސުރުހީއަކަށް އިނީ ރިޝްވާން ކާމިލްގެ ގަޔަށް ވަޅިހަރާ މަރާލި ޚަބަރެވެ. “ހަވީރު އެކަންޏެއް ނޫން، ރާއްޖޭގައި ޚަބަރު ފަތުރާ ހުރިހާ ވަސީލަތެއްގެ ފަލަ ސުރުހީ އަކީ ވެސް ހަމަ މި ވާހަކަ، އަދި މިމީހުންގެ ވަރު ބަލާބަލަ، އެވާހަކަ އެދައްކަނީ އިތުރަށް ފޮނިތޮށި އާއި ކާފޫރު […]
ހޯލު ތެރޭތިބި އެންމެން ތިބީ ވާނުވާ ނޭނގިފައެވެ. މީގެ ކުޑައިރު ކޮޅެއްކުރިން އެކި ކުލަ ކުލައިގެ ބޮކިތަކުން ދިއްލާފައި އޮތް ހޯލުތެރެއަށް މިހާރު ވެރިވެފައި ވަނީ ކަނު އަނދިރިކަމެވެ. އެރޭ ސެންޓްރަލް ހޯލުގައި ޑިއުޓީ އަދާ ކުރަމުން ދިޔަ މުއައްޒަފުންގެ ތެރެއިން ދެތިން މުއައްޒަފުން އަވަސްވެގަތީ ހޯލަށް އަވަހަށް ކަރަންޓު ހޯދާދެވޭތޯއެވެ. ކުޑައިރުކޮޅެއްގެ އަނދިރި ކަމަށްފަހު މުޅިތަން އަލިވެގެން ދިއުމާއެކު އިވުނީ އަންހެނެއްގެ ހަޅޭކުގެއަޑެވެ. ހަފްލާއަށް އައިސްތިބި އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ހޯލުގެ ކަނާތްފަރާތަށް ވާގޮތަށް […]