“އައި ޑޯންޓް ކެއަރ” އޭ ބުނެލީ އަހަރެންގެ ފަހަތުންނެވެ. އެހެންކަމުން އަހަރެން އެބުރެލީ އެއީ ކާކުތޯ ބެލުމަށެވެ. ނަމަވެސް އޭގެ ކުރިން އަހަރެންގެ ބޮލުގައި އެމީހަކު ވަރުގަދަ އެތިފަހަރެއް ހަރު އެއްޗަކުން ޖަހައިފިއެވެ. އަހަރެން އެތަނަށް ވެއްޓުމާއި އެކު ހުރިހާ މަންޒަރެއް ފުސްވިއެވެ. އަހަރެންނަށް ދެން ވީގޮތެއް ނޭނގުނެވެ. އަހަރެންނަށް ވާނުވާ އެގެންފެށީ ކިހާ އިރެއް ފަހުން ކަމެއް ނޭނގެއެވެ. ދެލޯ މަޑުމަޑުން ހުޅުވޭތޯ މަސައްކަތް ކުރީ ބޮލަށް ވެފައިވާ ބަރެއްގެ ސަބަބުންނެވެ. ފުރަތަމަ މަންޒަރުތަށް ފެންނަން […]
“ވަދޭ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ މަލިކާއެވެ. މަލިކާ ފެނުމާއި އެކު އަހަރެންނަށް އެނދުން ތެދުވެވުނެވެ. “އަހަރެން ބޭރުގައި މަޑުކޮށްލާނަން” އެހެން ބުނުމަށްފަހު ފާރިޝް ނިކުމެ ދޮރު ލައްޕާލިއެވެ. އަހަރެން ދިގުވެފައިވާ އިސްތަށިގަނޑު ރީތިކޮށްލީމެވެ. އަދި މަލިކާއާއި ދިމާލަށް އަހަރެން ބަލާލީމެވެ. އަދިވެސް މަލިކާ އެހާ ރީއްޗެވެ. އޭނަގެ ކަޅު ފަން އިސްތަށިގަނޑުވަނީ ކްލިޕްއެއް ޖަހައިގެން ހަރުކޮށްލާފައެވެ. ލައިގެން ހުރީ ޕާކިސްތާނު ހެދުމެކެވެ. މަޑު ދަބުކުލައިގެ އެހެދުމުގައި ހުރި […]
“މާޒިން” ކޮޓަރީ ދޮރުހުޅުވާލުމާއި އެކު ކޮޓަރިތެރޭގައި ހުރި މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. މާޒިން ހުއްޓިލައިގެން ހުރި ފްރިޖް ކައިރީގައެވެ. އޭރު އަތުގައި ދެބިޔަރު ދަޅު އޮތެވެ. މާޒިންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހައިރާން ކަމާއި ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އަހަރެން އަވަހަށް އެތެރެއަށް ވަދެ ދޮރު ލައްޕާލީމެވެ. “އެގޭތަ އަހަރެން ކުއްލިއަކަށް މިއަދު ހިތަށް އެރި އެއްޗެއް… ކީއްވެ ބާއޭ އަހަރެންނަށް ދުވަހަކުވެސް ޝާމް މަސްތުވެފައި ހުއްޓާ ނުފެންނަނީ… އޭނަ ބޭނުން ކުރާކަށް އަހަރެންނަށް އެނގެއޭ.. ރާ […]
ގެއަކީ މާބޮޑު ގެއެއް ނޫނެއްކަމަކު ގޯތިތެރޭގައި އޮންނަ ހުސްޖާގައިގައި ކޮންމެވެސް ވަރަކަށް މާގަސް ހައްދާފައިވުމުގެ ސަބަބުން ގޭގެ މައިދޮރުން ވަންނައިރު މަންޒަރު ފެންނަލެއް ވަރަށްވެސް ރީއްޗެވެ. ގޯތި ތެރޭގައި ހުންނަ ގިފިލި ބޮޑުވެފައި ބޮޑުވަޅެއް ހުއްޓެއްކަމަކު ތިރިފާޚާނާ ތައްޓެއް ހުރެފައި ގިފިލި ހިޔާނުކޮށް ހުރުމުގެ ސަބަބުން ރުނާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ރުނާމެންގެ ގޭގެ ފާޚާނާހިޔާކޮށް ތަނުގައި ބަހައްޓާފައި ހުންނަނީ އުސް ފަޚާނަތައްޓެއް ކަމުން މިތަނަށް ހޭނިލަން ދުވަސް ކޮޅެއް ނަގާނެއޭ ރުނާގެހިތަށް އެރިއެވެ. ގޭތެރެއަށް ވަދެގެން […]
އެއްއަތް ވަނީ ބޮލާއި ދިމާލަށް މައްޗައް ވާގޮތަށެވެ. އެއަތުގައި ވެސް ވަޅިއެއް ކަހަލަ އެއްޗެއްގެ ތޫނުކަން ފެންނަން ހުއްޓެވެ. އަހަރެންނަށް އެތަނުގައި ކަކޫ ޖަހައިގެން އިށީދެވުނެވެ. އެވަގުތު ފާރިޝް އައިސް އަހަރެންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ހުޝާމް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އޮތްގޮތުން ހީވަނީ އެހީއަށް އެދި ގޮވާހެންނެވެ. އެދެލޮލުން ގަނެފައިވާ ބިރު އެތަށް ގުނައަކަށް ސިފަވެގެންދެއެވެ. ބުރަކައްޓަށް ދީފައިވާ އަނިޔާގެ އިތުރަށް ބޮލަށްވެސް ވަނީ އެތަނަށް އަނިޔާއެއް ދީފައެވެ. ހީވަނީ ބޮޑު ދަގަނޑު ގަނޑެއް ކަހަލަ […]
“އޭޒް ޔޫ ވިޝް” މާޒިން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. ނިހާދު އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. “ސޯ ލެޓްސް ސްޓާޓް” މޭޒު މަތީގައި އޮތް ޗާޓްއަށް ބަލާލަމުން އަހަރެން ބުނެލީމެވެ. “މިއީ ކޮންއެއްޗެއް” އެޗާޓްއިން ފާހަގަ ކޮށްފައިވާ މަގުތަކެއް ދައްކާލަމުން އަހަރެން އަހާލީމެވެ. “ތިއީ އޭނަ ކޮންމެ ދުވަހަކު އޮފީހުން ނިކުމެ ގެއަށް ދާމަގު… މިއީ އޭނަ އާއްމުކޮށް އޮފީހަށް ދާ މަގު” އެތަނުގައި އޮތް ހައިލައިޓަރ އަކުން ދައްކަމުން އެތަނުގައި ހުރި ކުއްޖާ ކިޔައިދިނެވެ. […]
އޮއްސެމުން ދާ އިރުގެ ރަންދޯދިތައް އުޑުމައްޗަށް ފެތުރެމުންދިޔައީ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. ކަނޑުންއަންނަ ކުދިކުދި ރާޅުތައް އައިސް ވެލިގަނޑު މައްޗަށް ބީއްސާލާ ގޮތުން ހީވަނީ އެއިން ވެލިފުކަކަށް އަނިޔާއެއް ވެދާނެތީ އުޅޭހެންނެވެ. އެހާވެސް މަޑުމަޑުން އައިސް ވެލިގަނޑުގައި ފިރުމާލައިފައިދާ އެރީތި މަންޒަރު ދެކިލުމަށް ކޮންމެ މީހަކުވެސް ދަހިވާނެކަން ޔަގީނެވެ. މަޑުމަޑުން ޖެހެމުންދާ ވައިރޯޅިތަށް އިރެއް އިރަކަށް ފިނިވަމުން ގޮސް މުޅި ޖައްވުގައި ތެތްފިނިކަމެއް އަށަގެންފައިވެއެވެ. އެރީތި މާހައުލުގައިވާ ހަމަހިމޭންކަމުގެ އުފާވެރިކަން ލިބިގަތުމަށް އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް […]
ލޮނުގަނޑު ތެރެއިން ރަނާ އަޑިއަށް ދާން ފެށުމުން އެ ބެޑްޝީޓް ގަނޑުން މިންޖުވާން ތެޅެން ފެށުނެވެ. އަތްފައި ތަޅުވަމުން ދިޔައީ ހިތްވަރުންނެވެ. ދެ އަތާ ދެފައި ތަޅުވަމުން އެ ފޮތިގަނޑުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައެވެ. ބެޑްޝީޓްގަނޑު ހަށިގަނޑުން ވަކިވުމުން ބަރަހަނާ އެހަށިގަނޑަށް ފިނިކަން އިހްސާސްވަމުން ދިޔައީ އިންތިހާއަށެވެ. ފެން މައްޗަށް އަރަން އަތް ފީނާލީ ނަމަވެސް ރަނާއަށް ގޮތްނޭނގޭ ބާރަކާއި އެކީ ފުންކަނޑުގެ އަޑިއަށް ގެނބެމުން ދިޔައެވެ. ފުނަށް ދިޔަވަރަކަށް ފެންނަމުން ދިޔައީ ކަޅު އަނދިރިކަމެވެ. […]
އެންމެން އަހަރެންނަށް ތިޔަހެން ތިޔަހަދަނީ ކީއްވެހެއްޔެވެ؟؟ ކޮންމެ މީހަކުވެސް އެންމެފުރަތަމަ އަހަރެންގެ ގައިގައި ފިރުމާއިރު ހީވާނީ އެހެންފަދަ ކަމެއްހެންނެވެ. މިވަރުގެ ރީތިކަމެއް މިދުނިޔެމަތިން ދުވަހަކު ނުފެންނަ ބައެއްފަދައިން އުޅޭއިރު ހީވާނީ އަހަރެންނާއި ހެދި ލޯބިން މޮޔަވެދާނެ ހެންނެވެ.. އެކަމަކު އެއީ ކުޑަ އިރުކޮޅެއްގެ ކަމެކެވެ. މާގިނަ އިރުތަކެއްނުވެ އެލޯތްބަށް ނިމުންއައިސް އެއްވެސް ރަހުމެއް ނެތި އެމީހުންގެ ފައިދަށުލާ އަހަންނަށް ތަދުކޮށްލައެވެ. އެޔެއް މިޔެއް ނުބަލައި އެކިވަރުގެ މީހުން އަހަރެންގެ ގަޔަށް ފައިންއަރައި އަހަރެންގެ ހައްޓަށް އެދެނީ ކިހާ […]