Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނިޔާ .. 28 ވަނަ ބައި

Fantasy
January 6, 2016
11 Mins Read
44 Views
32 Comments

“އައި ޑޯންޓް ކެއަރ” އޭ ބުނެލީ އަހަރެންގެ ފަހަތުންނެވެ. އެހެންކަމުން އަހަރެން އެބުރެލީ އެއީ ކާކުތޯ ބެލުމަށެވެ. ނަމަވެސް އޭގެ ކުރިން އަހަރެންގެ ބޮލުގައި އެމީހަކު ވަރުގަދަ އެތިފަހަރެއް ހަރު އެއްޗަކުން ޖަހައިފިއެވެ. އަހަރެން އެތަނަށް ވެއްޓުމާއި އެކު ހުރިހާ މަންޒަރެއް ފުސްވިއެވެ. އަހަރެންނަށް ދެން ވީގޮތެއް ނޭނގުނެވެ.

އަހަރެންނަށް ވާނުވާ އެގެންފެށީ ކިހާ އިރެއް ފަހުން ކަމެއް ނޭނގެއެވެ. ދެލޯ މަޑުމަޑުން ހުޅުވޭތޯ މަސައްކަތް ކުރީ ބޮލަށް ވެފައިވާ ބަރެއްގެ ސަބަބުންނެވެ. ފުރަތަމަ މަންޒަރުތަށް ފެންނަން ފެށި ފުސްކޮންނެވެ. އެހެންކަމުން ދެފަހަރަކު ދެލޯ މަރާލުމަށްފަހު ދެފަރާތަށް ބޯ ކުޑަކޮށް ހޫރާލަމުން ލޯ ހުޅުވާލީމެވެ. އަތުންވެސް ހަރަކާތެއް ކޮށްލެވޭތޯ ބެލީމެވެ. ނަމަވެސް އަތުންވެސް އަދި ފައިންވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. “މޯނިން ޕްރިންސެސް” އަހަރެންގެ ކަންފަތުގައި ހަމަޔަގީނުންވެސް ޖެހުނީ އަޔާޒްގެ އަޑު ފިޔަވާ އެހެން މީހެއްގެ އަޑެއް ނޫނެކެވެ. އަހަރެން ދެލޯ ބޮޑަށް ހުޅުވާލީމެވެ. އެވަގުތު ކުރިމަތީގައި ހުރި އަޔާޒް ފެނުނެވެ. އޭނަގެ ފުރަގަހުގައި ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ނިހާދު ހުއްޓެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މީގެ ކުރިން ނުފެންނަ ވަރުގެ ހިނިތުންވެކެވެ. އަހަރެން ދެއަތް ހަރަކާތް ކުރަން ބަލާލިއިރު ދެއަތްވަނީ އަހަރެން ބައިންދާފައި އިން ގޮޑީގެ ދެއަތުގައި އައްސާފައެވެ. ދެފައިވެސް ވަނީ ގޮޑީގެ ދެފަޔާއި އެކު އައްސާފައެވެ. އަހަރެން އެތަނުގެ ތެރެއަށް ބަލާލީމެވެ. އެއީ ފާޑެއްގެ ގުދަނެއްކަހަލަ ތަނެކެވެ. އެތަން އެއްކޮށް އަދިރިކޮށް ހުރި އިރު އަހަރެންނާއި ދިމާ ސީދާ މަތިންވަނީ ލައިޓްއެއް ހަރުކޮށްފައެވެ. އެލައިޓްގެ ކިތައްމެ އަލިގަދައެއްކަމަކު އަލިވެފައިވަނީ ކުޑަތަންކޮޅަކަށެވެ. އަހަރެންނަށް ހީވާގޮތުން އެއީ ޓިނުން ހަދާފައިވާ ތަނެކެވެ. އެކިތަންތަނުގައި ޓިނުތަކެއް ބެހެއްޓިފައި ހުއްޓެވެ. ދެން ހުރީ ލަކުޑީގައ ސާމާނެވެ.

“ކޮން އެއްޗެއްތަ ތި ހޯދަނީ ސަންޝައިން” އަހަރެން އަޔާޒް އާއި ދިމާލަށް ބަލާލީ އޭނަގެ އަޑުއިވުމުންނެވެ. “މިތަން ހޫނު ގަދަކަމުން ފިނިވާނެ އެއްޗެއް އިންތޯ ބަލާލީ.. ނެތްތަ އޭ.ސީ އެއް” އަހަރެން ބުނެލީމެވެ. އަޔާޒް މަސައްކަތް ކުރަނީ އަހަރެން ރުޅި އެރުވާށެވެ. އެހެންކަމުން އަހަރެން އެހެން ބުނެލީ އޭނަ ރުޅި އެރުވުމުގެ ބޭނުމުގައެވެ. “ޔޫ ތިންކް ޔުއަރ ފަނީ” އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ. “އައި ނޯ.. އައި އޭމް ފަނީ” އަހަރެން އަޔާޒްއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީމެވެ. އޭރުވެސް ބޮލަށް ހުރީ ފާޑަކަށް ބަރުވެފައެވެ. އެވަގުތު އަޔާޒްގެ ހޫނު އަތުން އަހަރެންގެ މޫނު މައްޗަށް ވަރުގަދަ އެތިފަހަރެއް އެރިއެވެ. އެވަގުތު އެތަން ހީވީ އެބުރެގަތް ހެންނެވެ. ބޮލަށް ވެފައިހުރި ބަރު ދެގުނަ އިތުރުވި ކަހަލައެވެ. އެހެންކަމުން ދެފަރާތަށް ބޯ ހޫރާލެވުނީ ވަރަށް ވަރުންނެވެ. އަނެއްކާވެސް އަޔާޒްއާއި ދިމާލަށް ބަލާލީމެވެ. “އިޒް ދެޓް ވަޓް ޔޫ ގޮޓް” އަހަރެންގެ ބުނެލީމެވެ. އަހަރެން އެހެން ބުނުމާއި އެކު އަޔާޒް އޭނަގެ އަތުން ވަރަށް ބާރަށް އަހަރެންގެ ބަނޑުގައި ދެތިން ފަހަރަކު ޖެހިއެވެ. އަހަރެންނަށް ކުޑަކޮށް ކުދުވެވުނީ ވެގެން ދިޔަ ތަދުންނެވެ. ހީވީ އެތެރެ ހަށީގައި ހުރި ހުރިހާ ގުނަވަނެއް ފަޅައިގެން ދިޔަހެންނެވެ. އެކަމަކު އަހަރެން އެމީހުންނަށް އަހަރެންނަށް ވެގެން ދިޔަ ތަދު ދައްކާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ވަރަށް އަހަރެންނަށް ހީގަތީމެވެ. “އާހް.. ޔޫއަރ ހިޓިން ލައިކް ގާލްސް… ކަމޯން މޭން…” އަހަރެންގެ ޖުމްލަ މިފަހަރު ނުނިމެނީ އޭނަ ޖެހީ އަހަރެންގެ އަނގަމަތީގައެވެ. އެވަގުތު ދަތްޕިލަ ތުންފަތަށް ހެރި ލޭ އޮހޮރިގަތެވެ. ވެގެންދިޔަ ދަތު އެއީ ފަސޭހައިން ބަޔާންކޮށްދެވޭނެ އެއްޗެއް ނޫނެކެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. “ސްޓޮޕިޓް” އަހަރެން ދެލޯ ހުޅުވާލީ ވަރަށް ކައިރިން ނިހާދުގެ އަޑު އިވުމުންނެވެ. އޭރު ނިހާދު ހުރީ އަޔާޒްގެ އަތުގައި ހިފަހައްޓައިގެންނެވެ. ހީވާގޮތުން އޭނަ އުޅުނީ އަނެއްކާވެސް އަހަރެންގެ ގައިގައި ޖަހާށެވެ. ނަމަވެސް އޭގެ ކުރިން ނިހާދު ހިފެހެއްޓީއެވެ. “އަޔާޒް.. ސްޓޮޕް.. އޭނަ އެއުޅެނީ އަވަހަށް މަރާލާތޯ.. އެކަމަކު އެއީ އެއްނޫނެއްނުން އަޔާޒް ބޭނުންވާ ގޮތަކީ ދޯ… އެހާ އަވަހަށް މަރުވެއްޖެނަމަ އޭނަ ސަފާއެއް އެވަރަކަށް ނުކުރާނެ.. ހަމަޖެހިލާ… މަޑުމަޑުން މަރާލީމަ.. އޭގެ ހުންނަ ފޮނިކަމެއް އެގޭނީ” ނިހާދު ބުނެލިއެވެ. އަޔާޒް ނިހާދުގެ އަތުން އަތް ނައްޓާލިއެވެ. އަދި ދުރަށް ޖެހިލިއެވެ. ނިހާދު އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ހުރުމަށްފަހު ދުރަށް ޖެހިލިއެވެ.

އަހަރެން މައިނޭވާއެއް ލީމެވެ. ނަމަވެސް ލޭވާލުމުންވެސް ހީވަނީ އެތެރެހަށީގައި ހުރިހާ ގުނަވަނެއްގައި ވަޅި އަޅާހެންނެވެ. އޭރުވެސް ބޮލަށްވެފައިވާ ބަރުކަމެއް ފިލައިގެނެއް ނުދެއެވެ. އަހަރެން އިސްޖަހާލީމެވެ. އެވަގުތު އަނގައިން ލޭތަށް އުގުމައްޗަށް ވެރިގަތެވެ. ދުލުން ތުންފަތުގައި ހިފަހައްޓާލީ ލޭމަނާ ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް އެވަގުތު ނެގިދިލައެއްގެ ސަބަބުން ތުންފަތުން ދޫ ނައްޓާލީމެވެ. އަތުންވެސް ހަރާކާތެއް ކޮށްލެވޭކަށް ނެތެވެ. އަތް އައްސާފައިވަނީ ރޯނުން ކަމުން އޭގެ ތޫނުކަން އަތުން ހަރާކަތެއް ކޮށްލާއިރަށް އިހްސާސްވެގެން ދެއެވެ. ފައިންވެސް އެއްވެސް ކަމެއް ނުކުރެވުނެވެ. އަހަރެންނަށް މިމީހުންގެ ފަރާތުން މިކަން ލައިގަންނާނެކަށް މާކުރިންވެސް އެނގެއެވެ. ނަމަވެސް އަހަރެން ހީކުރީ އެމީހުން އަހަރެން ދުއްވާލާނީ އަވަސްކަމާއި އެކުގަކަށެވެ. މިގޮތަށް އަނިޔާ ކުރަން އެމީހުން ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް…. އަނިޔާ ކުރުމަކީ އެމީހުން ހިތަށް ހަމަޖެހުމެއް ގެނެސްދޭކަމެއް ކަން އަހަރެން ހަނދާން ނެތުނީއެވެ. އެހެން ނޫންނަމަ އަހަރެން މިކަހަލަ ކަންތަކަށްވެސް ރެޑީވީމުހެވެ.

“ދެން އިންނަނީތަ އޮސްޓްރިޗްއެއް ހެން ބިމަށް ބޯ ޖަހައިގެން” އަހަރެން އިސްޖަހައިގެން އިނުމުން އަޔާޒްގެ އަޑު އިވިގެން ދިޔައެވެ. “ދެންމެ ވާހަކަ ދެއްކި އިރު ހީވީ އެވަރެއް ނެތީގެން އުޅުންހެން… އެކަމަކު އެންމެ އެތިފަހަޅެއް އަޅާލާއިރަށް މައިތިރި ވެއްޖެއެއްނުން…” އަޔާޒް ބުނެލިއެވެ. އަހަރެން އަޔާޒް އާއި ދިމާލަށް ބަލާލީމެވެ. “އެމީހުންނަކީ ހިތުން ވަރަށް ގިނަ ކަންތައް އެނގޭ ބައެއް… އެކަމަކު އެންމެ ފަހުވަގުތު އެމީހުންވެސް ދާނީ އެހެންމީހުންހެން ފިލަން..” ނިހާދު އަޔާޒްއާއި އެއްބައި ވުމުގެ ގޮތުން ބުނެލިއެވެ. “ކަލެއަށް އެނގޭތަ… އަހަރެން ކަލޭ މަރާނުލާ މި ހިފަހައްޓާލަނީ ކީއްވެގެންކަން” އަޔާޒް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ކަލޭގެ ކޮއްކޮ އަހަރެންނާއި ދެވަން ވެގެން… އޯހް ވެއިޓް.. ޝީ އިޒް ޑެޑް.. ސޯ” އެހާ ހިސާބަށް އަހަރެންނަށް ބުނެވުމާއި އެކު އަޔާޒް އަހަރެންނާއި ދިމާލަށް ޖެހިގަތެވެ. ނަމަވެސް މިފަހަރުވެސް ނިހާދު އޭނަ ހިފެހެއްޓިއެވެ. އެހެންކަމުން އަހަރެން ވަރަށް ބާރަށް ހީގަތީމެވެ. އަހަރެންގެ މަގުސަދު ކާމިޔާބު ވާތީއެވެ. އަހަރެންގެ ބޭނުމަކީ އޭނަ ރުޅިއެރުވުމެވެ. “ކަލޭގެ އަނގައިން މަގޭ ކޮއްކޮގެ ނަންވެސް ނުގެންނާތި” އަޔާޒް އަހަރެންނާއި ދިމާލަށް އަތްދިއްކޮށްލަމުން ބުނެލިއެވެ. “އެހެންނޫނީ މިވަޅިން ކަލޭގެ އަނގަ ކޮނެލާނަން” ޖީބުން ޕޮކެޓް ވަޅިއެއް ނަގަމުން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “ކަލޭ މިޝްކާއަށް ޝުކުރުވެރިވެބަލަ.. އޭނައާއި ހެދި އަދިވެސް ކަލޭ ދުނިޔޭގައި ހުރީތީ…” އަޔާޒް ހަޅޭލަވައިގަތެވެ.

އަހަރެންގެ މޫނުމައްޗަށް ފަޑު ހިނިތުންވުމެއް ގެންނައީމެވެ. މިޝްކާގެ ނަން އަޑު އިވުނީމަ އަހަރެންނަށްވެސް އުދަގޫވިއެވެ. “މިޝްކާ އެވަރަށް ނުކިޔާނަމަ މިހާރު ކަލޭ އޮންނާނީ މިތަނުގައި” ބިންމަތީގައި ބާރަކަށް ފައިން ޖަހަމުން އަޔާޒް ބުނެލިއެވެ. “ކަލޭއާއި ހެދި އަހަރެންގެ ކޮއްކޮ މަރުވީ..” އަޔާޒް ބުނެލިއެވެ. “ނޫން.. ތި ބުނި ޖުމްލަ ރަނގަޅު ކޮށްލާ… ކަލޭގެ ލަދެއްނެތް ތި ބުނާ ކޮއްކޮ އަމިއްލައަށް މަރުވީ” އަހަރެން ވާހަކަ ދެއްކީމެވެ. އެވަގުތު އަނެއްކާވެސް އަޔާޒް އަހަރެންނާއި ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު އަހަރެން ހީލީމެވެ. މިފަހަރު އޭނަވެސް ހީލިއެވެ. “ހުހް… ރަނގަޅު ވާހަކައެއް… އޭނަ އަމިއްލައަށް މަރުވީ… އެކަމަކު މަރުވީ ކީއްވެ.. ކަލެއާއި ހެދި.. ކަލޭ އޭނަގެ ހިތް ކުދިކުދި ކޮށްލީ.. އޭނަ އެވަރަށް ލޯބިވާ އިރުވެސް ކަލޭ އޭނަ އެއްލާލީ..” އަޔާޒް ބުނެލިއެވެ. “އަހަރެން ދެކެ ކަލޭގެ ކޮއްކޮ ލޯބި ވުން އެއީ އޭނައަށް ކުރެވުނު ކުށެއް.. އޭނަ އެކަން ކޮށްގެނެއް ނުވާނެ… އަދި އޭނަ އެކަން ކުރިޔަސް.. އަހަރެން އަޔާޒް ކައިރީގައި ބުނިން… އޭނައާއި ދޭތެރޭގައި ދުވަހަކުވެސް އެގޮތަކަށް ނުދެކޭނަމޭ… ސަބަބަކީ އެއީ ކަލޭގެ ކޮއްކޮއަށް ވިކަން..” އަހަރެން އަޔާޒް އާއި ދިމާލަށް ބުނެލީމެވެ. “ކަލޭމެން ކަހަލަ މީހުންގެ އާއިލާއަށް ހިޔަނި އެޅެން ވިސްނާނީވެސް މޮޔައިން.. ކަލޭމެން ކަހަލަ ސިކް މީހުން… އަހަރެންނަކީ އެކަހަލަ މީހެއްނޫން” އަހަރެން ބުނެލީމެވެ.

“އާ.. އަހަރެން ހަނދާން ނެތުނީ.. މިއީ އިންސާނެއް ނޫނޭ… މަލާއިކަތެކޭ ދޯ.. އެއްވެސް ނުބައިކަމެއް ކޮށްފައިވާ މީހެއް ނޫނެކޭދޯ.. ދުވަހަކުވެސް ނުބައިކަމެއް ކުރަން ވިސްނާފައިވާ މީހެއްވެސް ނޫނެކޭ ދޯ” އަޔާޒް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “އެކަމަކު މިހާރުވެސް ކަލޭ ކޮށްފައި ހުރި ނުބައި ކަންތައް މާގިނަ.. ކަލޭ ހިތުން އެއްވެސް މީހެއް ނުމަރާ ދޯ ތިއުޅެނީ.. އެނގޭތަ އަހަރެން މެރި މީހުންގެ އަދަދު..އޭ ނިހާދު..ނިހާދުއަށް ހީވަގޮތުން މިހާރު ކިތައް މީހުން މެރިދާނެތަ” އަޔާޒް ނިހާދުއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. ނިހާދު އޭނަގެ ދެއަތް އުފުލާލަމުން ދިހަ އިނގިލި ދައްކާލިއެވެ. އަދި ހީގަތެވެ. އަޔާޒްވެސް ނިހާދުގެ އަޑު ދަށުން ހީގަތެވެ. “އަހަރެންނަށްވެސް ތިވަރަށް މެރިދާނެ.. ކަލޭގެ ސަބަބުން މަރުވި މީހުންވެސް އެވަރު ވެދާނެ…” އަހަރެންނާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އަޔާޒް ބުނެލިއެވެ. “ކަލޭ ހަނދާން ނެތްތަ… އޯކޭ.. އަހަރެން ކިޔައިދީފާނަން ކަލޭ ހަނދާން ނެތިއްޔާ ކަލޭގެ ސަބަބުން މަރުވިމީހުންގެ ލިސްޓް…” އަޔާޒް އެތަނުން ގޮޑިއެއް ނަގައިގެން އަހަރެންގެ ކުރިމަތީގައި އިށީދެލިއެވެ.

“ކަލޭ ހަނދާނެއް ނުވޭތަ ގްރޫޕް މީހުން ކަލޭ ފުއާދުއާއި ބައްދަލުކުރަން ގެންދެވުނު ހަނދާނެއް.. ކަލޭ އެތަނުން މީހަކު މެރުމަށް އަމުރު ކުރެވުނު ހަނދާނެއް… ކޮންނަމެއްތަ އެމިހާއަށް ކިޔަނީ ނިހާދު” ސަޗިން” “އާ ސަޗިން.. އޭނަ މަރާލާށޭ ބުނީމަ ކޮޓަރިއަށް ވަދެފަ އޭނަގެ އަތް މޮހެލީ.. ދެން ކަލޭ އެތަނުގައި ހުއްޓާ ސަޗިން ގްރޫޕް ކުއްޖާ މަރާލީ.. ސޯ އެއީ ކަލޭގެ ފުރަތަމަ މަރު” އަޔާޒް ވާހަކަ ދެއްކިގޮތުން އަހަރެންވެސް ރުޅި އަންނަ ގޮތްވާން ފެށިއެވެ. އޭނަގެ އެވާހަކަ ކިޔައިދިން އިރު އަހަރެންނަށް އެދުވަހުގެ އެހާދިސާގެ ޕްލޭޝްބެކް ފެންނަމުން ދިޔައީ ފިލްމުގެ މަންޒަރުތަކެއްގެ ސިފައިގައެވެ. އެމަންޒަރުތަކަކީ އަހަރެންގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ މަންޒަރުތަކެއް ނޫނެކެވެ. “އެދުވަހު ސަޗިން މަރާލިނަމަ.. މިހުރިހާ ކަމެއް ނުވާނެ ދޯ.. އެކަމަކު ކީއްކުރަނީ.. ކަލޭގެ ހިތްބޮޑުކަމުން އެދުވަހު ސަޗިން ދޫކޮއްލީ.. ކަލޭގެ މޮޅު ރޭވުމުގެ ދަށުން… އެކަމަކު ދެރަ.. ގްރޫޕް މީހުން އޭނަ އެންމެ ފަހު ވަގުތު އަތުލީ.. ކަލެއާއި ހެދި އޭނަވެސް މަރުވީ.. އަދި އިތުރު ދެމީހުންނާއި އެކު.. އޭނަގެ އަންހެނުންނާއި އަންހެން ދަރިއާއި އެކު މަރުވީ” އެހާ ހިސާބަށް އަޔާޒްގެ ވާހަކަ ދިއުމާއި އެކު އަހަރެންނަށް ހައިރާން ކަމާއި އެކު އަޔާޒްއާއި ދިމާލަށް ބަލާލެވުނެވެ. އަހަރެން ހީކުރީ އެމީހުން އަތްދަށުވީ އެބުނާ ސަޗިން އެކަނި ކަމަށެވެ. އޭނަގެ އަންހެނުންނާއި ދަރި ސަލާމަތުން ތިބި ކަމަށެވެ. އަހަރެން ބަލާލިގޮތް ފެނުމުން އަޔާޒް ހީގަތެވެ. “ކަލެއަށް އެމީހުން މަރުވިކަން ނޭނގޭތަ.. އޭ ނިހާދު ކަލޭ ނުބުނަންތަ މިކަލޭގެ ކައިރީގައި ކަލޭމެން އޭނަގެ ފެމެލީ ދުއްވާލި ވާހަކައެއް” ހެމުން އަޔާޒް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ދައްޕިލަ ފިއްތާ ބާރުކޮށްލެވުނީ ކޮލުގެ ކަށިގަނޑު ބިންދައިގެން ދާހާ ވަރަށެވެ. އަހަރެން އަތުގައި މި އެއްޗެއް އައްސާފައި ހުރިކަން އެއީ އެމީހުންގެ ނަސީބެވެ. ނޫނީ މިތަނަށް އެ އެންމެން ތިރިކޮށްލީމުހެވެ.

“ދެން ކަލޭ ހަނދާން އެބުހުރިތަ.. ކަލޭގެ އެކުވެރި.. އޯހް ސޮރީ.. އެކްސް ފްރެންޑް ދޯ މިހާރު ކިޔަން ޖެހޭނީ.. އޭނަ ނެތް ވިއްޔަ މިހާރު މިތާކު…” އެހެން ބުނަމުން އަނެއްކާވެސް ހީގަތެވެ. “ހުޝާމް.. ކަލެއަށް އެނގޭދޯ އޭނަވެސް މަރުވީ ކަލޭގެ ސަބަބުންކަން.. އޭނަ އެންމެ ފުރަތަމަ ދުވަހުވެސް ޖަލުގެ ތޭރިތަކުގެ ތެރޭގައި ބެހެއްޓިނަމަ.. އޭނަ އަދިވެސް ދުނިޔޭގަ ހުންނާނެދޯ.. އެކަމަކު ނޫން.. ކަލޭ ވާން ވެއްޖެ ވިއްޔަ ހީރޯއަކަށް.. އޭނަ އެތަނުން ނެރެދިނުމަށް އެދި އެންމެން ކައިރީގައި އާދޭސް ކުރަން ވެއްޖެ ވިއްޔަ..” އަޔާޒް ބުނެލިއެވެ. “ކަލެއާއި ހެދި ކަލޭގެ އެކުވެރިޔާވެސް މަރުވީ.. ކަލެއާއި ހެދި.. އެގިއްޖެ” އަޔާޒް ހަޅޭލަވައިގަތެވެ. “އަހަރެން ހީކުރީ ކޮޕުންނަކީ މީހުން ހިމާޔަތް ކުރަން ތިބޭބައެއްކަމަށް… އެކަމަކު ކަލޭގެ ސަބަބުން ކިތައްމީހުންގެ ފުރާނަ އެދަނީ” އަޔާޒް މަޑުމަޑުން ބުނެލިއެވެ. އަހަރެން އިސްޖަހާލީމެވެ. އަޔާޒް ބުންޏަސް އެބުނީ ދެތެކެވެ. އަހަރެންނާއި ހެދި އެތަށް ބައެއްގެ ފުރާނަ ހިގައްޖެއެވެ. އެއީ އަހަރެން ގަބޫލު ކުރަން ބޭނުން ނުވިޔަސް ހިތި ހަގީގަތެވެ. “އަދިވެސް ކަލޭ ބުނާނަންތަ.. އަހަރުމެންނަށް ވުރެއް ކަލޭ ރަނގަޅޭ” އަހަރެން އިސްއުފުލާ ބަލާލީމެވެ. ނަމަވެސް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. “ކަލެއާއި ހެދި އަހަރެންގެ ކޮއްކޮވެސް… މަރުވީ” އަޔާޒްގެ އަޑުގައި މިފަހަރު ހިތާމައިގެ ރާގެއް އެކުލެވިފައިވާކަށް އަހަރެންނަށް އިހްސާސް ވިއެވެ. “އެގޭތަ.. އޭނަ ކަލޭދެކެ ލޯބިވި ވަރު.. އެކަމަކު ކަލޭ… މިއީ އޭނަ އަހަރެންނަށް ލިޔެފައިވާ ސުއިސައިޑް ނޯޓް.. ކަލޭ ބޭނުންތަ އޭނަ ލިޔެފައި ހުރި އެއްޗެއް އަޑުއަހަން..” އަޔާޒް ޖީބުން ގަނޑެއް ދައްކާލަމުން ބުނެލިއެވެ. އަދި އެ ސިޓީ ކިޔަން ފެށިއެވެ.

“ލޯބިވާ ދޮންބެއަށް… އަހަރެން މި ސިޓީ މިލިޔަން ޖެހެނީ ދޮންބެއާއި ވަކިވެގެން ދާން ޖެހެތީ.. އަހަރެންނަށް އިތުރަށް މިދުނިޔެއަކު ކެތެއް ނުވާނެ ދޮންބޭ… އަހަރެން ހީކުރީ އަހަރެންގެ ހަޔާތުގައި ހިގި ހުރިހާ ނުބައިކަމެއް ނިމުނީކަމަށް.. ޝާމް އަހަރެންގެ ދިރިއުޅުމަށް އައުން ވެގެން ދިޔައީ އަހަރެންނަށް އަލުން އުފަން ވެވުން ކަހަލަ ކަމަކަށް.. ދޮންބޭ.. އަހަރެންނަށް އެނގޭ ދޮންބެ ޝާމް ދެކެ ރުޅި އަންނަ ވަރު.. އަދި ޝާމްގެ ހަގީގަތް ދޮންބެއަށް އެނގޭކަންވެސް.. އަހަރެންނަށް އެއްވެސް އެއްޗެއް ދޮންބެ ކިޔައިނުދިން ކަމުގައިވިޔަސް ދޮންބެގެ މޫނުމަތިން އަހަރެންނަށް އެހުރިހާ އެއްޗެއް އެނގޭ.. ދޮންބޭ.. އަހަރެން ޝާމް ދެކެ ވަރަށް ލޯބިވޭ.. އަހަރެން ހީކުރީ ޝާމް އަހަރެން ދެކެވެސް… ދޮންބޭ.. ޝާމް ބުނީ ރަނގަޅަށް.. އަހަރެންނަކީ ގޮތްކުޑަ ލަދު ކުޑަ އަންހެނެއް.. އެހެން މީހުން ބޭނުން ފުއްދުމަށް ހުންނަ ކުޅޭ އެއްޗެއް… ދޮންބޭ..ދޮންބެ ޝާމްގެ ފްރެންޑް މަރާލި ވަގުތު އަހަރެންގެ ޝާމްވެސް މަރުވެއްޖެ.. ދޮންބެ ތިކުރި ކަމެއްގެ ސަބަބުން އަހަރެންގެ ޝާމް އަހަރެންނާއި ވާހަކަވެސް ނުދައްކާ.. ދޮންބޭ… އަހަރެންގެ ހިތް ކުދިކުދި ވެއްޖެ… ލަގޮނޑި ފަޅައިގެން ގޮސްފި.. ނޭވާ ހާސްވަން ފަށައިފި.. ހީވަނީ ފުއްޕާމޭގެ މަސައްކަތްވެސް ހުއްޓާލީހެން.. ދޮންބޭ.. އަހަރެން ދޮންބެ ދެކެ ވަރަށް ލޯބިވޭ… އަހަރެންނަށް އެނގޭ ދޮންބެވެސް އަހަރެން ދެކެ ލޯބި ވާނެކަން.. އެހެންވެ އެންމެ ފަހު ކަމެއްގެ ގޮތުން އަހަރެންނަށް ކަމެއް ކޮށްދީ.. ޕްލީޒް.. ނޫނެކޭ ނުބުނާތި.. ދޮންބޭ.. ޝާމް އެކަނި ދޫކޮއްލާ.. އޭނައަށް އެއްވެސް އަނިޔާއެއް ނުކުރާތި.. ދޮންބޭ އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ.. އެންމެ ފަހު ވާހަކައެއްގެ ގޮތުން އަހަރެން ބުނެލާނީ އަހަރެން ދޮންބެ ދެކެ ވަރަށް ލޯބިވެއޭ… ދޮންބެ ދެކެ ލޯބިވާ މިޝޫ” އަޔާޒް އެސިޓީ ކިޔާ ނިންމާލި އިރު އަޑު ވަނީ ކުރަކިވެފައެވެ. އޭނަގެ ލޮލުން ކަރުނަ ހިލިފައި ހުއްޓެވެ. އަހަރެން ހިތްވަރު ކުރަމުން ދިޔައީ އަހަރެންގެ ލޮލުން ކަރުނައިގެ އެންމެ ތިއްކެއް ނަމަވެސް ވައްޓާނުލާ ވޭތޯއެވެ. “މިޝޫ އެންމެ ފަހު ކަމެއްގެ ގޮތުގައި އެވަނީ ކަލޭ ސަލާމަތް ކުރުމަށް އެދިފައި.. ކަލޭދެކެ އޭނަ ލޯބި ވާވަރު ވިސްނާލަބަލަ” އަޔާޒް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އެއީ ލޯބިތަ.. އެއީ ލަދު ހަޔާތް ކުޑަކަން.. އަހަރެން ދެކެ ލޯބި ވާނަމަ އަހަރެންގެ އެކުވެރިއެއް މަރާލުމަށް ކަލެއަށް އެހީއެއް ނުވާނެ.. އެކަން އެނގި މަށަށް އެކަމެއް ސިއްރެއް ނުކުރާނެ.. ކަލޭގެ ކޮއްކޮއަކީ ގޮތެއް ނެތް އަންހެނެއް.. އޭނައަކީ ހަށިވިއްކާ ޖަނަވާރެއް” އަހަރެން ހަޅޭލަވައިގަތީމެވެ. އަހަރެން ކިތައްމެ ހިތްވަރު ކުރިކަމުގައިވިޔަސް ހުޝާމްގެ ވާހަކަ އައުމުން ކެތެއް ނުކުރެވުނެވެ. އެވަގުތު އަޔާޒް އަހަރެންގެ ކޯމަތީގައި ބާރު ހުރި އެތިފަހަރެއް އެޅިއެވެ. ހީވީ ކޮލުގެ ކަށިގަނޑު ނައްޓައިގެން ދިޔަހެންނެވެ. ދެލޮލުން ކަރުނަ އޮހިގަތީ ވޭނަށް ނެތް ނުވެގެންނެވެ. އަނގައިން އާހެއްގެ އަޑު ބޭރުވީ އިހްތިޔާރުން ބޭރުގައެވެ. އަނގައިން ލޭ އަނެއްކާވެސް އަންނަން ފެށިއެވެ.

” އެމީހުން އަތު ވެއްޖެ” އަހަރެން ބަލާލީ މާޒިންގެ އަޑު އިވުމުންނެވެ. މާޒިންގެ އަޑު އިވުމާއި އެކު އެމީހުން މާޒިންއާއި ދިމާލަށް ބަލާލިއެވެ. އަހަރެންގެ ސިކުނޑީގައި އަނެއްކާވެސް ރިއްސާލިއެވެ. މާޒިން މިތަނުގައި އެކުރަނީ ކީއްހެއްޔެވެ. އަނެއްކާ އެމީހުންނަށް އޭނަ އަހަރެންގެ ވާހަކަތަށް ކިޔައިދިނީއެވެ. ހުރިހާ އެއްޗެއް ކިޔައިދިނީ ހެއްޔެވެ. “އަހާ މާޒިން.. އާދޭ.. އާދޭ” މާޒިން ފެނުމާއި އެކު އަޔާޒް މާޒިންއަށް ގޮވާލީ ކަމެއް ހަދާވާގޮތަކަށެވެ. “ކަލޭ މީނައަށް ވަރަށް އިތުބާރު ކުރަން ދޯ” އަހަރެން ކުރިމައްޗަށް މާޒިން ގެނެސް ބަހައްޓަމުން އަޔާޒް އަހާލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. އެވަގުތު މާޒިން އިސްޖަހާލީ އަހަރެންނަށް މާފުކުރާށޭ ބުނެލާ ގޮތަށެވެ. އެހެންކަމުން ކޮންމެވެސް ކަމެއް ވެއްޖެކަން އަހަރެންގެ ހަވަނަ ހިއްސު ވަގުތުން އިންޒާރު ދިނެވެ. “ކަލެއަށް އަހަރުމެން ދަސްނުވި ކަމީ އަހަރން ވަރަށް ދެރަވާކަމެއް.. އެކަމަކު އެއީ ކަލޭގެ ސިކުނޑިއެއް ނެތްކަން.. އަހަރުމެންގެ މީހަކަށް އިތުބާރު ކުރާއިރުވެސް ކަލެއަށް އެނގެންވާނެ ގްރޫޕް އެއްވެސް ގްރޫޕްއަކަށް ބީޓުރޭޓް ނުވާނެކަން.. އެއީ އެއްވެސް މީހަކު ކުރާނެ ކަމެއް ނޫން… ކަލޭ ހީކުރީ ކަލޭ ދައްކާލި ބިރަށް މާޒިން ހެއްލޭނެ ކަމަށްތަ… އެކަމަކު އޭނައަކީ އެކަހަލަ ސްޓުޕިޑް އެއްޗެއްސެއް ހެއްލޭވަރުގެ ޅަކުއްޖެއް ނޫންކަން އެންމެ ރަނގަޅަށް ޝާމްއަށް އެނގެންވާނެ ދޯ” އަޔާޒް ބުނެލިއެވެ. އެވަގުތު މާޒިން އެތަނުން ދުރަށް ޖެހިލިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެން އަސްލަށްވެސް ހީކުރީ މާޒިންއަށް އިތުބާރު ކުރެވޭނެ ކަމަށެވެ. އޭނަ އަނެއްކާ ކުރީ ކީއްހެއްޔެވެ.. އެވަގުތު އަޔާޒް ނިހާދު އާއި ދިމާލަށް ބަލާލިއެވެ. ނިހާދު ހިނިތުންވެލަމުން ދުރަށް ޖެހިލާ އެތަނުގައި ހުރި ސުވިޗް ބޯޑެއް ޖައްސާލިއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި ލައިޓްއެއް ދިއްލުނެވެ. އޭރު އެލައިޓް ދަށުގައި މީހަކު ގޮޑިއެއްގައި ބަދެފައި އިނެވެ. އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެއީ ފިރިހެނެކެވެ. އެވަގުތު އަހަރެންގެ ހިތް ހީވީ މޭ ފަޅާފައި ބޭރަށް ނިކުންހެންނެވެ. އަޔާޒް ދިޔަގޮތަށް އެމީހާ އިސްތަށިގަނޑު ހިފާފައި ހިއްލާލިއެވެ. އަހަރެންނަށް ތެޅެގަނެވުނެވެ. އެމީހާ ކައިރިއަށް ދިއުމަށް އަހަރެންގެ އަތާއި ފައިން އެރޯނުތަށް ނެއްޓޭތޯ ތެޅެވުނު ވަރަކަށް ތެޅެމުން ދިޔައީމެވެ. ނަމަވެސް ވީ އެއްވެސް ކަމެއް ނެތެވެ. އަތުން ހަންދިއުން ފިޔަވާ އެއްވެސް ކަމެއް ނުކުރެވުނެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. ފާރިޝްއޭ ކިޔާފައި ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ.

ފާރިޝްއަށް އެމީހުން ކޮށްފައިވާ ވަރު ފެނުމުން އަހަރެންގެ ލޮލުން ކަރުނަ އޮހިގަތެވެ. މުޅި މީހާގެ ގައިގައި އޮތީ ހުސްލެއެވެ. މޫނުގެ ބޮޑުބައެއްގައި ލޭ ހުރުމުން ހަލާކުވެފައިވަނީ ކޮންތަނެއްކަމެއް ނޭނގެއެވެ. އަނގައިންނާއި ނޭފަތުންވެސް އޭރުވެސް ލޭ އަންނަމުން ދިޔައެވެ. އަތުން އެތަށް ތަނެއް މަށައިގެން ގޮސްފައި ހުރި އިރު ފައި ވެސް ވަނީ އެވަރު ވެފައެވެ. މީހާގެ ހަރަކާތެއް ނެތް އިރު ހީވަނީ މަރުވެގައިވާ މީހެއް ހެންނެވެ. އަހަރެން ފާރިޝް އޭ ކިޔާފައި ހަޅޭލަވައިގަތުމާއި އެކު އަޔާޒް ހީގަތެވެ. ވަރަށް ބާރަށެވެ. އަދި ފާރިޝްގެ އިސްތަށިގަނޑުން ދޫކޮއްލިއެވެ. “ވަޓް ހޭވް ޔޫ ޑަން ޓު ހިމް” އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. “އައި ވިލް ކިލް ޔޫ އޯލް” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. އަޔާޒްގެ މޫނުމަތީގައިވަނީ ކާމިޔާބީގެ ހިނިތުންވުމެވެ. އޭނަ މަޑުމަޑުން އަހަރެންނާއި ކައިރިވެލިއެވެ. “ކަމޯން ޝާމް… ޑޯންޓް ބީ ލައިކް ދެޓް… އަބަދުވެސް މީހުން ކައިރީގައި ކުރެވޭ ވަރުގެ ކަންތައްތަކުގެ ވާހަކަ ދައްކާނީ… އެހެންނޫނީ ފަހުން ރަނގަޅެއް ނުވާނެ” އަޔާޒްގެ މޫނުމަތީގައި ވާ ހިނިތުންވުން ފެނުމާއި އަތް މުއްމަޅާލެވުނެވެ. އޭރުވެސް އަހަރެންގެ އަތުން ރޯނުތަށް ކަނޑާލެވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. ރޯނުގަނޑު އައްސާފައިވާ ހިސާބުން އޭރު ލޭގެ ނިޝާން ފާޅުވާން ފަށައިފިއެވެ. ނަމަވެސް އަހަރެން އެކަމަށް އަޅައެއް ނުލަމެވެ. ފާރިޝް އިން ހާލު ފެނުމާއި އެކު އަހަރެން އެތެރޭގައި ހިފަހައްޓަމުން އައި ރުޅިގަނޑު ހީވީ އަހަރެން ފަޅާލާފައި ބޭރަށް ނިކުން ހެންނެވެ. މީހާ ދާހިއްލާ ފޯވެ ނޭވާ އަވަސްވިއެވެ. “ހަމަ ތެދެއް މިބުނަނީ ކަލޭމެން އެންމެންގެ ދުވަސް ދުއްވާލާނަން… ކުދި ކުދިކޮށް ނޮޅާލާނަން… އެންމެ މަސްކޮޅެއްވެސް ކަށިކޮޅެއްގައި ނުބައިންދާނަން.. އަހަރެންގެ އެކުވެރިންނާއި ދިމާކުރުން އެއީ ކަލޭމެންނަށް ކުރެވޭ އެންމެ ނުބައި ކަންތައް” އަހަރެން ރުޅި އައިސްފައި ހުރި ވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެވަގުތު އަޔާޒް ފާރިޝްއާއި ކައިރިވެލިއެވެ. އަދި އަނެއްކާވެސް އޭނަގެ އިސްތަށިގަނޑު ހިފާފައި މޫނު މައްޗަށް ވާގޮތަށް ހިއްލާލިއެވެ. “ކަލޭ ކަލޭގެ އެކުވެރިންދެކެ ހާދަ ލޯތްބެކޭ ދޯ ތިވަނީ.. އެކަމަކު ކަލެއާއި ހުރެ ކަލޭގެ ހުރިހާ އެކުވެރިން މަރުވަނީ… ހުޝާމްވެސް.. އަދި ފާރިޝްވެސް…” އެހެން ބުނުމާއި އެކު އޭނަގެ އަތުގައި އޮތް ޕޮކެޓް ވަޅި ފާރިޝްގެ ކަރުގައި ޖައްސާލިއެވެ.

“ނޫން.. ނޫން.. ޕްލީޒް.. ސްޓޮޕް” އަހަރެންނަށް ހަޅޭލަވައިގަނެވުނީ ކިހާ ބާރަކަށް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. ފާރިޝްއަށް އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ވާކަށް ބޭނުމެއް ނޫނެކެވެ. ހަމަގައިމުވެސް މިހާރުވެފައިވާ ވަރަށް ވުރެއް ބޮޑު ވަރު ވާކަށް އަދި އަމުދުން ބޭނުމެއް ނޫނެކެވެ. އަހަރެން ހަޅޭލަވައިގަތުމާއި އެކު އަޔާޒް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ޕްލީޒް… ލެޓް ހިމް ގޯ.. ދިސް އިޒް ބިޓްވީން އަސް… އަހަރެންގެ އެކުވެރިޔާ ދޫކޮށްލާ” އަހަރެންގެ ލޮލުން ކަރުނަ އޮހޮރިގަތްތަން ފެނުމާއި އެކު އަޔާޒް ހީގަތެވެ. “އޭ ބަލާބަލަ… އަންހެނެއް ހެން ރޮނީ.. ކަލޭ އެކުވެރިންދެކެ ތިހާ ލޯބިވޭތަ” އަތުން ބަނޑުގައި އަތްއަޅައިގެން ހެމުން އަޔާޒް ވާހަކަ ދެއްކިއެވެ. އެގޮތަށް ވާހަކަ ދެއްކުމާއި އެކު އަހަރެންނަށް މުއްމަޅާލެވުނެވެ. އޭނަ ހިތުން އޭނަ އެކުރަނީ ވަރަށް މަޖާ ކަމެކެވެ. މީހުންގެ ފުރާނައާއި އެގޮތަށް ކުޅެން އެއީ ކާކު ހެއްޔެވެ. “ޕްލީޒް އަޔާޒް… ޖަސްޓް ލެޓް ހިމް ގޯ” އަހަރެން އެދުނީމެވެ. ވަރަށް ރީއްޗަށެވެ. އެވަގުތު އަނެއްކާވެސް އަޔާޒް ހީގަތެވެ. “އަހަރެންނަކަށް ނޭނގެ އެންމެން ކަލޭދެކެ އެހާ ލޯތްބެއް އެވަނީ ކީއްވެގެން ކަމެއް.. ކަލެއަށް އެނގޭތަ ހުޝާމް މަރުމަތީގައި ބުނި އެއްޗެއް… ޝާމްއަށް އަނިޔާއެއް ނުދެއްޗޭ.. އެންޑް މިޝޫވެސް އެބުނީ އެހެން.. ކަލޭތީ މާ މާތް މީހަކީތަ” އަޔާޒް އަހަރެންނާއި ކައިރިވެލިއެވެ. “ކަލެއަކީ އަހަރުމެން ކަހަލަ މީހެއް… ކުށް ކުރާ ކުށައް އަރައި ގަންނަ މީހެއް.. ކަލޭގެ ސަބަބުން އެތަށް ބަޔަކަށް އެތަށް ވޭނެއް އުފުލަން ޖެހުނު މީހެއް… އެކަމަކު އެންމެން ކަލޭ ސަލާމަތް ކުރަން އެބުނަނީ ކީއްވެ” އަޔާޒް އަހަރެންގެ ކުރި މައްޗަށް ހުއްޓުނެވެ. އަހަރެން ހުރީ އަޔާޒް އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. “ކަލޭމެން ކަހަލަ ދުވަހަކުވެސް އަހަރެން ނުވާނެ.. އަހަރެންނަކީ އިންސާނެއް.. އެކަމަކު ކަލޭމެންތީ ރަހުމު ކުޑަ ޖަނަވާރުންތަކެއް… ނޫން.. އެއަށްވުރެއްވެސް ދަށުގައި ތިބި ބައެއް” އަހަރެންގެ އަޑަށް ބާރު ލަމުން އަހަރެން ބުނެލީމެވެ. އެވަގުތު އަނެއްކާވެސް އަޔާޒްގެ ހޫނު އަތުން އަހަރެންނަށް ހޫނު ހަދިޔާއެއް ދިނެވެ. މޫނުމައްޗަށެވެ. އަނގައިން އަންނަމުން ދިޔަ ލޭތަށް އަނެއްކާވެސް ގިނަވެގެން ދިޔައެވެ. ބޮލަށް ދެގުނަ ބަރުވިއެވެ. “އެމީހުން މަޑުކޮށްގެން އެބަ ތިބި… އަޔާޒްމެން އަންނަން ދެން” ދެވަނަ ފަހަރަށް ޖަހަން ނެގި އަތް ތިރިކޮށްލީ މާޒިންގެ އަޑު އިވުމާއި އެކުގައެވެ. ރުޅިވެރިގޮތަކަށް އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު އެތަނުން ނިކުންނަށް ހިގައިގަތެވެ.

ވަކި ހިސާބަކަށް ގޮސްފައި އަނެއްކާވެސް ހުއްޓުނެވެ. “ހޭ މާޒިން.. ކަލޭ ބުންޏެއްނުން ޝާމް ދުވަހަކުވެސް ޑްރަގް އެއް ޔޫސްއެއް ނުކުރެއޭ.. އޭނަ އެގޮތުގައި މަރުވިޔަ ދީގެން ނުވާނެ.. އެއްކަލަ އިންޖެކްޝަން ރެޑީކުރޭ… އޭނަ މަރުވުމުގެ ކުރިން އެއީ ކިހާ އުފަލެއް ލިބޭ އެއްޗެއްކަން އޭނައަށް އަންގާލަން ވާނެއެއްނުން..” އެހެން މާޒިންއަށް ބުނެލުމަށްފަހު އަޔާޒް އާއި ނިހާދު އެތަނުން ނިކުތެވެ. އަހަރެންނަށް އިސްޖަހާލެވުނެވެ. މިއީ ކޮންފަދަ ނުބައި ބައެއް ހެއްޔެވެ. މިކަހަލަ މީހުންނަށް އިންސާނުންނޭ ކިޔޭނެ ހެއްޔެވެ. މިއީވެސް ދިވެހިން ހެއްޔެވެ. ރަހުމޭ ކިޔާ އެއްޗެއް އެމީހުންނަށް ނޭނގެނީ ހެއްޔެވެ. އިންސާނިއްޔަތުގެ ކުޑަ ކަންފުޅެއްވެސް ނެތީ ހެއްޔެވެ. އަނިޔާ ކޮށްލައިގެން މީހަކު މަރާނުލެވިއްޖެނަމަ އެމީހުން ފިރިހެނުންނަށް ނުކިޔަނީ ހެއްޔެވެ. އަހަރެންވެސް އަނިޔާވެރިންގެ ވާހަކަ އަޑު އަހަމެވެ. ނަމަވެސް މިކަހަލަ ރަހުމު ކުޑަ މީހުން އުޅެފާނެކަމަށް އަހަރެން ހިޔެއް ނުކުރަމެވެ. އޭރު އެންމެން ބުނުމުން މިކަންތަކުން ސަލާމަތް ވެވުނު ނަމައެވެ. މި މީހުންނާއި ދުރަށް ދެވުނު ނަމައެވެ. އޭރުން ހަމަގައިމުވެސް ހުޝާމް ދުނިޔޭގައި ހުރީހެވެ. މިޝްކާ މަރެއް ނުވީހެވެ. ފާރިޝްއަށް އެއަނިޔާއެއް ނުލިބުނީހެވެ. އަހަރެންނަށް އަހަރެންގެ އާއިލާއާއި އެކު އުޅެވުނީހެވެ. އަހަރެން އިސްޖަހާލީމެވެ. އަނގައިން އޭރުވެސް ލޭތަށް ފައިބަމުން ދިޔައެވެ. ހިތްދިރުވާލުން އަހަރެންގެ އެތެރެހަށީގައި ވޭން އަޅަމުން ދިޔައެވެ. އަތުގައި އައްސާފައިވާ ހިސާބުން ލޭ އަންނަމުން ދިޔައެވެ. އަހަރެން އިސްއުފުލާލީ އަހަރެންގެ ކައިރިއަށް މީހަކު ހުއްޓުމުންނެވެ.

މާޒިން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. މާޒިން އެހާ ކައިރިން ފެނުމާއި އެކު އަހަރެން ހިންދައިގެން ހުރި ރުޅިގަނޑު އަނެއްކާވެސް ރޯވެ ގަދައަން އަދަން ފެށިއެވެ. “ކަލޭ.. އަހަރެން ކަލެއަށް އިތުބާރު ކުރުމުން އެއީތަ ކަލެއަށް އަހަރެންނާއި ދޭތެރޭގައި ކަންތައް ކުރަން އެނގުނު ގޮތަކީ… ބަލަ އަހަރެން އުޅުނީ ކަލެއަށް އެހީވާން ވެގެން.. އެކަމަކު” އަހަރެން ކިތައްމެ ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިޔަސް އަހަރެން ދެއްކީ މަޑުންނެވެ. “ސޮރީ ޝާމް.. އަހަރެންނަށް އިތުރު ގޮތެއް ނެތީ،… އެމީހުން އަހަރެންނަށް ޝައްކު ކުރީ.. އަހަރެންނަށް ގޮތެއް ވެފައި ހުރިކަން އެމީހުންނަށް އެގުނީ… އެމީހުނަށް އަހަރެން އެއްވެސް އެއްޗެއް ނުދިންނަމަ އެމީހުން އަހަރެންގެ ދުވަސް ދުއްވާލާނެ” “ކަލޭ ސަލާމަތް ވާންވެގެން އަހަރެންގެ އެކުވެރިޔާ ވިއްކާލީ ދޯ” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. “އަހަރެން ސަލާމަތް ވާން ވެގެންނެއް ނޫން… އެކަމަކު ޝާމް ސަލާމަތް ކުރަން” މާޒިން ވާހަކަ ދައްކަމުން އެތަނުގައި އިށީނެވެ. އަދި އޭނަގެ ޕޮކެޓް ނައިފް ނެގިއެވެ. “ބުނަން އަހަރެން ސަލާމަތް ކުރާށޭ ކިޔާފަ އަހަރެންގެ އެކުވެރިން އެދޭތެރެއަށް ވައްދާނެ ކަމެއް ނެތް.. ކަލެއާއި އެމީހުންނާއި ހުރި ތަފާތެއް ބުނެބަލަ… ހަމަ ތެދެއް މިބުނަނި” އަހަރެންނަށް އެހާ ހިސާބަށް ބުނެވުމާއި އެކު އޭނަ އަހަރެންގެ ކަނާއަތުގައި އައްސާފައިވާ ރޯނުގަނޑު ކަނޑާލިއެވެ. “އަހަރެންނަށް މާފު ކުރޭ… އަހަރެން ބޭނުން އަހަރެން އެގޮތަށް ކަންތައް ކުރި ސަބަބު ޝާމްއަށް ކިޔައިދެން.. އެކަމަކު ޓައިމް އެއްނެތް.. އެމީހުން އަންނާނެ އިރު ކޮޅަކުން.. ޝާމް މިތަނުން ފިލާ.. ހެޔޮނުވާނެ.. ” އަހަރެން ހައިރާން ކަމާއި އެކު މާޒިންއާއި ދިމާލަށް ބަލާލުމުން މާޒިން ވާހަކަ ދެއްކިއެވެ. “އައި އޭމް ރިޔަލީ ސޮރީ އެބައުޓް ޔުއަރ ފްރެންޑް.. މިތަނުން ސަލާމަތްވޭ އަވަހަށް” މާޒިން އަތުގައި އޮތް ނައިފް އަހަރެންގެ އަތަށް ލަމުން އެތަނުން ދެތުވިއެވެ. “އެދިމާލުން ބޭރަށް ނިކުންނާނީ.. އެތަނުގައި އަހަރެން ތަންކޮޅެއް ކުރިން ޝާމްއަށް ނިކުމެވޭ ވަރުގެ ޖާގައެއް ހަދާފައި އިންނާނެ.. އަވަހަށް ދޭ… އަހަރެން ބަލާނަން އެމީހުން ކުޑަވަގުތު ކޮޅެއް ވަންދެން ސްޓޯލް ކުރެވޭތޯ…” އަހަރެންގެ ފުރަގަހަށް ވާގޮތަށް އަތްދިށްކޮށްލަމުން އެހެން ބުނުމަށްފަހު މާޒިން ބޭރަށް ނިކުތުމަށް ދުއްވައިގަތެވެ. އަހަރެންނަށް އިރުކޮޅަކު އެއްވެސް ހަރަކާތެއް ނުގެނެވި އިދެވުނެވެ. ނަމަވެސް އަވަހަށް މީހާ ހަމަޔަކަށް އަޅުވާ އެއަތުން އަނެއް އަތުގައި އައްސާފައިވާ ރޯނުގަނޑު ކަނޑާލީމެވެ. އަދި ދެފައިގައި އައްސާފައިވާ ރޯނުގަނޑު ކަނޑާލީމެވެ. އަދި ދުވެފައި އައިސް ފާރިޝް ކައިރިއަށް ހުއްޓެލީމެވެ.

 

ނުނިމޭ….

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Fantasy

Other Articles

Previous

ދުރުގައިވިޔަސް… (8 ވަނަ ބައި)

Next

ހާދަ ލޯބިންނޭ………

Next
January 6, 2016

ހާދަ ލޯބިންނޭ………

Previews
January 6, 2016

ދުރުގައިވިޔަސް… (8 ވަނަ ބައި)

32 Comments

  1. Fantasy says:
    January 6, 2016 at 8:26 am

    mi baives kamudhaane kamah heekuran 🙂

  2. Saus says:
    January 6, 2016 at 8:42 am

    Ohhh. V vvvvvvv ryti.. waitin fr nxt part

    1. Fantasy says:
      January 6, 2016 at 1:45 pm

      thnks saus v bodah 🙂

  3. Niz says:
    January 6, 2016 at 9:20 am

    Ohhh..vvv dheravejje mi part kiyaafa….e ayaaz ah kyvatha abadhu kaamiyaabu vany….vaahaka kiyaa hithun inyma nimun goi nengunu….bt vv nice mivaahaka..fantasy is best writer…keep it up dear…waiting for next part…

    1. Fantasy says:
      January 6, 2016 at 1:46 pm

      ohh niz.. niz men kudin dhera veema fantasy es dhera vey.. last bai maadhan igey 🙂

  4. Zai says:
    January 6, 2016 at 9:52 am

    I hope faarish aa shaam aa vegen emeehunge dhuvas dhuhvaalaane kamah. Plse it’s now enough.of pain.

    1. Fantasy says:
      January 6, 2016 at 1:48 pm

      thnks zai v bodah 🙂 maadhan last bai genes dheynan igey 🙂

  5. xenn says:
    January 6, 2016 at 9:54 am

    Alheyyyy…….next part avahah up kohdhybaaaaa miadhu…kiyaaa hithun nuhureveyyyy

    1. Fantasy says:
      January 6, 2016 at 1:49 pm

      xenn dhen maadhan dhoo.. eiy last bai igey 🙂 thnks v bodah 🙂

  6. risha says:
    January 6, 2016 at 10:16 am

    oh its realy hurting..pls farish maraa nulaathi…vaahaka hama habays..hama ragalah rovihje..

    1. Fantasy says:
      January 6, 2016 at 1:49 pm

      risha v bodah thnks igey 🙂

  7. Nish says:
    January 6, 2016 at 10:19 am

    Mihaa hadi vaahaka e nukiyan dhuvahaku ves .mee nimen ulhey vaahaka e ves nooon

    1. Lai says:
      January 6, 2016 at 10:41 am

      Hadhi vaahaka eh viyya nukiyaa. Aharunnah reethi veema kiyany. Aslu nish ah vegen thiulhey gothaky vaahaka ah maa bodah inthizaaru kureveny reethi veema. Lol.
      Mee hama one of the best crime triller story in dhivehi.

    2. Fantasy says:
      January 6, 2016 at 1:50 pm

      thnks nish vaahaka kiyaa leema igey.. maadhan nimeyne igey vaahaka 🙂

  8. ken? says:
    January 6, 2016 at 10:26 am

    sifakurunthah v furihama…btw story nimentha eulhenee…
    still i think farish is behind all these things. ..

    1. Fantasy says:
      January 6, 2016 at 1:51 pm

      yes ken dear.. maadhan last part igey .. thnks v bodah 🙂

  9. Reader says:
    January 6, 2016 at 10:27 am

    Real life feel kureveny,,,,
    Sifa kohdhyfa hurigoth v best,,,,, faarish aaeku shaamves salaamath vaanekamah uhmmedhu kureveny,,,
    Ehnmme reethi vaahaka,,, maa shaa Allah,,,, so happy for this story,, thank you fantasy,,

    1. Fantasy says:
      January 6, 2016 at 1:52 pm

      thnks reader v bodah .. maadhan last part igey 🙂

  10. mee says:
    January 6, 2016 at 11:03 am

    wow vvv rythi story eh … mihaaru mi dhivehi raajeyga hingaa kanthah thah mee… mi dhivehi raajeyga ehvex insaaniyatheh nei gothah meehun maraa meehun nah aahirathuga libeyny veyn.. but ekahala meehunnah eemaantheri hitheh jahssavaa faandheyve … AAMEEN….

    1. Fantasy says:
      January 6, 2016 at 1:53 pm

      Aameen … 🙂 thnks v bodah mee 🙂

  11. Shahu says:
    January 6, 2016 at 11:31 am

    Plz plz plz next part miadhu upkohladheeba. Best story ever masha allah

    1. Fantasy says:
      January 6, 2016 at 1:53 pm

      thnks shahu dear v bodah 🙂

  12. Neem says:
    January 6, 2016 at 11:33 am

    Emme reethi vaahaka mee. Boahama nujehey meeheh bunaany mi vahaka hadiey.

    1. Fantasy says:
      January 6, 2016 at 1:54 pm

      eki kudin nah reethi vany eki kahala story dho neem .. v bodah thnks igeu dear 🙂

  13. ny says:
    January 6, 2016 at 11:55 am

    Wow. ..v v v reethi.bt v vderaveje . Shaam a ehn v ma. Shaam dn emyhuna dn nudhakaatha. Fantasy. ……. nxt part v v v avaha beynun up vaa an. … mi vaahaka hadhieynubunachey eves kujekey. ……meee v v good haadisaaae ge macha binaakuranivi iburatherathun furignvaa vaahaka. …

    1. Fantasy says:
      January 6, 2016 at 1:55 pm

      thnks ny v bodah igey dear 🙂

  14. Naaz says:
    January 6, 2016 at 2:56 pm

    Mashaa Allah”vvvvvv reethi

  15. faru.. says:
    January 6, 2016 at 3:39 pm

    Mihaa reethi vaahakaeh adhi nukiyan. Maadhamaa last part viyyaa varah dhera . Mihaaru abadhu inthizaaru kureveny mi vaahaka ah. Fantasy thee varah hunaruveri liyuntherieh. Kurimagu varah ujaaalaa vumah dua kuran.. pls dhen liyebala varah biruveri vaahakaeh

  16. shine says:
    January 6, 2016 at 5:49 pm

    Alheyyyy,,, sham ah eyoh hedhi goi..:(:(
    Ayaaz haadha goahey dhww… Nxt part kiyaa hithun hureveny eh vx noon… Fantasy, story ninmaa iru sham safe kohfa sham ah happy life eh libeygothah ninmahchey… Bt this part kiyaafa hama rovijje…:(:(:(… Nxt part avahah up kohdhehchey ingey Fantasy…:):)..
    Mi story haa rythi story eh adhi mihaa thanah nukiyan.. …
    all the best dear:)

  17. kaina says:
    January 6, 2016 at 5:50 pm

    Wow.v v v nice.love it ..

  18. Sherm says:
    January 6, 2016 at 7:04 pm

    Fantasy ge story thah habeys ingey.. ?

  19. Faxoo says:
    January 6, 2016 at 11:06 pm

    ohh nooooo dhen haadha aniya ekey ekurany WHYyy 🙁 😮 dhen maadhan LAST part tha?? oh cant wait! avahah up kuracchey ingey Fantasy 😀 and shaam ah ithuru aniya eh nudhecchey ingey 🙁 please!

Comments are closed.

All Right Reserved!