
އަނިޔާ.. 27 ވަނަ ބައި
“ވަދޭ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ މަލިކާއެވެ. މަލިކާ ފެނުމާއި އެކު އަހަރެންނަށް އެނދުން ތެދުވެވުނެވެ.
“އަހަރެން ބޭރުގައި މަޑުކޮށްލާނަން” އެހެން ބުނުމަށްފަހު ފާރިޝް ނިކުމެ ދޮރު ލައްޕާލިއެވެ. އަހަރެން ދިގުވެފައިވާ އިސްތަށިގަނޑު ރީތިކޮށްލީމެވެ. އަދި މަލިކާއާއި ދިމާލަށް އަހަރެން ބަލާލީމެވެ. އަދިވެސް މަލިކާ އެހާ ރީއްޗެވެ. އޭނަގެ ކަޅު ފަން އިސްތަށިގަނޑުވަނީ ކްލިޕްއެއް ޖަހައިގެން ހަރުކޮށްލާފައެވެ. ލައިގެން ހުރީ ޕާކިސްތާނު ހެދުމެކެވެ. މަޑު ދަބުކުލައިގެ އެހެދުމުގައި ހުރި އިރު އެދޮން ހަށިގަނޑާއި ވަރަށް ގުޅެއެވެ. “އާ ޔޫ އޯކޭ” މަލިކާގެ މިއުޒިކެއް ފަދަ އަޑުއިވިގެން ދިޔައެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. “އައި އޭމް ސޮރީ އެބައުޓް ހުޝާމް” މަލިކާ ބުނެލިއެވެ. އަހަރެންނަށް މަލިކާއާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު މަލިކާ އަހަރެންނާއި ކައިރިއަށް ޖެހިލިއެވެ. އަހަރެން ހުރީ ގަނޑުވެފައި ކަހަލަ ގޮތެއް ވެފައެވެ. އެއްވެސް ވަރަކަށް އަހަރެންނަށް ހަރަކާތެއް ނުކުރެވުނެވެ. މަލިކާ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެންނަށް މާނޭވާއެއް ލެވުނެވެ. މަލިކާގެ އެހަރަކާތުން އަހަރެންގެ އެތަށް ވޭނެއް ފިލި ކަހަލައެވެ. މަލިކާގެ ގައިގައި އަހަރެންނަށް ހިފަހައްޓާލަމުން ލޯމަރާލެވުނެވެ. “ވައި ޑިޑިންޓް ޔޫ ޓެލް މީ ޝާމް” މަލިކާ އަހަރެންގެ ގައިގައި ބާރަކަށް ހިފަހައްޓާލަމުން އަހާލިއެވެ. އަހަރެންނަށް ދެލޯ ހުޅުވާލެވުނީ ނުލާހިކު އަވަހަށެވެ. އަދި މަލިކާ އަހަރެންނާއި ދުރުކޮށްލީމެވެ. “އަހަރެންނަށް އެނގޭ ހުރިހާ ކަމެއް” އަހަރެންގެ މޫނަށް ބަލާލަމުން މަލިކާ ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. މަލިކާ އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. “ޝާމާ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިނީ” މަލިކާ އަހަރެންގެ ސުވާލުން ފުރިފައިވާ މޫނަށް ބަލާލަމުން ހީލިއެވެ. “ވަޓް” އަހަރެންނަށް އަހާލެވުނެވެ. “ދެން އިތުރަށް އޮޅުވާލަން ނަހަދަބަލަ.. ” މަލިކާ އަހަރެންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
އެވަގުތު އަހަރެންނަށް މަލިކާގެ އަތްފޮޅާލެވުނެވެ. ޝާމާ އެކުރީ ކީއް ހެއްޔެވެ. މިހުރިހާ ދުވަހު އަހަރެން މަލިކާ ކައިރީގައި އެވާހަކަ ނުދައްކާ ހުރީ ކަމެއް ވެގެނެވެ. އެކަމަކު ޝާމާ.. “އަހަރެން މަލް ކައިރީގައި ނުބުނީ ކަމެއް ވެގެން.. މަލްއަށް މިހުރިހާ ކަމެއް އެގިއްޖެނަމަ ކިތައްމެ ބޮޑު ގެއްލުމެއްވެސް ވެދާނެތީ.. އެގެއެއްނުން ކޮއްކޮއަށް ވީގޮތްވެސް.. ” އަހަރެން ހާސްވިއެވެ. މަލިކާއަށް އެގިއްޖެނަމަ ދެން އެމީހުންނަށްވެސް މަލިކާ އެގިދާނެއެވެ. އަނެއްކާ އަނެއްކަމެއް ދިމާވާނެއެވެ. “އެންމެ ފަހަރަކު އަހަރެން ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދިންނަމަ… އަހަރެންނަށްވެސް ޝާމްއަށް އެހީއެއް ވެވުނީސްދޯ… އެގޮތަށް އަހަރެން ރުޅި އަރުވައިގެން ޝާމްގެ ހަޔާތުން އަހަރެން ދުރުކޮށްލީ… އެގޭތަ އަހަރެން ދެރަވި ވަރު” މަލިކާގެ އަޑު ބުނެލިއެވެ. “މަލް ޕްލީޒް… އަހަރެންނަށް އިތުރު ގޮތެއް އޭރުގަ ނުފެނުނީ.. އަހަރެން މަލް ސަލާމަތް” “އަހަރެން ސަލާމަތް ކުރަންވެގެންތަ އަހަރެން ކައިރީގައި ނުބުނީ ވަޒީފާއިން އަސްލު ވީގޮތުގެ ވާހަކަ… އެޓް ލީސްޓް އަހަރެން ކައިރީގައި ބުނެލިނަމަ” މަލިކާ އަހަރެންގެ ވާހަކަ މެދު ކަނޑާލަމުން ބުނެލިއެވެ. އަހަރެން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލެވުނެވެ. “މަލް އަހަރެން ވެރިން އެކަން އަހަރެންނަށް މަނާ ކުރީ.. އެހެންނޫނަސް މިއީ މަލްއަށް މާ ޑޭންޖަރ ކަމެއް… މީގެން އެންމެ މައުލޫމާތެއް އެނގޭ މީހެއްވެސް އެމީހުން ދުލެއް ނުކުރާނެ… މަލްއަށް އެގެއެއްނުން ކޮއްކޮއަށް އެމީހުން ހެދި ގޮތް.. ފެނިއްޖެއެއްނުން ހުޝާމްއަށް ހަދާލި ގޮތް..” އަހަރެން ބިރުގަންނަން ފެށިއެވެ. އަހަރެން ލޯބިވާ އެންމެންނަށް ކޮންމެވެސް ކަހަލަ ގެއްލުމެއް ނޫނީ އަނިޔާއެއް ލިބެމުން ދިޔައެވެ. އަހަރެން މަލިކާއަށް އެހެންވާކަށް ބޭނުމެއް ނޫނެކެވެ. “އަހަރެން ޝާމް ދެކެ އަދިވެސް” އެހާ ހިސާބަށް ބުނުމާއި އެކު އަހަރެން މަލިކާގެ އަނގަމަތީގައި އަތްއަޅައިފީމެވެ. “ނޫން.. ނޮޓް ނައު.. ޖަސްޓް ސްޓޭ އަވޭ ޕްލީޒް” އަހަރެން މަލިކާ ދުރުކޮށްލަމުން ބުނެލީމެވެ. އަދި އެތަނުން އަވަހަށް ނިކުތީމެވެ.
ކޮޓަރިން ނިކުން ގޮތަށް އަވަހަށް ގެއިން ނިކުތުމަށް ހިގައިގަތީމެވެ. “ދަރިފުޅާ” އަހަރެންނަށް ހުއްޓުން އެރީ މަންމަގެ ލޯބިން ފުރިފައިވާ އަޑު އިވުމުންނެވެ. އަހަރެން އެބުރި ބަލާލީމެވެ. “ހާދަ އަވަހަކަށް ދަނީ” އަހަރެން މަންމަ ކައިރިއަށް ހުއްޓެލުމާއި އެކު މަންމަ ބުނެލިއެވެ. “އަހަރެން ދާން ޖެހިއްޖެ މަންމާ… ފަހުން އަންނާނަން… އެކަމަކު މިވަގުތު ހުރެވޭކަށް ނެތް” އަހަރެން އެހެން ބުނެލުމަށްފަހު މަންމަގެ ގައިގައި ބައްދާލަމުން ކޮޓަރިއާއި ދިމާލަށް ބަލާލީމެވެ. އޭރު މަލިކާ ބޭރު ދޮރުގައި ލެގިލައިގެން ހުއްޓެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ނަމަވެސް އަހަރެން މަޑުނުކޮށް އަވަހަށް ނިކުތީ ކޮއްކޮވެސް ގޮވަގޮވާ އޮއްވައެވެ. އަވަހަށް ބޭނުންވީ ކޮޓަރިއަށް ދާށެވެ. އެހެންކަމުން ބާރު ސްޕީޑެއްގައި ސައިކަލު މަޑުކޮށްލީ ގެސްޓް ހައުސް ކައިރީގައެވެ. އަދި އެތެރެއަށް ދިއުމަށް ހިގައިގަތީމެވެ. “ސަރ.. ކޮޓަރީގައި އަންހެން ކުއްޖަކު މަޑުކޮށްލައިގެން އެބައިން” އަހަރެން ރިސެޕްޝަން ކައިރިއަށް މަޑުކޮށްލުމާއި އެކު އެތަނުގައި އިން ކުއްޖާ ބުނެލިއެވެ. “އަންހެން ކުއްޖެއް؟” އަހަރެން އަހާލީމެވެ. އެކުއްޖާ އާއެކޭ ބުނީ ބޮލުންނެވެ. އަންހެން ކުއްޖެކޭ ބުނީމަ އެއީ ކާކުކަން ދެނެގަންނާކަށް އަހަރެންނަކަށް އެހާ އުދަގުލެއް ނުވިއެވެ. އެހެންކަމުން ކޮޓަރިއަށް ނުގޮސް އަވަހަށް ބޭރަށް ނިކުމެއްޖައީމެވެ. އަދި ސައިކަލަށް އަރާ ދުއްވާލީމެވެ. ވަކި މިސްރާބެއް ނެތިއެވެ. ނަމަވެސް މިޝްކާ އެކޮޓަރީގައި އިންހާ ހިނދަކު އެތަނަށް ނުވަންނަން ނިންމައިގެންނެވެ.
އެރޭގެ ބާރަ ޖަހަންދެން އަހަރެން ސައިކަލު ދުއްވީމެވެ. އެއްބައިފަހަރު މަޑުންނެވެ. އަނެއްބައި ފަހަރު ބާރަށެވެ. އެއްފަހަރު އެއްގާޑިޔާލުން ކުރުބައެއް ބޯލާފައި އަނެއްފަހަރު އަނެއް ކާޑިޔާލުން ދުފާލާފައެވެ. ބާރަޖެހުމާއި އެކު އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. މިފަހަރު އެތަނުގައި މިޝްކާ އިނަސް އޭނައާއި ފޭސްކުރަން ނިންމައިގެންނެވެ. ނަމަވެސް އަހަރެންގެ ނަސީބު ގަދަކަމުން އެފަހަރު މިޝްކާއެއް ނެތެވ. ކޮޓަރީގެ އެނދު މަތީގައި އޭނަގެ ނޯޓެއް އޮތެވެ. “އައި އޭމް ރިޔަލީ ސޮރީ ޝާމް.. އައި ރިޔަލީ ލަވް ޔޫ.. ކޮންމެވެސް ދުވަހަކުން އަހަރެންނަށް މާފު ކުރާނެކަމަށް ހީކުރަން.. ލަވް ޔޫ.. މިޝް” މިގޮތަށެވެ. އަހަރެން ދެފަހަރަކު އެބަސްތަށް ކިޔާލީމެވެ. އަދި ކިޔާލުމަށްފަހު ކުދިކުދިކޮށް ވީދާލުމަށްފަހު ޑަސްޕިނަށްލީމެވެ. އަދި އެނދުގައި އޮށޯވެލީމެވެ. މިޝްކާ އެއުޅެނީ ކިހިނެއް ވެގެން ހެއްޔެވެ. އޭނަ މިހާރު ބޭނުންވަނީ އަހަރެންގެ ފަރާތުން ކޮންކަމެއް ހެއްޔެވެ. އަހަރެން އެވަރަށް އެއްޗެހި ކީމަވެސް އަދިވެސް މައިތިރިވާން ނޭނގެނީ ހެއްޔެވެ. އަހަރެން ދެލޯމަރާލީމެވެ.
އަހަރެން ސިހިގެން ދިޔައީ ކޮޓަރިގެ ދޮރުގައި ޓަކިޖެހިއަޑަށެވެ. އެނދުން ތެދުވަން ބޭނުން ނުވިޔަސް އަހަރެންނަށް މަޖްބޫރުވީ އެމީހަކު ދޮރުވައްޓާލާފަނެ ކަމުގެ ބިރުބޮޑުވީމައެވެ. އެހެންކަމުން ގޮސް ދޮރުހުޅުވައިފީމެވެ. “މާޒިން.. އަހަރެން ހީކުރީ ތަނެއްގައި ރޯވީކަމަށް” އަހަރެން އެތެރެއަށް ހިގައިގަތީމެވެ. “ރޯނުވާކަށް ނަސީބެއްނުން.. އެމީހުން މިހާރު ޝާމް ތަޅާލަން ރާވަނީ..” މާޒިން ހުރީ ނޭވާ އަވަސް ވެފައެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އަހަރެން މާޒިން އާއި ދިމާލަށް ބަލާލީމެވެ. “އެންމެން ވެގެން.. ޝާމް.. ރިޔަލީ.. އެއެތިފަހަރުން ޝާމްއަށް ސަލާމަތެއް ނުވާނެ.. އަހަރެން ބުނާގޮތެއް ހަދަންޏާ.. އެންމެ އަވަހަށް ބުރާ ބޯޓަކުން ނައްޓާލާ… އަހަރެން ޝާމްއަށް ޓިކެޓްވެސް ގަންދީފާނަން” މާޒިން ހުރީ ރަނގަޅަށް ވެސް ހާސްވެފައެވެ. “ހަމަޖެހިބަލަ.. ނޭވައެއް ލައިބަލަ.. އެހެންނޫނީ އަހަރެންނަށް ވުރެއްކުރިން މާޒިން ކަންނޭނގެ މަރުވާނީ..” އަހަރެން މާޒިންގެ ކޮނޑުގައި އަތްއަޅުވާލަމުން އެނދުގައި ބޭންދީމެވެ. އަދި ފްރިޖް ހުޅުވާލުމަށްފަހު ބިޔަރު ދަޅެއް މާޒިންއަށް ދިނީމެވެ. “ޝާމްއަށް ހީވަނީތަ މިއީ ސަމާސާއެކޭ.. ބަލަ އެމީހުން ޝާމްގެ ދުވަސް ދުއްވާލަން އެރާވަނީއޭ.. އަހަރެން މިކިޔާ އެއްޗެއް އެބަ އެނގޭތަ” މާޒިން ހައިރާން ކަމާއި އެކު ބުނެލިއެވެ. ވެދާނެއެވެ. އޭނަ އެހާ ބިރުވެރި ހަބަރެއް ގެނެސްދިނުމުންވެސް އަހަރެން ހިނިތުންވެލާފައި ހުރުމުން އޭނަ ހައިރާން ވީއެވެ. “ކޮންބައެއްތަ އަންނަނީ” އަހަރެން ފްރިޖްއިން ފެންފުޅިއެއް ނަގަމުން އަހަލީމެވެ. “އެންމެން.. މިހާރު ހުރިހާ ކަމެއް ރާއްވާ ނިމިދާނެ.. ގްރޫޕްގައި އުޅޭ އެއްމެން” މާޒިން އަޑަށް ބާރު ލަމުން ބުނެލިއެވެ. “ކިތައް މީހުން” އަހަރެން ފެންފޮދެއް ބޯލަމުން އަހާލީމެވެ. “ކިތައްމީހުން އައްޔާތަ ޝާމް ބިރުގަންނާނީ.. ބަލަ އެމީހުން ދެމީހުން އައިސް ޝާމްއަށް ހަމަލާ ދިނަސް ޝާމްއަކަށް ސަލާމަތެއް ނުވެވޭނެ…” މާޒިން ރުޅިގަދަވާން ފެށިއެވެ. އަހަރެން އެކަންތައް ސީރިއަސްކޮށް ނުނަގާތީ ކަންނޭނގެއެވެ.
އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. “ކީއްވެ ތިހުރިހާ އެއްޗެއް އަހަރެންނަށް ތި ކިޔައިދެނީ މާޒިން..” އަހަރެން މާޒިންގެ މޫނަށް ބަލަހައްޓައިގެން އިދެ އަހާލީމެވެ. މާޒިންވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ކުރިންވެސް ބުނިހެން ތިއީ އަހަރެންގެ އެކުވެރިއަކަށް ވާތީ” މާޒިން ބުނެލިއެވެ. “ހަމައެކަނި އެހެންވެގެންތަ” އަހަރެން އަހާލީމެވެ. “އަހަރެން އެމީހުންނަށް ވުރެއް ބޮޑަށް ޝާމްއަށް ޓްރަސްޓް ކުރަން.. އެހެންވެގެން.. އެމީހުންނަކީ ނުކުރާނަމޭ ބުނާ އެތަށް ކަމެއް ކުރާ ބައެއް.. ޕްރޮމިސްކޮށްފައި އެޕްރޮމިސް ބްރޭކް ކުރާބައެއް… އެކަމަކު ޝާމް އެހެން ނެއްނޫން.. ޝާމްއަކީ ނުކުރާނަމޭ ބުނާ ކަމެއް ކޮންމެ ގޮތެއް ހެދިޔަސް ނުކާނެ މީހެއް.. އަދި ކަމަކަށް ޕްރޮމިސް ކޮށްފިނަމަ ދުވަހަކުވެސް އެޕްރޮމިސްއެއް އަދި އަހަރެންނަށް ފެނިގެން ބްރޭކްއެއް ކޮށްފައެއް ނެތް… އެހެންވެ އަހަރެން ޝާމްއަށް އެހީވަން ބޭނުންވަނީ.. އަހަރެން ބޭނުމެއް ނުވޭ ތިކަހަލަ އެކުވެރިއެއް ގެއްލިގެން ދާކަށް” މާޒިން ބުނެލިއެވެ. “އަހަރެންނަށް އެހާ އިތުބާރު ކުރަންތަ” އަހަރެން އަހާލީމެވެ. މާޒިން އަހަރެންނާއި ދިމާލަށް ބަލާފައި ހިނިތުންވެލިއެވެ. “އަހަރެންވެސް މާޒިންއަށް އިތުބާރު ކުރަން.. މަޑުކުރޭ.. އަހަރެން މާޒިންއަށް އެއްޗެއް ދައްކަން ބޭނުން” އަހަރެން އެހެން ބުނެލަމުން އެއްޗެހި އަޅާފައިވާ އަލަމާރިއާއި ކައިރިވެލީމެވެ. އަދި އަލަމާރި މައްޗަށް ލާފައިވާ ޓޫލް ބޮކްސްއެއް ނެގީމެވެ. އެއީ އެއްޗެހި މަރާމާތު ކުރާ ކަހަލަ ޓޫލްސް ތަކެކެވެ. “ޓޫލްސް ތަކެއްތަ ދައްކަން ތިއުޅެނީ” މާޒިންއަށް އެފޮށި ފެނުމާއި އެކު ބުނެލިއެވެ.
އަހަރެން ހިނިތުންވެލަމުންމަތި ހުލުވާލަމުން ޓޫލްސްތަށް ހުރި ބައި ވަކިން ނަގައިފީމެވެ. އެވަގުތު މާޒިން ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެއީ އަހަރެން މިމަސައްކަތުގައި ގެންގުޅުނު ހުރިހާ އެއްޗެކެވެ. ވީޑިއޯ ކުރަން ގެންގުޅުނު ކުޑަގޮށްތަކެއްގެ ސިފައިކުރި ކެމެރާތަކެވެ. އަދި އޯޑިއޯ ކުރެވޭގޮތަށް ހުރި އެތަށް އެއްޗެކެވެ. އަދި ބަގް ޑިޓެކްޓް ކުރެވޭ އެތަށް އެއްޗެކެވެ. ހުރިހާ އެއްޗެއް ދައްކަމުން އަހަރެން އޭގެން ކުރެވޭ ބޭނުންތަށް މާޒިންއަށް ކިޔައިދިނީމެވެ. މާޒިން އުފަލާއި އެކު ހުރިހާ އެއްޗެއް ބަލަމުން ދިޔައެވެ. އޭނައަށް މީގެ ކުރިން އޭގެން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަހަލައެވެ. ހުރިހާ އެއްޗަކަށް ބަލަމުން ދިޔައިރު އޭނަގެ މޫނުމަތިން އެކަން ފާލުވަމުން ދިޔައެވެ. އޭނަށް އޭގެ ބޭނުންތަށް ކިޔައިދިނުމަށްފަހު އަހަރެން އެއްޗެހިތަށް ބެހެއްޓުމަށްފަހު އެނދުގައި އޮށޯވެލީމެވެ. “ކީއްވެތަ އެމީހުން މިހާއިރު ވަންދެން މަޑު އެކުރަނީ.. މާޒިން ބުނީ ބޭރުން ދޫކޮށްލި މީހާ ތި މީހުންނަށް އަތުލެވެއްޖެއޭ.. އެހެންވެއްޖެނަމަ އެމީހުންނަށްވެސް މިހާރު އެނގޭނެއެއްނުން” އަހަރެން ބޯމަތީގައި އަތް ބާއްވާލަމުން ބުނެލީމެވެ. “ޔާ ސަޗިން އަތު ޖެހިއްޖެ މިއަދުގެ ހެނދުނުގެ ވަގުތެއްގައި” މާޒިން ބުނެލިއެވެ. “ދެން.. އަހަރެން ހީކުރީ.. އަހަރެން މަރާލަން އެމީހުން އަންނާނެކަމަށް” އަހަރެން ބުނެލީމެވެ. “ކަލޭ މަރުނުވެގެންތަ ތިއުޅެނީ.. ބަލަ ބައެއް މީހުން މި މަސައްކަތް ކުރަނީ ޝާމްގެ ފުރާނަ ސަލާމަތް ކުރެވޭތޯ.. އެކަމަކު ނޫން.. ކަލޭ ހީވަނީ މަރުވުމަށް ނަދުރެއްބުނެގެން އުޅޭހެން” މާޒިން ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ. އަހަރެން ހީލީމެވެ. މާޒިން އަހަރެންނާއި ދޭތެރޭގައި ވިސްނާކަށް އެގުމުން އަހަރެން ހިތްހަމަޖެހުނެވެ. “ނޫން.. އެހެނެއްނޫން.. އަހަރެން މިއުޅެނީ މިކަންތައް ރަނގަޅަށް އަންނަސްޑޭންޑް ވޭތޯ.. ” އަހަރެން ހީލަމުން ވާހަކަ ދެއްކީމެވެ. “ކަލޭ އަހަރުމެންނާއި އެކު އުޅޭތާ ތިންއަހަރު ވެފައިވާ އިރު އަދިވެސް ކަލެއަށް އަހަރުމެންގެ ކަންތައް އަންޑަސްޑޭންޑް އެއް ނުވޭ… ރަނގަޅު މީހެއް ތީ..” މާޒިން މަލާމަތްކޮށްލާ ގޮތަށް ބުނެލިއެވެ. “އަހަރެންނަށް ހީވާގޮތުގައި އެމީހުން މިހުރިހާ އިރު މަޑުކޮށްގެން ތިބީ މަތިން އޯޑަރު އަންނަން ދެން… އެކަމަކު މިހާރު އެމީހުންނަށް އޯޑަރު ނަޔަސް އެރެޑީވަނީ ކަލޭގެ ދުވަސް ދުއްވާލަން..” މާޒިން ބުނެލިއެވެ. އަހަރެން ހޫމް އަޅުވާލީމެވެ. އަދި އަހަރެން ދެލޯ މަރާލީމެވެ. މާޒިންވެސް މާގިނައިރު ނީދެ އެތަނުން ނިކުތެވެ. މާޒިން ނިކުތުމުން ދެލޯމަރާލީ ނިދާލުމުގެ ބޭނުމުގައެވެ.
އަހަރެންނަށް ސިހިގެން ގޮސްފައި ހޭލެވުނީ ފެނުނު ބިރުވެރި ހުފަނެއްގެ ސަބަބުންނެވެ. އޭރު މީހާވަނީ ދާހިއްލާ ފޯވެފައެވެ. ނޭވާލުމަށް މަސައްކަތް ކުރަމުން ދިޔައިރު އަހަރެންގެ ހިތްތެޅެމުން ދިޔައީ ނުލާހިކު ބާރުމިނުގައެވެ. ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއިރު ފަތިހު ފަސްގަޑި ބައިވަނީއެވެ. އޭރުވެސް އަހަރެންނަށް ހީވަނީ ލެއިން ތަތްތެޅިފައި ހުރި ހުޝާމް ކޮޓަރިތެރޭގައި އުޅެހޭންނެވެ. ބިރުން އިދެ ކޮޓަރީގެ އެތަން މިތަނަށް ބަލަމުން ދިޔައީމެވެ. އެވަގުތު އަނެއްކާވެސް އަހަރެން ސިހިގެން ދިޔައީ ފޯނު ވައިބްރޭޓް ވާން ފެށީމައެވެ. ސިހިގެން ގޮސްފައި ބަލާލާފައި އަނެއްކާވެސް އަހަރެން ހާސްވަން ފެށިއެވެ. މިގަޑީގައި އަނެއްކާ މިއަދުވެސް ފާރިޝް އެގުޅަނީ ކީއްކުރަން ބާއެވެ. އަނެއްކާ މީހަކަށް ކަމެއް ވީހެއްޔެވެ. އަހަރެން ފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ. “ޝާމް ކޮންތާކު” ފާރިޝް އަހާލިއެވެ. އަހަރެން ހާސްވެފައި އިންވަރުން އެއްވެސް އެއްޗެއް ނުބުނެވުނެވެ. “ޝާމް ވާހަކަ ދައްކަބަލަ… ކޮންތާކު… ޝާމް ބުނީމެއްނުން މިޝްކާ އޭ ޝާމްގެ ފްރެންޑްއަށް ކިޔަނީ… މިއުޅޭނީ އޭނަން ކިޔާ ކުއްޖެއް ސުއިސައިޑް ކޮށްގެން” ފާރިޝް ވާހަކަ ދެއްކިއެވެ. އަހަރެންނަށް އަޑުއިވުނީ އެހާ ހިސާބަށެވެ. އަހަރެންގެ އަތުން ފޯނު ވެއްޓުނެވެ. ނޭވާ ނުލެވި އިރުކޮޅެއް ވަންދެން އަހަރެންނަށް އިދެވުނެވެ. އޭރުވެސް ފާރިޝްގެ އެޖުމްލަ އަހަރެންގެ ސިކުނޑީގައި އެބުރެމުންދިޔައީ މުޅި ސިކުނޑީގައި ތޫނު އެއްޗެއް އަޅަމުން ދިޔަކަހަލަ ގޮތަކަށެވެ. ސިކުނޑީގައި ތޫނު ދަތެއް އުފެދެމުން ދިޔައެވެ.
އަހަރެންނަށް ހަރަކާތެއް ނެތި އިރުކޮޅަކު އިދެވުނެވެ. ނަމަވެސް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން ދެތުވެ އަވަހަށް ޓީޝާޓް ބޮލަށް މަހާލަމުން ސައިކަލުގައި މިޝްކާ އުޅޭ އެޕާޓްމެންޓާއި ދިމާލަށް މިސްރާބު ޖެހީމެވެ. އޭރު އަހަރެންގެ ކަންފަތުގައި މިޝްކާގެ ވާހަކަތަށް ގުގުމަމުން ދިޔައެވެ. އޭނަ އަހަރެން ކައިރީގައި ރޮއިފައި ކުރި އާދޭސްތަކެވެ. އޭނަ ފޮނުވާފައިވާ މެސެޖްތަށް ފެންނަމުން ދިޔައީ ކުރިމަތިން ފެންނަމުން ދިޔައީ ފޮޓޯތަކެއްގެ ސިފައިގައެވެ. ކޮޓަރީގައި އޮތް ކުޑަ ނޯޓްކޮޅުގެ ބަސްތަށް ސިކުނޑީގައި އެބުރިގަތެވެ. ބާރު ސްޕީޑެއްގައި މިޝްކާ އުޅޭ އެޕާޓްމެންޓް ކައިރީގައި ސައިކަލު މަޑުކޮށްލި އިރު އެތަނުގައި އެމްބިއުލެންސް އޮތެވެ. އަދި ޕޮލިސް ކާރެސްވެސް އޮތެވެ. ސައިކަލު ޕާކްކޮށްލުމަށްފަހު ދުވެފައި އެޕާޓްމެންޓަށް އަރައިފީމެވެ. ދޮރުމަތި ފުރިފައި ވަނީ އަޔާޒްގެ އެކުވެރިންނާއި ހެދިއެވެ. އަހަރެން އެމީހުން ދުރުކޮށްލަމުން އެތެރެއަށް ވަދުން އިރު ސިޓިންރޫމްގައި ދެތިން ޕޮލިހަކާއި އެމްބިއުލެންސްގައި ތިބޭ އެހީތެރިން ތިއްބެވެ. އަޔާޒް ފާޑަކަށް ހުއްޓުން އަރާފައި ހުރިއިރު އޭނަ ކައިރީގައި ނިހާދު މަޑުކޮށްލައިގެން ހުއްޓެވެ. ސިޓިންރޫމްގެ މެދުގައި ހުދުފޮތިގަނޑެއްގެ ދަށުގައި މީހަކު ބާއްވާފައި އޮތެވެ. އަހަރެންގެ ލޮލުން ކަރުނަތަށް އޮހިގަތެވެ. “ޝާމް” އަހަރެން ސިހިގެން ދިޔައީ މާޒިންގެ އަޑަށެވެ. މާޒިން ތަންކޮޅެއް ދުރުގައި ހުއްޓާ އަހަރެން ފެނުމުން ގޮވާލިއެވެ. ސިހިފައި އަހަރެން ބަލާލީ އަޔާޒްއާއި ދިމާލަށެވެ. އޭރު އަޔާޒް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ރުޅިވެރިކަމާއި އެކުގައެވެ. އޭނަގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަން ހުއްޓެވެ. ދެލޯވަނީ ރަތްވެފައެވެ. އަހަރެން ފެނުމާއި އެކު އަހަރެންނާއި ދިމާލަށް ހިގައިގަންނަން އުޅުނެވެ. ނަމަވެސް ނިހާދު އޭނަގެ އަތުގައި ހިފަހައްޓަމުން ކަންފަތްދޮށުގައި މަޑުމަޑުން ވާހަކައެއް ބުނެލިއެވެ. އެވަގުތު އަޔާޒް އިސްޖަހާލިއެވެ. މާޒިން އައިގޮތަށް އައިސް އަހަރެންގެ އަތުގައި ހިފައިގެން އެތަނުން ނެރުނެވެ.
“ޝާމް މޮޔަވީތަ… މިތަނަށް ތިއައީ ކީއްވެ..” މާޒިން އަހަރެންގެ އަތުގައި ހިފައިގެން އެޕާޓްމެންޓުން ފައިބައިގެން ބޭރަށް ނިކުމެ އަހާލިއެވެ. “މިޝްކާ..” އަހަރެންނަށް ބުނެވުނީ އެވަރަށެވެ. “އާ މިޝްކާ.. ސުއިސައިޑް ކުރީ..” މާޒިން ބުނެލިއެވެ. އަހަރެންނަށް މާޒިންއާއި ދިމާލަށް ބަލާލެވުނެވެ. އަދި އެތެރެއަށް ހިގައިގަތީމެވެ. އެވަގުތު އަނެއްކާވެސް އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ. “ނޫން.. އެތެރެއަށް ވަންނާނެ ކަމެއްނެތް.. އެހެންނޫނީ ސަލާމަތެއް ނުވާނެ.. މިތަނަށް ޝާމްއައުންވެސް އެއީ ޝާމްއަށް ކުރެވުނު ވަރަށް ނުބައި ކަމެއް..ރިޔަލީ.. މިހާރު މިތަނުން ދޭ” މާޒިން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. “ކީއްވެ” އަހަރެންނަށް އަހާލެވުނެވެ. ނަމަވެސް މާޒިން އިތުރަށް އެއްވެސް އެއްޗެއް ނުބުނެވެ. އަހަރެން ގޮވައިގެން ސައިކަލަށް އަރާ އެތަނުން ދުރަށް މިސްރާބު ޖެހިއެވެ.
މާޒިން ސައިކަލު މަޑުކޮށްލީ ކަޑައެއް ކައިރީގައެވެ. ސައިކަލު ޕާކްކޮށްލުމަށްފަހު އެތަނަށް ވަދެ މޭޒެއް ކައިރީގައި އިށީދެލިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސިކުނޑީގައި އެތަށް ބައިވަރު ސުވާލުތަކެއް އެބުރެމުން ދިޔައެވެ. ޖަވާބު ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. “ޝާމް…” އަހަރެން ސިހިގެން ދިޔައީ އަޔާޒްގެ އަޑަށެވެ. “ދެން އެވަރަށް ނުވިސްނަބަލަ” މާޒިން ބުނެލިއެވެ. އެހެން ބުންޏަސް އަހަރެންނަށް ނުވިސްނާ ހުރެވޭނީ ކިހިނެއް ހެއްޔެވެ. މިޝްކާ އެގޮތަށް ހެދި ސަބަބެއް އަހަރެން ހޯދަން ބޭނުންވެއެވެ. އެއީ އަހަރެންނާއި ހެދި މިޝްކާ ކުރި ކަމެއް ހެއްޔެވެ. “ޝާމްއާއި މިޝްކާ އެއްވެސް މައްސަލައެއް ޖެހުނުތަ” މާޒިން އަހާލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލިމެވެ. އެސުވާލަށް ޖަވާބު ދޭންވީ ހެއްޔެވެ. ނޫނީ އެއްވެސް އެއްޗެއް ނުބުނެ އިންނަން ވީ ހެއްޔެވެ. “ކިހިނެއް.. ކާކަށް..މިޝްކާ ފެނުނީ” އަހަރެން ސުވާލު ކުރީމެވެ. “އަޔާޒްއަށް.. އޭނަ ފަތިހު ގެއަށް އައިއިރު މިޝްކާގެ ހަބަރެއް ނުވެގެން ކޮޓަރި ބެލި އިރު ހުރީ.. ދަންޖެހިފަ.. ފަންކާގައި ފޮތިގަނޑެއް އައްސައިގެން.. އަތުގަ ކުރިން ފަހަރު ކަނޑާލި ތަން އެގޮތަށް ކަނޑާލާފައި ހުރީ.. ބައިވަރު ލޭ.. މުޅި ކޮޓަރީގައި” މާޒިން ކިޔައިދިނެވެ. އަހަރެންނަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. “ސީރިއަސްކޮށް ބުނެބަލަ… ތި ދެމީހުން މައްސަލައެއް ޖެހިގެންތަ އުޅުނީ” މާޒިން އަހާލިއެވެ. “ކީއްވެތަ ތިހެން ތިއަހަނީ” މާޒިން މާވަރަކަށް އެސުވާލު ކުރާތީ އަހަރެންނަށް އުދަގޫވަމުން ދިޔައެވެ. “ކުރިން ފަހަރުވެސް ޝާމްއާއި މައްސަލައެއް ޖެހުނު ފަހަރު ވިއްޔަ އޭނަ އެގޮތަށް އަމަލު ކުރީ.. މިބުނީ އަޔާޒް ޝާމްއާއި ވާހަކަ ނުދައްކާށޭ ބުނީމަ ވިއްޔަ އަތުގަ ތިލަ އެޅީ އޭނަ.. އެހެންވެ އަހާލީ.. މިފަހަރުވެސް..” މާޒިން އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ.
“އާ.. އަހަރެން ހުޝާމްގެ މަރާއި ވިދިގެން މިޝްކާއާއި ވާހަކަ ނުދައްކާ މިހުންނަނީ.. އޭނަ ކައިރީގައި ބުނިން އަހަރެންނަށް ނުގުޅައްޗޭ… އޭނަ ވަރަށް ގުޅި.. އެކަމަކު އަހަރެން ފޯނެއް ނުނަގަން.. މެސެޖްވެސް ކުރި.. އަހަރެން ރިޕްލައިއެއް ނުކުރަން..” އަހަރެން މޭޒުގައި އަތްއަޅުވާލަމުން ބޮލުގައި ހިފަހައްޓާލީމެވެ. އާއެކެވެ. މިޝްކާ އެގޮތަށް އެކަންތައް ކުރީ އަހަރެންނާއި ހެދިއެވެ. ކިތައްމެ ގަބޫލު ކުރަން ބޭނުންނުވިޔަސް ހަގީގަތަކީ އެއީއެވެ. “އެހެންވެ ދޯ ޝާމްއަށް އެޑްރެސްކޮށްފައި އޮތް ނޯޓެއް އޮތީ” މާޒިން ބުނެލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލީ ކޮން ނޯޓެއް ހޭ އަހާލާ ގޮތަށެވެ. “ސުވިސައިޑް ދެނޯޓެއް އޮތް.. އެއީ އަޔާޒްއަށް އެޑްރެސްކޮށްފައިވާ ނޯޓަކާއި ޝާމްއަށް އެޑްރެސްކޮށްފައިވާ ނޯޓެއް” މާޒިން ބުނެލިއެވެ. އަހަރެންގެ ބޮލުގައި ރިއްސާލިއެވެ. އެބުނާ ނޯޓްގައި ލިޔެފައި އޮތީ އަނެއްކާ ކީއްކޭ ހެއްޔެވެ. “އަޔާޒް ހުރީ ޝާމްދެކެ ވަރަށް ރުޅި އައިސްފައި.. ޝާމް.. އޭނަ ޝާމްއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ” މާޒިން ބުނެލިއެވެ. ރަނގަޅުތާއެވެ. އަހަރެންނަށް އަނިޔާދޭނެ މީހުން ދުވަހެއް ދުހަކަށް ދަނީ އިތުރުވަނީއެވެ. އެވަގުތު އަހަރެން ފޯނު ވައިބުރޭޓް ވާން ފެށިއެވެ. ގުޅަނީ ފާރިޝްއެވެ. މާޒިންގެ މޫނަށް ބަލާލަމުން ފޯނު ނަގައިފީމެވެ. “ޝާމް…އާދެބަލަ.. ވަރަށް އާރޖެންޓްކޮށް ބައްދަލުވުމެއް ބާއްވަން.. އާދިލްސަރ ބުނީ.. ކުރިން ފަހަރުވެސް އާދިލްސަރ އާއި ބައްދަލު ކުރި ތަނުން” އެހެން ބުނުމަށްފަހު ފާރިޝް ފޯނު ކަނޑާލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލަމުން އެތަނުން ތެދުވީމެވެ. އަދި ފަހުން ބައްދަލު ވާނެކަމަށް ބުނެ ސައިކަލުގައި އެތަނަށް މިސްރާބު ޖެހީއެވެ.
އަހަރެންގެ ސިކުނޑިގައި އެބުރެމުން ދިޔައީ މިޝްކާގެ ވާހަކަތަކެވެ. އެދުވަހު އަހަރެންނަށް މިޝްކާއާއި ވާހަކަ ދެއްކުނު ނަމަތާއެވެ. އޭނަ މަރުވާނެއޭ ބުނުމުން އަހަރެންނަށް މަޑުކުރެވުނު ނަމަތާއެވެ. އަހަރެންގެ ކޮޓަރީގައި އޭނަ ބައްވާފައި ދިޔަ ނޯޓަކީ ގުޑްބައި ނޯޓް ހެއްޔެވެ. އަހަރެންނަށް ކުރިން ވިސްނާލެވުނުނަމައެވެ. މިހާރު އަހަރެންނަށް ދެން ދުވަހަކުވެސް ހަމަޖެހިގެން ނުނިދޭނެއެވެ. މިހާރު އަހަރެންނާއި އަޔާޒްމެންނާއި އެއްވެސް ތަފާތެއް ނެތެވެ. އެމީހުންވެސް މީހުން މަރަނީއެވެ. އަހަރެންގެ ސަބަބުންވެސް މަރުވެގެން އެދިޔައީ ކިތައްވަނަ މީހާ ހެއްޔެވެ. އެހެން ހިތަށް އެރުމާއި އެކު ބޮލުގައި ގަދައަށް ރިއްސައިގަތެވެ. މޫނުމައްޗަށް ފާޑެއްގެ ގޮތެއް ވިއެވެ. ނަމަވެސް ވަރަށް މަސައްކަތުން ހަމަޔަކަށް އެޅުނެވެ. ފާރިޝް ބުނި ގެސްޓް ހައުސް ކައިރިއަށް މަޑުކޮށްލުމަށްފަހު ސައިކަލު ޕާކްކޮށްލަމުން އެތެރެއަށް ހިގައިގަތީމެވެ. އަދި ދޮރުގައި ޓަކިޖެހީމެވެ. “ޝާމް” އަހަރެން އެތެރެއަށް ވަނުމާއި އެކު އާދިލްސަރ ގޮވާލިއެވެ. އަހަރެން ވަދުންގޮތަށް އެނދުގައި އިށީދެލީމެވެ. އެވަގުތު ފާރިޝް އަހަރެންގެ އަތަށް ކޮފީތައްޓެއް ދިއްކޮށްލިއެވެ. “ކިހިނެއްތަ” އާދިލްސަރގެ އެސުވާލަށް އަހަރެން ޖަވާބު ދިނުމުގެ ގޮތުން އާދިލްސަރއާއި ދިމާލަށް ބަލާލީމެވެ. “މިބައްދަލު ވުމުގެ ބޭނުމަކީ ކޮބާ” އަހަރެން ފަރުވާ ކުޑަރާގެއްގައި އަހާލީމެވެ. “ޝާމް އަހަރެންނަށް އެނގޭ ހުޝާމްގެ މަރުގެ ސަބަބުން ޝާމްއަށް އަސަރުކޮށްފައިވާ މިންވަރު.. ވީ އާ ރިޔަލީ ސޮރީ” އާދިލްސަރ ބުނެލިއެވެ. “ސޮރީ އިސް ނޮޓް އިނަފް” އަހަރެން މަޑުމަޑުން ބުނެލީމެވެ.
” ވީ ނޯ.. ބަޓް އައި ޖަސްޓް ވޯންޓް” “ޔޫ ޖަސްޓް ވޯންޓް ވަޓް… ހެ.. ބުނެބަލަ.. ސޮރީއޭ ބުނީމަ ހުޝާމް އަބުރައެއް ނައަންނާނެއޭ..” އަހަރެންނަށް ހަޅޭލައިވަގަނެވުނެވެ. އަހަރެން އިނީ ނުލާހިކު ދެރަވެފައެވެ. އަހަރެން އާދިލްސަރގެ ފަރާތުން އެއްވެސް ސިމްޕަތީއެއް ބޭނުމެއް ނޫނެކެވެ. އަހަރެން ބޭނުންވަނީ އެކަން ކުރިބަޔަކަށް ހައްގު އަދަބު ދޭށެވެ. އެކަން މިމީހުންނަށް އެނގޭނީ ކޮންދުވަހަކުން ހެއްޔެވެ. “ޝާމް.. މިކަމަކީ ނުލާހިކު ވިސްނާފައި ކުރަން ޖެހޭ ކަމެއް.. ހިތަށް އެރީމަ ހިތަށް އެރިގޮތަކަށް މިކަމެއް ނުކުރެވޭނެ” އާދިލްސަރ ވާހަކަ ދެއްކީ އަހަރެންނަށް ވިސްނައިދޭ ގޮތަށެވެ. “އަހަރެން ހިތަށް އެރި ގޮތަކަށް ކަންތައްކުރީމަ ކަލޭމެންނަށް ތި ފެންނަނީ.. އެހެންމީހުން ހެޔޮ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް” “ބަލަ އެހެން މީހުން ކަންތައް ކުރާގޮތެއް ނޫނޭ އަހަރުމެން ބަލަންވީ” އާދިލްސަރ އަހަރެންގެ ޖުލްމަ ފުރިހަމަ ކޮށްލިއެވެ. އަހަރެންނަށް އެއްއަތުން އަނެއް އަތުގައި ވަރަށް ބާރަށް ހިފަހައްޓާލެވުނެވެ. “މާޒިން މެދުވެރިކޮށް މައުލޫމާތު ހޯދުމަށް ވިސްނުން އެއީ ރަނގަޅު ޗޮއިސް އެއްނޫން.. އޭރުން ގްރޫޕްގައި އުޅޭ އެންމެން އެވައްޓާލެވުނީ ޑޭންޖަރއަކަށް” އާދިލްސަރ ބުނެލިއެވެ.
ފާރިޝް އަހަރުމެންގެ ވާހަކަ އަޑުއަހަން އެނދުގައި އިށީދެލައިގެންއިނެވެ. “ކަލޭ އަދިވެސް ވިސްނަނީ ކަލޭ އަމިއްލައަށް ކަމެއް ވެދާނެތީ ދޯ.. ދެރަ ނުވޭ… އެމީހުން އެންމެ ފުރަތަމަ އެޓޭކް ކުރާނީ ކުރިމަތިން ފެންނަން ހުންނަ މޫނަށް” އަހަރެން އަޑަށް ބާރުލަމުން ބުނީމެވެ. އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލީ ހައިރާން ކަމާއި އެކުގައެވެ. “އެގޮތަށް އެމީހުން މިހުރިހާ ދުވަހު އެޓޭކް ކުރީ.. އެހެންވެ އެމީހުން ފުރަތަމަ ހާނިމްއަށް އެޓޭކް ކުރަން ވިސްނީ.. ދެން ހުޝާމްއަށް އެޓޭކް ކުރީ” “ބަލަ ހާނިމްއަށް އެޓޭކް ކުރުން އެއީ ކަލޭގެ ވިސްނުމެއް ނޫންތަ.. ހާނިމްގެ ކަންތައް އެގުނު ދުވަހުން ފެށިގެން ޝާމް އޭނައަށް ނަފްރަތު ކުރީ” އާދިލްސަރ އަހަރެންގެ އަޑަށް ވުރެއް ބާރަށް ހަޅޭލަވައިގަތެވެ. މީގެ ކުރިން އާދިލްސަރ އެގޮތަށް އަހަރެންނާއި ވާހަކަ ދައްކާފައެއް ނެތެވެ. އަހަރެންވެސް ހުރީ މެންޓަލީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެހެންކަމުން ވިސްނާނެ މާގިނަ އެއްޗެއް އަހަރެންގެ ސިކުނޑިއަކަށް ނުވަނެވެ. “ހުހް.. އަހަރެންގެ ހުރިހާ އެއްޗެއް ވިއްކާލި މީހަކަށް އަހަރެން ނަފްރަތު ނުކޮށް އޭނައަށް އަޅުކަން ކުރަންވީތަ” އަހަރެންވެސް ރުޅިއައެވެ. އާދިލްސަރއެއް ކަމަކު އަހަރެންނާއި އެގޮތަށް ވާހަކައެއް ނުދެއްކޭނެއެވެ. އޭނައަށް ހާނިމް ކުރި ކަންތައް ރަނގަޅަށް އެނގޭނެއެވެ. އެހެންކަމުން އަހަރެންނަށް އެނދުން ތެދުވެ އާދިލްސަރ އާއި ކުރިމަތި ލެވުނެވެ.
“ކަލެއަށް ރަނގަޅަށް އެނގޭނެ އެމީހާ އަހަރެން ވިއްކާލީކަން.. އަދި އަހަރެންގެ އާއިލާވެސް… އެވަރުންވެސް އަހަރެންވީ އެމީހާއަށް ބޮޑު ގަނޑުވަރެއް އަޅާދެންތަ… މިހުސްވެސް ކަލެއާއި ހެދި ވާކަންތައް… ހުޝާމްއަށް އެޓޭކް ކުރީވެސް ކަލޭމެން އަހަރެން ބުނި ގޮތް ނެހެދީމަ.. ރަނގަޅަށް އެނގޭނެ އެކަން.. އެކަމަކު ނޫން.. ކަލޭމެންގެ އަމިއްލަ މިސްޓޭކް ފާހަގަ ކޮށްފިނަމަ ކަލޭމެން ދައްވެދާނެ ތާ ދޯ” އަހަރެން ފިޔަވަޅެއް ކުރިއަށް އަޅަމުން ހަޅޭލަވައިގަތީމެވެ. “އިނަފް… ސްޓޮޕިޓް ޕްލީޒް.. ޖަސްޓް އިނަފް” އަހަރެންނާއި އާދިލްސަރ ބަލާލީ އެނދުގައި އިށީދެލައިގެން އިން ފާރިޝް ހަޅޭލަވައިގަތީމައެވެ. “ރިޔަލީ.. ސްޓޮޕިޓް..” ފާރިޝް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “އާ ޔޫ ކިޑްސް.. ފައިޓިން ލައިކް ވޮމެންސް.. އޯ މައި ގޯޑް” ފާރިޝް ހަޅޭލަވައިގަތެވެ. ހަގީގަތުގައިވެސް އޭނަ ހުރީ ރުޅި އައިސްފައެވެ. “ބައްދަލު ވުމަކަށް ކިޔަސް މިހާރު މިނޫން ކަމެއް ނޯވޭ.. އަބަދު ޒުވާބު.. އަބަދު.. އެކަކަށް ކުރެވިފައި ހުރި ކުށްތައް ދެއްކުން ނޫންކަމެއް ނުކުރޭ.. ކަމޯން ގައިސް… “ފާރިޝް އޭނަގެ ބޮލުގައި ހިފަހައްޓާލިއެވެ. “އަހަރެން މިއީ ކަލޭމެން ދެމީހުންނާއި އެކު މަސައްކަތް ކުރާ މީހެއް.. އަހަރުމެން އެންމެންނަށްވެސް މިސްޓޭކް ހެދިފައި ހުރީ.. ޝާމް.. ކަލޭތިއީ ރަނގަޅު ސިކުނޑިއެއް ލިބިފައިވާ މީހެއް.. އެކަމަކު އަބަދު ހިތަށް އެރި ގޮތަކަށް ކަންތައް ކުރަނީ.. އޯކޭ.. ޝާމް ބުނި ހުޝާމްއަށް ސެކިއުރިޓީ ދޭށޭ.. ޝާމްއަށް ހީވޭތަ އެކަހަލަ ކަމެއް އަހަރުމެން ނުބަލާ ދޫކޮށްލާނެއޭ.. ނޫން… އާދިލްސަރ ގޮސް ހުޝާމްއާއި ވާހަކަ ދެއްކި އެކަމާއި ބެހޭގޮތުން.. އަދި އަހަރެންވެސް ދިޔައިން.. އެކަމަކު ހުޝާމް އެކަމަކަށް އެއްބަހެއް ނުވި.. ދެން ކިހިނެއް އަހަރުމެން ހަދާނީ އެކަމުގައި..” އަހަރެންގެ ކޮނޑުގައި އަތްއަޅާ ކުޑަކޮށް ކޮށްޕާލަމުން ފާރިޝް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “އެންޑް އާދިލްސަރ.. އައި ރިޔަލީ ރެސްޕެކްޓް ފޮ ޔޫ.. އައި ރިޔަލީ ޑޫ.. ބަޓް ދެޓް ޑަޒަން މީން ޔޫ ކޭން ޑޫ އެނީތިން.. ޝާމްގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީ އާދިލްސަރއަށް… އެކަމަކު ނޫން.. ދުވަހަކުވެސް އޭނަގެ ފީލިންއަށް ރެސްޕެކްޓް ކުރުމެއް ނުއޮންނާނެ.. އަބަދު ރުޅި އަންނަ ކަހަލަ އެއްޗެހި ކިޔާނީ.. އައި އޭމް ރިޔަލީ ސޮރީ އެބައުޓް ޔުއަރ ފްރެންޑް ހާނިމްސަރ… އެކަމަކު އާދިލްސަރ އަށް ރަނގަޅަށް އެނގޭނެ ޝާމް އޭނަގެ ފުރާނަ ސަލާމަތް ކުރީކަން.. އެންޑް އައި އޭމް ސޮރީ ބަޓް ހީ އިޒް ޑާރޓީ” ފާރިޝް އާދިލްސަރ އާއި ދިމާލަށް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “އައި ޓޫ ޑިޑް މިސްޓޭކް.. އޯކޭ.. ފަސްޓް ވީ ހޭވް ޓު އެޑްމިންޓް އަވަރ މިސްޓޭކް އެންޑް ވީ ކޭން ސޯލް ދަ ކޭސް…” ފާރިޝް ބުނެލިއެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. އާދިލްސަރ ދުރަށް ޖެހިލާ އެތަނުގައި ހުރި ގޮޑިއެއްގައި ހިފަހައްޓާލިއެވެ. ހީވާގޮތުން އޭނަ އޭނަގެ ނަފްސު ކޮންޓްރޯލް ކުރަނީއެވެ.
“ޝާމް ހުޝާމްއެއް ދެން ނައަންނާނެ.. ސޯ އޭނަގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް… އާދިލްސަރ ހާނިމް އެހުރީ އެތެރޭގައި ބަންދުކުރެވިފައި…. ސޯ އޭނަގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.. މިހާރު ބޭރުގައި ތިބި މީހުންގެ ވާހަކަ ދައްކަމާ..” ފާރިޝްވެސް ހަމަޔަކަށް އެޅެލަމުން ވާހަކަ ދެއްކިއެވެ. “މާޒިން ކުރިން ދުވަހަކު ކިޔައިދިން ވާހަކަ ތަކުން ބައެއް ކަންތައްތައް އެއި މިހާރުވެސް ޑޭޓާގައި ހުރި ކަންތައް..މާޒިން ބުނި މީހުން ކުރިން ހައްޔަރު ކުރި.. އެކަމަކު އޭރު އެމީހުން ދޫކޮށްލީ އެމީހުންނާއި ދެކޮޅަށް ދައްކާނެ ހެކި ނެތީމަ.. އެކަމަކު މިހާރު އެމީހުން ހައްޔަރު ކުރަންވީ.. ” ފާރިޝް ބުނެލިއެވެ. “ނޫން އަދި އަވަސް.. އަހަރެން ބޭނުންވަނީ އަޔާޒް ހައްޔަރުކޮށްފަ އަދި ނިހާދު ހައްޔަރުކޮށްފަ ދެން އެމީހުން ހައްޔަރު ކުރަން.. އެހެންނޫނީ ވާނެ ފައިދާއެއް ނެތް” އަހަރެން ބުނެލީމެވެ. “ތި ލިސްޓަށް މާޒިންވެސް ލާން ޖެހޭނެ” އާދިލްސަރ ބުނެލިއެވެ. “ހީ ހެލްޕްޑް މީ އޯކޭ” އަހަރެން އަޑަށް ބާރު ލަމުން ބުނެލީމެވެ. “ހީ އިޒް ކްރިމިނަލް.. ހީ އޮންލީ ހެލްޕް ހިމް ސެލްފް” އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “އޯހޯ.. ސޯ ދިސް އިޒް އޯލް އެބައުޓް.. ޔުއަރ ޕިސްޑް ކޮޒް އައި އާސްކް ހިމް ފޮ ހެލްޕް” އަހަރެން ބުނެލީމެވެ. ފާރިޝް ދެފަރާތަށް ބޯހޫރާލިއެވެ. “އާ.. ޝާމްއަށް ނޭނގެތަ އެކަމުގެ ސަބަބުން މިޝަންއަށް ގެއްލުން ލިބިދާނެ ކަމެއް” އާދިލްސަރގެ އަޑު އަނެއްކާވެސް ބާރުވިއެވެ.
“އޭނައަކީ ތިހީކުރާ ކަހަލަ މީހެއް ނޫން.. އޭނަ އަހަރެންނަށް އެހީ ވެދިނީ ރައްޓެއްސެއްގެ ހައިސިއްޔަތުން… އެންޑް އައި ޓްރަސްޓް ހިމް” އަހަރެން ބުނީމެވެ. “ޓްރަސްޓް.. ޝާމްއަށް ރަނގަޅަށް އެނގޭނެ އެއީ ކިހާ ނުބައި ކަމެއްކަން.. ބަލަ އޭނައަކީ ގޭންގްއެއްގެ ބޮޑެކޭ.. ނުކުރާކަ ކަމެއް ނެތް.. އެމީހުންނަކީ ޓްރަސްޓް ކުރެވޭނެ ބައެއްނޫނޭ” އާދިލްސަރ ހަޅޭލަވައިގަތެވެ. “އޯ ރިޔަލީ.. ޔާ.. އެގޭތަ އަހަރެން ކުރިމިނަލް ނޫން މީހަކަށް ޓްރަސްޓް ކުރީމަ ވީގޮތެއް… އަހަރެންގެ އާއިލާ ޑޭންޖަރ އަކަށް ވެއްޓުނީ.. އެގޭތަ އަހަރެން ކްރިމިނަލްއަކަށް ޓްރަސްޓް ކުރީމަ ވީގޮތެއް.. އަހަރެންގެ ކޮއްކޮ އަހަރެންނަށް ސަލާމަތުން ހޯދުނީ.. އަހަރެން ގްރޫޕް މީހުން އަތުން އެތަށް ފަހަރަކު ސަލާމަތްވީ.. އެތަށް ގޮތަކަށް އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީ.. މިއަދު މާޒިން އަހަރެންގެ އެކުވެރިއެއް ގޮތަށް ނެންނަމަ އަހަރެން އޮންނާނީ މިތަނުގެ އަޑީގައި.. ހުޝާމް ކައިރީގައި” އަހަރެންވެސް ހަޅޭލަވައިގަތީމެވެ. “އޯކޭ އޭނައަށް ޓްރަސްޓް ކުރީމަ ޝާމާ ސަލާމަތް ވީ.. މިޝްކާއަށް ޓްރަސްޓްކޮށް އޭނައާއި އެކު އެކޮޓަރީގައި އުޅުނީމަ ކިހިނެއްވީ” އާދިލްސަރ ވަރަށް ބާރަށް ބުނެލިއެވެ. އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އާދިލްސަރ އާއި ދިމާލަށް ޖެހެގަނެވުނީ ބޭއިހްތިޔާރުގައެވެ. “ސްޓޮޕް” ފާރިޝް ވަރަށް ބާރަށް އަހަރެން ދުރަށް ކޮށްޕާލިއެވެ. “އަހަރެން ހީކުރީ ކަލޭމެންގެ ބޮލަށް ކޮންމެވެސް އެއްޗެއް އަހަރެންނަށް ވައްދާލެވެނެކަމަށް.. ބަޓް ނޫން.. ފޫނެއް ފަޔައް ފެން ފުރުން ނޫންކަމެއް އަހަރެންނަކަށް ނުކުރެވޭ.. ފައިން.. ކިލް އީޗް އަދާ.. އައި ރިޔަލީ ޑޯންޓް ކެއަރ” ފާރިޝް ހަޅޭލައިގަންނަމުން އެތަނުން ނިކުތެވެ. އަހަރެން އާދިލްސަރ އާއި ދިމާލަށް ބަލާލުމަށްފަހު އެތަނުން އަވަހަށް ނިކުތީމެވެ.
އަހަރެން ދުވެފައި ނިކުން އިރު ފާރިޝް އޭނަގެ ސައިކަލަށް އަރަނީއެވެ. “ފާރިޝް.. ފާރިޝް.. ވެއިޓް” އަހަރެން ދިޔަގޮތަށް ސައިކަލުގައި ހިފެހެއްޓީމެވެ. “ސޮރީ ރިޔަލީ” އަހަރެން މާފަށް އެދުނީމެވެ. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އެނގެއެވެ. “ސޮރީ ފާރިޝް.. އަހަރެން މިހުރީ ހުރިހާ ކަމަކާ ނުލާހިކު ކަޓާފަ.. އެންޑް އައި ޑޯންޓް ނޯ ވަޓް ޓު ޑޫ” އަހަރެން ބުނެލީމެވެ. “ދެން ޝައުޓް.. ލައިކް ހެލް.. އޭރުން ރަނގަޅުވާނީ” ފާރިޝް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “އައި އޭމް ސޮރީ” އަހަރެން މާފަށް އެދުނީމެވެ. ހަގީގަތުގަވެސް އަހަރެން އެވަގުތު އެކުވެރިއެއް ނުލާހިކު ބޭނުންވިއެވެ. “ޔާ ވަޓް އެވަރ… އަހަރެން މިގަޑީގައި ބޭނުންވަނީ އެކަނިވެލަން.. އައި ވިލް ކޯލް ޔޫ އޯކޭ” ފާރިޝް އިސްޖަހާލަމުން ފުންކޮށް ނޭވާއެއް ލުމަށްފަހު ބުނެލިއެވެ. އަދި ސައިކަލު ދުއްވާލިއެވެ. އަހަރެން ބަލަން ހުރީމެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަހަރެން ބަލާލި އިރު އާދިލްސަރ އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން އަޅާ ނުލާ ސައިކަލުގައި ނައްޓާލީމެވެ.
އަހަރެން ބޭނުންވީ ހިތަށް ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބޭނެ ކަމެއް ކުރާށެވެ. އެއްވެސް ކަމަކާއި ނުވިސްނާ އިށީދެލައިގެން އިންނާނެ ތަނަކަށް ދާށެވެ. އަހަރެން ސައިކަލު މަޑުކޮށްލީ ގޭކައިރިއަށެވެ. ގެއަށް ވަންނަމުން މަންމައަށް ގޮވާލީމެވެ. “ޝާމް.. ހާދަ އަވަހަކަށް ހޭލާ އުޅޭ ދުވަހެއް” މަންމަ ރޮށީފިހަން ހުރެފައި ބުނެލިއެވެ. “ޔާ.. މަންމަމެން ދެކިލާ ހިތުން” އަހަރެން މަންމަ ކައިރީގައި ގޮޑިއެއްގައި އިށީދެލީމެވެ. އެވަގުތު މަންމަ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހީލީމެވެ. “ކިހިނެއްވީ ދަރިފުޅާ… ބޮޑު ކަމެއްވީތަ އަނެއްކާ” މަންމަ ވަރަށް ލޯބިން އަހާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. މަންމަ އުދުން ނިންވާލުމަށްފަހު އަހަރެންނާއި ދިމާލަށް އެބުރުނެވެ. “ކިހިނެއްތަ ވީ.. ބުނެބަލަ މަންމަ ކައިރީގައި” މަންމައަށް އަހަރެންނަށް ކަމެއް ވެފައި އިންކަން ނަގައިގަނެވެ. ކިތައްމެ ފޮރުވަން އުޅުނަސް މަންމައަކަށް އެއްވެސް ކަމެއް ފޮރުވޭ ގޮތެއް ނުވިއެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. “ކޮއްކޮ ކޮބާ.. އަހަރެން ކޮއްކޮއާއި ވާހަކައެއް ދައްކާލަން ބޭނުން” އަހަރެން އަވަހަށް ބޭނުންވީ އެހެންކަމަކަށް މަންމަ އަބުރާލާށެވެ. “އަހަރެން މިހުރީ” ކޮއްކޮގެ އަޑު އިވިގެން ދިޔައީ އަހަރެންގެ ފުރަގަހުންނެވެ. އަހަރެން ބަލާލީމެވެ. ކޮއްކޮ ހިނިތުންވެލިއެވެ. “އަހަރެން ނުބުނަންތަ.. އެއްވެސް މީހެއް ކައިރީގައި އަހަރެން ވާހަކަ ނުދައްކާށޭކޭ ކޮއްކޯ… ކީއްވެ މަލް ކައިރީގައި ހުރިހާ ވާހަކައެއް ކީއް” އަހަރެން ބޭނުންވީ ކޮއްކޮ މަލިކާއަށް އެވާހަކަތަށް ކިޔައިދިން ސަބަބެއް ހޯދާށެވެ. “އަހަރެން ހުރިހާ ވާހަކައެއް ނުކިޔައިދެން… އެކަމަކު މަލް ކައިރީގައި އަހަރެން ބުނީ ދޮންބެއަކީ ގޯސް މީހެއް ނޫނޭ… ދޮންބެ ކުރާ ކަންތައްތަކަކީ މިއީ އޭ” ކޮއްކޮ ބުނެލިއެވެ. “ކޮއްކޮއަށް ރަނގަޅަށް އެނގޭނެ މިކަންތައް އެއްވެސް މީހަކަށް އެގިއްޖެނަމަ ރަނގަޅު ނުވާނެކަން” އަހަރެން ބުނީމެވެ. “އަހަރެން ބުނީމޭ އެހެންވެސް.. އެކަމަކު އޭނަ ދުލެއް ނުކުރި.. އޭނަ ދޮންބެ ދެކެ ވަރަށް ލޯބިވޭ އަދިވެސް” ކޮއްކޮ ބުނެލިއެވެ. އަހަރެން އެތަނުން ދެތުވީމެވެ. ގެއަށް އަހަރެން އައި ހަމަޖެހިލާށެވެ. ނަމަވެސް ފެއްޓުނު ވާހަކައެއްގެ ސަބަބުން އަނެއްކާ އަނެއް ބޮލުގަ ރިހުމެވެ. “އަހަރެން ދާން ޖެހިއްޖެ.. ޖަސްޓް ޓޭކް ކެއަރ އޮފް ޔޫ.. އެންޑް މަމް ޓޫ” އަހަރެން ކޮއްކޮ ގައިގައި ބައްދާލަމުން އެހެން ބުނެލީމެވެ. އަދި ގެއިން ނިކުތީމެވެ.
އަހަރެން ދާނެ މާގިނަ ތަނެއް މިބޮޑު މާލޭގައެއް ނެތެވެ. އެހެންކަމުން ދެން މިސްރާބު ޖެހީ ކޮޓަރިއާއި ދިމާލަށެވެ. އެކަނި އޮވެ ވިސްނާލަން ބޭނުންވެގެންނެވެ. އެހެންނޫނަސް އިތުރު ގޮތެއް އަހަރެންނަށް ނެތީއެވެ. އަހަރެން ސައިކަލު ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަނީމެވެ. އަހަރެންނަށް ކޮޓަރީގެ ތަޅު ހުޅުވާލުމާއި އެކު ހުއްޓުން އެރިއެވެ. “ވަޓް އާ ޔޫ ޑުއިން ނިހާދު” އަހަރެން އެހެން ބުނީ ކިތައްމެ ރުޅި އައިސްފައި ހުއްޓަސް ބުނީ މަޑުންނެވެ. އޭރު ނިހާދު އާއި އަދި އިތުރު ދެމީހަކު ކޮޓަރި ތެރޭގައި ތިއްބެވެ. އަހަރެންގެ އެއްޗެހި އަޅާ އަލަމާރީގައި ހުރި ހުރިހާ އެއްޗެއްވަނީ ކޮޓަރިތެރެއަށް އުކާލާފައެވެ. ހުރިއްޔާ ހުރި ކަބަޑެއްގައި ހުރި އެއްޗެއް ވަނީ ކޮޓަރިތެރޭގައެވެ. ނަސީބަކުން އެމީހުންނަށް އަދި ޓޫލްބޮކްސް އެއް ނުފެނެއެވެ. އޭރު ނިހާދު ހުރީ އައިސް އަލަމާރު ހުޅުވައިގެން ބިޔަރު ދަޅުތަކަށް ބަލަހައްޓައިގެންނެވެ. އަހަރެން ވަނުމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ހައި ޝާމް” އަހަރެންނަށް ހައި ޖަހާލިއެވެ. “ވަޓް އާ ޔޫ ޑުއިން އިން މައި ރޫމް” އަހަރެން ފިޔަވަޅެއް ކުރިއަށް އަޅަމުން އަހާލީމެވެ. “އޯހް.. އަދި ރުޅި އަންނާކަށް ނުވެއެއްނުން ދޯ.. އައި އޭމް ޖަސްޓް ވިޒިޓިން.. ޑޫ ޔޫ ވޯންޓް އަ ޑްރިންކް” އެހެން ބުނެލަމުން ފްރިޖް އިން ފޭކް ބިޔަރު ދަޅެއް ނަގާ ކަޑާލިއެވެ. އަދި ކޯވަރެއް އަނގަޔަށް އަޅާލުމަށްފަހު ބޭރަށް ބުރުވާލިއެވެ. “ސޯ ދިސް އިޒް ދެޓް.. ޔޫ ޔޫޒް އޯލް ދިސް” އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ވަޓް ޔޫ ވޯންޓް” އަހަރެން އަހާލީމެވެ.
“ކަމޯން ޝާމް.. ޔޫ ނޯ ވަޓް ވީ ވޯންޓް.. ވީ ވޯންޓް ޔޫ.. އަހަރުމެން ބޭނުންވަނީ ކަލޭ.. ހަމައެކަނި ކަލޭ.. ކަލޭ ހީކުރީ ކަލޭ ކުޅޭ ހުރިހާ ގޭމްއެއް ކުޅެންދެން އަހަރުމެން ތިބޭނެކަމަށްތަ.. ހިޔެއް ނުކުރަންދޯ ސަޗިން ދޫކޮއްލި އިރު އަހަރުމެންނަށް ދެން އޭނަ ފެނިދާނެ ކަމަށް… އެކަމަކު އަހަރުމެންގެ ސިކުނޑި މާމޮޅުވާނެ” ނިހާދު ބުނެލިއެވެ. “އެކަމެއް ނޭނގުނު.. އަހަރެން ކަލޭމެންގެ ތެރޭގައި ތިން އަހަރު އުޅުނު ކަލޭމެންނަށް ނޭގުނު އެއްވެސް އެއްޗެއް..” އަހަރެން ބުނީމެވެ. “ނޫން.. އަހަރުމެންނަށް ހުރިހާ އެއްޗެއް އެނގޭ.. އެކަމަކު އަހަރުމެން ބޭނުންވީ ކަލޭގެ އެންމެ ފަހުގެ ޕްލޭ އަކީ ކޮބާތޯ ބެލުން.. އެކަމަކު ދެން މިހާރު މާބޮޑަށް ބޯރިން ވާން ފަށައިފި.. ސޯ ވީ ޑިސައިޑް ޓު އެންޑް ދިސް” ނިހާދު ބުނެލިއެވެ. “ކަލޭމެންނަށް އަހަރެންނަކީ ކާކުކަން އެގިއްޖެނަމަ އެނގޭނެ ތިއީ ނުލާހިކު ކަޑަކަމެއްކަން.. އަހަރެން މަރުވެއްޖެނަމަ ކަލޭމެންނާއި ދިމާލަށް އެތަށް ބައެއް އަންނާނެ” އަހަރެން ބުނީމެވެ. “ޑޯންޓް ވޮރީ.. އެމީހުންނަށް ހެއްކެއް ނުފެންނާނެ.. ހެކި ފެނުނަސް ކޯޓުގައި އެތަށް ދުވަހެއް ވާނެ.. ގިނަ ދުވަސް ވާވަރަކަށް މީހުންގެ ހިތުން ޝާމްގެ ނަންވެސް ފުހެވިގެން ހިގައިދާނެ.. އަނެއްކޮޅުން އަހަރުމެންނަށް އެއްވެސް ހުކުމެއް ނައަންނާނެ.. އެވަރުގެ ފެންވަރެއް ނެތް މިތަނުގެ މީހުންގެ ގަޔަކު” ނިހާދު ބުނެލިއެވެ. “އެކަމަކު ކަލޭމެން އަހަރެން މަރާލައިފި ކަމަށް ވަންޏާމު.. ޕޮލިހުން ކަލޭމެން ދުލެއް ނުކުރާނެ” އަހަރެން ބުނެލީމެވެ. އެވަގުތު “އައި ޑޯންޓް ކެއަރ” އޭ ބުނެލީ އަހަރެންގެ ފަހަތުންނެވެ. އެހެންކަމުން އަހަރެން އެބުރެލީ އެއީ ކާކުތޯ ބެލުމަށެވެ. ނަމަވެސް އޭގެ ކުރިން އަހަރެންގެ ބޮލުގައި އެމީހަކު ވަރުގަދަ އެތިފަހަރެއް ހަރު އެއްޗަކުން ޖަހައިފިއެވެ. އަހަރެން އެތަނަށް ވެއްޓުމާއި އެކު ހުރިހާ މަންޒަރެއް ފުސްވިއެވެ. އަހަރެންނަށް ދެން ވީގޮތެއް ނޭނގުނެވެ.
ނުނިމޭ…
38 Comments!
Comments are closed.
mi baives hurihaa kudin nah kamudhaane kamah heekuran 🙂
Alhey shan ah dhera gotheh nuhadhahchey fantasy. Aneh bai kiyaa hithun hureveneekee noon. Plx upload soon
Shaam*
thnks maaya dear 🙂 shaam ah dhera gotheh hadhany nihaadh men neh nun dhoo 😛
Woowww v nyc mi part vex…enehkaa kaakuthr e shaam ge boluga jehy…adhil sir thr…awlhey next part v kiyaa hihvehje…fantasy plx next part miadhu genesdhybala…plx plx
sheynn kud koh hih varu kohlaa igey 😉 .. maadhan up koh dheynan.. v bodah thnks igey 🙂
alhe sham maruveetha…?eyna numarahchey…ekam vaahaka v reethi
thnks roony 🙂
Masha allah v furiham mi bives. V kiyaa hitun indhaa nimunee.
thnks nihad v bodah 🙂
Watt…. Sham ah kihineiy ehedhy:(… v kiyaa hithun hutta flus top eh thi jehy.. Anekka sham maraa nulahchey…. dhn vaany kihineiy tho v balaalaa hithun mihury.
Avahah nxt part up kohdhehchey.,.,
All the best fantasy:)
thnks shine dear v bodu koh 🙂
Masha Allah shaam a he yoga minvarkodhevaashi.aaaaameeeeen.fantasy,,,, mi vaahaka ya ufaaveri kame annaanee kon dhuvahakun mihaar hithuge balijehnkaariveje roiroi hithaamakkoko. …..he he he. …… v v reethi mipartves ane part v v avaskodechey
thnks ny v bodah 🙂
pls pls pls don’t kill him.
alhey sasha .. fantasy kurany keehtha dear 🙂
Awlheyy Shaam maraa nulahchey..
Plxxx..
Eyrun story v hadi vrne..
V salhi mi story..
thnks niha v bodah 🙂
Pls Shaam maraanulaa?.. fantasy is best?
thnks tulip bodu koh dear 🙂
Omg shaam ah dheragotheh nuhadhacchey fantasy plz.. vaahaka v reethi masha allah
.. konirakun next part up vaany..
naaz nihadh men dhoo shaam ah dhera gotheh hadhany 😛 fantasy kuraanee keeh dhoo 😉 thnks igey dear 🙂
I think maazin hen Sham ge boluga jehy.. V rythi????
thnks mee v bodu koh 🙂
i think dats farish…?n sham marei nuvaane…meega hurihaaves nubayakee hama farish…eyna j vegen eulhenee…?
V molhu visnun,, May b hama possible dhw
thnks ken v bodah 🙂
Sham ah gotheh nuhadhahchey plz plz,,,, sham maruvegen vaahaka nimen beynumehnoooon plz can’t wait for tomorrow’s part,, my favorite story
thnks reader v bodu koh 🙂
DUSTPIN aki koahcheh baa??????????? lol
duh..
Oh god plxxx shaam ah gotheh nuhadhaathi…i think ey e maazin dhw….vvvv reethi mi part….vv kiyaa hithun indha nimun goi nengun….waiting for next part…
woww this part is ALSO just amazing! 😀 and dhen Mishka ekuryy kyyttha 😮 !!! its horrifying… hehe ? dhen kaakuba shaam ge boluga e jehy.. pls shaam maru nukollacchey ingey Fantasy.. 😉 wait, shaam mareh nuvaane ehnu dhw, ei mi story mi ais othy shaam ge nazarun vyma.. o.O but really really realllllllyyy curious vejje dhen vaany KIHINEHbaaaaaaaa!! 😀 good luck fantasyy!
Mee kithah episode ge story eh tha fantasy?
Foohi foohi kamakaa noon vvvvvvvvvvvv foohi hadi story eh
Foohiyya nukiya bala :p
salhi … ekam story line gendhanee adhi emme salhi kosheH nUn… ekam ves salhi …
Vaa eh nuvaa eh neyge