
އަނިޔާ.. 25 ވަނަ ބައި
އެއްއަތް ވަނީ ބޮލާއި ދިމާލަށް މައްޗައް ވާގޮތަށެވެ. އެއަތުގައި ވެސް ވަޅިއެއް ކަހަލަ އެއްޗެއްގެ ތޫނުކަން ފެންނަން ހުއްޓެވެ. އަހަރެންނަށް އެތަނުގައި ކަކޫ ޖަހައިގެން އިށީދެވުނެވެ. އެވަގުތު ފާރިޝް އައިސް އަހަރެންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ހުޝާމް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އޮތްގޮތުން ހީވަނީ އެހީއަށް އެދި ގޮވާހެންނެވެ. އެދެލޮލުން ގަނެފައިވާ ބިރު އެތަށް ގުނައަކަށް ސިފަވެގެންދެއެވެ. ބުރަކައްޓަށް ދީފައިވާ އަނިޔާގެ އިތުރަށް ބޮލަށްވެސް ވަނީ އެތަނަށް އަނިޔާއެއް ދީފައެވެ. ހީވަނީ ބޮޑު ދަގަނޑު ގަނޑެއް ކަހަލަ އެއްޗަކުން ބޮލުގައި އެތަށް ފަހަރަކު ޖަހާފައި އޮތްހެންނެވެ. ބޮލުން ތިންތަނަކުން ވަނީ ފަޅައިގެން ގޮސްފައެވެ. އޭރުވެސް ހުޝާމްގެ މުޅިގައިން ލޭ އަންނަމުން ދިޔައެވެ.
އަހަރެންނަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. “ކޮން އިރަކު” ވަރަށް މަސައްކަތުން އަހަރެން ފާރިޝް ކައިރީގައި އަހާލީމެވެ. “ނޭނގެ އަސްލު ޓައިމް ބުނާކަށް” ފާރިޝް ބުނެލިއެވެ. އަހަރެން ދެލޯ ހުޅުވާ ހުޝާމްއާއި ދިމާލަށް ބަލާލީމެވެ. “ހިނގާ ބޭރަށް ދާން… އޭރުން ޓީމް މީހުންނަށް އެމީހުންގެ މަސައްކަތް ކުރެވޭނީ ޝާމް” ފާރިޝް އަހަރެންގެ ކޮނޑުގައި ހިފަހައްޓާލަމުން އެތަނުން ނަގަމުން ބުނެލިއެވެ. އަހަރެން މަޑުން ހުރީ އެތަނުން ނިކުވެންދެންނެވެ. ނިކުމެވުމާއި އެކު ފާރިޝްގެ އަތް ފޮޅާލާފައި ފާރިޝްއާއި ދުރަށް ޖެހުނީމެވެ.
އަހަރެން ހުރީ ވަރަށް ބޮޑަށް ދެރަވެފައެވެ. އަދި އެހާ ބޮޑަށް ރުޅިވެސް ގަދަވެފައެވެ. ހުޝާމްއަށް އެހެން ހެދީ ކީއްވެ ހެއްޔެވެ. ކާކު ހެއްޔެވެ.. އެކަން ކުރި މީހަކަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. “ޝާމް” އަހަރެންގެ ކޮނޑުގައި އަތްޖައްސާލަމުން ފާރިޝް ވަރަށް މަޑުން ގޮވާލިއެވެ. “މިއީ ކަލޭމެންގެ ސަބަބުން ވީ ކަންތައްތަކެކޭ” އަހަރެންނަށް ހަޅޭލަވައިގަނެވުނީ އެވަރެއް ބަލާފައެއް ނޫނެކެވެ. އެވަގުތު އެތަނަށް އެއްވެފައިވާ އެންމެންގެ ލޯ އަހަރުމެންނާއި ދިމާލަށް އަމާޒުވިއެވެ. “ޝާމް ޔޫ ނީޑް ޓު ކާމް ޑައުން” ފާރިޝް ވާހަކަ ދެއްކީ މަޑުންނެވެ. އަދި އަހަރެންގެ އަތުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް އޭނގެ ކުރިން އަހަރެން ފާރިޝްގެ އަތުގައި ހިފަހައްޓާފައި މަގުމައްޗަށް ވައްޓާލީމެވެ. އެމަންޒަރު އެތަނުގައި ތިބި ޕޮލިހުންނަށް ފެނުމާއި އެކު އަހަރެންނާއި ދިމާލަށް ދުވެފައި އައެވެ. އަދި އަހަރެންގެ ދެއަތުގައި ހިފާފައި ފާރިޝްއާއި ދުރަށް ޖެއްސިއެވެ. “އިޓް އޯކޭ… އިޓް އޯކޭ.. ލީވް ހިމް” ދުވެފައި އައި ޕޮލިހުން އަހަރެންގެ އަތުގައި ފަހަތުން ބިޑިއެޅުވިއެވެ. ފާރިޝް އެހެން ބުނުމާއި އެކު އެމީހުން ފާރިޝްއާއި ދިމާލަށް ބަލާލީ ހައިރާން ކަމާއި އެކުގައެވެ. “އަހަރެން މިބުނީނުން އޭނަ ދޫކޮށްލާށޭ” ފާރިޝް އޭނަގެ އަތުގައި ހިފަހައްޓާލަމުން ހަޅޭލައިގަތެވެ. ހީވާގޮތުން އަހަރެން އޭނަގެ އަތުގައި ހިފެހެއްޓި ގޮތުން ތަދުވީ ކަންނޭނގެއެވެ. އެގޮތަށް ހަޅޭލައިގަތުމާއި އެކު އަހަރެންގެ އަތުގައި ހިފަހައްޓައިގެން ތިބި މީހުން ދުރަށް ޖެހިލިއެވެ. އެމީހުން ދުރަށް ޖެހިލުމާއި އެކު ފާރިޝް އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ. އަދި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް އެތަނުގައި އޮތް ޕޮލިސް ކާރެއްގެ ދޮރު ހުޅުވާލުމަށްފަހު އަހަރެން އެތެރެއަށް ކޮއްޕާލިއެވެ. އެގޮތަށް ކަންތައްކުރުމުން އަހަރެން ފާރިޝް ރުޅިއައިސްފައިވާ ވަރު އެނގުނެވެ. އެހެންކަމުން އަހަރެން އިތުރަށް އެއްވެސް ކަމެއް ނުކުރަމެވެ. ފަހަތު ސީޓުގައި އިށީދެލައިގެން އަހަރެން އިނީ ބަސްއަހާ ކުއްޖެއް ފަދައިންނެވެ. ނަމަވެސް އަހަރެންނަށް ކުރެވެމުންދިޔައީ އެތެރެހަށީގައި އަލިފާން ރޯވެފައިވާ ކަހަލަ އިހްސާސްއެކެވެ. މީހާ އިނީ ދާހިއްލާ ފޯވެފައެވެ.
އިރުކޮޅަކު ބޭރުގައި މަޑުކޮށްލުމަށްފަހު ފާރިޝް އައިސް ކާރު ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައިރު އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އަހަރެން އިސްޖަހާލައިގެން އިނީމެވެ. އަހަރެން ފާރިޝްއަށް ބަލާލީ ކާރު މަޑުކޮށްލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާވެސް ނުލާ ކާރު މަޑުކޮށްލުމަށްފަހު ފައިބައިގެން އައިސް އަހަރެންގެ އަތުގައި ހިފާފައި ކާރުތެރެއިން ނެރުނެވެ. އަދި ކުރިމަތީގައި ފެންނަ ހުރި ގެސްޓް ހައުސްތެރެއަށް ވަދެގެން ދިޔައެވެ. އަހަރެން ގެންގޮސް ކޮޓަރިއަށް ލުމަށްފަހު ފާރިޝް ނިކުތެވެ. އަހަރެން އަތުގައި ބިޑިއަޅުވާފައި ހުރީ ފުރަގަހަށް ކަމުން އަހަރެންގެ އަތަށް ތަދުވަމުންދިޔައެވެ. އަހަރެން މަޑުމަޑުން އައިސް އެނދުގައި އިށީދެ ލޯ މަރާލީމެވެ. އެވަގުތު ލޯ ކުރިމަތިން ހުޝާމްގެ ހަށިގަނޑު ފެނިގެންދިޔައެވެ. ވަގުތުން އަހަރެންނަށް ލޯ ހުޅުވާލެވުނީ އެމަންޒަރު ބަލަން ކެތްނުވީމައެވެ. އިރުކޮޅެއްނުވެ ފާރިޝް އެތެރެއަށް އައެވެ. އަހަރެންގެ އަތުގައި އަޅުވާފައި އިން ބިޑި ނައްޓާލުމަށްފަހު އެނދު މައްޗަށް އެއްލާލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. ފާރިޝްގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. އަދި ހިތާމަވެރިކަންވެސް ފާޅުވަމުން ދިޔައެވެ. އަހަރެން އަނެއްކާވެސް އިސްޖަހާލީމެވެ. “ޝާމް މޮޔަވީތަ… އެގޮތަށް އަހަރެންނާއި ދިމާލަށް އަރައިގަތީމަ ރަނގަޅަށް އެނގޭނެ އެއީ ކުށެއްކަން… ޑީއުޓީގައި ހުންނަ ޕޮލިހެއްގައި ޖެހުން އެއީ ހުކުމެއް އަންނަ ވަރުގެ ކަމެކޭ” ފާރިޝް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “ހުޝާމް…. އެކަން ކުރި ބައެއް އެނގޭތަ” އަހަރެން ހަމައެގޮތަށް އިނދެ އަހާލީމެވެ. “އަދިވެސް އެކަމާތަ ތި ވިސްނަނީ… ބަލަ ބައިވަރު މީހުންތަކެއްގެ ކުރިމަތީގައޭ ޝާމް އަހަރެންގެ ގައިގައި ޖެހީ” ފާރިޝް ރުޅިވެރިކަމާއި އެކު އަނެއްކާވެސް ބުނެލިއެވެ. “އަހަރެން ޖަހަން ބޭނުންވެއްޖެނަމަ އަދިވެސް ޖަހާނަން.. އަހަރެންނަށް ހެޔޮ ކިތައްމެ ބަޔަކު ބަލަން ތިއްބަސް…” އަހަރެން ކުއްލިއަކަށް ތެދުވަމުން ފާރިޝް އާއި ކުރިމަތިލަމުން ބުނީމެވެ. ފާރިޝް ސިހިގެންދިޔައީ އަހަރެން އެހެން ބުނި ރާގުންނެވެ. “ތި ދެމީހުން ދެން ދެމީހުންގެ ކަރުގައި ހިފާނީއެއް ނޫން” އާދިލްސަރގެ އަޑަށް ދެމީހުންނަށްވެސް ބަލާލެވުނެވެ.
“ކާކު ކުރިކަމެއް އެއީ” އަހަރެން އާދިލްސަރ އާއި ދިމާލަށް ބަލާލަމުން އަހާލީމެވެ. “އައި އޭމް ސޮރީ އެބައުޓް ހުޝާމް” އާދިލްސަރގެ މޫނުމަތިންވެސް ފެންނަން ހުރީ ހިތާމަވެރިކަމެވެ. “ސޮރީ… ކޮންމެ ކަމެއް ކޮއްފަވެސް ކަލޭމެން ސޮރީއޭ ބުނީމަ ނިމުނީތަ… ކަލޭމެންނާއި ހެދި މިއަދު ހުޝާމްއެ މަރުވީ… އަހަރެން ނުބުނަންތަ ކަލޭމެން ކައިރީގައި މިގްރޫޕްގައި އޭނަ ނުހިމަނާށެކޭއެއް… އޭރުވެސް ބުނިން އެމީހުން ހުޝާމްއާއި ދިމާކުރާނެއޭ… އަހަރެން ނުބުނަންތަ ކަލޭމެން ކައިރީގައި އޭނައަށް ރަނގަޅަށް ސެކިއުރިޓީ ދޭށެކޭ… ނުބުނަންތަ… ބަލަ ކަލޭމެންނަށް ވުރެއް ބޮޑަށް މިއުޅޭ މީހުންގެ ގޮތް އަހަރެންނަށް އެގޭތީއޭ އޭރުވެސް ބުނީ..” އަހަރެން ހަޅޭލަވައިގަތީމެވެ. “ކަލޭމެން އޭނަ މަރާލީ.. ހަމަ ކަލޭމެން” އަހަރެން ވަރަށް ބާރަށް ބުނީމެވެ. “ޝާމް” “ކަލޭމެން އަހަރެންގެ ނަން ކިޔާނެ ކަމެއް ނެތް… އެންމެ ފަހަރަކުވެސް ކީއްތަވާނީ ކަލޭމެން އަހަރެން ބުނާގޮތެއް ހެދިއްޔާ… އޭރުވެސް އަހަރެން ބުނިން މިއީ ނުލާހިކު ޑެންޖަރަސް ކަމެކޭ.. އޭނަ މިކަމުގެ ތެރެއަށް ނުލާށޭ” އަހަރެން ފާރިޝްގެ ވާހަކަ މެދު ކަނޑާލަމުން އަނެއްކާވެސް އެބާރުމިނުގައި ބުނީމެވެ. “އޭނައަކީ ބޮޑުމީހެކޭ… އޭނައަށް އަމިއްލައަށް ޑީސިޝަން ނެގެންޖެހޭނެ ނޫންހޭ… އޭރުވެސް އޭނައަކީ އެމީހުންގެ ލިސްޓަށް އަރާފައިވާ މީހެއްވީމަ އަހަރެން އެހެންބުނީ” އަހަރެން ވާހަކަ ދެއްކީ އަހަރެންނަށް ވާހަކަ ދެއްކޭހާ އެންމެ ބާރަކަށެވެ.
އެވަރަށް އެގޮތަށް ވާހަކަ ދެއްކިއިރުވެސް އަހަރެން އައިސްފައިވާ ރުޅިގަނޑު މަޑުވާގޮތެއް ނުވެއެވެ. “މިހާރު ދެން އޭރުގެ ވާހަކަ ދައްކައިގެން ވާނެ ފައިދާއެއް ކޮބާ… ނިމިފައިވާ ކަމެއް ބަދަލެއް ނުކުރެވޭނެ… ދެން ކުރަންވީ ކަމަކީ ކުރިއަށް ކުރަން ހުރި ކަންތަކާއި މެދު ވިސްނަންވީ” އާދިލްސަރ ބުނެލިއެވެ. “ހުޝާމް މަރުވިތާ އަދި މިއުޅެނީ ފަސްގަޑިއިރު ނުވެގެން… އެކަމަކު ކަލެއަށް ވިސްނެނީ ކުރަން ހުރި ކަންތަކާއި ދޭތެރޭގައިތަ… ތިއީ ވަރަށް ހެއްވާ މީހެއް އިނގޭ” އަހަރެންނަށް އާދިލްސަރ އާއި ދިމާލަށް ފިޔަވަޅެއް އަޅާލެވުނެވެ. “އައި އެމް ސޮރީ އެބައުޓް ހުޝާމް… ރިޔަލީ.. ސޮރީ.. އަހަރުމެން އޭނައަށް ބަލަން ޖެހޭނެ… އޭނަ ސަލާމަތް ކުރަން ޖެހޭނެ.. އެކަމަކު” ފާރިޝް އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. އެވަގުތު އާދިލްސަރއަށް ފޯނެއް އައެވެ. އާދިލްސަރ ފޯނު ހިފައިގެން ބޭރަށް ދިޔައެވެ. “ޑޮކް ދެންމެ ގުޅީ… ހުޝާމްގެ ބޮޑީ ހޮސްޕިޓަލްއަށް ގެންގޮސްފި.. އަހަރެން މިދަނީ އެތަނަށް ދާން.. ފާރިޝްވެސް އިރުކޮޅަކުން އަންނާތި” ބޭރަށް ނިކުމެފައި ފޯނު ނިންމާލުމަށްފަހު ދޮރުން ބަލާލަމުން އެހެން ބުނެފައި ދިޔައެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ޖަސްޓް ލީވް މީ އެލޯން ޕްލީޒް” އަހަރެން ފާރިޝްއާއި ދިމާލަށް ބަލާވެސް ނުލާ އެހެން ބުނީމެވެ. އަދި އެނދުގައި އިށީދެލީމެވެ. “ޝާމް” “ޖަސްޓް ލީވް ޕްލީޒް..” ފާރިޝްގެ އެއްވެސް ވާހަކައެއް އަހަރެން އަޑު އަހާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އަނެއްކާވެސް އަހަރެން ބުނީމެވެ. “އެންމެ ރަނގަޅު.. އަހަރެން މިވަގުތު މިދަނީ.. ގުޅާނަން.. ފޯނު ނަގާތި” އެހެން ބުނުމަށްފަހު ފާރިޝް އެތަނުން ނިކުމެގެން ދިޔައެވެ. އަހަރެން ކޮޓަރީގައި އެކަނިވީއެވެ.
އަހަރެން ބޮލުގައި ދެއަތުން ހިފަހައްޓާލީ ވަރަށް ބާރަށެވެ. އިސްތަށިގަނޑު ހިފަހައްޓާލިލެއް ބާރުކަމުން ބޮލުގައި ހުރި ހުރިހާ އިސްތައްޓެއް އަތަށް ނައީ ކިރިޔާއެވެ. އަހަރެން ބޭނުންވީ އަހަރެންގެ ގައިގައި ހުރި ހުރިހާ މަހެއް ވަކިވަކިން ނައްޓާށެވެ. ހަމަގައިމުވެސް އޭރުންވެސް އެތެރޭގައި މިއަޅާވޭނަށް ވުރެއް ތަދު ކުޑަވާނެއެވެ. އަހަރެންގެ އެތެރެހަށި ހީވަނީ އަލިފާން ރޯވެފައި ހުރި ހެންނެވެ. މޭގައި ރިއްސަމުންދިޔައެވެ. ލަގޮނޑީގައި ރިއްސަމުން ދިޔައީ ކީއްވެ ކަމެއްވެސް ނޭނގެއެވެ. ހިތްމަތީގައި ހީވަނީ ބޮޑު ގާގަޑެއް ބާއްވާފައިވާ ހެންނެވެ. އެތެރެހަށީގައި އަދަމުންދިޔަ އަލިފާން ގަނޑު އެއްފަހަރަށް ވުރެއް އަނެއްފަހަރަށް ދިޔައީ ގަދަވަމުންނެވެ. އެގޮތަށް އަހަރެންނަށް އިނދެވުނީ ކިހާއިރެއްގައި ކަމެއްނޭނގެއެވެ.
އަހަރެން ބޮލުން އަތް ނައްޓާލީ ފޯނު ރިންގް ވާން ފެށީމައެވެ. “އާދެބަލަ އައި.ޖީ.އެމް.އެޗްއަށް” އަހަރެން ފޯނު ނެގުމާއި އެކު ފާރިޝް ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ފޯނު ބޭއްވުމަށްފަހު ހޮސްޕިޓަލްއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަހަރެން ދިޔައީ ހިނގާފައި ކަމުން އަހަރެންނަށް ހޮސްޕިޓަލްއަށް ދެވުނީ ވަރަށް ލަހުންނެވެ. އޭރު ފާރިޝް ހުރީ އަހަރެންގެ އިންތިޒާރުގައެވެ. “އާދޭ އެތެރެއަށް” އަހަރެން ފެނުމާއި އެކު ފާރިޝް ބުނެލިއެވެ. ފާރިޝް މަޑުހިގުމެއްގައި ހިގައިގަތީ ހޮސްޕިޓަލްގެ މީހުން މަރުވީމައި ބަހައްޓާފައި ތިބޭ ބަޔަށެވެ. އެއީ ބިންގަރާހުގައި ހުންނަ ބަޔެކެވެ. އެތަނުގައި ތިބި ސެކިއުރިޓީ ގާޑުންގެ ކިބައިން ފާރިޝް ސަލާމަތްވީ އޭނަގެ ޕޮލިސް ކާޑް ދައްކައިގެންނެވެ. އަހަރެން ވަނުމަށް ހުއްދަ ދިނީ ފާރިޝްގެ ފަހަތުން ދިޔައީމައެވެ. އަހަރެން ފާރިޝްގެ ފަހަތުން ބިންގަރާސް ބަޔަށް ފޭބީމެވެ. އެތަނުގައި ދެތިން ރޫމްއެއް ހުއްޓެވެ. ފާރިޝް އަހަރެން ގޮވައިގެން ވަނީ މީހުން މަރުވީމައި ބަހައްޓާފައި ތިބޭ ރޫމްއަށެވެ.
އެއީ އަހަރެން ދުވަހަކުވެސް ވަންނަން ބޭނުންވި ތަނެއް ނޫނެކެވެ. އަހަރެންނަކީ މިގޮތަށް އުޅުނަސް އެކަހަލަ ތަންނަތަނަށް މިބުނީ މަރުވެފައި ތިބޭ މީހުން ކައިރިއަށް ދާން ބިރުގަންނަ މީހެކެވެ. އަނެއްކާ އެތަނުގައި ބާއްވާފައި އޮތީ އެކެއް ނޫނެކެވެ. އެތަށް ބައެއް އެތަނުގައި ތިއްބެވެ. އޭރު އާދިލްސަރ ތަންކޮޅެއް ދުރުގައި އެނދެއް ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އަދި ޑޮކްޓަރ ކަމާލް އާއި އިތުރު ޑޮކްޓަރެއްވެސް އެތަނުގައި ހުއްޓެވެ. “ސޮރީ” އަހަރެން އެތަނުގައި މަޑުކޮށްލުމާއި އެކު ޑޮކްޓަރ ކަމާލް ބުނެލިއެވެ. އޭރު އެނދުމަތީގައި ބާއްވާފައި އޮތް ހުޝާމްގެ މޫނު ފިޔަވާ ގައިމަތީގައިވަނީ ހުދު ފޮތިގަނޑެއް އަޅާފައެވެ. ހުދުފޮތިގަނޑުގެ އެކިތަންތަނުން އޭރުވެސް ރަތްކުލައިގެ ނިޝާމް ފެންނަން ހުއްޓެވެ. މޫނު ފެންނަން އޮތް އިރު މޫނުވަނީ އެއްކޮށް ކަހަލައިން ނޮޅާލާފައެވެ. “ކޮންއިރަކު މަރުވީ” އާދިލްސަރ ސުވާލު ކުރިއެވެ. އަހަރެން ޑޮކްޓަރާއި ދިމާލަށް ބަލާލީމެވެ. “އަސްލު ޓައިމް ބުނާކަން ނޭނގެ.. ހީވަނީ ދެގަޑި ފަނަރަ އެހާ އިރާހެން…” އެތަނުގައި ހުރި ޑޮކްޓަރ ޖަވާބު ދިނެވެ. “ކިހިނެއް… އައި މީން.. ވަރަށް ލަހުންތަ” ފާރިޝް އޭނަގެ ސުވާލު އެއްކޮށެއް ނުކުރިއެވެ. “ބުނާކަށް ނޭނގެ.. އެކަމަކު އެނގޭ އެއްޗަކީ ފަހަތުން ބޮލަށް ދީފައިވާ އަނިޔާ އަކީ މަރުވިފަހުން ދީފައިވާ އަނިޔާކަން… އަދި ބުރަކައްޓަށްވެސް ދީފައިވާ އަނިޔާ އަކީ މަރުވިފަހުން ދީފައިވާ އަނިޔާ… އެކަމަކު މިއަނިޔާ އަކީ…” އެހެންބުނަމުން ޑޮކްޓަރ ހުޝާމްގެ ގައިމަތީގައި އޮތް ފޮތިގަނޑު ތިރިކޮށްލިއެވެ.
“މިއަނިޔާ އަކީ އޭގެ ކުރިން ދީފައިވާ އަނިޔާ…” އަހަރެންނަށް އަނގަމަތީ އަތްއަޅާލެވުނީ ލިބިފައިވާ އަނިޔާތަށް ރީއްޗަށް ފެނުނީމައެވެ. ބަނޑުގެ ކަނާތްފަރާތުންވަނީ ބޮޑުތަންގަނޑެއް ނެއްޓިފައެވެ. އަދި މޭމަތިން ވަނީ ދެތިން ތަނަކަށް ވަޅި ވަރަށް ފުންކޮށް ހަރާލާފައެވެ. ވާތްފަރާތުން ކޮނޑުގެ ކަށިގަނޑު ވަނީ ފެންނާށެވެ. އަހަރެންގެ ލޮލުން ކަރުނަހިލުނެވެ. “ހީވާގޮތުން މިތަނަށް އެންމެ ފުރަތަމަ ވަޅިހެރީ” މާމަތިން ތަނެއް ދައްކާލަމުން ޑޮކްޓަރ ބުނެލިއެވެ. އެވަގުތު ފާރިޝް ފޮތިގަނޑު ހުޝާމްގެ މޫނާއި އެއްކޮށް އަޅާލިއެވެ. “ޕޯސްޓްމޯޓަމް ހެދީމަ އެނގޭނީ އަސްލު ޓައިމް ބުނަން މަރުވި… އަދި ހަށިގަނޑުގެ އެތެރެއަށް ލިބިފައިވާ ގެއްލުންތަށް ބުނެދެންވެސް..” ޑޮކްޓަރ ބުނެލިއެވެ. “ނޫން… އިތުރަށް ހުޝާމްގެ ގައިން އެންމެ ތަންކޮޅެއްވެސް ކަޑައިގެން ނުވާނެ… އިތުރަކަށް.. ” އަހަރެންނަށް ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. އެހެންކަމުން އެތަނުގައި ތިބި އެންމެން އަހަރެންނާއި ދިމާލަށް ހައިރާން ކަމާއި އެކު ބަލާލިއެވެ. “ސޮރީ… އެކަމަކު ޕްލީޒް.. އަހަރެން ބޭނުމެއް ނުވޭ ހުޝާމްގެ ޕޯސްޓް މޯޓަމް ހަދާކަށް” އަހަރެން ބުނީމެވެ. “އޯކޭ.. އަހަރެންނަކަށް ނުފެނޭ” ފާރިޝް ބުނެލިއެވެ. އަދި އާދިލްސަރވެސް ބޯޖަހާލިއެވެ.
“އަހަރެން މިތަނުގައި ކުޑަވަގުތު ކޮޅަކަށް މަޑުކޮށްލަންތަ” އަހަރެން އެދުނީމެވެ. “ސޮރީ ފޮ ޔުއަރ ފްރެންޑް” ޑޮކްޓަރ އެހެން ބުނެލަމުން އެތަނުން ދިޔައެވެ. އާދިލްސަރ އަހަރެންގެ ކޮޑުގައި އަތްއަޅުވާލަމުން އެތަނުން ދިޔައެވެ. އަދި ކަމާލް އައިސް އަހަރެންނާއި ދިމާލަށް ބަލާލަމުން ސޮރީ އޭ މަޑުމަޑުން ބުނެލިއެވެ. ފާރިޝް އަހަރެންގެ ކޮނޑުގައި އަތްއަޅުވާލުމަށްފަހު އެތަނުން ނިކުތެވެ. މިހާރު އަހަރެންނާއި ހުޝާމް އެކަނިވީއެވެ. އެތަނުގައި މަރުވެފައިވާ ތިބި މީހުންނާއި އެކީގައެވެ. އަހަރެން މަޑުމަޑުން ހުޝާމްގެ މޫނުމަތިން ފޮތިގަނޑު ތިރިކޮށްލީމެވެ. “އައި އޭމް ސޮރީ ހުޝާމް.. ރިޔަލީ.. އައި ނޯ އައި ހޭވްޓް ޑޫ ސަމްތިން… ބަޓް.. އައި ނީޑް ޔުއަރ ހެލްޕް.. ޖަސްޓް ޓެލްމީ ހޫ ޑިޑް ދިސް ޓު ޔޫ.. ޕްލީޒް” އަހަރެން ހުޝާމްގެ ބޮލުގައި ފިރުމާލީމެވެ. އަހަރެން ލޮލުން މަޑުމަޑުން ކަރުނަ ހިލެން ފެށިއެވެ. އެހެންކަމުން އަހަރެން އެތަނުގައި މާގިނައިރެއް ވަންދެން ހުންނާކަށް ބޭނުމެއް ނުވިއެވެ. އަހަރެން ހުޝާމްގެ މޫނުމަތީގައި ފޮތިގަނޑު އެޅުމަށްފަހު ބޭރަށް ނިކުން އިރު ފާރިޝް އަހަރެންގެ އިންތިޒާރުގައި ބޭރުގައި ހުއްޓެވެ. “އައި އޭމް ސޯ ސޮރީ ޝާމް” އަހަރެން ފާރިޝްއާއި އަރާއި ހަމަވުމުން ބުނެލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީމެވެ. “އަހަރެން ބޭނުން މިކަން ކުރި މީހެއް އެނގެން” އަހަރެން ބުނީމެވެ. “އައި ވިލް ޓްރައި މައި ލެވެލް ބެސްޓް ޝާމް” ފާރިޝް ބުނެލިއެވެ. “އައި ނޯ” އަހަރެން އެހެން ބުނެލަމުން އެތަނުން ނިކުނަން ހިގައިގަތީމެވެ.
އަހަރެން ބޭނުންވީ ކުޑަވަގުތު ކޮޅަކަށް އަހަރެންގެ ހިތަށް އުފަލެއް ލިބޭތަނަކަށް ދާށެވެ. އެހެންކަމުން އަހަރެން މިސްރާބު ޖެހީ މިޝްކާގެ ގެއަށެވެ. ރޭގައި ވީ ކަންތަކާއި ބެހޭގޮތުންވެސް އަހަރެން މިޝްކާއާއި ވާހަކަ ދައްކަން ބޭނުންވިއެވެ. އަހަރެން ހަނދާން ކުރަން އުޅެއުޅެ ރޭގައި ވީ އެއްވެސް ކަމެއް ހަނދާނެއް ނުވިއެވެ. އަހަރެން އެހާ ދަށުދަރަޖައަށް ވެއްޓުނީ ހެއްޔެވެ. މިޝްކާއަކީ ކާކުކަން އެނގި ހުރެ އަހަރެން އެކަހަލަ ގުޅުމެއް މިޝްކާއާއި ބޭއްވީ ހެއްޔެވެ. އަހަރެން މިޝްކާ އުޅޭ އެޕާޓްމެންޓްއަށް ދިޔައިރު ދޮރު ހުރީ ހުޅުވާފައެވެ. އެހެންކަމުން އަހަރެން މަޑުމަޑުން ދޮރުހުޅުވާލުމަށްފަހު އެތެރެއަށްވަނީމެވެ. ނަމަވެސް ކުރިއަށް އަޅަން ނެގި ފިޔަވަޅު ހުއްޓުން އެރީ މިޝްކާގެ އަޑަށެވެ. މިޝްކާ އިނީ ސޯފާގައި ދޮރަށް ފުރަގަސްވާގޮތަށް އިށީދެގެން ފޯނުން މީހަކާއި ވާހަކަ ދައްކާށެވެ. “ނޫން އެއްވެސް ކަމެއް ނޭނގޭނެ އޭނައަކަށް… ހުރިހާ ކަމެއްވެސް ދިޔައީ ޕްލޭންއާއި އެއްގޮތަށް” މިޝްކާ ވާހަކަ ދެއްކީ ފޯރިއާއި އެކުގައެވެ. “ނޫން.. އޭނައަކަށް ނެނގޭނެއޭ… އަސްލުވެސް… އަހަރެން ހުރިހާ ކަމެއްކުރީ…” ހެމުން މިޝްކާ ވާހަކަ ދެއްކިއެވެ. އަހަރެންނަށް މިޝްކާ ވާހަކަ ދައްކަމުން ދިޔައީ އަހަރެންނާއި ބެހޭގޮތުންކަން ނަގައިގަނެވެ. “ކަމޯން.. މޯޑްއަށްވެސް އެނގޭ… ދޮންބެ ނުބުންޏަސް އަހަރެން އޭނަ މިގެއަށް ގެންނަން ބޭނުންވާ ވަރު” މިޝްކާ ބުނެލިއެވެ. “ނޫން… ދޮންބެ ބުނީ އޭނަ ވިއްޔާ އޭނައޯ… އެހެންނޫނީ އޭނަގެ ދުވަސްވެސް ދުއްވާލާނަމޯ” މިޝްކާ ވާހަކަ ދައްކަމުން ދިޔައެވެ. “އާ މޯޑް ދިން ޑްރަގް ވަރަށް ރަނގަޅު… ވަރަށް އަވަހަށް ވޯކް ކޮށްފި..ހަމަ ދިންތަނާ ވަރަށް އަވަހަށް އޭނައަށް ނިދިއްޖެ…” އަހަރެންނަށް މިޝްކާގެ ކޮންމެ ޖުމްލައެއް އަޑުއިވެމުންދިޔައީ ހޮނު ގުގުރީގެ ސިފައިގައެވެ. އަހަރެންނަށް ދޮރުގެ ތަޅުގައި ވަރަށް ބާރަށް ހިފަހައްޓާލެވުނެވެ. އެންމެ ފަހުން ބުނި ޖުމްލައަކާއި އެކު އަހަރެންނަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ދޮރު އަތުގައި ހުރި ބާރެއް ލާފައި ޖަހައިފީމެވެ. އެއަޑަށް ސިހިގެން ގޮސްފައި މިޝްކާ ބަލާލިއެވެ.
އަހަރެން ފެނުމާއި އެކު މިޝްކާއަށް ހީވީ ބޮޑު ފުރޭތައެއް ފެނުނު ހެންނެވެ. ސިހިގެން ދިޔައީ އެހާ ބޮޑަށެވެ. ފޯނު ކަޑާލުމަށްފަހު ސޯފާ މައްޗަށް އެއްލާލިއެވެ. “ޔޫ ޑްރަގްޑް މީ” އަހަރެން މިޝްކާއާއި ދިމާލަށް ފިޔަވަޅެއް އަޅަމުން ރުޅިވެރިކަމާއި އެކު ބުނީމެވެ. “ވައި” އަހަރެން އަހާލީމެވެ. މިޝްކާ އެއްވެސް އެއްޗެއް ނުބުނެ ބިރުވެރި އެއްޗަކާއި ދިމާލަށް ބަލާހެން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “އަހަރެން މިއަހަނީ ކީއްވެހޭ… ވައި މިޝްކާ” އަހަރެން ހަޅޭލަވައިގަތީމެވެ. އެވަގުތު މިޝްކާ ސިހިގެން ގޮސް ސޯފާ މައްޗަށް ވެއްޓުނެވެ. “އަހަރެންނަށް އިތުރު ގޮތެއް ނެތީ… އައި އޭމް ސޮރީ” މިޝްކާ އަވަހަށް ކަމާއި އެކު ބުނެލިއެވެ. “ކޮންކަމަކަށް…” އަހަރެން މިޝްކާއާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުނީމެވެ. “މިޝްކާ… އަހަރެން ކުރާ ސުވާލަށް ޖަވާބު ދީ… އެހެންނޫނީ ހަމަތެދެއް މިބުނަނީ.. މަގޭ އަތުން އަނިޔާއެއް ވެދާނެ” އަހަރެން ކިތައްމެ ހިތްވަރު ކުރިޔަސް އަހަރެންނަށްވެސް ރުޅި ކޮންޓްރޯލް ކުރެވޭނީ ވަކިވަރަކަށެވެ. އަހަރެންގެ އަތުން އެއްވެސް މީހަކަށް އަނިޔާއެއް ވާކަށް އަހަރެން ބޭނުމެއް ނޫނެކެވެ. އަދި އަމުދުން އަންހެނަކަށް އަނިޔާއެއް ވާކަށް ބޭނުމެއް ނޫކެވެ. “ދޮންބެ ބުނީ” މިޝްކާ ބިރުން ހުރެ ވާހަކަ ދެއްކިއެވެ. “އަޔާޒް ބުނީ ކީކޭ..” އަހަރެން ރުޅިވެރިކަމާއި އެކު އެހީމެވެ. “އައި އޭމް ސޮރީ ޝާމް.. ރިޔަލީ.. ޖަސްޓް” މިޝްކާ ތެދުވެ އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެވަގުތު އަހަރެންގެ އަތުން އެކަން މަނާ ކުރީމެވެ. “އަޔާޒް ބުނީ ކީކޭ” އަހަރެން އަނެއްކާވެސް އެހީމެވެ. “އޭނަ ހުރީ ޝާމްދެކެ ރުޅިއައިސްފައި… ޝާމްގެ ސަބަބުން ރޭގައި ގްރޫޕް ދެމީހުން ހައްޔަރުވީމަ.. ” މިޝްކާ ވާހަކަ ދެއްކިއެވެ. “އޭނަ ބުނީ ކީކޭ” އަހަރެން އަނެއްކާވެސް އެހީމެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ.
“އޭނަ ބުނީ ޝާމްގެ ދުވަސް ދުއްވާލާނަމޯ… އަހަރެން ވަރަށް އާދޭސްކޮށްގެން އޭނަ އެކަންތައް ހުއްޓާލީ.. އެކަމަކު އޭނަ ބޭނުންވީ ޝާމްގެ ކިބައިން ބަދަލު ހިފަން.. އެހެންވެ އޭނަ ދިޔައީ ޝާމްގެ” “ހުޝާމް ކައިރިއަށް” އަހަރެން މިޝްކާގެ ޖުމްލަ ފުރިހަމަ ކުރީމެވެ. “އަޔާޒްތަ އަހަރެންގެ އެކުވެރިޔާ މަރައިލީ” އަހަރެން ރުޅިވެރިކަމާއި އެކު ބުނީމެވެ. “ޝާމް އަސްލު އެއީ ޝާމްގެ މައްސަލައޭ.. ކީއްކުރަންތަ ޕޮލިހަށް އެމީހުންގެ ނަންތަށް ދޭންވީ.. ޝާމްއަށް މަޑުން ހުރެވޭނެދޯ” މިޝްކާ ބުނެލިއެވެ. އަހަރެން މިޝްކާއާއި ދިމާލަށް ބަލާލީމެވެ. “ވައި ޑިޑް ޔޫ ޑްރަގް މީ” އަހަރެން އަހާލީމެވެ. “އަހަރެންނަށް އެނގޭ ޝާމް އެގެއަށް ކޮންމެ ރެއަކު ދާކަށް… އެހެންވެ.. ދޮންބެ ބުނީ ޝާމް އެގެއަށް ގޮސްފިނަމަ ޝާމްގެ ދުވަސް ދުއްވާލަމޯ… އެހެންވެ އަހަރެން ޝާމް މިތަނުގައި ހިފަހައްޓަން ބޭނުންވާތީ… ޕްލީޒް ޝާމް… ޑޯންޑް ބީ މޭޑް” މިޝްކާ އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ. “ޑޯންޑް ބީ މޭޑް… ހައު ކޭން އައި ބީ މޭޑް… ބިކޯޒް ޔޫ ކިލް މައި ފްރެންޑް” އަހަރެން ހަޅޭލައިގަތީމެވެ. “ކަލެއާއި ހެދި އަހަރެންގެ އެކުވެރިޔާ މަރުވީ… އެކަން ކަލެއަށް ނޭނގޭތަ” އަހަރެން ވާހަކަ ދެއްކީ ވަރަށް ބާރަށެވެ. “ޕްލީޒް ޝާމް.. އަހަރެން ބޭނުންވީ ޝާމް ސަލާމަތް ކުރަން.. ޕްލީޒް…” މިޝްކާ ބުނެލިއެވެ. “އެހެންވެ އަހަރެންގެ އެކުވެރިޔާ މަރާލީ” އަހަރެން އަނެއްކާވެސް އެހެން ބުނީމެވެ. “އަހަރެން އެއްވެސް މީހެއް މަރައެއް ނުލަން.. އެކަމަކު ޝާމްގެ ފުރާނަ ސަލާމަތްކޮށްދިނީ” މިޝްކާ ވާހަކަ ދެއްކި ގޮތުން ހީވަނީ އޭނައަށް އެކުރެވުނީ ވަރަށް މޮޅު ކަމެއް ހެންނެވެ.
“އަހަރެންގެ ފުރާނަ ސަލާމަތް ކުރަން އަހަރެންގެ އެކުވެރިއެކޭ އެމަރުވީ.. އެއީތަ އަހަރެންގެ ފުރާނަ ސަލާމަތް ކުރާ ގޮތަކީ.. އަހަރެންގެ އެކުވެރިން މަރުވެގެންތަ.. ތިގޮތަށް އަހަރެންގެ ފުރާނަ ސަލާމަތް ނުކުރިއްޔާ ރަނގަޅީ” އަހަރެން މިޝްކާއަށް ފުރަގަސް ދިނީމެވެ. ހަގީގަތުގައިވެސް އަހަރެން މިޝްކާ ދެކެ ވަރަށް ރުޅި އައިސްފިއެވެ. އަހަރެންގެ ފުރާނަ ސަލާމަތް ކުރާށޭ ކިޔާފަ އޭނަ އެކުރި ކަމެއްގެ ސަބަބުން އަހަރެންނަށް އަހަރެންގެ އެކުވެރިޔާ ސަލާމަތްވެސް ނުކުރެވުނީއެވެ. “ރޭގަ ކަލޭ އަހަރެން ޑްރަގްދީފަ އަދި އަހަރެންގެ ބޭނުންވެސް ހިފީ” އަހަރެންގެ ރުޅި އިތުރަށް ގަދަވީ ރޭގައި އަހަރެންނަށް ހޭލެވުނު އިރު ކަންތައް ވެފައިވާ ގޮތް އަހަރެންގެ ހިތަށް އެރުމުންނެވެ. އެހެންކަމުން އަނެއްކާވެސް މިޝްކާއާއި ދިމާލަށް އެބުރުނީމެވެ. “ކަލޭ ހީކުރީ އަހަރެން މީ އަންހެނެއް ކަމަށްތަ.. ކަލޭގެ ބާރުގެ ތަށަށް ގެނެސްފަ ކަލޭ ބޭނުން ގޮތެއް ހަދަން.. އަހަރެން ހަމައިގަ ހުއްޓާ އެއްވެސް ކަމެއް ނުކުރެވޭނެތީ ދޯ ޔޫ ޑްރަގްޑް މީ” އަހަރެން ރުޅިވެރިކަމާއި އެކު މިޝްކާއި ދިމާލަށް ފިޔަވަޅެއް އަޅާލީމެވެ. މިޝްކާ ފަހަތަށް ފިޔަވަޅެއް އަޅާލީ އަހަރެން އައިސްފައިވާ ރުޅި ފެނުމުން ކަންނޭނގެއެވެ. “ކަލެއަށް އެއްފަހަރު ނޫނެކޭ ބުނީމަ ނޭނގޭތަ އެކަން ގަބޫލު ކުރާނަށް… ކަލޭ ބޭނުންވަނީ އަހަރެންގެ ކިބައިން އުފާ ހޯދާކަށްނުން” އަހަރެން މިޝްކާ އާއި ކައިރިވަމުން ދިޔައީމެވެ. މިޝްކާ އަހަރެން އޭނަ ކައިރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް ފަހަތަށް އަޅައެވެ. އޭނަގެ މޫނުމަތިން ބިރުވެރިކަން ފާޅުވަމުން ދިޔައެވެ. އަހަރެން ހުރީ ނުލާހިކު ރުޅިގަދަ ވެފައެވެ. ބޭނުންވީ މިޝްކާ ދުވަހަކުވެސް ހިތުން ނުފިލާވަރުގެ އެއްޗެއް ދޭށެވެ.
އެހެންކަމުން އޭނަގެ ކައިރިއަށް ފިޔަވަޅު އަޅަމުން ދިޔައީމެވެ. މިޝްކާ ފަހަތަށް ޖެހުމުން ގޮސް ސޯފާގައި ޖެހުނެވެ. އެހެންކަމުން އޭނައަކަށް އިތުރަށް ފަހަތަށް ޖެހެވޭކަށް ނެތެވެ. “ޝާމް.. ޕްލީޒް… ސޮރީ.. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ” މިޝްކާ ބިރުން ހުރެ ވާހަކަ ދެއްކިއެވެ. ނަމަވެސް އަހަރެން ހުރީ މިޝްކާގެ ވާހަކަތަށް އަޑުއަހާ ހިތަކުން ނޫނެކެވެ. އަހަރެން ބޭނުންވީ އެތެރޭގައި އަދަމުންދިޔަ ރުޅިގަނޑުގެ ހޫނުން މިޝްކާ ފިއްސާލާށެވެ. އިތުރު އެއްވެސް އެއްޗެއް އަހަރެންނަށް އޭރު ނުވެސް ވިސްނެއެވެ. އަހަރެން މިޝްކާއާއި ކައިރިއަށް ޖެހިލަމުން މިޝްކާގެ ގޮނޑުގައި އަތްއަޅާގައި ސޯފާ މައްޗަށް ވައްޓާލީމެވެ. އެވަގުތު މިޝްކާގެ އަނގައިން އާހެއް ނިކުތެވެ. އަހަރެން ވިސްނުމެއް ނެތި މިޝްކާގެ ގައިމައްޗަށް ވެއްޓެގަތީމެވެ. އަދި ދެއަތް މައްޗަށް ވާގޮތަށް އަހަރެންގެ ބާރުގަދަ އަތުން ހިފަހެއްޓީމެވެ. އަދި އަހަރެންގެ އަނެއް އަތުން މިޝްކާގެ ހަށިގަނޑު ވަށާ ވަރަށް ބާރަށް ހިފެހެއްޓީމެވެ. “ކިހިނެއްވީ.. މިއީނުން މިޝްކާ އަބަދުވެސް ބޭނުންވާ ގޮތަކީ” އަހަރެން ވަރަށް މަޑުން ނަމަވެސް ރުޅިވެރިކަމާއި އެކު ބުނީމެވެ. މިޝްކާ އޮތީ ގުޑިލަންވެސް ނޭނގިފައެވެ. ނޫނީ އޭނައަށް ގުޑިވެސް ނުލެވުނީއެވެ. އަހަރެން އޮތީ އޭނަގެ ގައިގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. މިޝްކާގެ މޫނުމަތިން ބިރުގަނެގައިވާ ވަރު އަހަރެންނަށް އިހްސާސް ކުރެވުނެވެ. “ޕް..ލީ..ޒް… ޝާމް” މިޝްކާއަށް ވާހަކަ ދެއްކުނީވެސް ވަރަށް އުދަގުލުންނެވެ. އަހަރެން ހިނިތުންވެލީމެވެ.
“ކިހިނެއްވީތަ މިހާރު.. މިއީނުން އަބަދުވެސް މިޝްކާ ބޭނުންވާ ކަމަކީ… އަނެއްކާ ރޭގައިވެސް މިޝްކާ ކުރި ކަމަކީ މިއީނުން… އޯހް.. ސޮރީ.. އައި ވޯސް އަންކޮންޝިއަސް ދޯ” މަލާމާތް ކުރުމުގެ ގޮތުން އަހަރެން ބުނެލީމެވެ. މިޝްކާގެ ދެލޯ ކަރުނުން ފުރުނެވެ. އަހަރެންގެ ހިތަށް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. “އެއްޗެހި ލައިގެން އޮންނަން އުދަގޫވަނީތަ ދޫންޏާ.. ހެދުން ބައިލަން ވީނުން” އަހަރެން އަތުން މިޝްކާ ލައިގެން އޮތް ކުޑަ ޓީޝާޓްކޮޅު ކުޑަކޮށް މައްޗަށް އަރުވާލީމެވެ. އެވަގުތު މިޝްކާ ވަރަށް ބޮޑަށް ތެޅިގަތެވެ. “ކޮބާތަ މައްސަލައަކީ.. އަހަރެންނަށް ނުފެންނަ އެއްޗެއް އޮތީތަ.. ރޭގަ އަހަރެން ކައިރީގައި އޮތީ އެއްޗެއް ނުލައެއް ނޫންތަ” އަހަރެން ބުނެލީމެވެ. “ސޮރީއޭ.. ޕްލީޒް… ރޭގަ އެގޮތަށް ކަންތައް ކުރެވުނީ.. އަހަރެންނަށް މާފު ކުރޭ..” މިޝްކާއަށް ރަނގަޅަށް ރޮވުނެވެ. ވެދާނެއެވެ. މީގެ ކުރިން އަހަރެންގެ މިސިފަ އޭނައަށް ފެނިފައިނުވާތީ މާބޮޑަށް ބިރުގަތީއެވެ. އަހަރެން އެކަމަކާ އަޅައެއް ނުލައެވެ. ނަމަވެސް މިޝްކާގެ އަތުގައި ހިފުނުހާ ބާރެއް ލާފައި ހިފެހެއްޓީމެވެ. “ސޮރީ.. ރިޔަލީ.. މީހަކަށް ޑްރަގް ދީގެން ސެކްސް ހިންގާފަ ސޮރީ އޭ ބުނީމަ ނިމުނީތަ” އަހަރެން ބުނީ ތަންކޮޅެއް ބާރަށެވެ. އަހަރެން އެންމެ ރުޅި އައީ އެހެންވެގެންނެވެ. މިޝްކާގެ އުޅުމެއް ނެތްކަން އަހަރެންނަށް އަބަދުވެސް އެނގެއެވެ. އެކަމަކު އޭނަ އެހާ ހަޔާތްކުޑަކަމެއް ކޮށްފާނެ ކަމަށް އަހަރެން ހިޔެއް ނުކުރަމެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އަހަރެންގެ ހިތްވެސް އެނުލަފާ ކަންތަކަށް އެދުނެވެ. ނަމަވެސް މިހާރު އަހަރެން ބޭނުންވަނީ މިޝްކާގެ ކިބައިން ބަދަލު ހިފާށެވެ. އަހަރެންނަށް ރޭގައި އެހެން ހެދީމައެވެ. އަޔާޒްގެ ހުރިހާ ކަމަށެވެ. މިއަދު އަހަރެންގެ ހިތުގައި ހުރި ހުރިހާ ރުޅިއެއް މިޝްކާއަށް ބާލަން ބޭނުންވިއެވެ.
“ނުވޭ އެއްވެސް ކަމެއް.. ރޭގަ ނުވޭ..ޕްލީޒް… ޝާމްއަށް ޖޫސްތަށި ދިނުމާއި އެކު ނިދީ.. އަހަރެން ޝާމްގައިގަ އަތްވެސް ނުލަން.. އެކަމް އަހަރެން ބޭނުންވީ ޝާމް ކައިރީގައި ނިދާލަން.. ސޮރީ.. އެހެންވެ އަހަރެންނަށް” މިޝްކާގެ ލޮލުން ކަރުނަ މަޑުމަޑުން އޮހެރެން ފެށިއެވެ. “އެހެންވެ ކަލޭ އޮރިޔާމުން އޮތީ” އަހަރެން ހަޅޭލަވައިގަތީމެވެ. “ސޮރީ.. އެއީ މިސްޓޭކެއް.. އެކަމަކު އަހަރެން ހީކުރީ ޝާމްއަށް… މައްސަލައަކަށް… ނުވާނެކަމަށް” މިޝްކާ ރޮމުން ވާހަކަ ދެއްކިއެވެ. އަހަރެން މިޝްކާގެ މޫނަށް ބަލާލީމެވެ. “ތިބުނީ” އަހަރެން އަހާލީމެވެ. “ޝާމް ލޯބި ވާކަމަށް ހީކުރީ.. އެހެންވެ” “ލޯބި..ކާކު ދެކެ” އަހަރެން މިޝްކާގެ ޖުމްލަ މެދު ކަނޑާލަމުން އަހާލީމެވެ. “އަ…ހަ..ރެ” “ކަލޭދެކެ” މިޝްކާ އެހެން ބުނެ ނުނިމެނީސް އަހަރެން ބުނީމެވެ. އަދި ކުއްލިއަކަށް މިޝްކާގެ ގައިމަތިން ތެދުވީމެވެ. “ހަހަހަހަ…މަ ކަލޭދެކެ” އަހަރެން ވަރަށް ބާރަށް ހޭންފެށީމެވެ. މިޝްކާގެ މޫނުމަތިން ކުޑަވަގުތުކޮޅަށް ހައިރާންކަށް ފާޅުވިއެވެ. “ކަލޭކަހަލަ މީހެއްދެކެ.. މަ ލޯބިވާނެތަ” އަހަރެން ސޯފާއާއި ދުރަށް ޖެހިލަމުން ބުނެލީމެވެ. “ހަހަހަހަ…. އަހަރެން ހަމަ ހައިރާން ވެއްޖެ ތިގޮތަށް މިޝްކާއަށް ވިސްނުނީތީވެސް… ބަލަ ކަލޭ ކައިރީގައި އަހަރެން އެންމެ ފުރަތަމަ ދުވަހު ނުބުނަންތަ އަހަރެން ލޯބިވާ މީހަކު ހުރެއެކޭ..” އަހަރެން ހެމުން ވާހަކަ ދެއްކީމެވެ. މިޝްކާ އެއޮތްގޮތަށް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އޮތީ ގަބޫލު ނުކުރެވިގެންނެވެ. “ކަލޭކަހަލަ ގޮތްކުޑަ މީހެއް ދެކެ އަހަރެން ލޯބި ވާނެއޭ ކަލޭއަށް ހީވީތީވެސް އަހަރެން ހައިރާން ވެއްޖެ… ތިކަހަލަ ގޮތްކުޑަ އަންހެނެއް އަހަރެން ދުވަހަކުވެސް މީގެ ކުރިން ނުދެކެން” އަހަރެންނަށް ކިޔުނު އެއްޗެއް ކިޔަމުން ދިޔައީމެވެ.
“އަހަރެން ކަލޭދެކެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނަފްރަތު ކުރެވުނެ.. ކަލެއަށް ހީވީތަ ކަލެއަށް އަހަރެން އިމޯޝަނަލީ ބްލެކްމެއިލް ކުރެވޭނެއޭ… ނޫނީ ފަސޭހައިން މެނިޕިއުލޭޓް ކުރެވޭނެއޭ…” އަހަރެން ވާހަކަ ދެއްކީ މަލާމާތް ކުރާގޮތަށެވެ. “އެހެން ކަލޭގެ ހިތަށް އެރިނަމަ އެއީ ކަލޭގެ ސިކުނޑިއެއް ނެތްކަން…. އަހަރެން ކަލެއަށް އެހީވާން ބޭނުންވީ ތިއީ އަހަރެންގެ އެކުވެރިއަކަށް ހެދިދާނެ ކަމަށް އަހަރެންގެ ސިކުނޑިން ކުޑަކުޑަ ތަންކޮޅަކުން ބުނީމަ.. ނަމަވެސް މިހާރު އެއީ އަހަރެންނަށް ހެދުނު ކިހާ ބޮޑު ކުށެއްކަން އެގިއްޖެ” އަހަރެން ބުނެލީމެވެ. “ޝާމް އަހަރެން” “ޝްޝްޝްޝް… ތި މުޑުދާރު އަނގައިން އަހަރެންގެ ނަން ވެސް ކިޔައިގެން ނުވާނެ” އަހަރެން ޝަހާދަތް އިނގިލި އަނގަޔާއި ކައިރިކޮށްލަމުން ބުނީމެވެ. “ކަލެއަށް ވިސްނާލީމަވެސް ނޭނގޭތަ މިހުރިހާ ދުވަހު އަހަރެން ކަލެއާއި ދުރުގައި އުޅުނީ ކީއްވެގެންކަމެއް.. ރޭގަ އަދި މާވެފަ އޮތެއްނުން.. ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ ހޭހުރިހާ ހިދެއްގައި އަހަރެން ކަލޭގެ ތި މުޑުދާރު ހަށިގަނޑުއެއް އެއްވެސް ބައެއް އަހަރެންގެ ގައިގައި ޖައްސަން ބޭނުން ނުވާނެކަން… އެހެންވެގެނެއްނުން ކަލޭ އަހަރެން ހޭނެތުނީމަ އެގޮތަށް ހެދީ” އަހަރެން ވާހަކަ ދެއްކީމެވެ. މިޝްކާ ރޮމުން ގޮސް ގިސްލަން ފެށިއެވެ. “އަހަރެންގެ އެކުވެރިއެއް މަރާލުމަށް އެހެންމީހަކަށް ހިތްވަރު ދިން މީހެއް އަހަރެންގެ ހަޔާތުގައިވެސް ބަހައްޓާކަށް ބޭނުމެއް ނޫން.. ހަނދާން ކުރާތި.. މީގެ ފަހުން އަހަރެންނަށް ނުގުޅާތި.. އަހަރެން ހޯދަންވެސް އައިސްގެން ނުވާނެ.. އެހެން ނޫނީ މާރަނގަޅެއް ނުވާނެ” އެހެން ބުނުމަށްފަހު އަހަރެން އެތަނުން ދިއުމަށް ހިގައިގަތީމެވެ. އެވަގުތު މިޝްކާ ފަހަތުން އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. “ޕްލީޒް ނުދޭ ޝާމް…. އަހަރެން ދޫކޮށްނުލާ.. އަހަރެން ވަރަށް ލޯބި ވޭ ޝާމް ދެކެ.. ޕްލީޒް .. ޝާމް ގޮސްފިނަމަ އަހަރެން މަރުވެދާނެ.. ޕްލީޒް..”މިޝްކާ ރޮމުން ވާހަކަ ދެއްކިއެވެ. ނަމަވެސް އަހަރެން މިޝްކާގެ އަތް ފޮޅާލަމުން އެތަނުން ނިކުތުމަށްފަހު ވަރަށް ބާރަށް ދޮރުޖެހީމެވެ.
އަހަރެން ބޭރަށް ނިކުން އިރު މީހާވަނީ ދާހިއްލާ ފޯވެފައެވެ. ނަމަވެސް އައިސްފައިވާ ރުޅިގަނޑު ވަނީ ކޮންމެވެސް ވަރަކަށް މައިތިރިވެފައެވެ. އަހަރެން ހަގީގަތުގައި މިޝްކާއާއި ދިމާލަށް އެގޮތަށް އެއްޗެހި ކިޔާލަން ކެރުނީމަ ހައިރާންވިއެވެ. އަހަރެން ހީކުރީ އެގޮތަށް މިޝްކާއާއި ދިމާލަށް އެއްޗެހި ކިޔާލެވޭ ވަރަށްވުރެއް އަހަރެންގެ ހިތް ބަލިކަށި ކަމަށެވެ. އެކަމަކު ހެއްދެވި ފަރާތަށް ހަމްދު ހުއްޓެވެ. އަދިވެސް އަހަރެންގެ ހިތް ބަދަލެއް ނުވެއެވެ. ބޭރަށް ނިކުންގޮތަށް ފާރިޝްއަށް މެސެޖްކުރީމެވެ. އާދިލްސަރ އާއި އެކު ބައްދަލުކުރަން އެދޭވާހަކަ އާއި ހުޝާމްގެ ގެއަށް އައުމަށް އެދުނީމެވެ. އަދި ސައިކަލަށް އަރާ ހުޝާމްގެ ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ.
އޭރުވެސް އެގެ ކައިރީގައި ކްރައިމް ސީންގެ ޓޭޕް ދަމާފައި ހުއްޓެވެ. އަހަރެން އޭނގެ ދަށުން ވަދެގެން ދެއަށް ވަނީމެވެ. ގެ ހުރީ ތަޅުނުލައެވެ. އަހަރެން އެތެރެއަށް ވަންނަމުން ލައިޓް ޖައްސާލީމެވެ. އޭރު ގޭތެރެވަނީ ސާފުކޮށްފައެވެ. ތަޅައިގެން ގޮސްފައިވާ ހުރިހާ ބިއްލޫރިއެއްވަނީ ސާފުކޮށްފައެވެ. އެތަނަށް އެޅިފައިވާ ލޭތަށް ވަނީ ސާފުކޮށްފައެވެ. ނަމަވެސް އޭރުވެސް ލޭގެ އަސަރުތަށް ރަނގަޅަށް ނުފިލާ ހުއްޓެވެ. އަހަރެން މަޑުކޮށްލީ ހުޝާމްގެ ބޮޑީ އޮތްތަން މާކް ކޮށްފައިވާ ތަނުގައެވެ. އަދި ދެލޯމަރާލީ ހުޝާމް އެތަނުގައި އޮތްގޮތް ސިފަކޮށްލުމުގެ ބޭނުމުގައެވެ. “ދިސް އިޒް އަ ކްރައިމް ސީން އިނގޭ” އަހަރެން ސިހިގެން ދިޔައީ ފާރިޝްގެ އަޑަށެވެ. އަހަރެން ފަހަތަށް އެބުރި ބަލާލި އިރު އާދިލްސަރ އަދި ފާރިޝް ފަހަތުގައި ތިއްބެވެ. “އަހަރެންނަށް އެނގޭ ހުޝާމް މަރާލި މީހެއް” އަހަރެން ބޭނުންވީ ސީދާ މައުލޫއަށް ދާށެވެ. “ކާކު” ޝާއުކުވެރިކަމާއި އެކު ފާރިޝް އަހާލިއެވެ. “އަޔާޒް” އަހަރެން ބުނީމެވެ. “ކާކު ބުނީ.. އިޒް ދެއަރ އެނީ އެވިޑެންސް” އާދިލްސަރ އަހާލިއެވެ. “ނޫން.. އެކަމަކު މިޝްކާ ބުނީ.. ރޭގަ އަހަރެންނަށް ކުރެވުނު ކަމެއްގެ ސަބަބުން އެމީހުން.. އަޔާޒް ބޭނުންވީ ފުރަތަމަ އަހަރެން ދުއްވާލަން.. އެކަމަކު މިޝްކާ ކިޔަން ފެށީމަ އަހަރެން ބަހައްޓާފަ.. ހުޝާމް ދުއްވާލީ..” އަހަރެން ވާހަކަ ދެއްކީމެވެ. “ޝާމް.. އަހަރުމެންނަށް އެއްވެސް ހެއްކެއްނެތް ދެއްކޭކަން” ފާރިޝް ކުރިއަށް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ.
“އަހަރެންނަށް ތިކަން އެނގޭ.. އެކަމަކު ދެން އަހަރެން ހަމަޖެހުމުގެ ނޭވައެއް ލާނީ އަޔާޒް ހައްޔަރުކޮށްފަ… ނޫނީ އޭނަ މަރާލާފަ.. ހުޝާމް މަރާލުން އެއީ އަޔާޒްއަށް ކުރެވުނު އެންމެ ފަހުގެ ކަންތައް…” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. “ޝާމް.. ތިގޮތަށް ރުޅިއައިސްގެން ނަގާ އެކްޝަންގެ ސަބަބުން އަނެއްކާވެސް އަނެއް ދެރައެއް ލިބޭނީ.. ކުޑަކޮށް ހަމަޔަކަށް އެޅިލަން ދުވަސްކޮޅެއް ނަގާ.. އޭގެ ފަހުގައި ދެން ތި ހުރިހާ ކަމެއް ކުރާނީ…” އާދިލްސަރ ވާހަކަ ދެއްކީ ވިސްނައިދޭ ގޮތަށެވެ. “ހަމަޔަކަށް އެޅޭށޭ.. ކިހިނެއްތަ ހަމަޔަކަށް އެޅޭނީ.. އެމީހުން އެމަރާލީ މަގޭ އެކުވެރިއެކޭ.. އަހަރެންގެ ސަބަބުން…އަހަރެންނަށް ކުރެވުނު ކަމެއްގެ ސަބަބުން.. ދެން އަހަރެން ހަމަޔަކަށް އެޅެން ހަދައިން މަރާލާނީ ކަލޭމެންގެ ތެރެއިން މީހެއް ތޯއްޗެއް” ކިތައްމެ ރުޅިއައިސްފައި ވީނަމަވެސް އަހަރެން ވާހަކަ ދެއްކޭތޯ ބެލީ މަޑުންނެވެ. “ޝާމް އަހަރެންނަށް ހީވަނީ އާދިލްސަރ އެބުނީ ތެދެއްހެން.. އަސްލު ޝާމް ކުޑަދުވަސްކޮޅަކަށް މަޑުން ހުންނަންވީ… އޭގެ ފަހުގަ ރަނގަޅު ޕްލޭންއަކާއި އެކު ކުރިއަށް ދާނީ” ފާރިޝް އާދިލްގެ ބަހަށް ތާއީދު ކުރިއެވެ. “ނޫން.. އަހަރެނަށް ދެން މަޑަކުން ނުހުރެވޭނެ… އަޔާޒްގެ ދުވަސް ދުއްވާލާނަން.. އޭނަ ހީކުރަނީ ކީއްކޭތަ.. އަހަރެން އޭނަ ހައްޔަރު ނުކޮށް މިހުރީ ހެއްކެއް ނެތީމައޭތަ.. ނޫން.. މިހާރުވެސް އޭނަ ހައްޔަރު ކުރަން ބޭނުން ނަމަ އަހަރެންނަށް ހައްޔަރު ކުރެވޭނެ ވަރުގެ ހެކި އެބަ ހުރި.. އެކަމަކު މިހާރު އޭނަ ހައްޔަރު ކުރާކަށް އަހަރެން ބޭނުމެއް ނުވޭ… އަހަރެންގެ ހުރި ނުބައިކަން އޭނައަށް އަންގާލާނަން.. ” އަހަރެންނަށް އަތް މުއްކަވާލެވުނެވެ. “ހުޝާމްއަށްޓަކައި… ބައްޕައަށްޓަކައި… އޭނަގެ ކިބައިން ބަދަލު ހިފާނަން… ހުޝާމްދިން އަނިޔާއަށް ވުރެއް ބޮޑުކޮށް” އަހަރެން ބުނީމެވެ. “ޝާމް .. ހުޝާމް ތިގޮތެއް ބޭނުމެއް ނުވާނެ” ފާރިޝް ވަރަށް މަޑުން ބުނެލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “އެކަމަކު މިގޮތެއް ބަދަލެއް ނުވާނެ” އަހަރެން ބުނެލީމެވެ. އިތުރަށް ފާރިޝްވެސް އާދިލްސަރވެސް އެއްޗެއް ނުބުންޏެވެ. އިތުރަށް އެއްޗެއް ބުންޏަސް އަހަރެންގެ ވިސްނުން ބަދަލު ނުކުރާނެކަން އެމީހުންނަށް އެނގޭތީ ކަންނޭނގެއެވެ.
އެގެއިން އަހަރެން ނިކުތީ އިރުކޮޅަކުންނެވެ. ފާރިޝް ބުނިގޮތުން ހުޝާމް ވަޅުލުން އޮތީ އަސުރަށް ފަހުގައެވެ. އެހެންކަމުން އަހަރެން މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ. ގެސްޓް ހައުސް ކައިރީގައި ސައިކަލް ޕާކްކޮށްލުމަށްފަހު އެތެރެއަށް ވަދެގެން އަހަރެން ދިޔައީމެވެ. ކޮޓަރި ކައިރިއަށް ދިޔައިރު ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އެހެންކަމުން އަހަރެން ހައިރާންވިއެވެ. އަހަރެންނަކީ ކޮޓަރިން ބޭރަށް ދާކަމަށް ވަންޏާމު އަބަދުވެސް ތަޅުލާފައި ދާމީހެކެވެ. “މާޒިން” ކޮޓަރީ ދޮރުހުޅުވާލުމާއި އެކު ކޮޓަރިތެރޭގައި ހުރި މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. މާޒިން ހުއްޓިލައިގެން ހުރި ފްރިޖް ކައިރީގައެވެ.
ނުނިމޭ…
mi baives kamudhaane kamah heekuran hurihaa kudin nah 🙂
Yeyy me first…vvv reethi mi part vex..
thnks niz 🙂
Woww.. this partvx v v rythi.. nd me 2nd:):) i love fantasy:)… nxt partvx avahah up koh dhehchey.. Waiting……
thnks shine 🙂
nimeykah nulheytha…
nun ninth v avahah nimeyne igey 😉
Ohh lalaaaa 😛 story varah obinesss 😀 😀 hehehe fantasy story upload kuraalei avas Kamun I am floored hehehe 😉 pakaas
Dhen e ayaax maraalabala 🙂 eyrum story awesome vaanee adhi maraalaaney eyna ge kokko mishkaa dhen it will perfecto 🙂
thnks kai v bodah igey 🙂
V nice but Hushaam maruvyma sad? Fantasy ah big clap eh?
Adhi mihaathanah kiyunu enmme reethi enmme shauguveri vaahaka,,,, fantasy ah v bodah shukuriyyaa
Mibaaves v v v v reethi…..v v v v v interesting
yay!! i am the last…! dhen Faxu vx buzy kamunney kurin comment nukureveny… 🙁 mi bai vx varah reethi ingey Fantasy! dhen e Ayaz gandu maraalaba! haadha goahey dhw.. and poor hushaam 🙁
anyway mi part is awesome too! adhi ehaa avahah story nunimmacchey ingey Fantasy! 😀 😀 😉 Bravo! ??
This is the best story i have ever read… vvvvvvvv ryti.. thanks fantasy..♥♥♥;-):-D