Skip to content
އެސްފިޔަ

ކީއްވެ ހެއްޔެވެ؟

އެންމެން އަހަރެންނަށް ތިޔަހެން ތިޔަހަދަނީ ކީއްވެހެއްޔެވެ؟؟ ކޮންމެ މީހަކުވެސް އެންމެފުރަތަމަ އަހަރެންގެ ގައިގައި ފިރުމާއިރު ހީވާނީ އެހެންފަދަ ކަމެއްހެންނެވެ. މިވަރުގެ ރީތިކަމެއް މިދުނިޔެމަތިން ދުވަހަކު ނުފެންނަ ބައެއްފަދައިން އުޅޭއިރު ހީވާނީ އަހަރެންނާއި ހެދި ލޯބިން މޮޔަވެދާނެ ހެންނެވެ.. އެކަމަކު އެއީ ކުޑަ އިރުކޮޅެއްގެ ކަމެކެވެ. މާގިނަ އިރުތަކެއްނުވެ އެލޯތްބަށް ނިމުންއައިސް އެއްވެސް ރަހުމެއް ނެތި އެމީހުންގެ ފައިދަށުލާ އަހަންނަށް ތަދުކޮށްލައެވެ. އެޔެއް މިޔެއް ނުބަލައި އެކިވަރުގެ މީހުން އަހަރެންގެ ގަޔަށް ފައިންއަރައި އަހަރެންގެ ހައްޓަށް އެދެނީ ކިހާ އަނިޔާއެއް ހެއްޔެވެ؟ ފަލަމީހުންނާއި ހިކިމީހުން، އަދި ބަރުމީހުންނާއި ލުއިމީހުންވެސް އަހަރެންގެ ގަޔަށް ކޮޅަށް އަރައި އަހަންނަށް އެދެމުންދާ ވޭން ދެކޭނެ މީހަކު މިދުނޭގައި ހަމަ ނެތީހެއްޔެވެ؟

 

އިރުއިރުކޮޅާ އައިސް އަހަރެންގެ ގަޔަށް އެރުމުން އެމީހުންނަށް ހިތްހަމަޖެހުން ލިބޭ ކަހަލައެވެ. ހެވިފައި ތިބެ އަހަރެންގެ ބުރަކައްޓަށް ބަރުކުރަމުން ދާއިރު އަހަރެންގެ ބަލިކަށި ކަމާއިމެދު އެމީހުން ހަމަ އެންމެ ފަހަރަކުވެސް ވިސްނާނުލާކަން އަހަރެންނަށް ޔަގީނެވެ. ހިތެއްއޮތް މީހަކަށް އަނިޔާވެރިވާކަށް ނުކެރޭނެޔޭ މީހުން ބުނާއަޑު އަހަރެންވެސް އަހަމެވެ. އެހެންވީމާ އެބައިމީހުންގެ ހަށިގަނޑުގައި ހިތެއް ނުވަނީތާއެވެ.

އަހަރެންގެ ވަފާތެރިކަމަށްވެސް އެބައިމީހުން ޝުކުރު ނުކުރެއެވެ. ހަވީރު ވާއިރަށް މޫނުގައި ފުށްތަޅައި ރީތިވެގެން މަންމަ ކައިރީގައި ޓިއުޝަނަށް ދަނީކަމުގައި ބުނެ ބިޓުން ކައިރިއަށް ދާ އަންހެންކުދިންގެ ވާހަކަ އެކުދިންގެ މައިންބަފައިންނަށް އަހަރެން ސިއްރުކުރަމެވެ. އަދި މަގުމަތީގައި ސައިކަލުގައި ދަމުން އަންހެންކުދިންނާއި ފޮށެމުން ދާ ފިރިހެނުންގެ ވާހަކަ އެމީހުންގެ ބިޓުންނާއި އަނބިން ކައިރީގައި ދުވަހަކުވެސް ކިޔާފައެއް ނޯންނައެވެ. އެކަމަކު… އެމީހުންވެސް އަހަރެންގެ ވަފާތެރިކަމުގެ ބަދަލެއްގެ ގޮތުންވެސް ދެނީ ހަމަ އަނިޔާއެވެ..
ދުވަހަކު ކޮޅުންވެސް ކަލޭމެން ފަލަ ކަމުން ނޫނީ ބަރުވެގެން އަހަރެން ޝަކުވާއެއް ކުރިންހެއްޔެވެ؟. އަހަރެންގެ ބުރަކަށްޓަށް ބަރުވެގެންގޮސް ބުރަކަށިން ހަންމެށި އަވަދިވާއިރުވެސް ޗުއްޕުވެސް ނުބުނަމު ނޫންހެއްޔެވެ؟ ދެން ފަހެ އަހަރެންނަށް ތިޔަހެން ތިޔަ ހަދަނީ ކީއްވެހެއްޔެވެ؟

 
ދޭހާ އަތްވެއްގައި އަހަރެންގެ މިނިކަމެތި ހަށިގަނޑު ހާމައަށް ބާއްވައިގެން އިރުގެ ހޫނުން ހަށިގަނޑު ފިހޭއިރުވެސް މަޑުމަޑުން އޮންނަނީ އަސަރު ނުކުރާތީކީ ނޫނެވެ. އެއީ އަހަރެން ނެތުމުން އަހަރެންގެ ސާހިބުމީހާ އުޅޭނެހާލު އަހަރެންނަށް އެނގޭތީއެވެ.

 

ހަމައެގޮތަށް ވެހޭހާ ވާރޭގައި ހިޔަލެއް ނެތިފައިވެސް ކިތަންމެރެއަކު އަހަންނަށް އޮންނަން ޖެހެއެވެ. ހީކަރުވައިގަނެގެން ތުރުތުރުލާއިރުވެސް އަހަރެންގެ ހާލުބަލައިލާނެ މީހަކު ގިނަފަހަރަކު ނުވެއެވެ.. އަހަރެންގެ ހާލު ބަލައިލާ މަދުމީހެއްވެސް އަހަރެން ނަގައި ގޭތެރޭގެ ކޮންމެވެސް ތަނަކަށް ބާރުބާރަށް ޖަހާފައި ދަނީއެވެ.. ގައިގައި ހުންނަ ފެންތައް ހިއްކައިދިނުމުގެ ބަދަލުގައި އަމިއްލައަށް ހިކެންދެން އަހަރެންގެ އެކަނި ހާލާއިގެން ދޫކޮށްލާފައި ދަނީއެވެ. އެފަދަ ހާލުގައި މުޅިރޭ ނިމިގެންދަންދެން ފިނިބޮޑުވެފައި އަހަރެން އޮންނަތަން ފެނުމުންވެސް ހަމަ އަސަރެއްނުކުރަނީ ހެއްޔެވެ؟

 

މިފަދަ އަނިޔާވެރި ދިރިއުޅުމެއް ތަހައްމަލް ކުރަމުން ދާއިރު އެއްވެސް ރަހުމެއްނެތި އަހަރެން ގެއިން ބޭރުކޮށްލާ ރޭރޭގައި ގޭދޮރުމަތިން ދާ ކޮންމެވެސް މީހަކަހަށް އަހަރެން ފެނި އަހަންނަށް ހިތްކިޔުމުން އަހަރެން ގޮވައިގެން ދަނީ މަދުފަހަރަކު ނޫނެވެ. ދެން އެހާ ހިސާބުން އަހަރެންގެ ސާހިބުމީހާ އަހަރެން މަތިން ހަނދާއްކޮށް ރޮއިހަދަން ފަށައެވެ. ގޭއެންމެން ކައިރީގައި އަހަރެންގެ ވާހަކަ ދައްކައި އަހަރެން ނެތުމުން ދެރަވެގެން އުޅެން ފަށައެވެ. އެކަމަކު އެއީ ހަމަ ހުސް ޑްރާމާކަން އަހަރެންނަށް އެނގެއެވެ. އާނ އެހެންޏާ ފަހެ، ކުރިން އަހަރެންދެކެ ނުވި ލޯތްބެއް ވަކި އަހަރެން ނެތުމުންވެސް ނުވާނެތާއެވެ….

އަހަރެން ގެންދާ އާ ސާހިބުމީހާ އަހަރެންނަށް ހިމާޔަތްދީ ލޯބިދޭނެ ކަމުގައި ހީކުރެވުނަސް އަނެއްކާވެސް ޖެހެނީ އެ ސާހިބުމީހާއަށް ތަބާވެ އޭނާއަށް ހިދުމަތްކޮށްދީގެން ހަމަކުރީގެ ދިރިއުޅުމަށް ރުޖޫޢަވާށެވެ. މިފަދަމަޖުބޫރު ހާލުގައި ދުވަސްތައް ވޭތުކުރަމުން ދަނިކޮށް އަހަރެން ދެކެ ހަމަ ފޫހިވާއިރަށް އަހަރެން ދޫކޮށްލުމަށްފަހު އެހެން ބައިވެރިއެއް ހޯދަނީ އަހަރެންގެ ކޮންކުށެއް އޮވެގެންހެއްޔެވެ؟ އަދި އަހަރެން މުސްކުޅިވެ ގައިބާރު ދެރަވެގެންގޮސް ކަށިތައްފީވެ ގައިގެ އެތަންމިތަން ބިނދެން ހަމަ ފަށާއިރަށް އެއްވެސް ރަހުމެއްނެތި އަހަރެން ނަގައިހޫރާލަނީ އަހަރެންގެ ވަފާތެރިކަމުގެ ބަދަލެއްގެ ގޮތުން ހެއްޔެވެ؟ ނުނީ އަހަރެން ކޮށްދިން ޚިދުމަތުގެ މަތިން ކުޑަކޮށްވެސް ހަނދާންނުވާތީ ހެއްޔެވެ؟

އާނ އެކެވެ…. އެންމެންވެސް އަހަރެންނާއި ދޭތެރޭގައި ތިޔަހާ އިހާނެތިކޮށް ކަންތައް ތިޔަކުރަނީ އަހަރެންނަކީ ފައިވާނަކަށް ވީމާ ނޫން ހެއްޔެވެ؟؟؟

****ނިމުނީ*****

Comments (18)

  1. Eyesh

    Hei everyone. ? its actually not a story but i hope u all will like this too.. and mee eyesh liyaa mikahaka furathama liyun veema readers ge views bunedhiyyaa v happy vaane.. thanx all ?

  2. aathi

    Haha true story eyesh.. gud work! 😉

    1. Eyesh
      aathi

      Yeyyy aathi 1st dhw… thankew so much ??

  3. aathi

    N me frst dhw..yay!

  4. ryn

    aww hehe,, vrh salhi…. its so swyt. gud job 😉

    1. Eyesh
      ryn

      Thankew ryn ??

  5. MarSha

    Haha… this is funny and great.. loved this… kiyamun dhiya iru vaanuvaa kudakoh olhifa huttas nimen vee iru mi st dheke like vejje… totally diffrrent…

    1. Eyesh
      MarSha

      Hehehe majaa dhw… ? m happy that u liked it ????

  6. mice

    Varah salhi eyesh.. 😀

    1. Eyesh
      mice

      Thankx dear mice ??

  7. ina

    Hehehehe…..???v v salhi ingey…..aslu kiyamun dhiyairu nuvx engun……faivaanekey bunyma engunyvx……..

    1. Eyesh
      ina

      Hehehe aslutha ?? thanx ina swyty ?

  8. Anonymous

    Meedhen koacheh? Miah kiyaanetha vahaka ekey.. lol

    1. Eyesh
      Anonymous

      Anonymous. .. eyesh ihnaane furathama comment gaves bunefa its not a story ey ? anyways thanx for reading

  9. Ahmed Ammu

    Hahahahah. Faivaanehgge shakuvaa ???.
    Good Job Eyesh ?

    1. Eyesh
      Ahmed Ammu

      Thanx ammu ?

  10. Faxoo

    wow great Job! Auto biography eh dhw 😀 MashaAllah varah reethi

  11. Angel

    wow vvvvvvv rythi

Comments are closed.