
އަނިޔާ.. 24 ވަނަ ބައި
“އޭޒް ޔޫ ވިޝް” މާޒިން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. ނިހާދު އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. “ސޯ ލެޓްސް ސްޓާޓް” މޭޒު މަތީގައި އޮތް ޗާޓްއަށް ބަލާލަމުން އަހަރެން ބުނެލީމެވެ.
“މިއީ ކޮންއެއްޗެއް” އެޗާޓްއިން ފާހަގަ ކޮށްފައިވާ މަގުތަކެއް ދައްކާލަމުން އަހަރެން އަހާލީމެވެ. “ތިއީ އޭނަ ކޮންމެ ދުވަހަކު އޮފީހުން ނިކުމެ ގެއަށް ދާމަގު… މިއީ އޭނަ އާއްމުކޮށް އޮފީހަށް ދާ މަގު” އެތަނުގައި އޮތް ހައިލައިޓަރ އަކުން ދައްކަމުން އެތަނުގައި ހުރި ކުއްޖާ ކިޔައިދިނެވެ. “މިއީ އޭނަ އާއްމުކޮށް މަޑުކުރާ ތަންތަނަކީ… މިތަނަށް އޭނަ ކޮންމެ ރެއަކު އާދޭ… މިތަން ނިންމާފަ ގެއަށް ދާއިރު ހުންނަނީ އެހާ ލަސްވެގައި” ޗާޓްއިން ތަންތަން ދައްކަމުން އޭނަ ކުރިއަށް ދިޔައެވެ. “މިއީ ސްކޫލަށް ދާމަގު އޭނަ ދަރިން ބަލާ… އަޔާޒް އާއި އާއްމުކޮށް އޭނަ ބައްދަލު ކުރަނީ މި ރެސްޓޯރެންޓްއިން.. އެކަމަކު އެއީ ހަފްތާއަކު އެއްފަހަރު… ދެން އެހެންނޫނީ އޭނަގެ ދުވަސްދަނީ މިގޮތަށް” ހުރިހާ އެއްޗެއް ދައްކަމުން އޭނަ ވާހަކަ ދައްކަމުން ދިޔައިރު އަހަރެން ހުރީ ކޮންމެވެސް ވަރަކަށް ހައިރާން ވެފައެވެ. މާރާމާރި ހިންގަނީ މީހުން ޕްލޭން ކޮށްގެންނޭ ކިޔާ އަޑު އަހަމެވެ. އެކަމަކު މިމީހުންނަށް އޭނަ އޭނަ ކުރާ ކަންތަކާއި ދާ ތަންތަނާއި އަދި ކޮންމެ ތަނެއްގައި ހޭދަ ކުރާ ވަހުތަށް ދާންދެން އެގެއެވެ. ކިހާވަރަކަށް ބަލާތީތާއެވެ. ” ކިހިނެއްވީ.. މައްސަލައެއް އުޅެނީތަ” އަހަރެންގެ މޫނަށް އަރަމުން ދިޔަ ކުލަފެނުމުން ނިހާދު ބުނެލިއެވެ.
“ނޫން… ކަމެއް ނުވޭ… އަހަރެން ހައިރާންވީ… ތިހާ މޮޅަށް ތިހުރިހާ މައުލޫމާތެއް އެގޭތީ” އަހަރެން ކުޑަކޮށް ސިހުނު ނަމަވެސް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަމުން ނިހާދުއަށް ޖަވާބު ދިނީމެވެ. އެވަގުތު އެކުއްޖާ ހިނިތުންވެލިއެވެ. “ސޯ ދެން ތިކަން ކުރަން ތި ވިސްނަނީ ކިހިނެއް” އަހަރެން ޖީބަށް އަތްޖަހާލަމުން އަހާލީމެވެ. “އަހަރެންނަށް ފެންނަ ގޮތަކީ އޭނަ އޮފީހަށް ދާން ނިކުންނަ ގަޑީގައި އެޓޭކް ކުރަން” އެކުއްޖާ ބުނެލިއެވެ. “ނޫން ތިއީ އެއްވެސް ރަނގޅު ގޮތެއް ނޫން” އަހަރެން ވަގުތުން އެކަމަށް ދެކޮޅު ހެދީމެވެ. އަހަރެންނަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެހެންކަމުން މާޒިން އާއި ނިހާދު އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ތިއްބެވެ.
“މީހުން އޮފީހަށް ދާގަޑީގައި އެޓޭކް ކުރޭތަ… އެހެން ނޫނަސް އޭނަ ހުންނާނީ އޭނަގެ ގޭގައި އެގަޑީގައި… އަހަރެން ކުރިންވެސް ބުނީމެންނުން އޭނަގެ ފެމެލީއަށް އެއްވެސް ގޮތަކަށް އަނިޔާއެއް ދީގެނެއް ނުވާނެއޭ… އަނެއްކާ ތިގަޑީގައި ތިހުރިހާ ކަމެއް ކޮށްފިނަމަ ގިނަ މީހުންނަށް ތި މަންޒަރުތަށް ފެންނާނެ” އަހަރެން އަޑު މަޑުކުރަމުން ވާހަކަ ދެއްކީމެވެ. “އަހަރެންނަށް ފެންނަނީ އޭނައަށް މިތަނުން އެޓޭކް ކުރަން.. މިއީ ފަސޭހަ ހިސާބު ގަނޑެއް.. އަނެއްކޮޅުން އޭނަ އެތަނަށް ދަނީ ރޭގަނޑު… އެއީ ކޮންމެވެސް އަންހެނެއް ކައިރިއަށް… އެތަނުން ނިކުންނަ ގަޑީގައި އެޓޭކް ކުރާނީ” އަހަރެން އަތުން ކިޔައިދެމުން ބުނީމެވެ. “ޔާ… އަހަރެންނަށް ޝާމްގެ ހިޔާލަށް ތާއީދު ކުރެވޭ…” މާޒިން އަހަރެންނާއި އެއްކޮޅަށް ވާހަކަ ދެއްކިއެވެ. ނިހާދު އަހަރެންނާއި ދިމާލަށް ކުރިންވެސް ބަލަން ހުރި ގޮތަށް ބަލަމުން ގެންދިޔައެވެ.
އެދުވަހުގެ ގިނަ ވަގުތު ދިޔައީ އެކަމެއް ރޭވުމުގައެވެ. މިކަމުގައި ބައިވެރިވާނެ މީހުންގެ އަދަދު ބުނީ އަހަރެންނެވެ. އެމީހުން ތިބޭނެ ތަންތަންވެސް ހަމަޖެއްސީ އަހަރެންނެވެ. ކުރިންވެސް ބުނިހެން އެންމެ ފުރަތަމަ ވަޅި މަޅާލާ ގޮތަށް ހަމަޖެހުނީވެސް އަހަންނެވެ. ކޮންމެ ގޮތެއްވިޔަސް މާދަން ރޭގައި އެޓޭކް ކުރަން ނިންމުނު އިރުގައި އަހަރެން ހުރީ މުޅިމީހާ ފިނިވެފައެވެ. ސިކުނޑީގެ އެއްކަނަކުން މިކަންތައް ނުބައިކޮށް ދާން އުޅޭކަމުގެ ރަތް ސިގްނަލް އަހަރެންނަށް އަޅަމުން ދިޔައެވެ. އަހަރެން އެގޭގައި އުޅެމުން ފާރިޝް އަށް މެސެޖްކުރީމެވެ. ވީ އެންމެ އަވަހަކަށް ގްރޫޕް މީޓީންއެއް ބާއްވާނެ ޓައިމް އެއް ހަމަޖެއްސުމާއި މާލޭގެ ބޮޑު ޗާޓެއް މީޓިންއަށް ގެންދިއުމަށް ބުނީމެވެ. ފާރިޝް މީޓިން ހަމަޖެއްސުމަށްފަހު އަހަރެންނަށް މެސެޖްކުރިއެވެ. އެއީ ހަވީރުގެ ވަގުތެވެ.
އެމީހުންނާއި އެކު އެމަސައްކަތުގައި އުޅުމުން އަހަރެންނަށް ވަރަށް ގިނަ މައުލޫމާތު ލިބުނެވެ. ހާނިމްއާއި ބެހޭގޮތުން މާޒިންއަށާއި ނިހާދުއަށް އެނގޭ ހުރިހާ އެއްޗެއް އަހަރެންނަށް އެމީހުން ކިޔައިދިނެވެ. އޭނަ އަޔާޒްމެންނަށް ދިން މައުލޫމާތާއި ބެހޭގޮތުންނެވެ. އެހެންކަމުން އެކަމުންވެސް އަހަރެންނަށް މިއަދު ކާމިޔާބު ލިބުނެވެ. “ސޯ ދެން އަހަރެން ދަނީ… ކުޑަކޮށް ރެސްޓް ކޮށްލަން… މާދަން މެންދުރު އަހަރެން ބޭނުން މިކަމުގައި ބައިވެރިވާ އެންމެންނާއި ބައްދަލު ކުރަން… އޭރުން އެރެއަށް ރެޑީވެވޭނީ…” އަހަރެން އެމީހުންގެ ވެރިއެއް ގޮތަށް އެމީހުންނަށް އަމުރު ކުރީމެވެ. އަދި އެތަނުން އަވަހަށް ނިކުމެގެއިން ދިޔައީމެވެ. އަހަރެން ދިޔައީ ގެސްޓް ހައުސްއަށެވެ. ރީތި ވެލައިގެން ނިކުން އިރު ފާރިޝް ބުނެފައިވާ ގަޑި ކައިރިވަނީއެވެ. އެހެންކަމުން އަވަހަށް އެދިމާލަށް ދިއުމަށް ދުއްވާލީމެވެ.
ފާރިޝް މެސެޖްގައި ބުނެފައިވަނީ އާދިލްއާއި ބައްދަލު ކުރުމަށް އަހަރުމެން ދިޔަ ގެސްޓް ހައުސްގެ ނަމެވެ. އެހެންކަމުން އެތަނުގައި ސައިކަލް ޕާކްކޮށްލުމަށްފަހު މަގުގެ ދެފަރާތް ބަލާލީމެވެ. އަދި މަޑުކުރުމެއް ނެތި އެތެރެއަށް ވަދެގެން ދިޔައީ އަހަރެންނަށް އެންމެ މިނެޓެއްވެސް ދުއްވާލެވެން ނެތީމައެވެ. އަހަރެން ފާރިޝްގެ މެސެޖްގައި ބުނެފައިވާ ރޫމްގެ ދޮރުގައި ޓަކި ޖެހުމާއި އެކު އެތެރެއިން ހޮޅުވީ ފާރިޝްއެވެ. “މާއަވަހަށް މީޓީންއެއް ހަމަޖެއްސުމަށް ބުނީ ކީއްވެ” އަހަރެން އެތެރެއަށް ވަނުމާއި އެކު ފާރިޝް އަހާލިއެވެ. އޭރު އާދިލްސަރ އަދި ހުޝާމްވެސް އެތަނުގައި ތިއްބެވެ. “އަހަރެންނަށް މާގިނަ އިރަކު މިތަނުގައި މަޑެއް ނުކުރެވޭނެ.. މިހާރުވެސް އަހަރެންނަށް އެމީހުން ފާރަލަން ފަށައިފިހެން އަހަރެންނަށް ހީވަނީ… ކޮބާ ޗާޓް” އަހަރެން ވާހަކަ ދެއްކީ އަވަސް ކަމާއި އެކުގައެވެ. “މިއޮތީ… ކީއްކުރަން ގެންނާށޭ ބުނި ޗާޓެއްތަ” ހުޝާމް ޗާޓް އެނދުގައި ފަތުރާލަމުން ބުނެލިއެވެ. “އެއްވެސް ކަހަލަ ހައިލައިޓަރއެއް އެބަ އޮތްތަ” އަހަރެން ބުނެލީމެވެ. އާދިލްސަރ އަހަރެންނަށް ހައިލައިޓާރއެއް ދިނެވެ. އަހަރެން ޗާޓާއި ކައިރިވެލާފައި ނިހާދުގެ ޗާޓްގައި ކުރަހާފައިވާ ގޮތަށް ކުރަހަން ފެށީމެވެ.
“މިތަނުން ހާނިމްއަށް އެޓޭކް އަންނާނީ” އަހަރެން ބުނެލީމެވެ. “އެންމެ ފަހުން އެޓޭކް ކުރަންތަ ތިއުޅެނީ” އާދިލްސަަރ ރުޅިވެރިކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ފާރިޝްއާއި ހުޝާމްއަށްވެސް ވީ އެހެންނެވެ. “ފުރަތަމަ އަހަރެންގެ ވާހަކަ އަޑު އަހާ… އެހެންނޫނީ ހާނިމްއެއް ސަލާމަތެއް ނުކުރެވޭނެ..މިތަނަށް މާދަންރޭ އޭނަ ގޮސްފައި ނިކުންނަ ގަޑީގައި އެޓޭކް އަންނާނީ… މީހުން ތިބޭނީ މިތަންތަނުގައި… މިތަނުގައި ފިލާ އެކަކު… އަނެކަކު ހުންނާނީ މިތާ ސައިކަލްތަށް ކައިރީގައި… އަހަރެން ހުންނާނީ ދޮރު ކައިރީގައި… މިއިީ އެޓޭކް ކުރަން ވިސްނާ ތަނަކީ” އަހަރެން ކުރަހަމުން އެމީހުންނަށް ތަންތަން ބުނެދެމުން ދިޔައީމެވެ. “ސޯ ދެން” ފާރިޝް އަހާލިއެވެ. “އަހަރެން ކަލޭމެން ފޮލިހުންނަށް މިވާހަކަ މިކިޔައިދެނީ އެކަން ހުއްޓުވުމުގެ ގޮތުން” އަހަރެންނަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. ހަގީގަތުގައި ފާރިޝްމެންގެ ސިކުނޑި ބޭނުން ނުކުރާތީ އަހަރެން ހިތްހަމަނުޖެހުނެވެ. “ތިތަނަށް ނުދަން ބުނަން ވީނުން މާދަންރޭގައި” ހުޝާމް ބުނެލިއެވެ.
“ނޫން… ދެޓްސް އަ ރިޔަލީ ބޭޑް އައި ޑިއަރ… ކުއްލިއަކަށް އޭނަގެ ޑެއިލީ ލައިފްގަ ކުރާކަމަށަށް އެވަގުތު ޖެހުމުން ޗޭންޖް އަތުވެއްޖެނަމަ އެމީހުން ކޮންމެވެސް މީހަކަށް ޝައްކު ކުރާނެ… ކޮންމެވެސް މީހަކަށް ނޫން… އަހަރެންނަށް… ސޯ އަހަރެން ބުނާ ގޮތެއް ހަދާ” އަހަރެން ބުނީމެވެ. އާދިލްސަރ އަހަރެންގެ މޫނަށް ބަލާލީ ކިހިނެއްހޭ އަހާލާ ގޮތަށެވެ. “އަހަރުމެން އެޓޭކް ކުރަން މި ވިސްނަނީ ގައިގަނޑަކަށް ބާރަ ޖަހާއިރު.. އެއީ ކޮންމެ ރެއަކު އޭނަ އެތަނުން ނިކުންނަ ގަޑިއަކީ… އޭގެ ގާތްގަނޑަކަށް ތިރީސް މިނެޓް ކުރިން އަހަރުމެން ޕޮޒިޝަންގައި ތިބޭނަން.. އެގަޑީގައި އެތަނުގައި ތިބޭ އެންމެން ހައްޔަރު ކުރާނީ.. ބުނާނީ ފާސްކުރުމެކޭ… ނޫނީ ކަމަކަށް ޝައްކު ކުރެވިގެންނޭ… އޭރުން ހާނިމްވެސް ސަލާމަތް ކުރެވޭނެ… އަދި ގްރޫޕުން ދެތިން މީހެއް ކަލޭމެންގެ ބެލުމުގެ ދަށަށް ގެންދެވޭނެ” އެންމެ ފަހުން އަހަރެންނަށް ޖެހުނީ އެމީހުން ކުރާނެ ކަންތައްތަކުގެ ޑީޓެއިލްވެސް ކިޔައިދޭށެވެ.
“އަދި އެއްވާހަކަ… އަހަރެންނަކީ އެންމެ ފުރަތަމަ ވަޅި ހަރަން ނިންމާފައިވާ މީހަކީ.. ސޯ އަހަރެންގެ އަތުގައި ކުޑަ ވަޅިއެއް އޮންނާނެ” އަހަރެން އެންމެގެ މޫނަށް ބަލާލަމުން ކިޔައިދިނީމެވެ. “އަހަރެން ފެންނަ ގޮތަކީ ޝާމް ތަންކޮޅެއް ދުރުގައި ހުރުން… މިސާލަކަށް ސައިކަލްތަށް ބަހައްޓާފައި ހުންނަތަނުގައި ހުންނަ މީހާގެ ބަދަލުގައި އެތަނުގައި ހުންނަން… އެއީ ހަތިޔާރެއް އަތުން ފެނިއްޖެ ނަމަ ޝާމް ދޫކޮށްލުމަށް އަހަރުމެންނަށް އުދަގޫ ވެދާނެތީ… އަދި އެތަނުގައި ކައިރީގައި ހުރެއްޖެނަމަ އެމީހުން ޝާމް ބަންދު ކޮށްލާކަށް އުދަގުލެއް ނުވާނެ” އާދިލްސަރ ބުނެލިއެވެ. “އަހަރެން ހުންނާނެ ތަނެއް އެނގޭނީ އަހަރެންނަށް… ކަލޭމެންގެ މަސައްކަތް ފުރިހަމަ ކުރެވޭތޯ ބަލާތި… ނޫނީ މާދަންރޭ އެތަނުގައި ދުވަހަކުވެސް ހިތުން ފިލައިގެން ނުދާ ވަރުގެ މާރާމާރިއެއް ހިނގާނެ….” އަހަރެން ހިތްހަމަނުޖެހުމާއި އެކު ބުނެލީމެވެ. “އަދި އެއްވާހަކަ… އޭނަގެ ފެމެލީއަށް މިއަދުން ފެށިގެން ޕްރޮޓެކްޝަންއެއް ދީ… އެމީހުން ވަނީ ފެމެލީއަށް އަނިޔާ ނުދޭނެ ކަމަށް އެއްބަސްވެފައި.. އެކަމަކު އަހަރެން އެމީހުންނަށް އިތުބާރެއް ނުކުރަން” އަހަރެން ބުނެލީމެވެ. “ޔާ ތިކަން ވާނެ” އާދިލްސަރ ބުނެލިއެވެ. “މިއޮތީ ހާނިމް ކުރި ހުރިހާ މުޑުދާރު ކަމެއްގެ ހެކި… އޭނަ އެތެރޭގައި ބަންދު ކުރޭ… އެހެންނޫނީ ދުވަހަކުވެސް އޭނައަށް ހަމަޖެހިގެންނެއް ނޫޅެވޭނެ” އަހަރެން ބުނީމެވެ. އަދި ކުޑަ ގޮށެށްގެ ސިފައިގައި އިން ކެމެރާ އާދިލްސަރ އަތަށް ލައިދިނީމެވެ. “ސޯ ގުޑް ލަކް” އެހެން ބުނުމަށްފަހު އެތަނުން ނިކުންނަށް ހިގައިގަތީމެވެ. “ޝާމް” އަހަރެން ހިގައިގަތުމާއި އެކު އާދިލްސަރގެ އަޑު އިވުނެވެ. އެހެންކަމުން ހުއްޓި އޭނަ އާއި ދިމާލށް ބަލާލީމެވެ. “ތެންކްސް… އަހަރެންނަށް އެނގޭ ޝާމް ހާނިމްދެކެ ރުޅި އަންނަ ވަރު… އެކަމަކު ޝާމް ތިކަންތައް ކުރަނީ އެންމެ ރަނގަޅަށް” އާދިލްސަރ ބުނެލިއެވެ. “ދެން ވައި އައި ޑޯން ފީލް ދެޓް” އެހެން ބުނެލުމަށްފަހު ކޮޓަރިން ނިކުމެ ލެވުނުހާ ބާރެއް ލާފައި ދޮރު ޖަހައިފީމެވެ.
ސައިކަލާއި ހިސާބަށް ދެވުނު އިރު މީހާ ވަނީ ރުޅި އައިސް ރަތްވެފައެވެ. ނޭވާލުމަށް އުދަގޫ ވަމުންދިޔައެވެ. އޭރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. ސައިކަލުގައި ދެއަތް އަޅުވާލާއިގެން އިރުކޮޅަކު އިސްޖަހާލައިގެން އަހަރެން ހުރީ އަހަރެންގެ ރުޅި ގަނޑު މަޑުވަންދެންނެވެ. ރުޅިގަނޑު ތަންކޮޅެއް މަޑުވުމުން އަހަރެން ސައިކަލަށް އަހަރެންގެ ރޫމް ހުންނަ ގެސްޓް ހައުސް އާއި ދިމާލަށް މިސްރާބު ޖެހީމެވެ. ގެސްޓް ހައުސް ކައިރީގައި ސައިކަލް ޕާކްކޮށްލުމަށްފަހު އަވަހަށް އެތެރެއަށް ވަދެ އެނދުގައި އޮށޯވެލީމެވެ. އަހަރެންގެ ހިތް އޭރުވެސް ބާރުބާރަށް ތެޅެމުން ދިޔައެވެ. މިކުރެވެނީ ނުބައިކަމެކޭ ބުނާކަހަލައެވެ. އަހަރެން ސިހިގެން ދިޔައީ ފޯނު ރިންގްވާ އަޑު އިވުމުންނެވެ. “ޝާމް މިއަދު މިގެއަށް ނައަންނަ ދުވަހެއްތަ” އެކޮޅުން ވާހަކަ ދެއްކީ މިޝްކާއެވެ. “ނޫން ދާނަން.. ތަންކޮޅެއް ބިޒީވީމަ އަދި ނުދެވިގެން މިއުޅެނީ” އަހަރެން އެގަޑީގައި ބޭނުންވީ އޮށޯވެލައިގެން އޮންނާށެވެ. “އަޅެ އާދެބަލަ… އަހަރެން ފޫހި ވާތީ މިއުޅެނީ.. ދޮންބެވެސް ނޫޅޭ ގެއަކު” މިޝްކާ ބުނެލިއެވެ. “މިޝް މިގަޑީގަ ނެތޭ ދެވޭކަން… ޕްލީޒް” އަހަރެންގެ ހިތުގައި އަތް އަޅާލަމުން ބުނީމެވެ. ނަމަވެސް މިޝްކާ އެކަން ގަބޫލު ކުރާ ގޮތެއް ނުވިއެވެ. އަންނާށޭ ކިޔަން ފެށިގޮތަށް ހުއްޓައެއް ނުލިއެވެ. އެންމެ ފަހުން ބޮލަށް އުނދަގޫވެގެން ވިޔަސް އެގެއަށް ދިއުމަށް އެއްބަސް ވެއްޖައީމެވެ. ފޯނު ބޭއްވުމަށްފަހު އެގެއަށް ދިއުމަށްޓަކައި ރެޑީވީމެވެ.
ދިހަ މިނެޓް ތެރޭގައި އަހަރެން ހުރީ މިޝްކާ އުޅޭ އެޕާޓްމެންޓްގައެވެ. މިޝްކާ އޭރު ކޮންމެވެސް ކަމެއް ކުރުމަށް އުޅުނެވެ. އަހަރެން ސޯފާގައި އިށީދެލައިގެން އިނީމެވެ. “އޭ ސާބަހޭ” އަހަރެން ސިހިގެން ދިޔައީ މިޝްކާ އައިސް އަހަރެންގެ ގައިގައި ޖެހިގަތީމައެވެ. “ކޮންކަމަކާތަ ތި ވިސްނަނީ… އަޅެ ހާދަ ވަރަކަށް ގޮވައިފީމޭ” މިޝްކާ ވާހަކަ ދެއްކިއެވެ. އަސްލު އެގޮތަށް ކަންތައް ކުރުމުން އަހަރެން ހިތްހަމަނުޖެހުނެވެ. ނަމަވެސް އަހަރެން އެކަންތައް ދައްކާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން މޫނުމައްޗަށް ވަރަށް މަސައްކަތުން ހިނިތުންވުމެއް ގެނެވުނެވެ. “ނުވިސްނަން” އަދިވެސް ބޮޑަށް ސޯފާގައި ހަމަޖެހިލަމުން އަހަރެން ބުނީމެވެ. “އެހެންނެއް ނުވާނެ… މިއަދު އައީ ސުރެއް ތި ހުންނަނީ މޫޑީވެފަ.. ކޮބާތަ މައްސަލައަކީ… އަނެއްކާ ސިކްވަނީތަ… އަހަރެން އަތުގައި އަދި ސްޓަފް އެބަހުއްޓޭ.. ޖައްސާނަންތަ” އަހަރެންގެ ކޮނޑުގައި އަތްއަޅާލަމުން މިޝްކާ އޯގާތެރިކަމާއި އެކު ބުނެލިއެވެ. ނަމަވެސް އެވަގުތު އެއޯގާތެރި އަޑުގެ ސަބަބުން އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. މިޝްކާގެ ކޮންމެ ޖުމްލައެއްގައި ވާ ކޮންމެ ބަހެއް އަޑުއިވުމުން އިތުރަށް އަހަރެންގެ ބޮލުގައި ރިއްސާ ރިއްސުން ގަދަވަމުން ދިޔައެވެ. އެންމެ ފަހުން ކެތްނުކުރެވިގެން އަހަރެން މި އަންނަނީއޭ ބުނެފައި އެތަނުން ނިކުތީމެވެ.
އަހަރެންގެ ބޮލުގައި ރިއްސަމުން ދިޔަ ރިއްސުން އެން އިރަށްވުރެއް އަނެއް އިރު ގަދަވަމުން ދިޔައެވެ. އެހެންކަމުން އަވަހަށް ސައިކަލްގައި ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަދި ކޮޓަރިއަށް ވަތްގޮތަށް އެނދަށް ވެއްޓެގަތީމެވެ. އަދި ފޯނު ސައިލެންޓްއަށް ލުމަށްފަހު ރަނގަޅަށް ދެލޯ މަރާ ބާރުކޮއްލެވުނެވެ. އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ނިދާށެވެ. އެހެންނޫނީ އަހަރެންގެ ސިކުނޑި ފަޅައިގެން ހިގައިދާނެއެވެ. ނަމަވެސް އަހަރެންނަށް ދެލޯ މަރާލައިގެން އޮވެވުނީ އިރުކޮޅެއް ވަންދެންނެވެ. އަހަރެންނަށް އެހެނެއް އޮށޯވެގެން ނުއޮވެވުނެވެ. އެނދުން ތެދުވެ ކޮޓަރި ތެރޭގައި އަހަރެންނަށް ހިނގެން ފެށުނެވެ. މާދަން އަހަރެން ކުރަން މިއުޅޭ ކަންތައް އަހަރެން ޕްލޭން ކޮށްފައިވާ ގޮތަށް ނުގޮސްފިނަމަ އަނެއްކާ މިކަމުގައި އެތަށް އަހަރެން ވޭތުކުރަން ޖެހިދާނެއެވެ.
އެރޭ ވެގެން ދިޔައީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ދިގު ރޭގަނޑަށެވެ. ނިދަން ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ބޮލުގައި ދިޔައީ ގަދައަށް ރިއްސަމުންނެވެ. ހެނދުނުވި އިރު މީހާގެ ބޮލަށް އެބުރުން އަރަމުން ދިޔަ ކަހަލަ އިހްސާސްއެއް އަހަރެންނަށް ކުރެވެމުން ދިޔައެވެ. އެހެންކަމުން ފިނި ފެނުން ފެންވަރާ ރީތިވެލީމެވެ. އަދި ކަޅުކޮފީއެއް ބޯލީމެވެ. ޕެނަޑޯލް ދެގުޅަ ކެއުމަށްފަހު ބޭރަށް ދިއުމަށް ރެޑީވެލުމާއި އެކު ފޯނު ރިންގް ވެއްޖެއެވެ. “ކީކޭ” ފޯނު ނެގިގޮތަށް އަހަރެން އަހާލީމެވެ. “އާދެބަލަ އެއްކަލަ ގެއަށް” އެކޮޅުން ވާހަކަ ދެއްކީ މާޒިންއެވެ. މާޒިން އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އަވަހަށް ރެޑީވެލުމަށްފަހު އެގެއާއި ދިމާލަށް ދިއުމަށް އަހަރެން މިސްރާބު ޖެހީމެވެ. ނަމަވެސް ބޮލަށް ބަރުވެފައި ވުމުގެ ސަބަބުން އަހަރެން ދުއްވަމުން ދިޔައީ ވަރަށް ބަލައިގެންނެވެ. އެގެއަށް ދިޔައިރު މާޒިން އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. “ރޭގަވެސް ނުނިދަން ދޯ” އަހަރެން ފެނުމާއި އެކު ދެފަރާތަށް ބޯހޫރާލަމުން އަހާލިއެވެ. އަހަރެން ހިނިތުވެލީމެވެ. މާޒިންއަށް އޭނގެ ޖަވާބު ލިބޭނެ ކަމަށް ހީކުރީމެވެ.
“އާދޭ” އެތެރެއަށް ހިގައިގަންނަމުން މާޒިން ބުނެލިއެވެ. އަހަރެން މާޒިންގެ ފަހަތުން ބަސްއަހާ ކުއްޖެއްހެން ދިޔައީމެވެ. އެތެރެއަށް ވަދެގެން ދިޔައިރު ކޮޓަރީގައި ހަތަރު މީހުން ތިއްބެވެ. “މިއީ މި މަސައްކަތުގައި ބޮޑަކަށް އުޅޭނެ މީހަކީ… ޝާމް..” އަހަރެން އެމީހުންނަށް ތައާރަފް ކޮށްދެމުން މާޒިން ބުނެލިއެވެ. “މިއީ ޝާމްއަށް މިމައްސަކަތުގައި އެއްކޮށް އުޅޭ ގްރޫޕްއަކީ… މިއީ ނާއްޓެ.. ފިޔާޒް.. ޝިހައްޓެ.. މޯޑް” އެމީހުންގެ ނަންތަށް ކިޔައިދިނެވެ. “އަހަރެންނަކީ ބޮޑަކަށް އުޅޭ މީހާއޭ” މާޒިންއާއި ދިމާލަށް ބަލާލަމުން ހައިރާން ކަމާއި އެކު އަހަރެން އަހާލީމެވެ. “ޔާ… އަހަރެންނަށް އެނގޭ ޝާމްއަށް މިމައްސަކަތް ކުރެވޭނެކަން…” އެހެން ބުނުމަށްފަހު މާޒިން އެތަނުން ނިކުންނަށް ހިގައިގަތެވެ. “ހޭ ހޭ.. މަޑުކޮށްބަލަ… ޔޫ އާ ނޮޓް ހެލްޕިން” އަހަރެންނަށް މާޒިން އަތުގައި ހިފަހައްޓަމުން އަހާލީމެވެ. “ޔާ… ޔޫ ކޭން ޑޫ ދިސް ވިތައުޓް މީ….” މާޒިން ހީލަމުން ބުނެލިއެވެ. އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވެ. މާޒިން ނިކުމެގެން ދިޔައީއެވެ. އަހަރެންނަށް އިރުކޮޅެއް ވަންދެން ހުއްޓުން އަރާފައި ހުރެވުނެވެ.
“ޝާމް” އަހަރެން ސިހިގެން ދިޔައީ ކޮޓަރިތެރެއިން އަހަރެންނަށް ގޮވާލީމެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލަމުން އެތެރެއަށް ހިގައިގަތީމެވެ. އެތަނުގައި ތިބި މީހުންނަކީ އެއްވެސް ވަރަކަށް އިންސާނުންގެ ސިފައި ތިބި ބައެއް ނޫނެވެ. ކޮންމެ މީހެއްގެ އިސްތަށިގަނޑު ހީވަނީ ދޫންޏެއްގެ ހާއްޔެއް ހެންނެވެ. ލޮލުގައި އަޅާފައިވާ އަދުނުގެ ސަބަބުން އަސްލު ސިފަ ވަނީ ގެއްލިފައެވެ. ކަންފަތުގައި ތޮރުވާފައިވަނީ ކިތައްތަނުން ކަމެއް ބުނެދޭކަން ނޭނގެއެވެ. އަތުގައި އެކިވަރުގެ އެކިކަހަލަ ޕެކިން އަޅާފައި ހުއްޓެވެ. އަހަރެން އެންމެންނަށް ބޮޑުކޮށް ހިނިތުން ވެލީމެވެ. އަދި މޭޒާއި ކައިރިވެލީމެވެ. އޭރު އެތަނުގައި ކުރިން ދުވަހު އޮތް ޗާޓް އޮތެވެ. އެހެންކަމުން އަހަރެންގެ ޕްލޭން އެމީހުންނަށް ކިޔައިދީނެވެ. އެމީހުންގެ ފަރާތުން އަހަރެންނަށް އެކަހަލަ ކަންތަކާއި ބެހޭގޮތުން ވަރަށް ގިނަ މައުލޫމާތު ލިބުނެވެ. އެމީހުން އެކަހަލަ ކަންތައްތަށް ކުރަން އުޅޭއިރު ކަންތައް ކުރާ ގޮތާއި އޭގެ ފަހުން ކަންތައް ކުރާގޮތެވެ. އެތަނުގައި ތިބި ހަތަރު މީހުންނަކީވެސް އޭގެ ކުރިން އެތައް މާރާމާރިއެއްގައި ބައިވެރިވެފައިވާ ބައެކެވެ. އަދި އެތަށް ފަހަރަކު އެމީހުންވަނީ ހައްޔަރު ކުރެވިފައެވެ. ނަމަވެސް އެމީހުންގެ ބޮސް ‘މޮޅު އަދި ބޮޑު’ މީހަކަށް ވީމަ އެމީހުންނަށް ހުކުމް ކުރެވިފައެއް ނުވެއެވެ. އެވަރަށް ހެކިވެސް އެމީހުނަށް ހޯދިފައެއް ނުވެއެވެ.
ނަމަވެސް އެމީހުން އަހަރެން ކައިރީގައި އެމީހުން ކޮށްފައިވާ ހުރިހާ ކަމެއް އަހަރެންނަށް ކިޔައިދެމުން ދިޔައެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ހީވަނީ އެމީހުންނަށް އެކުރެވުނު ކަންތަކާއި މެދު ފަހުރުވެރިވެފައިވާ ހެންނެވެ. އެމީހުން ހުރިހާ ވާހަކައެއް ދެއްކި އިރު އަހަރެން ހުރީ ދަތްޕިލަ ފިއްތާލައިގެންނެވެ. އަތް މުއްމަޅާލައިގެންނެވެ. އަހަރެން މަސައްކަތް ކުރަމުންދިޔައީ އަހަރެންގެ އެތެރޭގައި ހުރި ރުޅިގަނޑު ބޭރަށް ނިކުތުމުގެ ކުރިން މައިިތިރި ކުރެވޭތޯއެވެ. އެމީހުންގެ ހުރިހާ ވާހަކައެއް އަޑު އަހަމުން ދިޔައިރު އަހަރެން މޫނުމަތީގައި އެމީހުންނަށް ޝައްކު ނުވާނެހެން ހިނިތުންވުމެއް ހުއްޓެވެ. އެދުވަހުގެ ގިނަ ވަގުތު ދިޔައީ ކޮންމެ މީހެއް އެމީހެއްގެ މަސައްކަތް ކުރާނެ ގޮތް ޕްލޭން ކުރުމުގައެވެ. އެންމެ ބޮޑަށް އެކަން ކުރަން ޖެހުނީ އަހަރެންނެވެ. މިކަމަކީ މިގޮތަށް ކުރާ އަހަރެންގެ ފުރަތަމަ ކަމަށް ވެފައި އެމީހުން އަހަރެންނަށް މިކަމުގައި އެގިގޮތްގޮތުން އެހީވަމުން ދިޔައެވެ. އަހަރެންނަށް އެކިގޮތްގޮތަށް ބުނެދެމުން ދިޔައެވެ.
އެމަސައްކަތުން އަހަރެންނަށް ސަލާމަތް ވެވުނީ ހަވީރުވަނިކޮށެެވެ. އަހަރެން ކޮޓަރިއަށް އައިގޮތަށް އައިސް ފާރިޝްއަށް ގުޅީމެވެ. “ކީކޭ” ފޯނު ބިޒީކޮށްލުމަށްފަހު އަންނޯން ނަމްބަރުން ގުޅިއެވެ. “މިރެއަށް ރެޑީތަ” އަހަރެން އަވަސްކަމާއި އެކު އަހާލީމެވެ. “ޔާ އާދިލްސަރ އެކަމާއި އެބަ އުޅޭ” ފާރިޝް ބުނެލިއެވެ. “އަހަރެން ބޭނުން މިރޭ ޕްލޭން ކޮށްފައިވާ ގޮތަށް ދާން… އެހެންނޫނީ ހަނދާން ކުރާތި… ހާނިމް ސަލާމަތް ކުރުން އެއީ ފަސޭހަ ކަމެއް ނޫން” އަހަރެން ބުނީމެވެ. އެކޮޅުން އެއްވެސް އެއްޗެއް ނުބުންޏެވެ. “ފާރިޝް” ފާރިޝް ވާހަކަ ނުދެއްކުމުން އަހަރެން ގޮވާލީމެވެ. “އަހަރެން މިގޮތަށް ވާހަކަ ދައްކާއިރު ތި ހުންނަނީ” އަހަރެން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. “ޝާމް… އެއްވެސް ކަމެއް ހާނިމްއަކަށް ނުވާނެ.. ޝާމްއަށް ހާނިމް ސަލާމަތް ކުރެވޭނެ” ފާރިޝް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކުގައެވެ. އަހަރެން ފުންނޭވާއެއް ބޭރުކޮށްލީމެވެ. ފާރިޝްއަށް އަބަދުވެސް އަހަރެން ބިރުގަންނަ ކަންތައްތަށް އެގެއެވެ. “ޝާމް.. ޕްލީޒް އަމިއްލަ ނަފްސަށް ކޮންމެވެސް ވަރަކަށް ޓްރަސްޓް ކޮށްބަލަ… އަދި އެހެން މީހުންނަށްވެސް…” ފާރިޝް ބުނެލިއެވެ. “ސޮރީ” އަހަރެން ބުނީމެވެ. “ޖަސްޓް ޓޭކް ކެއަރ އިނގޭ..” ފާރިޝް ވާހަކަ ދެއްކިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަނޑާލީމެވެ. ވަގުތު ކުޑަތަންވާ ވަރަކަށް އަހަރެންގެ ބޮލުގައި ރިއްސަމުން ދިޔަ ވަރު ބޮޑުވަމުން ދިޔައެވެ. ރޭގަނޑުގައި މޯޑް ގުޅިއެވެ. އެމީހުން ޕާޓީ ކުރާތީ އެތަނަށް އައުމަށް އެދުނެވެ. އަހަރެން އެތަނަށް ދާން ބެނުން ނުވާތީ ކުޑަކޮށް ބަލިކަމަށް ބުނެ އަހަރެން މަޑުކުރީއެވެ.
އަހަރެން ރޫމްއިން ނިކުތީ ހަމަޖެހިފައިވާ ގަޑިއަށެވެ. ސައިކަލަށް އަރާފައި އަހަރެން އެދިމާލަށް ދިއުމަށް މިސްރާބު ޖެހީމެވެ. ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އަހަރެން ތަންކޮޅެއް ދުރުގައި ސައިކަލް ޕާކްކޮށްލީމެވެ. އަދި އެތަނުގައި އެހެން މީހުން އަންނަންދެން މަޑުކޮށްލައިގެން ހުރީމެވެ. އެތަނަށް އެހެންމީހުން އައީ ފަސްމިނެޓް ފަހުންނެވެ. އޭރު އެންމެވެސް ތިބީ ރަނގަޅަށް ޖައްސައިގެންނެވެ. “ކޮބާ ރެޑީ” އެތަނުން އެކަކު ބުނެލިއެވެ. އެވަގުތު އަހަރެންނަށް ނޭފަތުގައި އަތް އަޅާލެވުނެވެ. އެމީހުން ތިބީ ވަރަށް ގަދައަށް ރާ ބޮއިގެންނެވެ. އަދި އެހާ ގަދައަށް ތެޔޮ ޖައްސައިގެންނެވެ. އަހަރެން ގަދަ ކަމުން ހިނިތުންވެލީމެވެ. ހާނިމް އެތަނުން ނިކުންނަށް ވާއިރަށް އެންމެން އެމީހެއްގެ ޕޮޒިޝަންއަށް އެމީހަކު ދިޔައެވެ. އަހަރެންވެސް އަހަރެން ހުންނަން ޖެހޭ ތަނުގައި މަޑުކޮށްލީމެވެ. އޭރު އަހަރެންގެ ހިތް ނޭނގޭހާ ބާރު މިނުގައި ތެޅެމުން ދިޔައެވެ. ކުރަން މިއުޅޭ ކަމަކުން އަހަރެންގެ ދިރިއުޅުން އެއްކޮށް ބަދަލުވެގެން ދާނެއެވެ. އަހަރެން މަންމަ ކައިރިއަށް ގޮސްފައި ހަތަރުކަޅި ހަމަކޮށް ވާހަކަ ދައްކާކަށް ނުކެރޭނެއެވެ. އަހަރެން ނުކުރާނަމޭ ބުނެފައިވާ ކަންތައްވެސް ކުރެވުނީއެވެ. މިއަދު މި ޕްލޭން ވޯކް ނުކޮށްފިނަމަ އަހަރެން މިކަމުގެ ތެރެއަށް ރަނގަޅަށް ވަދެވޭނެއެވެ.
ހާނިމް ނިކުންނަ ވަގުތު ޖެހެމުން ކައިރިވަމުން ދިޔައެވެ. އަދިވެސް އަހަރެންނަށް ޕޮލިހުންގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އަހަރެން ގަޑިބަލަމުން ދިޔައީމެވެ. ގަޑިން ބާރަޖަހައިފިއެވެ. ހާނިމް ބޭރަށް ނިކުންނަތަން އަހަރެންނަށް ފެނުނެވެ. އޭނަ ބޭރުގައި މަޑުކޮށްލުމަށްފަހު ސިގިރެޓް އެއް ރޯކޮށްލިއެވެ. ތަންކޮޅެއް ދުރުގައި މޯޑް މަޑުކޮށްލައިގެން ހުއްޓެވެ. އަހަރެން މޯޑްއާއި ދިމާލަށް ބަލާލިމެވެ. މޯޑް ބޯޖަހާލުމަށްފަހު މަޑުމަޑުން ހާނިމްއާއި ކައިރިއަށް ޖެހިލިއެވެ. އަހަރެންނަށް އިތުރަށް ބަލާކަށް ނުހުރެވުނެވެ. އަހަރެން އިތުރަށް މަޑުކޮށްފިނަމަ މޯޑް އޭނަގެ އަތުގައި އޮތް ތޫނު ވަޅީގެ ބޭނުން ކޮށްފާނެއެވެ. ނަމަވެސް އަހަރެންނަށް ހިގައިގަނެވުނީ ކުޑަތަންކޮޅަކަށެވެ. ފަހަތުގައި ހުރި މީހަކު އަހަރެންގެ ފައިގައި އަޅުވާފައި ވައްޓާލިއެވެ.
އަހަރެން ބަނޑުވަތަށް ވައްޓާލުމަށްފަހު ދެއަތް ފުރަގަހަށް ވާގޮތަށް ގެންގޮސް ބޮލުގައި ހިފަހައްޓާފައި ދުވާރުގައި މޫނު ޖައްސާ ބާރުކޮށްލިއެވެ. އަހަރެން ބަލަން އުޅެ އިތުރަށް މަގުމަތީގައި ވީ އެއްވެސް ކަމެއް ނޭނގުނެވެ. ވެއްޓެ ޖެހުނު ގޮތުން އަހަރެން އޮތީ ކުޑިލަންވެސް ނޭނގިފައެވެ. އިރުކޮޅަކު އެމީހާ އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރުމަށްފަހު އަތުގައި ބިޑި އެޅުވިއެވެ. އަދި އަހަރެން އެތަނުން ނެގިއެވެ. އޭރު އެތަނުގައި ދިހަވަރަކަށް މީހުން އުޅެއެވެ. ދެ ޕޮލިސް ވޭން އެއްފަރާތެއް މަޑުކޮއްލާފައި އޮތް އިރު އެވަގުތު މަގުމަތީގައި އުޅުނު އެންމެން އެވޭނަށް އަރުވަމުން ދިޔައެވެ. އަހަރެންނަށް އަހަރެންގެ ފަހަތުގައި ހުރި މީހާއާއި ދިމާލަށް ބަލާލެވޭ ގޮތެއް ނުވިއެވެ. އެމީހާ ހުރީ އަހަރެންގެ ބޮލުގައި ފަހަތުން ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. ޕޮލިސް ވޭނުގައި ތިބި މީހުންނަކީ ދުރުން ފެންނަ އިރު ޕޮލިހުން ހެނެއް ހިޔެއް ނުވެއެވެ. ކޮންމެ މީހެއްގެ ބޮލުގައި ވަރުގަދަ ވިގެއް ޖަހާފައިވާ އިރު އެންމެންވެސް ތިބީ މޫނުމަތީގައި މާސްކެއް އަޅައިގެންނެވެ. ޕޮލިސްކަން އެގެނީ އެމީހުން ޕޮލސް ޖެކެޓް އަޅައިގެން ތިބީމައެވެ.
އަހަރެން ގެންގޮސް ލީ އަހަރެންގެ ގްރޫޕް ކުދިން ތިބި ވޭނަށެވެ. އެމީހުންގެ މޫނުމަތިން ހައިރާން ކަމާއި ބިރުވެރިކަން ފާޅުވަމުން ދިޔައެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އެތަނުގައި އިށީދެލައިގެން އިނީމެވެ. ވޭން މަޑުކޮށްލީ އަތޮޅުވެހި ކައިރިއަށެވެ. އަދި ދެޕޮލިހުން އައިސް އަހަރުމެންގެ ވޭނުގައި ތިބި މީހުން ނެރެގެން ގެންގޮސް ގޮޅިއަށް ލިއެވެ.އަހަރެން ލީ ވަކިން ގޮޅިއަކަށެވެ. އެހެންމީހުންނަށް ހެދިގޮތެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ގޮޅީތެރެއަށް ކޮށްޕާލުމަށްފަހު އެމީހާ ތަޅުލުމަށްފަހު ހިގައްޖެއެވެ. އެމީހާ ކޮށްޕާލުމުން އަހަރެން ނުވެއްޓުނީ ކިރިޔާއެވެ. އަހަރެން ރުޅިގަދަވިއެވެ. އެކަމަކު އެއްވެސް އެއްްޗެއް އަހަރެން ނުބުނަމެވެ. އަހަރެން ހުރީ ކެތްކޮށްލައިގެންެނެވެ. އަހަރެން ހުރީ ފަހަތަށް ވާ ގޮތަށް ބިޑި އަޅުވާފައިކަމުން އަހަރެންގެ އަތަށްވެސް ދިޔައީ ތަދުވަމުންނެވެ. އަދި އޭރު އެމީހާ އަހަރެން ވައްޓާލިގޮތުން މޭމައްޗަށްވެސް ތަދުވަމުން ދިޔައެވެ. އެހުރިހާ ކަމަކާއި ހުރެ އެތެރޭގައި އަދަމުން ދިޔަ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. އަހަރެން އެނދުގައި އިށީދެލުމަށްފަހު އަނެއްކާވެސް ތެދުވެއްޖައީމެވެ. އަހަރެންނަށް ތަނެއް ދޮރެއް ނޭނގެއެވެ. އަހަރެންނާއި އެކު ގެންނަ މީހުންނަށް އެމީހުން ހަދާ ގޮތެއްވެސް ނޭނގެއެވެ. ހާނިމްއަށް ވީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.
އަހަރެން ގޮޅީތެރޭގައި ހިގަހިގާ ހުއްޓާ ދޮރުހުޅާލިއަޑަށް އަހަރެން ބަލާލީމެވެ. “އާދަމް ޝާމް” އަހަރެންގެ ނަމުން އެތަނަށް ވަތް ދެމީހުންގެ ތެރެއިން އެކަކު ގޮވާލިއެވެ. އަހަރެން ބަލާލީމެވެ. “ޔޫރިންއެއް ދެވިދާނެތަ” ޔޫރިން ކަޕް ދައްކާލަމުން އެމީހާ ބުނެލިއެވެ. އަހަރެން އެމީހާ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ފަހަތަށް އެބުރި އަތްދައްކާލީމެވެ. އެމީހާ އަހަރެންގެ އަތުގައި އަޅުވާފައި އިން ބިނޑި ނައްޓާލިއެވެ. އަދި ކަޕް އަހަރެންގެ އަތަށް ދިނެވެ. އަހަރެން ޔޫރިން އެމީހުންނަށް ދިނީމެވެ. ޓެސްޓް ކުރީ އަހަރެންގެ ކުރިމަތީގައެވެ. އެއްވެސް އެއްޗަކަށް ޕޮޒިޓިވްއެއް ނުވިއެވެ. އެގޮތަށް ކަންތައްވުމުން އެމީހުންގެ މޫނުމަތިން ހައިރާންކަން ފާޅުވިކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އިތުރަށް އެމީހުން އެތަނުގައި މަޑުނުކޮށް ނިކުމެގެން ދިޔައެވެ. އަހަރެން އެނދުގައި އިށީދެލީމެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އަހަރެން އިނީ ދެން ވާނެ ގޮތެއް ނޭނގޭތީއެވެ.
އަހަރެން ސިހިގެން ދިޔައީ ގޮޅީގެ ދޮރު ހުޅުވާލި އަޑަށެވެ. ބަލާލިއިރު ދޮރުމަތީގައި ހުއްޓިލައިގެން ހުރީ ފާރިޝްއެވެ. “ކިހިނެއްވީ.. ކޮބާ ހުރިހާ އެންމެން.. ހާނިމް ކޮބާ.. އޭނަ އޯކޭތަ” އަހަރެން ތެދުވަމުން ސިކުނޑީގައި އެބުރެމުން ދިޔަ ހުރިހާ ސުވާލެއް ކުރީމެވެ. ފާރިޝް ހިނިތުންވެލަމުން އެތެރެއަށް ވަދެ ސެލްގެ ދޮރު ލެއްޕިއެވެ. “އަހަރެންނަށް ނޭނގެ މީގެ ކުރިން ޝާމް ހާނިމްއަށް ކެއަރ ކުރާކަމެއް” ފާރިޝް ހިނިތުންވެލަމުން ބުނެލިއެވެ. އަހަރެން ފާރިޝްގެ މޫނަށް ބަލާލީމެވެ. އަދި އެނދުގައި އިށީދެލީމެވެ. އަހަރެން ހުރީ ސަކަރާތްޖަހާ ކަހަލަ މޫޑެއްގައެއް ނޫނެނެވެ. އަހަރެންގެ ސިކުނޑީގައި އެބުރެމުން ދިޔަ ސުވާލުތަށް ހީވަނީ ސިކުނޑި ކަމުން ދިޔަ ހެންނެވެ. އެހެންކަމުން އެސުވާލު ތަކުގެ ޖަވާބެއް އަހަރެން ބޭނުންވެއެވެ. “ޔާ މޭން.. ހީ އިޒް ފައިން.. ޑޯންޓް ވޮރީ.. ވީ ޑިޑިޓް” ފާރިޝް އަހަރެންގެ ކޮނޑުގައި ޖަހާލަމުން އެނދުގައި އަހަރެންގެ ކައިރީގައި އިށީދެލިއެވެ. “ޔޫ ޑިޑިޓް” މަޑުމަޑުން ފާރިޝް ބުނެލިއެވެ. އަހަރެން ފާރިޝްގެ މޫނަށް ބަލާލީމެވެ. “ގްރޫޕް މީހުންނަށް އެނގޭނެ އެއީ އަހަރެންގެ ކަމެއްކަން” އަހަރެން ބުނެލީމެވެ. “މޭބީ.. އޯ މޭބީ ނޮޓް” ފާރިޝް ބުނެލިއެވެ. “ސޯ ހާނިމްއަށް ކިހިނެއްވާނީ ދެން” އަހަރެން އަހާލީމެވެ. “އޭނަ މިހާރު އެތެރޭގައި ބަންދު ކުރެވިފައި ހުރީ.. އޭނަ އާއި ދެކޮޅަށް ހުރި ހެކިތަށް އޭނައަށް ދެއްކޭނެ.. ” ފާރިޝް ކިޔައިދިނެވެ. “ދެން އަހަރެންނަށް މިތަނުން ނިކުމެވޭނީ ކޮން އިރަކުން” އަހަރެން އިސްޖަހާލަމުން އަހާލީމެވެ.
“މާދަން ހެނދުނު.. މިރޭ ދެން މި ހޮޓަލްގައި ނިދާލާ” ފާރިޝް މަޖާވެލަމުން ބުނެލިއެވެ. “ހާނިމްއަށް އެނގޭނެ އެއީ އަހަރެން ކުރި ކަމެއްކަން” އަހަރެން އެގޮތަށް އިނދެ ބުނީމެވެ. “މޭން… ޔޫ ސޭވް ހިޒް ލައިފް” ފާރިޝް ބުނެލިއެވެ. “އޭނަގެ ފެމެލީވެސް ސަލާމަތް ކުރަން ޝާމްއެއް ނުން ބުނީ… ޝާމްގެ މައްސަލައެއް ނޫނޭ އެއީ.. އޭނައަށް އެނގޭނެ ކޮންމެވެސް ދުވަހަކުން އެތެރެއަށް ވަންނަން އޭނަ ޖެހޭނެކަން” ފާރިޝް ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ހީވަނީ މީހެއްގެ ދުވަސް ދުއްވާލެވުނުހެން.. އޭނަގެ ލައިފް އަހަރެންގެ އަތުން ދުއްވާލެވުނުހެން” އަހަރެން ބުނީމެވެ. ހާނިމްއަށް ދެން ދިމާވާ ހުރިހާ ކަމެއްގެ އަސްލަކަށް ވާނީ އަހަރެންނެވެ. އެތެރެއިން އޭނައަށް ގެއްލުމެއް ލިބުނަސް އެއީ އަހަރެންގެ ސަބަބުން ވީކަމެެއްކަން އެންމެންނަށް އެނގޭނެވެ. “ސްޓޮޕް ބްލޭމިން ޔުއަރެ ސެލްފް އިނގޭ… މިރޭ އަހަރުމެންނަށް އޭނަ ދިރިހުއްޓާ ސަލާމަތް ކުރެވުނީ ޝާމްގެ ސަބަބުން… އެކަން ފުރަތަމަ ވިސްނަބަލަ” ފާރިޝް އަހަރެންގެ އަތުގައި ހިފަހައްޓާލަމުން ވިސްނައިދޭގޮތަށް ބުނެލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީމެވެ. ފާރިޝް އިރުކޮޅަކު އެހެން އިނުމަށްފަހު އެތަނުން ނިކުތެވެ. ފާރިޝް ނިކުތުމުން އަހަރެން އެނދުގައި އޮށޯވެލީމެވެ. ބޯމަތީގައި އަތްބާވާލައިގެން ދެން އަހަރެން ކަންތައް ކުރާނެ ގޮތަކާއި މެދުގައި ވިސްނަން ފެށީމެވެ.
އަހަރެންނަށް ހޭލެވުނީ ސެލްގެ ދޮރުގައި މީހަކު ޖެހުމުންނެވެ. އަހަރެން ބޯހިއްލާ ބަލާލީމެވެ. އޭރު ބޭރުގައި ދެޕޮލިހުން މަޑުކޮށްލައިގެން ތިއްބެވެ. “ދާން ރެޑީވޭ” ހަރުކަށި އަޑަކުން އެތަނުން އެކަކު ބުނެލިއެވެ. އަހަރެން ތެދުވެ އެނދުގައި އިށީދެލީމެވެ. އެމީހުން ދޮރުހުޅުވާލުމަށްފަހު ނިކުތުމަށް ބުންޏެވެ. އަހަރެން އެމީހުންގެ ފަހަތުން ބަސްއަހާ ކުއްޖެންހެން ދިޔައީމެވެ. އޭރު ހެނދުނު އަށެއް ޖަހަނީއެވެ. އަހަރެން ދޫކޮށްލުމާއި އެކު އަވަހަށް ދިޔައީ ނިހާދު އާއި ބައްދަލު ކުރަންވެގެން އޭނަ އުޅޭ ގެއަށެވެ. ދޮރުގައި ޓަކި ޖެހުމާއި އެކު ދޮރު ހުޅުވާލީ މާޒިންއެވެ. “ޝާމް” އަހަރެން ފެނުމާއި އެކު މާޒިން ގޮވާލިއެވެ. “އެންމެން ހައްޔަރު ކުރީ” އަހަރެން އަވަސްކަމާއި އެކު ބުނީމެވެ. އޭރު އަހަރެން ހުރީ ދާހިއްލާ ފޯވެފައެވެ. ހާސްވެގެން މީހާ ހަލާކު ވަނީއެވެ. “ހަމަޖެހިބަލަ… ކިހިނެއްވީތަ… ރޭގަ” މާޒިން އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް ގޮނޑިއެއްގައި ބައިންދަމުން އަހާލިއެވެ. އެވަގުތު ނިހާދު އެތެރެއިން ނިކުތެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
“ނޭނގެ… އެންމެން ދިޔައީ އެތަނަށް… ޕޮލިހުން ކުއްލިއަކަށް އަރައިގަތީ” އަހަރެން އަތުން މޫނު ފުހެލަމުން ކިޔައިދިނީމެވެ. “އަހަރެން ދޫކޮއްލީ ދެންމެ… އެކަމަކު އިތުރު އެއްވެސް މީހަކު ދުލެއް ނުކުރޭ..” އަހަރެން ވާހަކަ ދައްކަމުން ދިޔައީމެވެ. “އެމީހުން ޔޫރިން ޕޮޒިޓިވް ވީ… ރޭގަ ވަރަށް ގަދައަށް އެމީހުން ތިބީ ޖައްސައިގެން… އައި އޭމް ސޮރީ މާޒިން.. އަހަރެންނަކަށް ނޭނގުނު ހަނދާނެ ގޮތެއް..” އަހަރެން މޫނުމަތީގައި އަތް އަޅާލަމުން ބުނީމެވެ. “އެމީހުން ކީއްވެ ޝާމް ދޫކޮއްލީ” ނިހާދު ރުޅިވެރިކަމާއި އެކު އަހާލީއެވެ. “އައި ޑޯންޓް ނޯ… އަހަރެންގެ ޔޫރިންއެއް ޕޮޒިޓިވް އެއް ނުވޭ… އެމީހުން ހިފަހައްޓާފައި މިހާރު ތިބީ މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ކުށުގައި.. އަހަރެންގެ ބަހައްޓާނެ މައްސަލައެއް ނެތީމަ އަހަރެން ދޫކޮއްލީ” އަހަރެން ނިހާދުއާއި ދިމާލަށް ބަލާލަމުން ބުނީމެވެ. “އެއްވެސް މައްސަލައެއް ނުފެނުނުތަ.. ޝާމް އަތުން އެމީހުންނަށް ވަޅިއެއް ނުފެނުނުތަ” ނިހާދު އަހަރެންނާއި ކައިރިވެލަމުން އަހާލިއެވެ. “ކީއްވެ އަހަރެންގެ އަތުން ވަޅިއެއް އެމީހުންނަށް ފެންނަންވީ” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. ހަގީގަތުގައި އަހަރެންނަށް ނިހާދު ދައްކާ ވާހަކަ ގެޓް ނުވީއެވެ.
“ބަލަ ކަލެއެއް ނޫންތަ ބުނީ ތިމަންނަ އޭ ފުރަތަމަ ވަޅި ޖަހާނީ.. އެހެންވެއްޖެނަމަ ކަލޭ އަތުން ވަޅިއެއް ފެންނަން ޖެހޭނެއެއްނުން” ރުޅިވެރިކަމާއި އެކު ނިހާދުގެ އަޑު ބާރުވަމުންދިޔައެވެ. އަަހރެންނަށް ވިސްނާލެވުނީ އެހެން ބުނީމައެވެ. އެކަމަކީ އަހަރެންގެ ޝަރުތު ތަކުގެ ތެރެއިން އެއް ޝަރުތެވެ. “ޔާ އަހަރެން ބުނިން އެހެން… އެކަމަކު ފަހުން މޯޑުމެންނާއި ވާހަކަ ދައްކާފަ ނިންމީ އަހަރެން ތަންކޮޅެއް ފަހަތުގައި ހުންނަ ގޮތަށް” ނިހާދުގެ ސުވާލަށް އަހަރެން ޖަވާބު ދިނީ ތެދުވެރިކަމާއި އެކުގައެވެ. ނަމަވެސް ނިހާދު ހުރީ އަހަރެން ދައްކާ ވާހަކައެއް ގަބޫލު ކުރާ ގޮތަކަށް ނޫނެވެ. “ރިޔަލީ… އެމީހުންނާއި ވާހަކަ ދައްކާފަ.. ދެޓްސް ރިޔަލީ ގުޑް… އޯ ޔޫ ނޯ ދިސް ވަން ވިލް ކަމް” ނިހާދު ރުޅިވެރިކަމާއި އެކު ހަޅޭލަވައިގަތެވެ. “މާނައަކީ” އަހަރެން ގޮނޑިން ތެދުވެ ނިހާދުއާއި ކުރިމަތިލީމެވެ. “ކަލޭ ތިބުނަނީ މިއީ މަކުރި ކަމެކޭތަ” ނިހާދުގެ އަޑަށް ވުރެއް ބާރަށް އަހަރެން ހަޅޭލަވައިގަތީމެވެ.
“ހުހް… ބަލަ މަށެއްނުން ތިހެން ކަލެއާއި ދިމާލަށް ބުނަންވީ… ކަލޭ ވިއްޔަ ތި ހުންނަނީ މަށާއި ޖައްސާލާފައި… މަ އެންމެ ފުރަތަމަ މިގްރޫޕްއަށް ވަން ދުވަހުން ފެށިގެން ބަލަ މަށޭ މި އޮންނަނީ އެ ގުޑަ ގޮޅީގައި… އަބަދު ކަހަލައިން… ކޮންމެވެސް އެއްޗެކޭ ކިޔާފަ އެއުޅޭ ނޫކުލައިގެ މީހުން މަ އެތެރެ ކުރޭ… މަށެއްނުން ކަލޭމެންނަށް ޝައްކު ކުރަންވީ…” އަހަރެން ވާހަކަ ދެއްކީ ރުޅިވެރިކަމާއި އެކުގައެވެ. “އަދި ބުނެފިއެއްނުން މަށަށް މިކަން އެނގެއޭ… ހަނދާންވޭތަ ކަލޭމެންގެ ގްރޫޕް ނާފިލް ހިފެހެއްޓި ދުވަސް މަތިން.. އެއީ އެންމެ ފުރަތަމަ އަހަރެން ސްޓަފް ނަގަން ވެގެން ކަލޭމެންގެ ގްރޫޕް މީހަކާއި އެކު ދިޔަ ދުވަސް… މަގޭ ނަސީބު ރަނގަޅު ކަމުން އެދުވަހު އެތަނުން ދުރަށް ދެވުނީ… ދެން ހަނދާންވޭތަ ކަލޭމެން ބުނެގެން މާ ރާއްޖެއިން ބޭރަށް މިހުރި މާޒިންއާއި އެކު ދިޔަ ދަތުރު މަތިން… އެދަތުރު ނިންމާފަ އައި ތަނުން އެމީހުން އަހަރެން ގެންދިޔައީ” އަހަރެން ވާހަކަ ދެއްކީ ވަރަށް ބާރަށެވެ. ނިހާދު ފާޑަކަށް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މާޒިން ހުރީ ހާސްވެފައެވެ. އަހަރެން އަތުން ކަމެއް ކޮށްފާނެތީ ބިރުގަންނަނީ ކަންނޭނގެއެވެ.
“މި ގްރޫޕްއަށް ވަންފަހުން ބުނެބަލަ އަހަރެންނަށް ރަނގަޅަކަށް ވީ އެއްވެސް ކަމެއް…. އެއްވެސް ކަމެއް… މަށަށް ހީވަނީ ކަލޭމެންގެ މީހެއްހެން މަގޭ ފަހަތުން ނައްޓާލަން ނޭނގިގެން ތިއުޅެނީ.. ހުރިހާ ކަމެއްގައި… މަށެއްނުން ކަލޭމެންނަށް ޝައްކު ކުރަންވީ” އަހަރެން ނިހާދު ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުނީމެވެ. “ކަމޯން ގައިސް… ދިސް އިސް ނޮޓް އަ ގުޑް ޓައިމް އިނގޭ” މާޒިން އެންމެ ފަހުން ނުހުރެވިގެން އަހަރުމެންގެ ދޭތެރެއަށް ވަނެވެ. “އަހަރެންނަށް ހީވަނީ ޝާމް އެބުނަނީ ތެދެއްހެން… އެހެންނޫނަސް ކީއްވެތަ ޝާމް ވަކި އެމީހުން ހައްޔަރު ކުރަންވީ” މާޒިން ނިހާދު އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އޭނައަށް އެކަން ނޭނގޭ ކަމަށް ވަންޏާމު ކީއްވެ އެންމެ ފަހު ވަގުތު ޕްލޭން ބަދަލު ކުރަންވީ” އަދިވެސް ނިހާދު ހުރީ ރުޅި އައިސްފައެވެ. އެހެންކަމުން އޭނަ ހަޅޭލަވައިގަތެވެ.
“ސޮރީ މޭން.. ރިޔަލީ.. އަސްލު ނިހާދު އެބުނީ ތެދަށް… އެއީ އަހަރެންގެ ފަރާތުން ވީކަމެއް.. މޯޑް އެހެން ބުންޏަސް އަހަރެން ނުޖެހޭ ޕްލޭން ބަދަލު ކުރާކަށް.. މޯޑް ބުނީ އަހަރެންގެ ފުރތަމަ މާރާމާރިއަށް ވީމަ ބަލަން ހުރީމައޯ އެގޭނީ… ރަނގަޅަށް އެކަން ކުރަން… އެހެން ބުނީމަ އަހަރެންނަށްވެސް… އެކަމަކު އަސްލު އަހަރެން ނުޖެހޭ އެހެންބުންޏަސް އެގޮތަށް އަމަލު ކުރާކަން.. ސޮރީ ނިހާދު.. އަސްލު އަހަރެން މޯޑްގެ މަގާމުގައި ހުރިނަމަ މިތަނުގައި މިވަގުތު ހުންނާނީ މޯޑް” އަހަރން އިސްޖަހާލީމެވެ. އަހަރެންނަށް ކުރެވުނީ ކުށެއްކަމަށް އަހަރެން ގަބޫލު ކުރީމެވެ. މާޒިން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “ދެން އަނެއްކާ އެމީހުން ޕާޓީ ހަދަންވެގެންެވެސް އަހަރެންނަށް ގުޅި… އެމީހުން ކައިރިއަށް އަހަރެންނަށް ނުދެވުނީ އަހަރެންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސާތީ.. އެހެންވެ އަހަރެން ބޭނުންވީ ނިދާލަން.. އެކަމަކު ނިހާދު އެބުނީ ތެދަށް.. އެމީހުން ކައިރީގައި އަހަރެން ހުންނަން ޖެހޭނެ” އަހަރެން އެގޮތަށް ވާހަކަ ދެއްކުމުން ނިހާދު އަނެއްކާވެސް ފާޑަކަށް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އައި ތޯޓް އައި ވޯސް ހެލްޕިން ޔުއަރ ކައިސް… ބަޓް އައި ކެސް ނޮޓް” އަހަރެން މާޒިންގެ މޫނަށް ބަލާލީމެވެ. “ކަލޭމެން އަހަރެންގެ އެހީއަށް އެދުނީމަ ފުރަތަމަ ނޫނެކޭ ބުނި ގޮތަށް ދެވަނަ ފަހަރަށް ވެސް އަހަރެންނަށް ނޫނެކޭ ބުނެވެން ޖެހޭނެ.. އަހަރެން ނޫނެކޭ ބުނިނަމަ މިހާރު އެންމެން ތިބޭނީ އެކުގައި” އަހަރެން ނިހާދު އާއި ދިމާލަށް ބަލާލަމުން ބުނީމެވެ. “ކަލެއަށް އެމީހުން އެހާ މުހިއްމު ކަމަށް ވަންޏާމު އަހަރެންނާއި އެކު ބައިވެރިކުރަން ކަލޭ ވިސްނުންވެސް އެއީ ވެސް އަހަރެންގެ ކުށެއް… ކަލޭގެ ސިކުނޑިއެއް ނެތް ބޮލަށް އެވަރު ނުވިސްނުންވެސް އެއީ އަހަރެންގެ ކުށެއް… އަހަރެންގެ ކުށެއް އެއީ ކަލޭ ހާނިމް މަރާލަން ވިސްނުންވެސް އެއީ… ޔަ އެއީ އަހަރެންގެ ކުށެއް” އަހަރެން ހަޅޭލަވައިގަތީމެވެ. އަހަރެން ބޭނުންވީ ރީތި ގޮތުގައި ނިހާދު އާއި ދިމާލަށް އެއްޗެހި ކިޔާށެވެ. “ސޮރީ ފޮ އެވްރީތިން މޭން.. އައި އޭމް ސޮރީ ދެޓް އައި ހެލްޕް ޔޫ ގައިސް” އެހެން ބުނުމަށްފަހު އަހަރެން އެތަނުން ނިކުމެގެން ދިޔައީއެވެ. މާޒިން އަހަރެންނަށް ގޮވަގޮވާ ހުއްޓައެވެ. ނިހާދު ފާޑަކަށް ބަލަހައްޓައިގެން ހުއްޓައެވެ.
އަހަރެން ދިޔަ ގޮތަށް ރޫމްއަށެވެ. ދެތަށް ބުނާނަމަ އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ނިހާދު އާއި ދިމާލަށް އެއްޗެހި ކިޔާލަން ޗާންސްއެއް ލިބުމުން އަހަރެން ނުލާހިކު އުފާވިއެވެ. ކޮޓަރިއަށް އައިސް އަހަރެން ރީތިވެލުމަށްފަހު އެނދުގައި ޖައްސާލީމެވެ. އޭރުވެސް ބޮލަށް ހުރީ ބަރުވެފައެވެ. ޖައްސާލުމާއި އެކު ހީވެސް ނުކުރާހާ އަވަހަށް އަހަރެންނަށް ނިދުނެވެ.
އަހަރެންނަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކިޖަހާ އަޑަށެވެ. ދޮރު ހުޅުވާލުމަށްފަހު އައިސް އެނދަށް ވެއްޓިގަތީ އަދި ތެދުވަން ބޭނުންނުވާތީއެވެ. އެހެންނޫނަސް މިމަސައްތަކުގައި މިހޭދަވި ދުވަސްތަކުގައި އަހަރެންނަށް އަދި އެހާ އަރާމްކޮށް ނިދުނު ދުވަހެއް ހަނދާނެއްވެސް ނެތެވެ. “ހޭ އަދިވެސް ނިދަނީތަ.. ދެން ތެދުވޭ” މާޒިން އަހަރެންގެ ފަޔަށް ދަމާލަމުން ގޮވާލިއެވެ. “މިހާރު ރޭގަނޑު ވެއްޖެ” މާޒިން ބުނެލިއެވެ. އަހަރެންނަށް ސިހިފައި ތެދުވެވުނެވެ. ގަބޫލެއްވެސް ނުކުރެވުނެވެ. އަހަރެންނަށް އެހާ އަރާމްކޮށް އެހާ ގިނައިރުގައި ނިދުނީމައެވެ. “ރޭގަނޑުވީއޭ.. ދޮގު ނުހަދަބަލަ” އަހަރެން ލޯ ފުހެލަމުން އަހާލީމެވެ. “ޔާ މޭން… ދެން ތެދުވޭ އަވަހަށް… އަނެއްކާ މިއަދު އައި ގޮތަށް އައިސް ކީއްކުރީތަ..” މާޒިން އެނދުގައި އިށީނަމުން އަހާލިއެވެ.
“ކީއްކުރެވޭނީ.. ރުޅި އައިސްފައި ހުރީމަ އެއްވެސް ކަމެއް ކުރާހިތެއް ނުވި” އަހަރެން އަލަމާރިން ދެބިޔަރު ދަޅު ނަގަމުން ބުނީމެވެ. އޭގެން އެއްދަޅު މާޒިންއަށް ދިއްކޮށްލުމަށްފަހު އަނެއްދަޅު އަހަރެން ކަނޑާލީމެވެ. “ސޮރީ އެބައުޓް ނިހާދު އިނގޭ… އަސްލު އޭނަ ހުރީ ރޭގައި އެކަންތަށް ވާނެ ކަމަށް ވަރަށް ހީކޮށްގެން.. އެހެންވެގެން އެކަން ޕްލޭން ކުރި ގޮތަށް ނުވީމަ… އޭނަ ނެއްޓީ” މާޒިން ނިހާދު ދިފާއުކޮށް ވާހަކަ ދެއްކިއެވެ. ކޮންމެ ކަމެއްގައިވިޔަސް މާޒިން އޭނަގެ ރައްޓެހިން ނޫނީ ގްރޫޕް ކުދިން ދިފާއު ކުރެވޭތޯ ބަލައެވެ. “ބަލަ މަށެއްނުން ނައްޓަންވީ… އަހަރެން ހުރީ ނުލާހިކު އެކަން ކުރަން ބޭނުންވެފައި.. ކޮއްކޮއަށް އަނިޔާ ލިބުނީ އެނުލަފާ މީހާގެ ސަބަބުންކަށް އަހަރެންނަށް އެގޭތީ އޭނަގެ ހޭއަރުވާލަން އަހަރެން ބޭނުންވީ… އެކަމަކަު އެހެނެއްނުވި.. އަދި ކީއް.. އޭނަ ސަލާމަތުން ހުރީ.. ހުރިހާ ޕްލޭންއެއްކޮށް ހެދީ އަހަރެން.. އެހެންވީމަ އަހަރެންދޯ ރުޅި އަންނަންވީ” އަހަރެން ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކީމެވެ. “ދެން އޯކޭއޭ… އޭނަވެސް ރުޅި އައީ މޯޑްމެންނަކީ ގްރޫޕްގައި އެންމެ ނަން ހިނގާލެވޭ ކުދިންވީމަ.. އެގޮތަށް ހައްޔަރުވީމަ އޭނަ ރުޅިގަދަވީ” މާޒިން ބުނެލިއެވެ. “މާނައަކީ އޭނަ ބަލަނީ ގްރޫޕްގެ ވަކި ކުދިންނަށޭތަ… އަހަރެންނަކީ އެއްވެސް މީހެއް ނޫންދޯ” އަޑުމަޑުކޮށްލަމުން އަހަރެން ބުނީމެވެ.
“ދެން ސާބަހޭ… އެހެނެއް ނޫން މިބުނީއެއް… އެހެންނޫނަސް ތި ދެއަންހެނުންގެ ރުޅި މަށަށް ބަލާން ހަނދާނެކަމެއް ނެތް.. އަހަރެން މިއައީ ކަމަކު.. ހިގާބަލަ މަށާއި އެކު ބޭރަށް ޖެހިލަން… އާ އެއްޗެހިތަކެއް ގެނެސްގެން އެބައުޅޭ” މާޒިން ބުނެލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލުމަށްފަހު ދަޅު ހިފައިގެން ފާހާނައަށް ވަނީމެވެ. ރީތިވެލައިގެން ބޭރަށް ނިކުން އިރު ރޭގަނޑު ހަތެއް ޖަހަނީއެވެ. އަހަރެން ދިޔައީ މާޒިންއާއި އެކު މާޒިންގެ ސައިކަލުންނެވެ. އަހަރެން އިނީ މާޒިންގެ ފަހަތުގައެވެ. މާޒިން ދިޔައީ ކޮންތާކަށް ކަމެއް އަހަރެންނަށް ނޭނގެއެވެ. އޭނަ ދިޔައީ ކުޑަކުޑަ ގޯޅިތަކަށް އަޅަމުންނެވެ. އެގޮތަށް ދަނިކޮށް އެޅި ގޯޅިއަކުން އަހަރެންނަށް އަޑެއް އިވުނެވެ. ހިމޭން ގޯޅިއެކެވެ. ދުއްވާ އެއްޗެއް އެވަގުތު އެގޯޅިތެރޭގައި ނެތުމުން މުޅިތަނަށް ފެތުރިފައިވަނީ ހަމަހިމޭން ކަމެވެ. މާޒިން ކައިރީގައި ސައިކަލް މަޑުކޮށްލުމަށް އަހަރެން ބުނީ ފުރަތަމަ އެއީ އަހަރެންނަށް ހީވުމެއް ކަމަށް ހީކޮށެވެ. ނަމަވެސް ސައިކަލް ހުއްޓާލުމުން އެއީ ހީވުމެއް ނޫންކަން އަހަރެންނަށް ޔަގީންވިއެވެ.
ތަންކޮޅެއް ދުރުގައި ބަޔަކު ތިއްބެވެ. އަހަރެން އެމީހުންނާއި ކައިރިވެލީ އެމީހުން އެތަނަށް އެއްވެފައި ތިބީ ކީއްވެތޯ ބަލާލުމުގުގެ ބޭނުމުގައެވެ. އެވަގުތު އެމީހުންގެ އެތެރެއިން މީހެއްގެ ވޭނުން ފުރިފައިވާ އާހެއްގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނެވެ. އަހަރެން އެންމެން ދުރުކުރުމަށްފަހު އެންމެ އެތެރެއަށް ވަނީމެވެ. އޭރު މާޒިން ސައިކަލުން ނުފާބައި އިނެވެ. އަދި އަހަރެން ކައިރީގައި އެތަނަށް ނުދިއުމަށް ބުނަމުން ދިޔައެވެ. ނަމަވެސް އހަަރެން އޭނަގެ ވާހަކައެއް އަޑެއް ނާހަމަވެ. އެތަނަށް ވަދެވުމާއި އެކު އަހަރެން ހައިރާންވެގެން ދިޔައެވެ. ހަތަރު މީހުންވެގެން މީހެއްގައިގައި ތަޅަމުން ދިޔައެވެ. އޭރު އެމީހާ އޮތީ ވެއްޓިފައެވެ. އަހަރެންނަށް ބަލާކަށް ނުހުރެވުނެވެ. ދިޔަގޮތަށް އެތަނުން އެކަކުގެ ފުރަގަކުން އެމީހަކު ލައިގެން ހުރި ޓީޝާޓްގައި ހިފާފައި ދުރަށް ކޮއްޕާލީމެވެ. އޭރު ވެއްޓިފައި އޮތް މީހާ އޮތީ ބޯމަތީގައި އެއަތް އަޅައިގެން ފައިކުރުކޮށްލައިގެންނެވެ. އޭރުވެސް އެމީހާ ކުކުރަމުން ރިޔައެވެ. އަހަރެން އެތަނަށް އެއްވެފައި ތިބި މީހުންނާއި ދިމާލަށް ބަލާލީމެވެ. އެއީ އިންސާނުން ހެއްޔެވެ. މިމީހާއަށް އެވަރު ކުރިއިރުވެސް އެކަކުވެސް އެމީހުން ދުރުކުރާކަށް ކައިރިއެއް ނުވެއެވެ. އޭގެ ބަދަލުގައި މަންޒަރު ބަލަން ތިބީއެވެ. ފޮޓޯ ނަގަން ތިބީއެވެ. މިއީ މިހާރު ދިވެހިންގެ އާދައެވެ.
އަހަރެންނަށް ތަހުގީގު ކުރާކަށް މާގިނަ ވަގުތެއް ނުލިބުނެވެ. އެކަކު އެގޮތަށް އެއްލާލުމުން ދެންއެތަނުގައި ތިބި ތިންމީހުނަށް ލިބިގެން ދިޔައީ ހައިރާން ކަމެވެ. ނަމަވެސް އެތަނުން އެކަކު އޭނަގެ އަތުގައި އޮތް ބޮޑު ލަޓިބުރި އަހަރެންނާއި ދިމާލަށް މަޅާލިއެވެ. އަހަރެންނަށް އެހަމަލާއިން ރޭކޭކަށް މާކަ އުދަގުލެއް ނުވިއެވެ. އެހަމަލާއިން ރެކުމަށްފަހު އެމީހާގެ ބަނޑުގައި ވަރުގަދަ އެތިފަހަރެއް ފައިން އަޅައިފީމެވެ. އަދި އެންމެ މުހިއްމު ހިސާބުގައި ވަރަށް ބާރަށް ޖެހީމެވެ. އެވަގުތު އެމީހާ ހަޅޭލަވައިގަތުމަށްފަހު އެތަނަށް ވެއްޓި އެބުރެން ފެށއެވެ. އަހަރެން ބަލާލީ ދެން އެތަނުގައި ތިބި ދެމީހުންނާއި ދިމާލަށެވެ. އެވަގުތު އެމީހުން ފަހަތަށް ޖެހެމުން ޖެހެމުން މީހުންގެ ތެރެއަށް ވަދެ ގެއްލިއްޖެއެވެ.
އަހަރެންނަށް އެމީހުން ހޯދުން މާމުހިއްމެއް ނޫނެކެވެ. “ކަލޭމެން އަދިވެސް ބަލަން ތިބީތަ… އެމްބިއުލެންސްއަށް އަވަހަށް ގުޅާބަލަ” އަހަރެން ވެއްޓިފައި އޮތް މީހާ ކައިރީގައި އިށީދެލަމުން އެންމެންނާއި ދިމާލަށް ބަލާލަމުން ހަޅޭލައިގަތީމެވެ. އަދި އެމީހާގެ އަތުގައި ހިފަހައްޓާލުމަށްފަހު މޫނާއި ދުރުކޮށްލީމެެވެ. އެވަގުތު އެމީހާގެ އަނގައިން އާހެއްގެ އަޑު ވަރަށް މަޑުން ބޭރުވިއެވެ. “ހިތްވަރު ކޮށްލާ… އެހީ އެބަ އާދޭ” އެމީހާ ރީތިކޮށް އެތަނުގައި ބާއްވާލަމުން އަހަރެން ބުނީމެވެ. އެމީހާގެ ނިއްކުރި ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަދި ބޮލުގެ ފަހަތުންވެސް ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަހަރެންނަށް ލޭމަނާ ކުރާކަށް ނޭނގުނެވެ. ހަނދާނެ ގޮތެއް ނޭނގިފައި އިރުކޮޅެއް ވަންދެން އަހަރެންނަށް އިނެވުނެވެ. “އަޅޭ ކޮބާތަ އެމްބިއުލެންސް” އަހަރެން އަނެއްކާވެސް ހަޅޭލަވައިގަތީމެވެ. އެވަގުތު އެއްވެފައި ތިބި މީހުންގެ ތެރެއިން ދެމީހަކު އެތަނަށް އައެވެ.
އަހަރެން ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު އެމީހާގެ ނިއްކުރީގައި ޖައްސާ ފިއްތާލީމެވެ. އެމީހާގެ އަތްވަނީ ބިދިފައެވެ. އެކަން އަހަރެންނަށް އެގުނީ އަހަރެން އެމީހާގެ އަތް ދުރުކޮށްލި ވަގުތުއެވެ. ގައިންވެސް އެތަށް ތަނަކުން ލޭ އަންނަމުން ދިޔައެވެ. “އެހީ އެބަ އާދޭ” އައި މީހުން އެމީހާއަށް އެހީތެރިވަމުން ބުނެލިއެވެ. އޭރު އަހަރެން އިނީ ރަނގަޅަށްވެސް ލޭގަނޑަކަށްވެފައެވެ. މަގުމަތީގައި މުޅިން އޮތީ އެމީހާގެ ގައިން ފައިބައިފައިވާ ލެއެވެ. އަހަރެން އެމީހާގެ އަތުގައި ހިފާލީމެވެ. “އަހަރެންގެ އަޑު އިވޭތަ” އެމީހާއާއި ކައިރިވެލަމުން އަހަރެން އަހާލީމެވެ. އެމީހާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ދެލޯ މެރިފައި އޮތް އިރު އެމީހާ މަރުނުވާކަށް އެނގެނީ ނޭވާލުމަށް އެމީހާ ކުރަމުންދިޔަ ބުރަ މަސައްކަތުންނެވެ. “އަހަރެންގެ އަޑު އިވޭކަމަށް ވަންޏާމު އަހަރެންގެ އަތަށް ފިއްތާލަބަލަ” އަހަރެން އެމީހާގެ އަތަށް ފިއްތާލަމުން ބުނީމެވެ. އެވަގުތު އެމީހާ އަހަރެންގެ އަތަށް މަޑުމަޑުން ފިއްތާލިއެވެ. “އޯހް.. ތެންކް ގޯޑް… އެހީ އެބަ އާދޭ… ކުޑަ ވަގުތު ކޮޅެއް ވަގުތު ކޮޅެއް ވަންދެން… ޖަސްޓް ބީ ވިތް މީ އިނގޭ” އަހަރެން ބުނީމެވެ. އެމީހާ އަނެއްކާވެސް އަހަރެންގެ އަތަށް ފިއްތާލިއެވެ.
އެމްބިއުލެންސް އައީ ފަސްވަރަކަށް މިނެޓް ފަހުންނެވެ. އެމީހުން އައިސް އެކިކަހަލަ ސުވާލު ކުރަން ފެށިއެވެ. އެކަން ހިނގީ ކިހިނެއްތޯ އާއި ޕޮލިހުންނަށް އެންގިތޯ ސުވާލު ކުރިއެވެ. އަހަރެން އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން އެމީހާ އެމްބިއުލެންސްއަށް އެމީހާ ލުމާއި އެކު އަހަރެންވެސް އެމީހުންނާއި އެކު ހޮސްޕިޓަލައާއި ދިމާލަށް މިސްރާބު ޖެހީމެވެ. “ތިއީ މިމީހާގެ އާއިލާ މީހެއްތަ” އެމީހާއަށް އެހީވަމުން އެމްބިއުލެންސް ތެރޭގައި އިން އެހީތެރިޔާ އަހަރެންނާއި ސުވާލު ކުރިއެވެ. އަހަރެން ނޫނެކޭ ބުނީ ބޮލުންނެވެ. ސައިރެންސް އާއި އެކު ބާރު ސްޕީޑެއްގައި އެމްބިއުލެންސް އައި.ޖީ.އެމް.އެޗްގެ އެޖެންސީ ދޮރުކައިރިއަށް މަޑުކޮށްލުމާއި އެކު ބޭރުގައި ތިބި މީހުން އެހީވުމަށް އައެވެ. އަދި އަވަހަށް އެމީހާ ގޮވައިގެން އެމެންޖެންސީ ތެރެއަށް ވަނެވެ. އަހަރެންވެސް އެމީހުންގެ ފަހަތުން ދިޔައީމެވެ.
“ޝާމް” އަހަރެން ސިހިގެން ދިޔައީ ފާރިޝްގެ އަޑަށެވެ. އޭރު ޕޮލިހުންގެ ހަތަރު މީހުން އެމެންޖެންސީ ރޫމްތެރެއަށް ވަދެގެން އާދެއެވެ. “ފާރިޝް” އަހަރެން ހައިރާން ކަމާއި އެކު ފާރިޝް ކައިރިއަށް މަޑުކޮށްލީމެވެ. “ޝާމްތަ އެމީހާއަށް އެހީވީ” ފާރިޝް ދެފަރާތަށް ބޯހޫރާލީ އަހަރެންގެ ގައިގައި ހުރި ލޭތަށް ފެނުމުން ކަންނޭނގެއެވެ. އަހަރެން ބޮލުން އާއެކޭ ބުނީމެވެ. އެވަގތު ފާރިޝް އަހަރެންގެ އަތުގައި ހިފައިގެން އެމެންޖެންސީ ރޫމްއިން ބޭރަށް ނިކުތެވެ. “ކިހިނެއްވީތަ” އަހަރެން ފާރިޝްގެ އަތް ފޮޅާލަމުން ވަރަށް މަޑުން ނަމަވެސް ރުޅިވެރިކަމާއި އެކު ބުނެލީމެވެ. “ކިހިނެއްވީހޭ… ބަލަ ކިހިނެއްވީހޭ ތި އަހަނީ” ފާރިޝްވެސް އަޑަށް ބާރުލަމުން މަޑުން ބުނެލިއެވެ. އަހަރެން ބުމައަރުވާލީ ވެގެން އުޅޭގޮތް ނޭނގޭތީއެވެ. “މިހާރު އަބަދު މިކަހަލަ ކަމެއްވާ ހުރިހާ ތާކުން އަހަރުމެންނަށް ޝާމް ފެންނަނީ.. އެގޭތަ އަހަރުމެންނަށް ޝާމް ސަލާމަތް ކުރަން އުނދަގޫ ވާވަރު” ފާރިޝް ވާހަކަ ދެއްކީ ރުޅިވެރިކަމާއި އެކުގައެވެ.
“ހުރިހާ ތަނަކުން އަހަރެން ފެންނާތީއޭ ކިޔާފައި އަހަރެން ވީ އެމީހާ މަރުވަން ދޫކޮށްލަންތަ” އެމެޖެންސީ ރޫމާއި ދިމާލަށް އަތްދިއްކޮށްލަމުން އަހަރެންވެސް އަޑުމަޑުކުރެޥޭތޯ ބަލަމުން ބުނީމެވެ. “އެކަމަކު” “އެމީހުން އޭނައަށް އެޓޭކް ކުރީ އޭނައަކީ ކޮންމެވެސް މުހިއްމު މީހަކަށް ވީމަ… ފާރިޝް އެއީ ކާކުކަން ބަލަންވީ” އަހަރެން ފާރިޝްގެ ވާހަކަ މެދު ކަނޑާލަމުން ބުނީމެވެ. “އަހަރެންނަށް އެނގޭ އެއީ ކާކުކަން” ފާރިޝް ހުރީ ޔުނިފޯމްގައެވެ. ޖީބުން ކުޑަ ފޮތެއް ނަގަމުން ފާރިޝް އެހެން ބުނެލިއެވެ. “ކާކު އެއީ” އަހަރެން ޝައުގުވެރިކަމާއި އެކު އަހާލީމެވެ. “އޭނައަކީ ހަމަ ނޯމަލް ކުއްޖެއް… އުމުރުން 23 އަހަރު… ޖޮބެއްގަ އުޅެނީ.. ޕްރައިވެޓް ތަނެއްގައި.. ޕޭރެންޓުން ބުނަނީ އޭނައަކީ އެގޭގައި ހުރި އެންމެ ރަނގަޅު ކުއްޖާކަމަށް… އަހަރެން ބުނާނީ އޭނައަށް ނުބައި ވަގުތެއްގައި ނުބައި ތަނެއްގައި ހުރެވުނިއްޔޭ… އެހެން މީހެއްކަމަށް ހީކޮށް ދިން ހަމަލާއެއް އޭނައަށް އެރީ” ފާރިޝް ފޮތް ބަލާލަމުން އަހަރެންނަށް ކިޔައިދިނެވެ.
“ނޫން.. ނޫން… އަހަރެންނަށްވެސް އަދި ފާރިޝްއަށް އެނގޭ ތިއީ ތެދެއް ނޫންކަން… އެއްވެސް މީހަކީ އެގޮތަށް އެޓޭކް ކުރާ މީހެއްނޫން… އަދި އަމުދުން އޭނައަށް ހަމަލާދިން މީހުންނަކީ ކޮންމެ ކޮންމެ މީހަކަށް ހަމަލާ ދޭކަހަލަ ބައެއް ނޫން” އަހަރެން އަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާލަމުން ފާރިޝްއާއި ދިމާލަށް ބަލާލަމުން ބުނީމެވެ. “ޝާމްއަށް އެނގޭތަ ހަމަލާދިން ބައެއް” ފާރިޝް އަހާލިއެވެ. “ޝާމް” އަހަރެންނާއި ފާރިޝް ސިހިގެން ދިޔައީ ފަހަތުން އާދިލްސަރގެ އަޑު އިވުމުންނެވެ. “މިތަނުގައި ކީއްތި ކުރަނީ” އާދިލްސަރ އަހަރުމެންނާއި ކައިރިވެލަމުން ވަރަށް މަޑުން އަހާލިއެވެ. ” ހީ އިޒް ދަ ވަން ހޫ ސޭވް ދެޓް ގައި” ފާރިޝް ބުނެލިއެވެ. “ކަލޭތަ” އާދިލްސަރ ހައިރާންކަމާއި އެކު އަހާލިއިރު ހީވީ އޭނައަށް އެކަން ގަބޫލު ނުކުރެވުނީ ހެންނެވެ. “ޔާ އަހަރެން” އަހަރެން ފަރުވާ ކުޑަގޮތަކަށް ބުނެލީމެވެ. “ޝާމްއަށް އެކަން ކުރި ބައެއްވެސް އެނގެއޯ” ފާރިޝް ބުނެލިއެވެ. އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި ފާރިޝްއާއި ދިމާލަށް ބަލާލަމުން ކުޑަކޮށް ދުރަށް ޖެހިލީ އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެއެވެ. “ޔޫ ހޭވްޓް ގޯ ހޯމް ނައު” އަހަރެންގެ އަތުގައި ހިފާފައި ދުރަށް ޖައްސާލަމުން އާދިލްސަރ ބުނެލިއެވެ. “ވަޓް” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. އަހަރެން ހީކުރީ އާދިލްސަރ އަހަރެންގެ ކައިރީގައި އެއީ ކާކުކަމަށް އަހާނެކަމަށެވެ. “ޔޫ ހިޔަރ މީ… ނައު ގެޓް އައުޓް” އާދިލްސަރގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ އަސަރެވެ. “އެކަމަކު ސަރ އޭނައަށް އެމީހުންގެ މައުލޫމާތު އެނގޭ… އެންޑް ހީ އިޒް އަ ވިޓްނެސް” ފާރިޝް އަހަރުމެންނާއި ކައިރިވެލަމުން ބުނެލިއެވެ. “އައި ކޭން ސީ ދެޓް… ބަޓް ނައު ޔޫ ހޭވްޓް ލީވް… ގޯ ހޯމް ނައު” އާދިލްސަރ ބުނެލިއެވެ. “އަހަރެންގެ ބޭނުން ނުހިފަން ތިއުޅެނީ ކީއްވެތަ.. ބަލަ އަހަރެން މިބުނަނީ ކަލޭމެންނަށް އެކަން ކުރިބަޔަކު ހޯދުމަށް އަހަރެންނަށް އެހީ ވެވިދާނެއޭ” އަހަރެން ވާހަކަ ދެއްކީ ކިތައްމެ މަޑުން ކަމުގައި ވިޔަސް އަހަރެންވެސް ރުޅި އައިސްފިއެވެ.
އާދިލްސަރ އަހަރެންގެ ބޭނުން ނުކުރަން އުޅޭތީ ހިތްހަމަނުޖެހުނެވެ. “ޝާމްގެ މަސައްކަތަކީ މަސްތުވާތަކެތީގެ ބޭނުން ކުރާ މީހުންނާއި އެކަމުގެ އަޑީގައި ތިބި މީހުން ހޯދުން.. ދުނިޔޭގައި ލެއްވިހާ ކަމެއްގައި ޝާމް ބައިވެރިވާކަށް ނުޖެހޭ.. އެހެންނޫނަސް މިހާރުވެސް މަށަށް ވުރެއް މަތީގައި ތިބި މީހުން ހީވަނީ އަހަރެންގެ ބޯ ކާއިރަކު އެހެންކަމެއްހެން… ކޮންމެ ފަހަރަކު ޝާމް ހައްޔަރުކޮަށްފައި އަހަރެން ޝާމްގެ ދިފާއުގައި ވާހަކަ ދައްކާތީ އެމީހުން ތިބެނީ ކެކި ކެކި.. އަހަރެންގެ ބޯ ފަޅައިގެން ދާވަރުވޭ… ކޮންމެ ފަހަރަކު ޝާމް ސަލާމަތް ކުރާކަށް އަހަރެންނަކަށް ފަސޭހައެއްނޫނޭ… އެހެންވެގެން މިބުނަނީ.. މިހާރު ގެއަށް ދޭ… އަހަރެން ޝާމްގެ އެހީ ބޭނުންވާ ކަންތަކުގައި އެހީވޭ… އިތުރު ގޮތަކަށް އެހީވާން ވިސްނާނެކަމެއްވެސް ނެތް” އާދިލްސަރވެސް ހުރީ ހިތްހަމަނުޖެހިފައެވެ. ކިތައްމެ ރުޅިއައިސްފައި ހުއްޓަސް އާދިލްސަރވެސް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ތިބެވުނީ ހޮސްޕިޓަލެއްގައި ކަން އެންމެން ހަނދާން ހުއްޓެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު އިސްޖެހީ އިތުރަށް އާދިލްސަރ އާއި ދެކޮޅަށް ވާހަކަ ނުދައްކަން ވެގެން ކަންނޭނގެއެވެ. އެހެންކަމުން އަހަރެންވެސް އެތަނުން ދިއުމަށް ހިގައިގަތީމެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސްފައި އަހަރެންނަށް ހުއްޓެވުނެވެ. އަދި އަނެއްކާވެސް އާދިލްސަރމެން ކައިރިއަށް އަހަރެން މަޑުކޮށްލީމެވެ.
އަހަރެން އެމީހުން ކައިރިއަށް ހުއްޓުމާއި އެކު އާދިލްސަރގެ މޫނުމަތިންވެސް އަދި ފާރިޝްގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވިއެވެ. “އަހަރެންނަށް އެނގޭ އެކަމެއް ކުރި ބަޔެއް ނޭނގުނީމަ ހިތަށް ވާ އުނދުގޫ… އަހަރެންނަށް އެނގޭ ބައެއް މީހުންނަށް އެކަން އެގި، އެކަން އެނގެން ބޭނުންވާ މީހުން ކައިރީގައި އެވާހަކަ ނުބުނީމަ ވާ އުދަގޫ.. އަހަރެންނަށް އެނގޭ އެމީހާގެ ފެމެލީން އެމީހާއަށް އެލިބުނު އަނިޔާގެ ބަދަލު ހިފަން ބޭނުންވާނެ ވަރު.. އެހެންވީމަ އަހަރެން މިތަނަކުން ނުދާނަން ކަލޭމެން އަހަރެންގެ ވާހަކަތަށް ނުލިޔަނީހެއް.. އަދި ކަލޭމެން އެމީހުން ހައްޔަރު ނުކުރަނީހެއް” އަހަރެން އާދިލްސަރގެ މޫނަށް ބަލާލަމުން ރުޅިވެރިކަމާއި އެކު ބުނެލީމެވެ. އާދިލްސަރ މިފަހަރު އެއްވެސް އެއްޗެއް ނުބުނެވެ. ފާރިޝް އާދިލްސަރ އާއި ދިމާލަށް ބަލާލިއެވެ. އެވަގުތު އާދިލްސަރ ބޯޖަހާލަމުން އެނުން ދުރަށް ޖެހިލިއެވެ. އަހަރެން ފާރިޝްއަށް އެކަން ކުރި އެންމެންގެ މައުލޫމާތު ދިނީމެވެ. އެކަން ކުރީ އަޔާޒްމެން ގްރޫޕްގެ މީހުންނެވެ. އެމީހުންނަކީ ނުލާހިކު ފިލައިގެން އުޅޭބައެކެވެ. އަހަރެންނަށް އެނގޭ މީހުންގެ ނަން ފާރިޝްއަށް ދިނުމުން އާދިލްސަރ ކައިރިއަށް ފާރިޝް ދިޔައީއެވެ.
އަހަރެން އަނެއްކާވެސް ވަނީ އެމެޖެންސީ ރޫމްއަށެވެ. އޭރު އެމީހާ ބާއްވާފައިވާ އެނދުކައިރީގައި ގޮނޑިއެއްގައި އިށީދެލައިގެން ދެބައި އުމުރުގެ މީހެއް ރޯން އިނެވެ. އޭނަ ކައިރީގައި ހުއްޓިލައިގެން ހުރި އަންހެންކުއްޖާގެ މޫނުމަތިންވެސް ކަރުނައިގެ އަސަރު ފާޅުވަން ހުއްޓެވެ. އަނެއްފަރާތުގައި ހުއްޓިލައިގެން ހުރީ ބަނޑުބޮނޑު މީހެކެވެ. ހީވާގޮތުން އެއީ އޭނަގެ އަންހެނުންނެވެ. އެމީހާވެސް ދިޔައީ ގިސްލަމުންނެވެ. އަހަރެން ޑޮކްޓަރުން ކައިރީގައި އެމީހާގެ ހާލު އަހާލީމެވެ. ޑޮކްޓަރުން ބުނަނީ އޭނަ 24 ގަޑިއިރުތެރޭގައި ހޭނަރައިފިނަމަ ކޯމާއަކަށް ދާނެކަމަށެވެ. އަދި އެހެން ވެއްޖެނަމަ ދެން އަނބުރާ ގެނެވޭނެކަމުގެ އުއްމީދު ވަރަށް ކުޑަކަމަށެވެ. އަހަރެން އެމީހާއާއި ކައިރިވި ވަގުތު އެތަނުގައި ހުރި އަންހެން ކުއްޖާ އަހަރެން ކައިރިއަށް އައެވެ. އަދި އެމީހަކީ އޭނަގެ ބޭބެކަމާއި ބޭބެގެ ސަލާމަތް ކޮށްދިނީމަ ޝުކުރުވެރިވާކަމަށް ބުންޏެވެ. އަހަރެން ހޮސްޕިޓަލުން ނިކުތީ އެރޭ ބާރަޖެހިފަހުންނެވެ.
އަހަރެން ފުރަތަމަ އައިގޮތަށް އައީ ރޫމްއަށެވެ. ބޭނުންވީ ފުރަތަމަވެސް ލައިގެން ހުރި ޓީޝާޓް ދޮންނާށެވެ. އެމީހާގެ ލެއިން ޓީޝާޓްގެ ކުލަ ވަނީ ރަތްކުލައަށް ބަދަލުވެފައެވެ. އަހަރެން ޓީޝާޓް ހިފައިގެން ގޮސް އިސްކުރު ކައިރީގައި މަޑުކޮށްލީމެވެ. އެވަގުތު އަހަރެންގެ ލޯކުރިމަތީގައި އެބުރިގަތީ ރާއްޖެއިން ބޭރުގައި ހިނގި ހާދިސާއެވެ. އެދުވަހުވެސް އަހަރެން އަވަހަށް އައިސް އެންމެ ފުރަތަމަވެސް އުޅުނީ ހުރި ހުރިހާ ލޭތަކެއް ދޮންނާށެވެ. އެކަމަކު މިއަދު އަހަރެންނަށް މީހަކު ސަލާމަތް ކުރެވުނު ކަމުގެ އުފާ ލިބިއްޖެއެވެ. ރީތިވެލައިގެން ނިކުމެ އަހަރެން ބޭނުންވީ އަރާމް ކޮށްލާށެވެ.
ނަމަވެސް އެނދުގައި އޮށޯވެލުމާއި އެކު ފޯނު ރިންގްވާން ފެށިއެވެ. “މިޝް” އަހަރެން ފޯނު ކަންފަތުގައި ޖަހަމުން ގޮވާލީމެވެ. “ރޭގަ ދިޔަގޮތަށް ހަބަރެއްވެސް ނުވަންތަ ތިހުންނަނީ… އަހަރެން ދެކެ އެހާ ފޫހިވީތަ..” މިޝްކާ ވާހަކަ ދެއްކިއެވެ. އެވަގުތު އެއަޑުގައި ހުރި ހިތާމަވެރިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “ކޮންމެ މީހަކުވެސް….. ކީއްވެތަ ތިހެން ތި ހަދަނީ” ގިސްލަމުން މިޝްކާ ވާހަކަ ދެއްކިއެ ވެ. “ރޮނީތަ” އަހަރެންނަށް މިޝްކާ ރޯއަޑު އިވުމުން އުދަގޫވިއެވެ. “ނޫން… ހެނީ… ޝާމްއަށް.. ކީއް.. އަހަރެން މަރުވިޔަސް” މިޝްކާ ރޮމުން ވާހަކަ ދެއްކިއެވެ. “ބަލަ ތި ރޮނީ ކީއްވެ… ހުއްޓާލަބަލަ” އަހަރެންނަށް އެއަޑު އަހާކަށް އެހާ ފަސޭހައެއް ނޫނެކެވެ. “ނުހުއްޓާލާނަން… ޝާމްއަށް ކީއްތަ… އަހަރެން ރުޔަސް…. އަދިވެސް ހުރޭ ނުގުޅާ…” އެހެން ބުނުމަށްފަހު މިޝްކާ ފޯނު ކަނޑާލިއެވެ. އހަަރެންގެ ބޮލުގައި ރިއްސާލިއެވެ. މިޝްކާ މިރޭ ރޮނީ ކީއްވެ ހެއްޔެވެ. އަނެއްކާ ކަމެއް ވީހެއްޔެވެ. މީހަކު ކަމެއް ކުރީ ހެއްޔެވެ. ކަމެއް ނުވާނަމަ އޭނަ ގިސްލާފައި ރޯންވީ ކީއްވެ ހެއްޔެވެ. މިޝްކާ ފޯނު އެގޮތަށް ބޭއްވުމުން އަހަރެން މިޝްކާއަށް ގުޅީމެވެ. ނަމަވެސް އޭނަ ފޯނެއް ނުނެގިއެވެ. ތިންހަތަރު ފަހަރަށް ގުޅުނު އިރު އޭނަ ފޯނެއް ނުނެގިއެވެ. އަހަރެންނަށް މިޝްކާއަށް ވީގޮތް ބަލާފައި ނޫނީ ނިދޭގޮތެއް ނުވިއެވެ. އެހެންކަމުން ޓީޝާޓް ބޮލަށް މަހާލަމުން ރޫމްއިން ނިކުތީމެވެ.
މިޝްކާ އުޅޭ އެޕާޓްމެންޓް ކައިރިއަށް އަހަރެންނަށް ދެވުނު އިރު މެންދަމު އެކެއް ޖަހަނީއެވެ. އެކަމަކުވެސް އަހަރެން ބޭނުންވީ މިޝްކާއަށް ވީގޮތެއް ބަލާށެވެ. އެހެންކަމުން މިޝްކާމެން އުޅޭބައިގެ ބެލްއަޅައިފީމެވެ. ތިންވަނަ ފަހަރަށް އެޅިތަނާ މިޝްކާ ދޮރު ހުޅުވާލިއެވެ. އަހަރެން ފެނުމާއި އެކު މޫނު ހަނދާލަމުން އެތެރެއަށް ހިގައިގަތެވެ. “މިޝް” މިޝްކާގެ ފަހަތުން އަހަރެން އެތެރެއަށް ވަނީމެވެ. މިޝްކާ އެއްވެސް އެއްޗެއް ނުބުނެ ދިޔަގޮތަށް ސޯފާގައި އިށީދެލިއެވެ. “ވަޓްސް ރޯންގް” އަހަރެން މިޝްކާ ކައިރީގައި އިށީދެލަމުން ވަރަށް މަޑުން އަހާލީމެވެ. “ރޭގަ ދިޔަގޮތަށް ހަބަރެއްވެސް ނުވެ ތިއުޅެނީ.. އަޅެ އަހަރެން ޝާމްގެ މަތިން ހަނދާންވާ ވަރެއް ޝާމްއަށް ނޭނގެނީތަ” މިޝްކާގެ ތުއި އަޑުން ޝަކުވާ ކުރަން ފެށިއެވެ. އެގޮތަށް މިޝްކާ ވާހަކަ ދެއްކުމުން އަހަރެން ހިނިއައެވެ.
“އަހަރެން މީ މިޝްގެ ކާކުތަ… ތިވަރަށް ތި މިސްވަނީ” އަހަރެން ސޯފާގައި ލެނގިލަމުން މިޝްކާއާއި ދިމާލަށް ބަލާލަމުން އަހާލީމެވެ. “ނޭނގޭތަ… ނޭނގޭތީތަ ތި އަހަނީ.. ބަލަ އަހަރެން ޝާމްދެކެ ލޯބިވާކަން ހަމަ ނޭނގެނީތަ” މިޝްކާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަހަރެން ސިހިގެން ދިޔައެވެ. ވަގުތުން އހަަރެންގެ މޫޑް ބަދަލުވިއެވެ. މިޝްކާ އެބުނީ ބުނެގެން ވާނެ އެއްޗެއް ނޫނެކެވެ. އަހަރެން އޭނަ ދެކެން ބޭނުންވަނީ ރައްޓެއްސެއްގެ ގޮތުގައެވެ. “ސޮރީ ޝާމް… އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫން… އަހަރެން މަޖަލެއް ކޮށްލީ.. ރިޔަލީ” އަހަރެންގެ މޫނަށް ވެގެން ދިޔަގޮތް ފެނިގައި މިޝްކާ އަވަހަށް ބުނެލިއެވެ.
އަހަރެން މަޑުމަޑުން އަތުން ބޮލުގައި ހިފަހައްޓާލީމެވެ. އަހަރެން ބޭނުންވީ ވަގުތުން އެތަނުން ދާށެވެ. އަހަރެން ދެކެން ބޭނުންވާ ގޮތް މިޝްކާއަށް ހާމަކުރާށެވެ. އެކަމަކު އޭގެން އެއްކަމެއްވެސް އަހަރެންނަކަށް ނުކުރެވުނެވެ. “ސޮރީ” އަހަރެންގެ އަތުގައި ހިފަހައްޓާލަމުން މިޝްކާ ބުނެލިއެވެ. އަހަރެން މިޝްކާއާއި ދިމާލަށް ބަލާލީމެވެ. “ސޮރީ ނުގުޅާ އުޅެވުނީމަ.. ވަރަށް ބިޒީކޮށް އުޅުނީމަ ނުގުޅުނީ” އަހަރެން ވާހަކަ ދެއްކީ މަޑުންނެވެ. “އިޓްސް ރިޔަލީ އޯކޭ” މިޝްކާ އަވަހަށް ބުނެލިއެވެ. “ކޭން ޔޫ ގިވް މީ އަ ގްލާސް އޮފް ވޯޓަރ.. އަހަރެންގެ ބޮލުގައި ރިއްސާތީ މިއުޅެނީ” ކުއްލިއަކަށް ބޮލުގައި ރިއްސައިގަތުމުން އަހަރެން މިޝްކާ ކައިރީގައި އެދުނީމެވެ. “އޯކޭ.. އެކަމަކު ބޮލުގައި ރިއްސައްޏާމު ފެން ބޮޔަސް ރަނގަޅެއް ނުވާނެ.. އަހަރެން ހަދައިދެންތަ ވަރަށް މީރު އެއްޗެއް” ތެދުވެގެން ކައްކާތަނާއި ދިމާލަށް ދަމުން މިޝްކާ ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. އަދި ސޯފާގައި އޮށޯވެލީމެވެ. ނިއްކުރިއަށް މަޑުމަޑުން ފިއްތާލީ ބޮލަށް ވަމުންދިޔަ ތަދު ބޮޑުވާތީއެވެ. މާގިނަ އިރެއް ނުވެ މިޝްކާ ޖޫސްތައްޓެއް އަހަރެންނަށް ގެނެސްދިނެވެ. އަދި އެބޯލައިގެން އޮށޯވެލުމަށް އެނދުނެވެ.
ޖޫސްތަށި ބޯލުމާއި އެކު ބޮލަށް ކޮންމެވެސް ކަހަލަ އަރާމެއް ވެގެން ދިޔަ އިހްސާސްއެއް ކުރެވުނެވެ. އަހަރެން އަނެއްކާވެސް ސޯފާގައި އޮށޯވެލީމެވެ. އެވަގުތު މިޝްކާ އައިސް އހަަރެންގެ ބޯ މޮޑެދެން ފެއްޓިއެވެ. އެހެންކަމުން ވެގެންދިޔައީ ބުންނަ ނޭނގޭ ކަހަލަ އަރާމެކެވެ. އަހަރެންނަށް ދެލޯމަރާލެވުނީ ބޮލަށް ވަމުން ދިޔަ ގޮތަކުންނެވެ.
އަހަރެންނަށް ސިހިގެން ގޮސްފައި ހޭލެވުނީ ހޫނުވެގެންނެވެ. އޭރު އަހަރެން އޮތީ އެސޯފާގައި އޮށޯވެގެންނެވެ. ހޭލެވުމާއި އެކު އަނެއްކާވެސް ލޯމަރާލީ ނިދަން ބޭނުންވެގެންނެވެ. ނަމަވެސް ދެލޯމަރާލުމާއި އެކު އަވަހަށް ދެލޯ ހުޅުވާލީ އަހަރެންގެ ހަށިގަނޑުގައި އެހެން މީހެއްގެ ބީހުން އިހްސާސްވެގެންނެވެ. އެވަގުތު ދެލޯބޮޑުވެގެން ދިޔައެވެ. މިޝްކާ އޮތީ އަހަރެންގެ މޭމަތީގައި އަރާމްކޮށް ނިދާލާފައެވެ. ދެމީހުން ގައިމަތީގައި ފޮތިގަނޑެއް އަޅާފައި ވާއިރު އަހަރެންނަށް މިޝްކާގެ ފޭރާމެއް ނެތް ހަށިގަނޑުގެ ހޫނުކަން އިހްސާސް ވަމުންދިޔައެވެ. އަހަރެންގެ ޓީޝާޓް އަހަރެންގެ ގަޔަކު ނެތެވެ. ވީ ކިހިނެއްކަމެއް އަހަރެންނަށް ވިސްނައިގަންނާކަށް ފަސޭހައެއް ނުވިއެވެ. ނަމަވެސް މަޑުމަޑުން މިޝްކާ ސޯފާގައި ބޭއްވުމަށްފަހު އެތަނުން ތެދުވެއްޖައީމެވެ. އަދި އަވަހަށް މިޝްކާގެ ގައިމަތީގައި ފޮތިގަނޑު އަޅާ ނިވާ ކޮށްލީމެވެ. މިއޮތީ އަހަރެން އެކަމެއް ނުވާނެ ކަމަށް އެންމެ އުއްމީދު ކުރި ކަންތައްވެސް ވެފައެވެ. ރޭގައި އެވީ އެއްވެސް ކަމެއް އަހަރެންގެ ހަނދާނެއް ނެތެވެ. ކޮންމެ ގޮތެއްވިޔަސް ކަމެއް ނުވާނަމަ މިޝްކާ ލައިގެން ހުރި ހުރިހާ އެއްޗެއް ސިޓިންރޫމްއަށް އުކާލެވިފައެއް ނުހުންނާނެތާއެވެ. އަހަރެން އަވަހަށް ތންކޮޅެއް ދުރުގައި އޮތް ޓީޝާޓް ނަގާ ބޮލަށް މަހާލީމެވެ. އެވަގުތު ސޯފާދަށުން އެއްޗެއް ދިއްލޭތަން އަހަރެންނަށް ފެނިގެން ދިޔައެވެ. ނަގާބަލާލި އިރު ފޯނަށް ފާރިޝް ގުޅަނީއެވެ.
ފޯނު ނަގަންވެގެން އުޅެނިކޮށް ކެޑުނެވެ. އެވަގުތު ފޯނުގައި ތިރީސް މިސްކޯލް އިންތަން ފެނުނެވެ. އަހަރެން އެއީ ކާކުގެ މިސްކޯލްތަކެއްތޯ ނުބެލިގެން އުޅެނިކޮށް އަނެއްކާވެސް ފާރިޝް ގުޅިއެވެ. “ކަލޭ ކީއްތަ ވާނީ އެއްފަހަރު ގުޅުމުން ފޯނު ނެގިއްޔާ” ފޯނު ނެގުމާއި އެކު ފާރިޝް ހިތްހަމަނުޖެހުމާއި އެކު ބުނެލިއެވެ. އެވަގުތު ފާރިޝްގެ އަޑުގައި އެކުލެވިގެންވި ހާސްކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “ކިހިނެއްވީ” އަހަރެން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. “ވަރަށް އަވަހަށް އާދެބަލަ ހުޝާމްގެ ގެއަށް” އެހެން ބުނުމަށްފަހު އަހަރެންނަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ފާރިޝް ފޯނު ކަނޑާލިއެވެ. އަހަރެން މިޝްކާގެ މޫނަށް ބަލާލަމުން އެތަނުން ނިކުތީމެވެ. އޭރު ފަތިހު ހަތަރެއް ޖަހަނީއެވެ. އަވަހަށް ސައިކަލަށް އަރާ މިސްރާބު ޖެހީ ހުޝާމްގެ ގެއާއި ދިމާލަށެވެ. އެކަމަކުވެސް އަހަރެންގެ ސިކުނޑިވަނީ މިޝްކާގެ އެޕާޓްމެންޓް ތެރޭގައެވެ. މިޝްކާ ބުނީ ދޮގެއް ނޫނެކެވެ. އޭނަ ވަރަށް ރީއްޗެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އަބުރާލުމަށްފަހު މިޝްކާ ކައިރިއަށް ދިއުމަށެވެ. އެކަމެއް ނުވުމަށް އެދިއެދި ހުންނަ ކަމެއްވެސް ވުމުން އެއީ އެހާ ބޮޑު މައްސަލައަކަށް ނުވެއެވެ. އަހަރެންނަށް މީގެ ކުރިން މިޝްކާގެ އަތުގައި ބީހެލުންވަނީ ބޮޑުކަމަށެވެ. އެކަމަކު މިރޭ…
ހުޝާމްގެ ގެއާއި ކައިރިވި އިރު އަހަރެން ހައިރާންވިއެވެ. އެގެ ކައިރިއަށް ވަނީ މީހުން އެއްވެފައެވެ. އެގެވަށައިގެން ކުރައިމް ސީންގެ ރީދޫކުލައިގެ ޓޭޕްވަނީ ދަމާފައެވެ. އަހަރެން ހާސްވަންފެށިއެވެ. އަނެއްކާ ހުޝާމްއަށް ކަމެއްވީ ހެއްޔެވެ. ސައިކަލް އަވަހަށް ޕާކްކޮށްލުމަށްފަހު އެދިމާލަށް ދިޔައީމެވެ. އެތަނަށް އެއްވެފައިވާ މީހުން ދުރުކުރަމުން އަވަހަށް އެތެރެއަށް ވަނީމެވެ. “އަހަރެން މިއީ ފާރިޝް ބުނެގެން… އެތެރެއަށް ވައްދަބަލަ” ޕޮލިހުން ތިބީ އެތަން ވަށައިގެންނެވެ. އެހެންކަމުން އަހަރެންނަށް އެތަނަށް ވަންނާނެ ޗާންސެއް ނުލިބުނެވެ. އެހެންކަމުން ފޯނު ނަގާ ފާރިޝްއަށް ގުޅީމެވެ. “އަހަރެން މިހުރީ ބޭރުގައި… ކިހިނެއް ވެގެންތަ މިއުޅޭނީ ފާރިޝް” އަހަރެން ހާސްކަމާއި އެކު ފާރިޝް ކައިރީގައި އަހާލީމެވެ. އެވަގތު ފާރިޝް ފޯނު ކަނޑާލިއެވެ. އިރުކޮޅެއްނުވެ ބޭރަށް ނިކުމެ އަހަރެންނަށް ހަނާ އަޅާލިއެވެ. އަދި އެތަނުގައި ހުރި ޕޮލިސް މީހާ ކައިރީގައި އަހަރެން އެތެރެއަށް ވެއްދުމަށް ބުނެލިއެވެ. “އޭ ކިހިނެއް ވެގެންތަ މިއުޅެނީ.. ފާރިޝް” އަހަރެން އަވަސް ކަމާއި އެކު ފާރިޝް ކައިރިއަށް ދިޔައީމެވެ. ނަމަވެސް ފާރިޝް އެއްވެސް އެއްޗެއް ނުބުންޏެވެ. އެހެންކަމުން އަހަރެންގެ ހާސްކަން އިތުރަށް ބޮޑުވަމުން ދިޔައެވެ. އަހަރެން ފާރިޝްގެ ފަހަތުން ހުޝާމްގެ ގޭތެރެއަށް ވަނީމެވެ. އެވަގުތު އަހަރެންނަށް ހުއްޓުން އެރިއެވެ.
އަހަރެންގެ ދެފައި ތަށިމުށީގަނޑުމަތީގައި ތަތްލި ކަހަލައެވެ. އަހަރެންނަށް ފާރިޝްއާއި ދިމާލަށް ބަލާލެވުނެވެ. ފާރިޝްގެ ދެލޮލުން އަހަރެންނަށް ފެނުނީ ހިތާމަވެރިކަމެވެ. އަހަރެންނަށް މާފު ކުރާާށޭ އެދެލޮލުން އަހަރެން ކައިރީގައި ބުނެލި ކަހަލައެވެ. މާގިިނަ އިރެއް ނުވެ އަހަރެންގެ ދެލޯ ކަރުނައިން ފުރުނެވެ. ފެނުނު މަންޒަރަކީ އަހަރެންގެ ލޯ ދިން ކެއްސެކޭ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ހުރިހާ މަންޒަރަކީ ކެއްސަކަށް ނުވާނެތާއެވެ. ދެލޯ ފުސްވުމުން އަހަރެންގެ އަތުގެ ނުފުށުން ދެލޯ ފުހެލީމެވެ. އަދި ސިޓިންރޫމް ތެރެއަށް ބަލާލީމެވެ. އެމަންޒަރަކީ ބަލަން ފަސޭހަ މަންޒަރެއް ނޫނެކެވެ. މުޅިތަނަށް ވަނީ އެއްޗެހިތަށް އުކާލެވިފައެވެ. ސޯފާމަތީގައި ހުންނަން ޖެހޭ އެއްޗެހި ވަނީ ސިޓިން ރޫމްގެ އެތަން މިތަނުގައެވެ. ސޯފާ ކައިރީގައި ހުރި ކުޑަމޭޒު ވަނީ ކުދިކުދި ވެފައެވެ. އެތަނުގައި ހުރިއްޔާ ހުރި ހުރިހާ އެއްޗެއް ވަނީ އޭގެ އަސްލު ސިފަ ނޭނގޭވަރަށް ކުދި ވެފައެވެ. އަދި އޭގެ އިތުރަށް ހުރިހާ އެއްޗެއްވެސް ދުވަމުން ދިޔައީ ލޭގެ ކޯރެއްގައެވެ. ފުރަތަމަ ލޭގެ ތިކިތަށް ހުރީ ދޮރުކައިރީގައެވެ. ދެން ސޯފާކައިރީގައި ބައިވަރު ލޭތަށް ހުއްޓެވެ. އަދި ތަޅައިގެން ގޮސްފައިވާ މޭޒު ކައިރީގައި ވަކިން ގިނައެވެ. ދެން ލޭގެ ކޯރު އޮތީ ކައްކާތަނާއި ދިމާލަށް ގޮސްފައެވެ. އަހަރެން މަޑުމަޑުން އެދިމާލަށް ދިޔައީމެވެ. އެވުގުތު އަހަރެންނަށް އަނގަމަތީގައި އަތްއަޅާލެވުނެވެ. ދެލޯމަރާ ބާރުކޮށްލެވުނީ އެއީ އަހަރެންނަށް ފެނުނު ހުވަފެނަކަށް ވުމަށް އެދިއެވެ. ނަމަވެސް ވީ އެހެންނޫނެކެވެ. ކައްކާތަނުގައި މަރާލެވިފައި އެއޮތީ ހުޝާމްއެވެ. އަހަރެންގެ އެކުވެރި ހުޝާމްއެވެ. މުޅިމީހާ ލެއިން ތަތްތެޅިފައި ވާއިރު ދެލޯވަނީ ހުޅިވިފައެވެ. ބަންޑުން އޮތްއިރު ހީވަނީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އޮތް ހެންނެވެ. މޫނުމަތިން ނިއްކުރިއަށާއި ދަތްދޮޅިއަކާއި ކޮލަށްވަނީ ތޫނު އެއްޗެއް ހަރާލުމުގެ ސަބަބުން މަސްގަނޑުގެ ބޮޑުބައެއް ނެއްޓިފައެވެ. ނިއްކުރިން މޫނުގެ ކަށިގަނޑު ފެންނަން ހުއްޓެވެ. އަހަރެން މަޑުމަޑުން ހުޝާމްއާއި ކައިރިވެލީމެވެ. ބުރަކައްޓަށްވެސް ވަނީ އެތަށް ހަމަލާއެއް އަރާފައެވެ. އަދި އޭގެ އިތުރަށް ބިއްލޫރި އެތިކޮޅުތަށް ބުރަކަށީގެ އެތަށް މިތަނަށް ހެރިފައި ހުއްޓެވެ.
އެއްއަތް ވަނީ ބޮލާއި ދިމާލަށް މައްޗައް ވާގޮތަށެވެ. އެއަތުގައި ވެސް ވަޅިއެއް ކަހަލަ އެއްޗެއްގެ ތޫނުކަން ފެންނަން ހުއްޓެވެ. އަހަރެންނަށް އެތަނުގައި ކަކޫ ޖަހައިގެން އިށީދެވުނެވެ. އެވަގުތު ފާރިޝް އައިސް އަހަރެންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ހުޝާމް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އޮތްގޮތުން ހީވަނީ އެހީއަށް އެދި ގޮވާހެންނެވެ. އެދެލޮލުން ގަނެފައިވާ ބިރު އެތަށް ގުނައަކަށް ސިފަވެގެންދެއެވެ. ބުރަކައްޓަށް ދީފައިވާ އަނިޔާގެ އިތުރަށް ބޮލަށްވެސް ވަނީ އެތަނަށް އަނިޔާއެއް ދީފައެވެ. ހީވަނީ ބޮޑު ދަގަނޑު ގަނޑެއް ކަހަލަ އެއްޗަކުން ބޮލުގައި އެތަށް ފަހަރަކު ޖަހާފައި އޮތްހެންނެވެ. ބޮލުން ތިންތަނަކުން ވަނީ ފަޅައިގެން ގޮސްފައެވެ. އޭރުވެސް ހުޝާމްގެ މުޅިގައިން ލޭ އަންނަމުން ދިޔައެވެ. އަހަރެންނަށް ދެލޯމަރާ ބާރުކޮށްލެވުނެވެ.
ނުނިމޭ….
28 Comments!
Comments are closed.
mi baives hurihaa kudin nah kamudhaane kamh heekuran.. iyyeg bai up nukurevunyma mi baives dhigu kohlee igey.. hurihaa kudin ge comment thakah maruhaba 🙂
Yeyyy me first….finally kiyaalan libijje…vvvvv wait kurevijje mi part ah…anyway vvvv habeys mi part vex…mee mi site ga in emme thafaathu nd emme nice vaahaka…hyvany kiyamun dhaairu lolah sifa vaa hen…vvv reethi keep it up fantasy dear…i love this story….waiting next part….
Alhe hussham Maru veetha 🙁 alhe fantasy hussham thi maraa lihyoo ohh I’m crying 🙁
Story varah obi 😛 ekam ehai hihdhathi Veema dhen neynge 🙂 Yageen e ayaax ge kameh kan aee 🙁 huh shaam aai mishkaa ekee reyga fenuneethoochei 😉
Lol 😀
Mibaivex v v rythi.v interersting. Avahah up kohdinun eden.♥:-)
THIS COMMENT HAS BEEN REMOVED BY THE ADMINISTRATOR.
Ryn????? Is that you?????????? ? your not like that
Ladhu kuda goih kuda anheneh kaley mamma kaley kairy buny mihen ulheysheytha hayaaih kuda anheneh
Ryn is not like that. And who ever is commenting on her name please stop it. She is a good writer.. And respectable. Lillygirl i think it is you. Dont be oversmart. See your comment time and this fake Ryn comment time. Before you do something bad keep this in mind that it will not be hidden for so long. I hate you lilly girl. Your just jelous. And just now i got to know about how you always keep an eye on Ryn and how you disrespect her. Your a Jelous girl.
liliygirl..evry one knows thats u cz see the ip address of that two cmmt and the time of the cmmt of ryn and lilygirl…adhi keehkuran vaki mivaahakayah cmmt kuran v…….. jaizan ge vaahaka yahvesh kuran v nu chat vesh ebothenu…lilygirl ur a such a jelous girl. hate u like anything……
yup u r right ey ryyn eh noon kan yageen cause ryyn comment nukuraane egothah…ryyn comment kuraany registered user eh ge gothuga….ey first clue..
Chiii.. mikahala ehchehi liyefa comment kuraakah ladheh nuganeytha..
Thedheh
MI site ge agu thi vahtaaly
e ee ryn kameh kihineh ingeny? hama ehen myhakah vess vedhaane dhw .. think before u say anything .. e ee ryn eh noon .. ryn ekahala ehcheh seh nuliyaane .. ryn ge namuga eyny ehen myheh cmnt kohfa i think ..
By the way.,., i love this part also… fantasy you are no1 :):)… nd waiting 4 nxt part…
Wow.. I love this story
Ryn.. z that u???story hama habay…
Guys.. its not ryyn… aee knmvs ehn myheh… whoever it is plx dnt do such things…. ryyn ekahalai cmnt eh nukuraane im sure .. n y wud she evr cmnt egothah.. plx . respect others feelings too n kamuge dhekolhu balafa cmnt kurachey.. n plx dnt take this negative koh. thnk u
Oh god….konme myhaku egothah comment kuriyas e myhaku e kury v kada kameh…mi site use kuraany hama ekani bodethi myhunneh noon kannenge…18 aharu nuvaa kuda kudhinvex site use kuraane..ehen v ma mikahala comnt kurumuge kurin visnaalun edhen…hiyey nuvey mee ryn koffa in comment eh heneh…anyway mi comment kuri myhegge kokko akah vex mi comment hama fenidhaane…mi gothah comment nukkoba plxxxxx….
I jxt wnt say plx plx plx dnt use ehn myhunge names to write such cmmnts.. evn i hve sumthin calld reputaion.. respct.. i dnt wnt loose it.. n if u wnt cmmnt on my name go ahead i wil nvr say bt plx plx dnt say such bad n chyp things… n m damn sure tht mi syt ga ulheyne kn stries kiyaa kuda kudhin.. so dnt use ths wrds whch wil affct thm.. if u realy wnt write usin my name u cn write sumthin gud..
n plus i knw wel who did it.. bt dnt wnt tell.. cx i dnt wnt u ppl to disrespct tht one… jxt dnt misundrstnd me. if i had to do such bad crypy things why shuld i write in cmmnts n evx public ga.. prvt kh kahneynge ekahala kanthah huhnan jeheyny if i do so.. wht evr jxt wanna say i dnt do such chyp acts plus tht ws nt me who wrote all tht.. thnkyou
Yegeen ei lillygirl kan. Balaaba dhe comment kohfa in time. Lillygirl maa smart vaan ulhunas emen navves egey ei lilly kuri kameh kan. She is jelous with u ryn. Lilly ves thee writer eh. So its v unprofessional to comment on ryn’s name
We know its not u ryn… whoever did that plz dont do that again.
Ryn sis don’t worry we know you wouldn’t say such ill mannered things.. I am sure that lillygirl did it. lillygirl is such a ill mannered girl
yes Ryyn, we all know its not you. and pls dont write such things in others’ names
anyways v v reethi mi part vx …avahah next part upp koh dhey thi ingey..love your stories…waitin 4 the next part…goodluck
vaaahaka ok.. ekamu sukunuge massala ebahuri… mi bunee shaviyani sukun kuran jehey thanthaa alifu sukun kurun fadha kankan ebahuri mi vaahaka in fennan…..
vaahaka ah comment kuri hurihaa kudin nah ves v bodah thnks 🙂
ehves kujjaku aneh kujjakey kiyaigen comment nukurun v bodah edhen.. adhi ehves kujjehge reputation ah buru araa gothah comment nukurun edhen.. vaahaka hadi kamah vaanama reethi koh ehen bune laa.. eyrun vaahaka ragalhu koh leveytho balaanan.. kudin kudin ge namugai comment kuraa iru visnaalun ragalhu liyaa echehi thakah.. sababa kee mi site mee v gina kiyun therin beynun kuraa site akah veema.. 🙂
heekuran comment kuraa kudin mi kamah visnaane kamah 🙂
Fantasy! mi bai vx varah reethi! school kiyevun onnaathy gavaidhun nukiyeny vaahaka. ekam kurin mi bai keenmey dhen adhi kiriya mi comment kurevuny! 😀
and.. whats all these comments? i also advice not to tell things like that. Ryyyn is a great and kindhearted writer… pls dont do that! 🙁