ސައިކަލް ޕާކް ކޮށްލުމަށްފަހު އަވަސް ކަމާއި އެކު ލިފްޓަށް އެރީމެވެ. ލިފްޓުން ފައިބާ ގެއަށް ވަންނަން އަހަރެން ދޮރުގައި ހިފާލީމެވެ. ދޮރު ހުޅުވާލެވުނު ކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ދެން ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ. އަހަރެންނަށް ވާނުވާ އެނގެން ފެށިއިރު މަންމައާއި ބައްޕަ ތިބީ އަހަރެން ކައިރީގައެވެ. އަހަރެންގެ މޫނަށް ފިނިވެގެން ބަލާލިއިރު ނިއްކުރިމަތީގައި ވަނީ ކުޑަ ފޮތިކޮޅެއް ތެއްމާފައި ބާއްވާފައެވެ. “ދަރިފުޅާ” މަންމަ ގޮވާލިއެވެ. “ނޫން ނުނަގާ.. ވަރަށް ހުން ގަދަ..” ނިއްކުރި މަތީގައި ބާއްވާފައިވާ […]
ކުޑަ ކަމެއް އެޑްރެސް ކޮށްލަން ބޭނުމެވެ. އަޅުގަނޑު ލިޔަން ފަށާފައިވާ ފިނި ހިތް ވާހަކައަކީ އެއްވެސް އެއްޗެއް ކޮޕީ ކުރުމަށް މަސައްކަތް ކޮށްފައިވާ ވާހަކައެއް ނޫނެވެ. ނަމަވެސް ގިނަ ފިކްޝަން އެއްޗެހިން އައިޑިއާ ހޯދައިގެން އަމިއްލަ އަށް ވިސްނައިގެން ތައްޔާރު ކުރާ ވާހަކައެކެވެ. އަދި އެއީ “ސުޕަގާލް” އާ ވައްތަރު ކޮށް އޭގެ ކޮޕީއެއް ކަމަށް ހީކުރާ ކަމުގައި ވާނަމަ މި ޕްލޮޓްއަކީ އަޅުގަނޑު 2014 ގައި ތައްޔާރުކުރި ޕްލޮޓާ އެއްގޮތަށް ކުރިއަށް ގެންދާ ވާހަކައެއް. އަޅުގަނޑުގެ […]
Hey guys, mutha ge new story ”ruhey thoa kalaa” sun in kiyaalan libeyne… thakohlheh lahun inform kurevuni thi sorry, hope kuran mutha ge eheniheh vaahaka thakah kiyuntherin dhin fadha tharuheebeh new story ah ves libyne kamah Thank you
ލިވީ އަހަރެންނަށް ގޭތެރެއަށް ވަދެވުން އިރު މެންދަމު ފަސްވެ ތިނެއް ޖަހައިފި އެވެ. މާދަމާ ސްކޫލުގައި ވަރަށް ވަރު ވާނެއެވެ. ވަރިހަމައެވެ. ކިތަންމެ ވަރުބަލިވި ކަމުގައިވިޔަސް އަހަރެން މިހުރީ ވަރަށް ހިތް ހަމަޖެހިފައެވެ. އަނެއްކާވެސް އިތުރު މީހަކު ހަވާލު ކޮށްލެވިއްޖެ އެވެ. އެކަކަށްވެސް އަހަރެން މި ލިބޭ އުފަލެއްގެ އިހުސާސެއް ނުކުރެވޭނެ އެވެ. އަހަރެން ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް މިފަދަ ބޮޑު ކަމެއް ކުރެވުމުން ވަރަށް ހިތްހަމަ ޖެހެއެވެ. ތިމާގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތް […]
މިއީ އަޅުގަނޑުގެ “ހަތިޔާރު” ވާހަކައިގެ ސީކުއެލް އެކެވެ. އެހެން ކަމުން މި ވާހަކަ ވަކިން ކިޔަން ފެށި ނަމަވެސް ކުރީގެ ވާހަކަ ކޮންމެހެން ކިޔާކަށް މަޖުބޫރެއް ނޫނެވެ. އެހެން ނަމަވެސް ކުރީގެ ވާހަކައިގެ ކެރެކްޓަރުން މިވާހަކައިގައި އުޅުމާ ގުޅިގެން ބައެއްކަހަލަ މައުލޫމާތު ހޯދުމަށް ފުރަތަމަ ވާހަކައަށް ދިޔުން އެކަށީގެންވެއެވެ. އެހެން ކަމުން މުޅި “ހަތިޔާރު”ގެ ދުނިޔެ އުފެދިގެން އައި ގޮތް ބަލާލުމަށް ދާނީ: http://www.esfiya.com/2563 އަރުން ހަފްތާގެ ކިޔަވައިދޭ ފަހު ދުވަހެވެ. އަހަރެން ސްކޫލަށް ވަނީވެސް ފޫހި ވެ […]
“ކާށޭނު މި ކިޔަނީ.. ކަލޭމެންނަކަށް އަޑެއް ނީވޭތަ؟؟” އޭނާ އަނެއްކާވެސް ހަޅޭލަވައިގަތެވެ. ސަފުރާ އަވަސް ވެގަތީ އޭނާގެ ލޯބިވާ ދެދަރިންނަށް ކާން ދިނުމަށެވެ. ކައި ނިމުމާއެކު އެމީހުން އަނެއްކާވެސް އަތް ބަނދެލިއެވެ. ނަމަވެސް މިފަހަރު ކުރިމައްޗަށެވެ. “މަންމީ.. ކޮއްކޮމެން ޑެޑި ކޮބާ…؟ ޑެޑީ އަންނާނެތަ ކޮއްކޮމެން ސޭވް ކުރަން..” ކުޑަ ކުޑަ ރަފްޝާ އަހާލިއެވެ. ނަމަވެސް ޖަވާބު ނުދެވި އުޅެނިކޮށް އެތެރެއަށްވަދެގެން އައީ ޒޯޔާއެވެ. “ޑެޑީ އަކަށް ނާދެވޭނެ… ޑެޑީ އާ ފަހުގެ ޓާޓާ ކިޔާލަން ވާނޭނުން […]
ސަފޫރާގެ ވާތް ފަޅީގައި ބޯ ދިގު ކޮށް ހުރި ފިރިހެނެއް އިނެވެ. ކަޅުކުލައިގެ އަތް ކުރު ޓީޝާޓް އަކާއި ކަޅުކުލައިގެ ޖީންސެއްގައި އެ ގޮތް ނޭނގޭ މީހާ ހުރިއިރު ކަރާއި އަތް ވަނީ އެކި ސައިޒުގެ ފަށްތަކުން ވަނި ފުރާލާފައެވެ. އޭނާ އިނީ ކުޑަ ކުޑަ ވަޅިއެއް މޭޒަށް ހަރާލަ ހަރާލަ އެވެ.. ސަފޫރާ އާއި އޭނާގެ ދެދަރިން އިނީ ދެއަތް ފުރަގަހަށް ލާފައި ގޮނޑި އާއެއްކޮން އައްސާފައެވެ. ކުއްލިއަކަށް ދޮރުހުޅުވާލާފައި ވަނީ ****** ********* ****** […]
ދުވަހަކީ ހުކުރު ދުވަހެކެވެ. ނާސިހާއާއި އެނާގެ ފިރިމީހާ ބޭސްފަރުވާއަކަށް ފުރަންފޮށި ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔަ ވަގުތެވެ. ސަމީރު ދިޔައީ ނާސިހާއަށް އެހީތެރިވަމުންނެވެ. ނާސިހާ ރަށުގައި ނުހުންނަ ދުވަސްވަރު ގޭތެރޭގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތާއި، ރަގަޅަށް އުޅުމަށް ޒުބީނަށާއި ސަމީރަށް ދެމުންދިޔަ ނަސޭހަތް ހަމައެކަނި އަޑުއަހަމުން ދިޔައީ ސަމީރު އެކަނި ކަހަލައެވެ. ޒުބީން އޮތީ ފޯނެއްގައި އޮލަ ވާހަކައެއްގައެވެ. ނާސިހާ ފުރުމުން އޭނާއަށް ލިބޭ މިނިވަން ދުވަސްތަކުގެ ބޭނުން ހިފާނެގޮތުގެ ތާވަލު ތައްޔާރުކުރުމުގައެވެ. ނާސިހާއާއި އަޒީޒު ގެއިން […]
ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަހަރެން އައިސް ބިންމަތީގައި ޖެހުނެވެ. ދުއްވާއެއްޗެހީގެ އަޑުން ކަންފަތް ފޫދުއްވާލިހެން ހީވިއެވެ. ބޮކިތަކުގެ އަލި ލޯމަތިން ފަނޑުވިއެވެ. އިވެމުންދިޔަ ކޮންމެ އަޑަކީ އަހަރެންގެ ހަޔާތުގައި ފަހު ސިއްކަ ޖެހުނުކަން އަންގައިދޭ ރަނގަބީލެއް ފަދައެވެ. ހިތްހަމަވެސް ޖެހުނެވެ. އެއީ އޭރު އަހަރެން ބޭނުންވިގޮތެވެ. ނަމަވެސް އެއަޑުތަކުގެ ތެރެއިން ފުރޭނިގެން އައިސް ކަންފަތުގައި ޖެހުނު އަހަރެންގެ މަންމަގެ ރުއިމުގެ އަޑާއެކު އަހަރެންގެ ލޯ މަޑުމަޑުން ހުޅުވާލެވުނެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އެކަމެއް ނުވިއެވެ. […]