Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ (3)

Aisha Level 2100 Comments10 Stories100 Login
May 10, 2017 3 Mins Read
29 Comments

ކޮޓަރިއަށްވަތް އަފްހަމް ހުރީ މަޑު ރާގެއް އަޅުވާލައިފައެވެ. އެނދުމަތީގައި އޭނާގެ ހަރަކާތްތައް ބަލަން އަފްރީން އިންކަންވެސް އޭނާއަށް ރޭކާއެއްނުލިއެވެ. ދެފައިވަށްކޮށްލައިގެން އެނދަށްއަރާއިން އަފްރީންއީނީ އަފްހަމް އުޅޭގޮތުން އަނގަހުޅުވިފައެވެ. އޭނައަށް ދެތިން ފަހަރަކު އިނގިލީގައި ދަތްވެސް އެޅިއްޖެވެ. އަފްހަމް ދިޔަގޮތަށް ގޮސް އޭނާގެ ކުލޯސެޓައަށް ވަނީ ލާންކަމުދާ ކަހަލަ ގަމީހެއް ހޯދުމަށެވެ. އެކަމަކު އެހާގިނަ ގަމީހާ ޓީޝާޓު ހުރިއިރުވެސް އޭނާއަށް ކަމުދާއެކައްޗެއް ފެނުނުކަމަކަށް ނުވިއެވެ. “ދޮންބޭ” އަފްހަމް ސިއްސައިގެން ދިޔައީ ކައިރީ ހުރެ އަފްރީން ވަރަށް ބާރަށް އޭނައަށް ގޮވާލުމުންނެވެ. ކަންފަތްމަތީ އަތްއެޅީވެސް އެހެންވެގެންނެވެ. “ކޮންތާކު ރޯވެގެންތަ ތިހާ ބާރަށް ތިގޮވާލީ” “ގޮވާނުލެވޭވަރެއްތަ ކިހިނެއްތަ ތި އުޅެނީ އަފޫ ކޮޓަރީގައި އިންއިރުވެސް ނޭނގުނު… އަމިއްލަ ދުނިޔެއަށް ގެއްލިފަ” “އަފޫ މިކޮޓަރީގަތަ މިއޮތްހާއިރު ތިއިނީ؟” އަފްރީން ނިތްކުރީގައި އަމިއްލައަތުން ޖަހާލާފައި ކޮޓަރިން ނިކުންނަން ދަނިކޮށް އަފްހަމް އަފްރީންގެ އަތުގައި ހިފާ ހުއްޓުވިއެވެ. “ސޮރީއޭ” “ގުޑް ނިއުސްއެއް އެބައޮތް” އަފްހަމް ބުނަން އުޅޭވާހަކަ ކޮންމެވެސް ވަރަކަށް ފަހުމްވީ ނަމަވެސް އެއްޗެކޭ ނުބުނީ އަދި އޭގެ ފަހުން ލިއުޝާއާއިވެސް ވާހަކަ ނުދެއްކޭތީއެވެ. “ގެސް ވަޓް” “ދެން ބުނެބަލަ އައި ކާންޓް ވެއިޓް ޓު ހިއާރ” “އުޝް ސެއިޑް ޔެސް” އަފްރީން ޔޭއޭ ކިޔާހަޅޭއްލަވައި ގެންފައި އަފްހަމް ގައިގައި ބައްދާލާފައި ކޮންގުރާއޭ ބުނެލިއެވެ. އަފްރީން އުޅެމުން ދިޔަގޮތުން ހީވަނީ އޭނާ އަފްހަމްއަށްވުރެވެސް އުފާވެފައި ހުރިހެނެވެ. “އައި އޭމް އިން އަ ރިލޭޝަން ބަޓް ލުކުސް ލައިކް ޔޫ އާރ އިން އިޓް” އަފްހަމް ހައިރާންވެފައި އެހެންބުނުމުން އަފްރީން  ހޭން ފެށިއެވެ. “ދެން ބުނެބަލަ ކޮންތާކަށްދާންވެގެންތަ ކުލޯސެޓް ތިހާވަނީ؟”  “އެއީ މާން ކައިރިއަށް ދާންވެގެން” ” ނޭނގޭނު އުޅުނު ގޮތުން ހީވީ ފަސްޓް ޑޭޓަށް ދާން އުޅުނުހެން ވިއްޔާ” އަފްރީން އަފްހަމްގެ ޓީޝާޓުތަށް ބަލާލަމުން ބުންޏެވެ. “ދެން މިރެއަކު ނޫން” އަފްހަމް ކަބަޑުގައި ލެގިލަމުން އަފްރީންއަށް ނަޒަރު ހުއްޓައިލައިގެން ހުރެ ބުންޏެވެ. އަފްރީން ހޯދަހޯދާފައި އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްނަގާ އަފްހަމްގެ އަތަށްލައި ދިނެވެ. “ދެންދޭ ތި ކުރާކަމެއް ކުރަން” އަފްހަމް އަފްރީންގެ ކޮލުގައި ހިފާލާފައި ގޮސްވަނީ ފާހަނައަށެވެ.

ބަނދަރުމަތީ އަނދިރި ހިސާބަކު ސައިކަލު މަތީ އިށީނދެ އިން އަމާން ވަނީ ފުންހިޔާލެއްގެ ތެރެއަށް ގެބިފައެވެ. ދުލުން ހާމަނުކުރި ކަމުގައި ވިޔަސް އެ ލޮލުގައިވާ ވޭން އެއްވެސް މީހަކަށް ސިއްރެއް ނުވާނެވެ.

އެއީ މީގެ 8 އަހަރު ކުރިއެވެ. އަމާންގެ މައިންބަފައިން އޭނަ މާލެ ބަދަލުކުރީ ހުރި ހަމައެކަނި ދަރިފުޅަށް ރަގަނޅަށް ކިޔަވާދިނުމުގެ ބޭނުމުގައެވެ. މައިންބަފައިންނާއި ވަކިން އުޅެންޖެހޭތީ އަމާން ހުރީ ވަރަށް ދެރަވެފައެވެ. ނަމަވެސް ރަނގަޅަށް ކިޔެވެން އޮތީ ދުރުގައި ހުރެގެންކަން އަމާންއަށް ވެސް އެނގެއެވެ. އަމާން ހުރީ އޭނާގެ މަންމަގެ ރައްޓެއްސެއްގެ ގޭގައެވެ. އެއީ ވަރަށް ހިތްހެޔޮ ބައެއްކަމުން އަމާންއާއި މުހާތަބު ކުރަނީވެސް “ދަރިފުޅު” ކިޔާފައެވެ. އަމާންއަށް މަންމަމެންނާ ދުރުގައި އުޅެން  ފަސޭހަވީ  އެމީހުންގެ ހިތްހެޔޮކަމާއި ރަނގަޅުކަމުންނެވެ. ފުރަތަމަ ސުކޫލަށްދިޔަ ދުވަހު ޒުބޭދާދައްތަ އޭނަ ލާން ސުކޫލުދޮށަށްވެސް ދިޔައެވެ. ކުލާހަށްވަދެ އަމާން އިށީނނީ ދެވަނަބަރީގައެވެ. އޭރު އަދި ގިނަ ކުދިން ކުލާހަކަށް ނުވަދެއެވެ. ފުރަތަމަ ދުވަހު އެސެންބުލީ އޮއްނާނެތީ އޭނަ މަޑުކޮށްލައިގެން އިނީ ކުލާހަށް ކުދިންއައިސް ސަފު ހަދަންފަށާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެންއިންދާ އޭނަގެ ލޮލުގައި އަޅައިގަތީ ދެ އަންހެންކުދިންގެ ދެމެދުގައި ވާހަކަ ދައްކަމުން ހެމުން އައި ޕަރީއެއްފަދަ އަންހެންކުއްޖަކަށެވެ. ފަތްމިނި ކުދިންވާހަކަ އަމާން އަޑު އަހައެވެ. ނަމަވެސް އެފަދަ ރިތިކަމެއް ލޮލުން ބަލާލުމުގެ ނަސީބު ލިބިދާނެކަމަށް އެނާއަށް ހުވަފެނުންވެސް ހީކުރެވިފައެއްނެތެވެ. ފިލްމުތަކުން އަމާންއަށްވަނީ ރީތިކުދިން ފެނިފައެވެ. ހުރިހާ ރީތިކަމެއް ހުސްކޮށްލައިގެން ހުރި މިއަންހެންކުއްޖާ ފެނުމުން އަމާން އިނީ ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ. އޭނާގެ ހިތްވެސް އަދަޔާ ހިލާފަށް ތެޅެންފެށީ އޭނައަށް ނުވެސް އެނގި ހުއްޓައެވެ. “އެކުސްކިޔުޒްމީ” އަމާން އޭނަގެ ނަޒަރު ތިރިކޮށްލީ އޭނާގެ ލޯކުރިމަތީ ހުރެ ފިރިހެން ކުއްޖަކު އަތްހޫރަން ފެށުމުންނެވެ. “ހިތް އަތުލައިފި ދޯ! އާދޭ ސަފުހަދަން” އަމާން ވަށައިގެން ހޯދާލިއިރު އެއަންހެން ކުއްޖާ ފެންނަންވެސް ނެތެވެ. އަމާން އެނާގެ ކުރިމަތީ ހުރި ފިރިހެންކުއްޖާގެ ފަހަތުން ގޮސް ސަފުގާ ހުއްޓުނެވެ. ފުރަތަމަ ދުވަސް ކަމުން އެސެންބުލީ ދިގުލައިގެން ދިޔައެވެ. ކުލާހަށް ގޮސް ގޮނޑީގައި އިށީނނިއިރު އަމާންގެ ފައިވެސް ހުރީ ވަރުބަލިވެފައެވެ. ދުވަސްތައް އެގޮތުގައި ހޭދަވަމުން ދިޔައެވެ. މިހާރު އަމާން އޭނަގެ ހިތުގައި ރަނިކަންކުރަމުންދާ ޕަރީ، ހަޔާއާއި ވާހަކަދައްކައެވެ. ނަމަވެސް އަދިވެސް އޭނާގެ ހިތުގެ ހާލުވަނީ ސިއްރު ކުރެވިފައެވެ. ދުވަސްތަށް ފާއިތުވަމުންގޮސް އަހަރުނިމި ސުކޫލުވެސް ބަންދުވެއްޖެއެވެ. އަމާންވެސް ރަނގަޅު ނަތީޖާއަކާއެކު އޯލެވެލް ނިންމާލީ އުފަލުންހުރެއެވެ. ދުވަހަކީ ހުރިހާ ކުދިން އެކުއްޖެއްގެ ރަށަށް ދިއުމުގެ ކުރިން ގެޓް ޓުގެދާއެއް ބޭއްވި ދުވަހެވެ. ހުރިހާކުދިން ރަސްފަންނަށް އެއްވެ މަޖަލާ އުފަލުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. ދޮންވެލިގަނޑުމަތީ އިށީނދެ އިން އަމާންގެ ނަޒަރު ހުއްޓިފަ ހުރީ އަންހެން ކުދިންނާ ސަކަރާތް ޖަހަމުން ދިޔަ ހަޔާއަށެވެ. ކުއްލިއަކަށް ކޮޅަށްތެދުވެ އޭނާ ހަޔާއަށް ގޮވާލިއިވެ. ހަޔާ ހައިރާންވެހުރެ އަމާންކައިރީ އައިސް ހުއްޓިލިއެވެ. އަމާން އެހެން ކުދިންނާ ދުރަށް ހިނގައިގަންނަމުން ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ ބުންޏެވެ. ހަޔާވެސް އަމާންގެ ފަހަތުން ހިނގައިގަތީ އަމާން ދައްކަން އުޅޭ ވަހާކައެއް ނޭނގޭތީ ހިތްއަވަސް ވެފައި ހުރެއެވެ. އަމާން އެހެންކުދިންނާ ދުރަށް ދެވުމުން ހުއްޓިފައި އޭނާގެ ފަހަތުގައި ހުރި ހަޔާގެ މޫނަށް ބަލާލިއެވެ. “ވަރަށް ގިނަ ދުވަސް ވެއްޖެ މިވާހަކަ ބުނަން އުޅޭތާ އެކަމަކު ހަޔާ ހީކޮށްފާނެ އެއްޗަކާ ދޭތެރޭ ވިސްނާފަ ކޮންމެ ފަހަރަކުވެސް ފަސްޖެހެވެނީ.. އެކަމަކު ދެން އަހަންނަކަށް ކެތެއްނުވާނެ… އަހަރެންނަށް ހަޔާ ދެކެ ލޯބިވެވިއްޖެ… އެހެން އަންހެން ކުއްޖަކު ފެނުމުން ނުވާގޮތްތަށް ހަޔާ ފެނުމުން އަހަންނަށްވޭ.. އަހަރެން ހަޔާދެކެ ވަރަށް ލޯބިވޭ…. އަހަންނާ ރައްޓެހި ވެދާނަންތަ؟” އަމާން އޭނާގެ ވާހަކަ ފުރިހަމަ ކޮށްލާފައި ހަޔާއާއި ދިމާއަށް ބަލާލިއެވެ. އޭރު މުޅި މިހާ ހުރީ ފިނިވެފައެވެ. “ކޮންމެސް އެއްޗެއް ބުނެބަލަ؟” “އަހަންނަށް ވެސް އަމާން ވަރަށް ކަމުދޭ” އިސްޖަހައިގެން ހުރެ ހަޔާ މަޑުމަޑުން އެހެންބުނުމުން އަމާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “ތީގެ މާނައަކީ ޔޭސް އޭތަ؟” އިސްޖަހައިގެން ހުރި ހަޔާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އަމާން އެއްސެވެ. ހަޔާ ބޯޖަހާލުމުން އަމާން ހިތަށް ވެރިވެގެން ދިޔަ އުފާ ބަޔާން ކޮއްދޭންވެސް ނޭނގުނެވެ. ހަޔާ އޭނާއާއި ކައިރިކޮށްލުމަށްފަހު ނިއްކުރިއަށް ބޮސްދީފައި އޭނާގެ ގައިގައި ބައްދާލައިފައި އެހެންކުދިންތިބި ދިމާމާލަށް ހިނގައިގަތްނަމުން އިރު އިރު އިރު ކޮޅާ އަމާން ހަޔާގެ ދޮން މޫނަށް ބަލާލައެވެ. އެއިން ކޮންމެ ފަހަރަކުވެސް ހަޔާ އަމާންއާއި ދިމާލަށް ބަލާލައިފައި ހިނިތުންވުމެއް ހަދިޔާ ކޮށްލައެވެ. ހަޔާގެ ކޮންމެ ސިފައަކަށް އަމާން ހިތާހިތުން ތައުރީފް ކުރަމުން ދިޔައެވެ. އެހެން ކުދިން ކައިރިއަށް ދިޔައިރު ހުރިހާފިރިހެން ކުދިން އުޅުނީ އަންހެން ކުދިން މޫދަށްލުމުގައެވެ. ބައެއް ކުދިން ފިރިހެން ކުދިންގެ އަތުގައިނުޖެހެންވެގެން ދުވަމުން ދިޔައެވެ. މިމަންޒަރު ފެނުމުން ހަޔާ އުޅުނީ އެމީހުންނާ ދުރަށްދާށެވެ. ނަމަވެސް ހަޅޭއްލަވައި ގަނެވުނީ ގެނައި ކުއްލި ހަރަކާތަކާއެކު އަމާންގެ އަތްދަނޑިމައްޗަށް ހަޔާ ނެގުމުންނެވެ. އޭރު އަމާންގެ މުށިކުލައިގެ ދެލޯ އަމާޒުވެފައި ވަނީ ހަޔާގެ ލޮލަށެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވި ވަގުތު ކުރެވުނު އިހްސާސް އެދެމީހުންގެ ތެރެއިން އެކަކަށްވެސް ބަޔާންކޮށްދޭކަށް ނޭނގުނެވެ. ހަޔާއަށް ހޭވެރިކަންވީ އަމާން އޭނާގޮވައިގެން ގޮސް ލޮނުގަނޑުތެރޭގައި ބާއްވައިލުމުންނެވެ. ރުޅިމޫނު ހަދާފައި އޭނާ ފެންއުކައިގަތުމުން އަމާން އޭނާގެ އަތުގައި ހިފަހައްޓާފައި ގާތަށް ދަމާލިއެވެ. އޭރު ދެންތިބި ކުދިންގެ ނަޒަރު އެދެމީހުންނާ ދިމާލަށް ހުއްޓިފައިވާކަން ރޭކާވެސް ނުލައެވެ.

Share Article

Follow Me Written By

Aisha

Level 2100 Comments10 Stories100 Login

Other Articles

Previous

އިންތިޒާރެއް މަ ނުކުރާނަމޭ (10)

Next

ލޯބި ވެވުމުން……….11

Next
May 10, 2017

ލޯބި ވެވުމުން……….11

Previews
May 10, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (10)

29 Comments!

  1. sam says:
    May 10, 2017 at 4:24 pm

    V reeethiii……. mi part … Please up next part ….:-)

    1. Aisha says:
      May 10, 2017 at 4:45 pm

      Glad u like it Sam.. Viee enme avahakah up kohdheynan ?

  2. Aisha says:
    May 10, 2017 at 4:48 pm

    Hi guys miothiee 3 rd part up vefa reyga up kurin but nufene esfiya akah.. Anyway hope u guys will like it.. Have a nice day ?

  3. i sher says:
    May 10, 2017 at 6:20 pm

    Vvv reethi…?

    1. Aisha says:
      May 10, 2017 at 10:19 pm

      Thank u i sher that means a lot

  4. nonns says:
    May 10, 2017 at 7:56 pm

    Vvvv reethi when next part. Pls varah avasskohdhechey

    1. Aisha says:
      May 10, 2017 at 10:22 pm

      Thanks u so much nonns.. I will do my best dear

  5. shafu says:
    May 10, 2017 at 9:05 pm

    vvv reethi…. when next part

    1. Aisha says:
      May 10, 2017 at 10:24 pm

      Thanks shafu… Insha allah view enme avahakah up kohdheynan

  6. Ni her says:
    May 10, 2017 at 11:07 pm

    Omg ❤️❤️Amazing ?
    Wanna see the next part soon dear …

    1. Aisha says:
      May 11, 2017 at 12:47 pm

      Awww.. Thank u so much niher.. I will upload the next part as soon as possible ?

  7. Chum handi says:
    May 10, 2017 at 11:09 pm

    wow… gdnyt….

    1. Aisha says:
      May 10, 2017 at 11:14 pm

      Thank Yuh chum handi.. Gud nyt dear

  8. love girl says:
    May 10, 2017 at 11:18 pm

    vvvv reethi mi part vess. waiting for the next part.

    1. Aisha says:
      May 11, 2017 at 12:09 pm

      Happy to hear that love girl ?

  9. Noor says:
    May 11, 2017 at 9:02 am

    Awwh..next part varah kiyaalaahiyvey???

    1. Aisha says:
      May 11, 2017 at 12:11 pm

      Thanks noor I really appreciate it.. I love u r story too.. ???

  10. Fiu sh says:
    May 11, 2017 at 1:15 pm

    Obi novei huvai ???❤

  11. Aisha says:
    May 11, 2017 at 4:11 pm

    Aww really Fiu thank u so much ???

  12. Rainy princess says:
    May 11, 2017 at 4:22 pm

    Stry vara salhii..kon dhuvas thakega tha up kohdheny ??

    1. Aisha says:
      May 11, 2017 at 9:19 pm

      Thank u rainy princess vaki dhuvahehgaeh noon liyhevunu enme avahakah up kohdheniee

  13. Some one says:
    May 11, 2017 at 8:39 pm

    V v lwbi story!!! Kn irakun hen hiivaniii nxt prt genevey varu vaanii?

    1. Aisha says:
      May 11, 2017 at 9:22 pm

      Aww happy to hear that viee enme avahakah up kohladheynan

  14. @l says:
    May 11, 2017 at 9:39 pm

    Alley avahah aneh part genes dheeba…….can’t wait…….btw this part is nice♥️♥️♥️

    1. Aisha says:
      May 12, 2017 at 11:42 pm

      Thankxx dear.. View enme avahaka genesdheynan ?

  15. Sidhu says:
    May 12, 2017 at 5:02 pm

    Ohhhhhhhhhhhh. ……what a beautiful story…..aishaa story v habeys 2vana faharah kiyaalaafa comment eh mi kohlee.?????????

    1. Aisha says:
      May 12, 2017 at 11:44 pm

      Sidhu aslutha varah happy thikala comment than fenunieema ???

  16. ithoo says:
    May 13, 2017 at 1:58 am

    Mi part vx v v nice..keep it up dearr..??

    1. Aisha says:
      May 13, 2017 at 10:22 am

      Thank u so much ithoo ???

Comments are closed.


All Right Reserved!