Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (29)

ފަރީޝާ ދިން ގަމީސްތަކެއް އިސްތިރިކުރުމަށްފަހު ދިމްރާ ޔުމާންގެ ކޮޓަރިއަށް ވަނީ އެ ގަމީސްތައް ކަބަޑަށް ލާށެވެ.އޭރު ޔުމާން ޑިއުޓީ ނިންމާފައި އަންނަ ގަޑި ކައިރިވެފާއި ހުރީތީ އޭނާ ހުރީ ރަނގަޅަށްވެސް ޖެހިލުންވެފައެވެ.އެހެންކަމުން އޭނާ އަވަސް އަރުވާލާފައި މަސައްކަތްކުރީ އެ ގަމީސްތައް ކަބަޑަށް ލާފައި ނުކުންނާށެވެ.އޭނާ އެކަނި ހުންނައިރު ޔުމާންގެ އަމަލުތައް ހުންނަ ގޮތުން އޭނާ މިހާރު އަސްލަށްވެސް ޖެހިލުންވެއެވެ.

ޔުމާންގެ އެ ބަސްތަކާއި އަމަލުތައް ބޭނުންކޮށްގެން ހީވަނީ ދިމްރާ އެގެއިން ފޮނުވާލަން މަސައްކަތް ކުރާ ހެންނެވެ.އެކަމަކު ޔުމާން ކިތަންމެ ހާލެއް ޖެއްސިއަސް އޭނާގެ މަޖުބޫރީ ހާލަތު އެއައްވުރެ މާ ބޮޑެވެ.އޭނާގެ ބޮލުގައި ވަނީ ފައިސާގެ ބޮޑު ދަރަންޏެއް އެޅިފައެވެ.އެ ދަރަނި އޮތްހާ ހިނދަކު އޭނާ އެގޭ ދޫކޮށްފާއި ދާނީ ކިހިނެއް ހެއްޔެވެ؟ ޔުމާންއަށް ނޭނގުނަސް އޭނާވެސް އެތަނުން މިންޖުވެގެން އެ އެންމެންނާ ވީހާވެސް ދުރަކަށް ދާން ބޭނުމެވެ.އެކަމަކު މަޖުބޫރީއޭ މިކިޔާ ބަސްވަނީ އޭނާގެ ފައިގައި ކަސްތޮޅު އަޅުވާފައެވެ.

އެ ކަސްތޮޅުން އޭނާ މިއަދު ސަލާމަތް ކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މަލަކާއެވެ.ނަމަވެސް ކުރަމުން ދިޔަ މަސައްކަތަށް އަދިވެސް އަލިމަގެއް ނުލިބެއެވެ.އޭނާ ފުރަތަމަ ދުވަހު މަލަކާއާއި ދިމާލަށް ބުނިހެން މިއަދާ ހަމައަށްވެސް އޭނާ ކޮންމެ ދުވަހަކު އެގެއަށް ދެއެވެ.ގިނަ ދުވަސްދުވަހު އޭނާއަށް މަލަކާގެ މޫނުވެސް ފެނި ނުލާއިރު މައިހާންގެ އަތުން އަނިޔާ ލިބިގެން އަންނަން ޖެހޭ ދުވަސްތައްވެސް މަދެއް ނޫނެވެ.

އެވަރު ކުރާއިރުވެސް ދެވަނަ ދުވަހުވެސް އޭނާ އަންނާތީ މައިހާންމެން ހައިރާންވާނެކަން ގައިމެވެ. ވާނީވެސް އެހެންތާއެވެ.މައިހާން ދޭ އަނިޔާތަކަށްވުރެ ދިމްރާގެ ހިތުގައިވާ ރިހުން ގަދައެވެ.އެހިތްވަނީ ލަކުނުތަކުން ފުރިފައެވެ.އެ އަނިޔާތަކަށް ކެތްކުރާއިރު ބޭރުފުށުން ލިބޭ އަނިޔާ ތަކަކަށް އޭނާއަށް ކެތް ނުވާންވީ ކީއްވެ ހެއްޔެވެ؟ ނަމަވެސް މިއޮއްހާ ދުވަސްވީއިރުވެސް އޭނާއަށް އެކަމުން އަލިމަގެއް ފެނިފާއި ނުވާތީ އެކުއްޖާގެ އުއްމީދީ ހުޅުކޮޅު ދިޔައީ ކަނިވަމުންނެވެ. ހުވަފެނުގައިވެސް މިހާރު ފެންނަނީ އޭނާ ޔުމާންގެ މީހަކަށް ވާތަނެވެ.އެހެންކަމުން އެހިތުގައި ބިރުވެރިކަމެއް ވަނީ އުފެދެން ފަށާފައެވެ.

ކަބަޑުގައި އެ ގަމީސްތައް ތަރުތީބުން އަޅުވާލުމަށްފަހު އޭނާ އަވަސް އަރުވާލާފައި ނުކުންނަން ހިނގައިގަތްނަމަވެސް އެކޮޓަރީގައި ހުރި ޓީވީ އިން އެވަގުތު ދައްކަމުން ދިޔަ މަންޒަރު ފެނުމުން ފިޔަވަޅުތަކަށް މަޑު ޖައްސާލެވުންއިރު އޭނާގެ ދެލޯ ދިޔައީ ރަނގަޅަށްވެސް ބޮޑުވެގެންނެވެ.ފައިވެސް ހީވީ ހުރިތަނަށް ގާވި ހެންނެވެ.އެއީ އިތުރު އެހެން މީހެއްގެ ފޮޓޮއެއް ނޫނެވެ.އޭނާގެ ހިތުގެ ވެރިޔާގެ ފޮޓޮއެވެ.އެކަމަކު ޔުއާންގެ ފޮޓޮއެއް ޓީވީ އިން ދައްކަން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.އަނެއްކާ ސުސައިޑް ކުރީބާއެވެ.އާއި ހިޔާލުން ތެޅެމުން ފޮޅެމުން އޭނާ ޓީވީ ކައިރިއަށް ދިޔައީ ކިޔާ އެއްޗެއް އަޑުއަހާލުމަށްޓަކައެވެ.

އެކަމަކު އޭނާ ހީކުރިގޮތާއި ހިލާފަށް ހަބަރުގައި ކީ ޒުވާން ބިޒްނަސް މޭންއަށް އަނެއްކާވެސް އެވޯޑެއް ލިބުން ވާހަކައެވެ.އިއްޔެގައި ބޭއްވުނު ޖަލްސާއެއްގައި ޔުއާންއަށް އެ އެވޯޑް އެރުވުނު ކަމަށް ބުނަމުން ދިޔުމުން ދިމްރާ ހުރީ ރަނގަޅަށްވެސް އާާޝޯހުވެފައެވެ.އޭނާއަށް އިވެމުން ދިޔަ ހަބަރު ގަބޫލު ކުރަންވެސް ދަތިވިއެވެ.ޔުއާން އެހިސާބަށް ދިޔައީ ކޮންއިރަކު ހެއްޔެވެ؟އެހާ މަޝްހޫރު މީހަކަށްވީ ކޮންއިރަކު ހެއްޔެވެ؟އޭނާ މީޑިއާގެ ދުނިޔެއާއި ދުރުވެފާއި ވާތީ އެކަހަލަ ހަބަރެއް ނަމަކަށްވެސް މީގެ ކުރިން އޭނާއަކަށް އިވިފަ ކާއެއް ނެތެވެ.

ދިމްރާ އުއްމީދު ކުރި އަދި ބޭނުންވި ފަދައިން ޔުއާން ދިރިއުޅުމައިގެން ކުރިއަށް ދަނީއެވެ.އޭނާ ބޭނުންވި ގޮތަށް ޔުއާން އަނދިރި ދުނިޔޭގެ ތެރެއަށް ނުވަދެ ދުނިޔޭގެ އުފާވެރިކަމާއި ކާމިޔާބީތައް ހޯދަން މަސައްކަތްކުރަނީއެވެ.އެއީ ދިމްރާ އެންމެ އެނގެން ބޭނުންވެފައިވާ ކަންތައްވެސްމެއެވެ.ޔުއާންގެ ދިރިއުޅުން މިހާރު ގޮސްފައިވާ ހިސާބު އެނގެން އޭނާ ބޭނުންވެފައިވާ ކިތަންމެ ދުވަހެކެވެ.ފައިނަލީ އެކަންތައް އެނގުންއިރު ޔުއާންގެ ދިރިއުޅުން އާރާސްތު ވެފާއި ވަނިކޮންވެސް ފެނުނީއެވެ.އުފަލުގެ ކޮޅެއްވެސް ނެތެވެ.

ކޯޓެއް އަޅާލައިގެން ހުރި އެފޮޓޯގައި ޔުއާންގެ ހަރުދަނާކަމާއި ޒިންމާދާރުކަން ދިމްރާއަށް ހާމަކޮށްދިނެވެ.މިހާރު ޔުއާން ކުރިއަށްވުރެވެސް ރީތިވެފާއި ޒުވާނޭ ދިމްރާގެ ހިތަށް އެރިއެވެ.ލިބުނު އުފަލާއި އެއްވަރަށް އެހެނަސް އެހިތަށް ތަދުވިކަންވެސް ގައިމެވެ.ހިތް ރުއި ނަމަވެސް ޔުއާންގެ ކާމިޔާބީފެނި ދިމްރާ އިންތިހާއަށް އުފާކުރިއެވެ.އެލިބުނު އުފަލުގައި ދިމްރާއަށް އަނގަމަތީ އަތްއަޅާ ލެވުންއިރު އެ ދެލޯ ފެންކަޅިވި ކަން ގައިމެވެ.

އެވަގުތަކީ ޔުމާންވެސް ފާހާނާއިން ނުކުތް ވަގުތެވެ. ޓީވީއަށް ގެއްލިފައި ހުރިވަރުން ދިމްރާއަށް ޔުމާން އައިސް އެކޮޓަރިއަށް ވަތް ކަމެއްވެސް ނޭނގުނީއެވެ.އެހާވެސް ބޮޑަށް ދިމްރާއަށް ހުރެވުނީ އެ ހަބަރުގެ ތެރެއަށް ވަދެވިފައެވެ

“އަހަރެންގެ ނަމާ ވައްތަރު ނަމެއް ކިޔާތީތަ މާ ވަރަކުން ތި ހަބަރު ބަލަން ތިހުރީ ” ޔުމާން ވާހަކަ ދެއްކި އަޑަށް ސިހިފާއި ދިމްރާއަށް ޔުމާންއާއި ދިމާލަށް ބަލައިލެވުނެވެ.އޭރު މޫނުގައި ހުރި ފެންތައް ފޮހެން ޔުމާން ހުއްޓެވެ.

“ޔުމާން، ޔުއާން..މާ ބޮޑަށްވެސް ގުޅެޔޭ ދޯ.. އެހެންވީމަ ހާދަ ވަރެކޭ ވެފަ ތިހުރީ..ހަމަ އަހަރެން އެހާ ބޭނުންވޭތަ؟” މޫނު ފުހެލާފައި ތުވާލީ ހަރުގައި އަޅުވަމުން މިފަހަރުވެސް ވާހަކަ ދެއްކީ ޔުމާންއެވެ.އޭރުވެސް ދިމްރާ އެހުރި ތާނގަ ދެލޯ ބޮޑު ކޮށްގެން ޔުމާންއަށް ބަލަން ހުއްޓެވެ.

“ކީއްވެ އެއްޗެކޭ ނުބުނެ ތިހުރީ..އަހަރެންނަށް މިބުނެވުނީ ރަނގަޅަށް ދޯ އެހެންވީމަ” ޔުމާންއަށް އަބަދުވެސް އެންމެ އުނދަގޫވަނީ ދިމްރާގެ އެހަމަހިމޭން ކަމުންނެވެ.ބައެއްފަހަރު އެ ހަމަހިމޭންކަމުން އޭނާއަށް ކުރެވެނީ ކުއްހީއެއްހެން ހީވާ ފަހަރުވެސް އާދެއެވެ.

ބުދެއްހެން އޭރުވެސް ދިމްރާ ހުރީ ޔުމާންއަށް ބަލާށެވެ.ނަމަވެސް ޔުމާން ގަމީހުގެ މޭމަތީ ގޮއް، ގޮއްވަޅުން ނައްޓާލިތަން ފެނުމާއިއެކު ދިމްރާއަށް އިސްޖަހާލެވުނު ގޮތްވެސް ނޭނގުނެވެ.މި މަންޒަރު ޔުމާންއަށް އެންމެ ރީތިކޮށް ފެނުނެވެ.

“ކިހިނެއްވީ!ނަފްސު ކޮންޓްރޯލުން ނެއްޓިދާނެތީތަ ތި އިސްޖަހާލީ..ނޫނީ ދިމްރާ އަހަރެންނަށް ބޭނުންވާ ވަރު އަހަރެންނަށް ނުސީދާ ބަހުން އަންގާލަ ދޭން ވެގެންތަ..އެހެންކަމަށް ވަންޏާ އަހަރެންވެސް ބޭނުން ދިމްރާ އަހަރެންނަށް ބޭނުންވަނީ ކިހާ ވަރަކަށްތޯ ބަލާލަން” ޔުމާން ދިމްރާއާއި ދިމާލަށް ހިނގައި ގަންނަމުން ގަމީހުގެ ނައްޓާލި ގޮށާ ޖެހިގެން އިން ގޮއްވެސް ނައްޓާލިއެވެ.ޔުމާންގެ އަޑުގައި މަލާމާތް ހުރެފާއި އެ ދެލޮލުގައި ނަފްރަތް ހުރީތީ ދިމްރާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ.އޭނާ މިފަހަރު ޔުމާންގެ އެ ބަސްތަކުން ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ.އެ ބިރުގައި އޭނާއަށް ދޮރާ ދިމާލަށް ދުއްވައިގަނެވުނު ގޮތްވެސް ނޭނގުނެވެ.

ނަމަވެސް ޔުމާންގެ ހުޝިޔާރުކަން މާ މޮޅެވެ.ދިމްރާ ހުޅުވާލާފައިވާ ދޮރުގައި ހިފާލުމާއިއެކު ފެނުނީ ޔުމާން އޭގެކުރިން ދިމްރާ ދުރައްލާފައި ދޮރު ބަންލާފައި ޖަހާލުމަށްފަހު ތަޅުލިތަނެވެ.ޔުމާންގެ އެ އަމަލުން އޭނާ މިއަދު ރަނގަޅަށްވެސް ޔުމާންގެ އަތްދަށުގައި ތާށިވީކަން ދިމްރާއަށް ވިސްނުނެވެ. ފަރީޝާމެނަށް އަޑުއިވިދާނެތީ އޭނާއަށް ހަޅޭއްލަވަކަށްވެސް ކެރޭނީއެއް ނޫނެވެ.އެހެންކަމުން ގަތް ބިރުގައި ދިމްރާއަށް ކުރެވުނުހާވެސް ކަމަކީ ހިތްދިރުވާ ލުމެވެ.

“އަހަރެންނަށް ތިހާ ބޭނުންވެފައިވާ ކުއްޖަކަށްވާއިރު އަހަރެން މި ވިސްނަނީ ދިމް ތި ބޭނުންވާ އެދުން ފުއްދަ ދޭން ކަމަށް” އޭރު ދިމްރާ ހުރީ ބިރުން ފިތްކަނޑައިގެން ދާ ވަރުވެފައެވެ.

ޔުމާން އޭނާގެ ހަމަހިމޭންކަން އެ ނަގަނީ ގޯސްކޮންނެވެ.ނަމަވެސް ދެރައީ އޭނާއަށް ދިފާއުގައި އެއްޗެއް ނުބުނެވިގެން އުޅޭކަމެވެ.މިއަދު އޭނާގެ ދޫ ވެސް އޭނާއާއި އެއްބާއި ނުވަނީ ހެއްޔެވެ؟އޭނާ މިހާ ބަސްމަދު މީހަކަށް ވީ ކޮންއިރަކު ހެއްޔެވެ؟އޭނާގެ އެ ބިރުގެންފައިވާ މޫނުގެ މާނަވެސް ޔުމާންއަށް ނޭނގެނީ ހެއްޔެވެ؟ހަމަ ގައިމުވެސް ޔުމާން މިހާރު އެ ދައްކާ ވާހަކަތަކުން އެނގޭހާވެސް އެއްޗަކީ ޔުމާން އޭނާގެ ހަމަހިމޭންކަމުގެ މާނަ އެ ނަގަނީ އެންމެ ގޮސްގޮތަށްކަމެވެ.އެ ހިޔާލު އައުމުން ދިމްރާ ހާސްވެފާހުރެ އަވަސްވެގަތީ ޔުމާންގެ ކުރިމަތިން ދުރަށް ދާށެވެ.ނަމަވެސް ދެރައީ ޔުމާން ހުރީ އޭނާ އެހާ ފަސޭހަލަށް ދޫކޮށްލާ ކަހަލަ ނިޔަތެއްގައެއް ނޫން ވީމައެވެ.

“ބޭނުންވާ ފުރުސަތު ލިބުނީމަ ދުރަށް ތިދަނީ ކީއްވެޔޯ” ޔުމާން އެހެންބުނުމުން ދިމްރާ އެނބުރި ބަލައިލުމާއެކު ފެނުނީ ޔުމާން ގަމީހުގެ ގޮއްތަށް ނައްޓަމުން ހުރެ ދިމްރާއާއި ދިމާލަށް އަންނަ ތަނެވެ.ވަގުތުން ގަތް ބިރުގައި ދިމްރާއަށް ފިޔަވަޅުތައް އަޅާލެވުނީ ފަހަތަށެވެ.އޭރު އޭނާ ހުރީ ބިރުން ގޮސް ރަނގަޅަށްވެސް ހާސްވެ ދާހިތްލާލާފައެވެ.

ދިމްރާ ފަހަތަށް ފިޔަވަޅު އަޅާ ވަރަކަށް ޔުމާންވެސް އަންނަމުންދާތީ އޭނާގެ އަނގައިން ބަހެއް ނުނިކުތްއިރު ކުރެވުނުހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރާލުމެވެ.އޭރު އެކުއްޖާގެ މޫނުމަތިން ކުދި މުތީތަކެއްހެން ދާ ތިކިތަށް ހިލިފާއި ހުއްޓެވެ.ދެފަރާތަށް ބޯ ހޫރަމުން ދިޔަ ދިމްރާއަށް ހުއްޓުމެއް އައީ އޭނާ ގޮސް ފާރުގައި ޖެހުމުންނެވެ.އޭރު ޔުމާންވެސް އައިސް ހުރީ އޭނާގެ ކައިރީ ޖައްސާފައެވެ.އަނގައިން ބަހެއްވެސް ނުނިކުތީތީ އޭނާ ހައިރާންވެސްވިއެވެ.އެކަމަކު ބިރު އެހިތަށް ވަދެގެންފައި ހުރިލެން ބޮޑުކަމުން ދޫ ހަރަކާތް ކޮށްލަންވެސް ދިމްރާއަށް ނޭނގުނީއެވެ. އެހާވެސް އޭނާ ހުރީ ބިރުގަނެ ޝޮކެއްގެ ތެރޭގައެވެ.

ގަމީހުގެ ހުރިހާ ގޮށެއް ނައްޓާލުމަށްފަހު ޔުމާން ގަމީސް ބާލާ އެނދުމައްޗަށް ހޫރާލީ ދިމްރާގެ ކުރިމަތީގައެވެ.އެއައްފަހު ދިމްރާގެ ދެފަރާތުން ޔުމާން އަތްވިއްދާލީ ދިމްރާއަށް އެހެން ދިމާލަކަށް ނުދެވޭނެ ހެންނެވެ.އޭރު ދިމްރާ ހުރީ ބިރުންގޮސް ރޮވޭ ވަރުވެފައެވެ.ޔުމާންގެ ފަރާތުން ފެންނަމުން މިދާ އަމަލުތަކުން ދިމްރާއަށް ދިޔައީ ޔުއާންގެ ހަނދާންތައް ކުރެވެމުންނެވެ.ޔުމާންއަށް ނޭނގުނަސް އެ އަމަލުތަކުން ދިމްރާގެ ސިކުނޑީގައި އެހަނދާންތައް ދިޔައީ ފެވި ކުލަ ގަދަވަމުންނެވެ.ޔުއާންގެ ހަނދާނުން ޔުމާންއަށް ނޭނގި ނަމަވެސް އެދެވެނީ ދިމްރާގެ ހިތް ރޮއްވަމުންނެވެ

“އަހަރެން ފަސްޓް ކީއް ކޮށްދެންވީ؟” ޔުމާން، ދިމްރާގެ މޫނުމަތީގައިވާ އިސްތަށިކޮޅެއް އެއްފަރާތް ކޮށްލަމުން މަޑުމައިތިރި ރާގެއްގައި ބުނެލީ އިޝްކީ ކަމާއެކުއެވެ.އޭރު ދިމްރާ ތުރުތުރުލަމުން ދިޔައިރު އޭނާ ހުރީވެސް ދެލޯ މަރާ ތަގުޅި ކޮށްގެންނެވެ.

ޔުމާން މަޑުމަޑުން ދިމްރާގެ މޫނުގައި އިނގިލި ބިއްސާލީ ނަފްރަތާ އެކުއެވެ.އެ ދެލޮލުގައި އޭރުވަނީ ދިމްރާއަށްޓަކައި ކުރާ ނަފްރަތެވެ.ބެލުމުގައި ވަނީ ރުޅިއެވެ.އޭނާއަކަށް އެފަދަ ލޯތްބަކުން ދުވަހަކުވެސް ދިމްރާއެއް ބަލައެއް ނުގަނެވޭނެއެވެ.ދިމްރާގެ ސަބަބުން އޭނާގެ މުޅި އުޅުންވެސް ބަދަލުވެއްޖެއެވެ.ކުރިއަކުން އޭނާއަކީ މީހުންނަށް ވައްބަހުން ޖަހާ އުޅޭ މީހެއް ނޫނެވެ.މީހުންނަށް އުނދަގޫކޮށް މީހުންނަށް ނަފްރަތު ކުރާ މީހެއްވެސް ނޫނެވެ.ނަމަވެސް ދިމްރާގެ ސަބަބުން އެހުރިހާ ކަމެއްވެސް އޭނާގެ ގައިގައި އޭނާއަށްވެސް ނުވެސް އެނގި ހުއްޓާ އަށަގަނެއްޖެއެވެ.

މިއަދު އޭނާގެ ރުޅި އެހާ ގަދަވެފާއިވަނީ ދިމްރާ ކޮންމެ ދުވަހަކު ސިއްރުން މަލަކާމެންގެއަށް ދާކަށް އެނގުނީމައެވެ.އޭނާދެކެ ދިމްރާ ލޯބިވެ ހުރެ އެގެއަށް ދާނީ އެންމެ ކަމަކުކަން ޔުމާންއަށް އެނގެއެވެ.އެއީ މަލަކާ އޭނާގެ މަތިން ހަނދާން ނައްތާލުމަށާއި އޭނާ ނުލިބޭނެ ވާހަކަ ބުނަންށެވެ. ދިމްރާ އެހެންވީމަ އެވަނީ އޭނާ މަލަކާ ކޮންމެސް ދުވަހަކުން އެނބުރި އަންނާނެ ކަމަށް ކުރި ކުޑަކުޑަ އުއްމީދުވެސް ފުނޑުފުނޑު ކޮށްލާފައެވެ. ވީއިރު އޭނާއަށް ރުޅިނައިސް ހުރެވޭނެ ހެއްޔެވެ؟

” ދިމްރާ ތި ދައްކާ ސިފައެއް އަހަރެންނަކަށް ނުވިސްނުނު..ތީ ބިރުވެރިކަންތަ..ނޫނީ ލަދުވެތިކަންތަ..ދިމްރާ ބޭނުންވާ ގޮތް މިވަނީނުން.. ދެން މިއަދު ބިރުގަންނަ ކަމަށް ތި ހަދަނީ ކީއްވެޔޯ..ބިރުނުގަނެ ތި ލޯބިވާވަރު ސާބިތުކޮށްދީބަލަ” ޔުމާން ދިމްރާގެ މޫނާ އޭނާގެ މޫނު ގާތްކޮއްގެން ހުރެ ވާހަކަ ދައްކަމުން ދިޔުމުން ދިމްރާ އިތުރަށް މަރާލައިގެންހުރި ދެލޮލަށް ބާރުކޮށްލީ ޔުމާންގެ ހޫނު ނޭވާތައް އެމޫނަށް އެޅޭތީއެވެ.ޔުއާންގެ ހަނދާންތަކުން އޭރު ދިމްރާގެ ސިކުނޑި ދިޔައީ ކަމުންނެވެ.ޔުއާންގެ ހަނދާންތަކުން އޭނާގެ ހިތްވެސް ދިޔައީ ތެޅިފޮޅެމުންނެވެ.

“އަހަރެން ނުވޭ ލޯތްބެއް؟” މިއޮއްހާއިރު އަޑު ބޭރުނުވެފާއި ހުރި ކުއްޖާގެ އަޑު ބޭރުވެގެން ދިޔައީ ޔުމާންގެ ހޫނު ނޭވާތައް އޭނާގެ ތުންފަތަށް އެޅުމުންނެވެ.އޭރު ދިމްރާ ހީވަނީ ފިނިކަމުން ގަނޑުފެން ގަނޑެއް ހެންނެވެ.

“އަހަރެންގެ ހިތެއް ދުވަހަކުވެސް އެހެން މީހަކަށް ނުދެވޭނެ” ދިމްރާ ހަޅޭއްލަވައިގެންފާއި ޔުމާންގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއިރު އެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.އޭރު އަޑުންއަޑުނަގާ ރޮވިދާނެތީ ދިމްރާ ދިޔައީ އަވަސް ނޭވާތަކެއް ލަމުންނެވެ.ޔުމާންގެ ސަބަބުން އޭނާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ.ދެން އިތުރަށް ކެތްކުރަން ވެއްޖެއްޔާ އޭނާ މޮޔަވެދާނެއެވެ.އިތުރަށް ފަރީޝާއަށް ކުރި ހުވާ އޭނާއަކަށް ދެން ނުހިފެހެއްޓޭނެއެވެ.އެ ވައުދުގެ ސަބަބުން އަނިޔާވަނީ އޭނާގެ ހިތަށެވެ. ކޫރުން އެޅެނީ އޭނާގެ ހިތުގައެވެ.ކަރުނަ އަޅާ ރޮނީ އޭނާގެ ހިތެވެ.

“އަހަރެން ލޯބިވަނީ ތި ޔުމާން ދެކެއެއް ނޫން.. އަހަރެން ލޯބިވަނީ މިއަދު ޓީވީ އިން އެދެއްކި ޔުއާންދެކެ” ދިމްރާގެ އެ ޖަވާބުން ޔުމާންއަށް ޝޮކެއް ލިބިގެން ދިޔައެވެ.އޭނާއަށް ދިމްރާއާއި ދިމާލަށް ބަލަން ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ދިމްރާ ޔުމާންއަށް އޭނާއަށް އެހިސާބަށް އަންނަން ޖެހުނީ ކީއްވެގެންކަން ކިޔައިދިނެވެ.ފަރީޝާއަށް އޭނާ ދަރަނިވެރިވެފައިވާ ކަމާއި ފަރީޝާ އެދޭ އެދުމަކީ ކޮބައިކަން ބުނެދިނެވެ.ދިމްރާ ރޮއެރޮއެފައި އެ ވާހަކަތައް ކިޔައިދެމުން ދިޔައިރު ޔުމާން ހުރީ ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.އިވޭ ވާހަކަތައް ގަބޫލުކުރަންވެސް ދަތިވެފައެވެ.އަދި ހަމަ އެހެންމެ އޭނާއަށް ދިމްރާގެ ކުރިމަތީ މޫނު އިސްދަށަށް ޖަހާލެވުނީ ލަދުންނެވެ.އޭނާއަށް ދެން ދުވަހެއްގެ ކޮޅުންވެސް ދިމްރާއާއި ހަތަރު ކަޅި ހަމަ ކޮށްފައި ބަލަން ކެރޭނެ ހެއްޔެވެ؟އޭނާގެ އަމަލުތައް ބެހެއްޓުނު ގޮތުން އޭނާ ރަނގަޅަށްވެސް މިއަދު ދިމްރާގެ ކުރިމަތީ ހުންނަން ލަދު ގަނެއްޖެއެވެ.އެއްފަހަރުވެސް ދިމްރާގެ މަޖުބޫރީއެއް އެކަމުގައި އޮވެދާނެކަމަށް ވިސްނާލެވުންނަމަ ކޮންފަދަ ހެއްޔެވެ؟

“ދެން ދިމް މަލަކާމެން ގެއަށް ދަނީ ކީއްކުރަން؟” އިސްނަގަން ނުކެރިފައި ހުރެވެސް ޔުމާން އެ ސުވާލު ކޮށްލީ އެއީ އޭނާ ކޮންމެހެންވެސް އެނގެން ޖެހޭ ކަމެއް ވީމައެވެ.ޔުމާން އެ ސުވާލު ކުރުމުން ދިމްރާއަށް ފުރަތަމަ ޖަވާބުދޭން ބޭނުންނުވެފާއި ހުރެވުނީއެވެ.އެއީ ޔުމާން ހިތްހަމަ ނުޖެހޭނެކަން އޭނާއަށް ވިސްނޭތީއެވެ.އެހެނަސް ޔުމާން އިނީ ފަސޭހަލަށް ދުކުރާނެ ގޮތަކަށް ނޫންކަން ވިސްނުމުން އެންމެ ފަހުން އޭނާ އެ ވާހަކަތައްވެސް ޔުމާންއަށް ކިޔައިދިނެވެ.

“ޔުމާން ޕްލީޒް..ޔުމާންގެ މަންމަކައިރީ މީގެން އެއްވެސް ވާހަކައެއް ނުދައްކާތި..އަދި މަންމައާއި ދޭތެރޭ ހިތްގޯސް ނުކުރާތި..މަންމަޔަކަށްވެ ހުރެ އެފަދަ ހާލަތެއް އައިސްފިނަމަ އަހަރެންނަށްވެސް ކަންތައް ކުރެވޭނީ އެހެންކަންނޭނގެ..އެހެންވެ އަހަރެންގެ ހިތުގަ ދައްތައާ ދޭތެރޭ ހިތްބުރަކަމެއް ނެތީވެސް”

“އަހަރެންވެސް ގަބޫލުކުރަން ދިމް ތިބުނީ ވާހަކަ.. އެހެންވެ އަހަރެން ހިތުގަ މަންމައާ ދޭތެރޭ އެއްވެސް ހިތްބުރަކައެއް ނެތް..އެކަމަކު ދިމްއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތުން އަހަރެން ވަރަށް ލަދުގަނެއްޖެ..އަސްލުވެސް ކުއްހީއެއް ތެރޭ ހުރެ އަހަރެންނަކަށް ނޭނގެ ދިމްގެ ހިތަށް އަނިޔާ ދެވުން ވަރެއްވެސް ބުނާކަށް..ދިމްގެ މަޖުބޫރީ ހާލަތުގެ ސަބަބުން ހިތްދަތިވެފާވާއިރު އަހަރެންނަށްވެސް އަދި އިތުރަށް ދެވެނީ ހިތްދަތިކަން..އަހަރެން ފިރިހެނަކަށްވެސް ނުވިޔެއްނު..އައެމް ސޮރީ ދިމް..ރިއަލީ ސޮރީ” މަޑުމަޑުން އެނދުމަތީ އިށީންނަމުން ޔުމާން ވާހަކަ ދެއްކީ އަސަރާ އެކުއެވެ.އޭރުވެސް ލަދުން އިސްޖަހާލައިގެން އޭނާ އިނީ ދިމްރާގެ މޫނަށް ބަލަންވެސް ނުކުޅެދުމުންނެވެ.

“އިޓްސް އޯކޭއޭ ޔުމާން..ސޯ ދެން އެވާހަކަ ނުދައްކަމާ”

“އެ ވާހަކަ ނުދެއްކިއަސް ދިމް އެކަމަކު ދެން ނުވާނެ އެގެއަށް ގޮސްގެންނެއް”

“ނޫން ނޫން!މިހާވަރު ކޮށްފަ ދެން އަހަރެން ފަހަތަކަށް ނުޖެހޭނަން..ޔުމާން ރުޅިއަޔަސް އަހަރެން ދާނަން” މިހެންބުނެ ދިމްރާ ދުއްވައިގަތީީ ކޮޓަރިން ނުކުންނާށެވެ.ޔުމާން އޭނާ ހުއްޓުވަފާނެތީ އޭނާ ވަރަށް ޖެހިލުންވެސްވިއެވެ.

އެހެންކަމުން ކޮޓަރިން ނުކުތްގޮތަށް އިތުރަށް މަޑުކުރަންވެސް ނުހަދާ އޭނާ ވަގުތުން މިސްރާބު ޖެހީ މަލަކާމެން ގެއާއި ދިމާލަށެވެ.މިއަދު ނަސީބަކުން އޭނާ އެގެއަށް ދިޔައިރު ފުރަތަމަވެސް ދިމާވީ ސިޓިންރޫމްގައި އިން މަލަކާ އާއެވެ.އެހެނަސް ހަމަ އެވަގުތު މަލަކާގެ މަންމަވެސް ސިޓިންރޫމަށް ނުކުމެއްޖެއެވެ.

“މިއަދުވެސް ކަލޭ އައީދޯ؟ކިތައް ދުވަހުތަ ބުނާނީ ދެން މަލަކާ ހައްލައެއް ނުލެވޭނެޔޭ..ކަލޭ ގޮސް ޔުމާންއާ އިނީމަ ވީނުން ތިހާ ރަހުމް އުފެދެންޏާ” ދިމްރާ ކޮންމެ ދުވަހަކު އެގޮތަށް އަންނާތީ މަލަކާ މަންމަ ހުންނަނީ ރަނގަޅަށްވެސް ރުޅިގަދަވެފައެވެ. ނަސީބަކުން އޭރު މައިހާންގެ ހިލަމެއްވެސް ވާކަށް ނެތެވެ.

“ތެދެއް!މަލަކާ ތިހެން ދެކޮޅަށް ކިރިކިރި ހުއްޓަ ފެންނާނީ އަހަރެން ޔުމާން އަމިއްލަ ކުރާތަން.. އެދުވަހުން ކަރުނަ އަޅާ ރޯނީ މަލަކާގެ މަންމައެއް ނޫން..ހަމަ ތި މަލަކާ..އެދުވަހުން މަލަކާއަށް ޔުމާން ގެއްލޭހެން މަލަކާގެ ހުރި ހަމައެކަނި ދަރިވެސް ގެއްލޭނެ” ދިމްރާ ރުޅިގަދަވެފައި ހުރެ ބުނެލި ބަސްތަކުން މަލަކާގެ ހިތަށް ގޮތެއްވިކަން ގައިމެވެ. އެހެންޏާ ދިމްރާ ރުޅި އައިސްފަ ހުއްޓަވެސް ފެނިފަ ނުވާއިރު މިއަދު އަލަށް ފެނުމުން އެކަމުންވެސް އެހިތަށް ކުރުވީ ތަފާތު އަސަރެކެވެ.

ޔުމާންއާއި ދަރިފުޅު މުޅި އުމުރަށް ގެއްލުނީމަ ވާނެ ގޮތަކާއި ދޭތެރޭ ވިސްނަން މަލަކާއަށް މަޖުބޫރުކުރުވީ ދިމްރާގެ ބަސްތަކުންނެވެ.ދިމްރާ އެބުނާހެން އޭނާއަށް އެކަހަލަ ދުވަހެއް ދެކެން ކުޅަދާނަ ވާނެ ހެއްޔެވެ؟މިއަދާ ހަމައަށް ދިމްރާ ކޮންމެ ދުވަހަކުވެސް އައިސް އެހުރިހާ ވާހަކައެއް ދައްކާއިރު އޭނާ ރައްދުގައި އެއްޗެކޭ ނުބުނެ ހުއްޓަސް އެހިތުގައި އެ ހުރިހާ ބަސްތަކެއް ހަރުލާކަން ގައިމެވެ.

“ހަމަ މިހާރު ނުކުމޭ މިގެއިން..މިއޮތީ އަހަރެމެންނަށް ޖެހިފައި އޮތް ބޮޑު މުސީބާތެއްނު.. މައިހާން އާދެބަލަ..މީނައަށް ރަނގަޅަށް ކުޅި ދައްކާލާތި މިއަދު” މަލަކާގެ މަންމަގެ އަޑުގައި މިފަހަރު ހާސްކަންވީ ދިމްރާ ރުޅިގަދަވެފައި އިއްވާލީ ބަސްތަކުގެ ސަބަބުން ކަންނޭނގެއެވެ. މޫނުމަތިންވެސް ހުރީ ދާހިތްލާލާފައެވެ.މަލަކާއަށް އެކަން ނަގައި ނުގަނެ ވުނަސް ދިމްރާއަށް ރަނގަޅަށްވެސް އެކަން ފާހަގަ ކުރެވުނެވެ.

މަލަކާގެ މަންމަގެ އަޑަށް މައިހާން ނުކުމެގެން އައީ ކޮޓަރިންނެވެ.މައިހާންގެ މޫނުން ފެންނަމުންދިޔަ ރުޅިން މަލަކާވެސް ޖެހިލުންވިކަން ގައިމެވެ. ހަގީގަތަށް ބުނަންޏާ ދިމްރާވެސް މައިހާން އެހާ ރުޅިގަދަވެފާއި ހުއްޓާ އަދި ނުދެކެއެވެ. އަނެއްކާ މައިހާން އަންހެނަކަށް ކުޑަކުއްޖަކަށް ނުބަލާނަމޭ އެބުނާ ރުޅިއަކީ އެއީ ހެއްޔެވެ؟ސިކުނޑިއަށް ވެރިވެގެން ދިޔަ ހިޔާލުން ދިމްރާއަށްވެސް މިފަހަރު ހިތް ދިރުވާ ލެވުންކަން ގައިމެވެ.

“ކަލޭ ހީކުރަނީތަަ ކަލެއަށް ކަމެއް ކުރަން ނުކެރޭތީކަމަށް އަހަރެން މިހުންނަނީ..މިހާރުވެސް އަހަރެން  އަތުން ލިބުނު އަނިޔާތައް ކުޑައީދޯ.. ރީތި ބަހުން ބުނީމަ ކަލެއަށް ކީއްވެގެންތަ ގަބޫލު ނުކުރެވިގެން ތިއުޅެނީ..ހަޖަމް ކޮށްބަލަ ދެން މަލަކާއާ ތިޔަބުނާ ޔުމާންއަކާ ނުގުޅޭނެޔޭ ބުނީމަ.. ޔުމާން ކިހާ ފައިސާއެއް ދޭނަމޭ ބުނީމަތަ ތި ތެޅި ބާލަނީ” މައިހާން ރުޅިގަދަވެފައި ހުރެ ދިމްރާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްގެންހުރެ ވާހަކަ ދެއްކިއެވެ.

“ކަލޭމެން ރާވައިގެން މަލަކާއާ ޔުމާން ދުރުކުރުވީ.. ބުނެބަލަ މީ ދޮގެކޭ” މައިހާންގެ ރުޅި ފެނި ފަސްޖެހިފާއި ހުރެވެސް ދިމްރާ ބުނެލީ އެހެންނެވެ.ދިމްރާ އެހެން ބުނުމުން މަލަކާގެ މަންމަގެ މޫނުން އިތުރަށް ހާސްކަން ފެނިގެން ދިޔައިރު، މައިހާން އަތްމާޅާލާ ދިމްރާގެ މޫނު މަންޗަށް އަރުވާލީ އެ އަތުގެ ހޫނު ހަމަލާއެކެވެ.އެހާ ރުޅިގަދަވެފައިހުރެ ޖަހާލިލެން ބާރުކަމުން ފެނުނީ ދިމްރާ ތަށިމުށިތައް މައްޗަށް ވެއްޓުނުތަނެވެ.މައިހާން ބުނާހެން އޭނާ ދިމްރާގެ މޫނުމަތީ ޖެހީ އެއީ އަންހެނެއްކަން ބެލުމެއް ނެތިއެވެ.އޭނާ ޖެހިލެން ބާރުކަމުން ދިމްރާގެ އަނގައިން ލޭވެސް އައެވެ.މަލަކާއަށްވެސް އެވަގުތު ދުވެފައި ދިމްރާ ކައިރިއަށް ދެވުނީ އިހްތިޔާރުން ބޭރުގައެވެ.އޭރު މަލަކާ ހުރީވެސް ރޮވޭ ވަރުވެފައެވެ.

މަލަކާ ކައިރިއަށް އައުމުން އެމޫނަށް ބަލައިލާ ދިމްރާ އެއްޗެއް ބުނަން މަސައްކަތް ކުރަނިކޮން ފެނުނީ މައިހާން އައިސް ދިމްރާގެ އަތުގައި ހިފާ ދޮރާ ދިމާލަށް ދަމަން ފެށިތަނެވެ.އެގޭ ދޮރުން ބޭރު ވެވެނިކޮން މަލަކާ އެ ދިމާލަށް އަތް ދިއްކޮށްލިތަން ދިމްރާއަށް ރަނގަޅަށް ފެނުނެވެ.

ބަނދަރާ ކައިރީ ހުންނަ ގެއަކަށް އެގޭ ވުމުން ދިމްރާ ދަމާފަ ބޭރަށް ނެރުންއިރު ބަނދަރު މައްޗަށް އެއްވެފާއިވާ ރަށުގެ އެތައް ބަޔަކަށް ދިމްރާ ފެންނާނެކަން ވިސްނުމުން އޭނާ ލަދުން ހަލާކުނުވީ ކިރިޔާއެވެ.އެހެންޏާ ބަނދަރުމަތީ މީހުން އުޅޭތަން ނުފެންނައިރު މިއަދު އެހާ މީހުން ބަނދަރު މައްޗަށް އެއްވެފާއި އޮންނަން ޖެހުނު ސަބަބެއް ދިމްރާއަކަށް ނުވިސްނުނެވެ.

ދިމްރާ ހީކުރިހެން އެތާ ތިބި މީހުންގެ ސަމާލުކަމަށް ދިމްރާމެން އައުމާއެކު އިސާހިތަކު މަންޒަރު ބަލަން އެތާތިބި ގިނަބަޔަކު އެތަނަށް އެއްވެއްޖެއެވެ.އެވަގުތު ބިން ފަޅާފަ އަޑިއަށް ދާނެ ނަމައޭވެސް ދިމްރާގެ ހިތަށް އެރިއެވެ.ނަމަވެސް އެކަމަކަށް މައިހާންގެ ފަރުވާލެއް ހުރި ހެންނެއް ހިއެއް ނުވެއެވެ.

“ހަނދާން ކުރާތި ދެން މީގެ ފަހުން މިގޭ ދަށުން ކަލޭ ފެނިގެން ނުވާނެ..އަހަރެން އަތުން ބޮނޑިއެއް ބޯން ބޭނުން ނުވަންޏާ ރަނގަޅުވާނީ ދެން މިގޭ ފެންނަ ހިސާބަށްވެސްނައިއްޔާ” މައިހާން ދަތްކުޑި ވިކާލާފައި ބުނެލި ބަސްތަކުން ދިމްރާ އިސްދަށަށް ޖަހާލިއިރު މަންޒަރު ބަލަން ތިބި މީހުން ތިބީ ވާނުވާ ނޭނގިފައެވެ.އެ އެންމެން މިއަދު ބަނދަރު މައްޗަށް އެއްވެފާއި ތިބީ އެރަށަށް އަލަން އަންނަ ރާއްޖޭގެ ޒުވާން ވިޔަފާރިވެރިޔާ ދެކިލާ މަރުހަބާ ކިޔާ ލުމަށެވެ.

“ނޫން އަހަރެންނަށް މައާފް ކުރާތި..އެކަމު މަލަކާ އެއްބަސް ނުވާހާ ހިނދަކު މި ހަށީގަ ފުރާނަ ހުރިހާ ހިނދަކު އަހަރެން އަންނާނަން” އެ އެންމެން ތިބިއިރުވެސް ދިމްރާ އެހެން ބުނެލީ ސާބިތުކަމާއެކުއެވެ.ހުރިހާ ސިފައެއް ބަދަލުވީއިރުވެސް ދިމްރާގެ އަދިވެސް ކުރީގެ ގޮތްދޫ ނުކުރުން ބަދަލުނުވެ ހުރިކަމުގެ ހެއްކެކެވެ.ހަމައެހެންމެ އެހާ ސާބިތުކަމާއެކު ބުނެލިގޮތުން މައިހާންގެ ރުޅިިވެސް ދިޔައީ ގަދަވެގެންނެވެ.އެހެންކަމުން ފެނިގެން ދިޔައީ މައިހާން ދިމްރާގެ އިސްތަށިގަނޑުގައި ހިފާ އިސްތަށިގަނޑަށް ވާން ކޮށްލިތަނެވެ.

“މައިހާން އަހަރެންނަށް ތަދުވެޔޭ” ދިމްރާ މައިހާންގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަމުން ބުނެލިއެވެ.އެންމެން ކުރިމަތީ އޭނާ ރަނގަޅަށްވެސް މަޝްހޫރުވާނެކަން އެނގި އެކަމާވެސް ދިމްރާ ލަދުވެތިވަމުން ދިޔައެވެ.އަނެއްކާ އަނެއްކޮޅުން އެއްވެސް މީހަކު ދިފާއުގާ ނުކުމެ ނުލީތީވެސް އެކަމާ ދިމްރާ ހައިރާންވެސް ވިއެވެ.މި ޒަމާނުގައި އަދި މިފަދަ ރަށެއްގައި ގާތްނުވެ ބަލަން ތިބީތީ އެކަމާ އަޖައިބުވެސްވިއެވެ.

“ތަދުކުރާށޭ މިއުޅެނީވެސް” މައިހާން މިހެންބުނެ ރުޅިގަދަވެފައިހުރެ ދިމްރާ ކޮއްޕާލިއެވެ.އެއާއެކު ދިމްރާ ވެއްޓުނީ އަނެއްކާވެސް ވެލިގަނޑު މައްޗަށްށެވެ.

“މައިހާންއަށް ތި ހެންނެއް އަހަރެންގެ ގައިގަ އަތްލުމުގެ ހައްގެއް ނޯންނާނެ”

“ދިމްރާއަށް މިގެއަށް ވަނުމުގެ ހުއްދައެއްވެސް ނުދޭ” ދިމްރާ އެހެންބުނެލި ހާއިރުން މައިހާންވެސް ރުޅިގަދަވެފައިހުރެ ބުނެލިއެވެ.ދިމްރާގެ ކަންތައް މާ މައްްޗަށް ދާތީ އޭނާއަށް ދިމްރާގެ ކަންތައް ބޮޑު އުނދަގުލަކަށް ވެއްޖެއެވެ.

“އަހަރެން ތިގެއަށް ވަންނަނީ ބޭނުމެއް އޮވެގެން” ދިމްރާވެސް އެހެން ބުނެލިއިރު ހީވީ އެންމެ ބަހެއްވެސް ދޫ ނުދޭން ވިއްދާފައި ހުރި ހެންނެވެ.

“އަހަރެން ކަލޭ ގައިގަ އަތްލަނީ ކަލޭ ހަމަބިމަށް ތިރިކުރުވަންވެގެން”

“މައިހާންމެން ތިހާ ރުޅިގަދަ ވަނީ އަހަރެން ބުނިގޮތަށް ކަންތައްވެފަ އޮތީމައެއްނު ހަމަ”

“ކަލޭ….” ދިމްރާ އެހެންބުނުމުން މައިހާންއަށް މިފަހަރުވެސް އަތް އިސްކުރެވުނީ ދިމްރާގެ ގައިގަ ޖަހަންވެގެންނެވެ.

އެވަގުތު އެހެނަސް މައިހާން އަދި މަންޒަރު ބަލަން ތިބި އެންމެންނަށްވެސް ހައިރާންކަމެއް ލިބިގެން ދިޔައީ އެމީހުންނަށް ކުރަން ނުކެރިފައި ހުރިވަރެއް ރަށަށް އެރި ބީރައްޓެއްސެއް ކުރުމުންނެވެ. ދިމްރާވެސް ހުރީ އެދެމެދަށް މީހަކު ވަނުމުން އެކަމާ ހައިރާންވެފައެވެެ.

ވާނީވެސް އެހެންތާއެވެ.އެއޮތް ހުރިހާއިރު އެރަށު މީހުން މަންޒަރު ބަލަން ތިބިއިރު ހުއްޓުވަން ކުރިއަށް ނުކުމެލަން ކެރުނު މީހެއް ނެތެވެ. އެހެންކަމުން ދިމްރާއަށް ފުރަގަސްވާގޮތަށް މައިހާންގެ އަތުގައި ހިފަހައްޓާލައިގެން ހުރި މީހާއަށް ދިމްރާއަށް ހިތާ ހިތުން ތައުރީފުވެސް ކޮށްލެވުނެވެ.ހުދު މަންޒަރު ބަލަންތިބި މީހުންނަށްވެސް އެ ހިތްވަރުގަދަ ކަމަށް ހިތާ ހިތުން ތައުރީފު ކުރެވެމުން ދިޔައެވެ.ހަޤީގަތަކީ ރަށު މަޝްހޫރު ގޭންގެއްގެ ލީޑަރަކަށް މައިހާން ވީތީ އެކަކަށްވެސް ގާތްވާން ނުކެރިފާއި ތިބިކަމެވެ.އެފަދަ ހިތްވަރެއް ކުރަން އެރަށު މީހުން ޖެހިލުންވެފައި ތިބީ މައިހާންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭތީއެވެ.މައިހާންއަކީ ކާކުކަން އެރަށު މީހަކަށް އޮޅިފައެއް ނޯންނާނެއެވެ.

“އަންހެނެއްގެ ގަޔަށް އަދި މިއޮއް ހުރިހާ އެންމެން ތިއްބަ އަތްލާން ކެރުނީތީ ހައިރާންވެއްޖެ” އެ އަޑުން ދިމްރާގެ ހިތަށް ފިނިވެލައިގެން ދިޔަކަން ގައިމެވެ.ޔުއާންގެ އަޑު އެމީހާއަށްވެސް ލިބިފާއި ހުރީތީ ހައިރާންވިއެވެ.ޔުއާންގެ އަޑާ އެ އަޑު ހާދަ ވައްތަރެވެ.އެ ހިތް ތެޅިލީ އެހެންވެއެވެ.މިހާ ދުވަސްވީ އިރުވެސް ދިމްރާ ރަނގަޅަށް އެ އަޑު ހަނދާން ހުރެއެވެ.

“އެކަމަކު ބުނަން..މީ އަންހެނުން ކަމުގަ މިއަސް އަދި އާއިލާ މީހެއް ކަމުގަ ވިއަސް ދެން އަތް އިސްކޮށްފިއްޔާ އަހަރެން ވަރުގެ ނުބާއި މީހެއް ނުހުންނާނެ..އެހެންވީމަ ތި ކުޅިގަނޑު ހުއްޓާފަ އަވަހަށް ދިޔުން ރަނގަޅުވާނީ” ރަށަށް އެރިތަނުން ފެނުނު މަންޒަރުން ޔުއާންގެ ލޭ ދިޔައީ ކެކިގެންނެވެ.އެއީ ކޮން ދެމީހުންނެއްކަން ނޭނގުނަސް އެހިތުގައި އިންސާނިއްޔަތުގެ ރަހުމް އުފެދިގެން ދިޔައީ ވަރަށް ބޮޑަށްށެވެ.އެހެންކަމުން އޭނާއަށް އާއިގޮތަށް އައިސް އެމީހާގެ އަތުގައި ހިފާލެވުނީ ޖޯޝާއެކުއެވެ.ދަތްކުޑި ވިކާލާފައި އޭނާ އިންޒާރުދިނީ އެއްވެސް ޖެހިލުންވުމެއްނެތި ހަރުކަށިކަމާއި ސާބިތުކަމާއިއެކުއެވެ.

އެ ޒުވާނާއަށް އިންޒާރެއް ދީފައި ރަހުމާއެކު އޭނާ އެނބުރި ބަލައިލުމާއެކު ފެނުނު މަންޒަރުން އޭނާއަށް ރަނގަޅަށްވެސް ލިބުނީ ޝޮކެކެވެ.ފެނުނު މަންޒަރު ގަބޫލުކުރަންވެސް ދަތިވިއެވެ.ކުރިމަތީ ހުރީ އޭނާ ދެން ދުވަހަކުވެސް ފެންނާނެކަމަށް ހީކޮށްފައިވެސް ނުވާވަރު މީހެކެވެ.އެކަމަކު ހީނުކޮށް ހުއްޓާ ރަށަށް އެރުމާއެކުވެސް ތަޤުދީރު އޭނާ ފުރަތަމަވެސް ބައްދަލު މިކުރުވީ އެމީހަކާއެވެ.

އޭނާއަށް ދުރުން ފެނިފާ ދިމްރާކަންވެސް ނޭނގުނީ ދިމްރާ މުޅިން ބަދަލުވެފައި ހުރުމުންނެވެ.ލާ އުޅޭ ހެދުން ބަދަލު ކޮށްލާފައިވާއިރު ކުރިއަށްވުރެ ހިކިކަމަށްވެސް ދައްކައެވެ.ހަމަ އެހެންމެ ދިމްރާގެ އިސްތަށިގަނޑުވެސް ހުރީ ވަރަށް ބޮޑަށް ދިގުވެސް ކޮށްލާފައެވެ.ކުރިން އުނަގަނޑާ ހަމައަށް ހުރި އިސްތަށިގަނޑު ހުރީ މިހާރު ފަލަމަސް ގަނޑާ ހަމައަށެވެ.އެހެންކަމުން ދިމްރާ އެހާ ބަދަލުވެފައި ހުރުމުން ފަހަތުން ފެނުމުން ވަކިކުރަން ނޭނގުނީއެވެ.

ދިމްރާއަށްވެސް ވެފައިހުރީ ޔުއާންއަށް ވީފަދަ ގޮތެކެވެ.ހަށިގަނޑަށް މާ ބޮޑު ބަދަލެއް ނަޔަސް މާ އޮފިޝަލްކޮން ހުރުމުން އޭނާއަށް އެއީ ޔުއާންއަށް ވެދާނެކަމަށް ހީ ކޮށްވެސް ނުލެވުނީއެވެ.ނަމަވެސް ތަޤުދީރު ކުރި މި ސަމާސާގައި އޭނާއަށް ޔުއާން މި ފެނުނީ މުޅިން އުއްމީދު ކަނޑާލާފައި ހުއްޓައެވެ.އަނެއްކާ ޔުއާން އެރަށަށް އަންނަން ޖެހުނު ސަބަބެއްވެސް ދިމްރާއަކަށް ނުވިސްނުނެވެ.

އެހެނަސް އެވަގުތުވެސް އެހިތް ޔުއާންގެ އެ ރީތިކަމާއި ޒުވާންކަމަށް ތައުރީފު ކޮށްލިއެވެ.ހަމަ ލޮލަށް ޔުއާން މިހާރު ކުރިއަށްވުރެވެސް ބަލައިލަން ރީއްޗެވެ.ކަޅު ފަޓުލޫނަކާއި ފެހިމަޑު ގަމީހެއް ލާފައި ހުރިއިރު ކަރުގައި އޮތީ ކަޅުކުލައިގެ ޓައިއެކެވެ. އިސްތަށިގަނޑުވެސް ޖެލްލާ މައްޗަށް ހިއްލާލާފައި ވާއިރު މާފުރިހަމަ ކަމަށް ދައްކައެވެ.

އަދިވެސް ހިތް ވިންދުޖަހަނީ އެކަކު އަނެކަކަށްކަން ދެމީހުންނަށްވެސް ރަނގަޅަށް ވިސްނުނު ވަގުތުކޮޅެކެވެ.އެ ޝޮކްގައި އެކަކު އަނެކަކަށް ހަތަރުކަޅި ހަމަކޮށްގެން ބަލަން ތިބި ދެމީހުންގެ ނަޒަރު ވަކިކޮށްލަން ޖެހުނީ މައިހާން އައިސް ދިމްރާގެ އަތުގައި ހިފާ ދަމަންފެށުމުންނެވެ.އޭރު މައިހާންގެ ގޭންގު މީހުންވެސް އެތަނަށް ދުރުން އަންނަތަން ފެނެއެވެ.އެއާއެކު މައިހާންގެ މިސްރާބުވެސް ބެހެއްޓީ އެމީހުންނާ ދިމާލަށެވެ. ޔުއާން ފެނި ހައިރާންވެފައި ހުރި ދިމްރާއަށް ހުރެވުނީ މައިހާންގެ އަތްދަށުން ސަލާމަތް ވާންވެސް ހަނދާން ނެތިފައެވެ.ދިމްރާ އެންމެ ހައިރާންކުރުވީ ޔުއާން އައިސް އޭނާގެ ދެން އޮތް އަތުގައި ހިފެހެއްޓުމުންނެވެ.އެކަމުން މައިހާންއަށް އިތުރަށް ކުރިޔަށް ދިއުމަށް އުނދަގޫވިއެވެ.

“ދިމްރާގެ އަތުން ދޫކޮށްލާ..ހަމަ މިހާރު ދޫކޮށްލާށޭ” އޭރު ޔުއާންގެ ލޮލުގައި ތަފާތު އަސަރެއް ވާހެން ދިމްރާއަށް ހީކުރެވެމުން ދިޔައެވެ.

ހަޤީގަތުގައި ޔުއާން ހުރީ ދިމްރާއާއި ގާތް ނުވާންވެގެން ކަމުގައިވިއަސް ދިމްރާއަށް އަނިޔާ ލިބެމުން ދާތީ އޭނާގެ ހިތަށް ކެތްނުވީއެވެ.ދިމްރާއާއި ވީހާވެސް ދުރަކަށް އެވަގުތު ދާން ބޭނުންވެފައި ހުއްޓަސް އެ އަތުގައި އައިސް ހިފުމަށް މަޖުބޫރުކުރީ އޭނާގެ ހިތުގައި ދިމްރާއަށްވާ ލޯތްބެވެ.އެހެންނޫންނަމަ އޭނާ ދިމްރާގެ ކުރިމަތީ ހުންނާކަށްވެސް ބޭނުމެއް ނުވެއެވެ.އެހެނަސް ދިމްރާ ހުރި ހާލުން އެހިތަށް ތަދުވިކަން ގައިމެވެ.އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވި ދިމްރާގެ ހިމާޔަތަށް ދެވަނަ ފަހަރަށްވެސް އައިސް އެ އަތުގައި ހިފާލެވުނީތީ އޭނާ އެވަގުތު އަމިއްލަ ނަފްސު ދެކެވެސް ރުޅިއައެވެ.

“ކަލޭތީ ކާކުތަ މި އަންހެނާއަށް މާ ހެޔޮއެދެން..މީ މަށާ ދިމްރާއާ ދޭތެރޭ ޖެހިފައިވާ މައްސަލައެއް.. އެހެންވީމަ މިކަމުގެ ތެރެއަށް ނުވަދެ ކަލޭ ދުރުގަ ހުރޭ..ނޫނީ ފަހުން ފެނިގެންދާނެ މަންޒަރު މާ ރީއްޗެއް ނުވާނެ..ތިއުޅެނީ އަދި އަހަރެންމީ ކާކުކަން ނޭނގިގެން” އެ އަލަށް އާއި މީހާއަށް ދިމްރާގެ ނަން އެނގުނީތީ ހައިރާންވެ ހުރެވެސް އެކަން ނުދައްކާ ރުޅިއައިސްފައި ހުރެ މައިހާން ބުނެލިއެވެ.

މައިހާންގެ އެ އިންޒާރުތަކުން ޔުއާންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއިރު އެކަމުގެ އަސަރު ކުރީ ދިމްރާގެ ހިތަށެވެ.އޭނާގެ ހިތް އެވަގުތު ތެޅިފޮޅިގަތީ މިހެންނަކުން ނޫނެވެ.ވާނީވެސް އެހެންތާއެވެ.ދިމްރާއަށްވެސް މިހާރު ކޮންމެސް ވަރަކަށް މައިހާންގެ ގޮތްގަނޑު އެނގޭ ވިއްޔާއެވެ.ވީއިރު އެންމެ ލޯބިވާ މީހާއަށް އިންޒާރެއް ފާޅުގާ ދޭއިރު އޭނާ ބިރު ނުގަނެ ހުންނާނެ ހެއްޔެވެ؟ހިތް ބިރުގެންފައިވާ ހާލު އެހެންކަމުން ދިމްރާ އަވަސްވެގަތީ ޔުއާން އެތަނުން ފޮނުވާލާށެވެ.

“ޔުއާން ލީވް މައި ހޭންޑް..ޔުއާން އަހަރެން މިބުނި އަހަރެންގެ އަތުން ދޫކުރާށޭ” ދިމްރާގެ އަސްލު މަގްސަދު ނޭނގޭ ހާލު ދިމްރާ މަޑުމަޑުން އަކުރުތަކަށް ބާރުލާފައި އެހެންބުނެލި ގޮތުން ޔުއާންގެ ހިތަށް ތަދުވިކަން ގައިމެވެ.ދިމްރާގެ ބަސްތަކުގައިވާ ހަރުކަށިކަމަށްވުރެ އެ ބަސްތަކުގައިވާ ދުރުކަމުން ޔުއާންގެ ހިތަށް މާ އަސަރު ކުރިއެވެ.ނަމަވެސް މޫނުމަތިން އެ އަސަރުތައް ނުދައްކާ އޭނާ ކާމިޔާބު ކުރިއެވެ.

“ނޫން ދިމްރާއަށް އޭނާ އަނިޔާ ކުރާކަށް އަހަރެންނަކަށް ދުލެއް ނުކުރެވޭނެ” ޔުއާން ރުޅި އައިސްފާއި އެހެން ބުނެލި ނަމަވެސް ދިމްރާގެ ހިތް ތެޅިލީ އެ އަޑުގައިވާ އަސަރަކުންނެވެ.އަދި އަނެއްކޮޅުން ޔުއާން ހައްތަހާ ނުދާން ގަދަ ހަދާތީ ދިމްރާ މާ ބިރުގަތެވެ.

“އަހަރެންނޭނުން މިބުނަނީ ދޫކުރާށޭ..އިތުރު މީހެއް ނޫނެންނުން…އަދި ބުނަން ތިއީ އަހަރެން ދަންނަ މީހެއް ނޫން..އެހެންވީމަ ޔުއާންވެސް އަހަރެން ދަންނަކަމަށް އަމަލްތައް ނުބަހައްޓާ” ދިމްރާ މޫނަށް ނަފްރަތު ވެރިކުރުވާފައި ޔުއާންއާއި ދިމާލަށް ބުނެލި ބަސްތަކުން ޔުއާންއަކަށް އިތުރަކަށް އެއްޗެއް ނުބުނެވުނެވެ.އެހެނަސް ދިމްރާގެ ލޯ ފެންކަޅިވެފައިވާއިރު އެމޫނުމަތިން ނަފްރަތުގެ ކުލަވަރު ފެނުމުން ޔުއާންގެ ހިތަށް ނުބައިގޮތެއް ވެގެން ދިޔައެވެ.އޭރު ދިމްރާވެސް އޭނާ އެހެން ކަންތައް ކުރުމުގެ ބޭނުން ޔުއާންއަށް ވިސްނޭނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ.

އެއަތުން ދޫނުކުރަން ހުރެފައި ކަހަލަ ގޮތަކަށް ޔުއާން މަޑުމަޑުން އެ އަތުން ދޫކޮށްލީ ދެތިން ސުކުންތުވެސް ފާއިތުވީ ފަހުންނެވެ.އެއީ އެދެމީހުންގެ ލޯބި އެނގޭ މީހަކަށް އަސަރުކުރުވާނެ ވަގުތު ކޮޅެއްކަން ގައިމެވެ.ދެމީހުންވެސް މޫނުމަތިން އަސަރެއް ދައްކާ ނުލާ ހުއްޓަސް ދެމީހުންގެ ހިތަށްވެސް ފުންއަސަރެއް ކުރުވިކަން ގައިމެވެ.

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (154)

  1. Ithoo's Fan

    Ithoooii… I laaaarv yuhh.. ?

    1. Ithoo's Fan
      Ithoo's Fan

      Ithoo*
      BTW mehh first..
      Yeyyyy

    2. ithoo
      Ithoo's Fan

      Hehehe..dww..??

    3. ithoo
      Ithoo's Fan

      Hehehe..ly too dearr ???

  2. ithoo

    Hey all my luvly readers…suprise eh genveytho ingey mi try kuryy..so mi part ehen part thakah vure kuruvaane vaahaka bunelan..☺☺??

    1. Ithoo's Fan
      ithoo

      Dhn okayh kuru wiyass.. Warah beynun wefa huhtaa warah salhi sup eh thi dhinyh.. Thnk yw so mch thi haa undrstnd waathy Readers ge fylings.. ?

    2. ithoo
      Ithoo's Fan

      Awwhh..glad to know that..thanxx dearr???

  3. Anonymous

    me second dhw

    1. Anonymous
      Anonymous

      thanks for the lovely surprise. mi part ves v v reethi. v gina dhuvas kohlaafa comment mi kohlevuny but mivaahaka regularkoh kiyan..
      /////*/////

    2. ithoo
      Anonymous

      Awwhh…thanxxx dearrr ????

    3. ithoo
      Anonymous

      Yaa dww ☺☺

  4. Aisha

    Mi vahaaka kiyanee varah kiyaahithun
    Bunelan beynumee vaahakaige thankolheh haasaru dhigee ey

    1. ithoo
      Aisha

      Adhi vx tha..???

  5. Sweetie

    Wow. But maa kuree

    1. ithoo
      Sweetie

      Yaa..ithoo bunelin dww dearr kuru vaane vaahaka???

  6. Mary

    Alheyy.. vvvv rythi. Thanx dear.

    1. ithoo
      Mary

      Wc mary..n thanxx to u dearr ???

  7. Ithoo's Fan

    Ithoo maadhan rey up koh dheynan?

    1. ithoo
      Ithoo's Fan

      Hehe..dhn kureveynee maadhen noon aneh dhuhun dearr..???

  8. AKI

    haadha rangalhey ithoo dhooni…. thanks ???

    1. ithoo
      AKI

      Rangalhey bunyma v v happy vejje..wc dearr n thanxx to u also ???

  9. Saandy

    V reethi… Finally Yuaan aa Dhimraa meet v dhw… Ekam dhen Dhimraa ah dhuniyemathy oiy hamaekani kamaky qurubaan vuntha? V foohivey ehen vaathy… Next partah eba v inthizaaru kurevey… Maadhamaa next part kiyaalan libeynetha Ithoo? Keep it up 🙂

    1. ithoo
      Saandy

      Awwhh..thanxxx saandy..alhe balamaa dww vaa goih ..nooney maadhen noon aneh dhuhun dhn ingey???

  10. Hello

    Atlast they meet
    Alheyy ithooo
    Gisla gislaafa rovijje
    ????
    This part is awesome

    1. ithoo
      Hello

      Alhe a kyhve rovuny..thanxxx dearr ????

  11. Shaa??

    Vv salhi and thank u for the surprise… v ufaavey ithoo rangalhu v ma….luv uuu maadhan up kuraanantha?????❤???

    1. ithoo
      Shaa??

      Wc dearr..n happy vejje ithoo rangalhey bunyma…thanxx dearr..thanx so much ?????..nooney..dhn maadhen noon aneh dhuhun ingeyy..n ly too???

  12. Amyy

    Alheyyyy.vvvvv reethi mi part.thank u ithooo suprise dhinymaa

    1. ithoo
      Amyy

      Awwhh..wc dearr..n thanx to u also Amyy ???

  13. ...

    aslu hithavvex eri aan ah dhim fennaanee maihaan aniyaa kuranikonney.. and hama ehen evy.. comment nukuriyas hurihaa part evvex gavaaidhun kiyan hama.. vaahaka hama habeys ingey ithoo..

    1. ithoo
      ...

      Hehehe..ehentha..thanxxx my dearr ???

  14. Sanu

    Alhay, noon c thoo dhim ah thihenn nuhadhaa. Yooaan dhim dhookohlaafa nudhay. Heyonuvaane yooaan a nulafaa meehun kibainn dhim salaamaii kuray. C thoo alhay haadha asarugadha ey mi partves. Luv u max?????❤❤???????

    1. ithoo
      Sanu

      Hehe..ok..sanu..n thanxx sanu..ly tooo ?????????

  15. Sajoo

    Rovihjje ?????????

    1. ithoo
      Sajoo

      Alhe a kyhve o dear???

  16. nonns

    Story vvvvvvreethi. But last thankolhu kiyaafa kiriya nurovuny. Dhen yuan hama dhimra dhookolleetha e. Alheyy. Ithoo kon irakuntha happy eposide eh annaany. Btw I really loved the surprise. Im waiting for the next part 😀 😀

    1. ithoo
      nonns

      Awwhh..thanxxx dearr..happy ekey bunaakah neynge..bt a dhe kudhinge fights thah fehnan fashaane anehkaa..n yuan ge past vx adhi othy thaa dww..thanxx once again nonns ????

  17. lovegirl

    vvvvvv salhi mi part ves. when is the next part ?

    1. ithoo
      lovegirl

      Thanxxx dearr..In sha Allah maadhen noon aneh dhuhun ingeyy ???

  18. baby

    allhey haadha reehchey. waiting for the next part. :-*

    1. ithoo
      baby

      Awwhh..thanxx dearr ???

  19. Maly

    Ithoo.. v v reethi mi part ves.. thanks.. aan dhim ge athun dhoo nukurey.. nd dhim ves yuaan ge athuge himaayai hoadhabala.. nd buney loabi vaa vaahaka aa kanthah vy goi.. dhen oi part ga aan aa dhim gulhuvahchey ithoo.. waiting for next part.. love u ithoo.. ❤?

    1. ithoo
      Maly

      Adhi eboih stry ge varah bodu baai dearr..so adhi time nagaane ingey a dhekudhin gulhuvan..thanxxx Maly..ly tooooo ???

  20. Khajja

    Oh wow wow masha allah v v v rythi thithanah yumaan ah dhen aadheveyne nama dhw eyrun keiy nuvegen yumaan ah buneveyne yuaan kairy dhim adhives yuaan dheke loabivaa vaahaka anyway stry v rythi thanks 4 the luvly stry waitin waitin nxt prt n gud nyt luv u??❤❤❤❤❤

    1. ithoo
      Khajja

      Hehehe dww dearr..wc my dearr n thanxx to u also so so so much ingeyy..ly tooo ?????

  21. Rose

    Superb???

    1. ithoo
      Rose

      Awhh..thanxx Rose ???

  22. Kiara

    Alheyy..
    Varaah dhera vejje..?
    Vaahaka kiyamun dhaairu hashiganduge knme naarakah egun vaa kahala..
    Ehaa vs ibaaraih kurun salhi..?
    Hithah thadhuvey kiyaa iruga..?
    Aslu dhiri ulhumuga meehakah mihen nuviyyaa ragalhu..
    Mikahala bodethi misunderstanding nuve life happy kurahvaashi..?

    Story hama v salhi ingey kuriyah dhaa goih..
    eh dhuvahun ekkoh kiyaa ninmaalaa hih vanee vaahaka hama..
    inthixaaru kuran ehaa vs udhagu..?
    But inthixar toh karna padegii..
    So waitinggggg…
    ???

    1. nonns
      Kiara

      I agree with you 😀

    2. ithoo
      nonns

      Hehehe??

    3. ithoo
      Kiara

      Yaa dww dearr..n kiara ah stry reethi v ma v happy vejje..thanxxx dearr so so muchh..???

  23. Tutee?

    Awwn .. Awlhey mi part haadha ryhchey .. Can’t wait to read next part ❤️❤️??

    1. ithoo
      Tutee?

      Awwhh..happy to know that…thanxxx my dearr ???

  24. Who am I?

    v salhi.. alhe dhim e hedhy kihinaii?

    1. ithoo
      Who am I?

      Ebunaahen dww dearr..thanxxx dearr????

  25. naureen

    Oooops..thanks.??????.v v wait kurin mi part up kurey thw….?????❤v v.v reethi mi part ves..????

    1. ithoo
      naureen

      Hehe..ehentha..wc dearr n thanxxx to u also my dearr…???

  26. Chum handi

    wow… vrh salhi… but dhim thi hedhee kihineitha… yuan fakeeruge hithah haadha thadhuvaane yey dho… malaka ves thihen nuhure help vedheeba dhim ah… alhey alhey alheyyy…. dhim maraanulachey…. someone help her… and ithoo plzzz…. yuan mi dhathuru ninmaafa dhaairu dhaanjehey nee dhim govaigenn…. e heyo konme gotheh hadhaafa viyas…. btw ithoo haadha rangalheyyy….. aslu reyga hury fahun esfiya nubalan… e eee mi story naanaane theeve… but morning ga balaalee ma vrh salhi surprise eh dho milibuneee…. waiting for tuesday… ly…

    1. ithoo
      Chum handi

      Hehehe…dwwww…surprise eh dhey hithuhney hama..hehe..thanxxx chum handi..ly toooooo ????

  27. Any

    Ithoo mi part v reethi ithoo thyhama best love you ???????❤❤❤

    1. ithoo
      Any

      Awwhh..really really happy to know that dearr…ly tooo Any???

  28. sadh

    Ithoo. This is my after exam gift kamah mi balany. ?How can i wait even for a sec now. This part is truly amazing. So much love. Inpatiently waiting for the next part. ❤️❤️

    1. ithoo
      sadh

      Hehehe..yaa gift eh miee ingeyy..thanxxxx sadh ???

  29. Luhan

    v v v salhi.hama habu ingey..schl ah dhaan ulhenikh fenuny vc vaahaka…ehnve comment eh nukurevuny vc…v salhi…nxt prt konirakun?

    1. ithoo
      Luhan

      Awwhh..fahun viyas cmnt eh fenunythy happy vejje..thanxx dearr..???

  30. shal

    nice

    1. ithoo
      shal

      Thanxx shal ???

  31. shanma

    V v v v reethi haadhakurey eakam dgengena part varadhiguko gen naaathi eigey please varasalhi vaahaka keep it up

    1. ithoo
      shanma

      Yaa dearr…thanxxx shanma ???

  32. aff

    Awwwwn ithooo. whatt a surprise.. thaaanks for the surprise . . mi bai hama varah reethi. neyvaa ves hifahattaalaigen hurevuny. alhey dhen oii partah wait mikureveny hama ..Thankss ithoo luvv???

    1. ithoo
      aff

      Hehehe..ehentha…anehkaa neyvaa nulaa nuhuhnahcheyy..hehe..thanxxx aff luvv???

  33. ReeXa

    Mi part kithamme kuras ok.. kiyan libunii maa varah ufaa vehje… I am speechless. .. waiting for the next part ithooo.. n thankx for the surprise

    1. ithoo
      ReeXa

      Hehehe..ehentha..wc dearr n thanxx to u also dearr????

  34. shaDiman

    V dhuvas kohlaaafa mi comment kohly … Ekm regular koh kiyan ingey … It’s beautiful as like before..??

    1. ithoo
      shaDiman

      Yaa..mihaaru v dhimaa nuve eyy dww..thanxxx my dearr???

  35. Fathun

    This thaqdheer dhw killing me. Varah loabi

    1. ithoo
      Fathun

      Yaaa dww..thanxx fathun ???

  36. ???

    Varah salhi mihaaru vess dhenn vaagoth kiyaahithun nuhurevey

    1. ithoo
      ???

      Hehehe..ehentha..thanxxx dearrr..????

  37. Someone

    At last dhim N yuan meet v dhw?! Yayy!! This is totally a surprise?! Mi part ves hama varah reethi! Ekam fahu thankolhu kiyaafa varah dheravejje?! Hopefully excited to read next part?!! Love u ithoo dear!!!❤❤?

    1. ithoo
      Someone

      Yaaa dwww…thanxxx my dearr…ly tooooo ????

  38. need

    v v v v nice

    1. ithoo
      need

      Thamxxx dearrr ????

  39. 00

    Mi vaahaka varah reethi.. Ekm mi vaahaka kiyaa iru abadhuves faahaga kurevey mistake eh.. Misaalakah 2nd vana paragraph ga ves ebain “dhookohfaaai” aslu eii ehnoon rangalhu gothakee.. “Dhookohfai” miee rangalhu gothakee faafu mathee innaanee eh fili… Egothah 1 fili jahanjehey than thaaa 2 fili jahaafa hunnakan varah faahaga kurevey kiyaa iru.. Rangalhu kohlahchey ingey.. 🙂

    1. ithoo
      00

      Alhe thanxxx dearr thikan faahaga kohla dhineema..kuriah oihthaa rangalhu kuraanan ingey In sha Allah..thanxxx once again ?????

  40. Zail

    Mi story ga kithah parts indheytha?…keehvetha abadhu dhim gurubaan vaanjrhenyh…nice story

    1. ithoo
      Zail

      Book eh ga liyefa huryma neynge bunaakah dearr..gaaih gadakah adhi ithurah 20 parts ulheyne kanneynge… Thanxxx zail ???.. Zail aa alah tha mi dhimaa v????

    2. Zail
      Zail

      Yeah alah mi dhimaa v …zail bxy meehekey ehnve comment khnulevenyh kurin…salhi no story dhim ah happiness hoadhaadheebala avahah??

    3. ithoo
      Zail

      Awwhh..happy to meet u my dearr..btw thy grl eh tha noonee boy eh tha..name reethi kamun ingey mi ahaalee..n aslu name dww miee hama zail name aky…thanxxx once again dearr????

    4. Zail
      Zail

      Salhi mi story*

    5. Zail
      Zail

      Boy..hehe zail kiyanee hama ..nice to meet u too ☺..

  41. sam

    Asluvess hama rovaaleyfii???? … finally yuan n dhim dhimaa vee ?????… dhim alhe ehn ehedhy kyvethaaa ithooo yuan ves dhim dheke rulhi ah naane ehn bunyyymaa …. thanks ithoo love u so much…next part konirakun.. please up next part today ithooo wait. Nuvess kureveyne ehaaaa kiyaa hithun meenyyy ?????? v lobiii storyyy …. Keep it up ithooo ???

    1. ithoo
      sam

      Alhe ekamu nurohcheyy dearr…dhn ekamu maadhemaa ah wait kohlaanee dww dearr..thanxxx sam so so much..????

    2. sam
      sam

      Yaaaa dhwww ithooo… Again thank u ithooo… STORY nimendhen genesdheh chey igey ….. sam ge favorite STORY mee n sam ge favorite STORY writer is ithooo igey sam ah v nice mi STORY vvvvvvvvvvvvvvvvvv sweet sweet sweet lovely STORY eh meeee kiyaaa hithun indhaa nimey …. hahahahaha ??????love u ithooo ???

    3. ithoo
      sam

      Alhey..ithoo speechless kohly thy..hehe..aslu vx haadha happy vejje eyy a sharafu libuneema..thanxx once again sam..n ly too my deareeee ????????

  42. Ryyko

    Thnku for the amazing surprise ?? but sadly adhi kiriyaa mi fenuny…this part is also awesome ?? ly?

    1. ithoo
      Ryyko

      Awwhh..ok vaane eyy dearr..dnt be sad ingeyy..thanxxx dearr..ly too dearr???

    2. Ryyko
      Ryyko

      Assu varah happy vehje story miadu kiyunyma.. thnku soooo much for that.. next part maadhan genesdeynan tha? N why always misunderstanding dhim ah ehn hadan nuvaane enun v heart brk vey midhuvas kolhu mi story kiyaafa but I just love this. Thnku so much for this amaaaazing story???

    3. ithoo
      Ryyko

      Awwhh..glad to know that dearr..yaa In sha Allah maadhen genes dheynan ingeyy..thanxxxxx Rykko..thanxx for always supportin me..??????

  43. black rose

    Wow v v reethi mi part vx Mashaa Allah… Ithoo Plx dhim aa aehen nahadhabaa… black rose v v dheravey dhim aa aehn hadhaathy… Plx plx save her… Hama asulvx rovaalaifin… Next part Kon iraku nenesdheyny… Next part kiyaa hithun aindhevenikyvx nun… Plx avaha next part up kohdhybaa.. Love you ithoo. .. Keep it up… V v v v v v v v v v v v v v v v v v v v v v v v reethi mi story…

    1. ithoo
      black rose

      Ok wait dhim gendhaanan male ingeyy..ekamu nurohcheyy dearr..maadhen ingey next part.. In sha Allah..thanxxx dearr..ly toooo ???

    2. black rose
      black rose

      Really… Thanks ithoo… Love you bodukoh…

    3. ithoo
      black rose

      Wc dearr n ly toooooo ???????

  44. Ithoo's fan☺☺☺

    Love

    1. ithoo
      Ithoo's fan☺☺☺

      ?????

  45. Cherry

    Dear sorry igey mihaaru v comment ves nukurevey dhw cherry ah. Aslu exam dhuvaskolhu vyma v v v busy. Komme dhuvahakuves exam nimmaafa husband balaa Annan dhen hunna gadyga story kiyaalany. Ehn vyma comment eh ves nukureveny. Hehheheheh

    1. ithoo
      Cherry

      Aann..cherry aa mihaaru dhimaa nuve dww midhanyy…ok exam rangalhah hadhahcheyy..n best of luck ingeyy..n thanxxx so so so much cherry ???

  46. Maaji

    Awwwn.. this is an awesome part .. varah salhi story.. keep going on dear. ?❤️. Kiyaahithun kiyaalevey story eh. ?

    1. ithoo
      Maaji

      Awwhh..thanxxx dearr..glad to know that…????

  47. Navii

    Vvvv reethi mi part… Alhe Maihaan dhimra ah ehen nuhedhaa… waiting for the next part…!

    1. ithoo
      Navii

      Dwww..thanxxx dearr ????

  48. Luju

    Alhe what a perfect timming yuan hama gadiyah dhw mi aee… Yumaan dhimraa fonuvaalaane nama dhw yuaan aa ekyga eyrun kihaa reethivaane ushaa mennaa ves dhimaa vaanehnu ..ehnvejiyyaa ekudhin ves kihaa happy vaane … Vvvvvv lovely sweet sweet story eh ..i love it???❤❤❤❤

    1. ithoo
      Luju

      Hehe..yaa dww..thanxxx dearr luju..happy to know that dearr..n i guess alah dww mi dhimaa v Luju aa??????

  49. Noor

    Ohh …this part is so touching…hama varah varah salhi..???????

    1. ithoo
      Noor

      Awwhh..glad to know that dearr..thanxx noor ????

  50. kiaa

    Wow wow wowww….. ithoo hama bunaane ehceh vess neynge… maasha allah… vrh vrh salhi ingey stry….. ekam itoo… dhim ah dhera gotheh nahadhachey… plx plx… aan plx dhim salaamah kurahcey… plx plx.. ithoo vrh loabivey…. ☺☺❤❤??

    1. ithoo
      kiaa

      Awwhh..really..hmm dhim ah dhera gotheh nuhadhaa veytho ingey mi balany..thanxxx dearrr…n ly too kiaa ?????

  51. Ummu Maleek

    Salhi salhi wow ???? v ufaa vehjje…. ekam haadha asarugadha hisaabakunney thi nimmaaly ithoo hama readers thalhuvanee thi……. luv u… v v v v v reethi……?????

    1. ithoo
      Ummu Maleek

      Hehehe..dwww…thanxxx dearrr…n ly toooo ingeyy???????

  52. Kennukbee

    Heeheeheee…. dhemme mi balaaly…. wat a pleasant surprise….. hehehe… finally maan ah truth nguny…. n aan is here ????????…. vl comment later now doing hw…. ly dear

    1. ithoo
      Kennukbee

      Hehehe..ehentha..thanxx dearr..n ly tooo???????

  53. Zzzaauuu

    God vat surprise… I love you

    1. ithoo
      Zzzaauuu

      Hahaha..ly tooo ????????

  54. Dhimra and Yuan shipper

    V touching.. Mi faharu rangalhah ves rovihje..I can’t wait 4 the next prt..Yuan ge timing ix perfect..Alhey..Uskha aai Reem aai Shaarim aai Dhiyan ves ainama..Eyrun v interesting vaane..Emyhun vagah aais Dhim aai Yuan ge kanthah balaanama v rythi vaane..Mihen bunnyas Ithoo ah mi idea kamunudhanya ok ehen nuhedhias..Hama share kohly..luvv u ithoo??

    1. ithoo
      Dhimra and Yuan shipper

      Alhe ithoo meege one year kurin liye nihmaafa oih stry eh mee.ekamu vx v happy vaane hama ideas thah share kureema..ingeyy..thanxxx dearr..ly toooo ?????

  55. @l

    Miadhu genes dhevey ka nei tha

    1. ithoo
      @l

      Sryy..dearr…adhi liye vx nunime ingeyy??

  56. Shaahaa

    Mi vaahaka kiyaa konme faharaku amihlla life ga v gothaaa medhu visneni.. meyheh dheke hageegey lwbi vevigen mihaaru mi hithuge mahsala huhna meyheh.. but varah reethi mi vaahaka.. mi vaahaka ga ahnaani happy ending ehthaa.. but not in my story.. it’s always a sad ending. .???

    1. ithoo
      Shaahaa

      Alhe sryy dearr ehaa sad life eh alun hadhaan kohdheveythy..bt dnt loose hope ingey.. In sha Allah fahun rangalhu vaane…thanxxxxx shaahaa..????

  57. Faxoo

    ithuuu mibaivx vrh vrh reethi ingey
    ekam baeh thankolhuga english bas beynun kurevifa hurii dwh…
    “finally ekanthah ingunu iru yuan ge dhiriulhun aaraasthuvefai vanikoh vx fenunii eve” mi thankolhu kahala…
    but story vrh salhi. ingey ithuuuu
    fahun ais vrh dheravi dhim ah ehenviima.. ithuu happy ending eh beynunnn :(((((
    but story hama amazing ingey 😉
    ?❤????

    1. ithoo
      Faxoo

      Thanxxx faxoo..v v v bodah..kuriah oihthaa thikamah visnaanan ingeyy..thanxx once again dearr..??????

  58. Sajoo

    When next part ithoo

    1. ithoo
      Sajoo

      In sha Allah maadhen ingeyy???

  59. shafu

    vvvv sslhi………… waiting for next part

    1. shafu
      shafu

      salhi*

    2. ithoo
      shafu

      Awwwhhh..thanxxx shafu ????

  60. maayaa

    Vvvvv salhi ingey …ithoo waiting for the next part dear avas kohllabala kiyaahithun hurevenykee eh nooney… pls

    1. ithoo
      maayaa

      Hehehe.. In sha Allah maadhen ingey dearr..n thanxxx maayaa so so much ?????

  61. Shif

    Ithoo.dhn nxt episode avahah up kohbala. Kn irakun nxt part up vaaani.
    Waitin..plx b fast

    1. ithoo
      Shif

      In sha Allah maadhen ingey dearr????

  62. Aysha

    This is a very nice and a best story from this site. Ithoo. U r the Best. Varah reethi mi bai ves. Waiting waiting for the next part. ??????

    1. ithoo
      Aysha

      Awwhh..happy to know that deare..aslu vx v happy vejje..thanxxxx Aysha.. Thanxx a lot?????

  63. Luju

    Hehe yah ur Right but hurihaa part eh ves kiyan ingey…dhim ah maa dhera goih goih vaathy hama nuhurevuny ehcheh nubune hehe ..waiting fr the next parttt❤❤❤

    1. ithoo
      Luju

      Awwhh..ehen dww mivee..thanxx dearr once again ???

  64. Mary

    Wow v v v Salhi

    1. ithoo
      Mary

      Awwhh…thanxxx Mary ?????

  65. Sugarplum

    I just love this story?❤️❤️
    Koba next part ❤️❤️
    So heart touching this story ❤️?

    1. ithoo
      Sugarplum

      Awwhh..really…thanxx my dearr..glad to know that..thanxx once again ????

  66. shaDiman

    Kobaa story ithoooooooooooo

    1. ithoo
      shaDiman

      Nw up kohfa innaanee ????

  67. eyenee

    ❤❤❤❤❤❤
    when next part ???

    1. ithoo
      eyenee

      Nw up kohfa innaanee ingey ?????

  68. Aishath

    Salhi part eh …you really are the best

    1. ithoo
      Aishath

      Awwhh..glad to know that dearr..thanxxx my dearr ?????

Comments are closed.