Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އަހަރެން ވާނަމޭ

Aisha Level 3100 Comments10 Stories100 Login
May 4, 2017 3 Mins Read
21 Comments

ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު އަފްރީން ދެލޯ އުނގުޅަމުން ގޮސް ފާހަނަޔަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ނިކުމެ ނަމާދުކޮއްލައިގެން އަފްރީން ތިރިއަށް ފޭބީ އާދައިގެ މަތިން ކޮފީތައްޓެއް ބޯލުމަށެވެ. އަފްރީން ކޮފީމަގު ހިފައިގެން ނިކުމެ ގޭގެ ބިއްދޮށް ފަރާތު ބަގީޗާގައި ހުރި ބެންޗެއްގައި އިށީނދެ އިދެ ކޮފީ ބޯންފެށިއެވެ. އޭރު އިރުގެ އަލި ކޮންމެސް ވަރަކަށް ވަނީ ބިމަށް ފޯރާފައެވެ. އެ ބަގީޗާއަކީ އަފްރީންގެ މަންމަ މިޝާ ވަރަށް ރަގަނޅަށް ބަލަހައްޓަމުންދާ ބަގީޗާއެކެވެ. ތަފާތު އެކިވައްތަރުގެ މާގަސް އެތަނުގައި ހުރިއިރު މުޅިތަނުގައި ވަނީ މާމެލާމެލީގެ މީރުވަސް ހިފާލާފައެވެ. ކޮފީމަގު ބަހައްޓާފައި އަފްރީން ފެންހޮޅިނެގީ ގަސްތަކަށް ފެންދިނުމުގެ ނިޔަތުގައެވެ. ނަމަވެސް ފެންހޮޅިން ދޫކޮއްލި ފެންތައް ދިޔައީ އަފްރީން ސިއްސުވާލަން ފަހަތުން އައި އަފްހަމްގެ ގަޔަށެވެ. އަފްރީން ހުރީ އަފްހަމް ގަޔަށް ފެން ދިޔުމުން ހޭންފެށިގޮތަށް ހުއްޓާލަންވެސް ނޭނގިފައެވެ. އަފްހަމް އަފޫއޭ ކިޔާ ހަޅޭއްލަވައިގެންފައި އަފްރީންގެ ފަހަތުން ދުއްވައިގަތުމުން އަފްރީންވެސް އަފްހަމްގެ އަތުގަނުޖެހެންވެގެން ދުއްވައިގަތެވެ. ދެމީހުން މުޅި ބަގީޗާގައި ދުވެ ދުވެ ފައި އެންމެފަހުން އަފްރީން ގޮސް ވެންނީ ގެޔަށެވެ. އެވަގުތު ސިޑިންފައިބައިގެން އައި މިޝާ އާއި އަފްރާހް އަށް ސޯފާގެ ވަށައި ދުވަމުން ދިޔަ އަފްރީން އާއި އަފްހަމް ފެނި އެދެމަފިރިންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “އިރު ނާރައިގެން ދޯ ތިބީ” މިޝާ ދެއުކުޅުގައި އަތް ވިއްދާލަމުން ސުވާލުކުރިއެވެ. “އަފޫ ފެންޖެހީ” އަފްހަމުން އަފްރީން އަތުޖެހޭތޯ ދުވަމުން ދިންޖަވާބުން އަފްރާހްއަށް ހިނިގަނޑު ހިފަހައްޓާލެވުނީ ކިރިޔާއެވެ. “އެހެންވާނީ އަދިވެސްއުޅޭތި އަފޫ ސިއްސުވަން” އަފްހަމް އަތުޖެހެން އުޅޭހެން ހީވުމުން އަފްރީން ގޮސް މިޝާގެ ފުރަގަހަށްވަދެ ހުރެ އަފްހަމަށް ރައްދުދެމުން ދޫވެސް ނެރެލިއެވެ. “އަޅެ ތީ ކުޑަކުދިންތަ؟ އަފްހަމްދޭ ފެންވަރަން އަފޫ ވެސްދޭ ފެންވަރަށް ތިހުރީ ދާހިއްލާ ފޯވެފައެއްނު” މިޝާ އެހެންބުނެފައި ވަނީ ބަދިގެޔަށެވެ. “ދޮންބޭ” މޫނުމަޗަށް މައުސޫމް ގޮތެއް ހަދާލަމުން އަފްރީން އެހެންބުނެލި އިރު ވަރަށް ލޯތްއްބެވެ. “ކޮންކަމެއް ބޭނުންވީ؟” އަފްހަމް ބުމައަރުވާލަމުން އެހެން އަހާލީ ކަމެއް ބޭނުންވެގެން ނޫނީ އަފްރީން އެހެން ގޮވާނުލާނެކަން އެނގޭތީއެވެ. “އަފޫ ގޮވައިގެން މިއަދު ރައިޑަކަށް ހިގާބަލަ ޕްލީސް ޕްލީސް” ” އޯކޭ ހަވީރު ރެޑީވެގެން ހުރޭ ” އަފްރީން ކުޑަކޮށް އަފްހަމްގެ ގައިގައި ބައްދާލާފައި ތެންކިޔޫއޭ ބުނެލިއެވެ. އަފްހަމް އަފްރީންގެ ނޭފަތުގައި ހިފާލަމުން އަފްރީންގެ ކޮޑަށް އަތްވައްޓާލައިގެން މައްޗަށް އަރަށް ހިނގައިގަތެވެ. ސޯފާގައި ނޫސް ކިޔަން އިން އަފްރާހްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އޭނާގެ ދެދަރިން ދެމެދުގައިވާ ލޯތްބާއި އަޅާލުންފެނިފައެވެ.

“ލިއުޝާ ދަރިފުޅާ” ލީނާ ކޮޓަރި ސާފުކުރަން އުޅުނު ލިއުޝާއަށް ގޮވާލީ ކާން އަންނާށޭ ބުނަންވެގެންނެވެ. ލީނާ ގޮސް ލިއުޝާގެ ކޮޓަރި ދޮރުމައްޗަށް އެރިއިރު އެނާ ހުރީ ކޮޓަރީގައި މޮޕް ލާށެވެ. “ދަރިފުޅާ މިހާރު ދެވަނަ ފަހަރަށް މިގޮވާލީ އަދިވެސް ނުނިމެނީތަ؟” “ނޫން މަންމާ މިދެން ނިމުނީއޭ.. މަންމަ ކައިފިންތަ؟” ލިއުޝާ އެސުވާލުގެ ޖަވާބު އެނގިހުރެވެސް ލީނާ ކުރެން އެއްސެވެ. “ދަރިފުޅާ އެއްކޮށް ކާން މަޑުކޮއްގެން މިހުރީ” ލިއުޝާ އަވަސް އަވަހަށް އޭނާ ކުރަންހުރި މަސައްކަތް ނިންމާލައިފައި ކާގެޔަށް ވަނީ ލީނާ އޭނާޔާއެކު ނޫނީ ނުކާނެކަން އެނގޭތީއެވެ. އޭރު އޭނާ ހުރީ ބަނޑުހައިވެގެންގޮސް ހާންތިވާން ކައިރިވެފައެވެ. ލީނާއާއި ލިއުޝާ ކާންތިއްބައި ކާގެޔަށް އައިސް ވަތް ޒުވާނާ ފެނުމުން ލިއުޝާ ދުވެފައި ގޮސް އެ ޒުވާނާ ގައިގައި ބައްދައިގަތެވެ. “މާންބޭ ކޮންއިރަކު ރަށަށް އައީ” ލިއުޝާ އަމާން އާއި ދުރަށް ޖެހިލަމުން ބުންޏެވެ. ”ހެނދުނުއައީ ވާޅުވެފަ ހުރިވަރުން އެދުގަ ޖައްސާލެވުނު އިރަށް ނިދުނީ.. ކޯޗެއް ތިކަނީ؟” ”އާދޭކާން މިހިރީ ކުޅިމަސްވެސް” ލީނާ ބަތްކާތައްޓަކާ ފެންތަޓެއް މޭޒުމަތީ ބަހަށްޓަމުން އަމާން ކައިރީ ކާން އިށީންނަށް ބުންޏެވެ. އަމާންވެސް އަވަހަށް އިށީނދެ ކާން ފެށީ     ބަނޑުހައިވެފަ ހުރިވަރުންނެވެ.

ލޯގަނޑު ކުރިމަތީ ރީތިވާން ހުރި އަފްރީން ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގުވާން ފެށި އަޑަށެވެ. އަމިއްލަ އަތުން ބޮލުގައި ޖަހާލަމުން ފޯނުނަގާ ބަލާލިއިރު ސްކުރީނަށް އަރާއިން އުޝްގެ ނަން ފެނުމުން ހިނިތުންވެލަމުން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. “އުޝް ހޭއި ބަޑީ ވަޓްސް އަޕް؟” “އޯ އަފޫ އައި އޭމް ސޯ ހެޕީ އިނގޭތަ މާން ބުރޯވެސް މިއަދު ރަށަށް އައިސްފި ރައިޑަކަށް ދާންވެގެން ރެޑީވެގެން މިހިރީ” “އަސްލުތަ އަފޫވެސް ރެޑީ ވެޔޭ މިއުޅެނީ ދޮންބެޔާ އެއްކޮއް ރައިޑަކަށް ދާންވެގެން”  ”އަސްލުތަ މާރަނގަޅަކަށެއްނު މިދިމާވީ ހިނގާދޯ ބީޗުން އެންމެން ދިމާވަން” އޯކޭ އަފޫމެންވެސް އާދޭ އެތަނަށް އެހެންވީމަ އަހަރުމެންވެސް މިދަނީ އެތަނަށް” ފޯނުކަޑާލުމަށްފަހު ލިއުޝާ ފޯނުމޭގާ ޖައްސާ ބާރުކޮއްލިއިރު ނޭވާވަނީ އަވަސްވެފައެވެ. އަފްހަމް ދަވާހަކަ ބުނުމުން އެނާޔަށް އެވަރު ވީއިރު އަދި ކުރިމައްޗަށް އެރުނީމަ ކިހާ ވަރެއްވާނެބާއޭ އޭނާގެ ހިތައް އެރިއެވެ. ހިތައް އެރިއެއްޗެއްގެ ސަބަބުން އޭނާގެ މޫނުކޮޅު ރަތްވެގެން ދިޔައެވެ. ”އޯމައިގޯޑް ޔޫ އާރު ބުލަޝިން” ކޮޓަރިތެރެއަށް ވަތް އަމާންއަށް ލިއުޝާ ފެނުމުން އަކުރުތަކަށް ދަމާލައިފައި ބުންޏެވެ. ލިއުޝާ އަމާން ގައިގައި ބޮޑިއެއް އަޅުވާލައިފައި އަމާންގެ އަތުގައި ހިފައިގެން ބޭރަށް ނިކުމެ ދެޒުވާނުން މިސްރާބްޖެހީ ރަށުގެ އުތުރު ފަރާތު އޮންނަ އަތިރިއާ ދިމާލަށެވެ. މަގުމަތިން ހިނގަމުން ދިޔަ ޒުވާން އުމުރުފުރައިގެ ކުދިންގެ ނަޒަރު އަމާން އާއި ލިއުޝާއަށް ހުއްޓެމުން ދިޔައެވެ. ވާނީވެސް އެހެންތާއޭ ރީތީކަން ހުސްކޮއްލައިގެން ތިބި ދެ ޒުވާންނުން ފެނުމުން ނުބަލާ ހުރެވޭނީ ކާކަށް ހެއްޔެވެ؟ އެންމެންގެ ލޯތަށް އެމީހުނަށް އަމާޒުވެފައި ވާތަންފެނި އަމާން ކުދިކިޔައިގަތެވެ. ފިރިހެނެއް ވިޔަސް ލަދުގަންނާނެނޫންހެއްޔެވެ؟ ލިއުޝާ ކައިރީ ބާރަށް ހިފަހައްޓާށޭބުނެ ސައިކަލުގެ ސްޕީޑު ބާރުކޮއްލީވެސް އެހެންވެއެވެ. އަމާން އާއި ލިއުޝާ ގޮސް މަޑުކޮއްލީ އަތިރިމައްޗަށް ފައިބަން އޮންނަ މަގުގައެވެ. ކުއްލިއަކަށް އަމާންގެ ސަމާލުކަން އަތުލައިގަތީ ހެމުން ހެމުން އަތިރިމަތީގައި ދުވަމުން އައި އަންހެންކުއްޖަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

އިންތިޒާރެއް މަ ނުކުރާނަމޭ (5)

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (27)

Next
May 4, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (27)

Previews
May 3, 2017

އިންތިޒާރެއް މަ ނުކުރާނަމޭ (5)

21 Comments!

  1. Princess says:
    May 4, 2017 at 11:47 am

    Mee kuree dhuvahuves up kohfa in part. ?

  2. Mu says:
    May 4, 2017 at 11:47 am

    Nice maaginaan thi up kuranee 1 part

  3. Aisha says:
    May 4, 2017 at 12:09 pm

    Aaan neyge aisha ahakah mi part mithaa mieeniee kiehvekameh sorry varah boda miyadhu kiyhuntherinnah anih part genes dheynan

  4. Maurifa says:
    May 4, 2017 at 1:11 pm

    Mi koaccheh
    Ekaccheh iru iru kolhaa eba up kurey myhunge attention hoadhan vegen

    1. Izu says:
      May 4, 2017 at 1:34 pm

      Ehen meehunna reethi koh vaahaka dhakkan dhaskohbala.. neyngigen noony olhigen kamah ves vedhaane.. don’t be too rude.. if you can’t say something nice, be quiet.. that’s much better

    2. Maurifa says:
      May 4, 2017 at 2:25 pm

      Aaa kaleyah maa rycchah viyya e vaahaka dhekkuny.
      Maa noon kamah hedhey iru hama gasthuga ey ehen ehedhy

    3. Aisha says:
      May 4, 2017 at 8:43 pm

      Its okay Izu.. Sorry mauraifa olhigen dhefaharah up vefa einuoo

  5. lara says:
    May 4, 2017 at 2:18 pm

    Salhi

    1. Aisha says:
      May 4, 2017 at 8:44 pm

      Thanks lara

  6. tui says:
    May 4, 2017 at 3:39 pm

    hada hadi ye mihar mi site ga genasdey vahaka tha mi ahvure rangalhu vahaka kolhege inthizaaruga mi thibee

  7. Chum handi says:
    May 4, 2017 at 4:28 pm

    salhi..

    1. Aisha says:
      May 4, 2017 at 8:45 pm

      Thanks chum handi

  8. Aishath says:
    May 4, 2017 at 5:28 pm

    Shalhi

    1. Aisha says:
      May 4, 2017 at 8:45 pm

      Thank Yuh Aishath

  9. @l says:
    May 4, 2017 at 8:05 pm

    Mi story mirey genesdhyba…….plz…plx

    1. Aisha says:
      May 4, 2017 at 8:46 pm

      Trying dear ?

  10. Naaf says:
    May 4, 2017 at 9:33 pm

    Reeti♡♡

    1. Aisha says:
      May 23, 2017 at 5:25 pm

      Thank u naaf

  11. kade says:
    May 5, 2017 at 7:28 pm

    Den koniraku up kuraanyy
    By the way its beautiful

    1. Aisha says:
      May 23, 2017 at 5:26 pm

      Thank u dear viee enme avahakah up kohladheynan

  12. Aishath Limsha Aishath Limsha says:
    February 25, 2025 at 1:36 pm

    Masha Allah 😍

Comments are closed.

Next Episodeލޯބި އަހަރެން ވާނަމޭ (2)←


All Right Reserved!