މަންމަ އަބަދުވެސް އަހަންނަށް ދޭ ނަސޭހަތެއް ހިއްސާކޮށްލާނަމެވެ. ދަރިފުޅާއެވެ. ދުނިޔެއަކީ ކެހިވެރި ތަނެކެވެ. އިންސާފަކީ މަދު ބަޔަކަށް ލިބޭނެ އެއްޗެކެވެ. ނަމަވެސް ކެތްތެރިވާށެވެ. އެއްމެ އޯގާވަންތަ ރަސްކަލާނގެ އަހަރެންމެންގެ ހާލަތު ދެނެވޮޑިގެންވާނެއެވެ. މިއަދު ނުލިބޭ އިންސާފު މާދަމާ ލިބޭނެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. ދުއާ ކުރާށެވެ. މަދަދު ދެއްވާނެއެވެ. ބޭރުގައި މާސްޓާރސް އަށް ކިޔެވުމަށްފަހު އަހަރެން މާލެ އައީމެވެ. އެއާރޕޯޓުން އަހަންނަށް މަރުހަބާ ކިޔަން ލައިނަކަށް އެތުރިގެން އަހަރެންގެ އާއިލާގެ މެންބަރުން ތިއްބެވެ. މާބޮނޑިއާއި ހަދިޔާތަކާއި […]
ޒީން އާއި އަރައި ހަމަވުމުން ޒިޔަމް އިތުރަށް ހިނިތުންވެލިއެވެ. ” އަހަރެން ޒީންގެ ހަސްބެންޑަށް ހަދައިދޭން ކެރިދާނެތަ” ޒިޔަމް އޭނާގެ އެދުން މިފަހަރު އިއްވާލީ ތަފާތު ބަސްތަކަކުންނެވެ. ޒިޔަމްގެ މޫނަށް ބަލަން ހުރެފައި ޒީން ޒިޔަމްގެ މޭގައި ބޯއަޅައިލީ އެވަގުތު ލޮލުން އޮހެރެމުން ދިޔަ އުފާވެރިކަމުގެ ކަރުނަތައް ވަންހަނާ ކުރާނެ އިތުރު ގޮތެއް ނެތުމުންނެވެ. އަދި މަޑުމަޑުން ބޯ ޖަހައިލީ އާބަސް ބުނުމުގެ ގޮތުންނެވެ. ޒީންގެ އެކުޑަ ހަރަކާތުން ޒިޔަމްއަށް ލިބުނު އުފާ އެތައް ހާސް ގުނައެއް […]
“އަހްމަދު ރުކޫމް، މިނިސްޓަރ އިބްރާހީމް އިނާޒް މަރާލިކަމަށް ސާބިތުވެފައިވާތީ، ގަސްދުގައި މީހަކު މަރާލި ކަމުގެ ހުކުމުގައި އަޙްމަދު ރުކޫމްގެ މައްޗަށް އުމުރު ދުވަހުގެ ނިޔާ ކަނޑައެޅުމަށް ހުކުމް ކުރަމެވެ” ކްރިމިނަލް ކޯޓުގެ ގާޒީގެ އެންމެ ފަހުބަސް އަޑު އިވިގެން ދިޔައެވެ. އަހަރެން އިސްޖަހާލީމެވެ. ދެއަތުގައި އަޅުވާފައިވާ ބިޑިއަށް ބަލާލވުނު އިރު ދެލޮލުން ކަރުނަތިކިތައް އޮހިގަތެވެ. އަހަރެން ކައިރީގައި ދެފަރާތުގައި ދެ ފުލުހުން ތިއްބެވެ. އެމީހުންގެ ފަހަތުގައި ކޯޓުގެ ދޮރުމަތީގައި ވެސް ފުލުހުން ތިބޭނެކަން އަހަރެންނަށް އެނގެއެވެ. “އައި […]
މަސައްކަތަށް ގެބިގެން އިން ޒިޔަމް ސިއްސައިގެން ދިޔައީ މީހަކު ބާރަށް ދޮރުގައި ތަޅައިގަތުމުންނެވެ. ބަލާލިއިރު ސާއިމް އެތެރެއަށް ނުވަދެ ދޮރު ތަންމިނަށް ހުޅުވައިގެން ހުއްޓެވެ. “ކިހިނެތްވީ” ޒިޔަމް އަހާލިއެވެ.ސާއިމް ޖަވާބު ދިނުމުގެ ބަދަލުގައި ޒިޔަމްއާއި ދިމާލަށް އެއްޗެއް އެއްލާލިއެވެ. ޒިޔަމް ހުޝިޔާރު ކަމާއި އެކީ އެހިފިއެވެ. އަދި އެޔަށް ބަލާލިއެވެ. “އަސްލުވެސްތަ” ހައިރާންވެފައި ޒިޔަމް އަހާލިއެވެ. ހިތް އަވަސްވެފައި ވާ ހާލުގައެވެ. “އަވަހަށް ދާން އުޅޭ” ދެބުމަ މައްޗަށް އަރުވާލުމަށްފަހު ސާއިމް ބުނެލީ ހިނިތުންވެލަމުންނެވެ. “އެކަމަކު ކިހިނެތް” […]
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އަރީން ސަމީރާގެ ބެލުމުގެ ދަށުގައި ހުއްޓަސް އަބަދުހެން އުޅެނީ އަހަރެމެން ގޭގައެވެ. މިކަމާ އަހަރެންގެ އިތިރުން އާއިލާ އެންމެންވެސް ތިބެނީ ވަރަށް ހިތްހަމަ ޖެހިފައެވެ. އައިރީނަށާއި އަރީނަށް 1 އަހަރު ވީ ދުވަސް ފާހަނގަ ކޮށްލެވުނީ ވަރަށް ކުލަގަދަ ކޮށެވެ. އެރޭ ޕާޓީ ނިންމާލުމުން އައިރީން ނިންދަވާފައި އަހަރެން ދިޔައީ ޓެރެހަށެވެ. ހިއްކަން އަޅުވާފަ ހުރި އެއްޗިހި ނެގުމުގެ ބޭނުމުގައެވެ. އަހަރެން ސިހުނީ ފަހަތުން މީހަކު އަހަރެން ގައިގަ ބައްދާލުމުންނެވެ. އަހަރެން […]
ދެތިން މިނިޓަށް ދެމިގެން ދިޔަ އެރިކޯޑިން ނިމެންދެން އެއްމެނަށް ތިބެވުނީ ހުއްޓުން އަރާފައެވެ. ޒީންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފިޔަވައި އިތުރު ހަރަކާތެއް ނެތެވެ. ޒިޔަމް މޫނުގައި އަތް އަޅައިގެން ބާރަށް ފިއްތައިގެން އިނެވެ. ސާއިމްއާއި ޒައިނާ ތިބީ އިސްޖަހައިލައިގެންނެވެ. ޝަމްހާގެ މޫނުމަތިން ސީރިއަސްކަން ފެނުނަސް ހިތް ނަށަމުން ދަނީ އޭނާގެ ރޭވުމުގެ އެއްބައި ފުރިހަމަ ކުރެވުނުހެން ހީވުމުންނެވެ. “ޒީން… ކޮންމެހެން މަޖުބޫރުވެގެންނެއްނޫން މިގަޑީ ވާހަކަ ދައްކަންވީ. މީ ހަގީގަތް ކިޔާދޭންވީ ވަގުތު. އަހަރެން ބޭނުމެއްނޫން […]
ގެއަށް އައިސް ވަން މިޝާއާއި ޝަމާލްވެސް ތިބީ ފުންވިސްނުމެެއްގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މަލާކްއާއި އަރޫން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާކަން ހަމައެކަނި އެނގެނީ ޝަމާލް އާއި މަލާކްއަށެވެ. ވީއިރު މިކަމުގައި އަރޫންގެވެސް ކުށެއްނެވެ. އަރޫންއަށް މިކަމުގައި ކުއްވެރިވިކަމުގެ އިނގިލިދިއްކުރެވޭނީވެސް އަރޫންއަށްވެސް އެކައިވެނީގެ ހަބަރު އެނގޭނަމަތާއެވެ. ދެން ހުރީ މަލާކްއެވެ. މިއަދު އަރޫންއަށް ވީގޮތުން އެފަކީރު ރޮއެހިތާމަ ކުރިވަރު އެނގޭނީ ހަމަ މިޝާއާއި ޝަމާލްއަށެވެ. ވީއިރު އަރޫންއަދި އެހެންމީހެއްގެ ހައްގަކަށް ވާކަން އެނގިޖެނަމަ އެކުއްގާފަކީރަށް ވާނެގޮތް […]
ދީނާ އިނީ އަންވާރު ޓީމަށް އިތުރު ކުރެވިފައިވާ ކުދިންގެ އާ އަޕްޑޭޓްސްތަކުގެ ތެރެއިން ލިޔެލައިފައި ވާހަކަތައް ކިޔާށެވެ. އެއްފަހަރާ ތިން ކުދިން ނެގުމުން މިހާރު އެ ސައިޓުން ދުވާލަކު ދެތިން ލިޔުން ކިޔާލަން ލިބޭތީ ހުރިހާ ކުދިންނަށްވެސް ވަނީ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ. އިތުރަށް ޓީމަށް ނަގައިފައިވަނީ ޒިކްރާ، ޔަނާލް އަދި ނަހުލާ އެވެ. އޭގެތެރެއިން ޔަނާލްވެސް ދީނާއެކޭ އެއްގޮތައް ދިރިއުޅެނީ އޭނާގެ ރަށުގައެވެ. ވާހަކަ ކިޔާ ނިންމާލާފައި ގަޑި ބަލައިލިއިރު ދިހަގަޑި ބައިވަނީ އެވެ. […]
ޒީން ސިއްސައިގެން ދިޔައީ އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ހިތްތޮޅިލީ ފާރަލާންއޮވެ މީހަކަށް ފަޅާއެރީހެން ހީވަމުންނެވެ. އެކޮޅުން ގުޅަމުން ދިޔައީ ޔުމްނުއެވެ. މިއަދަކީ އެމީހުން ހަނީމޫނަށް ފުރަން އޮތް ދުވަސްކަމުން ފިހާރައަށް ދާން ޔުމްނު ވަނީ އެދިފައެވެ. އެހެންކަމުން ޒީން ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖަހަމުން ޒީންގެ ލޯ އަމާޒުކޮށްލީ ޒިޔަމްގެ ކެބިންއަށެވެ. އެޔާއި އެކު ފެނުނު މަންޒަރުން އަތުގައި އޮތް ފޯނު ނުވެއްޓުނީ ކިރިއާއެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ހިތް ތެޅިގަތެވެ. ޝަމްހާގެ މޫނުގައި […]