2025ވަނަ އަހަރު – ދެކުނު އެފުރިކާ އިން މަޑަގަސްކަރައަށް ޢާދިލް ފިލައިގެން ދިޔަކަން އެނގުމާއެކު ޖަލުގައި މަސައްކަތްކުރާ އެތައް ބަޔަކު ޖަންގަލި ތެރެއަށް ނުކުމެގެން އޭނާ ހޯދަން ފެށިއެވެ. ރޭގަނޑުގެ ދަން ވަގުތަށްވުމުން ޖަންގަލި ތެރެއިން އެއްވެސް ތަނެއް ވަކިނުވާހާ އަނދިރިއެވެ. އެހެންވެގެން އެ މީހުން ނުކުމެ އުޅުނީ ޓޯޗުތަކެއް ހިފައިގެންނެވެ. ބަޔަކު ހިނގާފައި އަންނަ އަޑު އިވުމުން އެ ގަސްބޯ ޖަންގަލީގައި ހުރި ގަސްތަކުގެ ތެރެއިން ގަހަކަށް އަރާ ޢާދިލް ފިލީއެވެ. އެބައިމީހުން ޢާދިލް ހޯދަން […]
އުޑުމަތީގައި ތަރިތައް ވަރަށް މަދެވެ. ހަނދު މަހުން ފަހު ދުވަހުގެ ރޭ ކަމަށްވުމުން އުޑުމަތިން ހަނދު ވެސް ނުފެނެއެވެ. ޤުދުރަތީ ގޮތުން އަނދިރި ރޭގައި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި އަލިކޮށްލާފައިވަނީ ރަށުގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބޮޑެތި މާކަރީ ލައިޓުތަކުންނާއި އިމާރާތްތަކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިންނެވެ. ތަލަ ބޮލެއްގައި ފަޅާފައި ހުންނަ މަދު އިސްތަށިތަކެއްހެން ރަށުގެ ތެރެއިން ފެންނަ މަދު ގަސްތަކުގެ ގޮފިތަކުގައި ވެސް ބޮކިބޮކި ހަރުކޮށްގެން އަލިކޮށްފައި ހުއްޓެވެ. އެ ވަގުތު ބޭރު ޤައުމުތަކުން ދަތުރުކޮށްގެން […]
ދުވަސްތައް ފާއިތުވަމުން ގޮސް މަސްދުވަސްވެގެން އަހަރުގެ މެދަށް އައިސްފިއެވެ. އަހަރުގެ މެދުތެރެއަކީ ކޮލެޖުތަކުގެ ކޯސްތަކުގެ އިމްތިޙާންތައް ފަށައިގެން އުޅޭ ދުވަސްވަރެވެ. އަދި އޭ ލެވެލް ކިޔަވާ ބައެއް ދަރިވަރުންނަށް އޭ ލެވެލް އިމްތިޙާނު ވެސް ފެށެނީ މި ދުވަސްވަރެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އަބާދީ އެތައް ގުނައަކަށް އިތުރުވުމުން ރާއްޖޭގައި ކިޔަވާ ކުދިންގެ އާބާދީ ވެސް އިތުރުވިއެވެ. އެހެންވުމުން ޖަނަވަރީގެ އިތުރުން ޖޫން މަހުގައި ވެސް އިމްތިޙާނުތައް ހެދޭ ގޮތަށް މަދަރުސާތަކާއި ކޮލެޖުތަކުން ހަމަޖައްސާފައިވެއެވެ. އަދި އަހަރެއްގެ […]
އަހަރު 2025 – ދެކުނު އެފުރިކާ ޖަންގަލި ޢާދިލް އިނީ ގަދަ ނިދީގައެވެ. މީހަކު ރޯ އަޑަށް އޭނާއަށް ހޭލެވިއްޖެއެވެ. ހޭލާ ދެ ލޯ ހުޅުވާލިއިރު އޭނާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ހާސްވެގެން އިނދެ ޢާދިލަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އެހެން ނަމަވެސް ޢާދިލުގެ ލޮލުން ފެންނަނީ ހަމައެކަނި ކަޅު އަނދިރިކަމެވެ. ޢާދިލްގެ ދެ ލޮލުގައި ފޮތިގަނޑެއް އައްސާފައިވާކަން އިހުސާސްކޮށްލެވުނީ އަދި މާ ފަހުންނެވެ. ދެން މަސައްކަތްކުރީ އިށީނދެގެން އިން ގޮނޑިން ތެދުވެވޭތޯއެވެ. ޢާދިލް އިނީ ގޮނޑީގައި […]
“ހޭ ރިޒް.. ޝަޙާއަށް ފެނުނޭ ރިޒް ގަޑި ނުފެންނާށޭ ބުނިތަނާ ގަޑި ގެއްލެނިކޮށް.. ޝަޙާ ހުރީ ލޮލުން ފެނުނު ކަންތައް ޤަބޫލު ވެސް ނުކުރެވިފަ.. ދެން ވެސް ދޮގު ނުހަދާ ތެދުތެދަށް ކިޔައިދީބަލަ.. ޔޫ ނޯ ޔޫ ކޭން ޓްރަސްޓް މީ..” ރިޒުވީންގެ އަނގަ މަތިން ޝަޙާ އޭނާގެ އަތް ނެގިއެވެ. “އައި އޭމް ސޮރީ.. ގަޑި ރައްކާތެރިކަން މަތީ ބޭއްވުމަށް ބައްޕަ އެދިފައި ވާތީ އެންމެންނަށް ވެސް ސިއްރުކޮށްގެން އުޅުނީ.. ނަބީއަށް އެކަނި ހުރިހާ ކަމެއް […]
“މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ނަން އެންގުމަށް މި މެޗުގެ ޝަރަފުވެރި މެހުމާން ޢާދިލް އިބްރާހިމްގެ އަރިހުން އެދެން..” މުބާރާތުގެ މެޗުތައް ހުށައަޅައިދޭ ނައުހާ މިހެން އެންގުމާއެކު ޢާދިލް ސަރ މައިކު ނެގިއެވެ. “މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ޖަލާލުއްދީން ކެމްޕަސް ޓީމްގެ ޖާރޒީ ނަމްބަރު 10، ރިޒުވީން އަޙުމަދު ޢުޝާމް..” ރިޒުވީންގެ ނަން ޢާދިލް ސަރ ބުނުމާއެކު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ އިނާމު ބަލާ ރިޒުވީން ސްޓޭޖް މައްޗަށް އެރިއެވެ. އަދި ގޮސް […]
އަހަރު: 2025 – ކ. މާލޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތައް ވަނީ ފެންބޮޑުވެފައެވެ. ޗަކަ ފެންގަނޑެއް ހެދިފައި ނުވާ މަގެއް ނެތެވެ. މަގުތަކުގައި ޖަހައިފައި ހުރި ގާތައް ވެސް ހުރީ ވަރަށް ބޮޑަށް ހަލާކު ވެފައެވެ. ހިނގާބިނގާވެ އަދި ދުއްވާހަދާ ވަރަށް ވުރެ ވެސް މަގުތަކުގެ ހާލަތު ދަށެވެ. މިއީ ވިއްސާރަމޫސުމުގައި ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، ކ.މާލޭގެ ހާލަތެވެ. ބޭސް ކޮތަޅެއް ހިފައިގެން ޢާދިލް ހުރީ ބޭސް ފިހާރައެއްގެ ކައިރީގައި މަޑުކޮށްލައިގެންނެވެ. ބޯކޮށް ވެހެމުންދާ ވާރޭ […]
ރިޒުވީނާއި އެ ޒުވާން އަންހެން ކުއްޖާ، އެކަކު އަނެކަކުގެ މޫނަށް ބަލަން ތިއްބެވެ. އެކަކުގެ ކަޅިން ފެންނަނީ އަނެކާގެ މޫނެވެ. ދެ ކުދިންނަށް ވެސް ތިބެވުނީ، އެކަކު އަނެކާގެ އަތުގައި ހިފަހައްޓައިގެންނެވެ. “ބޭސް އަޅާ ނިމިއްޖެތަ..؟” ހަސްފަތާލުގައި އުޅޭ މަސައްކަތު މީހަކު، ބޭސް އަޅައިދޭ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލުމަށް ފަހު ބޯ ދިއްކޮށްލަމުން ބުންޏެވެ. ސިއްސައިގެން ގޮސްފައި، އެ ކުއްޖާ އަނެއް ފަރާތަށް އެނބުރުނެވެ. “ލައްބަ..” އެ ކުއްޖާ އެހެން ބުނީ މަޑުމަޑު އަޑަކުންނެވެ. އެ […]
ރިޒުވީން ހިނގައިގަތުމުން ސްކްރީންގެ ތެރެއިން ލައިފައި އަނެއް ފަރާތައް ދެވުނެވެ. ދެ ލޯ ކުރިމަތިން ފެންނަން ހުރި ކަންތައް ޤަބޫލުކުރަން ދަތިވެގެން ރިޒުވީނާއި ނަބީހު ވެސް ހައިރާންވެފައި ސްކްރީނާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ރިޒުވީން އޭނާގެ އަތުގައި އޮތް އެނާރޖީ ޑްރިންކް ދަޅުން އެތި ފޮދެއް ސްކްރީނާ ދިމާއަށް އުކާލިއެވެ. އެ އެތި ފޮދު ގޮސް ސްކްރީންގެ ތެރެއިން ލައިފައި ދިޔައީ ނަބީހުގެ ގަޔަށެވެ. “އައްޗީޑި…” ނަބީހު އޭނާގެ ގަމީސް ބޭލީ އެނާރޖީ ޑްރިންކުން ގަމީސް ތެމި […]