Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދިހައެއް ( ހަތަރުވަނަ ބައި )

Ushe Level 110 Stories
August 4, 2017 3 Mins Read
3 Comments

ރިޒުވީން ހިނގައިގަތުމުން ސްކްރީންގެ ތެރެއިން ލައިފައި އަނެއް ފަރާތައް ދެވުނެވެ. ދެ ލޯ ކުރިމަތިން ފެންނަން ހުރި ކަންތައް ޤަބޫލުކުރަން ދަތިވެގެން ރިޒުވީނާއި ނަބީހު ވެސް ހައިރާންވެފައި ސްކްރީނާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. ރިޒުވީން އޭނާގެ އަތުގައި އޮތް އެނާރޖީ ޑްރިންކް ދަޅުން އެތި ފޮދެއް ސްކްރީނާ ދިމާއަށް އުކާލިއެވެ. އެ އެތި ފޮދު ގޮސް ސްކްރީންގެ ތެރެއިން ލައިފައި ދިޔައީ ނަބީހުގެ ގަޔަށެވެ. “އައްޗީޑި…” ނަބީހު އޭނާގެ ގަމީސް ބޭލީ އެނާރޖީ ޑްރިންކުން ގަމީސް ތެމި ހަޑިވީމައެވެ. “ސޮރީ ނަބީ…” ޙަޤީޤީގަތުގައި ރިޒުވީން ބޭނުންވީ އެ ފަދަ ކަމެއް ކޮށްލުމުން ސްކްރީނަށް ވާ ގޮތެއް ބަލައިލާށެވެ. އެ ބޮޑު ލޭޒާރ ސްކްރީނުން ފެންނަނީ، ރިޒުވީންގެ އަތުގައި އޮތް ސްމާޓް ގަޑީގެ ޑިސްޕްލޭގެ ‘ހޯމް ޕޭޖް’ އެވެ. “ގްރީން އެރޯ ވާރސަސް ރެޑް އެރޯ…” ރިޒުވީން ވާ ގޮތެއް ބަލައިލުމަށްޓަކައި ބުންޏެވެ. ވަގުތުން ސްމާޓް ގަޑި ރިޒުވީންމެންގެ ގޭގެ ‘ވައިފައި’ އާ ކަނެކްޓްވިއެވެ. ދެން ސްމާޓް ގަޑީގެ ‘އެޕް މެނޫ’ އަމިއްލައަށް ހުޅުވުނެވެ. ހުޅުވުމަށް ފަހު މެނޫގައި ހުރި އެޕްތަކުގެ ތެރެއިން ‘ވޮޗް އޮންލައިން’ ކިޔާ އެޕެއް ހުޅުވުނެވެ. އެއިން ވީޑިއޯއެއް ލޯޑްވަމުން ދިޔައެވެ. ވީޑިއޯ ލޯޑްވިއިރު އެއީ އެ ސިލްސިލާގެ ފުރަތަމަ ސީޒަންގެ ފުރަތަމަ އެޕިސޮޑެވެ. “ގްރީން އެރޯ ވާރސަސް ރެޑް އެރޯގެ އެންމެ ފަހުން ނުކުތް އެޕިސޮޑް…” ރިޒުވީން މިހެން ބުނުމާއެކު އެހެން ވީޑިއޯއެއް ލޯޑްވާން ފެށިއެވެ. މާ ލަހެއްނުވެ، ވީޑިއޯ ލޯޑްވިއެވެ. އެއީ ހަމަ ރިޒުވީން ބުނި އެޕިސޮޑެވެ. “އަހަރެންނަށް ހީވަނީ ތި ގަޑީގައި ވޮއިސް ކޮމާންޑް ފަންކްސަނެއް ހުންނަނީހެން…” ނަބީހަށް ހީވި ގޮތް ބުންޏެވެ. ރިޒުވީނަށް ވެސް ހީވީ ހަމަ އެ ގޮތަށެވެ. “ކްލޯސް ދަ ސްކްރީން… އެއްވެސް ވީޑިއޯއެއް ބަލާ ހިތެއްނެތް…” ނަބީހު އެހެން ބުނި ނަމަވެސް ސްކްރީން ހުޅުވިފައި ހުއްޓެވެ. “ނަބީ ބުނި ގޮތަށް ހަދާބަލަ… ބޮޑު ސްކްރީނެއް ބޭނުމެއް ނޫން…” ގަޑި މަސައްކަތްކުރީ ރިޒުވީންގެ އަޑަށެވެ.

ފަހެއް ޖަހަންދެން ރިޒުވީނާއި ނަބީހު ލެޕްޓޮޕުން ބާސްކެޓް ގޭމް ކުޅުނީއެވެ. ދެން ދެ ކުދިން ނަމާދުކުރުމަށް ތައްޔާރުވެ ގެއިން ބޭރަށް ނުކުތެވެ. އޭރު އަދި ފަތިސް ނަމާދަށް ބަންގިއެއް ނުގޮވައެވެ. މަޑުމަޑު ހިނގުމެއްގައި ގެއާ ކައިރީގައި ހުރި މިސްކިތަށް ދިއުމަށް ހިނގައިގަތެވެ. ދެ ކުދިން މިސްކިތާ އަރާ ހަމަވިއިރު ވެސް ބަންގި ނުގޮވާތީ މިސްކިތް ބޭރުގައި ދެ ކުދިން މަޑުކުރިއެވެ. “އަދިވެސް ގަޑިއާ މެދު ދޯ ތި ވިސްނަނީ…” ނަބީހު ބުންޏެވެ. “އާނ..! ފުރަތަމަ އަހަރެން ކަމެއް ބުނުމުން އެ ގޮތަށް އެ ކަމެއް ކުރި… ފަހުންފަހުން ނުކުރޭ ވިއްޔާ… އަދި މަސައްކަތްކުރި އިރު ކުރީވެސް އަހަރެން ބުނީމަ… ނަބީގެ އަޑަކަށް ނުކުރި…” ރިޒުވީނަށް ފާހަގަކުރެވުނު ކަންތައްތައް ބުންޏެވެ. އެއީ ނަބީހަށް ވެސް ފާހަގަކުރެވުނު ކަންތައްތަކެވެ. އެ ސްމާޓް ގަޑީގައި އަދިވެސް ނޭނގޭ މޮޅު ސިފަތައް ހުންނާނެކަމަށް ދެ ކުދިންނަށް ވެސް ޤަބޫލުކުރެވެއެވެ. “ނަބީހު… ރިޒުވީން… އައްސަލާމް ޢަލައިކުމް… ކިހިނެއް..؟” މުދިންބެ މިސްކިތުގެ ފާރު ކައިރީގައި އޭނާގެ ބައިސްކަލު ބެހެއްޓިއެވެ. “ވަޢަލައިކުމުއްސަލާމް… އަޅުގަނޑުމެން ރަނގަޅު… މުދިންބެ ކިހިނެއް..؟” ވާހަކަދެއްކީ ނަބީހެވެ. މުދިންބެގެ ހާލު ރަނގަޅުކަން އަންގައިދިނުމުގެ ގޮތުން ބޮޑުވައި އިނގިލި ދައްކާލުމަށް ފަހު މުދިންބެ މިސްކިތަށް ވަނެވެ. މުދިންބެގެ ފަހަތުން ރިޒުވީނާއި ނަބީހު ވެސް ވަނެވެ. މުދިންބެ ބަންގި ގޮވާ ނިމުމުން މިސްކިތުގައި ތިބި މީހުން ސުންނަތް ނަމާދުކުރިއެވެ. މިސްކިތުގައި ތިބީ މުދިންބެއާއި ރިޒުވީނާއި ނަބީހުގެ އިތުރުން ހައެއްކަ މީހުންނެވެ. ސުންނަތް ނަމާދަށް ފަހު ޖަމާޢަތުގައި އެތާ ތިބި އެންމެން ފަތިސް ނަމާދުކުރިއެވެ.

ފަތިސް ނަމާދު ކުރުމަށް ފަހު ރިޒުވީނާއި ނަބީހު ގެއަށް އައީއެވެ. އެއަށް ފަހު ކެމްޕަހަށް ދާން ދެ ކުދިން ވެސް ފެންވަރާ ރީތިވެގެން ބޭރަށް ނުކުތެވެ. ދެ ކުދިން ހިނގާލައިފައި ކެމްޕަހުގެ ދޮރޯށި ކައިރިއަށް އައިސްފިއެވެ. “މިހާ ކައިރިން އަންނަ އިރުވެސް ދާހިއްލާ ތެމި ފޯވޭ…” ދުވަހުގެ ހޫނުގަދަކަމުން އެކަމާ ނަބީހު ޝަކުވާކޮށްލިއެވެ. ދެން ދެ ކުދިން ދިޔައީ ކިލާހަށެވެ. ކިލާހަށް މުދައްރިސަކު ވަނުމުން ހުރިހާ ކުދިން އިޙުތިރާމަށް ކޮޅަށް ތެދުވިއެވެ. “އައްސަލާމް ޢަލައިކުމް… މިސްގެ ނަމަކީ މަރިޔަމް ވަހީދާ… ޢާދިލް ސަރ ވީ ކުއްލި ގޮތަކަށް ބޭރަށް ދާން ޖެހިފަ… ސަރ މަންމަ ވަރަށް ބަލި… އެހެންވީމާ ދެން ޢާދިލް ސަރގެ ކިލާސްތައް ނަގައިދޭނީ މިސް… ދެން އެންމެ ރަނގަޅު ހުރިހާ ކުދިން އީށީނަސް..” މަރިޔަމް މިސް ހުއްދަ ދިނުމުން ހުރިހާ ކުދިން އިށީނެވެ. މަރިޔަމް މިސް ފިލާވަޅު ނަގައިދިނުމަށް ފަހު، މާދަމާ ކިލާހަށް އައުމުގެ ކުރިން ނިންމާށޭކިޔާ، މަސައްކަތެއް ހަވާލުކުރިއެވެ. ގަޑި ނިމޭ ރަނގަބީލު ޖެހުމާއެކު ހުރިހާ ކުދިން ކިލާހުން ނުކުތެވެ. ރިޒުވީނާއި ނަބީހު ދިޔައީ ލައިބްރަރީއަށެވެ. “އެ މިސް ކިހިނެއްވަނީ..؟ ފިލާވަޅު ނަގައިދޭ ގޮތް ކަމުދޭތަ..؟” ނަބީހު އަހާލިއެވެ. “ކަމަކު ނުދޭ… ހަމަ ޢާދިލް ސަރ ވަރެއް ނެތް… އެހާ ރަނގަޅަށް އޮޅުން ފިލުވައިދޭނެ… އާ ފިލާވަޅެއް ނަމަ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނީ ގިނައިން އިތުރު ގަޑި ނަގައިދީގެން… ސަރގެ ފަރާތުން އެހީ ލިބޭ ގޮތަކަށް… މަރިޔަމް މިސްގެ ފަރާތުން އެހީއެއް ވެސް ނުލިބުނޭނު…” ޢާދިލް ސަރ ނެތުމުން، ކިޔެވުމަށް އިތުރަށް ބުރޫއަރާނެކަން ރިޒުވީން ޤަބޫލުކުރެއެވެ. “އެހެން ވިޔަސް ނިކަން ސަޅި ބިޓެކޭ ދޯ…” ސަމާސާއަކަށް ނަބީހު ބުންޏެވެ. ދެން ދެ ކުދިން އެކަހަލަ ސަމާސާތައް ކުރަމުން މަރިޔަމް މިސް ދިން މަސައްކަތް ކުރަމުން ދިޔައެވެ. މަރިޔަމް މިސް ދިން މަސައްކަތް ނިމެންދެން ދެ ކުދިން ތިބީ ލައިބްރަރީގައެވެ.

މަސައްކަތް ނިމުމުން ނަބީހު ދިޔައީ އަތުގައި ފައިސާ ނެތުމުން ފައިސާ ނަގަން ބޭކަރީއަށެވެ. ރިޒުވީނާއި ނަބީހު އެ ދެ ކުދިންގެ ޚަރަދުތައްކުރަނީ ބޭކަރީން ލިބޭ ފައިސާއިންނެވެ. ރިޒުވީން ގެއަށް އައިސް ނަމާދުކުރުމަށް ފަހު ހެދުން ބަދަލުކޮށްލައިގެން ދިޔައީ ކެމްޕަސް ޓީމުގެ ބާސްކެޓް ފަރިތަކުރުމުގައި ބައިވެރިވާށެވެ. ފަރިތަކުރުން ނިންމާލިއިރު މިއަދު ވެސް ރިޒުވީނަށް އަނިޔާވިއެވެ. ކަނާއަތުގެ އުޅަބޮށި ކައިރީގައިވާ ހަންގަނޑު ވަނީ ވަރަށް ބޮޑަށް މަށައިގެން ގޮސްފައެވެ. ގޭގައި ބޭސް ނެތުމުން، ރިޒުވީންގެ އަތުގައި ބޭސް އަޅަން ހަސްފަތާލަށް ދިޔައެވެ. ބޭސް އަޅައިދޭ ކޮޓަރިއަށް ރިޒުވީން ވެއްދުމަށް ފަހު، ވަރަށް އަވަހަށް ނަރުހަކު އަންނާނޭ ބުނެފައި މަސައްކަތު މީހާ އެ ކޮޓަރިން ބޭރަށް ނުކުތެވެ.

ނަރުހަކު އާދޭތޯ ބޭސް އަޅައިދޭ ކޮޓަރީގެ ދޮރާ ދިމާއަށް ބަލަން ރިޒުވީން އިށީނދެލައިގެން އިނެވެ. އިރު ކޮޅަކުން މީހަކު އައިސް ދޮރު ހުޅުވިއެވެ. ދޮރު ހުޅުވީ ޒުވާން އަންހެން ކުއްޖެކެވެ. އެ ކުއްޖާ އައިސް އެ ތަނުގައި ހުރި ކަބަޑަކުން ‘ފަރސްޓް އެއިޑް ބޮކްސް’ އެއް ނެގިއެވެ. އެއަށް ފަހު ރިޒުވީންގެ އަތުގެ ހަންގަނޑު މަށައިގެން ގޮސްފައިވާ ހިސާބުގައި ބޭސް ހާކަން ފެށިއެވެ. ރިޒުވީން އެ ކުއްޖާއަށް ރަނގަޅަށް ބަލައިލިއެވެ. ހުދު އޮމާން ހަމެއް ލިބިފައިވުމުގެ އިތުރުން ފިރިހެނުންގެ ހިތްތައް އަތުލައިގަންނަހާ ރީތި ކުއްޖެކެވެ. އޭނާގެ މުށި ކުލައިގެ ފަން އިސްތަށިގަނޑާއި، ދެ ލޮލުގައިވާ އަޅި ކުލައިގެ ކަޅިން އެނާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެއެވެ. އެ ކުއްޖާ ރިޒުވީންގެ އަތުގައި ބެންޑޭޖް އަޅަން ފެށިއެވެ. އެ އިރު ރިޒުވީން އެ ކުއްޖާއަށް ބަލަހައްޓައިގެން އިނެވެ. ބޭސް އެޅުމަށް ފަހު ބެންޑޭޖްގަނޑު އަޅާ ނިމުނުއިރު ވެސް ދެ ކުދިން އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބެވުނީއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Ushe

Level 110 Stories

Other Articles

Previous

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތްވަނަ ބައި)

Next

ބީހުން….(6)

Next
August 4, 2017

ބީހުން….(6)

Previews
August 4, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތްވަނަ ބައި)

3 Comments!

  1. Kamana says:
    August 4, 2017 at 2:38 pm

    Ok .. mibai maa kuru. Anehhen bodu kameh ves neh. Dhen ekam next part vaane awesome kollan ingey..

  2. click a shot ? says:
    August 4, 2017 at 4:35 pm

    Thankolheh dhigu kolahchey…..mi part ves varah salhi?

  3. HGF says:
    August 5, 2017 at 1:42 pm

    interesting.. waiting for next part.

Comments are closed.


All Right Reserved!