2028ވަނަ އަހަރު ރިޒުވީން ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް އެކިއެކި ޤައުމުތުކުގެ ފުލުހުންނާއި ބައިނަލް އަޤްވާމީ ތަޙުޤީޤީ އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުން ދަނީ ކުރަމުންނެވެ. ފުލުހުންގެ އިތުރުން ޑރ.ހެންރީއާއި އޭނާގެ ބައިވެރިން ވެސް ދަނީ ރިޒުވީން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ނަމަވެސް ރިޒުވީން ގެއްލުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވީއެވެ. ރިޒުވީން ވީ ތަނެއް ދަންނަ މީހަކު ހުރިކަމަށް ވެސް ނުވެއެވެ. ރިޒުވީން ގެއްލުމަށް ފަހުގައި ނަބީޙާއި ސޯފީ ތިބެނީ އަބަދުހެން ހިތާމަކުރުމުގައެވެ. މަޖާކޮށް ހަދާ އުފަލުގައި […]
“ޝަޙާ.. އައި ލަވް ޔޫ.. ވިލް ޔޫ ބީ މައި ގާލްފުރެންޑް.؟” ޝަޙާއަށް އަނގޮޓި ދިއްކޮށްލަމުން ރިޒުވީން ބުންޏެވެ. އެ އިރު ވެސް ރިޒުވީންގެ ފުރަގަހުން ޝަޙާއާއި ރިޒުވީން އެކުގައި ހޭދަކޮށްފައިވާ ވަގުތުތަކުގެ މަންޒަރުތައް ސުކްރީނުން ދައްކަމުން ދިޔައެވެ. “ޔެސް.. ޔޫ އިޑިއަޓް.. ޔެސް.. އައި ލަވް ޔޫ ޓޫ ރިޒުވީ..” ޝަޙާގެ ޖަވާބަކީ އާނއެކެވެ. ރިޒުވީނަށް ހިނިތުންވެވުނެވެ. ތިމާގެ ހިތް އެދޭ ފަރާތް ވެސް ތިމާއަށް އޭނާގެ ހިތް ދީފައިވާކަން އެނގުމުން ކުރެވޭ އުފާވެރި އިހުސާސް […]
“މިކަން ހިނގަހިނގާ ހުންނަ ނަމަ އަހުރެން މިއުޅެނީ އަހުރެންގެ ސިކުނޑި ގޮއްވާލަން.” އަހުރެން އެންމެ ފުލަށް ވެއްޓިއްޖެކަން ރޭކާލީ ހަގީގަތުގައި މި ބަސްތައް ބުނެވުމަށް ފަހުގަ އެވެ. އަހުރެން ހަމައެކަނި އެ ބަސްތައް ބޭރުކޮށްލީކީ އެއް ނޫނެވެ. އަހުރެން އޭގައި މާނަ ވެސް ހަރުލެއްވީމެވެ. އަހުރެންގެ ސިކުނޑި މާ ކުރިން ފެށިގެން ދިޔައީ، އެކަން ކުރާނެ ގޮތެއް ރާވަމުންނެވެ. ބައްޕަގެ ކުރީގެ އަތުބަޑި އަދިވެސް އޮތީ އަހުރެންގެ ހެދުން ކަފޭރާ ތެރޭގައެވެ. ބައްޕަ މަރުވުމުގެ ކުރިން، ބައްޕަ […]
” ދަނޑިބުރިއާއި ހިލަ ތިބާގެ ކަށިތައް ބުރިކޮށްފާނެ އެވެ. އެކަމަކު ލަފުޒުތައް ތިބާ އަށް ދުވަހަކު ވެސް ތަދެއް ނުކުރާނެ އެވެ.” މިހެން ބުނި ކޮންމެ މީހަކީ ދޮގުވެރި އެކެވެ. އޭގެ ޒާތުގައި، އަހުރެންގެ އިސްކޫލު ދައުރުގެ ދާއިރާގައި ހިނގާދިޔަ ތަފާތު ހާދިސާތައް، އަހުރެން، މިއަދުގެ އަހުރެންނަށް ބައްޓަން ކޮށްދީފައި ވާއިރު ހީވަނީ މިއީ ވަރަށް ކުޑަ މުހިންމު ނޫން ކަމެއް ހެންނެވެ. ކޮންމެއަކަސް އެ ކަންކަން އެކުކޮށް ލުމުން، އެ ކަންކަން ވެދަނީ އަހުރެންގެ އަދުގެ […]
ފަޒާތެރޭގައި ތެތްފިނިކަމެއް ހިފާލާފައި ހުރި އިރު ރިޒުވީން ނިދަންވެގެން އޮށޯވެ އޮތީ އޭނާގެ ގައި މަތީ ރަޖާގަނޑެއް އަޅައިގެންނެވެ. އެ ރޭގެ މޫސުމުގެ ފިނިކަމުގެ ސަބަބުން ރިޒުވީން އޮތީ ހީކަރުވައިގަނެފައެވެ. ޖަލުގެ ގޮޅީގެ ތެރޭގައި ހުރި ލަކުޑި އެނދެއްގައި އޭނާ އޮތް އިރު، ވިދާ، ގުގުރާ، ވާރޭ ވެހެމުންދާ އަޑު އިވެމުން ދިޔައެވެ. އިރުކޮޅެއް ފަހުން ޖަލުގެ ތޭރީގައި މީހަކު ދަގަނޑު ބުރިއަކުން ތަޅާ އަޑު އިވެން ފެށިއެވެ. އެ އަޑު އިވިފައި ރިޒުވީން އެ ފަރާތަށް […]
“ހެޕި ބާތުޑޭ.. ހެޕި ބާތުޑޭ ޓޫ ޔޫ ރިޒުވީ..” ޕާޓީގައި ތިބި އެންމެން އެކުގައި އަތް ޖަހަމުން އެ ލަވަ ކިޔަން ފެށިއެވެ. މުޅި ގޭ ތެރެއަށް ރިޒުވީން ރަނގަޅަށް ބަލައިލިއެވެ. އެ އެންމެން ވެސް ތިބީ ގުރާފެހިކުލައާއި ގަދަފެހިކުލައިން ހެދުން ލައިގެންނެވެ. ފެހިކުލައިގެ ފުއްޕާ ހަންތަކެއް ގޭގެ އެ ތަން މި ތަނުގައި ހަރުކޮށްފައި ހުއްޓެވެ. އެ މީހުންގެ ފުރަގަހުގައި ހުރި ފާރުގައި ގަދަ ފެހި ކުލައިގެ އިނގިރޭސި އަކުރުތަކަކުން ‘ހެޕި އެއިޓީން ރިޒުވީ’ ލިޔެފައިވީއިރު […]
ރިޒުވީންގެ ސުމާޓު ގަޑިން ނުކުތީ ‘ސެލޯ’ ގަލަމެއްގެ ދިގުމިންހާ އިސްކޮޅެއް ހުރި ކުރުކުރު ކުއްޖެކެވެ. އެ ކުއްޖާއާ ގާތްވެލުމަށް ފަހު، އެ ކުއްޖާގެ މޫނާ ދިމާލަށް ނަބީޙު ރަނގަޅަށް ބަލައިލިއެވެ. “އަޝްރަފު..” ނަބީޙުގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. “ލައްބަ.. އަޅުގަނޑަކީ އަޝްރަފު.. ދިހަވަނަ ރޮބޯޓް.. ރިޒުވީން އެދޭ ކަންތައްތައް ކޮށްދެމުން އައީ އަޅުގަނޑު.. ތިޔަ ސުމާޓު ގަޑީގެ ވޮއިސް ކޮމާންޑް ފަންކްޝަނެއް އޮވެގެންނެއް ނޫން.. އަޅުގަނޑުގެ ވެރިޔާ.. އަދި ރިޒުވީންގެ ބައްޕަ.. ޢުޝާމްގެ އެންމެ ފަހު އަމުރަކީ […]
2025/2026ވަނަ އަހަރު 2025ވަނަ އަހަރުގެ ބޮޑު ތިލަދުންމަތީގެ ‘އެންމެ ޒުވާން އުފެއްދުންތެރިޔާ’ ގެ އިނާމު ލިބުނު ފަރާތުގެ ގޮތުގައި ރިޒުވީންގެ ނަން ދިރާގު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގޮވުމުން އިނާމު ބަލާ ރިޒުވީން ސުޓޭޖު މައްޗަށް އަރައި އޭނާއާ ސަލާމްކުރިއެވެ. ދެން ސުޓޭޖްމަތީގައި ހުރި ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު ނުޢުމާނާ ސަލާމްކުރިއެވެ. ނުޢުމާން، ރިޒުވީންގެ އަތަށް އިނާމު ‘ޓްރޮފީ’ ދިނެވެ. ‘ޓްރޮފީ’ ގައި ހިފުމަށް ފަހު ޙަފުލާއަށް އައިސް ތިބި މީހުންނާ ދިމާލަށް ރިޒުވީން ބަލާލިއެވެ. އެ […]
އާދުވަހަކަށް އިރުއަރައިގެން އައިރު .. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހިޝާމް ގެ އިތުރުން ޔާސީންގެ ކުޑަކުޑަ އާއިލާވެސް ވަގުތުތަށް ގުނަމުން ދިޔައީ ސަމީހުމެން އަންނަ ބޯޓު އެއާޕޯޓުގައި ޖައްސާނެ ވަގުތަކަށެވެ. ނަމަވެސް ނޫރާގެ ސަމާލުކަން އެކަމަކަށް ނެތެވެ. އިރު އިރު ކޮޅާ ފޯނަށް ބަލާލާގޮތުން މީހަކު ގުޅާނެ ކަމުގެ އިންތިޒާރުގައި ވާކަން ފެންނަ ކޮންމެ މީހަކަށްވެސް ޔަޤީން ވާނެއެވެ. ޝަމާލް އާއި ޖަޒްލާން ވެސް ލިބުނު ކުޑަ ޗުއްޓީގައި އަރޫންގެ ހާލުބެލުމަށް ދަތުރުކުރަމުން ދިޔައީ ރާއްޖެ އައުމަށެވެ. ނަމަވެސް […]