Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދިހައެއް ( އެގާރަވަނަ ބައި )

Ushe Level 110 Stories
August 11, 2017 5 Mins Read
7 Comments

ދުވަސްތައް ފާއިތުވަމުން ގޮސް މަސްދުވަސްވެގެން އަހަރުގެ މެދަށް އައިސްފިއެވެ. އަހަރުގެ މެދުތެރެއަކީ ކޮލެޖުތަކުގެ ކޯސްތަކުގެ އިމްތިޙާންތައް ފަށައިގެން އުޅޭ ދުވަސްވަރެވެ. އަދި އޭ ލެވެލް ކިޔަވާ ބައެއް ދަރިވަރުންނަށް އޭ ލެވެލް އިމްތިޙާނު ވެސް ފެށެނީ މި ދުވަސްވަރެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އަބާދީ އެތައް ގުނައަކަށް އިތުރުވުމުން ރާއްޖޭގައި ކިޔަވާ ކުދިންގެ އާބާދީ ވެސް އިތުރުވިއެވެ. އެހެންވުމުން ޖަނަވަރީގެ އިތުރުން ޖޫން މަހުގައި ވެސް އިމްތިޙާނުތައް ހެދޭ ގޮތަށް މަދަރުސާތަކާއި ކޮލެޖުތަކުން ހަމަޖައްސާފައިވެއެވެ. އަދި އަހަރެއްގެ ތެރޭގައި ދެ ފަހަރު މަތިން ކުދިން މަދަރުސާތަކާއި ކޮލެޖުތަކަށް ވަނުމުގެ ފުރުސަތު ހުޅުވައެވެ. އެއީ އަހަރުގެ ކުރީކޮޅާއި މެދު ތެރެއިންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެވަނީ ތަޢުލީމީ ދާއިރާގައި އެހެން ޤައުމުތައް ފަހަތަށް ޖައްސާލައި ކުރިހޯދާފައެވެ. އެ ދުވަސްވަރު ރާއްޖެއިން ވެސް ގިނަ ކޯސްތައް މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ލިބެން ހުއްޓެވެ. ރިޒުވީނާއި ނަބީޙާއި ޝަޙާއަށް މިއީ އެ ކުދިންގެ ކޯހުގެ ފަހު އިމްތިޙާނެވެ. ޑިޕްލޮމާ ކޯހުން ރަނގަޅު ނަތީޖާއެއް ހޯދައިގެން ކެމްޕަހުގެ ސުކޯލާޝިޕް ޚަރަދުގައި ޑިގްރީ ކޯސް ކިޔެވޭނެއެވެ. އެހެންވުމުން އެ ކުއްޖަކު ކިޔަވާ ރޮނގުން ކުރިއަށްދާން ތިން ކުދިންނަށް ވެސް މި އިމްތިޙާން ވަރަށް މުހިއްމެވެ.

ޝަޙާ އައިސް ރިޒުވީންމެންގެ ކޮޓަރި ދޮރު ހުޅުވާލިއިރު ރިޒުވީން އިނީ އޭނާގެ ލެޕުޓޮޕުން އެއްޗެއް ޓައިޕްކުރާށެވެ. ނަބީޙު އެނދުމަތީގައި އޮށޯވެލައިގެން ނިދާފައިާއޮތީއެވެ. ނިދާފައި އޮތް އިރު ނަބީޙުގެ މޭމަތީގައި ފޮތެއް އޮތެވެ. “ރަނގަޅަށް ވިއްޔާ ކިޔަވަން އޮއްވަ ނިދިފަ އެ އޮތީ.. ރިޒުވީ ކިއެއް ތިޔަ ކުރަނީ.؟” ރިޒުވީން ކައިރީގައި އިން ގޮނޑީގައި ޝަޙާ އިށީނެވެ. “އަހަރެން ވެސް މި އިނީ މާދަމާގެ ޓެސްޓަށް ދަސްކުރަން.. ޝަޙާ ދަސްނުކުރަނީތަ.؟” ލެޕުޓޮޕުން ޓައިޕްކުރަމުން ރިޒުވީން ވާހަކަދެއްކިއެވެ. “ނޫނޭ.. މިއަދު ހަތަރުދަމު ތިޔަ ކަމުގަ.. ދެން ފޫހިވާން ފެށީމަ އަހަރެން ހިތަށްއެރީ މި ގެއަށް ޖައްސާލަންވިއްޔޭ.. އެހެން ހިތައި މިއައީ..” ޝަޙާ ބުންޏެވެ. “އާނ.. އަހަރެން ވެސް ބުރޭކެއް ނަގަންވީ.. ހިނގާ ގްރީން އެރޯ ވާސަސް ރެޑް އެރޯ ބަލަން.. އާ އެޕިސޮޑެއް އެބައޮތް ނެރެފަ..” ރިޒުވީން ބުންޏެވެ. “ރަނގަޅު ޚިޔާލެއް.. އެ ނިމުނީ އެ މީހުންގެ ބޭސްމެންޓްގައި އަލިފާން ރޯވިތަނާ ވިއްޔަ.. އެރޯޓީމަށް ދެން ވާނީ ކިހިނެއް” ދެން އެ ސިލްސިލާ ބަލާ ނިންމައިފައި ޝަޙާ އޭނާގެ ގެއަށް ދިޔައީއެވެ. ރިޒުވީން ސިޓިންގ ރޫމް ސޯފާގައި އޮށޯވެ ނިދައިފިއެވެ.

ރިޒުވީންގެ ފޯނުން ފަތިސްނަމާދުގެ ބަންގި ރިންގްވާން ފެށިއެވެ. އެ އަޑަށް ރިޒުވީނަށް ހޭލެވުނެވެ. “أعوذ بالله من الشيطان الرجيم..” ރިޒުވީނަށް އާ ފުރުނެވެ. ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ރިޒުވީންގެ އައިނު އޮތެވެ. އައިނު ނަގައި އެޅުމަށް ފަހު ސިޓިންގ ރޫމްގައި ހުންނަ ފާޚާނާއަށް ވަނެވެ. ދެން ދަތް އުނގުޅާ އަނގަ ދޮވެ ކަންތައް ކޮށް ރީއްޗަށް ފެންވަރާލިއެވެ. ފެންވަރާ ނިންމައިގެން ސިޓިންގ ރޫމްގައި ހުރެގެން ފަތިސްނަމާދުކުރިއެވެ. އެއަށް ފަހު ﷲގެ ހަޟްރަތުގައި ދުޢާކުރިއެވެ. މި ފަހަރުގެ އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ލިބުމަށް އެދިއެވެ. ނަބީޙާއި ޝަޙާއަށް ވެސް ރަނގަޅު ނަތީޖާއެއް ދެއްވުމަށް އެދިއެވެ. ޢާދިލް ސަރއާއި އަޝްރަފު ރަނގަޅު ހާލަތުގައި ލެއްވުމަށް އެދިއެވެ. އަދި އެ ދުވަސްވަރު ދުނިޔޭގެ އެ ތަން މި ތަނުގައި ހިނގާ ހަމަނުޖެހުންތަކުގަޔާއި ބޮން އެޅުމާއި ‘ޓެރަރިޒަމް’ގެ ހަމަލާތަކުގައި މަރުވި އަދި އަނިޔާ ލިބެމުންދާ މައުސޫމް އެތައް ޢާއިލާތަކަށް ރަޙްމަތްލެއްވުމަށް އެދިއެވެ. ދުޢާކޮށް ނިމުމަށް ފަހު ރިޒުވީން ކެމްޕަހަށް ދާން ތައްޔާރުވިއެވެ. ދެން މަތީބުރިއަށް އަރައި ކޮޓަރީގެ ދޮރު ހުޅުވާލައި ބަލާލިއިރު، ނަބީޙު ހުރީ ނަމާދުކުރާށެވެ. ނަބީހު ނަމާދުކޮށް ނިމެންދެން ރިޒުވީން ކޮޓަރީގައި މަޑުކުރިއެވެ. ނަބީޙު ނަމާދުކޮށް ނިމި ތައްޔާރުވުމުން ދެ ކުދިން އެކީ ބޭރަށް ނުކުތެވެ.

އިމްތިޙާން ހެދުމަށްޓަކައި ކިލާހުގެ މޭޒުތައް ހުރީ ދުރުކޮށްފައެވެ. ރިޒުވީނާއި ނަބީޙު އެ ކުދިންގެ ކިލާހަށް ވަނުމަށް ފަހު އިމްތިޙާން ހެދުމަށް އިށީނެވެ. އިރުކޮޅެއް ފަހުން މަރިޔަމް މިސްއާއި ޢާދިލް ސަރ ކިލާހަށް ވަނެވެ. ދެ މުދައްރިސުން ކިލާހަށް ވަނުމުން ހުރިހާ ކުދިން އިޙުތިރާމަށް ކޮޅަށް ތެދުވިއެވެ. އިށީންނަން ހުއްދަ ދިނުމުން އެންމެން އިށީނެވެ. ކިލާހަށް ވަނީ ޢާދިލް ސަރއަށް ވެގެން އައިސް އުޅޭ ޑރ.ހެންރީއެވެ. އޭނާގެ އިތުރުން ރިޒުވީންމެން ވެސް އަޝްރަފު ހޯދަން މަސައްކަތްކުރެއެވެ. ނަމަވެސް އަދި އަދަށް ވެސް އަޝްރަފު ވީ ތަނެއް މިއިން އެއްވެސް ބަޔަކަށް ނޭނގެއެވެ. ޢާދިލް ސަރ ފެނުމުން ރިޒުވީން ދަސްކޮށްގެން އައި ހުރިހާ އެއްޗެއްހެން ހަނދާންނެތުނެވެ. އޭނާގެ ސިކުނޑިއަށް ވެރިގަތީ އަސްލު ޢާދިލް ސަރއާއި އަޝްރަފުގެ ޚިޔާލުތަކެވެ. އިމްތިޙާންގެ ކަރުދާސް ގަނޑުތައް ޢާދިލް ސަރ ބަހަން ފެށިއެވެ. ބަހަމުން ގޮސް ރިޒުވީންގެ މޭޒުމައްޗަށް ވެސް އިމްތިޙާން ކަރުދާސް ގަނޑުތައް ބޭއްވިއެވެ. “بسم الله ..” ބިސްމީގެ ބަރަކާތުން ފަށައި ރިޒުވީން އިމްތިޙާން ކަރުދާހުގެ ސުވާލުތައް ކިޔަން ފެށިއެވެ. ސުވާލުތައް ފެނިފައި ރިޒުވީންގެ ބޮލުގައި ރިއްސައިގަތެވެ. ފުރަތަމަ ހުރިހާ ސުވާލުތަކެއް ކިޔާ ނިންމިއެވެ. ގިނަ ސުވާލުތަކުގެ ޖަވާބެއް ރިޒުވީނަށް ނޭނގެއެވެ. މަޑުމައިތިރިކަމާއެކު އިމްތިޙާން ކަރުދާހާ ދިމާލަށް ބަލަހައްޓައިގެން ރިޒުވީނަށް ކުޑައިރުކޮޅަކު އިދެވުނެވެ. އެއިން ސުވާލެއްގެ ޖަވާބު ވިސްނޭތޯއެވެ. ވިސްނާވިސްނާ ވެސް ސިކުނޑިއަށް އެއްޗެއް އަންނަ ގޮތެއް ނުވިއެވެ. ދެން ހުރެފައި އެހެން ކުދިންނާ ދިމާލަށް ސިއްރުސިއްރުން ބަލާލިއެވެ. ހުރިހާ ކުދިންވެސް ލިޔަނީއެވެ. ނަބީޙު ވެސް ލިޔެ ނަގަނީއެވެ. ރިޒުވީން އިނީ ލިޔާނެ އެއްޗެއް ވެސް ނޭނގިފައެވެ. “އަހަރެންނަށް މި ސުވާލުތަކުގެ ޖަވާބު ފެންނަ ގޮތް ހެދިދާނެތަ.؟” އެހެން މީހުންނަށް ނުއިވޭނެހާ ސިއްރުން ރިޒުވީން ބުންޏެވެ. ރިޒުވީން އަޅައިގެން ހުރި ގަޑިން ފަނޑު އައްޔެއް އެޅިފައި އެ އަލިގަނޑު ރިޒުވީންގެ އިމްތިޙާން ކަރުދާހުގައި އެޅުނެވެ. އެ އަލިގަނޑު ފެނުނީ ހަމައެކަނި ރިޒުވީނަށެވެ. ދެން ފެހި ކުލައިގެ ލޭޒަރ ދެއްޔަކުން ކޮންމެ ސުވާލެއްގެ ޖަވާބު އެ ސުވާލެއްގެ ކައިރީގައި ލިޔެފައި ހުއްޓައި ރިޒުވީނަށް ފެނުނެވެ. ރިޒުވީން އަވަހަށް ގަލަން ނަގައި ޖަވާބުތައް ލިޔަން ފެށިއެވެ.

ހުރިހާ އިމްތިޙާނަކަށް ވެސް ރިޒުވީން އޭނާގެ ގަޑީގެ އެހީ ހޯދިއެވެ. އެ ކަން ނަބީޙާއި ޝަޙާ ފިޔަވައި އެކަކަށް ވެސް ނޭނގޭނެއެވެ. އިމްތިޙާންތަކުން ރަނގަޅު ނަތީޖާއެއް ހޯދާ ޑިޕްލޮމާ ކޯހުގެ ފާސް ‘ސެޓްފިކެޓް’ ރިޒުވީނާއި ޝަޙާ ހޯދިއިރު، ނަބީހު އިމްތިޙާންތަކުން ފާހެއްނުވެއެވެ. ސޮފްޓްވެއާރ އިންޖީނިއަރިންގ ކިލާހުން ރިޒުވީނަށް ލިބުނީ އެއްވަނައެވެ. އެ ރޮނގުން އިތުރަށް ކިޔެވުމަށް ރިޒުވީން ބޭނުންވިއެވެ. އަދި ކުޅުދުއްފުށީގައި ހުންނަ އިލެޓްރޯނިކްސް އަދި ސޮފްޓްވެއާރގެ އުފެއްދުންތަކުގެ ކުންފުންޏެއް ކަމަށްވާ ‘އެލް ކޮމްޕެނީ’ އިން ރިޒުވީނަށް ވަޒީފާ ހަމަޖެހުނެވެ. ނަރސިންގ ޑިޕްލޮމާ ކޯހުގެ ފާސް ސެޓްފިކެޓް އޮތުމުންނާއި އެކަމުގެ ތަރުޖިބާތަކެއް ހުރުމުން ‘އޭޑީކޭ ކުޅުދުއްފުށި ހޮސްޕިޓަލް’ އިން ޝަޙާއަށް ނަރުހެއްގެ ވަޒީފާ ލިބުނެވެ. ނަބީޙު ނިންމީ ސޯފީއާއެކު ބޭކަރީ ހިންގުމުގައި ބައިވެރިވުމަށެވެ. ސޮފްޓްވެއަރ އިންޖިނިއަރިންގ ކިލާހެއްގައި ބައިވެރިވި ނަމަވެސް ނަބީހު ބޮޑަށް ޝަޢުޤުވެރިކަން ހުންނަނީ ވެސް ވިޔަފާރީގެ ދާއިރާއަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރިޒުވީންމެންގެ ގޭގެ ކައިރީގައި ޝަޙާ އިންދާފައިވާ މާ ގަސްތަކަށް ފެން ދޭން ޝަޙާ ހުއްޓެވެ. “ހާދަ ރީއްޗޭ..” ރިޒުވީނަށް ދަލާއެކު އަލިވެފައިވާ ޝަޙާގެ ދޮން މޫނު ފެނުނެވެ. “ކޯއްޗެއް މާ ރީތިވީ..” ތުއި ރާގަކުން ޝަޙާ އަހާލިއެވެ. “ޝަޙާ އިންދާފައި ހުރި ގަސްތަކުގެ ވާހަކަ މި ބުނީ.. ހާދަހާ ރީއްޗޭ..” ރިޒުވީން އެހެން ބުންޏަސް އޭނާއަށް ރީއްޗޭ ބުނެވުނީ ޝަޙާ ފެނުމުންނެވެ. “ދެން ޑިއުޓީއަށް ދާން ޖެހެނީ ކޮން އިރަކުން..؟” ޝަޙާ އަހާލިއެވެ. “މިއަދަށް މިވީ.. ޝަޙާގެ ޑިއުޓީ ތާވަލް އޮތީ ކިހިނެއް.؟” އެ ތަނުގައި ހުރި ޖޯލިފަތީގެ ޖޯއްޔެއްގައި ރިޒުވީން އިށީންނަމުން ބުންޏެވެ. “އަހަރެންނަށް ދެން އޮތީ ދަންވަރު.. އެހެންވީމާ ހިނގާ ބޭކަރީއަށް ޖައްސާލަން..” ޝަޙާ ބުންޏެވެ. ދެން އެ ދެ ކުދިން ބޭކަރީއަށް ދާން ހިނގައިގަތެވެ.

އޯ ލެވެލްގައި ވިޔަފާރީގެ ދާއިރާ ކިޔަވައިފައިވުމުން ބޭކަރީ ހިންގަން ނަބީޙު ނިކަން ކުޅަދާނައެވެ. ބޭކަރީ ހިންގުމުގައި ނަބީޙު ގުޅުނުތާ އަދިވީ ހަފުތާއެކެވެ. ބޭކަރީއަށް ވަންނަ އާމްދަނީ އެތައް ގުނައަކަށް އިތުރުކޮށްފިއެވެ. “އަހަރެން މި ވިސްނަނީ ދެން ރެސްޓޯރަންޓެއް ވެސް ހުޅުވަން.. ވިޔަފާރި ފުޅާނުކޮށް ތިބޭކަށް ނުވާނެ.. މިކަމާ ސޯފީ ދައްތަ ބުނާނީ ކީކޭ.؟” ނަބީޙު ވާހަކަދައްކަމުން ދިޔައެވެ. އެ އެންމެން ތިބީ ބޭކަރީގައި މެންދުރުގެ ކެއުން ކާށެވެ. މެންދުރުގެ ކެއުމަށް ހުރީ ޗިކަން ފުރައިޑުރައިސް ތައްޔާރުކޮށްފައެވެ. “އަހަރެން ތިކަމަށް ތާއީދު.. އެކަމަކު ގޮތެއް ނިންމަންވާނީ ރިޒުވީ ދޯ.. އާފުޓާއޯލް ދިސް އިސް ހިސް ޕުރޮޕަޓީ..” ކާން އިނދެފައި ސޯފީ ބުންޏެވެ. “އައި ޓްރަސްޓް ޔޫ ބޯތް.. ފައިދާވާކަމަށްވާނަމަ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް..” ރިޒުވީން ބުންޏެވެ. މެންދުރުގެ ކެއުމަށް ފަހު ރިޒުވީނާއި ޝަޙާ ރިޒުވީންމެންގެ ގެއަށް ދިޔައީއެވެ.

ރިޒުވީންމެންގެ ގެ ކައިރީގައި ހުރި ޖޯލީގައި ރިޒުވީނާއި ޝަޙާ އިށީނދެލައިގެން އިނެވެ. ޝަޙާ އިނީ ޝަޙާގެ ލަވަފޮތް ހިފައިގެން ޝަޙާ ލިޔެފައި ހުރި އަމިއްލަ ލަވަތައް ރިޒުވީނަށް ކިޔައިދޭށެވެ. ޝަޙާގެ ރީތި އަޑުން ކިޔާ ލަވަތައް އަޑު އަހަން ރިޒުވީން އިނީ ވަރަށް މަޑުމައިތިރިކަމާއެކުއެވެ. “ޝަޙާގެ އަޑު ވަރަށް ރީތި.. ލަވަ މުބާރާތެއްގައި ބައިވެރިވާންވީނު..” ރިޒުވީން ބުންޏެވެ. “ވާންވީ ހަމަ.. އެކަމަކު ކުރެވޭނީ އެއް ކަމެއް.. އަހަރެން ބޭނުމީ ނަރުސްކަން ކުރަން.. އަސްލު ބޭސްވެރިކަން ކުރަން.. ސީދާ މެޑިސިން ކޯހެއްގަ ދެން ބައިވެރިވާނީ..” ޝަޙާ ބުންޏެވެ. ދެ ކުދިން ޖޯލީގައި އެކި ސަކަ މަޖާ ވާހަކަތައް ދައްކަން ތިއްބާ މިސްކިތްތަކުން އަޞްރު ނަމާދަށް ބަންގި ގޮވަން ފެށިއެވެ. ބަންގި ގޮވާ އަޑު އިވުމުން ނަމާދުކުރަން ރިޒުވީން މިސްކިތަށް ދިޔައީއެވެ. ޝަޙާ ދިޔައީ އޭނާގެ ގެއަށެވެ.

ނަމާދުކޮށް ނިމިގެން ރިޒުވީން ގެއަށް އައިސް ވަނެވެ. އެއަށް ފަހު ސިޓިންގ ރޫމްގެ ފާރުގައި ހަރުކޮށްފައި ހުރި ރިޒުވީންގެ ޢާއިލީ ފޮޓޯގަނޑު ނެގިއެވެ. ފޮޓޯގަނޑު ނެގުމުން ފާރުގައި ހަރުކޮށްފައި ހުރި ކޯޑު ޖަހާ ލޮކު ފެނުނެވެ. ރިޒުވީން ލޮކުގައި ‘00010’ ޖެހުމާއެކު ތަޅަންގަނޑުން އެއްކަލަ މުށިގަނޑު ކެހިގެން ދިޔައެވެ. ދެން ފާރުގައި ފޮޓޯގަނޑު ހަރުކުރުމަށް ފަހު ރިޒުވީން އެ ތަނުގައި ހުރި ސިޑިން ތިރިއަށް ފޭބިއެވެ. ތިރިއަށް ފޭބުމާއެކު މުށިގަނޑު ކެހި ލެއްޕުނެވެ. ރިޒުވީންގެ ހުރިހާ މަސައްކަތްތަކެއް ކުރަނީ އެ ތަނުގައެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރިޒުވީން ވަނީ އެހެން އެކަކަށް ވެސް ނުހެދި ހުރި ހަލާކުވެފައިވާ ފޯނުތަކާއި ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރ ސިސްޓަމްތައް ހަދާފައެވެ. އަދި ރީތި މޮޅު އެޕުތަކެއް ވެސް ހަދައިދީފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި ކުންފުނީގެ ގިނަ މީހުންގެ ތަޢުރީފުގެ ބަސްތައް ރިޒުވީނަށް ލިބުނެވެ. ރިޒުވީން އެ ހުރިހާ އެއްޗެއް ހަދަނީ ގަޑީގެ އެހީގައެވެ. އޭނާގެ ދަބަހުން ޑިސްޕްލޭ ވަރަށް ބޮޑަށް ހަލާކުވެފައިވާ ފޯނެއް ނެގިއެވެ. “މި ފޯނުގެ ޑިސްޕްލޭ ރަނގަޅުކުރަންވީ..” ރިޒުވީން މިހެން ބުނުމާއެކު ގަޑިން އައްޔެއް އެޅިފައި އެ އަލިގަނޑު ގޮސް ފޯނުގެ ޑިސްޕްލޭގައި ކޭއްތުމުން ފޯނުގެ ޑިސްޕްލޭ ރަނގަޅު ވެއްޖެއެވެ. “ދެން އަހަރެންނަށް އަޝްރަފު ވީ ތަނެއް ދައްކާދީ ބަލަ..” ފުން ނޭވާއެއްލުމަށް ފަހު ރިޒުވީން ބުންޏެވެ. މި ފަހަރު ވެސް އެހެން ފަހަރުތަކޭ އެއްފަދައިން ސުކްރީނުން ދެއްކީ ކަޅު އަނދިރި ތަނެކެވެ. އެ ތަނެއް ހޯދަން ރިޒުވީންމެން ވަރަށް މަސައްކަތްކުރިއިރު ވެސް އެ ދައްކާ އަނދިރި ތަނެއް ނުހޯދުނެވެ. އަޝްރަފެއް ނުހޯދުނެވެ. އެ ކަމާ މާޔޫސްވެގެން އެ ތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެފައި ރިޒުވީން އޭނާގެ ބޮލުގައި އަތްއެޅިއެވެ. “ޑޮކްޓަރު ހެންރީ އެ ކުއްޖަކު ހޯދުމުގެ މަޤްޞަދަކީ ކޮބައިހޭ.؟” ރިޒުވީން މިހެން ބުނުމާއެކު ސުކްރީނުން ދެއްކީ ދުނިޔޭގެ ސެޓެލައިޓު މެޕެވެ. އެ މެޕުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯވެފައި ހުއްޓެވެ. “ޑޮކްޓަރު ހެންރީގެ މަޤްޞަދަކީ ތިއީ ތަ.؟” ދެން ސުކްރީނުން އިނގިރޭސި އަކުރުން ‘ޔެސް’ ލިޔެފައި ދައްކާލިއެވެ. ސުކްރީނުން އެ ދައްކާ އެއްޗެއް ރިޒުވީނަކަަށް ނުވިސްނުނެވެ. ސުކްރީނުން އެ ދެއްކި އެއްޗަކާމެދު ރިޒުވީން ވިސްނަން ހުއްޓައި ރިޒުވީންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގައި ބެލިއިރު ގުޅަނީ ޝަޙާއެވެ. “ހަލޯ.. ކިހިނެއްވީ.؟” ރިޒުވީން ވާހަކަދައްކަން ފެށިއެވެ. “ރިޒުވީ ކުޅުދުއްފުށި އެއާޕޯޓު ކައިރިއަށް އައިސްބަލަ.. ނަބީޙު ވެސް ގޮވައިގެން.. ވަރަށް މުހިއްމު ކަމެއް ޖެހިގެން.. އައިސްބަލަ..” ޝަޙާ ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushe

Level 110 Stories

Other Articles

Previous

ޒިޔާ

Next

ބީހުން….(13)

Next
August 11, 2017

ބީހުން….(13)

Previews
August 11, 2017

ޒިޔާ

7 Comments!

  1. Mal says:
    August 11, 2017 at 12:22 pm

    Me first

  2. click a shot ? says:
    August 11, 2017 at 12:58 pm

    Varah loabi mi part ves?

  3. ROMAN REGINS says:
    August 11, 2017 at 2:30 pm

    Wow nice

  4. Anonymous says:
    August 11, 2017 at 3:52 pm

    Haadha kurey. Vaahaka rythi.

  5. Kamana says:
    August 11, 2017 at 7:57 pm

    Reethi.. ekam faahaga kollaanan kameh. A e 2025 ga hieh nuvey karudhaahuga exam hadhaafaanehen. Mihaaraa eyraa thafaathu vaan vaane.

  6. Reader says:
    August 11, 2017 at 8:28 pm

    Kuru hen heevey ehen part thakah vure. Vedhaane maa bodah interest vefa inyma kamah ves. Btw story habeys. I think shaa ah Ashraf aa behey konmes mauloomaatheh libuny hen

  7. Lucifer says:
    August 11, 2017 at 10:28 pm

    smart media zamaaneh noon tha eyru onanee. Salhi vaahaka

Comments are closed.

Next Episodeދިހައެއް ( ބާރަވަނަ ބައި )←


All Right Reserved!