އިރުގެ އަލިކަން ދުނިޔެއަށް ފެތުރުމުގެ ކުރިން އަހަރެން ގޮސް ގެއަށް ވަނީމެވެ. އަދި އެރި އިރާއެކު އަހަރެން އޮށޯވެ ނިދައިފީމެވެ. އަހަންނަށް ހޭލެވުނީ އިރު އޮއްސި އަނދިރި ވެފައި ވަނިކޮށެވެ. ތެދުވެ ކުޑަދޮރުން ބޭރު ބަލައިލީމެވެ. ދެ އަހުސަވާރުން ގެކައިރީގައި ތިއްބެވެ. އަދި އެމީހުންގެ އަސްތަކުގައި ތީރު ބޮނޑިތައް އައްސާފައި ހުއްޓެވެ. މިއީ ރަނގަޅު ކަމެއް ނޫންކަން އަހަންނަށް އެނގުނެވެ. ކުޑަދޮރުން ޖެހިގެންހުރި ފުރާޅަށް ފުންމާލަން އުޅެފައި ފުރެމީ އާއި ރާއި މަތިން ހަނދާން ވެއްޖެއެވެ. ކޮޓަރިން […]
ހޫނުގެ އިހްސާސްކަން ކެނޑެން ފަށައިފިއެވެ. އިރުގެ އަލިކަމުން ނިވާކޮށްދޭވަރުގެ ވިލާގަނޑެއް އުޑުމަތި ފޮރުވާލައި މުޅި ސަރަހައްދު އަނދިރިކޮށްލައިފިއެވެ. އަހަންނަށް ހީވީ ބާރެއްލިބުން ހެންނެވެ. ކުރިމަތީގައި ހުރި ދޮރު ފަޅާލާފައި ތިން މީހުން ގޭތެރެއަށް ވަދެގެންފިއެވެ. ކޮންމެ މީހަކު އަތުގައި ހަންޖަރެއް އޮތެވެ. އަދި މިމީހުން ތިބީ އެއްގޮތަކަށް ހެދުން އަޅައިގެންނެވެ. ހުދުކުލައިގެ ހެދުމުގަ ކަޅު ބޫޓާއި އަންގީގައެވެ. “ކަލޭމެން މިދުނިޔެއިން ފޮހެވޭކަށް ނުވޭތަ؟” އެކަކު ބުނެލިއެވެ. “ފޮހެލަން ހިނގާ!” އަނެކެއް އެހެން ބުނެފައި އަހަންނާއި ދިމާލަށް ފުންމައިގެން […]
ޒަމާން ބަދަލުވެއްޖެއެވެ. އެކަކު އަނެކަކުގެ އެހީއަށް މީހުން އެދެން ފަށައިފިއެވެ. މިއީ އަނެއްކާ ހުވަފެނެއްބާވައެވެ؟ އަހަންނަށް މިއޮވެވެނީ އަދިވެސް ނިދިފައިބާވައެވެ؟ ނޫނެކެވެ. މިއީހަމަ ހިނގަމުން އަންނަ ކަންތައްތަކެވެ. އަހަންނަށް ހުރެވުނީ ހަރުގެއެއްގެ ތެރޭގައި އިރުއޮއްސޭ މަންޒަރު ބަލަންށެވެ. އާނއެކެވެ. އަހަރެން މިނިވަންވީއެވެ. އިރުގެ އަލީގެ ނުރައްކަލުން ސަލާމަތްވެ އަހަންނަށް ދިރިއުޅުމަށް އިތުރު ރެއެއް ލިބުނީތާއެވެ. އަހަރެން ހިނގައިގަތީ ބަނދަރުމަތިންލާފައި މާލޭގެ މަގުތަކަށް ވަންނާށެވެ. ރޭގަނޑުވުމުން މާލޭގެ މަގުތައް އަނދިރިވާން ފަށައިފިއެވެ. ކަރަންޓުގެ ޒަމާން ގޮއްސިއެވެ. ނަމަވެސް ސޯލާ […]
ތިއީ ވަރަށް ބިޒީ މީހެއް ހެއްޔެވެ؟ ނުވަތަ ވަރަށް ކަންނެތް މީހެއް ހެއްޔެވެ؟ ނޫނީ ރައްޓެހިންނަށް އަބަދު ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ފިހާރައަށް ދުވަން ޖެހޭ ހެއްޔެވެ؟ ފިހާރަ ބަންދުކުރަން 5 މިނެޓަށް ވީމަ ދުންޖަހާފަ ރީލޯޑް ނުވަތަ ރާސްޓަސް ކުރަން ފިހާރައަށް ދިޔަ ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟ ބަންދު ކޮށް ކޮށް ހުއްޓަ ވަދެވުނު ފިހާރައިގައި ރީލޯޑް ނުވަތަ ރާސްޓަސް ހުސްވެފައި ހުރެގެން އަލުން ފިހާރަ ހުޅުވާނެ އިރަކަށް ފާރައަށް ހުރި ދުވަސް […]
ދިގު ދަތުރަކަށްފަހު އަހަރެން ހޯދަން ބޭނުންވާ މީހާ ކައިރިއަށް އާދެވިއްޖެއެވެ. ދުވަސްވެފައިވާ ބޮޑު ގެއެއްގައި އަހަރުން ދެމީހުން އުޅެން ނިންމައިފީމެވެ. ބާ ފަރުނީޗަރުތަކަކީ އަހަރުމެންނާ ގުޅޭ، އަހަރުމެންގެ އަސްލު ބަޔާންކޮށްދޭ އެއްޗިއްސައްވަނީ ވެފައެވެ. މި ގެއަކީ އަހަރުމެންގެ ހަޔާތުގެ ފެށުމަށް ވެއްޖެއެވެ. އަހަރެން ކަހުލާގެ އައު ހަޔާތަށް އައިތާ ތިން ދުވަސް ވީއެވެ. ބަނޑުހައިހޫނުކަން ހައްލުކުރުމަށް ގެ ކައިރީގައި އުޅޭ އަވަށްޓެރިން ގެޔަށް ގެނެސް ވެމްޕައަރގެ ބާރު ބޭނުންކޮށްގެން އެމީހުނަށް ނޭނގި އެމީހުންގެ ގައިން ލޭ ބޯން […]
އަހަރެން ހޯދަންއައިސް ގޭގައި އަންހެން ކުއްޖަކު އިނެވެ. އެކަމަނާ އިނީ ކަޅު، ދިގު ހެދުމެއް ލައިގެންނެވެ. އެ އަންހެނާ އަހަރެން ގޮވައިގެން ދިޔައީ އެކަމަނާގެ އެޕާޓްމަންޓަށެވެ. ސިޓިންގ ރޫމްގައި ހުރީ ސޯފާއަކާއި ޓީވީއެކެވެ. ދެން ހުރީ އައިސް ފުރިޖެކެވެ. އެންމެ ކޮޓަރިއެކެވެ. ހީވާގޮތުން މިތާނގައި އުޅެނީ މީނާ އެކަންޏެވެ. “ކޮބަ އިށީންދެ. އަހަރެން އެބަ އަންނަން ބޯނެ އެއްޗެއް ހިފައިގެން. ޒެޑްގެ ހުރިހާ ސުވާލަކަށް އަހަރެން މިރޭ ޖަވާބު ދޭނަން. ކަހުލާ ވެސް ބޭނުންވަނީ އެގޮތް ކަމަށް ވާތީ. […]
އަހަންނައް ހޭލެވުނީ ގަދަނިންޖަކުންނެވެ. އަޑެއް ބަޑެއް ނީވެއެވެ. ބޮލުގައި ރިއްސަނީކީ އެވަރަކަށް ނޫނެވެ. އަހަރެން ތެދުވެ ވަށައިގެންވާ އަނދިރި މާހައުލު ބަލާ ހައިރާންކަމުގެ ތެރެއަށް ގެއްލިއްޖެއެވެ. ‘ކިހިނެތް މިތަނަށް އަހަރެން އައީ؟’ އަހަރެންގެ ހަނދާނަކަށް ހަމަ އެކައްޗެއްވެސް ނައެވެ. ބަލާ ބެލުމުން އަހަރެން ހުރީ ހަދާ އިމާރާތެއްގެ ތެރޭގަކަން ޔަގީންކުރެވުނެވެ. ‘ހާދަ ބަނޑުހައޭ!’ ހީކަރުވަނީ އެވެ. ގައިގެ ހަންގަނޑު ވަރަށް ފިންޏެވެ. ހީވަނީ ހުންއައިއްސަ ހުރި ހެންނެވެ. “މީހެކޭ؟” އަހަންނަށް ގޮވާލެވުނެވެ. ކަރުތެރޭން އަޑު އަންނަނީ ކިރިޔާ […]
ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ރެޔެކެވެ. އަހަރެން ދިޔައީ ފްރެންޑެއް ބުނެގެން އޭނަ ބަލާ ޓަރމިނަލް އަށެވެ. ރާއި އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ވެހޭހައި ވާރެއަކާ ދޭހައި އައްވަކަށް ރާއި ބުނެފިއްޔާ އަހަންނެއް ނުބަލަމެވެ. ރާއި ނަގައިގެން އަހަރެންގެ ސައިކަލުގައި ދެންދިޔައީ ކޮފީއެއް ބޯންށެވެ. އަތިރިމަތީގައި ހުރި ކޮފީ ޝޮޕަކައް އަރައި ބެލްކަނީއާ ޖެހިގެންހުރި މޭޒެއްގައި ޖައްސައިފީމެވެ. “ކޮބާ ބްރޯ؟ އިންޑިއާގެ ހުރުން ކިހިނެތް؟” އަހަރެން ރާއި އާއި ސުވާލު ކޮއްލީމެވެ. “ރަނގަޅު. ގޯހެއްނޫން. […]
އުޑުމަތި ބަނަކަމުން ހީވަނީ އުޑުގައި ކަޅު ސާލެއް އޮޅާލާފައިވާހެންނެވެ. ބޮޑެތި ވިލާގަނޑުތަކުން އުޑުމަތި ބައްދާލާ، އިރުގެ އަލިކަމުން ދުނިޔެ މަޙްރޫމްކޮށްލުމުގައި ކާމިޔާބު ހޯދާފައިވާއިރު، ގަސްތައް ވެސް ވިލާތަކާއި ބައިވެރިވެގެން ދުނިޔެއަށް އިތުރު ހަލަބޮލިކަމެއް ގެނެސްދީފައިވެއެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ބޫން އަޑުލައްވަމުންނެވެ. މިއުޒިކެއް ފަދައިން އެ ރާގު ފަޒާގައި ފެތުރެމުން ދިޔައިރު މަގުމަތީގައި ހިނގާ މީހުންނާއި އުޅަދުފަހަރުތައް ކޮޅުކޮޅު މައްޗަށް އަވަސްވެގަތީ ވާރޭގައި ނުޖެހި މަންޒިލަށް އަވަހަށް ވާސިލުވުމަށެވެ. އެ ގޭގެ ސިޓިންރޫމް ގައި ނީލާ ހުރިއިރު […]