Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދިހައެއް ( ފަނަރަވަނަ ބައި )

Ushe Level 110 Stories
August 15, 2017 6 Mins Read
6 Comments

ރިޒުވީންގެ ސުމާޓު ގަޑިން ނުކުތީ ‘ސެލޯ’ ގަލަމެއްގެ ދިގުމިންހާ އިސްކޮޅެއް ހުރި ކުރުކުރު ކުއްޖެކެވެ. އެ ކުއްޖާއާ ގާތްވެލުމަށް ފަހު، އެ ކުއްޖާގެ މޫނާ ދިމާލަށް ނަބީޙު ރަނގަޅަށް ބަލައިލިއެވެ. “އަޝްރަފު..” ނަބީޙުގެ ދެ ލޯ ބޮޑުކޮށްލެވުނެވެ.

“ލައްބަ.. އަޅުގަނޑަކީ އަޝްރަފު.. ދިހަވަނަ ރޮބޯޓް.. ރިޒުވީން އެދޭ ކަންތައްތައް ކޮށްދެމުން އައީ އަޅުގަނޑު.. ތިޔަ ސުމާޓު ގަޑީގެ ވޮއިސް ކޮމާންޑް ފަންކްޝަނެއް އޮވެގެންނެއް ނޫން.. އަޅުގަނޑުގެ ވެރިޔާ.. އަދި ރިޒުވީންގެ ބައްޕަ.. ޢުޝާމްގެ އެންމެ ފަހު އަމުރަކީ މި ގަޑި އަޅައިގެން އުޅޭ މީހެއްގެ ކޮންމެ އަމުރަކަށް ކިޔަމަންވުން.. އަދި ގަޑި އަޅައިގެން އުޅޭ މީހާއަށް ޙަޤީޤަތް އެނގުމުން ނޫނީ ގަޑިން ނުނުކުތުމަށް.. އެހެންވެގެން ގަޑީގެ ތެރޭގަ އޮވެގެން ރިޒުވީން އެދެމުން އައި ކަންތައްތައް ކޮށްދެމުން މި އައީ..” އަޝްރަފު ވާހަކަދައްކަމުން ދިޔައެވެ.

އަޝްރަފު އިނީ އެ ކޮޓަރީގައި ހުރި މޭޒުމަތީގައި ކުޑަކަކޫޖަހައިގެންނެވެ. ޝަޙާއާއި އިދުރީސް އެނދުމަތީގައި އިށީނދެލައިގެން އިނީއެވެ. ނަބީޙާއި ރިޒުވީން ހުރީ ކޮޅަށެވެ. ރިޒުވީން ކޮޅަށް ހުރި އިރު ކޮޓަރީގައި ހުރި ކުޑަދޮރުން ބޭރާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެ އެންމެން ތިބީ އަޝްރަފު ދައްކާ ވާހަކަތައް އަޑުއަހާށެވެ.

“ގަޑި އަޅައިގެން ހުންނަ މީހަކަށް އަޅުގަނޑުގެ ޙަޤީޤަތް އެނގެންވާނީ ތިންވަނަ ފަރާތެއްގެ ފަރާތުންކަމަށް އަޅުގަނޑުގެ ވެރިޔާ ބުނި.. އަޅުގަނޑުގެ ފަރާތުން އެނގިގެން ނުވާނެކަމަށް ވެސް އޭނާ ބުނި.. އެހެންވެގެން އަޅުގަނޑު ހުރިތަން ދައްކާށޭ ރިޒުވީން އެދުމުން އަނދިރި ތަނެއް ދެއްކީ.. އަމުރަށް ވެސް ކިޔަމަންވިން.. އަޅުގަނޑު ދެއްކީ ހަމަ އަޅުގަނޑު ހުރި ތަން.. މި ގަޑީގެ އެތެރެ.. އަދި އަޅުގަނޑުގެ ޙަޤީޤަތް ވެސް ފޮރުވިން.. އަޅުގަނޑުގެ ވެރިޔާގެ ފަހު އަމުރަށް ކިޔަމަންވުމުގައި އަޅުގަނޑު ދެމިހުރީ.. މިދިޔަ ތިން އަހަރު ދުވަހު އަޅުގަނޑު އޮތީ އެ ގަޑީގެ ތެރޭގައި.. އަދި މި ނުކުތީ.. އަޅުގަނޑުގެ ޙަޤީޤަތް ރިޒުވީނަށް އެހެން ގޮތަކުން އެނގުމުން..” އަޝްރަފު ކިޔައިދިނެވެ.

“ޢުޝާމް އަހަރެންގެ ގާތުގައި ބުނީ ހުރިހާ ރޮބޯޓެއް ވެސް މަރާލާނެކަމަށް.. އެއީ ރޮބޯޓުތަކުގެ ބޭނުން ޑޮކްޓަރު ހެންރީ ނުބައި ގޮތުގަ ބޭނުންކުރަން އުޅޭތީ.. ރޮބޯޓުތަކުގެ އެހީގައި ޑޮކްޓަރު ހެންރީ އުޅުނީ ދުނިޔޭގައި އޭނާގެ ރަސްކަމެއް ފަށަން.. މުޅި ދުނިޔެ އޭނާގެ މުށުތެރެއަށް ލާން.. ދުނިޔެއަށް އޭނާ ބޭނުންވާހާ ގޮތެއް ހަދާން.. މިހެންވީއިރު ޢުޝާމް އަޝްރަފު މަރާނުލީ ކީއްވެތަ.؟” އިދުރީސް އެހިއެވެ.

“ހުރިހާ ރޮބޯޓެއް ވެސް އެއްގޮތަކަށް ހުއްޓަސް އެއްގޮތެއް ނުވާނެ.. އަޅުގަނޑުގެ ވެރިޔާ މަސައްކަތްކުރަމުން ދިޔައީ ޑޮކްޓަރު ހެންރީ އެ ބޭނުންވާ ފެންވަރުގެ ފުރިހަމަ ރޮބޯޓެއް ހަދަން.. އެ ގޮތުން ފުރަތަމަ ރޮބޯޓު ވެސް ހެދީ.. ފުރަތަމަ ރޮބޯޓުގަ ހުރި އުނި ކަންކަން ރަނގަޅުކޮށްގެން ދެވަނަ ރޮބޯޓެއް ހެދީ.. ފުރަތަމަ ރޮބޯޓަށް ވުރެ މާ ރަނގަޅަށް ދެވަނަ ރޮބޯޓު ހެދީ.. އެއަށް ވުރެ ރަނގަޅަށް ތިންވަނަ ރޮބޯޓު.. އެއަށް ވުރެ ވެސް މާ ފުރިހަމައަށް ހަތަރުވަނަ ރޮބޯޓު.. އެހެންގޮސް ދިހަވަނަ ރޮބޯޓަކަށް އަޅުގަނޑު ހެދީ.. އެހެން އެއްވެސް ރޮބޯޓަކަށްވުރެ ފުރިހަމައަށް.. އެހެން ރޮބޯޓުތަކުގައި މާތްﷲގެ ދިރޭ މަޚުލޫޤުންހެން އިހުސާސްތަކެއް އެކުލެވިގެންނުވޭ.. އަޅުގަނޑަށް ކަލޭމެންހެން ކަންކަމުގެ އިހުސާސްވޭ.. ރިޒުވީން އެއްޗެހި ގޮވި ދުވަހަކު ކުއްޖަކު ރުއި އަޑު އިވުނޭނު.. އެއީ އަޅުގަނޑު ރުއި އަޑު.. ރިޒުވީން ގަޑިއާ ދިމާލަށް އެއްޗެހި ގޮވީމަ ހީވީ އަޅުގަނޑު ރަނގަޅަށް ކަންތައް ނުކޮށްދެވުނީމަ ރިޒުވީން ރުޅި އައީ ކަމަށް.. އެހެން ހީކޮށް ދެރަވެގެން ރޮވުނީ..” އަޝްރަފު ބުންޏެވެ. އެއިރު ވެސް އޭނާ ހުރީ ދެރަވެފައިކަން ވާހަކަދެއްކި ރާގުން އެނގެއެވެ.

“އަޝްރަފުގެ ކިބައިގައި ކުލުނާއި އިހުސާސް ވާތީތަ އަހަރެންގެ ބައްޕަ އަޝްރަފު މަރާނުލީ..؟” ކުޑަދޮރުން ބޭރު ބަލަން ހުރެ ރިޒުވީން އެހިއެވެ.

“އަޅުގަނޑުގެ ވެރިޔާ އައި އަޅުގަނޑު ވެސް މަރާލަން.. އެހެން ވިޔަސް އަޅުގަނޑު އެ ވަގުތު ފެށީ ރޯން.. އަޅުގަނޑު ރޯން ފެށުމުން އޭނާއަކަށް ނުކެރުން އަޅުގަނޑު މަރާލާކަށް.. ސުމާޓު ގަޑީގެ އެތެރެއަށް ވަންނާށޭ ދެން ބުނީ.. ދެން އަޅުގަނޑަށް އަމުރުކުރީ ދެންމެ މި ބުނި ގޮތަށް ކަންތައް ކުރަން.. އެއަށް ފަހު އޭނާ ރިޒުވީންގެ ބޮޑުބޭބެ ޢަލީ އަތަށް ގަޑިއާއި ލިޔުމަކާ ދީފައި ފޮނުވާލި.. އަލިބެ ލެބޯޓަރީން ނުކުތީ މުޅި އެ ތަން ރޯވެއްޖެ..” ދެން ކަންތައް ހިނގައި ދިޔަގޮތް އަޝްރަފު ކިޔައިދިނެވެ.

“ރޯވުމާއެކު ބައްޕައާއި އެހެން މީހުން މަރުވީ ދޯ.؟” ރިޒުވީން އެހިއެވެ.

“އެ މީހުން ލެބޯޓަރީގައި އަލިފާން ރޯކޮށްލީ، އަޅުގަނޑުގެ ވެރިޔާ މަރުވީ އެ ހާދިސާގައިކަމަށް ދުނިޔެއަށް ދައްކާ، އެ ކަމުގެ ފަހަތުގައި އެ މީހުން ތިބިކަން ސިއްރުކުރަން.. އެ ތަން ރޯވުމުން ބައެއް މީހުންނަށް ޒަޚަމްތަކެއް ލިބުން.. އެހެންވިޔަސް އެއިރު އެކަކު ވެސް މަރެއް ނުވޭ..” އަޝްރަފު ބުންޏެވެ.

“ދެން ބައްޕަ..” މިހެން ބުނެފައި ރިޒުވީން އަޝްރަފާ ދިމާލަށް ބަލައިލިއެވެ. އަޝްރަފު ވެސް ރިޒުވީނާ ދިމާލަށް ބަލައިލިއެވެ.

“ރޯވެގެން މަރުނުވާކަން އެނގުމުން ފަހުން އައިސް އިތުރަށް ރޯކޮށްލާ މަރާލީ..” އަޝްރަފު އޭނާގެ ދެ ލޮލުގައި ދެ އަތް އެޅިއެވެ.

“އަލިބެ އަތަށް ދިނީ ބައްޕަ އަހަރެންނަށް ލިޔުނު ސިޓީ ދޯ..؟” ރިޒުވީން އެހިއެވެ. އަދި އަޝްރަފުގެ މޫނު ރަނގަޅަށް ފެންނަވަރަށް އޭނާއާ ގާތްވެލިއެވެ. އެއަށް ފަހު އަޝްރަފުގެ ދެ އަތް ލޯ މަތިން ނެގިއެވެ.

“އެއީ ދެން ކަންތައް ކުރަންވީ ގޮތުގެ ލިޔުމެއް.. އެ ލިޔުމުގައި އަޅުގަނޑުގެ ވެރިޔާ އަލިބެއަށް ދެންނެވި ރިޒުވީން ގޮވައިގެން ކުޅުދުއްފުއްޓަށް ދިޔުމަށް.. ގަޑި ގެނެސް ސިއްރު ތަނެއްގައި ރައްކާކުރުމަށް.. އަދި ރިޒުވީންގެ ބައްޕަގެ ނަމުގައި ގަޑި ހަދިޔާ ކުރިކަމުގެ ސިޓީއެއް ލިޔެ ތައްޔާރުކުރަން.. ސިޓީގައި ގަޑި އެޅުމަށް ފަހު އެއްވެސް ގޮތަކަށް ނުނެގުމަށް ލިޔުމަށް.. ސިޓީ ރިޒުވީންގެ އަތަށް ދޭނީ ރިޒުވީނަށް 18 އަހަރުވުމުންކަމަށް ވެސް ލިޔެފައިވޭ.. އަދި ރިޒުވީނަށް 18 އަހަރުވުމުގެ ކުރިން އަލިބެއަށް ގޮތެއް ވެއްޖެނަމަ ނޫނީ މަރުވެއްޖެނަމަ އެ ވަގުތުން ރިޒުވީނަށް ސިޓީ ލިބޭގޮތް ހަމަޖައްސަން ވެސް ލިޔެފައި އޮތް.. އެހެންވެގެން އަލިބެ ދެ ސިޓީއެއް ތައްޔާރުކުރި.. އެއް ސިޓީ ދިނީ އޭނާ އެންމެ އިތުބާރުކުރާ އާދަނަށް.. އަލިބެ މަރުވުމާއެކު އާދަނު ތެދުވެރިކަމާއެކު އެނާއަށް ހަވާލުކުރި އަމާނާތް ރިޒުވީނަށް އެ ދިނީ..” ރިޒުވީން އެހި ސުވާލުގެ ޖަވާބުގައި އަޝްރަފު ކިޔައިދިނެވެ.

“ސޯފީ ދައްތައަށް މި ކަންތައްތައް އެނގޭ ތަ.؟ އަދި ޢާދިލް ސަރ އަށް އެނގޭ ތަ.؟” ރިޒުވީން އެހިއެވެ.

“ސޯފީއަށް އެއިން އެއްވެސް ކަމެއް ނޭނގޭނެ.. ޑޮކްޓަރު ޢާދިލަށް އެނގޭނީ ވެސް އަޅުގަނޑު ވީ މި ރަށުގައިކަން.. ގަޑިއެއްގެ ތެރޭގެ ވީ ކަމެއް ނޭނގޭނެ.. ޢާދިލް މި ކޮޅަށް އައިސް އުޅުނީ ވެސް ޑޮކްޓަރު ހެންރީގެ އަތުގަ އަޅުގަނޑު ޖެހުމުގެ ކުރިން އޭނާ އަޅުގަނޑު ހޯދަން.. ހެންރީމެން ހީކޮށްގެން އުޅުނީ ޢާދިލަށް އެ ކަން އެނގޭ ކަމަށް.. އެހެންވިޔަސް ޢާދިލަށް އަޅުގަނޑު ވީ ތަނެއް ނޭނގޭނެ..” އަޝްރަފު ބުންޏެވެ.

“އަޝްރަފު އެއްވެސް އެއްޗެއް ކާން ޖެހޭތަ.؟” ނަބީޙު އެހިއެވެ.

“ލައްބަ.. އަޅުގަނޑު ކައި އުޅެނީ ވެލި.. ބޮނީ ފެން.. އެއީ އަޅުގަނޑަށް ޒަރޫރީ ދެ ކާނާ.. ދެން ތިޔަ މީހުންހެން އެހެނިހެން މީރު ކާ އެއްޗެހި ވެސް ކެވޭނެ.. ރިޒުވީންގެ ސުމާޓު ގަޑީގައި އަދި އިތުރު ފަސް އަހަރުވަންދެން އަޅުގަނޑު ބޭނުންވާވަރަށް ވެއްޔާއި ފެން ރައްކާކޮށްފައި ހުންނާނެ..” އަޝްރަފު ބުންޏެވެ.

“އެއޮށް ކުޑަ ގަޑީގަ..” ހައިރާންވެ ހުރެ ނަބީޙު ބުންޏެވެ.

“ލައްބަ.. އަޅުގަނޑު ތިޔަ މީހުންނަށް ވުރެ ކުޑައޭ.. މަދު އެތި ކޮޅަކުން ވެސް ބަނޑުފުރޭ..” މިހެން ބުނެފައި އަޝްރަފު އޭނާގެ އެއް ލޯ މަރާލިއެވެ. “އަޅުގަނޑަށް ދެން ފެންނަނީ ގަޑީގެ އެތެރެއަށް ވަންނަން.. އަދިވެސް އަޅުގަނޑަށް އެންމެ ރައްކާތެރި ގޮތަކީ ގަޑީގެ އެތެރޭގައި އޮވެގެން މަސައްކަތްކުރުން.. އެހެންވިޔަސް ރިޒުވީން އެދޭ ކޮންމެ ފަހަރަކު އަޅުގަނޑު ގަޑިން ބޭރަށް ނުކުންނާނަން..” އަޝްރަފު ބުންޏެވެ.

“އަދި އެއް ސުވާލު.. އަޝްރަފުމެން މަރަން ޖެހެނީ ހަމަ އަހަރެމެން މަރާ  ގޮތަށް ތަ.؟” ރިޒުވީން އެހިއެވެ. ރިޒުވީން އެހެން އެހުމުން އަޝްރަފު އޭނާގެ މޭގަނޑު ހުޅުވައިލިއެވެ. މޭގަނޑުގެ ތެރެއިން އިންސާނުންގެ ހިތް ހުންނަ ގޮތަށް ހިތެއް އޮތެވެ.

“މި ހިތަކީ އަޅުގަނޑުގެ މަރު ވަޅު.. މި ހިތް ނެގުމާއެކު އަޅުގަނޑު މަރުވާނެ.. އެއް ފަހަރު ނެގުމަށް ފަހު ދެން ކިތަންމެ ވަރަކަށް ހިތް ލިޔަސް އަޅުގަނޑު ނުދިރޭނެ.. އަޅުގަނޑުގެ ހަށިގަނޑު ބައިބަޔަށް ކޮށައި ނެގިޔަސް އެ ބައިތަށް އަލުން ގުޅޭނެ.. އަޅުގަނޑަށް ގޯނާއެއް ދެވޭނީ މި ހިތަށް ދީގެން..” އަޝްރަފު ކިޔައިދިނެވެ. އެއަށް ފަހު މޭގަނޑު ލެއްޕިއެވެ.

“ދެން އެންމެ ރަނގަޅު..” ރިޒުވީން އޭނާގެ ސުމާޓު ގަޑި އަޝްރަފާ ދިމާލަށް ދިއްކޮށްލިއެވެ. ދެން އަޝްރަފު ސުމާޓު ގަޑީގެ އެތެރެއަށް ވަނީއެވެ.

***

ރިޒުވީނަށް ހޭލެވުނު އިރު އޭނާ ހުރީ ދާ ހިއްލާ ފޯވެފައެވެ. އެނދުން ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލައި ބޭރު ބަލައިލިއެވެ. އިރު ހުރީ އުޑުގެ މެދަށް އަރައެވެ. ހޫނުގަދަ ދުވަހެކެވެ. ދެން ރިޒުވީން ބަލައިލީ އޭނާގެ ސުމާޓު ގަޑިއަށެވެ. ގަޑިން އެކެއް ޖަހައި ބޮޑުވީއެވެ. އެހާ ލަސް ވަންދެން ރިޒުވީނަށް ނިދާފައި އޮވެވުނީއެވެ. އަވަހަށް ފާޚާނާއަށް ވަދެ، ފެންވަރާލިއެވެ. ދެން ވުޟޫކޮށްގެން ކޮޓަރީގައި މެންދުރު ނަމާދުކުރިއެވެ. ނަމާދުކޮށްގެން ސިޑިން ތިރިއަށް ފޭބިއިރު ސިޓިން ރޫމުގައި ޝަޙާ އިނެވެ. “ގުޑް މޯނިން ބާތުޑޭ ބޯއީ..” ޝަޙާ ބުންޏެވެ. “ގުޑް މޯނިން އޭ.. މިހާރު އާފްޓަނޫން ވިއްޔޭ..” ރިޒުވީން ގޮސް ޝަޙާގެ ކޮލުގައި ހިފައިލިއެވެ. “މި ރިޒުވީ ވެސް ދޯ.. ހަމަ އަހަރެންގެ ކޮލުގަ ހިފާނެ.. ކޮންމެއަކަސް.. އަހަންނަށް އެނގޭ ހަމަ ދެންމެކަން ތި ހޭލީ.. އެހެންވެ މޯނިންއޭ މި ބުނީ..” ޝަޙާ ވެސް ރިޒުވީންގެ ކޮލުގައި ހިފައިލިއެވެ. “ސޯ ބާތުޑޭ ވީމަ ވަސްއަޕް..؟” ސޯފާގައި އިށީންނަމުން ޝަޙާ އެހިއެވެ. “ޝަޙާއަށް ނޭނގޭތަ.؟ ރިޒުވީގެ އުފަންދުވަސް ފާހަގަކޮށެއް ނޫޅެމޭ.. ކުރާ ހިތެއް ވެސް ނުވޭ.. އެހެންވެ ނަބީޙު ގާތުގަ ވެސް.. ސޯފީ ދައްތަ ގާތުގަ ވެސް ބުނިން.. އެހެން ފަހަރުތައްހެން މި ފަހަރުވެސް އުފަންދުވަހަށް އެއްވެސް ކަމެއް ނުރާވައްޗޭ.. ސޯ ނަތިން..” ރިޒުވީން ވެސް ސޯފާގައި އިށީނީއެވެ. “ދެން ގުޑް.. އެއްވެސް ކަމެއް ނެތޭނު.. ސޯ ޓުނައިޓު.. އެޓް މައި ހޯމް.. ޑިނާއަކަށް.. އައި ވިލް ކުކް.. ނުބުނާތި ނޫނުކޭ.. ޔޫ ސޭވްޑް މައި ޑޭޑް’ސް ލައިފް.. އެކަމުގެ ބަދަލުގަ ދޭ ޓުރީޓެއް ގޮތުގައި ބަލައި.. ސޯ ޓުނައިޓު.. ނުވައެއް ޖަހާއިރު.. ބީ އޮން ޓައިމް..” ދަޢުވަތުދީފައި ޝަޙާ ގޮސްފިއެވެ. އުފަންދުވަސް ފާހަގަކުރާހިތް ނުވިޔަސް ރިޒުވީން އެކަމާ އެއްބަސްވިއެވެ. އެހެން ނޫނަސް ޝަޙާ ބުނާ ކަންކަމުގައި ރިޒުވީނަށް ނޫނެކޭ ބުނާކަށް ނުކެރެއެވެ.

މަޑުމަޑުން ހިނގާލައިފައި ގޮސް ރިޒުވީން ދިޔައީ ބޭކަރީއަށެވެ. އަންނަ ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި ސޯފީ އުޅުނެވެ. “ދީބަލަ އައިސް ކޮފީއެއް.؟” ކައުންޓަރު ކައިރީ މަޑުކޮށްލުމަށް ފަހު ރިޒުވީން ބުންޏެވެ. ރިޒުވީން ފެނުމުން ސޯފީ ހިނިތުންވެލިއެވެ. ރައްދުގައި ރިޒުވީން ވެސް ހިނިތުންވެލިއެވެ. ދެން ސޯފީ އެ ތަނުގައި ހުރި މެޝިނަކުން ފެންބޯތަށްޓަކަށް އައިސް ކޮފީ އެޅިއެވެ. އަޅައިފައި ރިޒުވީން އަތަށް ދިނެވެ. ރިޒުވީން ތަށީގައި ހިފިއެވެ. “ނަބީ ކޮބައި ތަ.؟” ތަށީގައި ހިފާފައި އެތި ފޮދެއް ބޯލުމަށް ފަހު ރިޒުވީން އެހިއެވެ. “އޭނާ ވީ ރެސްޓޯރެންޓުގައި..” ސޯފީ ބުންޏެވެ. ވިޔަފާރިއާ ނަބީޙު ހަވާލުވި ފަހުން ވިޔަފާރި ދަނީ ފުޅާވެ ތިޔާޤިވަމުންނެވެ. އެ ގޮތުން އިތުރު ބޭކަރީއަކާއި ރެސްޓޯރެންޓެއް ވެސް ހުޅުވައިފިއެވެ. އާ ބޭކާރީ ހިންގުމާ ހަވާލުވީ ޝަޙާގެ ފަހަރީ އަޒުމާއެވެ. އަޒޫއަކީ ވެސް ކެއްކުމަށް ޝަޢުޤުވެރިކަން ހުންނަ ކުއްޖެކެވެ. އެހެންވެ ބޭކަރީއާ އޭނާ ހަވާލުވީ ހަމަ އެކަން ކުރާ ހިތުންނެވެ. ރެސްޓޯރެންޓްގެ ކަންތައްތަކާ އުޅެނީ ޚުދު ނަބީޙެވެ. ސޯފީ އުޅެނީ ކުރިން ވެސް ހިންގަމުން އައި އަލިބެގެ ބޭކަރީގައެވެ. “ހެޕި ބާތުޑޭ.. ބޮޑު ޕާޓީއެއް ނުބޭއްވިޔަސް ނަބީޙާ އަހަންނާ މި ވިސްނަނީ ކުޑަކުޑަ ކެއުމެއް މިރޭ ކާލަން.. އުފަން ދުވަސް ކޮންމެހެން ފާހަގަކުރާކަށް ނޫން.. އެކީގައި ވަގުތުކޮޅެއް ނަމަވެސް ހޭދަކޮށްލަންވާނު..” ސޯފީ ބުންޏެވެ. “އެހެ.. އެ ޝަޙާ މާ ކުރިން ކެއުމަކަށް ދަޢުވަތު ދީފި.. ސޯ އޯކޭއޭ.. ދެން ފަހަރަކުން..” ރިޒުވީން ބުންޏެވެ. “ޕިސް ޕިސް.. އަހަރެމެން ކީމަ މިއޮއް ހުރިހާ ފަހަރަކު ބުނީ ނޫނެކޭ.. އުފަން ދުވަސް ފާހަގަކުރާ ހިތެއް ނުވެޔޭ.. ޝަޙާ އެންމެ ފަހަރަކު ޑޭޓަކަށް ދާން އެދުމުން އެއްބަސް ވެއްޖެޔޭނު..” ސޯފީ، ރިޒުވީނާ ދިމާކޮށްލިއެވެ. “ސޯފީ ދައްތަ ވެސް ދޯ.. ޑޭޓަކަށް ނޫނޭ މި ދަނީ.. ވީ އާ ޖަސްޓް ފުރެންޑްސް.. ނަތިން އެލްސް..” ރިޒުވީން ބުންޏެވެ. ރިޒުވީން މިހެން ބުންޏަސް އޭނާ ބޭނުންވަނީ އެއަށްވުރެ ބޮޑަށް ޝަޙާއާ ގާތްވާށެވެ. ރަހުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއް އުފައްދާށެވެ. ލޯބީގެ ގުޅުމެއް ފަށާށެވެ. ޝަޙާ އޭނާގެ ‘ގާލް ފުރެންޑް’ އަށް ހަދާށެވެ. “އެންމެ ރަނގަޅޭ..” ސޯފީ ބުންޏެވެ.

ގަޑިން ނުވައެއް ޖެހުމާއެކު ރިޒުވީން ހުރީ ޝަޙާމެން އުޅޭ ‘ރޯ ހައުސް’ ގެ ދޮރުކުރިމަތީގައެވެ. ލައިގެން ހުރީ ޝަޙާ އެދުނު ގޮތަށް ގުރާފެހިކުލައިގެ އަތް ދިގު ގަމީހެކެވެ. އަދި ގަދަފެހިކުލައިގެ ޓައިއެއް އަޅައިގެންނެވެ. ތިރިން ލައިގެން ހުރީ ކަޅުކުލައިގެ ސުކިނީއެކެވެ. އެއް އަތުން ޝަޙާއަށް ގެނެސްދިން ފިނިފެންމަލުގެ މާ ބޮނޑި ހިފައިގެންނެވެ. އެހެން ހުރެފައި އަނެއް އަތުން ދޮރު ކައިރީގައި ހުރި ރަނގަބީލު ސުވިޗަށް ފިއްތާލިއެވެ. ރަނގަބީލުގެ އަޑު ގޮވި ނަމަވެސް އެކަކު ވެސް ދޮރެއް ނުހުޅުވިއެވެ. އަނެއްކާ ވެސް ސުވިޗަށް ފިއްތާލިއެވެ. މި ފަހަރު ވެސް އެއްވެސް މީހަކު ދޮރެއް ނުހުޅުވައެވެ. “އައްސަލާމް ޢަލައިކުމް” މީހެއްގެ ޚަބަރެއް ދެން ވެސް ނުވިއެވެ. ދޮރުގެ ތަޅުގައި ރިޒުވީން ހިފިއެވެ. ދޮރު ހުރީ ތަޅުނުލައެވެ. ރިޒުވީން މަޑުމަޑުން ދޮރު ހުޅުވައިލިއެވެ. ދޮރު ހުޅުވާލުމާއެކު ހަތަރެސްކަނަށް ކަފައިފައި ހުރި، ފެހިކުލައިގެ ކަރުދާސްތަކެއް ރިޒުވީންގެ ބޮލަށް އެޅުނެވެ. “ސަޕްރައިސް..” ނަބީޙާއި ޝަޙާއާ ވެގެން ‘ސަޕްރައިސް ބާތުޑޭ ޕާޓީ’ އެއް ރޭވީއެވެ. ޕާޓީގައި ދެން ތިބީ ޝަޙާގެ، ބައްޕަ އިދުރީހާއި މަންމަ ޝަރީފާއެވެ. ޝަޙާގެ، ބޭބެ ޝާއިނާއި ފަހަރީ އަޒުމާއެވެ. ނަބީޙުގެ، ބޭބެ ނަޝީދާއި ފަހަރީ އަޝްފާއާއި އެ ދެމަފިރިންގެ ފަސް އަހަރުގެ ކުޑަ ދަރިފުޅު ނައުޝާދެވެ. ދެން ސޯފީއެވެ. “ހެޕީ ބާތުޑޭ.. ހެޕި ބާތުޑޭ ޓު ޔޫ ރިޒުވީ..” އެންމެން އެކުގައި އަތްޖަހަމުން އެ ލަވަ ކިޔަން ފެށިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushe

Level 110 Stories

Other Articles

Previous

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -3

Next

ޒިޔާ …(5)

Next
August 15, 2017

ޒިޔާ …(5)

Previews
August 15, 2017

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ -3

6 Comments!

  1. Maroon says:
    August 15, 2017 at 5:33 pm

    mi first

  2. Lu says:
    August 15, 2017 at 7:39 pm

    Vv nice…when next part?

  3. Kamana says:
    August 15, 2017 at 7:48 pm

    Vvvv salhi…

  4. ROMAN REGINS says:
    August 15, 2017 at 7:53 pm

    Wow nice

  5. Leo3910 says:
    August 16, 2017 at 4:10 pm

    v nice…next part up kurany kon irakun

  6. Never mind says:
    August 17, 2017 at 1:40 am

    Mi big hero six tha…??

Comments are closed.

Next Episodeދިހައެއް ( ސޯޅަވަނަ ބައި )←


All Right Reserved!