ސިހިފައި ބަލާލި މަލީހްއާއި ނަވާރުުއާދިމާއަށް ބަލަހައްޓައިގެން ތިބެ ހެމުންދިޔަ ޔާމިން އާއި އަރަޝްފެނުމުން މަލީހް އާއި ނަވާރުވެސް ދުރުވެލީ ތިބެވުންގޮތް ހަނދާންވުމުން ނެވެ. އޭރުވެސް ބަނޑުގައި އަތްއަޅައިގެ ޔާމިން އާއި އަރަޝް ހަމަހެނީއެވެ. ” ދެންއަޅެ ތިޔޯ.. ” ފާޑަކަށް ލަދުގަތްނަމަވެސް މަލީހް އެހެންއަހާލީ އެކަން ނޭންގުމަށެވެ. “އެކަމަކުވާ ދޯ މިތިބަ ލަވްބަރޑެއް.. ތިދެމީހުން ކިތަންމެސިއްރުން އުޅުނަސް މިހާރު ދެން އަހަރުމެންނަަށްވެސް ތީ ހަމަ ރޯމިއޯ އެންޑް ޖޫލިއެޓްކަން އިނގޭ.. ” ހެމުން ހެމުން އައިސް ޔާމިން […]
ހާމަ ކުރީމާ ލޯބި މަވާކަން (ޓްރެއިލަރ) އަހަރެން ލައި އާއި ދުރުވީ ލައިދެކެ ލޯބިނުވާތީއެއްނޫން. އަހަރެން ލައިއާއި ދުރުވަން މަޖުބޫރުވީ.އަހަރެންނަށް މަޖުބޫރުކުރީ އަހަރެންގެ އަމިއްލަ އެދުންތައް. އަހަރެންނަށް މިވަގުތު މުހިއްމީ ލޯތްބެއްނޫން. ލައިއައްޓަކައި މިހިތުގައި އަބަދުވެސް ހާއްސަ މަޤާމެއްވާނެ. އިރާދަކުރެއްވިއްޔާ އަދި މިހަޔާތުންވެސް ލައިއައް ލައިގެ ހައްގު މަޤާމު އަހަރެން ދޭނަން. އަހަރެން ލައި ކައިރިއަށް އެނބުރި ދާނަން. ލައިއާއި ގުޅެން ބޭނުންވާވަރު ހާމަކޮއްދޭނަން. އަހަރެން ލޯބިވާވަރު ހާމަކޮއްދޭނަން. ލައި އަހަރެންނަށް ނަފްރަތުނުކުރާނެނަމަ. *********** ނަފްރަތު..އަހަރެން އިބާންއަށް […]
ނަމަވެސް އެވަގުތު އަރަޝް އައިސްވަނުމުން މަލީހް ފުރަތަމަ ބޭނުންވީ އަރަޝްއަށް ނަވާރު ތައާރަފް ކޮށްދޭށެވެ. ހީކުރިގޮތާ ހިލާފަށް އަރަޝްއަކީވެސް ވަރަށް ފްރެންޑްލީ މީހަކަށް ވުމުން ނަވާރު އަރަޝް ބަލައިގަތީ އުފަލާއެކުގައެވެ. ” ހެއިމާހް ތިޔެއްނޫނޭ.. އެބަޖެހޭ ބޭރަށް ނިކުމެލަން.. މިއުޅެނީ..” އެހެންކިޔާ ފުރިހަމަ ކޮށްނުލާހުރެ މޫނަށް ވައްތަރުތަކެއް ޖައްސަމުން މަލީހްމޫނަށް އަރަޝްބަލާލީ ފޮނުވާދޭށޭ ބުނާފަދަގޮތަކަށެވެ. އެއާއެކު މަލީހް ބުމައަރުވާލީ ކީއްވީތޯ އަހާލާ ފަދައަކުންނެވެ. ދެން އެންމެ ފަހުން ކެތްނުވުމުން އަރަޝް އޭނަ އެންމެލޯބިވާ ކުއްޖާ ޔޫކޭގައި ހުރެފައި […]
އާދުވަހަކަށް އިރު އަރައިގެން އައިރު މަލީހް ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ބައްދަލުކުރަން މިއުޅެވެނީ ކާކުއާކަމެއް ނޭންގޭތީ މަލީހްޖެހިލުންވެސް ވެއެވެ. އެހެން ނަމަވެސް އެއިންކަމެއް އޭނަގެ ބައްޕައަށް ނާންގާ ދެބަފައިން އެކީގައި އޮފީހަށްދާން ނިކުތީ އެހެންދުވަސް ތަކެކޭވެސް އެއްފަައިން ސައިބޮއެހަދައިގެންނެވެ. މަލީހް ނިކުމެ ޑްރައިވަރަށް ބައްޕަ އަންނަކަން އަންގާލުމުން މުސްތޮފާގެ ކާރު އައިސް ގޭގެ ޕޯޓިކޯތެރެއަށް ވަނެވެ. މަލީހް އޭނަގެ ބައްޕަ ކާރަށް އަރުވާދިނުމަށްފަހު އޮފީހަށް ދާން އެކާރު ނައްޓާލުމުން އޭނަގެ ކާރުގައި ހޮސްޕިޓަލާދިމާއަށް އަވަހަށް ދުއްވާލިއެެވެ. މުސްތޮފާއަށް […]
ޒިމްޔާ ހެނދުނު ފިހާރައަކަށް ދަނިކޮއް މީކާއީލް ފެނުނެވެ. ނަމަވެސް އަޅާވެސް ނުލާ ސައިކަލަށް އަރައިގެން ދިޔުމުން ޒިމްޔާގެ ހިތް ހަލާކުވާވަރުވިއެވެ. ނަމަވެސް އެކަމާ ވިސްނާ ހިތާމަ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފިހާރައިން ނިކުމެވެސް އެކަމާ ވިސްނަމުން ދަނިކޮއް އޭނަ ކޮލުގައި އަޅައިގަތީ ދުރުގައި ބޮޑު ކަޅު ހެދުމެއް ލައިގެން ހުރި ކުއްޖެކެވެ. ކިތަންމެ ދޫ ހެދުމެއް ލައިފައި ހުއްޓަސް ބޮޑު ބަނޑެއް ހުރުމުން މާބަނޑޫ ކުއްޖެއްކަން އިނގުނެވެ. މީހާ ހުރީ ހިވެގެންގޮސް ސިފަގެއްލޭވަރުވެފައެވެ. ހަމަ އެކަނި […]
” އީވާ މީ ބިރުނުގަންނާތި އިނގޭ”… އަރީޝް އީވާއާ ހަތަރު ކަޅި ހަމަކޮށްލަމުން ބުންޏެވެ. .. ” އަމް .. މީ އޯކޭ”.. ” އަހަރެން ކޮށްލާނަން ދެތިން ސުވާލު އީވާ ވާނެ ތެދަށް ޖަވާބުދޭން އިނގޭ…….. ސޯ ދަ ފަސްޓް ކުއެޝަން އިޒް އީވާ އަހަރެމެން ދިޔައީމެންނު ދަރު ހޮވަން ކައްކަން ދޯ …. އެ ވަގުތު އީވާ ދިޔައިންތަ ޖަންގައްޔަށް؟. އަރީޝް ވަރަށް ޖެހިލުންވެ ހުރެ އަހައިލިއެވެ..” ނޫން ކިހިނެއްވީ…. އޭރު ތި މީހުން ދިޔައިރު […]
“މާހް ވަރަށް ހަމަޖެހިގެން އެކަންވާނީ.. އެހެންވީމަ މާދަމާ އަހަންނާއެކު ފުރަތަމަ ގޮސް ވާނުވާ ބަލާލާނީދޯ.. ” މަލީހް ގެ އަޒުމަކަށް އެއްވެސް ބަދަލެއްނާނަކަން ބުނުމުން ޔާމިން އޭނައަށް ފެންނަގޮތް ހާމަކޮށްލިއެވެ. “އަހަންނަށްވެސް ފެންނަނީތިގޮތް.. ” މަލީހްވެސް ޔާމިންގެ ވާހަކައަށް ތާއީދުކޮށް ކުޑަވަގުތުކޮޅަކު ވާހަކަދައްކާލާފައި ނިދަންދިޔައީ މާދަމާ އަވަހަށް ހޭލަންޖެހޭތީއެވެ. މަލީހްއަށް ހޭލެވުނީ ޔާމިންގޮވާއަޑަށެވެ. އޭރު އެހިސާބުގަ ހުންނަ މިސްކިތަކުން ފަތިހުގެ ބަންގި ގޮވާއަޑުއިވެއެވެ. “މިތެދުވީ.. ” މަލީހް ތެދުވެޔާމިންއަށް ޖަވާބުދިނުމަށްފަހު އަވަސްވެގަތީ ނަމާދުކުރަން ތައްޔާރުވާށެވެ. މިސްކިތަށް ދާން […]
މީކާއީލްއަށް ހުރެވުނީ އެހުރިތާ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ދެފައިން ވާގި ދޫވާން އުޅޭހެން ހީވުމުން ފާރުގައި ލެނގިލިއެވެ. ޒިމްޔާ އޭނަ ދޫކޮއްދިޔަ ދުވަހުވެސް މިހެން ދެރައެއް ނުވެއެވެ. ނަމަވެސް ޒިމްޔާ މިއަދު އެދިޔައީ އޭނާ އެހާގޯސް މީހަކަށް ހަދާފައެވެ. އޭރު މީކާއީލްއަށް ހަމަ ރަގަޅައްވެސް ރޮވިއްޖެއެވެ. އޭނާ އެއްވެސް އިރަކު ޒިމްޔާގެ ފަރާތުން ބޭނުމެއް ހޯދާކަށް ނޫޅެއެވެ. މީކާއީލް އެތާ އިނދެ ރޮމުން ދިޔައެވެ. ފެންނަ މީހެއްވެސް ހިތުގަ ޖެހޭނެކަން ޔަގީނެވެ. ބޮޑު ފިރިހެން ކުއްޖެއް […]
ގޭތެރޭގައިވާ ހުރިހާމީހުނަށްވެސް ޖުމާއަށް ބަލަންތިބެވުނީއެވެ. ކިޔާނެ އެއްޗެއް ބުނާނެ އެއްޗެއްނޭންގިފައިވާ ފަދައެވެ. ކުލިއަކަށް ނިމާލްގެ ފޯނަށް މެސެޖްއެއް އައިކަމުގެ އެލަރޓް އައުމުން ގޭތެރޭގައިވާ ހަމަހިމޭންކަން ގެއްލިގެންދިޔައެވެ. ނުތަނަވަސް ވެފައިވާ ހިތަކުން ނިމާލް އެމެސެޖް ހުޅުވާލީ ނުދަންނަ ނަންބަރަކުން އައިމެސެޖް އަކަށްވުމުންނެވެ. ނަމަވެސް ހީކުރެވުނުގޮތާ ހިލާފަށް އެއީ ވިޔަފާރިއާ ގުޅުން ހުރި މެސެޖެއެކެވެ. ނަވާރުއަށް ކެތްވީ އެހާހިސާބަށެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތަށް އެއްވެސް އިއުތިރާޒަކާއިނުލައި ކޯތާފަތް މައްޗަށް ފައިބައިގެންގޮސް ތުންފަތުގައި ބޮސްދީފައި ދާންފެށިއެވެ. ހަފީޒާކައިރީ ފާހާނާއަށޭބުނެ ދޮގުހެދުމަށްފަހު ނަވާރު […]