ވާހަކައިގެ ކުރީގެ ޕާޓް ގަ ކުޑަ މިސްޓޭކްއެއް އިންނާނެ. އާލާގެ ދަރިފުޅެއް ނޫން މިޒްނާގެ ދަރިފުޅު ޒިވީ އެއީ. …….. “މަށައް ފެންނަނީ ޔަޒްނާ ކައިވެނި ނިމުނީމަ ތިކަމާ އުޅެން އެހެންޏާ މަސްލަހަތު ގޯސްވެދާނެ. އެކަމް މީކް ބަލާ ކޮންމެސް ގޮތަކުން ޒިމްޔާއަށް ގުޅޭތޯ. ކޮންމެ ގޮތެއް ވިޔސް ޔަޒޫ ވެޑިންގަ ދިމާވާނެ. ބާކީ އިނީ އެންމެ ހަތަރު ދުވަސް” މިހެން ބުނުމުން މީކާއީލް ސިކުނޑީގައި މޮޅު ރޭމުނެއް ރާވާލިއެވެ. ………………………………………………. ޒައިދާން ދިޔުމުން މީކާއީލް އޮފީހަށް ނުގޮސް […]
މީކާއީލްވެސް ހިނިތުންވެލައިގެން ހުއްޓަސް އޭނާ ޒިމްޔާ މަތިން ހަނދާން ނުކުރާ ދުވަހެއް ނުދެއެވެ. އެ ހިތް އެދި ގޮވަނީ ހަމައެކަނި ޒިމްޔާއަށެވެ. ނަމަވެސް ޒިމްޔާ މިއަދުވަނީ އޭނައާއި މާދުރައް ގޮއްސައެވެ. މިހާރު ޒިމްޔާ އޭނައަށް ނަފްރަތްވެސް ކުރާނެ ކަންނޭނގެއެވެ. ނޫނީ އެހެން މީހަކާއެކީ އުޅޭނެ ކަންނޭގެއެވެ. މީކާއީލްއަށް އިނގިހުރެ ޒިމްޔާ އެހެން މީހެއްގެ ހައްގަކަށްވިޔަކަ ނުދޭނެއެވެ. ……………………. ތިން އަހަރު ފަސް…………………………….. ……………………………………… ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ކިޔާންއާއި ޒައިދާން އާއި ޔަޒްނާ އިންތިޒާރުކުރަމުން ދިޔަނީ […]
“ކަލެއައް ނުނިކުމެވެންޔާ މަވެސް ނެރެދީފާނަމޭ” މިހެން ކިޔާ ފައިހާ އަތުގަ ހިފާ ދަމާފަ ކަހަލަ ގޮތަކައް ގޮސް ގޭޓުން ބޭރައް ހޫރާލިއެވެ. …………………………………………………………… “ކިހާ ދެރަ ކަމެއް މީކާއީލް. ޒިމްޔާ ކޯޗެއް އޮވެގެން ޒިމްޔާ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ. ޒިމްޔާއަށް ވުރެ މަ މާ ރީތި ވާނެ. އޭނަ އެ އައީ އިހައް ދުވަހަކު ކީއްވެތަ މީކާއީލް މަށައް ހިތް ނުކިޔަނީ. މަ ނުކުރަނީ ކޮން ކަމެއް މީކާއީލް ހޯދަން. އެހުރިހާ ކަމެއްވެސް ކުރީ ހަމަ […]
ފަހަތުގައި ހުރިއާލިމާ އަށް ބަލާލުމަށްފަހު ރަޝީދު ދޮރުހުޅުވާލިއިރު ޝަބީންހުރީ ފުޅާހިނިތުންވުމެއް ގައި ސާދިޔާގެ އަތުގައި ހިފައިގެންނެވެ. ފަހަތުގައި ހުރިޖާވިދު އިސްޖަހާލައިގެން ހުރީ ހިތްތެޅޭލެއްބާރުކަމުން އިސްއުފުލާލަންވެސް ނުކެރިގެންނެވެ. “އަވަހަށް ވަދޭއެތެރެއަށް.. ” ރަޝީދު ތަންދެއްކުމާއެކު ޝަބީން އާއި ސާދިޔާ އެތެރެއަށް ވަދެގެންދިޔައިރު ޖާވިދު ހުރީ ދެލޯބޮޑުވެފައި އާލިމާއަށް ބަލަން ނެގިފިޔަވަޅުމަތީގައި މުޑިއަރާފައެވެ. އާލިމާއަށްވެސްވީ ހަމަ އެހާވަރެވެ. ޖާވިދުގެ މޫނުފެނުމާއެކު އަނގަމަތީގައި އަތްއަޅާލައިގެންހުރިއިރު ދެލޮލުން ލަހެއްފަހެއްނެތި ކަރުނަފާއްދާލައިފިއެވެ. ފަހަތް ބަލާލި ސާދިޔާ އަށް ވީގޮތް އެނގުމާއެކު އަވަހަށްގޮސް ޖާވިދުގެ އަތުގައިހިފާ […]
“އަހަ.. ބައްޕާ ކިހިނެއްތޯ ތިހެއްދެވީ.. ” ޝިވަން މިހެންބުނުމާއެކު ނަވާރުއާއި ޖުމްނާ އަށް ދެލޯބޮޑުކޮށްލާފަ ބަލާލެވުނީ އެކީގައެވެ. ބުނެވުނުއެއްޗެއް ޝިވަންއަށް ރޭކާލީއެހިސާބުންނެވެ. އޭރު ނިމާލް ހަމަޖެހިލާފައި ގޮނޑި އެއްފަރާތްކޮށްލާފައި އައިސް ސޯފާގައި އިށީންނަނީއެވެ. ” މީހަކުއެބަހުރި މަގޭ ބެސްޓީދެކެ ލޯބިފަށެއްވެފަ.. އަދިމިއުޅެނީ ކައިވެނީގެ ރަނާހަމަޔަށް ނުދެވި މިހާރާލައިގެން ބައްޕަކިޔައިފި.. ” ޝިވަން އިންގޮތްފެނިފައި ނަވާރު އިތުރަށް ޝިވަން ރަކިކޮށްލިއެވެ. އެވަގުތު ނިމާލްވެސް ޝިވަންއަަށް ބަލާލާފައިވެސް ހިނިގަނޑު ހިނދާލީ ޝިވަން ދެރަވެދާނެތީއެވެ. “އާލިމާ.. ” ޖާވިދުއަށް އެނަންކިޔާލެވުނެވެ. “ޖާވިދު […]
ޖާވިދު.. އާލިމާ އަށް ހިތާހިތުން ކިޔާލެވުނެވެ. އަދި ޝަބީންއަށް ބަލާލީ ޖާވިދުއާއި ވައްތަރުތޯ ބަލާލުމަށެވެ. ނަމަވެސް އެވަގުތު ޝަބީން އަށް ފޯންއެއްއައުމުން އެއްފަރާތްވެލީ ބައްޕަ ގުޅަނީ ކަމަށް ބުނެއެވެ. ކޮންމެއަަކަސް އެނަން އިވުމާއެކު އާލިމާއަށް އިތުރަށް އެކަތިކޮޅުވެސް އެތެރެކޮށްނުލެވުނެވެ. އޭރު ނަވާރު އާއި ޝިވަންގެ އިތުރުން ޖުމްނާ ޓެރަހުގަހުރި އުނދޯލިގޭގައި ސައިބޮއި ނިންމާލާފައި ގޮސް ވާހަކަދައްކަން ތިއްބެވެ. ހަމަ އެގޮތަށް މަލީހް އާއި ޖުމާނާވެސް މާގަސްތަށްކައިރީގައި އޮލަވާހަކައެއްގައި ތިބުމުން ބޮޑެތިމީހުން އެމީހުންގެ އަމިއްލަ ވާހަކައަށް އެނބުރުނެވެ. “އަޅުގަނޑު […]
ޒިމްޔާ ގެއައް ގޮސްވެސް ވިސްނެނީ ފައިހާ ދެއްކި ވާހަކަ އާއި ދޭތެރޭއެވެ. އޭނާ ދެކެ ހަމަ މީކާއީލް އެހާ ރުޅި އާދޭ ހެއްޔެވެ.؟ ނަމަވެސް ޒިމްޔާ ދެވަނަ ސިކުންތު ވިސްނީ ފައިހާގެ ގޮތް އިނގި އެހެދީ ދޮގެއް ކަމަށެވެ. ޒިމްޔާގެ ޅަ ސިކުނޑިއައް އަދިވެސް ނުވިސްނެނީ އެ ހުރިހާ ކަމެއް ކޮއްގެން އެހުރީ ފައިހާ ކަމެވެ. …………………………………………………… ދުވަސްތައް ފާއިތުވަމުން ގޮސް ޒިމްޔާ ފުރާ ދުވަސް ޖެހިއްޖެއެވެ. ޒިމްޔާ ކޮލެޖް ކަންތައް ހަމަ ޖެހި ޒިމްޔާ އެތަނައް […]
ހިތަށް އަރައޭ ދުނިޔެއަށް އުފަންވީ ކޮންކަމަކަށް ބާއޭ. އަހަރުމެން ދުނިޔެއަށް ހެޔޮއަމަލާއި ނުބައިއަމަލު ދެނެގަންނަންށެވެ. އަދި އަހަރުމެންގެ ރަސްކަލާނގެ މާތްﷲ އީ އަހަރުމެންގެ ކަލާނގެ ކަމަށާއި އަދި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް ނުވާކަމަށް ހެކިވުމަށެވެ. އާދެ! އަޅުގަނޑު މިދަންނަވަނީ އިސްލާމްދީންގެ ވާހަކަ. އަހަރުމެންގެ ކާބަފައިން އުޅުނު ދުވަހާއި އަހަރުމެން މިހާރު އުޅޭ ގޮތުގަ ވާހަކަ. ދުނިޔޭގަ ވާކަންތައްތަކުގެ ވާހަކަ. އަހަރުމެން އުފަންވެގެން ބޮޑުވެގެން ދާއިރު ތިޔަބައިމީހުންނަށް އުޅެވޭގޮތް އިނގޭހެއްޔެވެ. ބައެއްމީހުން ކިތަންމެ ރަނގަޅަސް އަމިއްލަ […]
“މީހަކީތީއޭ މަގޭ ހުރިހާ މިދުނިޔޭން ގައިމޭ، އެކަނިވެރި މިހަޔާތް މިހެން ވޭތު މިތާ ކުރެވޭހޭ.” މިކަޑި ޒިމްޔާގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ވޭންތަކުން ދިން ހިތި މާޒީ މި ލަވަ ވަނީ ހުރިހާ ގޮތަކުންވެސް އޭނާގެ ހަޔާތާއި ގުޅިފައެވެ. ……………………………………………………. ތިން މަސް ފާއިތުވެގެން ދިޔައިރުވެސް މީކާއީލްއަށް ވަނީ ޒިމްޔާ އެހެން ހެދި ސަބަބެއް ނުވިސްނިފައެވެ. ނަމަވެސް މިހާރު ކޮންމެސް ވަރަށް މީކާއީލް ވަނީ އެދިރިއުޅުމަށް ހޭނިފައެވެ. މީކާއީލް އަކީ ކުރީގެ މީކާއީލްއެއް ނޫނެވެ. މިހާރު […]