Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ސިއްރު ސިއްރުން ހިތޭ… (15)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
November 29, 2017 5 Mins Read
23 Comments

ގޭތެރޭގައިވާ ހުރިހާމީހުނަށްވެސް ޖުމާއަށް ބަލަންތިބެވުނީއެވެ. ކިޔާނެ އެއްޗެއް ބުނާނެ އެއްޗެއްނޭންގިފައިވާ ފަދައެވެ.

ކުލިއަކަށް ނިމާލްގެ ފޯނަށް މެސެޖްއެއް އައިކަމުގެ އެލަރޓް އައުމުން ގޭތެރޭގައިވާ ހަމަހިމޭންކަން ގެއްލިގެންދިޔައެވެ. ނުތަނަވަސް ވެފައިވާ ހިތަކުން ނިމާލް އެމެސެޖް ހުޅުވާލީ ނުދަންނަ ނަންބަރަކުން އައިމެސެޖް އަކަށްވުމުންނެވެ. ނަމަވެސް ހީކުރެވުނުގޮތާ ހިލާފަށް އެއީ ވިޔަފާރިއާ ގުޅުން ހުރި މެސެޖެއެކެވެ.

ނަވާރުއަށް ކެތްވީ އެހާހިސާބަށެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތަށް އެއްވެސް އިއުތިރާޒަކާއިނުލައި ކޯތާފަތް މައްޗަށް ފައިބައިގެންގޮސް ތުންފަތުގައި ބޮސްދީފައި ދާންފެށިއެވެ. ހަފީޒާކައިރީ ފާހާނާއަށޭބުނެ ދޮގުހެދުމަށްފަހު ނަވާރު އަވަސްވެގަތީ ކޮޓަރިއަށް ދިއުމަށެވެ. އެތާންގައި އިތުރަށް ހުންނަން ވެއްޖެނަމަ ފަޟީހަތްވާނީ އޭނާގެ ނިކަމެތިހިތެވެ. ކޮޓަރިއަށް ވަދެ ދޮލައްޕާ ތަޅުލުމާއެކު ބަޑިފަޅައިގެންދިޔަ ނަވާރު އޭނާގެ އެނދުމައްޗަށް ބަންޑުން ޖެހިގަނެވިނީ އެއަޑު ބޭރަށް އިވިދާނެތީ އެވެ. މިހާރު އެހިތުގައި އަޅާވޭން އެއްވެސް މީހަކަށް އިހްސާސްނުވާނެއެެެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔަ ނަވާރު ހިތުގައި މަލީހްއާދޭތެރޭ އެތަކެއް ޝަކުވާއެއްވިއެވެ. “ކީއްވެތަ މާހް.. ކީއްވެތަ ތިހެންތިހަދަނީ.. ތިހިތުގަ ނަވާއަށް ހަމަ އެއްވެސް ޖާގައެއްނެތީތަ.. މީގެކުރިން ދެރަވީ އަބަދު ޖުމާ އާއެކުގަ އުޅޭތީ.. އެކަމަކު މިހާރު އެކަންވެސް ހައްލުވީ.. މިހިތަށް ކިރިޔާލިޔެއްލިބުނީ. އެކަމަކު މިއަދު މާހްތިދިޔައީ ކޮންތާކަށް ކީއްވެތަ ނުބުނެތިދިޔައީ.. ދެންވެސް އަވަހަށް އާދެބަލަ.. ނަވާ މޮޔަދާނެ.. ” ހިތުގައިވީ ހިރިހާ ޝަކުވާއަކާއެކު ރޮމުންދިޔަ ނަވާރުއަށް ވަރުބަލިވެގެން ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ.

ނިމާލްއަށް އިތުރަށް ކެތްނުވުމުން ދެފަހަރަށް މަލީހްގެ ނަންބަރަށް އަނެއްކާވެސް ޑައެލްކޮށްލުމަށްފަހު ގެއަށްދާ ވާހަކަބުނެފައި ނިކުތީ އަވަސްވެފައިވާ ހިތަކާއެކުގައެވެ. އެވަގުތު ޖުމާއާއި ޝަބީންގެ އިތުރުން ޖުމްނާއާއި ޝިވަންވެސް ނިމާލްގެ ފަހަތުން ނިކުތީ ގޭތެރޭގައި ތިބިމީހުނަށް ހަބަރުވާނެކަމަށް ބުނެފައެވެ. ޖުމާއާއި ޖުމްނާ ނިމާލް އާއިއެކުގައި ކާރުގައި ދިޔައިރު ޝިވަންއާއިއެކު ސައިކަލްގައި ޝަބީންދިޔައެވެ.

އެކުއެކީގައި ގެއަށް އައިސްވަތް ފަސްމީހުނަށް ގެއިން މަރުހަބާކީ މަރުފަދަ ހިމޭންކަމެވެ. ނަމަވެސް މަލީހްގެ ކޮޓަރި ދިއްލާފައި ހުރިކަން ފެންލައިޓް ހުޅުވާފައި ހުރުމުން އެޅިފައިވާ ހިޔަނިން އެގެއެވެ. އެންމެ ވަގުތުކޮޅެއްވެސް ބޭކާރުކޮށްނުލާ ނިމާލްއާއި އެކު ދެންތިބިމީހުންވެސް އެކޮޓަރިއާއި ދިމާއަށް ހިނގައިގަތީ ތެޅިތެޅިއޮތް ހިތަކާއެކުގައެވެ ކޮންމެމީހަކުވެސް ހިތުގެ އަޑިންއެދެމުންދިޔައީ މަލީހްކޮޓަރީގައި ވުމަށެވެ. ތަޅުގައި ނިމާލް ހިފާލުމާއެކު ދޮރު ހުޅުވިގެންދިޔައީ އެދޮރު ތަޅުނުލައި ހުރުމުންނެވެ. ކޮޓަރީގައި މަލީހްގެ އެއްވެސް އަސަރެއްނެތެވެ. ފާހާނާވެސް ބެލުމަށްފަހު ނިކުންނަށް ދިޔަ ޖުމާއަށް ހުއްޓިލެވުނީ ޑްރެސިންގް ޓޭބަލްމަތީގައި އޮތް ސައިކަލް ތަޅުދަނޑި ފެނުމުން ނެވެ. އެވަގުތު އެދިމާއަށް ޝަބީންއަށްވެސް އެފެނުމުން ގޮސް ނެގުމާއެކު ތަޅުދަނޑިދަށުގައި “ބޭބެއަށް” ޖަހާ ފަތްޖަހާފައިވާ ކަރުދާސް ގަނޑެއްފެނުނެވެ. ނިމާލްއަތަށް އެދިނުމާއެކު ވިންދުއަވަސްވެފައިވާ ހާލުގައި އޭގައި ހިފިއިރު އަތުގައިވެސް ވަނީ މަޑުތުރުތުރެއް އުފެދިފައެވެ. މަޑުމަޑުން އެކަރުދާސްގަނޑު ނިއުޅާލިއިރު ދެފަރާތުގައި ދެންތިބިމީހުންވެސް އޭގައިވާ އެއްޗެއް ބެލުމުގެ ޝައުގުވެރިކަމާ އެކުގައި ތިއްބެވެ.

މަލީހްގެ ސިޓީ…
**************
ލޯބިވާ ބޭބެއަށް …

އެންމެ ކުޑަދުވަހުންސުރެ ބައްޕައެއްގޮތަށް އުޅެމުން އައި ބޭބެދޫކޮށް މިގޮތަށް ދާންޖެހުމުން ވަރަށް ދެރަވޭ.. އެކަމަކު ބޭބެއަށް މިސިޓީ ލިބޭއިރު އަޅުގަނޑު ހުންނާނީ ބޭބެއާ ވަރަށްދުރުގަ.. މާފްކުރޭ އަޅުގަނޑަށް.. މިއަދު މިގޮތަށް ދާންމިޖެހުނީ.. މަންމަގެ ވަރަށްބޮޑު އެދުމެއް ފުއްދުމަށް .. އަޅުގަނޑު ހަނދާންވާން ފެށީއްސުރެ މަންމަ އަބަދުވެސްބުނޭ **ކޮންމެވެސް ދުވަހަކުން ބައްޕައަަށް ދަރިފުޅުތީ އެބައްޕަގެ ދަރިއެއްކަން އަންގަންވާނޭ.** މިހުރިހާ ދުވަހު އަޅުގަނޑު ހީކޮށްގެންހުރީ އަޅުގަނޑު މަންމައެކޭ އެއްފަދައިން ބައްޕަވެސް މިހާރު މިދުނެޔެއާ އަލްވަދާއު ކީކަމަށް.. އެކަމަކު ޖާވިދުބެ އެދެއްކި ވާހަކައިން އަޅުގަނޑަށް އިނގިއްޖެ ބައްޕަ އެބައުޅޭކަން ކޮންމެވެސް ތަނަކު.. އަޅުގަނޑު މިހުރިހާ ދުވަހު ބެލި ބެލުމުން މާލޭގަ ހުރި ބައްޕަގެ ގެވެސްވަނީ ގެސްޓްހައުސް ވިޔަފާރިއަށް ދިގުމުއްދަތަކަށް ދޫކޮށްފަ.. ބައްޕަގެ މުޅިވިޔަފާރިހެން ވަނީ ދުނިޔޭގެ ކަންކޮޅުތަކަށް އަތްގަދަކޮށްފަ.. މެލޭޝިޔާ، ފްރާންސް، ޖަރމަން، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިޔާގަވެސް ބައްޕަގެ ވިޔާފާރީގެ ހިއްސާވާ ތަންތަނާއި އަމިއްލަ ތަންތަން އެބަހުރި.. އަޅުގަނޑުބޭނުންވަނީ އެބައްޕަޔަށް މީ އޭނަގެ ދަރިއެއްކަން އަންގަން.. އަދި ކުރިއެކޭ އެއްްފަދައިން މިހާރުވެސް އެބައްޕަގެ އެހީއާއި ނުލައި އުޅެވޭނެކަންބުނަން.. އާލިމައްތަގެ ވާހަކއިން އަޅުގަނޑަށް އިނގިއްޖެ މަންމަ އުޅުނު ނިކަމެތި ހާލު، ވީ އިރު އެބައްޕަޔަަށް އެދުވަހެކޭ އެއްފަދައިން މިއަދުވެސް ދަރިއަކުބޭނުން ނުވާނެކަން ގައިމު.. މަންމަދެއްވި ބައްޕައާއި މަންމަގެ ކައިވެނީގެ ފޮޓޯގެ އެހީގައި ބައްޕަ ހުރިތާކުން އަޅުގަނޑު ހޯދަންދެން ބޭބެ އަޅުގަނޑަށް ވަގުތުދެއްވާނެކަމަށް އުންމީދުކުރަން.. ބޭބޭ.. އަޅުގަނޑުނެތުމުން ޖުމާ ވަރަށް އެކަނިވާނެ.. ޝަބީންކައިރީގަ ބުނޭ އަވަހަށް ޖުމާކޮ އާ މެރީކުރާށޭ.. ހަމައެެގޮތަށް ޖުމް ވެސް ވަރަށް ދެރަވާނެ ކުޑަދުވަސްކޮޅަކުތެރޭ އެހާ އެއްކޮށް އުޅެފައި އައީމާ. ޝިވަންކައިރީގައި ބުނެދޭތި ކައިވެނި ފަސްްނުކުރުމަށް.. ބޭބޭ މިގޮތަށް އަންނަން ޖެހުނީމަ އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މާފަށް އެދެން..

ބޭބެދެކެ އަބަދުވެސް ލޯބިވާ މަލީހް..
*********
ސިޓީކިޔާ ނިންމާލިއިރު ނިމާލްގެ ފައިން ވާގިދޫވާގޮތް ވާންފެށުމުން ޝަބީން އާއި ޝިވަންގެ އެހީގައި އެނދުގައި އިށީންދެލިއެވެ. ޖުމާގެ ލޮލުން ކަރުނަ ނުހިކޭއިރު އެފަކީރު ނުރޯންކުރާ ހުރިހާ ހިތްވަރެއްދަނީ ފަނުފުލުންނެވެ. ޖުމާއެކޭ އެއްފަދައިން ޖުމްނާ ވެސް މަލީހް ބުނިފަދައިން އެކުގައި އުޅެވުން ކުޑަދުވަކޮޅުތެރޭގައި މަލީހްގެ ހެޔޮކަންފެނިވަނީ ބޭބެއެއްފަދައިން ދެކެފައެވެ. ވުމާއެކު ޖުމްނާވެސް އިނީ ބަހެއްބުނާންވެސް ނޭންގި ގަނޑުވެފައިވާ މީހެއްފަދައިންނެވެ.

ޝަބީން އޭނަގެ ބައްޕައަށް ގުޅާފައި އަވަހަށް ހަބަރުދިނުމުން އެމީހުންވެސް އަވަހަށް އެގެއަށް އައީ ނާލްވެސް ގޮވައިގެންނެވެ. ނަވާރުއަށް ނިދިފަ އޮތުމުން އުނދަގު ނުކުރަންވެގެން ނުގޮވީއެވެ.

2އަހަރުފަސް…

“ޝީވް.. އާދެބަލަ ބޭބީ ރޮނީއޭ.. ޖުމް މިއުޅެނީ އެއްޗެއް އިސްތިރިކޮށޭ..،” “އާދެ މަސާހިބާ މިހުރީ ހިދުމަތުގައޭ.. ބައްޕިގެ ކުޑަކުޑަ އިލްފް އަށް ކީވެތަ މިރޮވެނީ..” ޝިވަން އޭނަގެ އެއްއަހަރުގެ ދަރިފުޅުނަގާ އުރާލަމުން ވާހަކަދެއްކިއެވެ.

ޖުމްނާއާއި ޝިވަން މަލީހް އެދުނުގޮތަށް ހަމަޖެހިފައިވީ ތާރީހްގައި ކައިވެނި ކުރިނަމަވެސް ޖުމާ އާއި ޝަބީން ތިބީ މަލީހްގެ ހަބަރެއްނުވަނީސް އެމީހުންގެ ހަޔާތުގެ އެއުފާވެރިދުވަސް ދެކެން ބޭނުން ނުވެފައެވެ. ދެމީހުންވެސް އެހާ ލޯބިވާ ފަރާތެއް ވަކިވުމުން އަދިއަދަށް ދާންދެންވެސް މާލީހް ގެ ހަނދާންކޮށް ދެމީހުންވެސް އެކަމާ ހިތާމަކުރެއެވެ.

ނަވާރުގެ ހާލަކީތޯއެވެ. ފުރަތަމަ ދުވަސްކޮޅު ދިރިއުޅުން މަތިންފޫހިވެ ކެއުމާވެސް ދުރުވެގެން ދިޔައީ ހީވެސްނުކުރާހާ ބޮޑަށެވެ. އަދި ބަލިވެސް އެހާ ރައްޓެހި އެއްޗަކަށް ވެގެން ދިޔައެވެ. އެހެންވެ މީހާ މާބޮޑަށް ހިކެން ފެށުމުން ގަޔަށްދޫ ކުރުތާ ބޭނުންކުރަން ފެށިއެވެ. އަދި ހަމަ އެހެންމެ އޭނާގެ ބައްޕަ ޒިޔާދުއާއި ވާހަކަ ދެއްކުމަށްފަހުގައި ރާއްޖޭންބޭރަށް ފުރީ ޝިވަންމެންގެ ކައިވެންޏަށް މަހެއްވީތަނާއެކުގައި ހެންނެވެ. ޒިޔާދުއަށް ވެސް ދަރިފުޅަށް އައި ބަދަލު ނޭންގުމުން އެދަރިފުޅު ބޭނުންވާކަމެއް ކުރުމަށް އެހާފަސޭހައިން ފުރުސަތިދިނީ އަބަދު އެހެން އުޅެއްވެއްޖެ ނަމަ ޑިޕްރެޝަނަކަށް ވެއްޓިދާނެކަމުގެ ބިރު އޮތްވާހަކަ އެންމެފަހުން ނަވާރު ބަލިވެގެން ދެއްކިދުވަހު ޑޮކްޓަރުބުނުމުންނެވެ. ނަވާރުބޭނުންވީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ވާން ކަމަށް ބުނިދުވަހު އެންމެ ފުރަތަމަ ޒިޔާދު އެއްބަހެއް ނުވިއެވެ. ނަމަވެސް ނާލް ކިޔަވާ ނިންމާފައި ވިޔަފާރިއާއި ހަވާލުވާނެކަމަށް ބުނުމުން ހިތާދެކޮޅަށް އެއްބަސްވެ ނަވާރުގެ ހާލަތަށް ވިސްނާ ފޮނުވީއެވެ.

ކޮންމެހެން ހަދާފައި އެފީލްޑްގަ ކުރިއަށްދާން ބޭނުން ނުވިނަމަވެސް ކޮލެޖަށް ދާންފެށިތާ ހަފްތާއެއްވީތަނާ ނަވާރުއަށް ކިޔެވުމުގެ ތެރެއަށް ރަނގަޅަށް ވަދެވި އެކަމުގެ ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. އަދި ހަމައެހެންމެ ކިޔެވުމުގެ ނަމުގައި އޭނާ އޮސްޓްރޭލިއާއަށް އައިބޭނުން ފުއްދެއްއޮތީވެސް ރަނގަޅަށް ކިޔަވައިގެން ކަމަށްވާތީ ހިތްވަރާއެކު ކުރިއަށްދިޔައެވެ.
*********
ހޮސްޕިޓަލުގައި ބުރަކޮށް އުޅެފައި ނިކުތް މަލީހް ވަރަށް ބޮޑަށް ބަނޑުހައިވެފައި ހުރުމުން ކާރަށް އަރާ އަވަހަށް ސްޓާޓްކޮށް ދުއްވާލީ ގެއަށްގޮސް ފެންވަރާލައިގެން ބައްޕަޔާއެކުގައި ކެއުމަށެވެ. މިވޭތުވެދިޔަ ނުވަމަސްދުވަހުވެސް މަލީހް ކޮންމެ ގަޑިއަކުވެސް އޭނަގެ ބައްޕައާ އެއްސުފުރާއެއްގައި ކައިބޮއެ ހަދަމުން ގެންދިޔައީ އުފަލާއެކުގައެވެ.
ނަމަވެސް މާޒީގެ ހަނދާންތަށް އަދިވެސް ހިތުގައި ފޮރުވައިގެން ހުރުން މަލީހްއަށް ވަނީ ދަތިކަމަކަށްވެފައިކަމުން ކޮޓަރިއަށް ވަންނައިރަށް ހިތުގެ މަލީކާގެ ހަދާންތަށް އާވަން ފަށައެވެ. މިހާރު ނަވާރު ހަޔާތެއްފަށައިގެން އުޅޭނޭ ހިތަށް އަރާކޮންމެފަހަރަކު އެހިތް ފިސްފިސްވެގެން ދާފަދަ އިހްސާސެއް މަލީހް އަށް ކުރުވައެވެ.
**********
ދެއަހަރު ކުރި…
*************
ބޭބެއަށް ސިޓީ ލިޔެފައި ނިކުތް މަލީހް ކަރުނަވީލޮލަކުން ގެއަށް ބަލާލުމާއެކު ސެކިއުރިޓީއަކަށް ހުރިމީހާގާތުއެދުނީ އޭނާދިޔަކަން ބޭބޭއަށް ނޭންގުމަށެވެ. އެވަގުތު އޭނާގެ އެކުވެރިޔާ ގުޅުމުން ޓިކެޓްލިބުނީ މިރެއަށް ކަމަށްބުނެ އަވަހަށް އެއަރޕޯޓަށް ދިޔައީ ހުޅުލޭއައިލެޑް ހޮޓަލުން ބޫކްކުރި ކޮޓަރިއަށެވެ. އަދި އެރޭގެ އަށެއްގެ ފްލައިޓުން މަލީހް ރާއްޖެ ދޫކޮށް އޮސްޓްރޭލިއާއަށް ބަދަލްވީ ވަޒީފާވެސް އެކޮޅުން ހަމަޖެއްސުމަށްފަހު އޭޑީކޭއަށް އެކަން އަންގާފައެވެ.

އޮސްޓްރޭލިއާ އަށް މަލީހް ދިޔައިރު އޭނާއާއެކު ކިޔަވަން އުޅުން ޝައުޝަންގެ އާއިލާ މަލީހްބަލާ އައިސް އެއަރޕޯޓުގައި ތިއްބެވެ. ޝައުޝަންގެ އާއިލާއަކީ އޮސްޓްރޭލިއާ ރައްވެހި ބައެއްނަމަވެސް އެމީހުންނަކީ ވެސް އިސްލާމްދީންގަބޫލުކޮށް އެދީނަށް ތަބާވާ ބައެއްކަމުން އޭރުގައި މަލީހްއަށް ޝައުޝަންއާއި ރަހްމަތްތެރިކަން އުފެދިގެން ދިޔައީއެވެ. ހަމަ އެގޮތަށް ޝައުޝަންއަކީވެސް މަލީހް ފަދައިން މަންމަ އާއި ބައްޕަ ކުޑައިރު ނިޔާވުމުން އެމީހުންގެ ލޯބިން މަހްރޫމްވެފައިވާ ކުއްޖެއްކަމުން ދެކުދިންވެސް އެކުވެރިންނަށްވީ އެދެކުދިންގެ ހާލަތު ރަނގަޅަށް އެނގިތިބެއެވެ. ޝައުޝަންގެ ބޭބެގެ ބުރަ މަސައްކަތުން މިއަދު ޝައުޝައަކީވެސް ކިޔަވައިގެން ހުރި މޮޅުކުއްޖަކަށް ހަދައިފައި ވުމުން ޝައުޝަންވެސް މިހާރުދަނީ ބޭބޭ ބޭނުންވާ ދާއިރާއިން ކިޔެވުމުގެ ފުސަތުދީފައެވެ.

މަލީހް އައިސް ޔާމީން އާއި ޝައުޝަން ގެ ކައިރީގައި ފޮށިބެހެއްޓުމާއެކު ޔާމިން މިތާ މަޑުނުކޮށް އަވަހަށް ގެއަށް ހިނގާށޭކިޔާ ފޮށި ޑިކީއަށް ލާފައި ކާރަށް އެރިއެވެ.

ގެއަށް ދެވުމާއެކު ފެންވަރާތާޒާވެލައިގެން ނިކުތް މަލީހް ގެ އިންތިޒާރުގައި ކެއުމަށް ތައްޔާރުވެގެން ތިބި ޔާމިންމެން ފެނުމުން ކާންދިޔައީ ބަނޑުހައިހޫނުކަންވެސް އިހްސާސްވާތީއެވެ. ކައިގެން ނިކުތް ތިންކުދިން އެކިވާހަކައިގައި ސޯފާގައި ތިބެފައި ” ދެން ކިޔާބަ އަސްލު ކިހިނެއްވީޔޭ.. ބުނީމެއްނު މިކޮޅަށް އައިސް ބުނާނަމޭ.. ” ކުއްލިއަކަށް ހަނދާންވާ ފަދައަކުން ޝައުޝަން މަލީހްކުރެ އެހިއެވެ. “އަހަރެން މާލެ ދިޔަދުވަހު ދެކުނިން ބައްޕަ ވައްތަރުމީހެއް.. އެމީހާ އެދުވަހު ވަރަށްބެލި.. އެކަމަކު އެއީ އަހަރެންގެ އެކުވެރި ޝަބީންގެ ބައްޕަކަން އެނގުމުން އެއްޗެއްނުބުނެހުރީ.. އެހެން ހުއްޓަ އެއްދުވަހު މިކޮޅު އަހަރެމެން ޕްރެކްޓިކަލް އަށް ދިޔަ ހޮސްޕިޓަލުގެ ވެރިޔާގެ އިންޓަވިއުއެއް ފެނުނީ.. އެހިސާބުން އަހަންނަށް ޔަގީންވި އަހަރެންގެ ބައްޕަދުނިޔޭގަ ހުރިކަން.. އަވަހަށް ބައްޕަގެ ކުންފުނީގެ ނަން ޖަހާލާފައި ބަލާލިއިރު މިތާންގަ އެކަންޏެއްނުން.. ވަރަށް ގިނަ ގައުމުތަކެއްގަ ބައްޕަގެ ވިޔަފާރި ވަނީ ފުޅާކޮށްފަ..އަދި އިނގޭތަ އަހަރެމެން ކިޔެވި ކޮލެޖްގެ ފައުންޑަރ މެންބަރެއް ބައްޕައަކީ.. ” “ދެން އެހެންވީއިރު ކީއްވެ ބައްޕަދެކެ ހިތްހަނުޖެހުނީ.. ” ނިމާލްގެ ވާހަކައިގެ ތެރެއިން ޔާމިން އަހާލިއެވެ.

އެހާހިސާބުން މަލީހް އޭނައަށް އެދުވަހު އަޑުއިވުން ވާހަކަތަށް ކިޔާދޭންފެށިއެވެ. މަލީހް އެކޭ އެއްފަދައިން ޝައުޝަންއާއި ޔާމިންގެ ލޮލުން ކަރުނަ ހިލެމުން ދިޔައީ އޭރު ކަންތަށްވެފައިވާގޮތް އެނގުމުންނެވެ. “މަލީހް ބައްޕަގެ ފޮޓޮއެއްއެބައޮތްތަ.. ” ޔާމިން އެހެން އެހުމާއެކު މަލީހް ފޯނުގައި އިން މަންމައާއި ބައްޕަގެ ކައިވެނީގެ ފޮޓޯދައްކާލިއެވެ. މަލީހް އޭގެ ފޮޓޯނެގީ އަސްލު އަބަދު ނަގައިގެން ތަޅުވަން ވެއްޖެޔާ ހަލާކުވެދާނެތީއެވެ. އެފޮޓޯފެނުމާއެކު ޔާމިން ދެލޯބޮޑުވެގެން ދިޔައެވެ. ” ތީ .. ތީ ޔާމިންބެގެ އޮފީހުގެ ވެރިޔާ.. ” އެހެން ބުނުމާއެކު މަލީހް އާއި ޝައުޝަން އެކީގައި ޔާމިން އަށް ބަލާލިއެވެ. ” އަސްލުވެސް ކޮއްކޯ.. އެއީ ބޭބެގެ އޮފީސް ބޮސް.. ކޮންމެދުވަހަކު ބޭބެ މުސްތޮފާބޮސް އާ މީޓް ކުރަން.. މަލީހް ބޭނުމީޔާ މާދަމާހިނގާ އަހަންނާއެކު ބޮސް އާ މީޓްކޮށްދޭނަން.. އެކަމަކު ..” އެހާހިސާބަަށް ބުނެފައި ޔާމިން ވިސްނާލިއެވެ. ” އެކަމަކު ކިހިނެއްވީ.. ” ކެތްވަދުވެފައިވާ ފަދައަކުން މަލީހް އަހާލިއެވެ. ” މަލީހްގެ އެ ދައްތަމެންނަށް އެއޮތީއޮޅިފަ.. މުސްތަފާ ބޮސް އޭރުގަ އެހެން ކުދިން ބޭނުން ނުވެގެން އުޅުން ކަމުގަވިޔާސް މިހާރު ވަރަށް ކިޔާނެ ތިމަންނަގެވެސް ދަރިއަކު ހުންނަ ނަމައޭ.. އޭރުން އެކަނި މިހުރިހާ ކަމެއް ކުރާކަށް ނުޖެހޭނެ ނޫންހޭ.. އަހަރެމެން އެހިން ކީއްވެހޭ މީހަކާ ނީންނަނީ.. އެހީމަ ބުނި މީހަކާ އިނީމޭ.. ވަރަށް ލޯބިވާމީހެކޭއެއީ.. އެނުންމީހަކާ ދެންވެސް އިންނަން ބޭނުމެއްނޫނޯ.. އެކަމަކު އޭނަގެ މާފް ދުވަހަކުވެސް ލިބޭނެކަމެއްނޭންގެޔޯ… ވަރަށް ދެރަވެ ރޮވިފަ އެވާހަކަ ދެއްކީ .. އެހެންވެ އިތުރަށް އަހަން ނުކެރުނު .. ” ” އެހެންވީމަ ބައްޕަ މިއަދު ވަރަށް އެކަނިވެރިއޭތަ ތިބުނީ.. ” މަލީހް ހިތް މަޑުކަފަކޮޅަކަށް ވެގެންދިޔައީ އޭނާގެ ބައްޕަ ދަރިއަކު ހުރުމަށްއެދި އެދިވާކަން އެނގުމުންނެވެ. ” އާން .. މަލީހް ބައްޕަ ވަރަށް އެކަނިވެރި ދިރިއުޅުމެއް އުޅެނީ.. މިކޮޅުގަ ބައްޕަގެ މެއިން އޮފީސްވެސް ހުންނަނީ ގިނައިން އުޅޭނީވެސް މިކޮޅުގަ.. އެކަމަކު މަލީހް ބައްޕަ އަށް ހަގީގަތް އެންގުމުގެ ކުރިން ކުރަންޖެހޭ ވަރަށް ބޮޑުކަމެއް އެބައޮތް.. ” ދެން ޔާމިން ކިޔާދިން ވާހަކަތަކުން މަލީހް އަށް އިނީ ގުޑިލަންވެސް ނޭންގިފައެވެ. ނޭންގޭ ބިރުވެރިކަމެއް ހިތަށް ވަދެގެން ދިޔައީ ހިތަށް އަރާ ފައިގަތް އެއެޗެހީގެ ބޮޑުކަމުންނެވެ. ނަމަވެސް ކޮންމެގޮތެއް ހަދާފަވެސް މަލީހް އެހުރިހާ ކަމަކާއިވެސް ކުރިމަތިލާ ބައްޕަ އަށް އޭނަގެ ހަގީގަތް ހާމަކުރުމަށް އަޒުމް ކަނޑައެޅިއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 5

Next

ނޭނގި ހިތޭ ތި އަތުލީ 6

Next
November 29, 2017

ނޭނގި ހިތޭ ތި އަތުލީ 6

Previews
November 28, 2017

ނޭނގި ހިތޭ ތި އަތުލީ 5

23 Comments!

  1. Layaa says:
    November 29, 2017 at 1:44 pm

    Sorry dear all. Layaa v bodah balivegen vaahaka maabodah lassvegen dhiyaama insha allah mihaaru rangalhu ehenuvey avahahq mi up Kohlee .. unmeedhukuran thihurihaa kudhinahvess kamudhaanekamah.. ??? .. once again v bodah sorry .. plx do cmmnt .. ?

    1. Naani says:
      November 29, 2017 at 1:55 pm

      It’d Okey repunzel??

  2. Naani says:
    November 29, 2017 at 1:49 pm

    Hama bala bala indha thi up kohly
    Speechless just wow
    but maah kihineh ehedhee
    Nava ah maah libeyne dhw????????❤❤

  3. Naani says:
    November 29, 2017 at 1:52 pm

    Please reply layaa ???????

    1. Hawwu (Layaa) says:
      November 29, 2017 at 2:15 pm

      Let’s seedhw .. btw thankyou dear .. ???

  4. Dark princess says:
    November 29, 2017 at 1:57 pm

    Story varah reethi… next part when?

    1. Hawwu (Layaa) says:
      November 29, 2017 at 2:47 pm

      Thank you d.princess .. ??? insha allah tmmorow

  5. Sweetie says:
    November 29, 2017 at 2:08 pm

    Bayyey kiyaafa dhogu nuhadhachchey. Asluves balivedhaane.

    1. Hawwu (Layaa) says:
      November 29, 2017 at 2:51 pm

      Sweetie dhogeh nubunamey dhoonyaa .. assluvess baliveema ey bayyeh bunanee .. ???

  6. Xaaan says:
    November 29, 2017 at 2:09 pm

    Masha Allah v reethi v inthizaarves kurevijje

    1. Hawwu (Layaa) says:
      November 29, 2017 at 2:48 pm

      Shukuran .. xaan .. ???

  7. aisha says:
    November 29, 2017 at 2:30 pm

    Up vejje dhw enmme fahun.ehaa dhuvas kohfa up kuri iruves ehaa kurukoh..balivedhaane.ekm story dhigukohli nama.

    1. Hawwu (Layaa) says:
      November 29, 2017 at 2:50 pm

      Alhe hama ehaa kuru tha .. dhen maadhamaa vess insha Allah kiyaalan libeyney .. chill .. ???

  8. oh mah god says:
    November 29, 2017 at 5:40 pm

    layaa~? haadha dhuvaheh fahun habareh thevlely?… story vvvvv obiiii ?.. im waiting for next parttt.? lysm????

    1. oh mah god says:
      November 29, 2017 at 5:41 pm

      btw are u okay now? ps: gws if ur not well..??

    2. Hawwu (Layaa) says:
      November 29, 2017 at 9:08 pm

      Ya I’m fine drlng .. and thank you so much. ???

  9. xim says:
    November 29, 2017 at 6:54 pm

    V salhi ……loves….waiting…..

    1. Hawwu (Layaa) says:
      November 29, 2017 at 9:09 pm

      Umm thank you ximmi ???

  10. nuz says:
    November 29, 2017 at 11:10 pm

    alhey v reethi mi part well done layaa????????? next part kiyaalaa hithun hurevenyehnoon????ly??

  11. Rsh says:
    November 30, 2017 at 9:19 am

    V Reethi…?

  12. Malsha says:
    November 30, 2017 at 9:43 am

    V rythi..next part avahah up kohlahchey..plx layaa..i love ur stories..and mi stry ves hama habbu..and next part thankolheh dhigu kohlahchey..lysm

  13. Anonymous says:
    December 1, 2017 at 11:13 pm

    konme dhuvahaku ves one part up kohla dheynamey bunefa kihine thihadhanee .. dhogu hadhaa kudhin dheke foohi vey

  14. Lily says:
    December 1, 2017 at 11:25 pm

    Haadha digu inthizaar kuruvaye,vaahaka aitho belay ethah faharaku???

Comments are closed.


All Right Reserved!