Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ސިއްރު ސިއްރުން ހިތޭ… (19)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
December 7, 2017 7 Mins Read
14 Comments

ނަމަވެސް އެވަގުތު އަރަޝް އައިސްވަނުމުން މަލީހް ފުރަތަމަ ބޭނުންވީ އަރަޝްއަށް ނަވާރު ތައާރަފް ކޮށްދޭށެވެ. ހީކުރިގޮތާ ހިލާފަށް އަރަޝްއަކީވެސް ވަރަށް ފްރެންޑްލީ މީހަކަށް ވުމުން ނަވާރު އަރަޝް ބަލައިގަތީ އުފަލާއެކުގައެވެ. ” ހެއިމާހް ތިޔެއްނޫނޭ.. އެބަޖެހޭ ބޭރަށް ނިކުމެލަން.. މިއުޅެނީ..” އެހެންކިޔާ ފުރިހަމަ ކޮށްނުލާހުރެ މޫނަށް ވައްތަރުތަކެއް ޖައްސަމުން މަލީހްމޫނަށް އަރަޝްބަލާލީ ފޮނުވާދޭށޭ ބުނާފަދަގޮތަކަށެވެ. އެއާއެކު މަލީހް ބުމައަރުވާލީ ކީއްވީތޯ އަހާލާ ފަދައަކުންނެވެ. ދެން އެންމެ ފަހުން ކެތްނުވުމުން އަރަޝް އޭނަ އެންމެލޯބިވާ ކުއްޖާ ޔޫކޭގައި ހުރެފައި އައިސް އުޅޭކަމާއި އެކުއްޖާ ކައިރިއަށް ދާން ބޭނުންވާ ވާހަކަ ހާމަކޮށްލީ އެެެހެންގޮތެއް ނެތުމުންނެވެ. ” ހޫމް ސިއްރުން އުޅޭގޮތް ނިކަން ދެކެބަލަ ހުރޭ ޔާމިން އައީމަ ދެވޭނީ ތިބުނާ ޖޫލިއެޓެއް އަހަރެމެންނަށްޖެހޭނީ ހަމަ ދައްކަން.. ” “އޮކޭ ދައްކާނަމޭ.. އެކަމަކު މިއަދު މާލޯބި ޖޯޑެއްދުށިން ހޭލާތިނެ ހުފަންދެކެނިކޮށް.. ” މަލީހް އެހެންބުނެފައި ޔާމިންއަށް ގުޅުމާއެކު އަރަޝްވެސް މަލީހްއާ ދިމާކޮށްލިއެވެ. އެއާއެކު ނަވާރުގެ މޫނަށް ޖަންބުކުލައަރައިގެން ދިޔައިރު މަލީހްއަށް ވީގޮތްވެސް ރަނގަޅަށް އަރަޝް އަށް ފެނުނެވެ. ޝަހާދެ އިނގިލި އަގަމަތީގައި ޖައްސާ އެވާހަކަ ނުދެއްކުމަށް މަލީހް އެނދުން އިރު ނަވާރު ލަދުން އިސްޖަހާލިއެވެ.

ޔާމިން އައިސްވަނީ އޭގެ ފަނަރަވަރަކަށް މިނެޓްފަހުންނެވެ. އޭރު ނަވާރުވެސް ލަސްވާކަމަށްބުނެ ދިޔައީ މަލީހްއަށް ނަންބަރުދީފައެވެ. ހަގީގަތުގައި ލަސްވީކީނޫނެވެ. ހިތުގައި ހުރިހާދުވަހު ސިއްރުކޮށްފައިވަ ލޯބި އެހިތުގެ ރާޖާކުރިމަތީގައި ބޭޒާރުވުމުން ހުންނަންނުކެރުނީއެވެ. ” އޭ އަރަޝް ކިހިނެއްވީޔޯ.. މަލީހް މެސެޖް ކޮށްފައިން އަރަޝް ވަތުކިބައެއް ގެ ވާހަކަކިޔޭކިޔާފަ.. ” އެވަގުތު ޔާމިން ފޯނު ނުނެގުމުން މަލީހް މެސެޖްކުރީއެވެ. ” ހޫމް.. އަދިވެސް މަށާދިމާކުރޭ..މީހަކު މިއަދު ވަރަަށް ރަނގަޅަށް ބަސްޓްވެއްޖެ.. މަބުނީމެއްނު މިސޮރު ފޯނުން އަންހެންކުއްޖަކަށް ބަލައޭ.. އަދި މިތަނަށް އައީމަ އެތިބަ އަންހެންކުދިންތަށް ފިދާވާން ތައްޔާރަށް ތިބޭއިރުވެސް އަޅާނުލައޭ.. މިއަދު މިއެނގުނީ އެއީ ކީއްވެކަން އަދި އެފޮޓޯގަ އިނީކޮން ކުއްޖެއްކަން.. ” އަރަޝް އެހެންބުނުމާއެކު މަލީހް އާއި ޔާމިންވެސް ބަލާލި ސުވާލުގެ ނަޒަރަކުންނެވެ. ” ބަލަ މިހާރު މަގޭފޯނުން ވައްކަންވެސް ކުރަންފެށީތަ ..” ރުޅިއަންނަކަމަށް ހަދާފައިނަމަވެސް މަލީހް ގެ މޫނުމަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ. ” ނޫނޭ.. މާހްގެ ފޯނުން ވައްކަމެއްނުކުރަން އެކަމަކު އެއްދުވަހު މިތަނަށް އައިސް މާހް އެފޮޓޮއަށް ގެއްލިފަ އިންތަން ފެނުނީ މަށަށް… ” “އެބަހުއްޓެއްނު މިދެމީހުންގެ ކަމެއް.. ބަލަމަށަށް އެނގޭހެން ތިކިޔާއެއްޗެއް ކިޔާބަލަ.. ފޯނާ ވަތުކިބަޔާ ފައިވާންކިބައޭ ނުކިޔާ.. ” އަރަޝް އެެެން ބުނުމާއެކު ޔާމިން ކެތްމަދުވެފައިވެފަ ހުރެ އަހާލިއެެވެ.

“ހަހަހަ.. ” ޔާމިން އެހެން އެހުމާއެކު ބަނޑުގައި އަތްއަޅައިގެން އަރަޝް ހޭފެށިއިރު މަލީހް ލޯހަނިކޮށްފައި އަރަޝްއަށް ބަލަންއިނީ އެވާހަކަ ނުދައްކާށޭކިޔާފައެވެ. ނަމަވެސް އަރަޝް މިއަދުވީކަންތަށް އަލިފުންޔާއަށް ހީހީފައި ޔާމިންއަށް ކިޔާދިނެވެ. އެއާއެކު މަލީހްގެ މޫނުމަތިން ފެނުނުކުލަވަރުން ޔާމިންއާއި އަރަޝް އެކީގައި.. ” ކޮންގްރާ ބްރޯ” އޭ ކިޔާ މަލީހްގައިގަ ބައްދާލުމާއެކު މަލީހް ވެސް އެކަމުގައި ބައިވެރިވެލިއެވެ. އަދި މަލީހްއާއި ނަވާރު ދިމާވިގޮތް ކިޔައިދިނެވެ. އެއާއެކު ޔާމިން ” ތީހަމަ ރޯމިއޯއެކޭ” ކިޔާ ދިމާކޮށްލިއެވެ. ” ބަލަމަ އެކަނިތަ .. މީނދަ ރޯމިއޯ ވެސް އަންގާވެސްނުލާ އެއުޅެނީ.. ނުބުނެ މީޓްކުރަން ދާންވެގެން.. އަދި އައިސް ޖެއްސިވައްތަރުން ކިރިޔާ ހިނިގަންޑުފަޅައިގެން ނުދިޔައީ ” މަލީހް އަރަޝް ގައި ބޮނޑިއެއް އަޅާލުމާއެކު އެހެންބުނުމުން ޔާމިންވެސް ބޭނުންވީ އަރަޝްގެ ބައިވެރިޔާ ބަލާލާށެވެ. އަދި ފަހުން މަލީހްގެ ހިތުގެ މަލިކާވެސް އިންޓްރޯކޮއްދޭންވާނޭ ކިޔާ ޔާމިން އަރަޝްގެ އަތުހިފާ ދަމަންފެށުމުން އެންމެފަހުން އަރަޝްވެސް އެއްބަސްވެ ދާންތެދުވިއެވެ.

ނަވާރުއޭނަ އުޅޭއެޕާޓްމެންޓަށް ވަނުމާއެކު އުފަލުން ފުމެންފެށިއެވެ. މިހުރިހާ ދުވަހު ދެކެލާހިތުން ކެތްމަދުވެފައިވާ ސޫރަ ފެނުމުން ނަވާރުއަށް އިހްސާސްވީ ދުނިޔޭގަހުރި އެންމެ އުފާވެރިމީހަކީ އޭނާކަމުގައެވެ. އުފަލުން އެނބުރިލާފައި އަވަހަށް ޝިވަންއަށް ގުޅާލީ އޭނަ އޮސްޓްރޭލިއާ އަށް އައި ހަގީގީބޭނުން އެނގޭމީހަކީ ހަމައެކަނި ޝިވަން ކަމުގައިވާތީއެވެ. ނަވާރުގެ އެދުމުގެ މަތީން މިވީހާދުވަހު ޝިވަންވެސް އެކަން ސިއްރުކުރީ އެންމެގާތްކޮށް އުޅުން އެކުވެރިޔާގެ ހިތުގައި ފޮރުވިފައިވަނީ މަލީހްގެ ސޫރަކަން ހާމަކޮށް ހުރިހަ ވާހަކައެއް ކިޔާދީފައިވާތީއެވެ. ” ހެއި.. ޝިވް.. ގެސް ވަޓް.. އައިމްސޯ ސޯ ހެޕީ..” ޝިވަން ފޯނުނެގުމާއެކު ނަވާރު ވާހަކަދައްކަން ފެށިއެވެ. ” މާހްގެ ބައްޕައާ މީޓްވީތަ.. މާހްފެނުނީތަ.. ” ނަވާރުގެ ވާހަކައިން ވަރަށް އުފާވެފައިވާ ކަން އިހްސާސްވުމާއެކު އަވަސް އަވަހަށް ޝިވަންވެސް އަހާލިއެވެ. ” ޝީވް.. މާހް އާަ މީޓްވެއްޖެ.. މިހާރު ހުރިހާ ކަމެއްވެސް ބަދަލުވެއްޖެ.. މާހް އަކީ މުސްތޮފާގެ މުޅިވިޔަފާރީގެ ވެރިޔާމިހާރު.. ” އެެެހެން ބުނެފައި ނަވާރު ޝިވަންއަށް މަލީހްއަށް ދިމާވި ހާދިސާ ކިޔާދިނެވެ. ” އެހެންތަ.. ދެންމިހާރު ނަވާ އެހުމް އެހުމް.. ދޯ.. ” ޝިވަން ނަވާރުއާ ދިމާކޮށްލިއެވެ. އެވަގުތު ނުދަންނަ ނަންބަރަކުން ގުޅަންފެށުމުން ފަހުން ގުޅާނެކަމަށްހުނެ ނަވާރު ފޯނުބޭއްވީ މަލީހްއަށް ނަންބަރު ދެވުން މަތީން ހަނދާންވުމުންނެވެ.

“ހެލޯ.. ނަވާ.. މީމާހް.. .. ” ނަވާރުފޯނުނެގުމާއެކު މަލީހް އަވަހަށް ކާކުކަން ބުނެދިނެވެ. ނަވާރަށް ހީވީ ހިތްގައިމު މިއުޒިކެއްގެއަޑު ކަންފަތަަށް އިވިގެންދިޔަހެންނެވެ. ދެލޯމަރާލުމާއެކު މަލީހްގެ އެރީތިސޫރަ ސިފަވެގެންދިޔައިރު މީހާއިނީ ހިޔާލީ ދުނިޔެއެއްގައެވެ. ނަވާރު ވާހަކަ ނުދެއްކުމުން އަނެއްކާވެސް މަލީހް ގޮވާލިއެވެ. އެއާއެކު ހަމަބިމަށް އާދެވި ނަވާރު ޖަވާބުދޭންފެށިއެވެ. ” ނަވާ އަހަރެން ބޭނުން މިރޭ މީޓްކޮށްލަން ވެދާނެތަ.. ” މަލީހް ސީދާ މައުލޫއަށް ދިޔައެވެ. ހާދަދުވަހަކު އޭނަ ކެތްކޮށްފިއެވެ. ވީއިރު ދެން މަޑުކުރުމުގެ ބޭނުމެއް ނެތްކަމުގައި ޔާމިންއާއި އަރަޝްވެސް މަލީހްއަށް ނަސޭހަތްދިނުމުން އޭނާ އެކަން ކުރަން ނިންމީއެވެ. “އެންމެ ރަނގަޅު އެކަމަކު ނަވާއަށް ނުކެރޭނެ އެކަނި ބޭރަށް ނިކުންނަން.. އަމުދުން ރޭގަނޑު…” އުފަލުން ނަވާރުގެ ހިތްނަށާލުމާއެކު ޖަވާބުދެވުންގޮތްވެސް ނޭންގުނެވެ. ” ނޫޅެމޭ ނަވާއެކަނި ބޭރަށް ނެރޭކަށް .. އެޑްރެސް ބުނެލަދީ އޭރުން މިރޭ އެއިޓްގަ ބަލާދާނަން.. ” މަލީހް އެހެންބުނުމާއެކު ނަވާރު އެޑްރެސް ކިޔާދީފައި ފޯނު ބޭއްވީ ބަނޑުހައިވެފައި ހުރުުމުން ކާންދަނީ ކަމުގައި ބުނެފައެވެ.

“ހޫމް .. މިއޮތީ މިކަންވެސް ވެފަ ދެންކިޔާބަލަ.. މިރޭ ނަވާގޮވައިގެން ކޮންތާކަށޯ މަދާންވީ..” ފޯނުބޭއްވުމަށްފަހު ކައިރީގައިތިބި ޔާމިންއާއި އަރަޝްކުރެ މަލީހްއަހާލިއެވެ. ” ތިކަމާ ހާސްނުވެބަލަ މާހް.. މަށޭމީ ޑްރައިވަރަކީ.. ރެޑީވެގެންހުރޭ އަހަންނާ އަރަޝްދާނަން މާހް ނަގަން އަދި މާހްގޮވައިގެން ތިހިތުގެ މަލަކާބަލާ.. އަދި އެއަށްފަހު މަންޒިލަށް ދެވެންދެން ޒިންމާނަގަން އަހަރެމެން މިތިބީ ތައްޔާރަށް ދޯ އަރަޝް.. ” ޔާމިން އަރަޝް އަށް ދޯދެމުން އެހެންބުނުމާއެކު މަލީހް އޯކޭ އޭ ބުނީ އެދެއެކުވެރިންނަކީ ބުނާބަހުގެ އިތުބާރު އޮންނަ އެހާ ރަނގަޅު ދެމީހުނަށް ވުމުންނެވެ. މަލީހް ގަބޫލުވުމާއެކު ޔާމިން ފޯނުނަގާ ނަންބަރުތަކެއް ޖަހާލާފައި ކޮންމެވެސް މީހަކަށް ގުޅާ ވާހަކަތަކެއް ސިއްރުން ދެއްކިއެވެ. އަދި ފޯނުބޭއްވުމަށްފަހު އަނެއްކާވެސް އިތުރުދެމީހަކަށް ގުޅާވާހަކަދެއްކިއެވެ. އެހާސިއްރުން ވާހަކަަދެއްކުމުން މަލީހް ލޯހަނިކޮށްލާފައި ބަލާލުމުން ޔާމިން ހިނިގަނޑެއްޖަހާލާފައި އަރަޝްކައިރީ ހިނގާށޭ ކިޔާ ހިގައިގަތީ މަލީހްއާ ދިމާއަށް ބޮޑުވައިއިނގިލި ނަގާ ބެސްޓޭ ބުނާ ފަދައަކުން އަންގާލާފައެވެ. ވާނުވާ ނޭންގިފައި ހުރި މަލީހް ޔާމިންމެން ދިޔަދިމާއަށް ބަލަން ހުއްޓައި ފޯނަށް މެސެޖް އެއްއައުމުން ބަލާލިއެވެ. ** އޭ ޑޫޑް އެއްޗެކޭހީނުކުރަށްޗޭ.. މިރޭގެ ޑްރެސްކޯޑަކީ ރެޑް..(ވިންކް އެމޯ)** ޔާމިން ގެ މެސެޖްއެކެވެ. މަލީހް ބޯހަލުވާލީ ޔާމިންގެ ލާނެތްކަން ނުކެނޑެނޭކިޔާ އަމިއްލަނަފްސާ ވާހަކަދައްކަމުންނެވެ.

މަލީހް ފޯނުބޭއްވުމާއެކު ނަވާރުއަށް ހީވީ އީދެއްއައިހެންނެވެ. ކޮޓަރިތެރޭގައި ފުމެމުންދުވުނީ ކިހާއިރެއް ވާންދެންކަމެއްވެސް ނޭންގުނެވެ. ވެފައިހުރި ބަނޑުހައިކަންވެސް ހަނދާންނެތެވެ. އެތަށްއިރަކު ކޮޓަރިތެރޭގައި އެނބުރުމަށްފަހު އައިސް އަލަމާރިހުޅުވާލީ މިރޭލާނެ ރީތިހެދުމެއް ހޯދާލުމަށެވެ. އަލަމާރީގެ އެބައިގައި ހުރި ހުރިހާހެދުމެއް ލިއިރުވެސް ކަމުދާކަމަކަށް ނަވާރުއަކަށް ނުވިއެވެ. މިރެޔަކީ މަލީހްއާއި އެކު ބޭރަށްދާފުރަތަމަ ރެޔަށްވުމުން ނަވާރުބޭނުންވީ ވަރަށްފުރިހަމަޔަށް ތައްޔާރުވެލާށެވެ. އެހެންވެ އަނެއްކާވެސް އަލަމާރީގެ އަނެއްބައި ހުޅުވާލީ ކަމުދާ ހެދުމެއްފެނޭތޯއެވެ. އެއާއެކު ނަވާރުގެ ލޮލުގައި އަޅައިގަތީ އޭނަގެ މަންމަ އުފަންދުވަހުގެ ހަދިޔާއަކަށްދިން ކަޅާއިއަޅިކުލައިގެ ކަށިމައްޗާހަމަޔަށް އަރާދިގު ހެދުމެވެ. ހެދުމުގެ މަތީބައި ކަޅުކުލައިގެ ރީތިލޭސްއަކުން ތިރީބަޔާ ގުޅުވާލެވިފައިވާއިރު ތިރީގައިވެސް ވަނީ ކަޅުކުލައިގެ ލޭސްއެކެވެ. އަދި ލޭސްގެ ދަށުގައި މައްޗާއި ތިރީގައިވެސް އެތެރެން އަލީކުލައިގެ އޮފް ފޮއްޗެއް ބޭނުންކޮށްފައިވާ މިހެދުން ފެނުމާއެކު، ނަވާރު އެހެދުން ނަގާ ގަޔަށްހެޔޮވަރު ކޮށްލިއެވެ. އެއާއެކު ލޯގަނޑުން އަމިއްލަސޫރަ ބަލާލިއެވެ. އުންމީދު ކުރިވަރަށް ވުރެ ނަވާރުގެ ގަޔަށް ހެދުން ރީތިވެފައި ފުރިހަމައެވެ. “ޔޭހް.. ” އޭކިޔާ އެނބުރިލާފައި ގޮސް އެނދުގައިވާ ހެދުންތަށް އެއްފަރާތްކޮށްލާފައި ނަވާރު އިށީންދެލީ އެހެދުން ކަމުދިޔުމުން ވެފައިވާ ވަރުބަލި ފިލުވާލުމަށެވެ. ނަމަވެދް އެވަގުތު ބަނޑުހައިކަން އިހްސާސްވާން ފެށުމާއެކު ހެދުން ބަދަލްކޮށްލައިގެން ލަސްނުކޮށް ކާންދިޔައީ ބަނޑުގައި ވައިހެދި އުނދަގޫވާނެކަން ހަދާންވުމުންނެވެ.

ޔާމިންމެން ދިއުމުން މަލީހް އަވަހަށް ގެއަށްދިޔައީ ކާގަޑިޖެހިގެން ގޮސްފައިވާތީ އެވެ. ޔަގީންނުންވެސް މިހާރު ބައްޕަ ހުންނާނީ ގޭގައެވެ. “ދަރިފުޅު .. ހާދަލަސްވީމިއަދު..މާ ބުރަދުވަހަކީތަ.. ބައްޕަގުޅާލަން އުޅެނިކޮށްތިއައީ..” ގެއަށް ވަދެގެން އައި މަލީހްފެނުމުން މުސްތޮފާ ވާހަކަދެއްކިއެވެ. ” ލައްބަ ބައްޕާ މިއަދުކުޑަކަމަކާދިމާވީ..” މަލީހް އަށް ވީގޮތްބުނަން ނުކެރުމުން އެވާހަކަ ބޭއްވިއެވެ. ” އެހެންތަ.. ދެންވެސް އަވަހަށް ހިނގާ ބައްޕަ ވަރަށް ބަނޑުހައި ދަރިފުޅުނައިސްގެން މިއިނީ..” މުސްތޮފާ އެހެންބުނުމާއެކު ހިނގައިގަތް މަލީހް ހަންދާންވީ މިރޭ ބޭރަށް ދާންރާވާފައިވާ ކަމެވެ. ވީއިރު ކޮންމެހެންވެސް ބައްޕަކައިރީ އެވާހަކަ ދައްކަންޖެހޭނެއެވެ. އެހެންނޫނީ މަލީހް އަންނަންދެން އޭނަގެ ބައްޕަ ނުކައި ހުރެދާނެއެވެ.

“ކޮބާ ދަރިފުޅު ކިހިނެއްވީޔޭމިއަދު ލަސްވީ.. ” ކެއުމާވެގެން ކުރިއަށްދަމުން ނާލްކުރެ ޒިޔާދު އަހާލިއެވެ. ” މިއަދު އަޅުގަނޑަށް ހެޓްރިކެއްހެދުން.. އެވެސް ފުރަތަމަ ހާފްގަ.. އެތިންލަނޑާއެކު އަދި ޔައިޝްއާއި ހުމާގެ ލަނޑުން އަޅުގަނޑުމެންނަށް ޗެމްޕިއަންކަން ލިބުނީ ..” ނާލް ޖޯޝާއެކު މިއަދު ނިމިގެންދިޔަ މުބާރާތުގެ ވާހަކަ ދެއްކިއެވެ. މިއަދު ހެދި ހެޓްރިކްގެ ސަބަބުން އެކިކުދިންގެ ފަރާތުން ނާއި ކޯޗާއި އިސްވެރިންގެ ފަރާތުންލިބުން ތަރުހީބުގެ ވާހަކަ ދައްކަމުން ދިޔައިރު ނާލްހީވަނީ އެތަނުގައި އުޅޭހެންނެވެ. ” އެހެންވީމަ ބައްޕަގެ ނާލް ހާދަމޮޅޭ.. ބައްޕަވެސް އެހެންވީމަ ނާލްއަށް ހަދިޔާއެއްދޭނަން.. ” ހިނިތުންވެލާފައި ޒިޔާދު އެހެންބުނުމުން ނާލް “ޔޭ” އޭ ކިޔާ ހުރިހާ ދަތްތަކެއް އެކީގަހެން ދައްކާލިއެވެ.

ތައްޓަށް ކާއެއްޗެހިއަޅައިގެން ވިސްނުމެއްގައި އިން މަލީހް ސިހުނީ އޭނާގެ ބައްޕަ ވާހަކަދެއްކުމުންނެވެ. ” ދަރިފުޅާ ހާދަފާޑަކަށް އަނެއްކާ ކަމުނުދަނީތަ ކާއެއްޗެހި.. ” ” ނޫންބައްޕާ.. އަޅުގަނޑު..” މަލީހް އެހާހިސާބަށް ބުނެފައި ހުއްޓާލީ އެވާހަކަ ދައްކަން ވީތޯ ހިތަށް އެރުމުންނެވެ. ” ކިހިނެއްވީ.. ބުނެބަަލަ.. ބައްޕަ ކަމެއް ސިއްރުކުރަނީތަ.. ” މަލީހްއާ ދިމާއަށް އޭނާގެ ބައްޕަ ލޯހަނިކޮށްލާފައި ބަލާލަމުން އެހެން ބުނުމުން އަވަހަށް ވީގޮތް ކިޔައިދިނެވެ. ” އެހެންތަ.. އަޅެ ބައްޕައާ ބައްދަަލުކޮށްލަދެއްޗޭ .. ބައްޕަވެސް ބޭނުންވާނު ބައްޕަގެ ޅީދަރިފުޅުދެކޭހިތް.. ކޮންއިރަކުން ގެންނާނީ..” މަލީހްގެ ވާހަކަ އަޑުއަހާފައި މުސްތޮފާ ހީވީ އުފަލުން އުދުއްސައި ގެންފާނެހެންނެވެ. ހަގީގަތުގައިވެސް މިހާރު މުސްތޮފާގެ ހުވަފެނަކީ މަލީހް މީހަކާއިނދެ ކާފަ ކިޔާނެ ކުއްޖަކު ލިބުމެވެ. “އަދި ނާހަމޭ ބައްޕާ ނަވާ އަހަރެންގެމީހަކަށް ވީމަ އެންމެ ފުރަތަމަވެސް ގެންނާނީ ބައްޕަކައިރިއަށް. .. އެކަމަކު މިރޭމިއުޅެނީ ބޭރަށްގޮސްލަންކަމަށް ނަވާގޮވައިގެން އެންމެރަނގަޅުތަ ބައްޕާ.. ” ނޫންކަމަށްހަދާފައި ބޭރަށް ދާވާހަކަ މަލީހް ހާމަކޮށްލިއެވެ. ” ބައްޕަގެ މައްސަލައެއްނެތް.. އެކަމަކު ލަސްނުކޮށް ދަރިފުޅުއެކަމާ އުޅެންވާނެ.. މިރޭ ބައްޕަ ވަރަށް އުފާވެއްޖެ..” ބައްޕަގެ އެއްބާރުލުން އެކަމުގައި ލިބުމުން މަލީހް ވަރަށް އުފާވިއެވެ. ” ދަރިފުޅާ .. ދަރިފުޅުދެންމިހާރު ނިމާލްއަށް ގުޅާލައިފިންތަ.. ބައްޕަބޭނުން އެމީހުންގެ ކިބައިން މާފަށްއެދެން.. އަދި އެމީހުނާވެސް ގާތްގުޅުމެއް ބާއްވަން…” އެހެންބުނުމާއެކު މަލީހް ހަނދާންވީ ޝަބީންއަށް އަދިނުގުޅޭމަތީންނެވެ. ” މަޑުކޮށްލާ ބައްޕާ އަޅުގަނޑުވެސް މިހާރު ޖެހޭނީ ބޭބެގެ ނަންބަރުހޯދަން.. ” މަލީހް އެހެންބުނެފައި އަވަހަށް ޝަބީންއަށް ގުޅާލިއެވެ.

ޖުމާކައިރީ އެގޭގައި އިނދެފައި ގެއަށްދާން ތެދުވި ޝަބީން ފޯނުރިންގްވާފެށުމުން ބަލާލާލިމާއެކު ހައިރާންވީ ނުދަންނަ ބޭރުނަންބަރަކުން ގުޅާތީއެވެ. ނަވާރުގެ ނަންބަރުވެސް ސޭވްކޮށްފައިވާއިރު ދެންގުޅާނީ ވަކިކާކުބާއޭ ހިތާހިތާކިަމުން ފޯނުނެގި ޝަބީން ހުއްޓުން އެރީ އެކޮޅުން ވާހަކަދެއްކިމީހާގެ އަޑުޖެހުމުންނެވެ. ޝަބީންގެ މޫނަށް އެރިކުލަވަރުން ޖުމާއާއި ނިމާލް އެކީގައި ކާކުތޯ އަހާލުމާއެކު ޝަބީން ލައުޑަށް ލާފައި މަލީހްއަށް ގޮވާލިއެވެ. ” ހެއިބީން ވަރަށްމިސްވޭ.. އިނގޭ.. ކޮބާ ޖުމާ .. ރަނގަޅުތަ އެންމެން.. އަސްލު މިގުޅީ މިއަދު ނަވާއާ ދިމާވިގަޑީ ނަންބަރުލިބުނީމަ.. ބޭބެގެ ނަންބަރުދީބަލަ .. ” މަލީހްގެ ވާހަކަ އަޑުއަހަން ހުރި ތިންމީހުންގެ ލޮލުންވެސް ކަރުނާފާއްދާލީ.. އެހާދުވަހަށްފަހު މަލީހްގެ ހަބަރެއްވުމުން އުފަލުންނެވެ. ” ދަރިފުޅާ.. ބޭބެއަށް އެބައަޑުއިވޭ.. ދަރިފުޅުގެއަޑު.. ކޮންތާކުތަ ތިއުޅެނީ.. ކީއްވެތަ މިހާދުވަސްވީއިރު ބޭބެއަށްގުޅާނުލީ.. ދަރިފުޅުގެ ހަބަރެއްނުވެގެން ބޭބެ ދަރިފުޅުގެ ނަންބަރަށް ނުގުޅާ އެންމެ ދުވަހެއްވެސް ނުދާނެ.. ” ރޮވިފައި ވާހަކަދެއްކުމުން ނިމާލްގެ އަޑު ކުރެހިގެންދިޔައެވެ. އިވުނުވާހަކަތަކުން މަލީހްގެ ލޮލުންވެސް ކަރުނަފާއްދާއިލީ އެހާލޯބިވާ ބަޔަކަށް މިވީހާދުވަހު ގުޅާނުލެވުނީމައެވެ. ” ބޭބޭދެރަނުވެބަލަ ދެން ކޮންމެ ދުވަހަކުވެސް އިރާދަކުރެއްވީޔާ ބޭބެއަށް ގުޅާނަން.. ” އެހެންބުނެފައި މަލީހް އެކޮޅަށް އައިސް ދިމާވިހިރިހާ ކަމެއް އޮޅުންފިލުވައިދިނެވެ. އަދި މިހާރު ބައްޕައަށްވެސް ހެޔޮވޮސްނުން ލިބިފައިވާކަަމާއި ބޭބެގެ ކިބައިން މާފަށްއެދެން ބައްޕަބޭނުންވާ ވާހަކަވެސް ހާމަކޮށްލިއެވެ. މަލީހްގެ ވާހަކަ ކަނުލާ އަޑުއަހަމުންދިޔަ ނިމާލް ބައްޕަ ކޮބާހޭއަހާލީ މަލީހްއަށްޓަކައި މުސްތޮފާއަށް މާފުކުރަން ނިންމައިގެންނެވެ. މަލީހް އޭނަގެ ބައްޕައަތަށް ފޯނުދިނުމުން ނިމާލްއިސްވެ އެއްވެސްކަމަކަށް މާފަށްނޭދުމަށާއި މުސްތޮފާއަށް ހިތްހެޔޮކަން ހާމަކުރުމުން އެކަމާ މުސްތޮފާ ވަރަށް އުފާވިއެވެ. އަދި ވަރަށްއަވަހަށް ރާއްޖެދާނެކަމަށްބުނީ ނިމާލްގެ ކާފަދަރިއަކު ހުންނަވާހަކަ ބުނުމުން އެކުއްޖާފުޅު އުރާލާހިތްވާތީއާއި ދުވަސްވީ ގާތްމީހުން ދެކޭހިތުންނެވެ.
…………………….

ހަތެއްޖެހިއިރު މަލީހް ފެންވަރާލައިގެން ނިކުމެ ނަމާދުކޮށްލައިގެން ތައްޔާރުވެލީ ޔާމިންމެން ބަލާއަންނަވާހަކަ ގުޅާފައިބުނުމުންނެވެ. ހުދުކުލައިގެ ގަމީހެއްލުމާއެކު ކަނޑުނޫކުލައިގެ ޖެކެޓަކާއި ހަމަ އެކުލައި ފަޓުލޫނެއް ގަޔަށް ހެޔޮވަރުކޮށްލާފައި ގަޔަށް ސެންޓް ބުރުވާލިވަގުތު ކޮޓަރީގައި ޓަކިދިން އަޑުއިވުނެވެ. “ވަދޭ.” މަލީހް އެހެންބުނެލުމާއެކު ދޮރުހުޅުވާފައި ވަދެގެން އައި ޔާމިންއާއި އަރަޝް ހާދަ ބުނާ ބަސްއަހާ ކުއްޖެކޭކިޔާ ދިމާކޮށްލިއެވެ. މަލީހްވެސް ދެރަނުވާން ބަސްއަހަންވާނުންހޭކިޔާ އެމީހުނާ އެއްބައިިވެ ތައްޔާރުވެގެން ނިކުތީ އޭނާގެ ބައްޕަގާތުގައި ކައިގެން ހުރުމަށް ހަދާންކޮށްލަދީފައެވެ. މުސްތޮފާވެސް ހިނިތުންވުމާއެކު “ބެސްޓް އޮފް ލަކް” އޭ ބުނެލީ ބޮޑުވައިއިނގިލި ދައްކާލަމުންނެވެ.

ތިންމީހުން އެކީގައި ކާރުގައި ނަވާރުބަލާދިޔައިރު މަލީހްޖެހުނީ ފަހަތުޝީޓް ގައި އެކަނި އިންނާށެވެ. އެއީ ޔާމިންއާއި އަރަޝްގެ ނިންމުމެވެ. މިރޭ މަލީހްކެހޭނީ ކުރިންބުނިހެން ހަމަ ބަސްއަަައިގެން ބުނާގޮތްހަދައިގެން ހުންނާށެވެ. ހުރިހާކަމެއް އިންތިޒާމްކުރި މީހުން އެމީހުން ގެންދާތަންވެސް ނުބުންޏެވެ. ނަވާރުބުނި ބިލްޑިންގްއާ އަރާހަމަވުމުން މަލީހް ނަވާރަށް ގުޅާލިއެވެ.

ކުޑައިރުކޮޅަކުން ނަވާރު ނިކުމެގެން އަންނަތަން ފެނުނެވެ. ނަވާރު ފެނުމާއެކު މަލީހްއަށް ކަޅިޖަހާނުލާ ބަލަންހުރެވުނީ ގަބޫލުކުރަން ދަތިވެގެންނެވެ. ކަޅުކުލައިގެ އެރީތި ހެދުމުގައި ހުންނައިރު ނަވާރުހީވަނީ ޕަރީއެއްހެންނެވެ. އަދި ނަވާރުއާއި ގުޅޭގޮތަށް ކޮށްފައިވާ ލުއިމޭކަޕްގެ ސަބަބުން އެރީތިކަން އިތުރަށް ދައްކުވައިދެއެވެ. ނަވާރު އައިސް ކާރާއި އަރާހަމަވުމުން ޔާމިން އައިސް ފަހަތުޝީޓް ހުޅުވާލަދީފައި އެރުމަށް ބުންޏެވެ. ޖެހިލުންވެ ހައިރާވީނަމަވެސް އެތެރޭގައި އިން މަލީހްފެނުމުން ހިނިތުންވެލާފައި ނަވާރު ކާރަށްއެރިއެވެ. އެވަގުތު ކާރުގެ ކުރީޝީޓްގައި އިން އަރަޝްފެނުމުން ނަވާރު ކަންބޮޑުވިއެވެ. ނަމަވެސް މަލީހް ހަމަޖެހުމަށް ބުނުމުން އެއްޗެއްބުނަން ނުކެރިފައި އިސްޖަހާލައިގެން އިނީހިތުގައި އެތަށް ޝަކުވާއެއް އުފެދިފައެވެ. މަލީހް އޭނަގޮވައިގެން ވަކިންދާކަމަށް ހީކޮށް ދުއްހުވަފެން މިވީ ބިލާހަކަށެވެ. ވީއިރު ކުރިން މިކަން އިނގުންނަމަ އެހާވަރަށް ތައްޔާރުވެގެން ނަވާރުނުވެސް އައީހެވެ. ނަމަވެސް އެހެންވެސް އަހާލާކަށް ދެން ނަވާރަކަށް ނުކެރޭނެއެވެ. ދެއަތް ދެއަތާއި މޮޑެމުންދިޔަ ނަވާރު ފެނި ޔާމިން ކާރުގެ ލޯގަނޑު މަލީހްއާ ދިމާއަށް އަނބުރާލާފައި ލާނެތްގޮތަކަށް ހީލިއެވެ. ބަދަލުގައި މަލީހް ލޯހަނިކޮށްލުމުން ޔާމިން ދޫނެރެ ވައްތަރު ޖައްސާލީއެވެ.

ކާރުގޮސް މަޑުކޮށްލީ އޯޝަންގަރޑެން ސިޓީހޮޓާލުގެ ދޮރުމައްޗަށެވެ. އެއީ ސެވަންސްޓަރ ތަނަކަށްވުމުން އެތަނުގެ ޑިމާންޑްބޮޑުވެ ތަނުގެ މަޝްހޫރުކަން ވަނީ މުޅިދުނިޔޭގައި މަޝްހޫރުވެފައެވެ. ނަވާރުއިނީ އެތަނަށް ދިއުމުން ވަރަށްއުފާވެފައެވެ. ކޮންމެވެސް ދުވަހަކުން އެތަނަށް ދާން ހިތުލައިގެން ހުއްޓައި އެންމެ ފުރަތަމަވެސް އެތަނަށް މިއާދެވުނީ ހިތްއެދޭ ހިތުގެ ރާޖާއާއި އެކުގައެވެ. ކާރުން ފައިބާ މަލީހް ނަވާރުއިން ފަޅިއަށް ނުދެވެނީސް ޔާމިން އައިސް ދޮރުހުޅުވާ ނަވާރު މަލީހްއާ ހަމަޔަށް ގެންގޮސްދިނެވެ. އަދި ފަހަތުން އައުމަށް އެދުނެެވެ. ނާހަން ހުރެފައި އެންމެފަހުން ނަވާރު ޑްރައިވަރުއެދަނީ ކޮންތާކަށްހޭ އަހާލިއެވެ. އެއާއެކު މަލީހް ހިނިގަނޑުފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ” އެއީ ޑްރައިވަރެއްނޫން.. މާހްގެ މިކޮޅުގެ ބެސްޓްބްރަދަރސް ޔާމިން.. އަރަޝް.. އެދުވަހު ޔާމިން އައުމުގެ ކުރިން ނަވާދިޔައީމަ ދިމާނުވީ..” ހިނިގަނޑު ހިންދާލަމުން މަލީހް އޮޅުން ފިލުވާދިނެވެ. ނަވާރު އެހެން އެހުނުމޮޔަ ހިތަށް އެރިއެވެ.

ޔާމިންގެ ފަހަތުންގޮސް ލިފްޓަށް އަރަން ބުނުމުން މަލީހްއާއި ނަވާރުއެރުމުން ޓެރެހަށް ދިއުމަށްބުނެފައި ޔާމިންއާއި އަރަޝް ވަކިވެލިއެވެ. މަލީހް އަށް އިތުރުސުވާލެއް ކުރާނެ ވަގުތުނުދީ އެމީހުން ދިއުމުން މަލީހް ހުރިހާކަމެއް ރަނގަޅުވާނޭހިތަށް އަރުވާލާފައި މައްްޗަށްދިޔައެވެ.

ލިފްޓުން ފެއިބުމާއެކު ނަވާރުގެ އަތުގަ ހިފައިގެން ޓެރަހިގެ ދޮރާދިމާއަށް ދިޔަމަލީހް އާއި ނަވާރު ސިހުނީ ޓެރަހުގެ ދޮރުހުޅުވާލުމާއެކު އަނދިރިކޮށް އޮތްތަން އެއްކޮށް ހުދުކުލަައިގެ ބޮކިފަތި ތަކަކުން ދިއްލިގެން ދިއުމުންނެވެ. ތަނަވަސްބޮޑު އެޓަހުގަްި އެއްކޮށް އެބޮކިފަތިތަށް ދަމާފައިވާއިރު މެދުގައި މޭޒެއް ބެހެއްޓިފައި ހުއްޓެވެ. ރަތާއިހުދުކުލައިގެ ފޮށްޗަކުން މޭޒުނިވާ ކުރެވިފައިވާއިރު ރަތްކުލައިގެ ފިނިފެންމާބޮންޑިއެއް މޭޒުގެ މެދުގައި ބާއްފައި ދެފަރާތުގައި އުއްބަތި ޖަހާލާފައި ވެއެވެ. އަދި ދެފަރާތުގައިވާ ދެގޮނޑިވެސް ހުދުކުލައިގެ ކަވަރ އަކުން ފޮރުވާލެވިފައިވާއިރު ރަތްކުލައިގެ ފޮއްޗަކުން އައްސާލާފައިވެއެވެ. މަލީހް އާއި އިށީންދެލުމާއެކު ވޭޓަރުން އައިސް ބަރިއަކަށް އެތުރިލިއެވެ. އަދި ލުއިބުއިމަކާއިއެކު މޭޒުމަތީގައި ޑިނާ އަތުރާލިއެވެ. ލިބިގެންދިޔަ ހިދުމަތުގެ ސަބަބުން މަލީހް ހިތާހިތުން ޔާމިންއާއި އަރަޝްއަށް ތައުފީފްކޮށްލެވުނެވެ.

މާޒީގެ އެކިވާހަކަތާކައި ދެމީހުންގެ ދިރިއުޅުމުގެ އެކިވާހަކަތަކާއެކު ކެއުން ނިންމާލުމާއެކު އަނެއްކާވެސް ވޭޓަރުން އައިސް ތަށިތަށް ނެގުމާއެކު ޑެޒަރޓް ތަށިތަށް އަތުރާލިއެވެ. ނަވާރު ތަނުގެ ހިދުމަތުގެ ފުރިހަމަވާހަކަ ބުނުމުން އެކަމާއެއްބަސްވެ މަލީހްވެސް ބޯޖަހާލިއެވެ. އަދިމިއީ ޔާމިން އާއި އަރަޝްގެ ރޭވުމެއްކަން ސިއްރުކޮށްލީ އަދި އެވާހަކަ ދައްކަން ބޭނުންނުވުމުންމެވެ. ކައިނިމުމާއެކު މަލީހްގެ އެދުމުގެ މަތީން ނަވާރު ވެސް ޓެރަހުގައިހުރެ މޫދާވީ ފަރާތްބަލާލަން ދިޔައީ އެއީ ހިތްގައިމު މަންޒަރަކަށް ވާނެތީއެވެ. ނަވާރުގެ ކޮންމެ ހަރަކާތެއްބަލަމުން ދިޔަ މަލީހް އަށް އޭނައާއި ނަވާރު ގަޔާވާކަން ޔަގީންކުރެވުނެވެ. އެވަގުތު މަލީހް ނަވާރުގެ އަތުގަ ހިފާލާފައި އޭނައާއި ވީދިމާއަށް އަނބުރާލީ ހިތްއެކަމަށް އެދޭވަރުން ކެތްނުވުމުންނެވެ. ” ނަވާ އަހަރެން.. ” އެހިސާބަށް ބުނެވުންތަނާ ” މަޑުކުރޭ..” ބުނިއަޑު އިވުމުން މަލީހްއާއި ނަވާރު ސިހިފައި ބަލާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ލޯބިވަން..(ހަތްވަނަބައި)

Next

ލޯބި އަހަރެންވާނަމޭ (13)

Next
December 7, 2017

ލޯބި އަހަރެންވާނަމޭ (13)

Previews
December 7, 2017

ލޯބިވަން..(ހަތްވަނަބައި)

14 Comments!

  1. Layaa says:
    December 7, 2017 at 8:51 pm

    Salaam.. kihineh hurihaa kiuntherinn .. thankolheh lassvejjedhw mirey.. ekamakuvess thihurihaa kiuntherinnahvess mibaivess kamudhaanekamah unmeedhukuran. Loabivey hurihaa kiuntherin dhekevess ?❤

  2. Saaneix❤ says:
    December 7, 2017 at 9:19 pm

    Nice❤

    1. Hawwu (Layaa) says:
      December 7, 2017 at 9:29 pm

      Thank you dear saaneix ?❤

  3. Aimsithu says:
    December 7, 2017 at 9:31 pm

    Mi part ves varah reethi..dhen onna bai thankolheh avahah genes dheeeba ..plzzz

    1. Hawwu (Layaa) says:
      December 8, 2017 at 6:59 am

      Thank you my dear insha allah typekoh monument haa avahah genessdheynan.. ?? ly

  4. unaal says:
    December 7, 2017 at 9:32 pm

    wowww… vrh reethi

    1. Hawwu (Layaa) says:
      December 8, 2017 at 7:00 am

      Thank you dear unaal ??

  5. nuzu says:
    December 7, 2017 at 10:47 pm

    wow wow v furihama well done layaa ???next part avahah up kohladhehchey plz

    1. Hawwu (Layaa) says:
      December 8, 2017 at 7:01 am

      Thank you drlng insha allah avasa kohladheynan ingey ?? ly

  6. Rsh says:
    December 8, 2017 at 10:27 am

    V Salhi..

    1. Hawwu (Layaa) says:
      December 8, 2017 at 11:44 am

      Thank you rsh ??

  7. Reader says:
    December 8, 2017 at 7:32 pm

    Layaa aanmukoh up kuraa dhuvas thakaky kobaa?

  8. KAYA says:
    December 9, 2017 at 3:26 pm

    next part avas kohdhyba plx

  9. Ana says:
    December 10, 2017 at 9:25 pm

    Mi kon dhuvass thakehga up kuraa vaahakaehtha

Comments are closed.

Next Episodeސިއްރު ސިއްރުން ހިތޭ… (20 ފަހުބައި)←


All Right Reserved!