Skip to content
އެސްފިޔަ

އަނދިރިފަރާތް 32

އޭނާ ބޯ ޖަހާލުމާއެކު އަހަރެން ގޮސް އެމީހާގެ އަތުގައި އައްސާފައިވާ ވާތައް މޮހާލީމެވެ. އެވަގުތު އެމީހާ އަވަސްއަވަހަށް އަތުން އިޝާރާތްތަކެއް ކުރަން ފެށުމުން އަހަންނަށް އަނެއްކާވެސް ބަލާލެވުނީ ޑެލްޓާގެ މޫނަށެވެ. މިއޮއް ހުރިހާ އިރަކު އެމީހާއަށް ވާހަކަނުދެއްކިގެން އުޅުނު ސަބަބަކީ މިއީ ހެއްޔެވެ؟ އެއީ ވާހަކަނުދެއްކޭ މީހެއް ހެއްޔެވެ؟

** **

ލިވިންގް ރޫމުގައި ބަހައްޓާފައިވާ ބޮޑު ބިއްލޫރި މޭޒު ކައިރީގައި އިނދެގެން އަހަރެން ވިސްނަމުން ގެންދިއައީމެވެ. މޭޒުމަތީގައި އަތުރާފައިވާ އެކި ވަރުވަރުގެ ޕޭޕަރުތަކާއި ލެޕްޓޮޕުތަކުގެ ސަބަބުން އަހަރެންގެ ބޮލަށް އުނދަގޫވަމުން ދިޔައެވެ. ޑެލްޓާ ވެސް މި އެއްޗެހި ތަރުތީބުކޮށްލާފައި ބަހައްޓަންވެއްޖެއެއް ނޫން ހެއްޔެވެ؟

މޭޒުގެ އަނެއްފަރާތުގައި ލެޕްޓޮޕެއް ހިފައިގެން، އޭގެ ކީބޯޑުގައިވާ ފިއްތަކަށް ފަރިތަކަމާއެކު ފިތަން އޭނާ އިނެވެ. ހީވާގޮތުން ކޮންމެ ދުވަހަކު ލިޔެފައި އެޖެންސީއަށް ފޮނުވަންޖެހޭ ރިޕޯޓު ލިޔަނީއެވެ. އެ އެއްޗެއް ލިޔަމުން ދިޔައިރު އޭނާ އެންމެ ފަހަރަކުވެސް އަހަންނާ ދިމާއަށް ބަލައެއް ނުލައެވެ. އަހަންނެކޭ މިތަނުގައި ނެތް މީހެކޭ ހަމަ އެއްގޮތެކެވެ.

އަހަރެން ފަރުވާތެރިކަމާއެކު އެ މޫނަށް ނަޒަރު ހިންގާލީމެވެ. އެ ދޮން ވަށް މޫނުމަތިން ކޮންމެވެސް ވަރަކަށް ވަރުބަލިކަމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. ލެޕްޓޮޕުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިންއިރު އިރުއިރުކޮޅާ އޭނާ އެ ފިޔާތޮށި ތުންފަތުގައި ދަތްއަޅާލައެވެ. ނިތްކުރިއަށް ދެތިން ރޫ އަރުވާލައިގެން އެގޮތަށް ލިޔަން އިންއިރު ހާދަހާ ލޯތްބެވެ. ހާދަ މައުސޫމް މޫނެކެވެ.

އަހަންނަށް އެއްއަތުން އަމިއްލަ މޫނުގައި ޖަހާލެވުނީ ހިތަށް އަރުވަން ނުވާނެ ވަރުގެ އެއްޗެހި ހިތަށް އަންނަން ފެށުމުންނެވެ. އެއީ ޝުބާކަން ޔަޤީން ނުކުރެވޭހާ ހިނދަކު އަހަންނަށް އޭނާއާމެދު އެފަދަ ގޮތަކަށް ވިސްނޭކަށެއް ނެތެވެ.

އަހަރެންގެ ހަނދާނަށް އަނެއްކާވެސް އަންނަން ފެށީ ދެންމެހާއިރަކު އަހަރެމެން ހައްޔަރުކޮށްގެން ގެނައި މީހާ ދެއްކި ވާހަކަތަކެވެ. ނަސީބަކުން އަހަންނާއި ޑެލްޓާއަށް ‘ސައިން ލޭންގުއޭޖް’ އެނގެއެވެ. އެމީހާ ކީ އެއްޗެހި އެހާ ފަސޭހައިން އަހަރެމެންނަށް ދެނެގަނެވުނީ އެހެންވެއެވެ.

އެމީހާ ބުނި ގޮތުގައި އޭނާއަށް ޒަފަރުގެ ދަށުގައި މަސައްކަތްކުރަން މަޖުބޫރުވީއެވެ. ދިމާވި ކަންތައްތަކެއްގެ ސަބަބުންނެވެ. އަތްމަތި ދަތިވުމުގެ ސަބަބުން ލާރި ހޯދުމަށްޓަކާ އޭނާއަށް އެކަން ކުރަން މަޖުބޫރުވީއޯލައެވެ. މަޖުބޫރު ވިޔަސް މީހަކު މެރުން ފަދަ ބޮޑު ޖަރީމާއެއް އޭނާ ހިންގަން ޖެހޭ ހެއްޔެވެ؟

އޭނާ ކިޔައިދިން ގޮތުގައި ޒަފަރު އެ ސްކޫލުގައި މަސައްކަތްކުރާ އަންހެން ސްޓާފުންނަށް އެކި ވަރުގެ ޖިންސީ ގޯނާކުރެއެވެ. އެތަނުން މީހަކު އަނގަ ހުޅުވާލާއިރަށް އޭނާ އެމީހެއްގެ ދުވަސް ދުއްވާލަނީއެވެ. މި ފަހަރުވެސް ކަންތައް ދިމާވީ އެހެންނެވެ. މި މީހާ އެ އަންހެން ސްޓާފް މަރާލީ ޒަފަރުގެ އަމުރަށެވެ.

ޒަފަރު އަކީ ހުރި ގޮތަށް ހުރި ވަލު ޖަނަވާރެކޭ އަހަރެންގެ ހިތަށްއެރިއެވެ. އޭނާގެ ކަންތައް މިހާ ބޮޑުއިރު އަދި އެ މިސްޓާރ ޒެޑްއެއްގެ ކަންތައް ކިހާ ފަލަ ވާނެ ހެއްޔެވެ؟ ހަމަ މިހާރުން މިހާރަށް ގޮސް ޒަފަރުއަށް ބްލެކްމެއިލްކޮށް، މިސްޓާރ ޒެޑް ހުރި ތަނެއްގެ މަޢުލޫމާތު ހޯދަން އަހަރެން ބޭނުންވިއެވެ. ނަމަވެސް އެހެން ކަންތައް ކުރެވޭކަށް ނެތެވެ. ޑެލްޓާގެ ޕްލޭންއާ އެއްގޮތަށް ކަންތައް ނުކޮށްފިއްޔާ އޭނާ އަހަންނަށް ހަދާލާނެ ގޮތެއް ވެސް ނޭނގެއެވެ. ކުރީފަހަރު ވެސް ރުޅި އައިސްގެން އަހަންނާ ދިމާއަށް ‘ޔޫ ސަކް’ އޭ ބުންޏެއް ނޫން ހެއްޔެވެ؟ އެހެން ހުއްޓަކަސް އޭނާ ހަޤީޤަތުގައި ހާދަ ރުޅި ގަދައެވެ.

ފޯނު ވައިބްރޭޓު ވުމާއެކު އަހަރެން އަވަސްއަވަހަށް ބަލާލިއިރު ރޫޝިންގެ މެސެޖެކެވެ. އަހަރެން އޮންނާނީ ރައިނާ ހޯދުމުގެ މަސައްކަތަށް ކުރިއެރުމެއް ލިބޭހާ އަވަހަކަށް އަހަންނަށް އެކަންތައް އަންގާށޭ އޭނާ ގާތު ބުނެފައެވެ.

ޝިން: އެމީހުން ރައިނާ ރާއްޖެއިން ބޭރަށް ގެންގޮސްފިކަމަށް ހަބަރު ލިބިއްޖެ.

ޓު ޝިން: ކޮން ގައުމަކަށް ކަން އެނގޭތަ؟

ޝިން: އޮސްޓްރޭލިޔާ.

އަހަންނަށް ބާރަކަށް ކުރިމަތީގައިވާ މޭޒުމަތީގައި ޖަހާލެވުނެވެ. އޮސްޓްރޭލިއާ އަށް؟ އެމީހުން ރައިނާ އެހާ ދުރަށް ގެންދިއުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

އަހަރެން މޭޒުގައި ޖެހުމާއެކު ރުޅި މޫނު ހަދައިގެން އިނދެ ޑެލްޓާ އަހަންނާ ދިމާއަށް ބަލާލިކަން އެނގުނު ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. އެއަށްވުރެ ބޮޑަށް އަހަރެން އިނީ ހާސްވެ،ކަންބޮޑުވެފައެވެ.

އެމީހުން ރައިނާއަށް ޖިންސީ ގޯނާ ކޮށްފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ހިއުމަން ޓްރެޕިކިންގް ގެ ޝިކާރައަކަށް އެ ލޯބިލޯބި ކުއްޖާ ހަދައި ނުވެސް ދަންނަ ބަޔަކަށް ވިއްކާލާފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ މިކަހަލަ ނުބައި ޚިޔާލުތަކުން އަހަރެންގެ ސިކުނޑި ފުރެމުން ދިޔަ ވަރަކަށް އަހަރެންގެ ރުޅި ގަދަވަމުން ދިޔައެވެ. އެ ރުޅިގަނޑު އަހަންނަށް އަނެއްކާވެސް ބޭލުނީ ކުރިމަތީގައިވާ މޭޒަށެވެ. އެއާއެކު މޭޒުމަތީގައިވާ ބައެއް ތަކެތި ގުޑައިގެން ވެސް ދިޔައެވެ.

“އަރޫން! ވަޓް ދަ ހެލް އިޒް ޔުއާ ޕްރޮބްލަމް؟ ނުފެނޭތަ އަހަރެން މުހިންމު ކަމެއް ކުރާތަނެއް؟”

އަހަންނާ ދިމާއަށް އަލިފާނުގެ ނަޒަރެއް ފޮނުވާލަމުން ޑެލްޓާ ވާހަކަދެއްކީ ނިކަން ބާރަށެވެ. އަހަންނަށް ދެއަތުން މޫނުގައި ފިރުމާލެވުނެވެ.

އަނެއްކާވެސް ސިކުނޑީގައި އުފެދިގެން ދިޔަ ޚިޔާލުތަކުގެ ސަބަބުން އަހަރެން ބާރުބާރަށް ހިނގާފައި ގޮސް ހިފާލީ އޭނާގެ އަތުގެ މުލައްދަނޑީގައެވެ.

“ޝުބާ! ހުރިހާ ކަމެއް އެނގިހުރެ ނޭނގޭ ކަމަށް ހަދައިގެން ތި ހުންނަނީ ކީއްވެތަ؟”

އޭނާގެ އަތުގައި ހިފައި ކޮޅަށް ނަގަމުން އަހަރެން ސުވާލުކޮށްލީމެވެ. އެއާއެކު އޭނާ ދެބުމަ ގޮށް ޖަހާލަމުން އަހަރެންގެ އަތް ފޮޅުވާލިއެވެ.

“އެގެއިން ވިތް ދިސް ނޮންސެންސް.. މިކަމާ ބެހޭގޮތުން އަހަރެމެން ވާހަކަދައްކައިފިން ދޯ؟ ކިތައްފަހަރު ބުނާނީ އަހަރެންމީ ޝުބާއެއް ނޫނޭ!”

އޭނާ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ދޮގެވެ. އޭނާ އެ ހަދަނީ ދޮގެވެ. އެއީ ހަމަ ޝުބާއެވެ. އަހަރެން ސީދާ އޭނާގެ ދެލޮލަށް ނަޒަރު ހިންގާލީމެވެ. ހަތަރުކަޅި ހަމަވެގެން ދިއުމާއެކު އަހަންނަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. އެއީ ހަމަ ޝުބާގެ އަސަރުގަދަ ދެލޮލެވެ. އެ ދެލޯ އަހަންނަށް އޮޅިދާނެ ހެއްޔެވެ؟

“ދޮގު! ތި ދޮގުތައް ހެދުން ހުއްޓަން ވެއްޖެއެއް ނޫންތަ، ޝުބާ..”

އަހަންނަށް ބުނެވުނެވެ. އެއާއެކު އޭނާ ދެފަރާތަށް ބޯހޫރާލަމުން އުނަގަނޑުގައި ދެއަތް ވިއްދާލިއެވެ.

“އަރޫންއަށް މި ކަންތައް ނުވަންޏާ އެނބުރި ރާއްޖެއަށް ދޭ.. އަހަރެން މިރެއިން މިރެއަށް ޓިކެޓް ބުކް ކޮށްދީފާނަން..”

އޭނާ އެހެން ބުނުމަށްފަހު މޭޒުމަތީގައިވާ ލެޕްޓޮޕު ހިފައިގެން ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ. އިތުރަށް އަހަރެންގެ ކުރިމަތީގައި ހުންނަން ބޭނުންނުވީ ކަންނޭނގެއެވެ. އެކަމަކު އަހަރެން އޭނާ އެގޮތަށް ދިޔަކައެއް ނުދޭނަމެވެ. ހަރު ހިނގުމެއްގައި ގޮސް އަހަރެން އޭނާގެ ހަށިގަނޑު ފާރުގައި ތަތްކޮށްލީ އޭނާ ނުވިސްނާ ހުއްޓައެވެ. އަހަރެންގެ މޫނު އޭނާގެ މޫނާ ކައިރިކޮށްލުމަށްފަހު އަހަރެން މަޑުމަޑުން ވާހަކަދައްކަން ފެށީމެވެ.

“ޝުބާއަށް އެނގޭތަ މާޒްގެ ދަރިއެއް ހުރޭ. އެ ލޯބިލޯބި ކުއްޖާއަށް ކިޔަނީ ރައިނާ.”

އަހަރެން އެހެން ބުނުމާއެކު ގޮށްޖެހިފައިވާ އޭނާގެ ދެބުމަ މަޑުމަޑުން ދުރުވާންފެށިކަން އަހަންނަށް ފާހަގަވިއެވެ.

“މިސްޓާރ ޒެޑްގެ މީހުން އެ ކުށެއް ނެތް ކުއްޖާ ކިޑްނެޕްކޮށްގެން ގެންގޮސްފި ޝުބާ…”

އަހަރެން މަޑުމަޑުން ވާހަކަދެއްކީމެވެ. އޭނާ ކުޑައިރުކޮޅެއް ވަންދެން އަހަރެންގެ މޫނަށް ބަލަން ހުރުމަށްފަހު ކުއްލިއަކަށް ކޮށްލި ކަމެއްގެ ސަބަބުން އަހަރެންނަށް ބަނޑުގައި އަތް އަޅައިގެން ހުރެ ޓައިލްސްތައް މައްޗަށް ތިރިވެވުނެވެ. އަހަރެންގެ ބަނޑުގައި ކަރާޓީ ޝޮޓެއް އަޅާލީއެވެ.

“ވައި އާރ ޔޫ ޓެލިންގް މީ ދިސް؟”

ހަރަން ބަނދެލަމުން އޭނާ ސުވާލުކޮށްލިއެވެ.

އަހަންނަށް ޤަބޫލުކުރަން ދަތިވިއެވެ. މާޒްގެ ދަރިފުޅުގެ ވާހަކަ ބުނުމުން އެހިތަށް ހަމަ އެއްވެސް އެއްޗެއް ނާރަނީ ހެއްޔެވެ؟ އޭނާގެ އޮންނަނީ ހަރު ހިތެއް ހެއްޔެވެ؟ ގައިމު މާޒް އަކީ ވެސް މީގެ ދެއަހަރު ކުރިން އޭނާ ނުހަނު ގާތްކޮން ދެކުން މީހެއް ނޫން ހެއްޔެވެ؟

“ޝުބާ..”

ބަނޑުގައި އަތް އަޅާލައިގެން ހުރެ ތެދުވަމުން އަހަރެންނަށް އެހެން ބުނެވުނީ ވައި އަޑުންނެވެ. ނަމަވެސް އޭނާއަށް ހަމަ ރީތިކޮށް އެއަޑު އިވޭނެކަން އަހަންނަށް އެނގެއެވެ.

“ބުނެފިން ދޯ މީ ޝުބާއެއް ނޫނޭ.. އަދި ބުނަން؟ ޕާސަނަލް ފީލިންގްސް އާ އެކީގަ މި މަސައްކަތެއް ނުކުރެވޭނެ އަރޫން.. ތި ބުނާ ރައިނާ އަކީ އަރޫންއަށް ވަރަށް ޚާއްސަ ކުއްޖަކަށް ވެދާނެ.. އެކަމަކު ޑޯންޓް ލެޓް ޔުއާ ޕާސަނަލް ފީލިންގްސް ރުއިން ދިސް..”

އޭނާ ވާހަކަދެއްކިއެވެ.

“ޝުބާ.. އެއީ މާޒްގެ ހުރި ހަމައެކަނި ދަރިއޭ.. އޭނަ ހޯދަން އަހަރެމެން މަސައްކަތްކޮށްލަން ހިނގާބަލަ.. މާޒް ދެރަވާނެ ވަރު ނިކަން ވިސްނާލަބަލަ!”

އަހަރެން އަނެއްކާވެސް ވާހަކަދެއްކީމެވެ. އޭނާ ތިރިބަލާލަމުން ދެއަތަކަށް ބޯ ހޫރާލިއެވެ. އެ ތުންފަތުގައި ދުވެލި މަލާމާތުގެ ހިނިތުންވުން ފެނުމުން އަހަރެންގެ ހިތަށް އުނދަގޫވިއެވެ. ރައިނާއާމެދު އެހިތުގައި ހަމްދަރުދީގެ އެއްވެސް މިންވަރެއް ހަމަ ނުއުފެދެނީ ހެއްޔެވެ؟

“ލުކް.. އައި ފީލް ސޮރީ ފޯ މާޒް އޯ ރައިނާ އޯ ވަޓްއެވާ.. އެޖެންސީގެ މީހުން އެކުއްޖާ ހޯދަން އުޅޭނެ ދޯ؟ އެއީ އަހަރެމެންގެ މަސައްކަތެއް ނޫން.. އަހަރެމެންގެ މަސައްކަތަކީ މިސްޓާރ ޒެޑްއަކީ ކާކުކަން ހޯދުން..”

އޭނާ އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އަހަންނަށް ހިނދުކޮޅެއް ވަންދެން އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ޤަބޫލުކުރަން ދަތިވެފައެވެ.

“ޔޫ ނޯ ވަޓް؟ ތި ބުނީ ތެދެއް.. ތީ ޝުބާއެއް ނޫން.. ތީ ޝުބާއަށް ވުމުގެ އެއްވެސް ފުރުސަތެއް ނެތް.. ޝުބާގެ އޮންނާނީ ތިކަހަލަ ހަރު ހިތެއް ނޫން.. އޭނާ އަކީ އެހެން މީހުންގެ އިހުސާސްތަކަށް އަޅާލާ ކުއްޖެއް.. ތީ ޝުބާ ނޫންކަން އަހަންނަށް އަންގައިދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ..”

އެހެން ބުނުމަށްފަހު އަހަރެން އެތަނުގައި އެންމެ ހިނދުކޮޅަކުވެސް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ދުރުދުރުގައި ފިޔަވަޅުތައް އަޅަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތްއިރު އަހަރެންގެ ދެލޯ ފެންކަޅިވާން ފަށައިފިއެވެ. ޝުބާއަށް އެހުރީ ކިހިނެއްވެފާ ބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.

** **

‘ގްރޭވުޑް ހައި ސްކޫލް’ ތެރެއަށް ވަދެގެން ދިޔައިރު އަހަރެންގެ މޫނުމަތި ހުންނާނީ މިލާމޯޅިވެފައެވެ. މާ ހެނދުނާ ހޭލައިގެން ޑެލްޓާއަށްވުރެ ކުރިން އަހަރެން ސްކޫލަށް މިއައީ އޭނާގެ ސޫރަ ދެކެން ބޭނުން ނުވާތީއެވެ. ރޭގައި ހިނގައިދިޔަ ޒުވާބަށްފަހު އަހަރެމެން ދެމީހުން އަދި އެކަކު އަނެކަކާ ވާހަކައެއް ނުދައްކަމެވެ. އެހެނަސް ޑެލްޓާއަށް ނޯޓެއް ލިޔެ މޭޒުމަތީގައި ބާއްވާފައި އަހަރެން ސްކޫލަށް މިއައީ މިޔަދު ކުރަންޖެހޭ ބޮޑު ކަމެއް އޮތީތީއެވެ. އެހެންނޫންނަމަ އަހަރެން މިތަނަކަށް ނުވެސް އަންނާނަމެވެ.

ކުލާސްރޫމަށް ވަތްއިރު އެކަކުވެސް ނެތެވެ. ސީލިންގްގައި ރަތްކުލައިގެ ދަވާދުން ކުރަހާފައި ހުރިތަން އިއްޔެވެސް ހުރި ގޮތަށް ހުއްޓެވެ. އަހަންނަށް ފުންނޭވައެއް ބޭރުކޮށްލެވުނެވެ. އިއްޔެ އަހަރެން ގެއަށް ދިޔައީ ޕްރިންސިޕަލް ހަވާލުކުރި ‘ޕަނިޝްމެންޓް’ ނުނިންމާކަން އެނގުމާއެކު އަހަރެންގެ ހިތަށް ވެރިވީ ފޫހިކަމެވެ.

އަހަރެން އަތުކުރީގައި އަޅާފައިވާ ގަޑިއަށް އަވަސް ނަޒަރެއް ދިނީމެވެ. ކުލާހުގެ ގަޑިތައް ފެށެން އަދި ގަޑިއެއްހާއިރު އެބައޮތެވެ. އެހެން ކުދިން ކުލާހަށް އަންނަންވާއިރަށް އަހަރެން އަވަހަށް މިކަންތައް ކޮށް ނިންމާލަންވީއޭ ހިތަށް އެރިއެވެ. ނޫންނަމަ އަނެއްކާވެސް ކުލާސް އެންމެންގެ ރުޅިވެރިކަން އަހަންނަށް އަމާޒުވާނެކަން ޔަޤީނެވެ. ދެވަނަ ފަހަރަށް އެ ޕްރިންސިޕަލްގެ އޮފީހަށް އެގޮތަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ސްކޫލުގެ ޖެނިޓަރަކާ ވާހަކަދައްކައިގެން ހުދު ދަވާދު ފުޅިއަކާއި ފިއްސެއް ހޯދައިގެން އަހަރެން އައިސް މަސައްކަތް ފެށީމެވެ. ނަސީބަކުން އެ ޖެނިޓަރު މީހާ ވެސް އެކަމުގައި އަހަންނަށް އެހީވެދިނެވެ. އެއްގަޑިއިރު ތެރޭގައި އެ މަސައްކަތް ނިންމާލެވުނީ އެހެންވެއެވެ.

އަހަރެންނަށް ޑެލްޓާގެ މެސެޖު އައީ ދެވަނަ ގަޑީގެ ތެރޭގައެވެ.

ޑެލްޓާ: ނައޮ!

ޓު ޑެލްޓާ: އޯކޭ.

“ސާރ. ފާހާނާއަކަށް ދިޔަސް މައްސަލައެއް ނެތްތަ؟”

އަތް މައްޗަށް ނަގާލާފައި އަހަރެން ވަގުތުން ކިޔަވައިދޭން ހުރި މުދައްރިސް ގާތު އަހާލީމެވެ.

މުދައްރިސްގެ ހުއްދަ ލިބުމާއެކު އަހަރެން ކުލާހުން ބޭރަށް ދިއުމަށްޓަކާ ހިނގައިގަތީ ހަލުވި ފިޔަވަޅުތަކެއްގައެވެ. އެވަގުތު ކައިރީގައި އިން އުޒޭލް އަހަންނާ ދިމާއަށް ވަށްކަޅިން ބަލާލިކަން އަހަންނަށް ފާހަގަވިއެވެ.

މިޔަދު ސްކޫލަށް އައިފަހުން އޭނާ އަހަންނާ އަނގައަކުން ވެސް ނުބުނެއެވެ. އިއްޔެ ކަންތައް ވެގެން ދިޔަ ގޮތުން އޭނާ އަހަރެން ދެކެ ބިރުގަތީ ތޯއްޗެވެ. މިހެން ހިތަށްއެރުމާއެކު އަހަންނަށް ކުޑަކޮށް ހެވެންވެސް ހެވުނެވެ. މާ ބޮޑުވެލާފައި އުޅުނަސް އެއީ ހަމަ ބިރު ކަކުންޏެކޭ އަހަރެންގެ ހިތަށްއެރިއެވެ.

އަހަރެމެން ބައްދަލުކުރަން ނިންމި ތަނަށް ދެވުނުއިރު ޑެލްޓާ އެތަނުގައި ހުއްޓެވެ. އަނގަ އާއި ނޭފަތް ފޮރުވޭ ވަރުގެ މާސްކެއް އަޅައިގެންނެވެ. އަހަރެން ވެސް ހަމަ އެކަހަލަ މާސްކެއް ޖީބުން ނަގައި އޭތި މޫނުގައި އަޅާލީމެވެ. ޑެލްޓާއަށް ބަލާލުމަށްފަހު އަހަރެން ބޯޖަހާލީމެވެ.

ސްކޫލުގެ ގޯތި ތެރޭގައި ހުރި ބިޔަ ހިތި ގަހަށް އަހަރެމެން އަރަންފެށީ ހަލުވިކަމާ އެކީގައެވެ. ޓާގެޓަކީ ޕްރިންސިޕަލްގެ އޮފީހުގެ ކުޑަދޮރެވެ. އެ ގަހުގެ ގޮތްޕެއް އެދިމާއަށް ވާގޮތަށް އޮތްކަމީ އަހަރެމެންގެ ޕްލޭންއަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

އެ ކުޑަދޮރު ކައިރިއަށް އެންމެ ފުރަތަމަ ދެވުނީ އަހަންނަށެވެ. މަޑުމަޑުން ބޯދީ ބަލާލި ހިނދު އަހަންނަށް ފެނުނީ ކުޑަދޮރާ ފުރަގަހަށް ވާގޮތަށް ބޮޑު ގޮނޑީގައި ލެނގިލައިގެން އިން ޒަފަރުއެވެ. އިތުރު މީހަކު އެތެރެއިން ފެންނަން ނެތުމުން އަހަރެން ފަހަތަށް އެނބުރި ޑެލްޓާއަށް ސިގްނަލް ދިނީމެވެ. އޭނާ ބޯ ޖަހާލުމާއެކު އަހަރެން ފަސޭހަ ހަރަކާތަކާއެކު ކުޑަދޮރުން އެތެރެއަށް ފުންމާލީމެވެ.

އެމީހުންތައް އައި ނައި ތަނެއް ނޭނގެއެވެ. އަހަރެންގެ ދެއަތާ ދެފައިގައި ހިފަހައްޓައިފިއެވެ. ގަދަހަދަން ކިތަންމެ މަސައްކަތްކުރި ނަމަވެސް އެމީހުންގެ ޢަދަދު ހާދަހާ ގިނައެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މީހުން އޭގެ ތެރޭގައި ހިމެނޭނެއެވެ. އެމީހުން އެ ހަމަލާ ދިނީ އަހަރެން އެފަދަ ކަމަކަށް އުންމީދުކޮށްގެން ހުއްޓަކާ ނޫނެވެ. އެހާ ކުއްލި ގޮތަކަށް އެކަން ވެގެން ދިއުމުގެ ސަބަބުން އަހަރެންގެ ސިކުނޑިވެސް އެވަގުތު މަސައްކަތް ކުރަމުން ގެންދިޔައީކީ ރަނގަޅަކަށް ނޫނެވެ.

ކަންފަތުގައި ޒަފަރުގެ ނުލަފާ ހިނިގަނޑުގެ އަޑު ޖެހުމާއެކު އަހަރެން އިސްއުފުލައި ބަލާލީމެވެ. އެ ބިޔަ މީހާ ދަތްތައް ފެންނާނެ ފަދައިން ހީލައިގެން ހުރިއިރު އަހަންނާ ދިމާއަށް މަލާމާތްކުރާ ފަދައެވެ. އަހަރެން ދަތްކުނޑި ވިކާލީމެވެ. އަތްފައިގައި ހިފަހައްޓައިގެން ތިބި މީހުންތަކުގެ ކިބައިން ސަލާމަތްވެވޭތޯ ތެޅިފޮޅިގަތީމެވެ. ނަމަވެސް އެއޮއް ވަރުގަދަ، އަދި ޢަދަދުން ގިނަ މީހުންތަކުގެ ކުރިމަތީގައި އަހަރެންނަށް ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ؟ މައްސަލައަކީ އަހަންނަށް ހަމަލާދޭނެ ފުރުސަތެއްވެސް ނުދީ އެމީހުން އަހަރެންގެ ގައިގައި ހިފެހެއްޓީމައެވެ. އެހެންނޫންނަމަ އަހަރެންނަށް އެ އެންމެން ބިމަށް ތިރިކޮށްލުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

“އަހަރެން މި އިންނަނީ ހަމަ ތި ދެމީހުންގެ އިންތިޒާރުގަ..”

ޒަފަރުގެ ބަރު އަޑު އިއްވާލުމާއެކު އަހަރެންގެ ލޭ ހޫނުވެގެން ދިޔައެވެ. އޭނާއަށް އަހަރެމެން މިތަނަށް އަންނާނެކަން އެނގުނީ ކިހިނަކުން ހެއްޔެވެ؟

ވެއިޓް. ދެމީހުން؟ ދެމީހުންގެ އިންތިޒާރުގައި؟

އަހަރެން އުނދަގުލާއެކު ކޮޅުކޮޅަށް ބޯ ހަރަކާތްކޮށްލި ވަގުތު އެމީހުންގެ އަތް ދަށުގައިވާ ޑެލްޓާ ދެލޮލުގައި އަޅައިގަތެވެ. އެމީހުން ޑެލްޓާ ވެސް ހިފެހެއްޓީ ހެއްޔެވެ؟ އަހަރެން ހާސްވާންފެށީ އެހިސާބުންނެވެ. ހިތުތެރޭގައި އުތުރި އަރަމުން ދިޔަ ރުޅިވެރިކަން ނުތަވަސްކަމަށް ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެމެންގެ މިޝަން މި ފެއިލްވީ ހެއްޔެވެ؟ އަހަރެމެންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޒަފަރުއަށް މިހާރު އަހަރެމެންނަކީ ކޮންބައެއްކަން އެނގިއްޖެއެވެ. ހަމަގައިމުވެސް އޭނާ އަހަރެމެން ދިރިހުއްޓަކާ ނުދޭނެއެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (37)

  1. Liaa

    Hey guys. How do u think about this ep?
    Do comment ur opinions ingey. Hurihaa opinions ves ufalaa ekee balaigannaanan. 🙂

    Loves! <3

  2. IShan

    V reethi ! Alhe dhen vaanee kihineh ! Lights out ! Please emeehun salaamai kurey

    1. Liaa
      IShan

      Thank u dear :)?

  3. talent?

    mi part ves vvvvv.nice .when next part??

    1. Liaa
      talent?

      Thank u dear :)?
      Next part maadhamaa(friday) ga

  4. Zai

    When next part

    1. Liaa
      Zai

      maadhama (friday) ga ?

  5. Twingirl

    Vvvv rythi story dhaa goii. . Keep it up liaa… alhe dn khn baa vaany dhw. … hama story ah waiting waiting ????❤❤

    1. Liaa
      Twingirl

      Lets see what happens dhw.. 🙂 Thank u for reading and commenting ?

  6. Baby girl

    Alheyy Delta Sky shuba dhw aroon and shuba gulhuvaba

    1. Liaa
      Baby girl

      Delta hama ebbaheh nuve ey dhw eiy shuba kamakah. hehe ?
      Aroon aa shubaa gulheynebaa. lets see 🙂

  7. Afoo

    So beautiful..alhey wht will happen next??

    1. Liaa
      Afoo

      Thank u Afoo ?

  8. Rishy

    Vvvvvvvvvvvvvv reethi story? ………. keep it up Liaa…….?

    1. Liaa
      Rishy

      Thank u Rishy ?

  9. Rifu

    V reethi might prt vx..masha Allah…liaa when are u going to upload next prt…??

    1. Liaa
      Rifu

      Thank u dear. ?
      Iraadha kurevviyaa maadhamaa (FRI)

  10. Sumaa

    Oww WOW NICELY WRITTEN LIAA I LOVE IT…..

    1. Liaa
      Sumaa

      Thank u so much Sumaa ?

  11. Friends

    Masha allah stry hama v furihama.friends ah heevany aroon men hahyaru kuri meeha hen mauloomaathu dhiny e meehun ekan kuran ulhey kan.+ aroon men salaamah vaane kan nyge ethanun.next part avahah upload koh dhehchey ingey liaa….
    – Salaam- ???

    1. Liaa
      Friends

      Thank you so much for the lovely comment dear ? Lets see dhw wat happens! 🙂

  12. Anonymous

    woowww..v rythi..waitin for the next part..

    1. sarey
      Anonymous

      ohhh…please save those 2..v rythi..waiting for the next part..

    2. Liaa
      Anonymous

      Thank u ?

  13. Allison

    yh r the best Liaa.. <3.. the suspense yh create though.. eheheh..

    1. Liaa
      Allison

      Thank u dear 🙂 ?

  14. Alyss

    I thik delta is a sister or a relative I Shuba and maybe delta is Shuba
    vvv nice love it
    keep it up the good work

    1. Liaa
      Alyss

      Vedhaane hama dhw 🙂
      Thank u for reading and commenting ?

  15. Saa

    Liaa mivaahaka feshigen mihaa hama ah mikiyaaly 1 gadi iraa bain, v furihama storyeh. V interesting. Curious vey varah. I know deltaa aky shubaa kan, mission furihama kuran eyna maruvefaa kamah hadhaigen ulheny e. Mister Z aky kaakubaa. Shubaa aa aroon gulhuvahxhey v obiness. ??????❤????

    1. Liaa
      Saa

      Alhey, THAKYOUSOMUCH for spending that much time just to read this story. 🙂
      Hope to see more comments from u in the coming episodes too ? ?

  16. Liaa

    Guys! I am so so so so sorry 🙁 Mirey Liaa ah story up kurevey gotheh nuvaane. Something came up. Insha Allah maadhamaa up kolladheynan.. Once again reallyyy sorryyyy 🙁

  17. Delta

    Dhigu koh genesdheyche

  18. ren

    Kn irakn nxt prt?waiting ingey…Avas khdhehchey liaa…

  19. bella

    when is next part?…Waiting

  20. Layaal

    Kobaatha 33 vana part ?
    Waiting

  21. UNKOWN

    where is part 33. inpatiently waiting. avas kohbaa plxx.

  22. Zelll

    This story is actually so far, the most interesting one i’ve read, i laaaav it!! Can’t wait for the next part

Comments are closed.