Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް 33

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
April 8, 2018 6 Mins Read
35 Comments

އެމީހުން ޑެލްޓާ ވެސް ހިފެހެއްޓީ ހެއްޔެވެ؟ އަހަރެން ހާސްވާންފެށީ އެހިސާބުންނެވެ. ހިތުތެރޭގައި އުތުރި އަރަމުން ދިޔަ ރުޅިވެރިކަން ނުތަވަސްކަމަށް ބަދަލުވެގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެމެންގެ މިޝަން މި ފެއިލްވީ ހެއްޔެވެ؟ އަހަރެމެންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޒަފަރުއަށް މިހާރު އަހަރެމެންނަކީ ކޮންބައެއްކަން އެނގިއްޖެއެވެ. ހަމަގައިމުވެސް އޭނާ އަހަރެމެން ދިރިހުއްޓަކާ ނުދޭނެއެވެ.

** **

އަހަރެން ލަސްލަހުން އެސްފިޔަތައް ތަޅުވާލަމުން އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލީމެވެ. އެހިނދު ލޮލަށް އެޅިގެން ދިޔަ އޮރެންޖު ކުލައިގެ ގަދަ އަލީގެ ސަބަބުން އަހަންނަށް އަނެއްކާވެސް ލޯ މަރާލަން މަޖުބޫރުވިއެވެ. ދެލޯ މަރައި ފިއްތާލައިގެން އަހަރެން ކުޑަހިނދުކޮޅަކު އަނެއްކާވެސް އޮވެލީމެވެ. މުޅި ގައިގައި ވޭން އަޅަމުން ދިޔައިރު ބަނދެފައިވާ ފަލަ ވާތަކުގެ ސަބަބުން އަތްފައި ހަރަކާތްކޮށްލެވޭކަށް ނެތެވެ. އަނގަމަތީގައި ނިކަން ބާރުކޮށް އަޅާފައިވާ ޑަކްޓު ޓޭޕުތަކުގެ ސަބަބުން އަނގަ ހުޅުވާލެވޭކަށް ނެތެވެ. އުނދަގޫ ގޮތަކަށް ހިންދިރުވާލުމާއެކު އަނގަ ތެރޭގައި ލޭރަހަ ހިފާލައިފިއެވެ.

ހިތްވަރުކޮށްލާފައި އަހަރެން އަނެއްކާވެސް މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. އެންމެ ފުރަތަމަ ވަށައިގެންވާ މާހައުލު އަހަންނަށް ފެންނަމުން ދިޔައީ ވަރަށް ފުސްކޮށެވެ. އެއެއް މިއެއް ވަކިކުރާކަށް ނޭނގުނެވެ. ނަމަވެސް އެސްފިޔަތައް ތަޅުވަމުން ދިޔަ ވަރަކަށް މަންޒަރު މަޑުމަޑުން ސާފުވާން ފެށިއެވެ. އެންމެ ފުރަތަމަވެސް އަހަންނަށް ފެނުނީ އަހަރެންގެ ކުރިމަތީގައި، ގޮނޑިއެއްގައި ބައިންދާފައި އިން ޑެލްޓާއެވެ.

ގޮނޑިއާ އެއްކޮށް އަތާއި ފައި އައްސާފައި ވީއިރު އޭނާގެ އަނގަމަތީގައި ވެސް ޓޭޕު އަޅާފައި ވިއެވެ. އެ ބޮޑު ދެލޯ އަހަންނާ ދިމާއަށް އަމާޒުވެފައި ވީއިރު އޭނާއަށް ކުރެވޭހާވެސް ކަމަކީ އެސްފިޔަޖެހުމެވެ.

އަހަރެން ވަށައިގެން ނަޒަރު ހިންގާލީމެވެ. އަހަރެމެންނަށް ތިބެވުނީ ހަތަރު ފާރުގައި ހުދު ކުލަ ލާފައިވާ ކުޑަ ކޮޓަރިއެއް ކަހަލަ ތަނެއްގައެވެ. މަތީގައިވާ އޮރެންޖު ބޮތްކާއި ޑެލްޓާ އިން ގޮނޑި ފިޔަވާ އިތުރު އެއްޗެއް މި ހަތަރު ފާރު ތެރެއިން ފެންނާކަށް ނެތެވެ.

ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވިއްޖެއެވެ. އެތަނުގެ ދޮރު ކެހިގެން ދިއުމާއެކު ހަރު ހިނގުމެއްގައި އެތެރެއަށް ވަދެގެން އެއައީ ޒަފަރުއެވެ. އޭނާގެ ދެފަރާތުން ހިނގާފައި އައި ދެ ގާޑުން ގެ ސަބަބުން އޭނާގެ ހައިބަތުގެ ވަރުގަދަކަން ކިތަންމެހާވެސް ރަނގަޅަށް ހާމަވެއެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނާއެކު ރަތް ޓައީއެއް އަޅާފައި ވީއިރު އެމޫނުމަތީގައި އެވާ މަލާމާތުގެ ހިތުންވުމުގެ ސަބަބުން އަހަރެންގެ އެތެރެހަށި އަނދަމުން ދިޔައެވެ.

އަހަރެން ބޭނުންވީ ވަގުތުން ގޮސް އޭނާއަށް ހަމަލާދީ އޭނާއަށް ހިރުވާ ނުލެވޭ ވަރު ކޮށްލާށެވެ. ނަމަވެސް އަތްފައި ބަނދެފައި އޮތް އަހަރެންނަށް އެކަން ވާނީ ކިހިނެއް ހެއްޔެވެ؟

“ވެލްކަމް ޓު ހެލް.”

އެ ނުލަފާ ހިނިތުންވުމުގައި ހުރެ އަހަންނާއި ޑެލްޓާއަށް ބަލާލަމުން އޭނާ ބުނެލީ އެހެންނެވެ. ޑެލްޓާގެ ދެލޯ އެ ނުލަފާ މީހާގެ މޫނަށް އަމާޒުވެފައި ވީއިރު އެ ދެލޮލުގައި އަނދައަނދާ ހުރި ރުޅިވެރިކަން އަހަންނަކަށް ނުއޮޅުނެވެ.

ޒަފަރު އެންމެ ފުރަތަމަ ޖެހެލީ ޑެލްޓާގެ ގާތަށެވެ. ގެނައި ހަރަކާތަކާއެކު އޭނާ ޑެލްޓާގެ އަނގަމަތީގައިވާ ޓޭޕުގަނޑު ނައްޓާލިއެވެ. އެއާއެކު ޑެލްޓާ އަވަސްނޭވާތަކެއް ލަމުން ދެތުންފަތުގައި ދޫހިންގާލިއެވެ. ފެޅިފައިވާ އޭނާގެ އަނގަމަތި އަހަރެންގެ ލޮލުގައި އަޅައިގަތުމާއެކު މި ހިތުގައި ރިއްސާލިއެވެ.

“ސްވީޓީ. އަހަރެން ކަލެއަށް ދޭނަން ދެ އޮޕްޝަން..”

ޑެލްޓާގެ މޫނުގައި ފާޑަކަށް ފިރުމާލަމުން ޒަފަރު ވާހަކަދެއްކިއެވެ. އޭނާގެ އެ ޙަރަކާތުން އަހަންނަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގުލެއް ވެގެން ދިޔައެވެ. އެ ނުލަފާ ޖައްބާރު ޑެލްޓާއަށް ކުރަން އެއުޅެނީ ކީއް ހެއްޔެވެ؟

ޑެލްޓާ ދެލޯ ހަނިކޮށްގެން އިނދެ ޒަފަރުގެ މޫނަށް ބަލަމުން ދިޔައެވެ. އެވަގުތު އެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތައް ދެނެގަންނަން އަހަންނަށް އުނދަގޫވިއެވެ.

“ފުރަތަމަ އޮޕްޝަން..”

ޒަފަރު އެހެން ބުނެފައި އޭނާގެ ކޯޓުގެ ޖީބަށް އަތް ލުމާއެކު އަހަރެންގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ. އެ ޖީބުން ނެތި ފިސްތޯލަ ފެނުމާއެކު އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“އަހަރެންގެ މި ފިސްތޯލައިން މަރުވުން..”

އޭނާ އެހެން ބުނެ ހިނިގަނޑެއް ޖަހާލުމާއެކު ޑެލްޓާ ދަތްކުނޑިވިކާލިތަން އަހަންނަށް ފެނިގެން ދިޔައެވެ.

“ދެވަނަ އޮޕްޝަން..”

ޒަފަރު އަނެއްކާވެސް ވާހަކަދެއްކިއެވެ.

“އަހަރެމެންނަށް ފައިސާ އިތުރުކޮށްދޭ މީހަކަށްވުން.. ޔޫ ނޯ؟ ޔޫ ހޭވް އަ ނައިސް ބޮޑީ.. ހަމަ އެ ޖޮބަށް ޕާފެކްޓް..”

ޒަފަރު އެހެން ބުނުމާއެކު ޑެލްޓާ އެއްމިޔަކުން ހިނިތުންވެލިއެވެ. އޭނާގެ ހިތަށް އަރަމުން އެދަނީ ކީކޭ ކަމެއް އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އަންނަ ރުޅީގައި އޭނާ މޮޔަކަމެއް ނުކޮށްފިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.

“ސޯ.. މި އޮފާރ އާމެދު ދެކެނީ ކިހިނެއް؟”

ޑެލްޓާގެ ކޮނޑުގައި އެއް އަތް ބާއްވާލަމުން އޭނާ އަހާލިއެވެ. އެވަގުތު ޑެލްޓާ ބޮލުން އޭނާއަށް އަދިވެސް ކައިރިއަށް އައުމަށް އިޝާރާތްކޮށްލިއެވެ. ކާމިޔާބީގެ ހިނިތުންވުމަކާއެކު އޭނާ ޑެލްޓާގެ މޫނާއި ގާތަށް ގުދުވެލިއެވެ.

އަހަރެން ހީކުރިގޮތާ ޚިލާފަށް ޒަފަރުގެ މޫނަށް އަރައިގެން ދިޔައީ ޑެލްޓާގެ އަނގައިން ނިކުތް ބޮޑު ކުޅުގަނޑެވެ. ފަކުރު ވައްތަރެއް މޫނަށް ޖައްސަމުން ޒަފަރު އެ ކުޅުތައް ފުހެން އުޅެގަތް ވަގުތު ޑެލްޓާގެ މޫނުގައި އެ ދުވެލި ހިނިތުންވުން ފެނިފައި މި ހާލުގައި އޮތް އަހަރެންގެ ގާތަށް ވެސް ހިނިއައެވެ.

“ނައިސް ޝޮޓް.”

އަހަންނަށް ހިތާހިތުން ބުނެވުނެވެ.

“ވަޓް ދަ ހެލް؟”

ޒަފަރު ބާރަކަށް ހަޅޭއްލަވައިގަތް ވަގުތު އޭނާގެ ދެ ބޮޑީގާޑުން އައިސް އޭނާގެ މޫނު ފުހެ ސާފުކޮށްދިނެވެ. ދެލޮލުން އަލިފާންކަނި ބުރާ ހާލު އޭނާ ޑެލްޓާގެ މޫނަށް އެ ވަރުގަދަ މުއްކެވި އަތުގެ ހޫނު އެތިފަހަރެއް އަރައިގެން ދިޔައެވެ. އެއާއެކު ޑެލްޓާ ފެށީ ހޭށެވެ. ޒަފަރުގެ ރުޅިގަނޑު ހައްތަހާ ގަދަވަމުން ދިޔައެވެ.

“އަހަރެން ޗޫސްކުރީ ފުރަތަމަ އޮޕްޝަން.. އަހަރެން މަރު ދެކެ ބިރެއް ނުގަނޭ އެއްވެސް ވަރަކަށް.”

ޑެލްޓާ ނިކަން ސާބިތުކަމާއެކު ބުނެލިއެވެ. އޭނާގެ އެ ޖަވާބުން ޒަފަރު ހައިރާންވާނެކަން ޔަޤީނެވެ. އިތުރު ޙަރަކާތެއް ކުރުމުގެ ކުރިން އޭނާ ޑެލްޓާގެ މޫނަށް ބަލަހައްޓައިގެން ހިނދުކޮޅެއް ވަންދެން އެ ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ.

“މަރާލާ! އަވަހަށް އަހަރެން މަރާލާ! ކީއްވެ ތި ލަސްކުރަނީ؟؟”

ޑެލްޓާ ހަޅޭއްލަވައިގަތެވެ.

އަހަރެންނަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. ކުރިމަތިން ފެންނަމުން މިދާ މަންޒަރުތަކަކީ ހުވަފެނެއްނަމައޭ އަހަރެންގެ ހިތަށް އެތަށް ފަހަރަކު އަރަމުން ދިޔައެވެ. އަހަރެންގެ މިދެލޮލަށް އޭނާ މި ދުނިޔެއާއި ވަކިވެގެންދާ މަންޒަރު ބަލަން ކެތްވާނީ ކިހިނަކުން ހެއްޔެވެ؟ އެއީ ހަމަ މީގެ ދެ އަހަރުކުރިން އެ ދޮންވެލި ތުނޑި މަތީގައި، އަހަރެންގެ މި ދެލޯ ކުރިމަތީގައި، އެންމެ ފަހު ނޭވާ ދޫކޮށްލި ސޫރައެވެ. ދެވަނަ ފަހަރަށް އެ ސޫރަ އެގޮތަށް ވަކިވެގެންދާތަން ބަލަން ވެއްޖެނަމަ މި ހިތް ފަޅައިގެން ހިނގައިދާނެއެއް ނޫން ހެއްޔެވެ؟

“އަހަރެންގެ ހައްޔަރުގަ ހުރިއިރުވެސް ހާދަ ގަޓު ވެލައިގެންނޭ ދޯ ތި އުޅެނީ؟؟”

ޒަފަރުގެ ބަރު އަޑު މުޅިތަނުގައި ގުގުމާލުމާއެކު އަހަރެން އަނެއްކާވެސް ކުޑަކުޑަކޮށް ދެލޯ ހުޅުވާލީމެވެ. އޭރުވެސް ޑެލްޓާ އޭނާގެ ސާބިތުކަން އެކުލެވިގެންވާ ދެލޯ ޒަފަރުގެ މޫނަށް އަމާޒުކޮށްގެން އިނެވެ. އޭނާއަށް އެހާ ހިތްވަރު އެ ލިބެނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ މަޤާމުގައި އަހަރެން ހުރިނަމަ އަހަރެން ނަގާނީ ފުރަތަމަ އޮޕްޝަންކަން ހަމަ ޔަޤީނެވެ.

“ކަލޭ ތިހާ މަރުވާހިތުން އުޅެންޏާ… އިޓްސް ނޯ ފަން އިނގޭ.. ލެޓް މީ ޓްރައި ސަމްތިންގް އެލްސް.”

ޒަފަރު އަނެއްކާވެސް މަލާމާތުގެ ހިނިތުންވުމެއް މޫނުމައްޗަށް ގެންނަމުން ވާހަކަދެއްކިއެވެ. އެއަށްފަހު އޭނާ މަޑުމަޑުން އަހަންނާ ދިމާއަށް ފިޔަވަޅުތައް އަޅަންފެށިއެވެ. ހަމަ އެ ހިނިތުންވުމުގައި ހުރެގެންނެވެ. އެ މޫނުމަތި މި ދެއަތުގައިވާ ވަކިތަކުން އަޅައި ނޮޅާލަފާނަމޭ ހިތަށް އެރި ޢަދަދެއް ވެސް ނޭނގުނެވެ. އެ އިންސާނާ އަހަރެންގެ ގާތަށް އެ އަންނަނީ ކީއްވެގެން ހެއްޔެވެ؟

އައިގޮތަށް އައިސް އޭނާ އަހަރެންގެ އަނގަމަތީގައި އަޅާފައިވާ ޑަކްޓު ޓޭޕުގަނޑު ބާރަކަށް ދަމައިގަނެފިއެވެ. ހީވީ ތުންފަތުގައިވާ ހަންގަނޑުވެސް ނައްޓައިގެން ދިޔަހެންނެވެ. ތުނބުޅިމަތިމަހުގައިވާ ގިނަ އިސްތަށި އެ ޓޭޕުގަނޑާ އެއްކޮށް އުފުރިގެން އަންނާނެކަން ހަމަ ޔަޤީނެވެ.

“ލެޓް މީ ޓްރައި ސަމްތިންގް މޯ… އިންޓްރެސްޓިންގް..”

އޭނާ އެހެން ބުނުމަށްފަހު އެ ބިޔަ ފައިން އަހަރެންގެ ހަށިގަނޑު މައްޗަށް ކޮޅަށް އެރިއެވެ. އާއެކެވެ. ހަމަ ކޮޅަށެވެ. އެއޮއް ބިޔަ މީހާގެ ބަރުދަން އަހަރެންގެ ހަށިގަނޑުގައިވާ ކަށިތަކަށް ހިފެހެއްޓޭނީ ކިހިނަކުން ހެއްޔެވެ؟ ހީވީ ހަށިގަނޑުގައިވާ ހުރިހާ ކަށްޓެއް މުގުރިގެން ދިޔަ ހެންނެވެ.

އަހަރެންގެ އަނގައިން ވޭނީ އާހެއް ބޭރުވެގެން ދިޔަހިނދު އަހަންނަށް ދެލޯ މަރައި ފިއްތާލެވުނެވެ. އަތްފައި ބަނދެ، ގައިން ވަރު ހުސްވެފައިވާ އަހަންނަށް އެ ނުލަފާ މީހާގެ ކުރިމަތީގައި އެއްވެސް ބާރެއް ނުދެއްކުނެވެ. ސިނގިރޭޓަކަށް ފައިން އަރައި ޗިސްކޮށްލާ ބީދައިން އޭނާ އެ ހުރީ އަހަރެންގެ ހަށިގަނޑުވެސް ޗިސްކޮށްލަން ތައްޔާރަށެވެ.

“ނޫން!”

ޑެލްޓާގެ އަނގައިން ނިކުތް އަޑުގެ ސަބަބުން އަހަރެން ގަދަކަމުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލީމެވެ. ކަންބޮޑުވުމުން ފުރިފައިވާ އޭނާގެ މޫނު ފެނުމުން އަހަރެން އޭނާއާ ދިމާއަށް ހީލީ ވަމުންދާ ތަދަށް ކެތްކުރަމުންނެވެ.

ޒަފަރު ކުރަން އެއުޅޭ ކަންތައް މިހާރު އަހަންނަށް ކިތަންމެހާވެސް ރަނގަޅަކަށް ވިސްނިއްޖެއެވެ. އޭނާ ބޭނުންވީ ޑެލްޓާގެ ދެލޯ ކުރިމަތީގައި އަހަންނަށް އަނިޔާކޮށް، އެ ސިކުނޑިއަށް އުނދަގޫ ކުރާށެވެ.

“ހުއްޓާލާ!”

ޑެލްޓާ އެހެން ގޮވާލިއިރު އެ އަޑުގައި އެކުލެވިގެންވަނީ އިންތިހާ ދަރަޖައިގެ ނުތަވަސްކަމެވެ. އަހަންނަށް މި މީހާ އަނިޔާކުރާތީ އޭނާ އެ ކަންބޮޑުވި ކަންބޮޑުވުމުގެ ސަބަބުން އަހަރެންގެ މި ހިތަށް އުފާވެރިކަމުގެ އިހުސާސެއް ކުރެވުނީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ނޭނގުނެވެ.

“ހުއްޓާލާށޭ!! ހަމަ މިހާރު ހުއްޓާލާ!”

ޑެލްޓާ ކަރުގެ ބުޑުން ހަޅޭއްލަވައިގަތުމާއެކު ޒަފަރު އަހަރެންގެ ހަށިގަނޑު ފައިން ޖަހައި ދުރަށް ކޮށްޕާލުމަށްފަހު ބާރު ހިނިގަނޑެއް ޖަހާލިއެވެ.

“ސޯ އިންޓްރެސްޓިންގް.. ކިހިނެއްބާ ވާނީ ކަލޭގެ ކުރިމަތީގައި މީނާގެ ގުނަވަންތައް… ފަހަރަކު ގުނަވަނެއް ހަލާކުކޮށް މީނާ މަރާލިއްޔާ؟ އޭރުން ތި ހިތަށް އަސަރެއް ކުރާނެބާ؟”

ޑެލްޓާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ އޭނާ އެހެން އެ ބުނެލި ގޮތުން އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިއީ އަހަރެން ނިމުން ހެއްޔެވެ؟ އަހަރެން މަރުވާނީ މި ނުލަފާ ޖައްބާރުގެ އަތުން ހެއްޔެވެ؟

“ނޫން، ޕްލީޒް.. އަހަރެން ކަލޭ ބުނި ފުރަތަމަ އޮޕްޝަން ވެސް ނަގާފާނަމޭ. އޭނާއަށް އެހެން ނުހަދާ، އޭނަ ދޫކޮށްލާ! ކުރާ އަނިޔާއެއް އަހަންނަށް ކުރޭ!”

ތުރުތުރުލާ އަޑަކުން ޑެލްޓާ ވާހަކަދެއްކިއިރު އަހަރެން އޮތީ ހަމަ ހައިރާންވެ، އަންތަރީސްވެފައެވެ. އެ އަނގައިން އެ ހިތްވަރުގަދަ ބަސްތައް އެ ނިކުންނަނީ ކިހިނަކުންބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ހަމަގައިމުވެސް އަހަންނަކަށް އެވަރެއް ނުވާނެއެވެ. އަހަރެން އެއަށްވުރެ މާ ފިނޑިއެވެ.

ޑެލްޓާއަށް ޑެލްޓާ ކިޔުނު ސަބަބު މިހާރު އަހަންނަށް ވަރަށް ރަނގަޅަށް އެނގި ސާފުވެއްޖެއެވެ.

“ކުރިން ޗާންސެއް ދިނިންދޯ؟ އެކަމަކު އެ ޗާންސްގެ ބޭނުން ނުހިފީއެއްނު؟”

އަހަންނާ ދުރަށް ހިނގައިގަންނަމުން ޒަފަރު ވާހަކަދެއްކިއެވެ. ރަހުމުކުޑަ ކަމުގެ އިންތިހާއެވެ.

“ކަލޭމެން މީނައަށް އަނިޔާކުރޭ.. މީނަ ހޭނެތެންދެން އަނިޔާކުރޭ!”

އެތަނުގައި ތިބި ގާޑުން ގާތު އެހެން ބުނުމަށްފަހު އޭނާ އެތަނުން ނިކުމެގެން ދިޔައެވެ. އެ ތިބަ ބިޔަ ދެ ގާޑުން ބަރު ފިޔަވަޅުތަކެއްގައި އަހަންނާ ދިމާއަށް އަންނަން ފެށުމާއެކު މަޑުމަޑުން އަހަރެންގެ ދެލޯ ފުސްވަމުން ދިޔައެވެ. ދެލޮލަށް ކަރުނަ ޖަމާވީއެވެ. މަރުވުމުގެ ކުރިން އަހަރެން ކުރަން ބޭނުންވާ ހާދަހާ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ހާދަހާ ގިނަ ހުވަފެންތަކެއް އެބަހުއްޓެވެ. މަރު އަހަންނާ ބައްދަލުކުރާނީ މިފަދަ ގޮތަކަށްކަން ކުރިން ވެސް އަހަންނަށް އެނގެއެވެ. މިކަހަލަ އެޖެންސީއެއްގައި މަސައްކަތްކުރަން ފެށިއިރު އަހަންނަށް އޮންނަންވާނީ އެވަރު ވިސްނިފައިތާއެވެ. ނަމަވެސް….

ކަރުނަތައް ޖަމާވެފައިވާ ޑެލްޓާގެ ދެލޯ ފެނި އަހަންނަށް ހިނިތުންވެލެވުނެވެ. މަންޒަރު ފެންނަ މީހަކަށް ހީވާނީ އަހަރެން އޮތީ މޮޔަވެފައި ހެންނެވެ. އެވަރަށް އަނިޔާކޮށް ހިރިނުލެވޭވަރު ކޮށްލާފައި އޮތް މީހަކު ހިނިތުންވާނީ ވަރަށް މަދު ފަހަރަކުދޯއެވެ.

އެ ދެމީހުން އައިސް އަހަރެންގެ ހަށިގަނޑުގައި ފައިން ތަޅަން ފެށިހިނދު އަހަންނަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. މުޅި ހަށިގަނޑުގައި ވޭން އަޅަމުން ދިޔަ ނަމަވެސް އަހަރެންގެ މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލީމެވެ. ޑެލްޓާ އިތުރަށް ދެރަވެދާނެތީއެވެ. މިހާރުވެސް އެމޫނުމަތިން ފެންނަން ހުރި ކަންބޮޑުވުމުގެ އަސަރުތައް ވަކި ކުޑައެއް ނޫނެވެ.

“ނޫން! ޕްލީޒް… އޭނައަށް ތިހެން ނުހަދާށޭ!”

އޭނާ ހަޅޭއްލަވައިގަތީ މަޑު ގިސްލުމަކާ އެކުގައެވެ. ވޭން އެކުލެވިގެންވާ އެއަޑު އަހަރެންގެ ކަންފަތާ ހަމައަށް އައީ ބޫން ގޮތަކަށެވެ. އެމީހުން އަނިޔާކުރަމުން ދިޔަ އަހަރެންގެ ހަށިގަނޑަށް އިރުއިރުކޮޅާ އަރައިގެންދާ ލޮޅުން ތަކާއެކު އަހަރެންގެ ހިއްސުތަކަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ މަޑުމަޑުން ދެލޯ ފުސްވެއްޖެއެވެ. ކަންފަތަށް އަޑުއިވެނީވެސް ކިރިޔަކިރިޔާއެވެ. ތަދުވެސް އިހުސާސްކުރެވެނީ ވަރަށް ކުޑަކޮށެވެ. އަހަރެން މަރުވަނީ ހެއްޔެވެ؟ މި އަނިޔާވެރި ދުނިޔެ އަހަންނާ އަލްވަދާޢު ކިޔަނީ ހެއްޔެވެ؟

** **

އަހަންނަށް ދެލޯ ހުޅުވާލެވުނީ މީހަކު އަހަރެންގެ މޫނުގައި ތަޅާ ކަމުގެ އިހުސާސް ކުރެވެން ފެށުމުންނެވެ. ދެލޯ ކުރިމައްޗަށް އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ ޑެލްޓާގެ ރީތި ސޫރައެވެ. ކަރުނުން ފުރިފައިވާ އެ ދެލޮލާއި، ތުރުތުރު އަޅަމުން ދިޔަ އެ ދެތުންފަތެވެ.

އަހަންނަށް ދެންމެ ފެނުނީ ހުވަފެނެއް ހެއްޔެވެ؟ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލި ވަގުތު އަހަންނަށް ފެނުނީ ހަމަ އެއްކަލަ ކޮޓަރިއެވެ. ހަތަރު ފާރުގައި ހުދުކުލަ ލާފައިވާ އެ ކުޑަ ކޮޓަރިގަނޑެވެ. އަހަރެން އަދި މަރެއްނުވޭތާއެވެ.

އަހަންނަށް އޮވެވުނީ ޑެލްޓާގެ އުނގުގައިކަން ރޭކާލީ އަދި ތަންކޮޅެއް ފަހުންނެވެ. އަހަރެންގެ ބޯ އޭނާގެ އުނގުމަތީގައި ބާއްވާލައިގެން އިންއިރު އެ އަނގައިން އިރުއިރުކޮޅާ ނިކުންނަމުން ދިޔަ މަޑު ގިސްލުމުގެ އަޑުތައް އަހަރެންގެ ކަންފަތަށް އިވިއިވި ހުއްޓެވެ.

“އަރޫން؟ އަރޫން؟ އޯކޭތަ؟ ޓޯކް ޓު މީ އަރޫން!”

އަހަރެންގެ މޫނުގައި ހިފައި ދެތިން ފަހަރަކު ތަޅުވާލަމުން އޭނާ ވާހަކަދެއްކިއެވެ. އަހަރެން އަނގަ ހުޅުވާލީމެވެ. ވާހަކަދެއްކުމުގެ ނިޔަތުގައެވެ. ނަމަވެސް ހުޅުވާލި އަނގަ ތެރެއިން ފައިބައިގެން އައި ލޭތަކުގެ ސަބަބުން އަހަރެން ކޮށިއެރިއެވެ. ދެތިންފަހަރަކު ކެއްސާލަމުން އަހަރެން އަނެއްކާވެސް އެމޫނަށް ނަޒަރު ހިންގާލީމެވެ.

“އަރޫން.. ޕްލީޒް.. ސްޓޭ ވިތް މީ..”

ވައި އަޑުން އޭނާ ބުނެލިއެވެ. ގޮނޑިއާއެކު އޭނާގެ ގައިގައި އައްސާފައިވާ ވާތައް އޭނާ މޮހާލީ ކިހިނަކުން ހެއްޔެވެ؟

“ޝު….ޝުބާ..”

ވަރަށް ހާލުން އުޅެގެން ވެސް އަހަރެންގެ އަނގައިން ނިކުތް ހަމައެކަނި ބަހަކީ އެއީއެވެ. އެއާއެކު ޑެލްޓާގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ. ހިތުގައި ޖެހިޖެހިފައި ރޮމުން ގެންދިޔައިރު އަހަންނަށް ކުޑަކުޑަކޮށް ހުޅުވިފައިވާ މި ދެލޮލުން އެމޫނަށް ބަލަހައްޓައިގެން އޮވެވުނެވެ. އޭރު އަނެއްކާވެސް މި ދެލޮލަށް ކަރުނަތައް ޖަމާވެ، މުޅި މަންޒަރު ފުސްވަމުން ދިޔައެވެ.

“އަރޫން.. މީ ޝުބާއޭ…”

“މީ އަރޫންގެ ޝުބާއޭ..”

“މީ ހަމަ އަރޫން ތި ހީކުރާ ޝުބާއޭ..”

“އަހަރެން މަރެއްނުވެއޭ.. އަރޫން..”

“ޝާކިން އަހަރެން ދޫކޮށްލާފަ ދިޔަހެން އަރޫން ނުދައްޗޭ..”

“ޝާކިން ގޮތަށް އަރޫން ވެސް ގޮއްސިއްޔާ، އަހަރެން ދުވަހަކުވެސް އަރޫންއަކަށް މާފެއް ނުކުރާނަން!”

“ހަނދާންކުރާތި، ޕްލީޒް އަރޫން… ލޯ ނުމަރައްޗޭ..”

“އަހަރެން އަރޫންއާ ދައްކަންވެފަ ބައިވަރު ވާހަކަ އެބަހުރި..”

“ބައިވަރު ވާހަކަ..”

“އަހަރެން ކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރި އަރޫން.. އެ ހުރިހާ ކަމެއްގައި އަރޫން ހުރެދޭންޖެހޭނެ އަހަންނާއެކީ..”

“އަހަރެން އެ ހުރިހާ ކަމެއް އެކަނި ކުރާނީ ކިހިނެއް؟”

“އަހަރެން އަރޫންއަށް މަރުވުމުގެ ހުއްދައެއް ނުދެން.. އެހެންވީމަ މަރެއްނުވެވޭނެ….”

“މަންމައާ ބައްޕައާ ދޮންބެއާ… އެމީހުން ކައިރިއަށް ދާން ހާދަ ބޭނުމޭ…”

“ރިޒާމް އާ މާޒްއާ ރޫޝިންއާ.. އެމީހުން ވެސް ދެކެން ބޭނުމޭ އަރޫން..”

“ޕްލީޒް.. ޑޯންޓް ޑައި..”

“ޕްލީޒް…”

“އައި ލަވް ޔޫ..”

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (13)

Next

ތަޤްދީރު (29)

Next
April 8, 2018

ތަޤްދީރު (29)

Previews
April 8, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (13)

35 Comments!

  1. Liaa says:
    April 8, 2018 at 6:05 pm

    Hey guys. Liaa haadha goahey dhw.. Iyye ves up kolla nudhin. Eyge kuree dhuvahuves up kolla nudhin.. 🙁
    Sorry ingey. Unexpected situation eh dhimaa vegen Liaa ah hama story liyan noolhenuvii.. Hope u guys will forgive me.. And next part up kuraane ireh liaa eh nubunaanan cox bunaa dhuvahah anekkaa ves up koh nudhevi dhaanethee…
    All I will say is veehaaves avahakah up kolleveytho try kuraanamey.
    🙂
    Loves! <3

    1. Liaa says:
      April 8, 2018 at 6:07 pm

      And mi part kuru dhw. But mee hama Liaa nimman beynun vee hisaabu. Coz mihisaabah nimmeema story liyan plan koffa in gothah dhaanee..

  2. Saandy says:
    April 8, 2018 at 6:42 pm

    WOW!! Finally, Shubaa ebbas vejje dhw e-ee Shubaa kamah.. V happy momenteh.. Ekam Aroon maraanulahchey.. Shubaa heevany moyavefa inhen.. Alhe eyna moyakohnulahchey Liaa.. Eyrun vaahakaige roohu maruvaane.. Waiting for the next part.. Ummeedhu kuran v avahah kiyaalan libeyne kamah 🙂

    1. Liaa says:
      April 10, 2018 at 7:55 am

      Shukuriyyaa Saandy 🙂

  3. ސިއްތި says:
    April 9, 2018 at 7:12 am

    Yey…. Curious to read more. Superb lia

    1. Liaa says:
      April 10, 2018 at 7:55 am

      Thank u dear 🙂

  4. Swety says:
    April 9, 2018 at 7:34 am

    Fainally libunee dhw kiyaalan. ….v vvvvv nice mi part ves ????????

    1. Liaa says:
      April 10, 2018 at 7:56 am

      Thank u dear 🙂

  5. SOMEONE says:
    April 9, 2018 at 10:39 am

    WOW….. its too good.. i love this story… but thankolheh kuru.. waiting for the next part.. plx plx avahah up kohdhechey

    1. Liaa says:
      April 10, 2018 at 7:57 am

      Shukuriyyaa 🙂

  6. Twingirl says:
    April 9, 2018 at 10:48 am

    Wooooow ???alheyy kiya kiyaa hutta e nimuny ?? vvvv rythi story. .. hama kiyaa hithun hurevenyy eh nunn. … avahah up kohdhehcheyy. … waiting waiting ??

    1. Liaa says:
      April 10, 2018 at 7:57 am

      THankyw 🙂 <3

  7. ren says:
    April 9, 2018 at 12:17 pm

    Wow..Just wow…Liaa..U r the best..Stry v salhi…Waiting for nxt prt ingey…Luv you..

    1. Liaa says:
      April 10, 2018 at 7:57 am

      THankyw dear. 🙂 Ly too <3

  8. Sunaa says:
    April 9, 2018 at 3:31 pm

    Very nice
    Please up next part fast

  9. Angle says:
    April 9, 2018 at 3:33 pm

    Very nice
    Please up next part fast

  10. me says:
    April 9, 2018 at 3:34 pm

    Shubaa tha hama..noonee Arun ah fenna huvafenehtha…

    1. Liaa says:
      April 10, 2018 at 7:58 am

      Let’s see dhw 🙂 hehe

  11. Fairy says:
    April 9, 2018 at 3:34 pm

    Waiting for next part

    1. Liaa says:
      April 10, 2018 at 7:58 am

      🙂

  12. IShan says:
    April 9, 2018 at 4:40 pm

    I tried to comment first ! But site in allow eh nukuri this time ! Story v reethi

    1. Liaa says:
      April 10, 2018 at 7:59 am

      Ehentha? Yeah. Baeh faharu Liaa ah ves comment nukollevey site slow vaa faharufaharu. Thank u dear 🙂

  13. Delta says:
    April 9, 2018 at 4:41 pm

    Perfect

    1. Liaa says:
      April 10, 2018 at 8:00 am

      Thankyw 🙂

  14. Alyss says:
    April 9, 2018 at 5:03 pm

    yeyyyyyyyyyyyy
    Shuba is back I knew that it was shubaa
    yippppeeeeeeee
    still aroon maraa nulaathi and I think Shuba and aroon will make a perfect couple.
    and Liaa even if you are late uploading it still I love this story.
    love you

    1. Liaa says:
      April 10, 2018 at 8:01 am

      Hehehe Thank u so much Alyss 🙂 <3
      Ly too <3

  15. rishy says:
    April 9, 2018 at 8:03 pm

    yessssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss…….. love u liaa 🙂

    1. Liaa says:
      April 10, 2018 at 8:01 am

      Thank u rishy. 🙂 <3

  16. Rose says:
    April 10, 2018 at 8:40 am

    Kobaa next part?

  17. Laii says:
    April 10, 2018 at 7:33 pm

    Pls update soon .. just luv this story❤❤

  18. ehen meehe says:
    April 11, 2018 at 11:38 am

    Fast next part… Up kodhiibar

  19. shin says:
    April 11, 2018 at 9:07 pm

    konirakuntha next part update kohdheynee….story v reethi

  20. Shaa says:
    April 12, 2018 at 11:38 am

    can’t wait to read… pls pls up kohdhyba avahah..

  21. Rifu says:
    April 12, 2018 at 11:53 am

    Kon irakun tha nxt prt up kuraanyy….liaa I’m curiously waiting for this story ingey….???

  22. BLLLLL says:
    April 12, 2018 at 9:04 pm

    thi vaahaka nereykah nuveytha

Comments are closed.

Next Episodeއަނދިރިފަރާތް 34←


All Right Reserved!