ޔާއިން
“ޔާއިންް” އަހަންނަށް ހަމަ ބިމަށް އާދެވުނީ ރިހާމްް ދެތިން ފަހަރު ގޮވާލުމުންނެވެ. ރަސްފައްނު ގެ ގޮނޑިއެއް ގައި އަހަރުމެން ތިބި އިރު ހިތްގައިމު ވައިރޯޅިތައް ޖެހެމުން ދިޔަ އެވެ. ނަމަވެސް އަހަރެންގެ ހިތަށް ކުޑަވެސް ފިނިކަމެއް ނުވެއެވެ. “ޔާން ހިތް ވަރު ކުރަންވާނެ އިންޝާﷲ ޔާން ގެ މަންމަ އަދި ރަނގަޅުވާނެ! ޔާން ހިތްވަރު އެލުވާ ލީމަ ކާކު ނައިރާ އަށް ހިތްވަރު ދޭނީ؟” ރިހާމްް އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރަނީއެވެ. ނަމަވެސް އެއްޗެއް ވިސްނޭ ވަރަށްވުރެ އަހަރެންގެ ހާލަތު ގޯހެވެ. މަންމަ މިއަދު އެހާލުގައި އެއޮތީ ހަމަ އަހަރެން ގެ ސަބަބުން ނެވެ.އެހެންހިތަށް އެރުމާއެކީ ހިތުގައި ރިއްސާލިއެވެ. ރިހާމް އެކި ވާހަކަ ދެއްކުމުން ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.އަހަރެން އިން ތަނުން ތެދުވެ. ހޮސްޕިޓަލާއި ދިމާއަށް ހިނގައިގަތީމެވެ. ރިހާމް ވެސް އަހަރެން ގެ ފަހަތުން އައެވެ. އައިސީޔޫ ކައިރިއަށް ދިޔައިރު ނައިރާ އެތާއިން ގޮނޑިއެއްގައި އިށީނދެލައިގެން އިނެވެ. ރޮއެރޮއެ ގޮސް އެ ދޮން މޫނު ވަނީ ރަތްވެފައެވެ. ލޮލުން ް ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ފޮހެމުން ދިޔައެވެ. އަހަރެންނަކީ ހާދަހާ ގޮސް ބޭބެ އެކެވެ. އަހަރެން ނައިރާ ގާތަށް ގޮސް ގޮވާލީމެވެ. އަހަރެން ފެނުމުން ނައިރާ ގެ ދެލޯ ބޮޑުވިއެވެ. އަހަރެން ހީކުރި ނައިރާ ރުޅިއައިސްގެން އެއްޗިހި ކިޔާނީ ކަމަށެވެ. ނަމަވެސް ކަންތައްވިީ އަހަރެން ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. ދޮންބެ އޭ ކިޔާފަ އައިސް އަހަރެން ގައިގައި ބައްދާލިއެވެ. “ދޮންބެ…ޕްލީޒް ދެން ނުދާތި ނައިރާ އާ މަންމަ ކާރީގަ މަޑު ކުރޭ.. ޕްލީޒް” ގިސްލަ ގިސްލާފައި ނައިރާ ވާހަކަ ދެއްކި އެވެ. އަހަންނަށް ވެސް ރޮވުނެވެ. “ޝްޝް ދެން ހުއްޓާލާ ދޮންބެ މިއައީ އޭ މަންމަ އާއި ނައި ކާރިއަށް” ވަރަށް ހިތްވަރު ކޮށްފައި އަހަރެން ބުނީމެވެ. އަހަރެން ގޮސް ނައިރާ ގޮނޑިީ ގައި ބޭންދިީމެވެ. އަދި ރިހާމް ގާތު ނައިރާ ބެލުމަށް ބުނުމަށް ފަހު ފާޚާނާއަާ ދިޔައީމެވެ.
ފާޚާނާއަށް ގަ އިން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލީމެވެ. ބަލާލުމާއެކު މާޒީން ދުވަހެއް ހަނދާން ވިއެވެ.
“ދަރިފުޅާ ކިހިނެއްތަ ތި ހުރި؟ އެއޮއް ދޮން ކުއްޖާ މުޅިން ކަޅުވެފައެއްނު ތިހުރީ ބޯ ދިގު ކުރި އަސް ތިއަށް ވުރެ ރީތިކޮށް ބެހެއްޓިދާނެއްނު ނިޔަފަތި ވެސް ނުކަނޑައެއްނު ތިއުޅެނީ!” އެއްރޭ ގެއަށް އައިސް ވަންތަނުން މަންމަ ކިޔަންފެށިއެވެ. އައި ރުޅީގައި މަންމަ އާއި ދިމާއަށް ހަޑިއެއްޗިހި ގޮވާލީމެވެެ. މަންމަ ރޯންފެށިއެވެ. ނައިރާ ވެސް ހުރީ ފެންކަޅިވެފަ އެވެ. އަހަރެން ކޮޓަރިއަށް ގޮސް ބަންލާފަަައި ދޮރުޖެހީމެވެ. އެއާއެކު މަންމަ ގެ ގިސްލުމުގެ އަޑު ވެސް އިވުނެވެ. އަހަރެންގެ ހިލަ ހިތަށް ކުޑަވެސް އަސަރެއް ނުކުރެއެވެ.
އެދުވަސް ހަނދާން ވުމާއެކު އަހަންނަށް ރޮވެން ފެށިއެވެ. މަންމަ އެދުވަހު ބުނީ ދޮގުވާހަކައެއްނޫންކަން އަމިއްލަ ސޫރައަށް ބަލާލުމުން އެނގުނެވެ. ނައިރާ އަށްވުރެ ވުރެއް ވެސް އަހަރެން ދޮން ވާނެއެވެ. ނަމަވެސް މިހާރު މީހާ ވަނީ ކަޅުވެފައެވެ. ފަން އިސްތަށިގަނޑު ވެސް ވަނީ ބުޅިވެފައެވެ. ކޮނޑުން ތިރިއަށް ދިގުވެފައި އޮތް އިރު ވަރަށް ވެސް ހުތުރު ކަން އަހަންނަށް ވިސްނުނެވެ. ސިނގިރޭޓް ބުއިމުގެ ސަބަބުން ތުން ފަތް ވެސް ވަނީ ކަޅުވެފައެވެ.އަހައްނަށް އިސް ޖަހާލެވުނެވެ. މަންމަ މަތިން ހަނދާން ވުމާއެކު އަވަހަށް މޫނު ދޮވެލީމެވެ. އަދި ރަނގަޅުމީހަކަށް ވުމަށް އަޒުމު ކަނޑައެޅީމެވެ.
އައިސީޔޫ ކައިރިއަށް ދިޔައިރު ނައިރާ ހުރިީ ޑޮކްޓަރާއި ވާހަކަ ދައްކާ ށެވެ. އެހެންކަމުން އަވަސް ފިޔަވަޅުތަކެއްގައި އަހަރެން ނައިރާ ގާތަށް ދިޔައީމެވެ. ނަައިރާ އަހައްނަށް ވުރެއް ދެއަހަރު ހަގު ވާނެއެވެ. ނަމަވެސް އަހަންނަށް 18 އަހަރެވެ. ނައިރާ އަށް 16 އަހަރެވެ. ނަަައިރާ ގެ މޫނު މަތިން ހިނިތުންވުމެްް ވެރިވުމުން މަންމަ ގެ ހާލު ކޮންމެވެސް މިންވަރަކަށް ރަނގަޅުވެއްޖެކަން އަހައްނަށް އެނގުނެވެ. ޑޮކުޓަރު ދިއުމުން ނައިރާ އަހަރެން ގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ނައިރާ ގޮސް ވަނީ ޕްރައިވެޓް ރޫމަކަށެވެ. ދޮރު ހުޅުވުމާަ އެކު އަރެންގެ ލޮލުގައި އަޅައިގަތީ މަންމައެވެ. މަންމަ އަށްވެސް އަހަރެން ފެނުނެވެ.”ޔާއިން” ލަސްލަހުން މަންމަ އަހައްނަށް ގޮވާލިއެވެ. ދުވެފައި ކަހަލަގޮތަކަށް މަންމަ ގާތަށް ދިޔައީމެވެ.ނައިރާ ވެސް އެނދުގެ އަނެއްފަރާތުގައި އިނެވެ. މަންމަ ލަސްލަހުން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. “މަންމާ ސޮރީ” އަހަރެން މަޑުމަޑުން ބުނީމެވެ. އަހަރެންގެ ލޮލުން ވެއްޓެން ދިޔަ ކަރުނަ މަންމަ ފުހެ ދިނެވެ. އަދި ނުރޯށޭ ބުނެ ބޮލުގައި މަޑުމަޑުން ފިރުމާލިއެވެ.
(ނުނިމޭ)
12 Comments!
Comments are closed.
Iburaiyytheri stry eh… Nice ☺☺☺ keep it up
Jazakillah Nu Xu
interesting
very nice when is the next part??
Insha Allah tommorw. Ekamu miadhu liyevihjeyaa miadhuvx veytho balaanan
Nice story … ???
Thanks all the readers for ur support. Dhen mistakes thah faahaga kohlladhinun edhen. Jazakumullah khairan
reethi vaanehen heevaa vaahakaeh.. kudhi kudhi kuh ebahuri, imlaa kuh kahala.. ekam masakkaiyy kollaifiyyaa varah avahah ebai rangalhu vaane.. in sha allah.. plus, vaahakaige shauquverikan hifahattan masakkaiyy kurahchey.. eyrun story varah furihamakoh kuriyah dhaany.. mihaaru ves hama vrh reethi mi story.. Maa sha allah! 🙂 nxt part kon irakun???
Jazakillah Insha Allah i will try to correct all the mistakes
Nice… keep it up???
i have a question, writer.. hope you’d clarify my doubt to me.. aslu name aky kiyara tha???
????
nice!