އާދޭސް ކުރާ ހިތްވޭ ރޮމުން (13)
ދާނިޝް ހިޔާލްތަކުގައި ބެހިގެން ދިޔައިރު ރާސިލް ވެސް ދިޔައީ ވިސްނަމުންނެވެ. ފޮޓޯ ގަނޑަށް ބަލަހައްޓައިގެން އިނދެ ދޮންތަގެ އުފާވެރި ކޮންމެ ހަނދާނެއް އޭނާ އާކުރަމުން ދިޔައެވެ. އެ އޮފީހަށް އޭނާ ވަށައިގެން ބަލާލި ކަމުގައި ވިޔަސް ސިފަވަނީ ދޮންތައެވެ. މިއީ އެ ދޮންތަވެސް އެންމެ ފުރަތަމަ ވަޒީފާ އަދާކުރިތަނެވެ. ކެބިން އަށް ވަށައިގެން ބަލާލެވުނީ އެތަނަށް ނަފްރަތު ކުރާ ހާލުގައެވެ.
************
އިންޓަރި ވިއުއިން ދޮންތަ ފާސްވޭތޯ އޭނާ ދުއާ ކުރި އަދަދެއް ނޭގެއެވެ. ސިޓިން ރޫމްގައި އިން ސަރަންފީގައި އިން ރާސިލް ގެ މަންމަ ސަލީމާ ގާތަށް ގޮސް ވެސް އޭނާ ދޮންތައަށް ޖޮބް ލިބޭނެހެއްޔޭ ކިޔާ ސުވާލުކޮއްލިއެވެ.
އެއާއެލު ސަލީމާ ހިނިތުންވެލީ އިރާދަކުރެއްވިއްޔާ ލިބޭނެޔޭ ބުނަމުންނެވެ. ރާސިލް ގެ އުޅުން ހުންނަ ގޮތުން ސަލީމާ ގާތަށް ވެސް ހިނިއާދެވެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟. އުމުރުން ވިހިއަހަރު ފުރިފައިވާއިރު އަދިވެސް އުޅުން ހުންނަނީ ކުޑަކުއްޖެއް ގޮތަށެވެ.
“ޕިސް ޕިސް” ސަލީމާ ދެފަރާތަށ ބޯ ހޫރާލަމުން ބުނެލުމާއެކު ރާސިލް އަށް އެދިމާލަށް ބަލާލެވުނެވެ. އެވަގުތަކީ އިފްޝާ އައިސް ވަތް ވަގުތަށް ވުމާއެކު ތިންމީހުންނަށް ވެސް ކޮޅަށް ތެދުވެވުނެވެ. އިފްޝާ އަދި ވާނޭ ގޮތެއް ނޭނގެޔޭ ބުނުމުން ސަލީމާ އިފްޝާގެ ބޮލުގައި ފިރުމާލިއެވެ.
އިފްޝާ އަށް ފޯނު ކޯލް އައުމާއެކު އޭނާގެ ހިތުގެ ހިންގުން އަވަސްވުމާއެކު އުފާވެރިކަމުން އެ ހިތް ފުރިގެން އައެވެ.
ފޯން މޭޒުމަތީގައި ބާއްވަމުން އިފްޝާ ދިޔައީ ފޯން ކަނޑާނުލެވިއެވެ. މަންމާ އޭ ކިޔާ ގޮވާލަމުން ގެތެރޭގައި ދެފަރާތަށް އެނބުރިލިއެވެ. އެއާއެކު ރާސިލް އާއި ސަލީމާ ވެސް އައިސް އަމިއްލަ ދަރިފުޅުގެ އުފަލުގައި ބައިވެރިވިއެވެ.
އިފްޝާ އޮފީހަށް ދާންފެށިފަހުން ގޭގެ މާލީ ހާލަތު ދިޔައީ ރަނގަޅުވަމުންނެވެ. ސަލީމާ ބަލިވުމުގެ ސަބަބުން މަސައްކަތް ނުކުރެވެން ފެށުމާއެކު އަތްމަތިދަތިވެ ކާއެތި ކޮޅު ރޯފިލުވާނުލެވޭ ވަރު ވުމާއެކުއެކީހެން އިފްޝާ އަށް ވަޒީފާލިބުމުގެ ސަބަބުން މިހާރު ގޭތެރޭގެ ހާލަތު ދިޔައީ ހަމައަކަށް އެޅެމުންނެވެ.
އެއީވެސް އެދަފަ ދުވަހެކެވެ. ރާސިލް ގުރާކޮށީގައި ތިބި ގުރާތަކަށް ކާން އަޅާފައި ގޭގެ ދޮރޯށި ހުޅޫވާލާފައި ނުކުތް އިރު ގޭގެ ކުރިމަތީގައި ޕާރކުކޮއްފައި އޮތް ކަޅު ބިއްލީރި ޖަހާފައިވާ ކާރުގެ ފުރަތަމަ ދޮރުފަތް ހުޅޫވާލާފައި އޭނާގެ ދޮންތަ ނުކުންނަނީއެވެ. ހިސާބެއްގެ ހައިރާންކަމެއް ލިބުނު ކަމުގައިވިނަމަވެސް އޭނާ ހަމަޖަހެމުން އެ ދިމާލަށް ބަލަން ހުއްޓެވެ. ދޮންތަ އަދިވެސް އެއްފަހަރު ކާރުގެ އެތެރެއަށް ބޯ ދިއްކޮއްލާފައި ނުކުމެ ގެއާ ދިމާލަށް ބަލާލިއެވެ. ރާސިލް ފެނިގެން އެ މޫނު މަތި ރަތްވެގެން ދިޔައެވެ.
ކާރުގައި ހުރީ ކަޅު ބިއްލޫރި ޖަހާފައި ކަމުން އޭގައި އިން މީހާ ވަކި ކުރާކަށް ރާސިލް އަކަށް ނޭނގުނެވެ. އެހެންނަމަވެސް އެ އީ ދޮންތަގެ ވަރަށް ހާއްސަ މީހެއްކަން އޭނާ އަށް އިނގެއެވެ.
ދޮންތަ އައުމާއެކު ކޮނޑަށް އަތް ވައްޓާލަމުން ރާސިލް ދިމާކުރަން ފެށިއެވެ.
“އޭ ދޮންތާ… ކޮން… އުހުމް… އުހުމް… އެއް…. އޭތް… ދެން ބުނަން ވީ އިނގޭ އެހެންނޫނީ މަން…”
“އޭތް… މަޑު ކޮއްބަލަ ރާސިލް…. މަންމަ ކާރީ ކޯންޗެއް ބުނާކަށްތަ… ދޮންތަ ގެ މުސާރަ ޖަމާވެއްޖެ… މިއަދު އެ ޖަމާވީ… އެ މުސާރަ އެއްކޮށް ޑޮލަރަށް ބަދަލު ކުރަންވީ ދޯ” އިފްޝާ ރާސިލް ގާތު އަހާލިއެވެ.
އެއާއެކު ރާސިލް ވެސް ބޯ ޖަހާލީ ތި ގޮތް އެންމެ ރަނގަޅު ވާނޭ ބުނަމުންނެވެ. އެ ދުވަހުގެ ފަހުން ރާސިލް އިފްޝާ ގާތު އެ މީހަކާ ބެހޭގޮތުން ސުވާލުކުރަން ފެށީ އެމީހަކު ގޮވައިގެން ދެފަހަރަކު ދޮންތަ ކާރުގައި އައުމުންނެވެ. އެހެންނަމަވެސް އެއިން އެއްވެސް ފަހަރަކު އެންމެ އެދެވޭ ޖަވާބެއް އިފްޝާގެ ފަރާތުން އޭނާ އަކަށް ނުލިބެއެވެ.
************
ހިޔާލް ތަކުން ނުކުންނަމުން ރާސިލް ގެ އާ ދިމާލަށް މިސްރާބުޖެހިއިރު ދާނިޝް ވެސް ކާރަށް އަރައިގެން ނައްޓާލަނީއެވެ.
ދާނިޝް އަށް ވިސްނާލެވުނެވެ. އެންމެ ފުރަތަމަ ދުވަހު އިފްޝާ އާއެކީ އޭނާ ކާރުގައި އިފްޝާ ލައިދޭން ދިޔަ ދުވަހު އެދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ހަނދާންވެފައި އޭނާއަށް ހުންގާނަށް ބާރުކޮށްލެވުނެވެ. ދެމީހުން ވަކިނުވާން ވީ އެތަކެތް ވައުދުތަކެއް މަތިން އޭނާ އަށް ހަނދާންވަމުން ދިޔައެވެ.
އެ ހަނދަން ވުމާއެކު އޭނާގެ ބޮލުގައި މަޑޫ ރިހުމެއް އުފެދުނެވެ. އެހެންކަމުން އެއްފަރާތުގައި ކާރު ޕާރކު ކޮއްލަމުން އޭނާ މަޑުމަޑުން ހުންގާނުގައި ހިފައްޓާލެވިފައިވާ އޭނާގެ އަތުގައި ބޯ ޖަހާލީ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.
އިޒިކް ގެ މަތިން ހަނދާން ވުމާއެކު އޭނާ މިސްރާބުބަދަލް ކޮއްލަމުން އިޒިކް ގެ ގާތަށް ދާން ކާރު ދުއްވާލިއެވެ. އެއީ އޭނާގެ ހިތުގައި އުތުރި އަރަމުން ދިޔަ ހައިޖާނުގަނޑުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭ މީހާއެވެ. މި ހާލަތުގައި ދާނިޝް އަށް އެހީތެރި ވެ ވޭނޭ ހަމައެކަނި މީހާއަކީވެސް އިޒިކްއެވެ.
************
މާނިއު ގެއަށް އައިސް ވަނުމާއެކު ސޯފާގައި އިން ޒީޝާ މާނިއު އަށް ބަލާލިއެވެ. އޭނާ މަޑުމަޑުން ސޯފާއިން ތެދުވަމުން މާނިއު އާ ދިމާލަށް މިސްރާބުޖެހިއެވެ. އަދި މާނިއު އަށް ގޮވާލިއެވެ.
“ހޫން…ފެށުނީ” މާނިއު ގެ އަޑު ބާރެވެ. އޭނާ ޒީޝާ ގެ އަތަށް ދަމާލަމުން ކައިރިއަށް ދަމާލަމުން އަނގައިގައި ހިފިއެވެ.
“ގެއަށް އައިސް ނުވަދިފަ މީނަ ހުންނާނީ” މާނިއު ހަރުކަށިކަމާއެކު ވާހަކަ ދައްކަމުން ދިޔައިރު ޒީޝާގެ އަނގައިގައި ހިފާފައި އޮތް އަތަށް ވެސް ދިޔައީ ބާރު ކުރަމުންނެވެ.
ތަދުވޭ” ޒީޝާ އަށް އެހެން ބުނެވުނީ ތަދުވެގެން އޭނާ އަށް ނުހުރެވުމާއެކު ކަމަށް ވުމާއެކު ވެސް މާނިއު ގެއަތް ބާރުވެފައި އޮތް ގޮތުން ބުނި އެތި ސާފުވާގޮތެއް ނުވިއެވެ.
“އަދިވެސް އެބަ ވާހަކަ ދައްކައޭ ކީކޭ ބުނާނީ… މަގޭ އަތުން އިތުރު އަނިޔާއެއްލިބޭނީ” މާނިއު ދަތްކުނޑި ވިކާލަމުން ވާހަކަ ދެއްކިއެވެ. އަދި ޒީޝާ ކޮއްޕާލިއެވެ.
“މާނިއު ތިވަށްތަރަށް އަހަރެންނާ ކަންތައް ކުރަން އެންމެ ފުރަތަމަ އަހަރެންނާ އިނީ ކީކުރަން…. ބައްޕަ ބުނި ބުނުމަށް އިނީ އަހަރެންގެ ދިރިއުޅުމާ ކުޅެންތަ… ތި ގޮތަށް ކުޅެންތަ… ހަވީރު ހަތަރު ދަމު ފަހަތަށް އަންހެން ކުދިން އަރުވައިގެން މާލެ ތެރޭ ބުރި ޖަހާއިރު ހިތަށް ނާރާތަ އެންމެ ފަހަރަކުވެސް ތިމާގެ ވެސް އަންބަކު އެބަ އިނޭ… އޭނާ ވެސް ބޭނުންވާ ކަންތައް އެބަހުއްޓޭ….” މާނިއު އާ ދިމާލަށް ކިޔަން ބޭނުންވާ އެތަކެއް ވާހަކަ އެއް ހިތުތެރޭގައި ރާވާލި ކަމުގައި ވިނަމަވެސް އެއިން އެއްވެސް ވާހަކައެއް ދުލުކުރިއާ ހިސާބަށް ނައެވެ.
ޒީޝާ ގެ އަނގައިން މަޑު ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ. އެދިމާލަށް އަންނަމުން ދިޔަ މާނިއު ފެނި ޒީޝާ އަނެއް ފަރާތަށް މޫނު އަނބުރާލި ކަމުގައި ވިނަމަވެސް އޮވެވުނީ ވެއްޓުނު ގޮތަށެވެ. އަތުގެ އިނގިލިތަކަށް ތޫނު ތަދެއް އިހްސާސް ކުރެވުނީ މާނިއު އައިސް އަރާފައި އެ އިނގިލިތަކުގެ މަށްޗަށް ފައިން އެރުމުންނެވެ. ކަރުނަތަށް ކޯތާފަތް މަތިން ފައިބައިގެން ދިޔަ އިރުވެސް ޒީޝާ ތުންފަތުގައި ދަތް އަޅައިލައިގެން އޮތޯ އަނގައިން އެއްވެސް އެއްޗެއް ބުނުމެއްނެތިއެވެ. ކުޑަމިނުން ތަދުވެގެން ވެސް އަޑެއް ނުލައްވާލެވޭތޯ އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. މާނިއު ފައި ނެގުމާއެކު ވެސް އޭނާ އަށް ހަރަކާތެއް ގެންނަން ނުކެރިފައި އޮވެވުނީ މާނިއު ގެ ފަރާތުން ދެން ލިބިދޭނޭ އަނިޔާއަކަށް ވިސްނާލާފައެވެ.
މާނިއު ދިޔަކަން ޔަގީންވީ ކޮޓަރީގެ ދޮރު ޖެހުނު އަޑަށެވެ. ޒީޝާ މަޑުމަޑުން ތެދުވެ އިށީނެވެ.
ރާސިލް އައިސް ގެއަށް ވަނުމާއެކު އައިލީޝް ސިޓީން ރޫމްގައި ހުރެފައި ރާސިލް އާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާ އައިސް ރާސިލް ގާތު ހުއްޓެމުން އެ މޫނަށް ފުންކޮށް ނަޒަރު ހުއްޓާލިއެވެ. އަދި ހިނިތުންވެލިއެވެ. އައިލީޝް ގެ އެ މައުސޫމް ކަން ރާސިލް ގެ ހިތާ ކުލެމުން ދިޔައެވެ. އެ ހިތުގައި އައިލީޝް އަށް ޓަކައި ތަފާތު ވިންދެއް ޖަހަމުން ދިޔައެވެ. އެކަމަކު…..
ރާސިލް އައިލީޝް ގެ ކޯތާފަތުގައި ފިރުމާލަމުން އައިވެސް ނުނިދާ ކީކުރަނީތޯ އަހާލިއެވެ. އޭނާ އެހެން އެހިކަމުގައި ވި ނަމަވެސް އައިލީޝް ހުންނާނީ އޭނާގެ އިންތިޒާރުގައި ކަން އިނގެއެވެ.
އައިލީޝް ގެ އަތުގައި ފޯން ނެތުމާއެކު އޭނާ ހަމަ އެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ. ރާސިލް އަށް ވެސް ވީ ގޮތް ނަގައިގަނެވުމާއެކު އިތުރަށް އެއްޗެއް ނުބުނެއެވެ. ދެމީހުން ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަތް ތަން ބަލަން ހުރި ހިޝްމާ ގެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ.
ކޮޓަރިތެރެއަށް ވަދެފައި ރާސިލް ސޯފާއަށް ވެއްޓިގަތީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ސޯފާގައި ލެނގިލަމުން ބޯ މައްޗަށް އުފުއްލާލަމުން އޭނާ ލޯ މަރާލިއެވެ. އަދި ނިތްކުރިމަތީގައި އަތް ހިންގާލެވުނީ ބޮލުގައި ރިއްސަމުން ދިޔައީތީއެވެ.
އޭނާ ގެ ލޯ ހުޅުވާލަން މަޖުބޫރުވީ މަޑުމަޑު އަތަކުން އޭނާގެ ނިތްކުރިމަތީގައި އަތް ލުމުންނެވެ. އެ އަތުގައިވި ފިނިކަމުން އޭނާ އަށް އަރާމްވިއެވެ. އައިލީޝް ހިނިތުންވެލާ ރާސިލް އާ ދިމާލަށް ބަލާލަމުން ބޯ މަސާޖް ކޮށްދޭން ފެށުމުން ރާސިލް އަށް ވެސް އަރާމްވިއެވެ. އައިލީޝް އޭނާ ދެކެ ވާ މަތިވެރި ލޯބި އެ ހަރަކާތުންވެސް އޭނާ އަށް އެނގިގެން ދިޔައެވެ.
ދާނިޝް އިޒިކް ގާތަށް ގޮސް ސޯފާގައި ޖައްސާލީ އިޒިކް މި އަންނަނީ އޭ ބުނެ ކޮޓަރިއަށް ވަނުމުންނެވެ.
“އިޒިކް… އަހަރެންނަށް އެ މީހަކު ފެނިއްޖެ” ދާނިޝް އިއްވާލިއެވެ. އެއާއެކު އައިސް ސޯފާގައި އިށީން އިޒިކް އަށް ހައިރާން ކަމާއެކު ދާނިޝް ގެ މޫނަށް ބަލާލެވުނެވެ.
*********
“ދާން… އައި ލަވްޔޫ… ޕްލީޒް އަހަރެންނަށް ދެރަ ގޮތެއްނުހަދައްޗޭ” އިފްޝާ ދާނިޝް ގެ އުނގުގައި ބޯ އަޅާލަމުން ބުނެލިއެވެ. އޮފީހުގައި މަސައްކަތް ކުރާތާ ބަރާބަރު ދެމަސް ވީއިރު ދާނިޝް އާއި އިފްޝާގެ ގުޅުން ވަނީ އެކުވެރިކަމަށް ވުރެ ބޮޑުވެފައެވެ. ލޯބިވެރިންގެ ލިސްޓުގައި އެދެމީހުންގެ ނަން ފެވިގެން ދިޔައެވެ.
ދެމީހުންގެ ގުޅުން ބަދަހިވެ ލޯބިވެރިންގެ ލިސްޓުގައި ފިޔަޖަހަން ފެށިފަހުން އިފްޝާ ގެ ތުންފަތް މަތީވެސް ވަނީ ނުފިލާ ހިނިތުންވުމެކެވެ. ދާނިޝް އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ޝަމާލް ގާތު އިފްޝާގެ ވާހަކަ ހިއްސާކުރުމުން އޭނާ ގެ ވާހަކަ ހުރި ގޮތުން ދާނިޝް ހިންހަމަ ނުޖެހުނެވެ.
“ބަލަ… ނިކަމެއްޗަކާ އިނދެގެން ދާނިޝް ކީކުރާނީ” ޝަމާލް ގެ ވާހަކަ ހުރި ގޮތުން ދާނިޝް އަށް މަޑުކުރާށޭ ބުނެވުނީ ހަރުކަށިކޮށެވެ.
“ލޯބި…. ނިކަމެތިން ނިކަމެތިންނަށް…. ފަގީރުން ފަގީރުންނަށް… މުއްސަނދިން މުއްސަނދިންނަށް ވާން ޖެހޭ އެއްޗެއް ކަމަށް މަ ގަބޫލެއް ނުކުރަން” ދާނިޝް ގެ އަޑުގައިވަނީ ސާބިތުކަމެވެ. އެ ސާބިތުކަމުން އޭނާ އިފްޝާ ދެކެ ވާ ލޯބި ފެނިގެން ދިޔައެވެ.
ދާނިޝް އިފްޝާ ދެކެ ވަނީ ތެދުވެރި ލޯބިކަން އޭނާ ގެ ކޮންމެ ހަރަކާތަކުން ފެނިގެން ދާނެއެވެ. ބުނެލާ ބަސްތަކުންވެސް މެއެވެ. އަމަލުންނެވެ. ދައްކާ ވާހަކައިންނެވެ. އިފްޝާ ދިފާއުކުރާ ގޮތުންނެވެ.
ދެމީހުންގެ ގުޅުން ކުރިއަށް ދަނީ އޮފީސް ނިމިގެން ދާ ކެއުން ތަކުގަޔާއި ދުއްވާލަން ދާ ދުއްވާލުން ތަކުގެ ތެރެއިންނެވެ. ދެމީހުންގެ ގުޅުން ކުރިއަށް ދިޔަކަން ޔަގީންވި ރާއިދާ ގެ ހިތުގައި ނަފްރަތު ގެ ހުޅުގަނޑު ބޮޑުވަމުން ދިޔައެވެ. އެހެންނަމަވެސް އިތުރު ކަމެއް ކުރަން އޭނާ ވަނީ ޖެހިލުންވެފައެވެ.
އާދައިގެ މަތިން މިއަދުވެސް ދާނިޝް އާއި އިފްޝާ އާއި ދެމީހުން ރެސްޓޯރެންޓަށް ކާން ދިޔައީ މެންދުރު ބެރޭކް ގަޑީގައެވެ. އޮފީހާ ތަންކޮޅެއް ދުރުތަނަކަށް އައީ ވެސް ދުއްވާލާ ހިންހަމަ ޖެހޭ ވަގުތު ކޮޅެއް ހޭދަކޮއްލާށެވެ. ރެސްޓޯރެންޓް ތެރެއަށް ވަދެގެން ދިޔަ ދެމީހުންނަށް ގިނަ ބަޔެއްގެ ނަޒަރުތައް ހުއްޓެމުން ދިޔައެވެ. އެކަމަ އިފްޝާ އަށް އުދަނގޫވެފައި ވެއެވެ. ދާނިޝް ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އޭނާ އިފްޝާގެ މަޑު މަޑު އަތްތިލައިގައި މަޑުމަޑުން ހިފާލިއެވެ.
ދާނިޝް ގެ މިއަމަލުން އިފްޝާ ސިހުނު ކަމުގައިވިޔަސް އެ މޫނަށް ވެރިވި ލަދުވެތިކަމާއެކު އިސްޖަހާލިއެވެ. ދާނިޝް އޭނާއަށްޓަކާ ބަދަލް ވެއްޖެކަން އެ ހިތަށް ޔަގީންވެގެން ދިޔުމާއެކު އުފަލުން އޭނާގެ ލޮލަށް ކަރުނަތަށް ޖަމާވިއެވެ.
ވިއައިޕީގެ ރޫމް އެއްގައި ދެމީހުން އިށީނުމާއެކު ވެއިޓަރު ލަސްނުކޮއް އައިސް އޯޑަރ ނެގިއެވެ.
“އިފޫ…. ކޮން އިރަކުންތަ މެރީ ކުރާނީ… އަހަރެން ބޭނުން ވަރަށް އަވަހަށް މެރީ ކުރަން…” ދާނިޝް އިއްވާލުމާއެކު އިފްޝާ އަށް އިސްޖަހާލެވުނީ އެ ސުވާލަށް ދޭނެ ޖަވާބެއް ނުވިސްނުމުންނެވެ…
“ދާނިޝް… އިފޫ ބަލަން ޖެހޭ މަންމަ އެއް އެބަހުރި… ކޮއްކޮ އެއް އެބަހުރި… ކޮއްކޮ އަށް ކިޔަވާދެމުން މަންމަ އަށް ބޭސް ކުރަމުން އިފޫ މިދަނީ” އިފްޝާ ގެ އަޑުގައިވަނީ ހިތާމައެވެ.
“ދެން ކޮންކަމަކާ އިފޫ ހާސްވަނީ… އަހަރެން މިހުރީނު… އަހަރެން ހުރިހާ ކަމެއް ކޮއްދޭނަން” ދާނިޝް ބުނެލިއެވެ.
“ނޫނޭ ދާނިޝް… އިނގޭތަ ކުރިން ދުވަހުވެސް އޮފީހުގެ ތެރޭގައި ދެއްކި ވާހަކަ… އަހަރެން އުޅެނީ ދާނިޝް ގެ ލާރިގަނޑާ ހެދިޔޭ… ބަލި މަންމަ އަށް ބޭސްކުރަން އެ ނޫން ގޮތެއް އޭނާ އަކަށް ނުފެނުނޭ….އެކަމަކު ދާނިޝް އަހަރެން އެއްވެސް ވަރަކަށް ދާނިޝް ގެ ލާރިއެއް ބޭނުމެއްނޫން… އަހަރެން ތި އޮފީހަށް ވަތް މައިގަނޑު ސަބަބަކީ މުސާރަ… އެހެން ތަން ތަނަށް ވުރެ ތި ތަނުން މުސާރައިގެ ދެގުނަ ބޮޑު… އެހެންވެ…” އިފްޝާ ގެ އަޑުގައިވި ތުރު ތުރުގެ ސަބަބުން ދާނިޝް އަށް އެ އަތުގައި ހިފާލެވުނެވެ. އަދި ބާރުކޮށްލެވުނެވެ.
އިސްއުފުލާލާ ބަލާލި އިފްޝާގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަ ތަކުގެ ސަބަބުން ދާނިޝް އަނެއްކާވެސް ވާހަކަދެއްކިއެވެ.
“އިފޫ… އަހަރެން އިފޫ ދެކެ ލޯބިވީ… އިފޫގެ ތި މިޒާޖު.. ތި ހިތްވަރު…. ދެންނޭގެ ބުނާކަށް… ދުވަހަކުވެސް އަހަރެންނާ އިފޫ ކޮންޕެއާ ކުރާކަށް ބޭނުމެއްނޫން… އިފޫ އަކީ އެކަހަލަ ކުއްޖެއް ނޫން ކަން އެނގޭ… އެ ނޫނީ އިފޫ އަމިއްލައަށް އިފޫ ގެ މަންމަ ގެ ބަލީގެ ވާހަކަ އަހަރެންގާތު ދެއްކީސް… އެކަމަކު މިހާދުވަސް ވީ އިރުވެސް އިފޫ އެ ވާހަކަ ނުދައްކާ…. ހަމައެކަނި އަހަރެންނަށް އިފޫގެ އެ ފޯން ކޯލް އަޑު އިވުނުކަން…އެ ނޫނީ އަދިވެސް އެކަންތަށް އޮންނާނީ އަހަންނަށް ފޮރުވިފަ ކަން ޔަގީން” ދާނިޝް ބުނެލިއެވެ.
އިފްޝާ އާ ދެމީހުން ގެ ވާހަކަ ހުއްޓުމަކަށް އައީ ކާއެއްޗެހި އައުމުންނެވެ. ކައި ނިންމާލައިގެން އިފްޝާ އާއި ދާނިޝް ގެ މިސްރާބު ހުރީ އެނބުރ އޮފީހަށް ދިޔުމަށެވެ.
“އިފޫ ދެން ބުނެބަލަ… ކޮން އިރަކުންތަ މެރީ ކުރާނީ….” ދާނިޝް ޖެއްސުމަށް އަހާލުމާއެކު އިފްޝާ އަށް ލަދުން ދެން ދާނިޝް އޭ ބުނެވުނެވެ. އެދުވަހު އޮފީން ނިންމާލާފައި ދާނިޝް އިފްޝާ އާއެކު އިފްޝާ މެން ގެއަށް ދިޔައެވެ. އެ ގެއަށް ވެދެވުމާއެކު ދާނިޝް އަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އިފްޝާ ދާނިޝް އާ ދިމާލަށް ބަލާލަމުން އޭނާއާއެކު އައުމަށް އިޝާރާތް ކޮއްލިއެވެ. ސިޓިން ރޫމްގައި ހުރި ފަންޖެނހެދެއްގައި އޮށޯވެގެން އޮތް ސަލީމާ އަށް އޮތީ ނިދިފައެވެ. އިފްޝާ މަޑުމަޑުން އައިސް ސަލީމާ ގާތަށް ހުއްޓިލަމުން ނިތްކުރިމަތީގައި އަތް ލީ ހުން ހުރިތޯއެވެ. އެހެންނަމަވެސް އެކަމުގެ އަސަރެއްބޭރުފުށުން ފެންނަން ނެތުމާއެކު އޭނާ އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.
“ސޮރީ… އިށީންނަން ވީނު… ކޮއްކޮ އެއްވެސް ނެތް ގެއަކު… ޔަގީން ވާނީ ކޮންމެސް ތާކަށް ކުޅެން ގޮސް… ހަވީރު ވިއްޔާ ގޭގައި މަޑެއްނުވާނެ” ކޮޅަށް ބެހެއްޓުނީތީ މާފަށް އެދެމުން ގޮނޑިއެއް ގެނެސް ދާނިޝް ގާތު ބަހައްޓަމުން އިފްޝާ ވާހަކަ ދެއްކިއެވެ. ދާނިޝް އިފްޝާގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިވެ ހުރެ ބަލަމުން ދިޔައެވެ.
“ދަރިފުޅާ” ސަލީމާ އިފްޝާ އަށް ގޮވާލި އަޑާއެކު އިފްޝާ އެ ދިމާލަށް ދިޔައެވެ. “މަންމަ ބަލިވެ އޮތީމައޭ ބުނީ އެ ފިރިހެނާ ކާރީ ގޭން ނުދާށޭ… ނުގޮސް ނުހުރެވުނު ދޯ..” އިފްޝާ ސަލީމާ އާ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ.
‘ނޫން… އޭނަ އެ ދިޔައީ އިންޓަރވިއުއަށް… ދޮންތަ އަންނާނެޔޭ މިހާރު އެހެން ކިޔާފަ ހުރި ހުރެފަ ލަސްވާތީ އެ ދިޔައީ ގުޅިއިރު ފޯނެއް ވެސް ނުނަގަޔޯ… އެހެންކިޔާފަ ނުދާން ވެސް ހުރި… ދެން މަންމަ ބުނީ ދާށޭ…އެހެންވެ އެ ދިޔައީ” ސަލީމާ ތެދުވަމުން އޮޅުން ފިލުވައިދިނެވެ. ދެން އޭނާ ގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި ދާނިޝް އަށެވެ.
އިފްޝާ އަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ބުނާނެ އެއްޗެއް ސަލީމާ އަކަށް ނޭނގުނެވެ. މިހާ ދުވަސް ވިއިރު އިފްޝާގެ ފަރާތުން ޝައްކު ވާފަދަ ކަމެއްވެސް އޭނާ އަށް ފެނިފައެއްނެތެވެ. ދުވަހަކުވެސް ފިރިހެންކުއްޖަކު ގެއަށް ގެނެސްފައެއްނުވެއެވެ. އޭނާ މަޑުމަޑުން ކޮން ކުއްޖެއްހޭ އަހާލުމާއެކު ދާނިޝް މަޑު މަޑުން އެ ދިމާލަށް އައިސް ތައާރަފްވެލިއެވެ.
“އަޅުގަނޑަކީ ދާނިޝް…”
“އެހެންތަ… އިފޫގެ ރައްޓެއްސެއްތަ ތީ… ދުވަހަކުވެސް ގެއަކަށް ރައްޓެއްސެއް އިފްޝާ އެއް ނުގެނޭ… ޔަގީނުންވެސް ވަރަށް ހާއސަ ރައްޓެއްސަކަށް ވާނީ ދޯ” ސަލީމާ ހިނިތުންވެލަމުން ދާނިޝް ގެ މޫނަށް ބަލާލާ އެއަށްފަހު އިފްޝާގެ މޫނަށް ބަލާލިއެވެ. އިފްޝާ އިސްޖަހާލުމާއެކު ސަލީމާ އަށް ވެސް ހިނިތުންވެވުނެވެ.
“މަންމާ އެއީ އަޅުގަނޑު” އިފްޝާގެ ވާހަކަ މެދު ކެނޑުނީ ސަލީމާގެ އަޑަށެވެ.
“މަންމައަށް އެނގޭ ދަރިފުޅާ…” ސަލީމާ ހިނިތުންވެލިއެވެ.
އޭނާ ދާނިޝް އަށް ފުން ނަޒަރެއް ދިނެވެ. “އަޅުގަނޑަށް އިފޫ ވަރަށް ކަމުދޭ މަންމާ” ދާނިޝް ޖެހިލުންވެ ހުރެ ވެސް ހިތުގައިވީ ގޮތަށް ބުނެލިއެވެ.
“މަންމަ އަށް އިނގޭ ދާނިޝް ތީ ވަރަށް ރަނގަޅު ފެމެލީ އަކުން އައިސް ހުރި ކުއްޖަކަށް ވާނެކަން… އެކަމަކު އަހަރެމެންނަނީ އެހާ ފޯރައިގެން އުޅޭ ބައެއްނޫން… ދާނިޝް ގެ އާއިލާ އިފްޝާގެ ނިކަމެތި ކަމާއެކުވެސް ގަބޫލުކުރާނެތަ؟. އެ ޔަގީންކަން ދާނިޝް އަށް ދެވިދާނެތަ… ބައްޕަ ނިޔާވުމަށް ފަހު އަހަރެން ދެ ދަރިންވެސް ބަލާ ބޮޑުކުރީ ވަރަށ އުންމީދާއެކު…” ސަލީމާގެ އަޑުގައި ހިތާމަމެރިކަން ވިއެވެ.
“އަހަރެން ދެކެން ބޭނުންވާ ދުވަހެއް އެއީ ވަރަށް ބޮޑަށް… އިފްޝާ މީހަކާ އިންނަ ދުވަސް… މަންމަ ދުނިޔޭގައި އިންދާ އެ ދުވަސް ދެކެން ވަރަށް ބޭނުން…” ސަލީމާ ކެއްސާލުމާއެކު އިފްޝާ އަވަސްވެގަތީ ފެންތައްޓެއް ގެނެސް ދޭށެވެ.
އެދުވަހު ތިން މީހުން ވާހަކަ ދައްކާލާފައި އެމީހުންގެ ދިރިއުޅުމާ ބެހޭ ގޮތުން އެތަކެއް ވާހަކަ އެއް އޮޅުން ފިލުވިއެވެ. ދާނިޝް ވެސް ނިންމައިގަން ހުރީ ވީހާވެސް އަވަހަކަށް ބައްޕަ އާ ހިސާބަށް މި ވާހަކަ ގެންގޮސް ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. އެހެންނަމަވެސް ތަގުދީރުގައި ވަނީ ކީކޭކަން އޭނާ އަށް އެނގޭނީ ކިހިނެތްހެއްޔެވެ؟. އަމިއްލަ އާއިލާ ގެ ފާރަތުން ދާނިޝް އަށް ރުހުން ލިބިދާނެހެއްޔެވެ؟. އޭނާގެ ހިތުގައިވެސް ވަނީ ހުސް ސުވާލެވެ.
އެދުވަހު ގެއަށް ވަތް ދާނިޝް އަށް ފެނުނީ ޒާހިދު ގެ ރުޅިވެރި މޫނެވެ. ވީ ކީއްކަން ނޭނގީ ހުރި އޭނާ ސިހުނީ ބައްޕަ ގެ ނަޒަރު ހުއްޓުނު ދިމާލުގައި ވެއްޓި އޮތް އައިލީޝް އެވެ. ޒާހިދު ގެ އަތުގައި އޮތް ފައިލް ފެނުމާއެކު ދާނިޝް އަށް ވީ ގޮތް ނަގައިގަނެވުނެވެ.
ކޮން މޮޔައެއްވެގެންތަ އޮފީހަށް ދާން ތިއުޅެނީ އޭތް…” ދާނިޝް އަށް ނތްކުރިމަތީގައި ޖަހޭލެވުނެވެ.
“ވާހަކަ ނުދެއްކޭ މީހަކު އެތަނަށް ގޮސް ކުރާނީ ކީތް… މަށޭ ލަދު ގަންނަން ޖެހޭނީ…” ޒާހިދު އަނެއްކާވެސް އައިލީޝް އާ ދިމާލަށް ހަޅޭއްލަވައިގަތެވެ. ހިޝްމާ ފެނޭތޯ ދާނިޝް ވަށައިގެން ހޯދާލީ ކަމުގައިވިޔަސް ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ ޒާހިދު ކައިރިއަށް ޖެހިލަމުން އެ ފައިލް އަށް އިޝާރާތް ކޮއްލަމުން އެއީ އޭނާގެ ކަމެކޭ ބުނެލިއެވެ.
ބައްޕާ…” ތި ފައިލް ގެ ސޮއިކުރަން އައިލީ އަތަށް ދިނީ އަޅުގަނޑު… އައިލީ އަށް ވާހަކަ ނުދެއްކުނަސް މަސައްކަތް ކުރުމުގެ ފުރިހަމަ ހުނަރު ލިބިގެންވޭ އައިލީ އަށް… ދެން ކިއްވެ…” ދާނިޝް ބުނެލިއެވެ.
“މަގޭ ހުއްދަ ނެތި އެއްވެސް މީހަކަށް މި ކުންފުނީގައި މަސައްކަތެއް ނުކުރެވޭނެ” ޒާހިދު ރުޅިވެރިކަމާއެކު އައިލީޝް އަށް ބަލާލަމުން ބުނެލިއެވެ. ޒާހިދު ދިޔުމާއެކު ދާނިޝް ގޮސް އައިލީޝް ގާތު އިނޑުފައިން އިށީންނަމުން ވާހަކަ ދެއްކިއެވެ.
“ބައްޕަ ޖެހީތަ އައިލީ… ނޫނީ ކޮއްޕާލީތަ… އައިލީ ދާނެ އޮފީހަށް މަސައްކަތްވެސް ކުރާނެ…” ދާނިޝް އައިލީޝް ނަގަމުން ވާހަކަ ދެއްކިއެވެ. ދާނިޝް ގެ އަތް ފޮޅުވާލަމުން އައިލީޝް ސިޑިއާ ދިމާލަށް ދުއްވައިގަތީ އެތާ ހުންނަން ބޭޏުންނުވީމައެވެ. ބައްޕަ ގެ ފަރާތުން އޭނާ އަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން ބައެއްފަހަރު އެ ހިތް ފަޅައިގެންދާން އުޅޭހެން ހީވިއެވެ.
އައިލީޝް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ދާނިޝް އަށް މިއަދު ދެން އިފްޝާގެ ވާހަކަވެސް ޒާހިދު ކައިރީގައި ދެއްކުން ފަސޭހަ ނުވާނެކަން އެނގުމާއެކު އެ ވާހަކަ ފަސްކޮއްލިއެވެ. އަމިއްލަ ދަރިފުޅު ދެކެ އެހާ ރުޅި އަންނަ މީހަކު ނިކަމެތި އަންހެން ކުއްޖެއް ޅީ ދަރިއަކަށް ވުމަށް އެދޭނެހެއްޔެވެ؟. ދާނިޝް ގެ ހިތުގައި އެ ސުވާލުވެސް ވިއެވެ.
************
“އިޒިކް…” ދާނިޝް ގޮވާލިއެވެ. އެއާއެކު އިޒިކް ހޫމް ލައްވާލިއެވެ.
އަހަންނަކަށް ދެނެތް ހަމަޖެހުމުގެ ނޭވާއެއްނުލެވޭނެ… މި ހަނދާންތައް އަދި އަހަރެން ހަލާކުކޮއްލާނެ… މޮޔަކޮއްލާނެ… ” ދާނިޝް އަށް ބުނެވުނެވެ.
“ދާނިޝް… މަސައްކަތް ކޮއްބަލަ އެ ހަނ”
“އިޒިކް އަކށް ނޭނގޭނެ… އަހަރެން ހުރިތާ އިޒިކް ހުރިނަމަ އިޒިކް އަށް އެނގޭނީ ހަށިގަނޑިގައި އަޅާވޭން… ހިތުގައި އަޅާ ވޭން… އެ ހަނދާންތައް ދުވަހަކުވެސް އަހަރެންނަކަށް ހަނދާން ނައްތައެއްނުލެވޭނެ… މި ލޮލުން އެ މަންޒަރު އަދިވެސް ސިފަވޭ… ގައިން ހީބިހިނަގާ… ރުޅިއައިސް މީހާ ތުރު ތުރު އަޅާ… އިފޫ ފޮގިވް މީ…” ދާނިޝް ގެ ވާހަކަކޮޅު ނިންމާލަމުން އޭނާގެ ފަހު ޖުމްލަ އަޑު އިވުނު އިޒިކް އަށް އަދިވެސް ދާނިޝް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރާކަށް އެނގުމާއެކު ފުންނޭވާއެއް ދޫކޮއްލެވުނެވެ. އާއެކެވެ. ދާނިޝް އުމުރު އެ ކަންތައް މަތިން ހަނދާން ނުނެތޭނެއެވެ. އުމުރު ދުވަހު އޭނާ ކުށްވެރިކުރާނީ އަމިއްލަ ނަފްސެވެ.
“އަހަރެން ބޭނުން އިފްޝާ އަށް ނަފްރަތު ކުރަން… އެކަމަކު މި ބަސްނާހާ ހިތް އެކަމަށް ގަބޫލެއްނޫނެ ހެހެ. އަދިވެސް އިފްޝާ ނޫން މީހަކު މިހަތަކު ނެތް… މިހިތުން އެ ނޫން ނަމެއް ބަލައެއްނުގަނޭ ހަޔާތަށް ގެންނަން… ހެހެ. ދެން ކިހިނެތް ދޯ ހަދާނީ… ނަފްރަތު ކުރަން ބޭނުން… އިފޫ އެ ގޮތަށް ކަންތައް ކުރީ ކިއްވެތޯ އަހަން ބޭނުން… އެކަމަކު އެކަމަކު….”
“މިއަދި އެއްވެސް ކަހަލަ ފުރުސަތެއްނެތް ދާނިޝް… ވެދާނެ އިފްޝާ ވެސް ފައިދާ ނަ” އިޒިކް ވާހަކަ ދައްކަމުން ގޮސް ވަކި ހިސާބަކަށް ބުނެވުޟާއެކު ދާނިޝް އެ ވާހަކަ މެދު ކަނޑާލިއެވެ.
“ނޫން… އިފޫ އެހާ އަމިއްލަ އެދުން ބޮޑެއްނުވާނެ… އެކަމަކު…. އަހަރެން ގަބޫލުކުރާކަށް ބޭނުމެއްނޫން… ލޮލުން ފެނި އަތުން ހިފުނީމަ ގަބޫލުވެސް ކުރާނެ… ހަމަ ގައިމުވެސް އަހަރެން އިފޫ ދެކެ ލޯބިވީ އެއްވެސް އަމިއްލަ އެދުއް އޮވެގެނެއްނޫން… ” ދާނިޝް ގެ އަޑުގައިވަނީ ފުން ހިތާމައެވެ.
އެ ހިޔާލް ތަކުން ދާނިޝް އަށް އަންނަމުން ދިޔަ ބަދަލް ތައް އިޒިކް ދިޔައީ ވަރަށް ކައިރިން ބަލަމުންނެވެ. އޭނާ އަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. ފަރުވާ ކުރެވެއެވެ. ދާނިޝް ގެ ނަފްސާނީ ބައްޔަށް ކިތަންމެ ވަރަކަށް ވެސް ފަރުވާ ކުރެވެއެވެ. އެހެންނަމަވެސް ތިން އަހަރު ފާއިތުވެގެން ދިޔައިރު އަދިވެސް އެކަމަށް ހައްލު ނުލިބިގެން މިއުޅެނީ ކީއްވެކަން އިޒިކް އަކަށް ނޭނގުނެވެ.
އިޒިކް ގާތު ވާހަކަ ދައްކާލާފައި ދާނިޝް ގެއަށް ދާން މިސްރާބުޖެހިއެވެ. އެގާރަ ޖަހާ ބޮޑުވެފައި ހުރުމާއެކު ގޭތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ. މީހެއްގެ ހިލަމެއްނުވުމާއެކު އޭނާ ސިޑިން އެރީވެސް ނުހަނު މަޑުންނެވެ. ނިދަން އެނދަށް އެރުމާއެކު ހެން އަނެއްކަވެސް ހިޔާލުތަށް އައިސް ސިކުނޑީގައި އެނބުރިގަތެވެ.
*****
އޭގެ އަނެއްދުވަހު އޮފީހަށް ގޮސް އޭނާ އިފްޝާ ގާތު ބައްޕަ އާ ވާހަކަ ދައްކާލެވޭ ގޮތެއް ނުވެޔޭ ބުނުމާއެކު އިފްޝާގެ މޫނުމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ.
“އައި ޕްރޮމިސް ބޭބީ… އިފޫ އަށް ދުވަހަކުވެސް ދެރަ ގޮތެއް ނަހަދާނަން…. ދުވަހަކުވެސް މިއަތުން ދޫނުކޮއްލާނަން… އެއަށްވުރެ މާ ލޯބިވޭ… ޕްލީޒް… ދެރަނުވޭ” އިފްޝާގެ އަތުގައި ހިފައްޓާލަމުން އެ ދެލޮލަށް ނަޒަރު ހުއްޓާލަމުން ދާނިޝް ބުނެލިއެވެ. އިފްޝާ ބޯ ޖަހާލަމުން އޭނާ ދާނިޝް އަށް އިތުބާރު ކުރަމޭ ބުނެލިއެވެ. އަދި ހިނިތުންވެލިއެވެ. އެދުވަހު އެދެމީހުން ގެ ލޯބިވެތި ހަރަކާތްތަކަށް ފާރަވެރިވެ ހުރި ރާއިދާގެ ދެބުމަށް ގޮށްޖެހިފައިވީއިރު އިފްޝާ އަށް ދެރަވޭނޭ ކޮންމެ ގޮތަކަށްވެސް ކަންތައް ކުރަން އެނާ އަތުކުރި އޮޅާލިއެވެ. ބޭނުންވަނީ ދާނިޝް ލައްވާ އިފްޝާގެ ހިތުގައި ނުފިލާވަރުގެ ޒަހަމެއް ލައްވާށެވެ. އެކަމަކު އެކަން އެ ގޮތަށް ކުރާނޭ ގޮތެއް އޭނާގެ ސިކުނޑިއަށް އެވަގުތު ނަޔެވެ.
*******
ހިޔާލުތަކުން ނުކުމެމެވުނީ ފޯން ކޯލެއް އައުމާއެކުގައެވެ. އޮފީހުގެ ބޮޑުންގެ މީހަކަށް ވުމާއެކު އެކީއާ މިހާ ދަންވަރު ގެ ވަގުތެއްގައި ގުޅުމުން އޭނާ އަވަސް އަވަހަށް ފޯން ނެގީ އޮފީހުގެ މުހިންމު ބައެއް ލިޔެކިޔުންތައް ގެއްލުމާއެކުގައެވެ.
“އަދި ކިރިޔާތަ ބުނަން އެނގުނީ… ބައްޕަ ކިހާ ރުޅި އަންނާނެ… އެއީ އާދައިގެ ލިޔުންތަކެއް ނޫނޭ…. ކުރިންފަހަރު ގެއްލުނު ކަހަލަ ޕްރެޖެކްޓް ގެ ލިޔުންތައް ނަމަ އެންމެ ރަނގަޅު… ކީއްވެތަ ތި ކެބިންގަ ހުއްޓަ ގެއްލެން ވީ… ބައްޕަ އެ ފައިލް ކޮންމެވެސް ކަމަކު ބޭނުންވެގެން ދޯ އެ ނަގާފަ ހަވާލުކުރީ… އެއީ ބަލަ ކޮންޕެނީގެ ރަޖިސްޓްރޭޝަން އާ ވެރިއާ އާ ބެހޭ މައުލޫމާތޭ… އެ ބޭނުންކޮއްގެން ކޮންމެ މީހަކަށް ކޮންމް ކަމެއްވެސް ކުރެވޭނެ ދޯ…. އަނެއްކޮޅުން ބައްޕަ ގެ ސޮރިވެސް އޭގަ އޮންނާނެ….” ދާނިޝް ކިތަންމެ ރީއްޗަށް ވާހަކަ ދައްކަން ބޭނުން ވިޔަސް ވާހަކަ ދެއްކޭ ގޮތެއްނުވިއެވެ. ރޭނގަޑު ގެ ވަގުތަށް ވުމާއެކު އޭނާ އޮފީހަށް ދާން އުޅެފަވެސް ބައްޕަ ގާތު ބުނަން ވެގެން އެ ކޮތަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އެހެންނަމަވެސް ދަންވަރުގެ ވަގުތަށް ވުމާއެކު ޓަކި ޖެހުމުގެ ބަދަލް ގައި އޭނާ ގުޅާލީ ބައްޕަ ފޯން ނަގާތޯއެވެ.
ދެފަހަރަކު ރިންގް ވެފައި ފޯން ނެގީ ހިޝްމާއެވެ. ބައްޕަވެސް އަދި ނުނިދާކަން އެނގުމާއެކު ބައްޕަ އާ ވަރަށް މުހިންމު ވާހަކަ އެއް ދައްކާލަން ބޭނުމޭ ބުނެލިއެވެ.
“ބައްޕަ ވެއްޖެ ޓެރެސްގަ… ކޮންމެވެސް ކަމަކާ ވަރަށް ރުޅި ދުރުވެ ހުރެ އެ ދިޔައީވެސް ޓެރެސް އަށޭ ކިޔާފަ” ހިޝްމާ އޮޅުން ފިލުވާލަދިނުމާއެކު ދާނިޝް ޓެރެސް އާ ދިމާލަށް މިސްރާބުޖެހިއެވެ.
ރާސިލް ކޮޓަރިއަށް ވަތްއިރު އޭނާގެ އަތުގައި ހުދުކުލައިގެ ފައިލް އެއް އޮތެވެ. އެންމެ ފުރަތަމަ އެ ފައިލް ސައިޑް ކަބަޑް މަތީ ބައިންދާފައި އައިލީޝް ގާތު ލާނެ އެއްޗެއް ނަގައިދިނުމަށް ބުނެފައި އޭނާ ފާހާނާއަށް ވަނީ ދާހިތްލާފައި ހުރިލެތް ބޮޑުކަމުންނެވެ.
ރާސިލް ގެ އިންތިޒާރުގައި އިން އައިލީޝް ގެ ލޮލުގައި އެ ފައިލް އަޅައިގަތުމާއެކު އޭނާ އެ ފައިލް ނަގަން އެ ދިމާލަށް އަތް ގެންދިޔައެވެ.
ތާޒާވެލައިގެން ފާހާނާ އިން ނުކުތް ރާސިލް ގެ ލޮލުގައި އެ މަންޒަރު އަޅައިގަތުމާއެކުއެދިޔަބާރމުނުގައި ޖެހިގަތް ގޮތަށް އެ ފައިލް އަތުލިއެވެ. މިއަމަކުން އައިލީޝް ސިހުނުކަމުގައިވިނަމަވެސް އޭނާ އަވަސް އަވަހަށް މީހާ ހަމައަކަށް އަޅުވާލިއެވެ.
އެ ފައިލް އައިލީޝް ބަލައިފިނަމަ ކަންތައް ތައް ނިމުނީ އޭ ހިތާ ރާސިލް ދެބުމަ ގޮށް ޖަހާލަމުން އައިލީޝް އަށް ބަލާލިއެވެ. ރާސިލް ގެ އެ ބެލުމުގެ ސަބަބުން އޭނާ އަށް ބިރުވެރިކަމެއް ވެރިވިއެވެ.
“މި ފައިލް އަށް އަތް ލައިގެން ނުވާނެ…” އަމުރު ވެރި ރާގަކަށް އެހެން ބުނެލުމާއެކުއައިލީޝް އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އައިލީޝް ނުކުރާނަމޭ ބުނާ ކަމެއް ވިއްޔާ ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރާސިލް އަށް އޮވެއެވެ. އެއީ މި ވީ ދުވަސްތަކުގައި އޭނާ ވަނީ އައިލީޝް އަށް އެތަކެއް އަނިޔާތަކެއް ދީފައެވެ. އެ ހަށގަނޑަށެވެ. ހިތަށެވެ. ނަފްސަށެވެ. އޭނާ ގޮސް އަލަމާރި މަތީ އިން ފޮޝި ނަގާ އޭގެތެރެއަށް އެ ފައިލް ލިއެވެ.
އެވަގުތު ފޯނެއް އައުމާއެކު އެ ފޮށި އަލަމާރި މައްޗަށް އަވަސް އަވަހަށް ލަމުން ޓެރެސްއަށް ދާން އޭނާ މިސްރާބްޖެހިއެވެ.
“ހަލޭ… އާނ… ލިބިއްޖެ އެ ފައިލް…” ރާސިލް ވަރަށް ސިއްރުން ބުނެލިއެވެ.
އެވަގުތު ޓެރެސް އަށް އަރައަރާ ހުރި ދާނިޝް ގެ ކަންފަތުގައި އެ އަޑު ޖެހުނެވެ. އެއާއެކު އޭނާގެ ކަންފަތް ހުޅުވިގެން ދިޔައެވެ. ކަނުލާ ރާސިލް ދައްކަމުން ދިޔަ ވާހަކަ އޭނާ އަޑު އަހަމުން ދިޔައެވެ.
“އާނ… އަހަރެންގެ ދުޝްމަނުކަން އޮތީ މިގެއާ… މިގޭ މީހުނާ… އެ ދާނިޝް އާ… ހެހެ. އަހަރެން ހުއްޓައެއްނުލާނަން… އެ އިންސާފު އަހަރެންނަށް ލިބިފަ ނޫނީ ދޫ ނުކުރާނަން” ރާސިލް ގެ އަޑުގައިވަނީ ނަފްރަތެވެ. ދެންމެ އިވިގެން ދިޔަ ވާހަކަ ތަކުން އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު ކުޑަ ހިނދުކޮޅަކަށްވެސް ނެތިގެން ދިޔައެވެ. އޭނާ އަށް ކުރެވުނީ ކީއްބާއޭ އެތަށް ފަހަރަކު ހިތަށް އަރަމުން ދިޔައެވެ.
އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުމާއެކު އޭނާ އަށް ޓެރެސް މަށްޗަށް އަރާ ރާސިލް އަށް ގޮވާލެވުނެވެ.
“ރާސިލް” އެ އަޑު އެކޯވެގެން މުޅި ތަނުގައި ގުގުމާލިއެވެ. އޭނާ އެއައީ ބައްޕާ އާ ވާހަކަ ދައްކާށެވެ. އެހެންނަމަވެސް ބައްޕަ ގެ ބަދަލުގައި އޭނާ އަށް މި އަޑު އިވުނީ އަހަން އެންމެ އުނދަގޫ އަޑެވެ. ކޮން އިންސާފެއްހެއްޔެވެ؟. ކޮން އަނިޔާއެއްހެއްޔެވެ؟. ވަމުން ދިޔަ އެއްވެސް ކަމެއް ގެ ހަގީގަތެއް ދާނިޝް އަކަށް ނޭނގެއެވެ.
ފޯނުގައި ހުރި ރާސިލް އަށް ސިހިފައި ފަހަތް ބަލާލެވުނީ ދާނިޝް ގެ އަޑު އިވުމާއެކީގައެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުން ރާސިލް އަށް ވެސް ފަހަތަށް ފިޔަވަޅެއް އަޅާލެވުމާއެކު ދާނިޝް އަށް އޭނާ ދެއްކި ހުރިހާ ވާހަކަ އެއް އިނގިއްޖެ ކަމުގައި ޔަގީންކުރެވުނެވެ.
“އޯހް.. ހެލޯ ދޮންބޭ” ރާސިލް ފޯން ކަނޑާލާ ޖީބަށް ލަމުން ބުނެލިއެވެ.
“ކޮން ދޮންބޭ އެއް…”
“ކީކޮއްގެން ތިއުޅެނީ” ދާނިޝް އަހާލިއެވެ. އެއާއެކު ރާސިލް ކީކޮއްގެން ހޭ އަހާކުމާއެކު އޭނާ ގޮސް ރާސިލް ގެ ކުރިމަށްޗަށް އެރިއެވެ.
“އަހަރެންނާ ކޮން ދުޝްމަނުކަމެއް އޮވެގެން ތިއުޅެނީ އޭތް” ކިތަންމެ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ދާނިޝް އަށް އެކަން އެގޮތަށް ކުރެވޭ ގޮތެއް ނުވިއެވެ. އޭނާ އަތް ގޮށްމުށް ކަވާފައި ރާސިލް ގެ ގައިގައި ޖަހަން އަތް މަޅާލިއެވެ. އެކަމަކު ހުޝިއާރު ކަމާއެކު ރާސިލް އެ އަތުގައި ހިފައްޓަމުން ވާހަކަ ދެއްކިއެވެ.
“މި ސިކުނޑިއަށް ބާރުލާފަ ވިސްނަބަލަ… ހެދުނު ގޯސްތަކާމެދު… ހެހެ… ” ރާސިލް މާނަފުން ކޮށް ޖުމްލަ އެއް ބުނެލުމާއެކު ދާނިޝް ކޮއްޕާލިއެވެ. އޭނާ ވެއްޓި އެވަގުތު ޓެރެސްގައި ހުރި ބިއްލޫރި މޭޒުގައި ޖެހި ތުންފަތް ފަޅައިގެން ދިޔައެވެ. އެހެންނަމަވެސް އިތުރަށް އެއްވެސް ކަމަކަށް ސަމާލުކަން ދާނިޗް ނުދިނެވެ. އޭނާ ގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިހުރީ ރާސިލް އަށް ކަމާށް ވުމާއެކު ތުންފަތް ފަޅައިގެން ދިޔުމުން އެކަމަށްވެސް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ.
އޭނާ އެހެން އޮއްވާ އެ އައި ބާރުމިނުގައި އައިސް ރާސިލް އޭނާ ކޮޅަށް ނަގާ ގިރުވާނުގައި ހިފައްޓާލިއެވެ.
“އެއްވެސް ކަމެއް އަހަރެން ނުކިޔައިދޭނަން. އަމިއްލަ އަށް ހޯދާ.. އެ ފައިލް ފޮރުވީ އަހަރެން…” ރާސިލް ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އެއާއެކު ދާނިޝް ވެސް ވާހަކަ ދެއްކިއެވެ.
“އެއީ… ބުނަންވީ” ދަތް ކުޑި ވިކައިގެން ހުރެ ދާނިޝް ވާހަކަ ދެއްކިއެވެ.
އެހެންނަމަވެސް ރާސިލް ގެ ފަރާތުން އިތުރު ޖަވާބެއް ލިބޭ ގޮތެއްނުވިއެވެ. އޭނާ ގިރިވާނުން ދޫކޮއްލަމުން ނުކުމެގެން ދިޔައެވެ.
ރާސިލް މޭޒު ކައިރިއަށް ޖެހިލީ ތުންފަތުން ފަޅައިގެން ގޮސްފައިވާ ތަނުގައި އަތް އަޅަމުންނެވެ. ދެމީހުންގެ ފުރަތަމަ ތަޅާލުމުން މި އޮތީ ދެމީހުންގެ ވެސް ތުންފަތް މަތި ފެޅިފަ… ހެހެ” އެހެން ބުނެފައި ރާސިލް ފައިބައިގެން ދިޔައެވެ. ދާނިޝް ވެސް އޭނާޣެ ތުންފަތުގައި އަތް ހާކަމުން އައިސް އެ މޭޒު ކަރިއަށް ހުއްޓިލިއެވެ.
ކަމެއް ހަނދާން ވާފަދައަކުން އޭނާ ޒާހިދުއަށް ގުޅާލިއެވެ. ޒާހިދު އޮފީހުގައޭ ބުނުމުން ދާނިޝް ވެސް ނިންމީ އޮފީހަށް ދާށެވެ.
އޮފީހަށް ދިޔައިރު އެތަނުގައި ހަރަކާތް ތެރިވަމުން ދިޔައީ ހުސް ބޮޑެތިންނެވެ. ވާހަކަ ދެކެވެމުން ދިޔައީ ގެއްލުނު ފައިލް ތަކާ ބެހޭ ގޮތުންނެވެ. ދާނިޝް އަށް ނޭގޭ ކަމެއް ވެސް މިރޭ އިނގިގެން ދިޔައެވެ. އެނެމް ފަހުން ހަވާލުވި ދެ ޕްރޮޖެކްޓް ވެސް ފައިލް ތަކާ ހުރިހާ ލިޔެ ކިޔުންތަނާ އެކީ ގެއްލުނުކަމެވެ. އަދި އެކަމުގެ ސަބަބުން އެ ދެ ޕްރޮޖެކްޓްވެސް މިއަދު އިތް މީޓިންގެ ސަބަބުނ ގެއްލުނު ކަމެވެ. އޭނާގެ ހިތަށް ފުރަތަމަވެސް އައީ ރާސިލްއެވެ. އެހެންނަމަވެސް އޭނާ އެ ވާހަކަ އެއްވެސް މީހެއް ގާތު ނުބުނީ އެ ވާހަކަތަކުގަޔާއި ރާސިލް ގެ ޖުމްލަތަގައިވާ ހަގީގަތް ރަނގަޅަށް އެނގުމަށް ފަހުއެވެ.
މަޝްވަރާތަކަށް ފަހުދާނިޝް އާއި ޒާހިދުވެސް ގެއަށް ދިޔައީ އެކު އެކީގައެވެ.
ރާސިލް ޓެރެސްގައި ހުރެފައި އައިސް ކޮޓަރިއަށް ވަތް އިރު އައިލީޝް އަށް އޮތީ ނިދިފައެވެ. އޭނާ މަޑުމަޑުން އައިލީޝް ގެ ގާތަށް ޖެހިލާ އިށީނެވެ. ސޯފާގައި ނިދިފައި އޮތް އިރު ނިކަން މައުސޫމެވެ. އައިލީޝް ފައި އުނގަށް ލަމުން އޭނާ އެ މޫނަށް ނަޒަރުހުއްޓާލިއެވެ.
“އައެމް ސޮރީ އައިލީ” މަޑު މަޑުން ރާސިލް އެހެން ބުނީ ކީއްވެކަމެއް ނޭގެއެވެ. އައިލީޝް އަށް ދެވޭ ހިތާމަތަކަށް ކަމެއް ނޫނީ އޭނާ އަށް ކުރެވެން އެ އުޅެވޭ ކަމަކަށް ކަމެއް ނޭގެއެވެ.
އޭނާ އެތަށް އިރަކު އެ މޫނަށް ބަލަން އިނެވެ. މަޑުމަޑުން ފައި ބާއްވާލާފައި އޭނާ ގޮސް އައިލީޝް އަތް ދަނޑި މައްޗށް ނަގަން އުލެފައިވެސް އެ ޚިޔާލު ދޫކޮއްލީ އައިލީޝް ގެ ނިދި މަޑު ކަމާއެކު ހޭލަ ފާނެތީއެވެ. ދެން ގޮސް އަލަމާރި ހުޅުވާލަމުން އޭނާ ބްލޭންކެޓް އެއް ނަގަމުން އައިސް އެ އައިލީޝް ގެ ގައިމަތީގައި ފަތުރާލިއެވެ. އަދި އައިލީޝް ގެ ބޮލާ ދިމާލަށް ސޯފާގެ ކުރިމަތީގައި އިން މޭޒު ޖައްސާލަމުން އޭގައި އިށީނެވެ.
މަޑުމަޑުން ގުދުވެލާ ނިތަށް ބޮސް ދިނުމާއެކު އޭނާ އަށް ކަރުނަތަށް ނުހުއްޓެވުނެވެ. ރޮވެން ފެށުނީ ކީއްވެކަން ނޭގުނު ކަމުގައިވިޔަސް މކހާރު އެ ހިތުގައި އެ ދަނީ ވަރުގަދަ ހަނގުރާމައެއްހިނގަމުންނެވެ. ދާނިޝް އަށް ވެސް މިހާރު އޭނާގެ މަގްސަދު އިނގޭނެއެވެ.
އޭނާ ބޭނުންނަމަ އައިލީޝް ބޭނުން ކޮށްގެން އެ ބޭނުންވާ ކަންތަް ފުރިހަމަ ވެސް ކުރެވޭނެއެވެ. ދާނިޝް އަކީ އައިލީޝް އެންމެ ލޯބިވާ އެއްފަރާތަށް ވީ ހިނދު އެ ހަށިގަޏޑުގައި އެންމެ ކޫރުމެއްވެސް އެޅެން ދާނިޝް ނޭދޭކަން ރާސިލް އަށް އޮޅިފަކާ ނެތެވެ. އޭނާ ބިރުގަންނަނީ އައިލީޝް އަށް ކަމެއް ވެދާނެތީހެއްޔެވެ؟. ނޫނީ ބައެއް ފަހަރު އަމިއްލަ ހިތް ތި ހަދަނީ ގޯހެކޭ ބުނާތީ ހެއްޔެވެ؟. ހައްތަހާވެސް ސުވާލެވެ. ޖަވާބު ނުލިބޭ އަރަތް ތަކެކެވެ.
އޭނާގެ ހަނދާނަށް ތަންކޮޅެއް ކުދިން ދުވަހު އައިލީޝް ލިޔުނު މެސެޖް އައެވެ. “އަހަރެންނަކީ ކުޅޭ ކުޅޭ އެއްޗެއްތަ؟. ރާސިލް ބޭނުންވީމަ ބޭނުން ހާ ގޮތަކަށް ހެދެން” އެ ޖުމްލައިގެ ސަބަބުން ހަމަގައިމުވެސް އައިލީޝް އެދޭތެރެއަށް ވައްދަން އޭނާގެ ހިތް ދެކޮޅު ހެދިއެވެ.
ކީއްވެކަން ނޭނގެއެވެ. އިގޭހާވެސް އެއްޗަކީ އައިލީޝް ބައިވެރިކުރަންޖެހޭނެޔޭ ހިތަށް އަރާ ކޮންމެ ފަހަރަކު ނޭނގޭ އިހްސާސްއެއްގެ ސަބަބުން އަމިއްލައަށް ވެސް އެކަމަށް ދެކޮޅު ހެދޭތީއެވެ.
އައިލިޝް ގެ މޫނަށް ބަލަން އިދެފައި އޭނާ ހަމަޖެހެން މަސައްކަތް ކުރަމުން ތުނޮކޮށް ފަޅަންފަށާފައިވާ ތުނބުޅީގައި އަތް ހާކާލިއެވެ. އެއާއެކު އޭނާ އަށް އައިލީޝް ގެ ވާހަކަ ކޮޅެއް މަތިން ހަނދާންވިއެވެ. “އަހަރެން ނަށް ވަރަށް ރީތި ރާސިލް ގެ ކުޑަކޮށް ތުނބުޅި ހުރީމަ…” އެމީހުން އިދުމުގެ ކުރިން އައިލީޝް ލިޔެލާ ދައްކާލި މެސެޖް ހިޔާލަށް އައުމާއެކު އިޚްތިޔާރުން ބޭރުން ރާސިލް އަށް ހިނިތުންވެވުނެވެ. އޭނާ އަށް ނޭނގިވެސް އައިލީޝް ބުނެފައިވާ އެ ފަދަ ކުދި ބަސްތަކަށް ސަމާލް ކަން ދެވޭ މިންވަރު ފާހަގަ ކުރެވިގެން ދިޔައެވެ.
ގަޑިއިރެއްގް އިރު އެފަދަ އެތަކެއް ހިޔާލުތަކެއްގައި ޖެހިފައި ރާސިލް އިނެވެ. އެހެން އިންން އިރު އިރުކޮޅަކާ އައިލީޝް ގެ މޫނުގައި ފިރުމާލެވެއެވެ މާފަށް އެދެވެއެވެ. އެހެންނަމަވެސް….
އައިލީޝް އަށް ހޭލެވުނީ ފަތިސް ނަމާދު ބަންގީގެ އަޑު އޭނާގެ ފޯނުން އިވުމުންނެވެ.
މޯޅިއަކަށް ދެމިލަމުން އޭނާ ތެދުވަން އުޅުމާއެކު އޮވެވުނު ތަނާމެދު ވިސްނާލެވުނެވެ. ސޯފާގައި އިނދެގެން ދިދުނުކަން ހަނދާން ވުމާއެކު އޭނާ އަށް ނތްކުރިމަތީގައި ޖަހާލެވުނެވެ. އޭނާ ވާއަތު އަތް ނަގަން އުޅިލާފައި ބަލާލއިރު އެ އަތް އޮތީ ރާސިލް ގެ އަތް ދަށުގައެވެ. ދޯފާދޮށުގައި އިޝީގެ ސޯފާގައި ބޯއަޅާލައޮގެން އެއަތުގެ މަތީގައި ބޯ ޖައްސާލައިގެން އޮތް ރާސިލް ފެނި އައިލީޝް އަށް ދެފަރާތަށް ބޯ ހުރާލެވުނެވެ. އޭރު ވެސް ލުއި ހިނިތންވުމެއް އޭނާގެ ތުންފަތުގައި ވެއެވެ. ވަރަށް މަޑުމަޑުން އެ އަތް ދަމާލަމުން އޭނާ ތެދުވަން މަސައްކަތް ކުރިއެވެ. އަތް ދަމައިގަތުމާއެކު އޭނާ އަދިވެސް އެއްފަހަރު ރާސިލް ގެ މޫނަށް ފުން ނަޒަރެއްދިނެވެ.
ހަރުކަށިކަން ދެއްކިޔަސް އެ ހިތުގައިވެސް މަޑުކަމެއް ވެޔޭ އައިލީޝް ހިތަށް އެރިއެވެ. އެއާއެކު އޭނާ އަށް ރުޅިވެރިކަން ދެއްކިޔަސް އެ ހިތުގައި އޭނާ އަށްޓަކައިވެސް ކޮންމެވެސް އިހްސާސް އެއް ވާކަން އެނގިހިންހަމަޖެހުނެވެ. އެއީ އިންސާނިއްޔަތުކަން ވިޔަސް އައިލީޝް އަށް އެންމެ ވަރިހަމައެވެ.
ވާނީވެސް އެހެންނޫންހެއްޔެވެ؟، ބައެއްފަހަރު ރާސިލް ގެ އަމަލުތަށް ހުން ގޮތުން އިންސާނިއްޔަތު ކަމޭ މިކިޔާ ބައިވެސް ނުހުންނަ ހެން ހީވާ ފަހަރު ދެއެވެ.
އޭނާ ރާސިލް އަށް ގޮވާލުމަށްޓަކާ އަތުގައި މަޑުމަޑުން ކޮއްޓާލިއެވެ. އަދި އިރުކޮޅަކު މަޑުކޮއްލިއެވެ.
އޭނާ ރާސިލް ގެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރިއެވެ. އެހެން އިންދާ ރާސިލް ކުޑަކޮށް ހަރަކާތް ކޮއްލުމާއެކު ހަމަބިމަށް އާދެވުނެވެ.
ރާސިލް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލުމާއެކު އޭނާ މޭޒުމަތީގައި އިން ފޯންނަގާ ނަމާދަށް ދާށޭ ލިޔެލާފައި ދަށްކާލިއެވެ. އައިލީޝް ގެ މިއަމަލުން ރާސިލް ގެ ތުންފަތަށް މިފަހަރަ ހިނިތުންވުމެއް ވެރިވިއެވެ. ހެޔޮލަފާ އަންބެކޭ ހިތަށް އެރިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.








yeyy..me first dho…varah nice waitin for next
Thanks HI MI dhooni vaahaka up kohlley ma ?
???????????
varh reethivaanehen heevey thanks
vv nice mi part vx.. wat wil hapn next.. curiously waitin…..plx plx ailee n rasil gulhuva chey story nimey iru… keep up the good work himi???
Vvvvvvv reethi…
Mi episode ga aakameh vaanekamah ummeedhu kurin..Ekam hama aakameh nei..dhen faharaku ragalhu kohlaane kamah ummeedhu kuran.reethi vaahaka eh. ?❤❤
Wow ❤️❤️❤️… Superb ???… V v v reethi mi part vx ???… Dhn kihineh baa vaanee??????… V v v kiyaalaahithun mi part vx mi kiyaaly ❤️❤️❤️… I love it ❤️❤️❤️… Maasha Allah Hi Mi haadha molhey ??????… Keep up the good work ???… Typing mistakes are there ingey… Try to correct those mistakes next time ???… Avahah liyan ulhey iru ehen vx vaane ingey… I can understand ???… Story hama v v v interesting ???❤️❤️❤️… E part ah vure aneh part maa bodah vx reethi n interesting ??????… Story kiyamun dhaairu hama heevany vaahakaige thereyga ulheveyhenn ???… Ehaa vx furihama ???… Next part kiyaalaahithun kehmadhuvefa mihaaru vx ???… Curiously waiting for the next part… Lots of love and take care my favourite Hi Mi ❤️❤️❤️???????????????
Mi part ves vvvvv nice ? ??????????
Vvvv nice himi…. Masha alhah …haadha ryhchey himi ge vaahaka thah .. I like it?n kon irakun dhn oiyy baa up koahdheyny.. Waiting. Waiting…keep it up n good luck himi????
varah reethi mi part ves. sorry himi last part ga ves comment nukurevunu. bzy vigas story read kuran always. so lets see nw rasil ge mission ves inguny dhw dhanish ah. i think ifsha rape kuri raaidha hen meehaku lavva dhw. she hates to see them together. thankgod rasil aili use nukuran visnunu kan or else he will regret. anyway heevani dhanish ah fenuny ifoo rape kuri meeha hen. wonder who it is? and ifoo dhw dhen fenuny? i thought she is dead ey hehe. waiting for the next part. varah reethi
Wowww vvvvvvv reethi…i like ,,,,,??????
Assalaam Alaikum. heres the 13 th ep. so the fight between raasil and dhaanish begins… what do u think?. sorry… i am leaving my island for a couple of days so. i won’t be able to upload thats why more than3500 words nearly 4000 words ge ep eh mi up kohli. aslu mirey up kohlan ulhefa publish vma dhen benydhee. i knw there will be loads of mitakes… so edit kohleveythoa try kohlaan. thankyou for ur patience… for ur support and love.
jazakallah
Whaaat?
Dhen when you will upload
OMG!!! dhen wen is the next part… i hope the readers dont hev to wait too long.. haadha kiyaa hivvey mi story.. v salhi… pls pls dont take too long… keep up the goos work himi… waitin n waitin for the next part???
Wowo. .. vvv rythi story dhaa goii…. raasil n dhaanish dhemyhun fight dhw dn othy. .. ekam alhe ailee e file nagaa ehfaharu nama vs balaalaanama… dn ekam nikann happy raasil mihaaru knmvs varakah ailee aa care kuraathy? ..story ah waiting waiting. .. loabiveyy bodu bodu koh himi??❤
V reethi
VVVVV…..REETHI ?????????keep it up
Amayyaai
Nice
Himi dhen kon irakun up vaanee.. haadha inthizaarekey.. abadhu check kolla kolla mi hurevenee..
Assalaam Alaikum. Himi ah adhives moosumaa dhen kudhi kudhi kanthah hurumaa gulhigen dhevey goi nuveythy up nukohlevigen miulheny. Himi miulheny ves laptop nulaa ais. Dhen dheveyne dhuvaheh ves bunedheveykah neyge… varah varah varah bodah maafah edhen. Vvvvvvv sorry… ???❤❤❤
Ok thanks…..hi mi dhooni..????????
It’s okay dear.. moosum rangalhuveema avahah rashah gos thankolheh dhigukoh up kolleema ok vaane.. hehe ekam dhen faharakun lap hifaigen dhahchey ingey.. :p
Its ok himi.. ehen vx vaane sometimes… keep up the good work himi.. BTW,almost how many episods r left?
When will be this updated????