Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
hgriug3iy
އެހެނިހެންލޯބި

ލޯބިކަން 9

Maikaa Level 310 Stories100 Comments100 Login
June 3, 2018 2 Mins Read
13 Comments

“ދޮންބޭ….އެހެރީ…ފަހަރި….ވާވް  ސަޅި އިނގޭ……..”މާޔާމެންގޭ ކުރި މައްޗަށް އައިސް ވިޝާލް ކާރު މަޑުކޮއްލަން އުޅުނު ވަގުތު ވިޝާލް ގެ ނަޒަރު ވެސް ހުއްޓުނީ އެ އަންހެން ކުއްޖާ އާއި ދިމާއަށެވެ.މެރޫން ކުލައިގެ ހެދުމެއްގައި ހުރި އަންހެން ކުއްޖާ ފެނުމުން ވިޝާލް ގެ ހިތް ހީވީ ފުމެ އަރަން އުޅުނު ހެންނެވެ.މެރޫން ކުލައިގެ ހެދުމަކާއި އައިސް ބްލޫކުލައިގެ ލެގިންސް އެތް ގައި މާޔާ ފެންނަލަތް ކުރިޔަށް ވުރެ ރީތި ހެން ވެސް ހީވިއެވެ.

“އާދޭ އަރަން އަވަހަށް…”ވިޝާލް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަމުން މާޔާއަށް ގޮވައިލިއެވެ.ވިޝާލް އެހެން ބުނި ވަގުތު މާޔާ އައިސް ކާރުގެ ދޮރުފަތް ހުޅުވާލާފައި ކުރިއަށް އެރިއެވެ.ކާރު ގޮސް މ.މޭޕްލީފް ކުރިމައްޗަށް މަޑުކޮއްލުމާއި އެކު އެގޭގެ ގޭޓު ހުޅުވިގެން ދިޔައެވެ.އެ އާއި އެކު ވިޝާލް ކާރު ގޭގެ ގޭޓް ގެ އެތެރެއަށް ވެއްދުމަަށް ފަހު ކާރުން ފޭބިއެވެ.ބޮޑު ގެ އެކެވެ.މުޅި ގޭގައި ވަނީ އެކި ވައްތަރުގެ މާމެލާމެލި ހައްދާފައެވެ.އެ މާތަކުގެ މީރުވަސް ވަނީ މުޅި ހިސާބަށް ފެތުރިފައެވެ.ކާޕެޓް ގަނޑެތް ހެން އޮތް ވިނަތަށް ވަނީ މުޅި ހިސާބަށް ފެތުރިފައެވެ.އެ މަޑު ވިނަ ގަނޑު މަތީގައި ހިނގަމުން ދިޔަ ވިޝާލް ގެ ފަހަތުން މާޔާ އާއި ޔޫހާ ވެސް ހިނގަމުން ދިޔައެވެ.

ގޭގެ ދޮރު ކައިރިޔަށް އައިސް ވިޝާލް ބެލް ޖަހާލިތާ އިރުކޮޅެއް ފަހުން އެގޭގައި  ގެންގުޅޭ މަސައްކަތު މީހުން ތަކުގެ ތެރެއިން މީހަކު އައިސް ދޮރު ހުޅުވިއެވެ.

“ހާއީ…..އޭންޑީ….ޔޫލުކް ހޭންޑްސަމް….”ދޮރުމަތީ ގައި ހުރި ފިރިހެން މީހާ ފެނުމާއި އެކު ވިޝާލް ހިނިތުން ވެލަމުން އެމީހާ އާއި ސަލާން ކޮއްލިއެވެ.

“އޯ….ވިޝާލް….އައިމް ފައިން”އެ މީހާ ވެސް ވިޝާލް އަށް ހިނިތުންވުމެއް ރައްދު ކޮއްލިއެވެ.އަދި އެތެރެއަށް ވަންނަން ތަން ދެއްކިޔެވެ.ވިޝާލް އަކީ ހުރިހައި އެންމެން ނާއި ގުޅޭ ޒުވާނަކަށް ވުމާއި އެކު އެގޭގައި އުޅޭ ހުރިހައި މަސައްކަތު މީހުންނާއި ވެސް ވަނީ ގާތްގު ޅުމެއް އުފެދިފައެވެ.

“އަހާ….ދަރިފުޅާ އައީ ދޯތި….”ޝާމް ތެދުވެ އެހެން ބުނެލި އަޑަށް އެ ވަގުތު އެތާ ތިބި ހުރިހައި އެންމެންގެ ނަޒަރު  އެތިން މީހުން ނަށް ހުއްޓުނެވެ.

“ކޮން ކުއްޖެއްތަ މާވަރަކަށް ބްލަޝް ވަނީ”ސޯފާ ގައި އިށީން ދެއިން ކައިލާން އަށް މާޔާގެ މޫނު މަތީގެ ކުލަވަރު ފެނުމާއި އެކު ދިމާކޮއްލިއެވެ.

“ނޫން ދޯ ފަހަރީ….”މާޔާ އަނގަ ހުޅުވާލިތަން ފެނިގެން ޔޫހާ ހުރެލާފައި އެހެން ބުނެލިއެވެ.އެ ވަގުތު މާޔާ ޔޫހާގެ އަތުގައި ވިކާލުމާއި އެކު ބުނަން އުޅުނު ޖުމްލައިގެ އަނެއް ބައި ނުބުނެ ހުއްޓާލިއެވެ.

“ހިނގާ ދާން ކާން އޭރަށް ދޯ  އަވަހަށް ފެށޭނީ…”ސޯފާގައި އިން ހަސްނާ ކާކޮޓަރި އާއި ދިމާއަށް ހިނގައި ގަންނަމުން އެހެން ބުނުމާއި އެކު ސޯފާގައި ތިބި ހުރި ހައި އެންމެން ތެދުވެ ހަސްނާ ގެ ފަހަތުން ދާންފެށިއެވެ.

“އަހާ ދަރިފުޅާ ހާދަ ލަސްވީ މިރޭ…..ކޮބާތަ ޒެލް….. މަންމަ ބުނީމެއްނު   އޭރު ވެސް  އަވަހަށް އަންނަންޗޭ”ދޮރުން ވަދެގެން އައި އަންހެން ކުއްޖާ ފެނުމާއި އެކު ހަސްނާ ސުވާލު ކޮއްލިއެވެ.

“ސޮރީ މަންމާ…..ޒެލް ކާރު ޕާކް ކުރަން އެބަ އުޅޭ….މިހިރަ ޒެލް އަށް ފާޑެއްގެ ފްރެންޑް އެތް ފެނިގެން އޭނަ އާއި ވާހަކަ ދަށްކަން އެތާ ހުރީ ކިޔާ ކިޔާ ބައްޔަށް އެއައީ….ކޮބާތަ މަންމަގެ  ނައި މީހުން…ބުނީމެއްނު ގެންނަ ވާހަކަ”ފޯނަށް ބަލަހަށްޓައިގެން ހުރެ އެހުރިހާ އެތްޗެއް ކިޔާ ނިންމާލުމަށް ފަހު ބަލާލި އިރު ހުރި ހައި  އެންމެން އެކުއްޖާ އާއި ދިމާ ބަލަން ތިބި ތަން ފެނުމުން މުޅި މޫނު ރަތް ވެގެން ދިޔައެވެ.

“އާނާ….ކޮބާ ކިހިނެތްތަ….”ވިޝާލް އާނާ ފެނުމާއި އެކު ސުވާލް ކޮއްލިއެވެ.

“އޯ އެމް ޖީ ،…….ވިޝާލްބޭ…. ކޮންއިރަކު އައީ”އެ ވަގުތު ދޮރުން ވަދެގެން އައި ޒެލްއަށް ވިޝާލް ފެނުމާއި އެކު ވީއުފަލެއް ގެ ބޮޑު ކަމުން ހަޅޭ ލަވައިގަތެވެ.ޒެލް ގެ ލޮލުން އުފާވެރި ކަން ވިދަވިދާ ހުއްޓެވެ.

“ޒެލް އަދިވެސް ބޮޑުނު ވޭދޯ….”ވިޝާލް ހީލަމުން ބުނެލިއެވެ.ޒެލް އަކީ ބާމަތިފުޅާ ހަށިގަނޑަކާއި ހެދި ހުރި އިސްކޮޅެއް ލިބިފައިވާ ޒުވާނެކެވެ.ހިންހެޔޮ މަޖާ އަނގަ ގަދަ މިޒާޖެއްގެ ޒުވާނެކެވެ.ޒެލް ގެ އިންނަ ލޯބި ހިނިތުންވުމުގެ ސަބަބުން އޭނަ ވަނީ ގިނަ އަންހެން ކުދިންގެ ހިތްތަކުން ޖާގަ ހޯދާފައެވެ.

“މީ ކޮން ކުއްޖެއްތަ…..ކޫއްތަ އާއި ޓުވިންސް ކުއްޖެއް ތަ”މާޔާ ފެނުމާއި އެކު ޒެލް ހައިރާންވެފައި އެހެން ބުނެލީ އާނާއަށް އިޝާރާތް ކޮއްލަމުންނެވެ.އެވަގުތު ހަސްނާ ކާން އިން އެތި ކޮޅާއި އެކު  ކޮށި އެރިއެވެ.އެންމެންގެ ނަޒަރު ހަސްނާ އަށް ހުއްޓި ފައި ހުރި ހެން ހީވުމުން އެދިމާ ބަލާލައި މޫނުމަތީ ގައިވާ ހާސްކަން ފޮރުވާލަމުން ހަމަޖެހެން މަސައްކަތް ކޮއްލިއެވެ.އެވަގުތު ވިޝާލް ގެ ހިތަށް އެރި އެއްޗަކުން ދެލޯ ބޮޑު ވެގެންދިޔައެވެ.މާޔާ އާއި އާނާ ހުރީ ކޮން ގުޅުމެއް ބާއެވެ؟އަނެއްކާ މާޔާގެ ބައްޕަ އާއި ލަސްނާތަ އާއި ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟އެވަގުތު ވިޝާލް ކޮށި އެރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

ހުޅުކޮޅު 17

Next

ތިޔަ ލޯބީގެ އިންތިޒާރުގާ

Next
June 3, 2018

ތިޔަ ލޯބީގެ އިންތިޒާރުގާ

Previews
June 3, 2018

ހުޅުކޮޅު 17

13 Comments!

  1. unique says:
    June 3, 2018 at 4:18 am

    malikaa…. after soo many days….
    nice

    1. Maikaa says:
      June 3, 2018 at 10:11 am

      thank you unique…..

    2. unique says:
      June 3, 2018 at 1:21 pm

      maikaa***

  2. Maikaa says:
    June 3, 2018 at 10:09 am

    salaam all…….miothyy loabikan mi stry ge 9 vana part up vefa…i hope hurihaa kudinah ves kamudaane kamah…n plx let me knw if there is any mistake…

  3. Anonymous says:
    June 3, 2018 at 12:23 pm

    Vaahakaige kuryge bai handhaan nethey fahun aneh part kiyaalan libeny… Mivarun vaahaka nuliyunas enme heyo…vaahaka gavaaidhun nuliye venya nuliyunyma vy nu.. Kykkuran litany…

    1. lil sissy says:
      June 3, 2018 at 1:57 pm

      Anonymous malika has said that she is gonna take a lil brake from writting these stories because it was her test days.
      After all malika is also a human being she need times for me i hvent read any story during my test.
      dont get me nagative just told you and respect others too anonymous
      Dont take it negatives igey anonymous
      luvs Alyssa

    2. Maikaa says:
      June 4, 2018 at 3:23 pm

      thankx for the comment anonymous

  4. Admin says:
    June 3, 2018 at 12:58 pm

    Hi Maikaa, was trying to contact you. just wanted to ask something. can u give me a call on 7997991 Thanks – admin-

  5. zia says:
    June 3, 2018 at 4:01 pm

    stry up vehje dho…nice…hows ur exam…best of luck…whn next

    1. Maikaa says:
      June 4, 2018 at 3:29 pm

      thanks so much zia….inshaa allah varah avahah

  6. Nunnu says:
    June 3, 2018 at 5:41 pm

    Maikaa ge aneh story up nukuranee keevvetha
    E story maa reethi MI story ah vuren

  7. unique says:
    June 3, 2018 at 6:59 pm

    asuves i also love the other story u wrote maikaa

  8. Baby sis says:
    June 5, 2018 at 4:44 pm

    How was ur exams??? Kon irakun next part???? Varah reethi

Comments are closed.

Next Episodeލޯބިކަން 10←


All Right Reserved!