Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ވަންހަނާ – 02

Ifaam Level 1100 Login
June 3, 2018 3 Mins Read
44 Comments

ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރެ ސިއްސުވާލީ ރަޔާންގެ ފޯން ރިންގުވާން ފެށުމުންނެވެ. ރަޔާން ސިއްސައިގެންގޮސް ޖީބުން ފޯނުނަގައި ފޯނަށް ބަލައިލިއެވެ. އޭނާ އިތުރަށް  ހާސްވެ ބިރުގަތެވެ. ރަޔާންގެ ފޯނަށް މީހަކު އެބަ ގުޅައެވެ. ނަމަވެސް ގުޅާ މީހާގެ ނަމެއްވެސް އަދި ނަންބަރެއްވެސް ފެނާކަށް ނެތެވެ. ރަޔަންހުރީ ބިރުންގޮސް ގަނޑުވެފައެވެ. ހިންދިރުވާލުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލުމާއިއެކު ފޯނު ކެނޑިއްޖެއެވެ. ކުއްލިއަކަށް ލެޕްޓޮފުން ކޮއްމެސް އަޑެއް އިވިގެން ބަލައިލިއިރު ލެޕްޓޮޕް ސްކްރީންގައި ބޮޑުއަކުރުން “ހެލޯ ރަޔާން” ޖަހާފައި އިން ލިޔުމެއް ނިވިދިއްލެމުން ދިޔައެވެ.

****************

ލެޕްޓޮޕްގެ ސްކްރީންއަށް ބަލަހައްޓައިގެން ގުޑިލަން ނޭންގިފައި ރަޔާންއަށް އޮވެވުނެވެ. އޭނާގެ ސިކުނޑީގައި އެތަކެއް ސުވާލްތަކެއް އުފެދެމުން ދިޔައެވެ. މިކަމުގެ އަޑީގައި މިވަނީ ކޮންބައެއްބާއެވެ؟ އެބަޔަކަށް ރަޔާންގެ ނަން އިނގުނީ ކިހިނެއްބާއެވެ؟ ގޮތްހުސްވެފައިހުރި ރަޔާން ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކުއައިސް ޑޯބެލް ޖަހަން ފެށުމުނުންނެވެ. އެމީހަކު ކެނޑިނޭޅި ޑޯބެލް ޖަހަމުން ދިޔައެވެ. އެނދުން ތެދުވެ ކޯޓަރީގެ ދޮރު ހުޅުވާލުމަށްފަހު ސިޓިންރޫމްއަށް ނިކުތްއިރުވެސް ޑޯބެލްގެ އަޑެއް ނުކެނޑެއެވެ. ރަޔާންގެ ހިތުގެ ތެޅުން އަވަސްވިއެވެ. ދެލޯބޮޑުވެ މޫނުން އޮއްދާ ހިއްލަން ފެށިއެވެ. މަޑުމަޑުން މައިދޮރާއިދިމާލަށް ރަޔާން މިސްރާބު ޖެހިއިރު މުޅި މީހާ ހުރީ ބިރުން ތުރުތުރުއަޅައަޅައެވެ. ބިރުގަނެފައި ހުރިލެއް ބޮޑުކަމުން ރަނގަޅަށް ނޭވާވެސް ނުލެވެއެވެ.

ކުއްލިއަކަށް ޑޯބެލްގެ އަޑު ހުއްޓުނެވެ. އިރުކޮޅެއްނުވެ ދޮރުދަށުން ގޭތެރެއަށް އައީ ކަރުދާސްކޮޅެކެވެ. ރަޔާންއަށް ދެލޯބޮޑުކޮއްލެވުނެވެ. މަޑުމަޑުންގޮސް ކަރުދާސްކޮޅު ނެގުމަށްފަހު އޭގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ. “ވަގުތު ބޭކާރު ނުކުރޭ!! އެމީހުން އެބައާދެ”. ގަނޑުކޮޅުގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލުމުން ރަޔާންއަށް ހުރެވުން ތަންވެސް ނޭންގުނެވެ. އަވަހަށް ކޮޓަރިއަށް ވަދުމަށްފަހު ފޯނާއި ވޮލެޓް ޖީބަށްލުމަށްފަހު އަލަމާރިމަތީގައި އޮތް ލެޕްޓޮޕް ދަބަސް ނެގިއެވެ. ލެޕްޓޮޕްގައި ޖަހާފައި އިން ޕެންޑްރައިވް ނަގާ ޖީބަށްލަމުން ގޮނޑި މަތީގައި އަޅުވާލައިފައި އިން ގަމީސް ގަޔަށް ހެޔޮވަރު ކޮއްލިއެވެ. ކުއްލިއަކަށް ރަޔާންއަށް އިވުނީ ގޭގެ މައިދޮރު ހުޅުވުން އަޑެވެ. ލެޕްޓޮޕް ދަބަހަށް ލެޕްޓޮޕް ލުމަށްފަހު ކޮނޑުގައި ދަބަސް އަޅުވާލައި މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

ގޭތެރެއިން އެއްވެސްމީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. ރަޔާން މަޑުމަޑުންގޮސް މައިދޮރު ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައެވެ. ފުންނޭވާއެއް ލުމަށްފަހު ޖީބުން ތަޅުދަނޑި ނަގާ ތަޅަށް ކޮއްޕާލިވަގުތު ކުއްލިއަކަށް ފުރަގަހުން މީހަކުއައިސް ރަޔާންގެ ނޭފަތްމަތީގައި އެޅީ ކްލޮރޯފޯމް އަޅާ ތެންމާފައިވާ ފޮތި ގަނޑެކެވެ. އިރުކޮޅެއްނުވެ ރަޔާން ހޭނެތިއްޖެއެވެ. އެމީހާ ލައިގެންހުރީ ކަޅުކުލައިގެ ޓީޝާޓަކާއި ކަޅު ފަޓުލޫނެކެވެ. މޫނުމަތީގައި އަޅާފައިވާ ކަޅުކުލައިގެ ފޮތިމާސްކުން އޭނަގެ ދެލޯ ފިޔަވާ މޫނުގެ އެއްވެސް ހިސާބެއް ފާޅުވާކަށް ނެތެވެ.

ރަޔާން ހޭނެތުމާއިއެކު އެމީހާ ރަޔާން މުށިގަނޑުމަތީގައި ބޭއްވުމަށްފަހު މައިދޮރު ހުޅުވާލިއިރު އެގޭގެ ދޮރު ކުރިމަތީގައި ކަޅު ކުލައިގެ ވޭންއެއް މަޑުކޮއްލައިގެން އޮތެވެ. އެމީހާ ދޮރު ހުޅުވުމާއިއެކު، ހަމަ އެގޮތަށް ހެދުން އަޅައިގެން ތިބި ދެމީހަކު ވޭންތެރެއިން ނުކުމެގެންއައިސް ރަޔާންގެ ގެއަށްވަދެ އޭނާ ނަގައިގަނެގެންގޮސް ވޭންއަށް އެރުވިއެވެ. އެންމެން ވޭންއަށް އަރާ ހަމަވުމުން ލަހެއްފަހެއް ނުކޮއް ވަރަށް ބާރު ސްޕީޑެއްގައި ދުއްވާފައިގޮސް ޖެހިގެންއިން މަގަށް ލަނބާލިއެވެ.

ކަނޑުމަތީ ބާރުދުވެއްޔެއްގައި ދުއްވަމުންދިޔަ ދޯނި ގޮސް ބީއްސާލީރަށުގެ ދެކުނުފަރާތު އަތިރިމައްޗަށެވެ. ރަށުތެރެއަށް ބަލާލުމުން ފެނިގެންދަނީ ނާމާންކަމާއި ބިރުވެރިކަމެވެ. އެއްވެސް އަލިކަމެއް ފެންނާކަށް ނެތެވެ. ބަލާބެލުމަށް ހީވަނީ ފަޅުރަށެއް ހެންނެވެ. އަތިރިމައްޗަށް ދޯނި ބީއްސާލުމާއިއެކު ވަލުތެރެއާއި ވީދިމާލުން ބިޔަ ހަތަރު ފިރިހެނުން އަތިރިމައްޗަށް ފައިބައިގެން އަންނަތަން ފެނެއެވެ. އެހަތަރު މީހުން ފެނުމާއިއެކު ދޯނިމަތީގައި ތިބި ދެމީހުން މިސްރާބުޖެހީ ދޯނީގެ ގެގަނޑު ތެރޭގައި ބައިނދާފައިއިން ދެ ލަކުޑިފޮއްޓާއި ދިމަލަށެވެ. ބަލާ ބެލުމަށް އެދެފޮށި ވައްތަރީ ސަންދޯކަކާއެވެ. ފޮށީގެ އެކި ދިމަދިމާލުގައި ބޮޑެތި ވިދުތަކެއް ތޮރުފާފައިވާއިރު ފޮށީގެ ދެފަރާތުގައި ހިފުމަށް ދެއަތްގަނޑު ހަރުކޮއްފައިވެއެވެ. ދޯނިމަތީގައި ތިބިދެމީހުން، އަތިރިމަތީގައިތިބި ހަތަރުމީހުންނަށް އެދެފޮށި ހަވާލު ކުރުމަށްފަހު އެފަޅުރަށުގައި އިތުރަށް މަޑުނުކޮށް ދޯނި ނައްޓާލިއިރު އެދެފޮށި ހިފައިގެން ހަރަތު ފިރިހެނުން ރަށުތެރެއަށް ވަދެގަތެވެ.

ރަޔާންއަށް ސިއްސައިގެންގޮސް ހޭލެވުންއިރު އޭނާގެ ދެއަތާއި ދެފައި ބަނދެ، އަނގައިގައި ވަނީ ފޮތިގަނޑެއްވެސް އަޅާފައެވެ. ލޯހުޅުވުން ވަގުތު ކަޅުފޮއި އަނދިރިކަން ފިޔަވާއިތުރު އެއްޗެއް ފެންނާކަށް ނެތެވެ. މީހާ ވަނީ ފިތިބާރުވެފައެވެ. ހީވަނީ ކޮންމެވެސް އެއްޗަކަށްލައި ބަނދުކޮއްފައި އޮތްހެނެވެ. އާއެކެވެ. އޭރު ދޯނިން ބޭލި ދެފޮށިގަނޑުގެ ތެރެއިން އެއްފޮށިގަނޑުގައި އެއޮތީ ރަޔާންއެވެ. ރަޔާން އޮތީ ހަދާނެގޮތް ހުސްވެފައެވެ. މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ކުއްލިޔަކަށް ރަޔާންއަށް އިވުނީ ދޮރެއް ހުޅުވުނު އަޑެވެ. އަދި ކޮންމެސް މީހެއްގެ ފިޔަވަޅުތަކުގެ އަޑެވެ. އެމީހާ އެއަންނަނީ ރަޔާން ލާފައިއޮތް ފޮއްޓާއިދިމާއަށްކަން ރަޔާންއަށް ޔަގީންވިއެވެ. އެމީހާ އައިސް ރަޔާން ބަންދު ކޮއްފައިވާ ފޮށީގެ މަތި ހުޅުވާލިއެވެ. ދެލޯ ބޮޑުކޮއްގެން ބުނާނެ އެއްޗެއް ނޭންގިފައި ރަޔާންއަށް އޮވެވުނެވެ.

ފޮށީގެ މަތި ހުޅުވިމީހާ ހެދުންއަޅާފައިވަނީ ރަޔާން ކިޑްނޭޕް ކުރި މީހާއެކޭ އެއްފަދައިންނެވެ. އެމީހާއަތުގައި އޮތް ވަޅިން ރަޔާންގެ އަތުގަޔާއި ފައިގައި ބަނދެފައިވާ ވާފަށްތައް ކަނޑާލުމަށްފަހު ފޮށިން ތެދުވުމަށް ރަޔާންއަށް އެންގިއެވެ. ތެދުވުމަށް ބޯހިއްލާލިވަގުތު ރަޔާންއަށް ހީވީ މީހަކުއައިސް ބޮލުގައި އެތިފަހަރަކުން ލެޑިހެންނެވެ. ނިތްކުރިމަތީ އަތްއަޅާލައިގެން ބާރަށް ދެލޯމަރާލައިގެންހުރެ ރަޔާން ތެދުވިއެވެ. އޭރުވެސް ހީވަނީ ހަމަ ދެންމެ ދެންމެ ގައިބާރު ދޫވެގެން ވެއްޓިދާނެ ހެންނެވެ. އިރުކޮޅެއް ވަންދެން ދެލޯމަރައިލައިގެން ހުރުމަށްފަހު ދެލޯ ހުޅުވާލާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ.

ބަލާބެލުމަށް އެތަން ވައްތަރީ ބޮޑު ހަރުގެއަކާއެވެ. އެހަރުގެ އެއްކޮއް ހިޔާކޮއްފައިވަނީ ކަޅު ސަތަރި ބޭނުން ކޮއްގެންނެވެ. ހަރުގެ މަތީގައި ދިގަށް ދަމާފައިވާ ދަގަނޑު ހޮޅީގައި ބޮކިތަށް ހަރުކޮއްފައި ވާނަމަވެސް ދިއްލާފައިވާ ތިން ބޮކިން ހަރުގެތެރެއަށް ވެރިވެފައިވަނީ ވަރަށްފަނޑު އަލިކަމެކެވެ. ހަރުގޭގެ އެއްފަރާތުގައި އެއްކޮޅުން އަނެއްކޮޅަށް ވިއްސަކަށް ކޮމްޕިއުޓަރ ސިސްޓަމް ބަރިޔަކަށް އަތުރާލައިފައި ހުއްޓެވެ. ހަރުގޭގެ އަނެއްފަރާތުން ފެންނަނީ ބޮޑު ދަގަނޑުކޮއްޓެވެ. ބަލާބެލުމަށް ވައްތަރީ ޖަލަކާއެވެ. ކުއްލިއަކަށް އެތާގައި ހުރިމީހާ ރަޔާންގެ އަތުގައި ހިފައިގެން ހިނގައިގަތީ ޖަލާއި ދިމާލަށެވެ. ވަކިހިސާބަކަށް އެރުމުން ރަޔާންގެ ލޮލުގައި އަޅައިގަތީ އެޖަލުތެރެއަށް ލައި ބަންދުކޮއްފައިވާ މީހެކެވެ. ވަކި ހިސާބަކަށް ދެވުމުން އެއީ ކާކުކަން ރަޔާންއަށް އެނގިއްޖެއެވެ. އެއީ ރިވްލާންއެވެ.

****************

ދެވަނަ އެޕިސޯޑް ނިމުނީ

****************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaam

Level 1100 Login

Other Articles

Previous

ސިއްރު 15

Next

އަނދިރިފަރާތް 37

Next
June 3, 2018

އަނދިރިފަރާތް 37

Previews
June 3, 2018

ސިއްރު 15

44 Comments!

  1. Nunnu says:
    June 3, 2018 at 5:46 pm

    Masha Allah
    MI part ves Varah reethi
    And I am first dho

    1. Ifaam says:
      June 3, 2018 at 5:54 pm

      Thank you nunnu??… Yah you are the first one.. ?

  2. Mate says:
    June 3, 2018 at 5:46 pm

    Vrh reethi……..?????? when next part?????

    1. Ifaam says:
      June 3, 2018 at 5:55 pm

      Thank you mate.. June 5 ga .. it’s written on the cover… ?thanks once again ???

  3. Nunnu says:
    June 3, 2018 at 5:51 pm

    When next part

    1. Ifaam says:
      June 3, 2018 at 5:57 pm

      June 05 ga.. ?… Thanks for the support ??

  4. No one says:
    June 3, 2018 at 6:41 pm

    Woww… Vr rythi.. maasha allah..hyvany hama aslu dhimaa vefa oi kamh hn… Vr kiyaahiy vehje kuriah huri part thah?♥️♥️

    1. No one says:
      June 3, 2018 at 7:10 pm

      Nd i like the cover pic..story aa vr gulhe

    2. Ifaam says:
      June 5, 2018 at 1:38 am

      Thanks a lot No one.. glad to know that you enjoyed it . . ??

  5. unique says:
    June 3, 2018 at 6:57 pm

    yayyy. thanks Ifaam mi story ah varah wait kurevey i just love different stories

    1. Ifaam says:
      June 3, 2018 at 7:06 pm

      Thank you unique.. hope you enjoy this part.. ????

    2. Ifaam says:
      June 5, 2018 at 1:39 am

      Hey. . thanks once again

    3. unique says:
      June 5, 2018 at 11:18 am

      y again…heheh waiting igey just luuuvvv it… unique story eh miee just like my name….

  6. Lily says:
    June 3, 2018 at 7:00 pm

    Ma Sha Allah varah reethi.?
    Ekam I wanna say one thing. Vaahakaige eba inehnu heevanee moonumatheega ‘ledihennney’ i think eii varah hadi gotheh kanneyge liyan. I mean meehaku ehen bunefiyya its okay egothah bunan ekam describe kohdheyiru I think its better ‘jehi henney’ liyan. Just a suggestion ingey? vaahaka varah reethi. Keep it up✌

    1. Ifaam says:
      June 3, 2018 at 7:05 pm

      Thanks a lot lily ?.. mistakes bunedhineema varah ufaavejje.. kuriyah oithaa rangalhu kuraanan.. thanks for your support ???

  7. Sid says:
    June 3, 2018 at 7:10 pm

    Wow nice part. Varah reethi. Ummeedhu kuran dhen genesdhey baives varah reethi vaane kamah

    1. Ifaam says:
      June 3, 2018 at 7:16 pm

      Thanks a lot Sid.???

  8. yas01 says:
    June 3, 2018 at 7:39 pm

    Varah reethi.. waiting for next ???

    1. Ifaam says:
      June 3, 2018 at 7:46 pm

      Thank you yas01 ?..??

  9. unique says:
    June 3, 2018 at 7:42 pm

    varah reethi hama ummedhu kurigothah biruveri noonas biruveri hen heevany vvv exciting…. eagerly waiting for next part.. 🙂

    1. Ifaam says:
      June 3, 2018 at 7:47 pm

      Thanks a lot unique… Kamudhiyaeethee varah ufaavejje .. ???

  10. malaak says:
    June 3, 2018 at 8:05 pm

    omg ..varah interesting

    1. Ifaam says:
      June 3, 2018 at 8:11 pm

      Thanks malakaa ??

  11. Nahoo says:
    June 3, 2018 at 8:06 pm

    What a stranger story ????

    1. Ifaam says:
      June 3, 2018 at 8:12 pm

      Thanks for the comment nahoo.. hope you enjoyed it ???

  12. eekko says:
    June 3, 2018 at 8:46 pm

    v unique…waiting 4 the nxt episode

    1. Ifaam says:
      June 3, 2018 at 8:53 pm

      Thanks eekko.. ??

  13. Ham says:
    June 3, 2018 at 10:09 pm

    Varah mysterious igey…varah reethi mi part ves….next part avahah genesdhehchey❤❤❤????

    1. Ifaam says:
      June 3, 2018 at 10:42 pm

      Thanks ham.. ?? it’s on June 5.. glad to know that you guys are enjoying my story… Loves ??

  14. Wow says:
    June 3, 2018 at 10:13 pm

    Plxx dont use words like that.. now u knw which word i mentioned r8.. i dont think its a good one to use.. anyways story is suberbb? Im speechless.. cover hadhaalaafa in gothun vs.. its the best cover pic that i hab ever seen.. ur soo talented..

    1. Ifaam says:
      June 3, 2018 at 10:43 pm

      Yahh.. I will be more careful next time… ?Thanks for mentioning it.. thanks for the lovely comment… ???

  15. Kevin says:
    June 3, 2018 at 11:18 pm

    Komme dhuvahaku vaahakaige episode eh gene dheveykah nei tha? I mean hama aslu vx varah reethi mi bai vex …. hama kiyaalaa hihvanee…. konme dhuvahaku nugenes dhevenyaa dhigu kolla dhevvaathi…. mii hama ifaam ge biggest fan ekey heekollaa,,,,!!!!…

    1. Ifaam says:
      June 3, 2018 at 11:23 pm

      Sorry kevin.. konme dhuvahaku gensedhen varah undhagoovaane.. dhedhuhn ehdhuhu episode eh genesdheveythw balamun midhany.. next episode dhigu kolla dheveythw balaanan.. thanks for your support … vaahaka kumudhiyaeethee varah ufaavejje..

  16. little says:
    June 4, 2018 at 5:18 am

    Interesting….. keep it up ???

    1. Ifaam says:
      June 4, 2018 at 9:10 am

      Thank you @little ???

  17. Queen ? says:
    June 4, 2018 at 5:20 am

    mi story varah tafaath …… vrh vrh reethi

    1. Ifaam says:
      June 4, 2018 at 9:11 am

      Thank you queen? … ??

  18. Shio says:
    June 4, 2018 at 5:24 am

    Wow ? mi part ves varah reethi. Waiting 4 nxt

    1. Ifaam says:
      June 4, 2018 at 9:12 am

      Thank a lot shio..???..

  19. Sana says:
    June 4, 2018 at 11:44 pm

    Ifhaam rilwaan hoadhy dhw.avhahbuney thi falhurasheh.eerah rilwaan balaa dheveyny.haadha molhey ifhaam police ah ves nuhoadhigen ulhey rilwaan dhw thi hoadhy.ifhaam vareh nethey bunaany.#varahvhk

    1. Ifaam says:
      June 5, 2018 at 1:22 am

      Mi vaahaka akee raajjeyga hingaafa nuvatha ingamundhaa kamakaa beyheygothun liyefaivaa vaahaka eh nooneve.. mi vaahaka akee hiyaalee vaahakaeh… Mi vaahaka akee ehvx haalatheggai siyaasee nazarakun nuvatha dhivehi raajjeyge verikamah binaakoh liyefaivaa vaahaka eh noon.. mi vaahaka aa medhu siyaasee gothakah nudhekumakee alhuganduge varah bodu edhumeh.. adhi vaahakaigai beynun koffaivaa nanthakaai character thakaai thanthanakeevx hiyaalee ehcehi..

    2. Ifaam says:
      June 5, 2018 at 1:29 am

      Dear Sana, I think you misread it.. it’s rivlaan. Not rilwaan. Thanks for reading the story.

  20. suty❤? says:
    June 5, 2018 at 9:44 am

    Varah varah reethi ingey…next part ah varah inthizaaru kurevey

    1. Ifaam says:
      June 14, 2018 at 8:43 pm

      Thanks suty ??

Comments are closed.

Next Episodeވަންހަނާ – 03←


All Right Reserved!