Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ނާއިން އެއްވަނަބައި

Naushr Level 1
June 3, 2018 5 Mins Read
23 Comments

ހަފްތާގެ ފުރުތަމަ ދުވަހެވެ. އާދިއްތަ ދުވަހެވެ. ރާއްޖެ ގަޑިން މެންދުރު ބާރަޖެހީއެވެ. އޮފީސް ތަކުގެ ބްރޭކް ގަޑިއާ ސުކޫލް ތަކުގެ ހެނދުނު ސެޝަން ނިމި މެންދުރު ސެޝަން ފައްޓާ ގަޑިކަމުން މާލެގެ މަގުމަތި ވަނީ ތޮއްޖެހިފައެވެ. ޙާއްސަކޮށް ސުކޫލުތައް ކައިރީއާއި އޮފީސްތައް ކައިރީ ބާރުބޮޑެވެ. ކާރުތަކާއި ސައިކަލުތައް އަދި މީގެ އިތުރުންވެސް މަގުމަތީގައި ދުއްވާ ތަފާތު އުޅަނދުތަކުގެ ބަރުގޮނުގެ އަޑު ނޫން އިތުރު އަޑެއް ނީވެއެވެ.

އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މަސަތްކަތް ކުރާ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރު އާއިޝަތު ޝިޔާ ސިނާން ވެސް އޭނާގެ ޑިއުޓީ ނިންމާލުމަށްފަހު ކެންޓީނާ ދިމާލަށް މިސްރާބުޖެހިއެވެ. ބަޑުހައިފިލުވާލުމާއެކު ވަރުބާލިފިލުވުމުގެ ބޭނުމުގައެވެ. “ޝިޔާ…މަޑުކޮށްބަލަަ..” ޝިޔާގެ އެންމެ ގާތް އެކުވެރިޔާ ނައިރާ ކުޑަކޮށް ދުވެލާފައި އައިސް ފަހަތުން ޝިޔާގެ ކޮނޑުގައި ޖަހާލިއެވެ.

ނޫކުލައިގެ ނަރުސް ޔުނީފޯމް އަޅައިގެން ހުރިއިރު އޭނާގެ އެކުވެރިޔާ ފެންނަލެއް ވަރަށް ފުރިހަމައެވެ. ގުދުރަތީގޮތުން އޭނާއަށް ލިބިފައިވާ ކަޅުކަން ގަދަ ފަން އިސްތށިގަނޑު ވަނީ ބޮލުގެ މެދަށް ޕޯނީ ޓެއިލްއެއްފަދައިން އައްސާލާފައެވެ. އަޅި ކުލައިގެ ކަޅިއެއްގެ ވެރި ނައިރާއަކީ ޝިޔާހާ ފެޝަނަށް ލޯބިކުރާ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ ގުދުރަތީ ސިފަތަކުގެ ސަބަބުން ޒަމާނީ ފެޝަނާ އެެއްގޮތަށް ނޫޅު ކަމުގައި ވިއަސް އުނިކަމެއް ނުފެނެއެވެ.

ޙާއްސަ ޔުނީފޯމެއް ނުލިކަމުގައި ވިއަސް އޭނާގެ ކަރުގައި އޮތް ޑޮކްޓާރސް އައިޑެންޓިޓީ ކާޑުގެ ސަބަބުން ޝިޔާ އަކީ ޑޮކްޓަރެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވާނެއެވެ. ޝިޔާ ލައިގެން ހުރި ހުދު ކުލައިގެ ގަމީސްވަނީ އޭނާގެ ކަޅުކުލައިގެ ބެލްސްގެ ދަށަށް ބެގީޖަހާލެވިފައެވެ. ބަލާލާ ކޮންމެ މީހެއްގެ ލޮލުގައިވެސް އަޅައިގަންނާނީ ނައިރާގެ ފަން އިސްތަށިގަނޑާ ޙިލާފަށް ޝިޔާއަށް ލިބިފައިވާ ބުޅި އިސްތަށިގަނޑެވެ.

ޝިޔާ އޭނާގެ އެކުވެރިޔާ ނައިރާއާ ބައްދަލުކޮށްލީ އުފާވެރި ހިނިތުންވުމަކާ އެކީގައެވެ. ހުކުރު ހޮނިހިރުގައިވެސް ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އެކަކު އަނެކަކާ ދިމާވާ ގޮތެއް ނުވިއެވެ. އެހެންކަމުން ޙިއްސާ ކުރަން ބޭނުންވާ ވަހަކަތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. ކުޑައިރުފެށިގެންވެސް ހުރިހާ ވާހަކައެއް ޙިއްސާކުރަމުން އަންނަ މިދެއެކުވެރިންނަށް އެކަކު އަނެކަކުގެ ކިބައިން ކަމެއް ސިއްރު ކުރުމަކީ އުނދަގޫ ކަމެކެވެ.

ކެންޓީނުގައި ތިބެ ހީހީފައި ވާހަކަ ދައްކަމުން ދިޔަ ނައިރާއާއި ޝިޔާއަކަށް އެމީހުންނަށް ފާރަލާ މީހަކު ހުރި ކަމެއް ނޭނގެއެވެ. އެމީހަކު ފާރަލަނީ ނައިރާއަކަށް ނޫނެވެ. ނަމަވެސް ޝިޔާއަށެވެ. ދުވާލު ހަތަރުދަމު ޝިޔާއަށް ފާރަލީ ކަމުގައިވިއަސް އޭނާއަށް ކަމެއް ކުރާކަށް ނާއިންއެއް ނޫޅެއެވެ. އޭނާގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ދުވާލު ހަތަރުދަމު ޝިޔާއަށް ފާރަލާއިރު ޝިޔާއަށާ އަދި ޝިޔާއާއެކު އުޅޭ މީހުންނަށް ނާއިން ނުފެންނަ ސަބަބަކީ ކޮބައި ހެއްޔެވެ؟ ހުސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. އެ ސުވާލުތަކަށް ޖަވާބު ދެވޭނެ ހަމައެކަނި މީހަކީ ނާއިންއެވެ.

ކޮޓަރީގެ އެނދުގައި ދިގަށް އޮށޯވެގެން އޮތް ޝިޔާގެ ބައްޕަ ސިނާން އޮތީ ފުން ޙިޔާލެއްގައެވެ. އޭނަގެ ހިތި މާޒީއާ މެދު ވިސްނާ އޭރު ކުރެވުނު ކަންތައްތަކާ މެދު ހިތާމަ ކުރުމަކީ ސިނާންއަށް އާންމުކަމެކެވެ. ނަމަވެސް ފާއިތުވެ ގޮސްފައިވާ ވަގުތަކީ އަލުން އަނބުރާ ލިބޭނެ އެއްޗެއް ނޫންކަން ސިނާްންވެސް ގަބޫލުކުރެއެވެ. ކިތަންމެ ވަރަކަށް ވިސްނައި ހިތާމަ ކުރިއަސް އެކަމުން ވާނެފައިދާއެއް ނޯންނާނެއެވެ. ދެރައީ މާޒީ އިން އިބްރަތް ހާސިލް ކުރަން ސިނާންގެ ހިޔާލަށް ނައިކަމެވެ. ވިސްނަން އޮވެފައި ސަނާން ލޯމަރާލިއެވެ. ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި މާޒީގެ ސަފުހާތަށް ހުޅުވިގެން ދިޔައެވެ.

********************************************* ސިނާންގެ މާޒީ. މީގެ ހަތާވީސް އަހަރު ކުރި

އެއީ ނަވާރަ ސަތޭކަ ނުވަދިހަ އެއް ވަނަ އަހަރުގެ ފުރަތަމަ ކޮޅެވެ. ޖެނުވަރީ މަހުގެ ސާދަވަނަދުވަހެވެ. ގަޑިން މެންދަމު ބާރަޖެހީއެވެ. މިއަދަކީ އޭރު ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ވިޔަފާރިވެރިޔާ އަސްރާރު ހަމައެކަނި ދަރިފުޅު ސިނާންގެ އަށާރަވަނަ އުފަން ދުވަހެވެ.

” އޭ…ނާނޫ..ހޭލަބަލަ ” ސިނާންގެ ރައްޓެއްސެއް ކަމަށްވާ ނިޔާޒް ނިދާފައިވާ ސިނާނަށް ގޮވަންފެށިއެވެ. ” އޯއި..ކީތަށް ވެގެން ތިއުޅޭނީ..މީ ދަންވަރޭ….މަ ނިދިޔަ ދީބަލަ.. ކީތްކުރަންތަ މިހާ ދަންވަރު މަގޭ ކޮޓަރިއަށް ވަދެގެން ތިއުޅެނީ ” އެހާ ދަން ގަޑިއެއްގަ ނިޔާޒް އައިސް ގޮވުމުން ސިނާން ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ނިޔާޒްގެ އެދުމަށް ފުރަގަސް ނުދިނުމަށްޓަކައި އޭނާ ހޭލީއެވެ.

” ހިނގާބަލަ މަށާއެކި….ގެއިން ބޭރަށް ޖައްސާލަން ” މޫނުދޮވެލައިގެން ސިނާން އައުމުން ނިޔާޒް ބުނެލިއެވެ. ކޮންތާކަށްތޯ ސިނާން ސުވާލުކުރުމުންވެސް ނިޔާޒް ޖަވާބު ދޭކަށް ގަސްތެއް ނުކުރިއެވެ. އޭނާ ބުނަމުން ގެންދިޔައި އޭނާއާއެކު ބޭރަށް ދިއުމަށެވެ.އެހާ ދަންގަޑިއެއްގެ ބޭރަށް ނިކުތް ކަން ބައްޕައަށް އެނގިއްޖެއްޔާ ބައްޕަ ރުޅި އަންނާނެކަމަށް ސިނާން ބުންޏެވެ. ” ބައްޕައަށް ނުފެނި ދާނި..އޭރަށް ރަނގަޅުވާނެ..ދޮރުވާނާ ވާހަކަދައްކައިގެން މަ އެކަންތައް ހަމަޖައްސައިފީމޭ..” ނިޔާޒް ގެ ޖަވާބަކީ މީއެވެ. އޭނާ ހުރީ ދިމާވެދާނެ ހުރިހާ ދަތިތަކުން ސަލާމަތް ވުމަށްޓަކައި ކުރީބައިގައި ތައްޔާރުވެގެންނެވެ.

ސިނާން އޭނާގެ އެކުވެރިޔާއާއެކު ގެއިން ނިކުމެގެން ދިޔައެވެ. ވާނުވާ ނޭނގޭ ހާލުގައެވެ. އެހެންނަމަވެސް އޭނާގެ އެކުވެރިޔާ އޭނާއަށް ދެރަގޮތެއް ނަހަދާނެކަން އެނގޭތީ އެކުވެރިޔާއާއެކު ސައިކަލުގައި ދިޔައީއެވެ. ނިޔާޒްއާ ދޭތެރޭގައި އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ.

ނިޔާޒްގެ ސައިކަލް މަޑުކޮށްލީ ހެންވޭރު އާޓިފިޝަލް ބީޗު ކުރިމަތީގައެވެ. ނިޔާޒްގެ ހުރިހާ އަމުރަކަށް ސިނާން ދިޔައީ ތަބާވަމުންނެވެ. އާޓިފިޝަލް ބީޗު ކުރިމަތީގައި ހުރި ނިޔާޒުގެ ގެއަށް ވަދެގެން ދިޔައެވެ. ތިން ބުރިއަށް ނަގާފައިވާ ނިޔާޒް ބައްޕަގެ އަޅާފައިވާނީ އެ ޒަމާނުގައި ގެތަށް އަޅާ އެންމެ މޮޅު ފެންވަރުގައެވެ. ނިޔާޒު މެންގޭ ޓެރަސް ދޮރު ކުރިމަތީގައި މަޑުކޮށްލަމުން ސިނާންގެ ލޮލުގައި ނިޔާޒްގެ އަތުން ކުޑަ ފޮތިކޮޅެއް އައްސާލެވުނެވެ.

ޓެރަސްގެ ދޮރުހުޅުވާލަމުން ލޮލުގައި އައްސައިފައި ފޮތި ކޮޅު ނައްޓުވައި ދިނީ ނިޔާޒެވެ. ” ހެޕީ އަށާރަވަނަ ބޭތްޑޭ ” ޓެރަހަށް ސިނާން ވަނުމާއެކު އޭނާގެ ހުރިހާ ރައްޓެހިން އެއް އަޑުން ހަޅޭތްލަވައިގެތެވެ. އުފާވެރި އުފަން ދުވަހުގެ ތަހުނިޔާކީ ދިވެހި ބަހާ އިނގެރޭސިބަސް މަސްހުނިކޮށްލައިގެންނެވެ. ސިނާން ހިނިގަނޑެއް ޖަހާލިއެވެ. އޭނާ ހަނދާނެއްވެސް ނެތެވެ.

އެހެންނަމަވެސް އޭނާގެ ދެގޮތެއް ނުވާ އެކުވެރިން އޭނާއަށް ހަނދާންކޮށްދިން ކަމަށްޓަކައި އެފަދަ އެކުވެރިން ލިބުމުން ޝުކުވެރިވާ ހާލު ، ކޭކު ފެޅުމާއި ޕާޓީގައި ރާވާފައިވާ ގޮތުގެ މައްޗައް ކުރިއަށް ގެންދިއުމަށް އަވަސްވެގަތެވެ.

ޕާޓީގެ ތެރެއެވެ. އެކި މީހުން ގުރޫޕު ހަދައިގެން ތަފާތު ކަންތައް ކޮށް މަޖާ ނަގަމުން ދިޔައެވެ. ސިނާންވެސް ދޭތެރެއަކުން އެމީހުންނާ ބައިވެރިވެލައެވެ. ފެންޓާ ތައްޓެއް ތުނބުގައި ޖައްސަލައިގެން އެ ބުއިމަށްޓަކައި ސިނާން ހުއްޓިލީ ބެލްކަނީ ކައިރީގައެވެ. ތުނބުގައި ޖައްސާފައިވާ ފެންޓާ ތަށިން ކޯވަރެއް ދަމާލިއެވެ. އެހެންނަމަވެސް ދަމާލި ފުރަތަމަ ކޯވަރާއެކު އޭނާ ކޮށިއަރައިގަތެވެ. ފެނުނު މަންޒަރުގެ ސަބަުބުންނެވެ.

މަގުމަތިން ހިނގާފައި އެދާ އަންހެން ކުއްޖާއަކީ އިންސާނެއް ކަމާމެދު ޝައްކެވެ. ދުވަހަކުވެސް ސިނާންއަށް ނުފެންނަހާ ފުރިހަމަ ތަސްވީރެކެވެ. އެ އަންހެންކުއްޖާގެ އުނަގަނޑާ ހިސާބަށް އަރާ ފަން އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ވިހުރެން ދޫކޮށްލެވިފައެވެ. ކަޅުކަންގަދަ އެ އިސްތަށިގަނޑުގެ ނިމޭ ހިސާބުގައި ވީ ގަދަ ރަތް ކުލައެކެވެ. ސިނާނަށް ގަބޫލުކުރެވުނީ އެއި ޑައި ކޮށްފައި ކަމަށެވެ. ސާދަ ވިލޭރޭގެ ހަނދު ފަދަ އެ އަންހެންކުއްޖާ ލާފައިވަނީ ބިއްމަތީގައި ފެތުރޭވަރުގެ ހުދު ކުލައިގެ ދިގު ހެދުމެކެވެ. އެސްތަކުން ޖަރީކުރެވިފައިވާ ހެދުމެކެވެ.

ސާދަ ޖަނަވަރީއިން ފެށިގެން ސިނާން ދިޔައީ އެ އަންހެން ކުއްޖާަށް ފާރަލަމުންނެވެ. އާދަޔާ ޙިލާފު އިޙްސާސްތަކެއްގެ ސަބަބުން އެކުއްޖާ ދުށުމަށް ހިތް އެދެވެނީއެވެ.

މާގިނަ ދުވަހަކު ފާރަލައިގެން އުޅޭކަށް ނުޖެހުނެވެ. ސިނާން އެ ކުއްޖާއަށް ފާރަލާކަން އޭނާއަށް ފަޅާއެރީއެވެ. ސިނާން ހީކުރި ގޮތާ ޙިލާފަށް އޭނާ ރުޅިއެއް ނާދެއެވެ. މިޒާޖުގައި ރުޅިމަޑު ކުއްޖެކެވެ. ރީނާއާ ސިނާންއާ ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދިގެން ދާކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ރީނާގެ އާއިލާއާ ދިރިއުޅޭތަނާއި ބެހޭ ގޮތުން އޭނާއަށް ވާހަކައެއް ނުދައްކައެެވެ. އެހެންކަމުން އޭނާ ފޮރުވަން އުޅޭ އެއްޗެއް ހޯދާކަށް ސިނާން އެއްވެސް މަސަތްކަތެއް ނުކުރެއެވެ.

އެކުވެރިކަމުގެ ނަންބޯޑުގެ އަޅުވައިގެން ދެމީހުން އުޅޭތާ އަހަރެއްވީއެވެ. އަހަރެއް ފަހުން ނަންބޯޑު އާކުރަން ޖެހުނެވެ. ދެ ލޯބިވެރިންގެ ނަންބޯޑަކަށެވެ. އެ ގުޅުން ކުރިއަށް ދިއައެވެ. އެއްވެސް މީހަކަށް ނޭނގޭނެ ގޮތަށެވެ. އެހާވެސް ސިއްރުންނެވެ. ރީނާއަކީ ސިނާން އުންމީދުކުރިކަހަލަ ރަނގަޅު ބައިވެރިއެކެވެ.

މާގިނަ ދުވަހަކު ސިއްރެއް ނުކުރެވުނެވެ. އެކި މީހުންނަށް ސިނާންއާއެކު ރީނާ އުޅޭތަންފެނި ތުންތުންމަތިން ސިނާންގެ ބައްޕައާ  ހިސާބަށް މި ޙަބަރު ދިޔައެވެ. ސިނާންގެ ބައްޕަ އަސްރާރުގެ ފުރަތަމަ ސުވާލު އަމާޒުވި ރީނާގެ ޢާއިލާއަށެވެ. އެއީ ކޮން އާއިލާއެއްގެ ކުއްޖެއްތޯ އަސްރާރު ސުވާލުކުރިއެވެ. ސިނާން ޖަވާބުދިނި ރީނާ ބުނިގޮތަށެވެ. އޭނާ ބުނީ ރީނާގެ މަންމައާއި ބައްޕަވަނީ މީގެ ދެއަހަރު ކުރިން މަރުވެފައި ކަމަށެވެ. އަދި އޭނާ ދިރިއުޅެމުން ދަނީ މަމާ އައީ ކާފަ ކައިރީ ކަމަށެވެ. ލާރި ހޯދަނި އެކިފަހަރު އެކި މަސަތްކަތް ކޮށްގެން ކަމަށެވެ.

އަސްރާރު ވަގުތުން ނުގަބޫލުވިއެވެ. އެހާ ދަށް ފެންވަރުގެ ފަގީރު ކުއްޖަކާ އޭނާގެ ހަމައެކަނި ދަރިފުޅު ކައިވެނި ކޮށްފިއްފިނަމަ އެއީ އޭނާއަށް ލިބޭނެ ބޮޑު ލަދެއް ކަމަށް އަސްރާރު ތަކުރާރުކޮށް ބުންޏެވެ. މެދުކެނޑުމެއް ނެތި އަސްރާރުގެ އިންޒާރުތައް ރީނާއަށް ލިބެމުން ދިޔައެވެ. ފުރާނައަށް ނުރައްކާވާ ހިސާބައް އެކަންތައް ދިޔުމުން ރީނާ ނިންމީ ސިނާންއާ ދުރަށްދާށެވެ.

އޭގެ ފަހުން ސިނާންއަކަށް ރީނާއެއް ނުފެނެއެެވެ. ރީނާ ހޯދުމަށްޓަކައި ސިނާން ނުކުރާ މަސަތްކަތެއް ނުހުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސިނާންއާ ވަކި ވި ފަހުން ރީނާ ހިތާމަ ނުކުރާ ދުވަހެއް މަދުވާނެއެވެ. ސިނާންއާއި ރީނާ ވަކިވިއިރު ސިނާންގެ ފަރާތުން ބޮޑު އަމާނާތެއް ރީނާއާ ހަވާލުކުރެވިފައިވާކަމެއް ސިނާންއަކަށް ނޭނގެއެވެ.

**********************************************

” އޭތް..ކޮން ޙިޔާލެއްގައި..” ސިނާންގެ އަންހެނުން ނަޒްމާ އޭނާގެ ކޮނޑުގައި ޖަހާލިއެވެ. ” ޙިޔާލެއް ނުކުރަން….ޝިޔާ ނާދޭތަ އަދިވެސް..” ވާހަކައިގެ މިސްރާބު ބަދަލުކޮށްލީ ސިނާންއެވެ. ” އާން.. އެމަންޖެ ބުނީ މިއަދު ތަންކޮޅެއް ގިނައިރު ވެދާނެއޭ…” ނަޒްމާއާ ސިނާން ދައްކަމުން ދިޔައީ އެދެމީހުންގެ ދޮށީ ދަރިފުޅު ޝިޔާގެ ވާހަކައެވެ. ވާހަކައިގެ ތެރެއިން ނަޒްމާ އޭނާގެ ފިރިމިހާ ސިނާންގެ މޭގައި ބޯއަޅާލިއެވެ. ނަމަވެސް އެކަމާ އަޅާލާ ކަމުގެ އެއްވެސް އިޝާރާތެއް ސިނާންގެ ފަރާތަކުން ނުފެނުނެވެ.

ނަޒްމާވެސް އަޅައެއް ނުލިއެވެ. އެއީ ސިނާންގެ މިޒާޖު އެންމެ ރަނގަޅަށް އެނގޭ މިހަކީ ނަޒްމާ ކަމުގައިވާތީއެވެ. ނަޒްމާގެ ލޮބުވެތި ޢަމަލުތަކަށް ސިނާން މަރުހަބާ ކިޔާނި މަދު ފަހަރަކުއެވެ. އޭނާ އެކަމަށް ބޭނުންވެފައި ހުންނަ ވަގުތެއްގައެެވެ.

ރަސްފަންނުގެ ހިތްގައިމު މާހައުލުގައި ހިނގާފައި ދިޔަ ނާއިން ގެ ސިކުނޑި ތެރޭގައި މޮޅު ރޭވުންތަކެއް ރޭވެމުން ދިޔައެވެ. އޮފީސް ދުވަހެއްގެ މެންދުރުފަހުގެ ވަގުތަކަށް ވާތީ ރަސްފަންނުގައި ވަރަށް މީހުން މަދެވެ. ވެލިގަނޑު މަތީގައި އޭނާ ހިނގަމުން ދިޔައިރު އޭނާގެ ސިކުނޑިވަނީ ވަށައިގެންވާ މާހައުލާ ވަރަށް ދުރުގައެެވެ. އެހެންކަމުން ނާއިންގެ ކަރުގައި އަޅާފައިވާ ފަށް ބިންމައްޗައް ވެއްޓުނު އިރުވެސް ނޭނގުނެވެ. ނާއިން ލައިގެން ހުރީ ޓީޝާރޓެއް ކަމުން ގިރުވާނެއްގެ އުނދަގޫ ކުރިމަތިނުވެ ވަރަށް ފަސޭހައިން އެ ވެއްޓިގެން ދިޔައެވެ.

ރަސްފަންނުން ނުކުމެގެން ދިޔައިރުވެސް އޭނައަށް އެކަމުގެ ހިލަމެއް ނުވެއެވެ. ޓެކްސީއެއް ހުއްޓުވުމަށްފަހު އޭނާގެ މިސްރާބަކަށްވީ ހުޅުމާލެ ފެރީޓާމިނަލް އެވެ. ” ހަލޯ ” ކާރަށް އެރިތާ މާގިނަ އިރެއް ނުވެ ނާއިންގެ ފޯނަށް އޭނާ މަންމަ ރީނާގެ ކޯލެއް އައެވެ. ނާއިންގެ ފިރިހެންވަންތަ މިއުޒިކީ އަޑު އިވުމުން ޓެކްސީ ޑްރައިވަރުގެ ގައިންވެސް ހީބިހި ނަގައިގެން ދިޔައެވެ. އެ ޓެކްސީއަށް އެރި ވަގުތު އަޅައިގެން ހުރި އަވިއައިނު ނެގުމުން ނާއިންގެ މަޑު ނޫކުލައިގެ ފުން ކަނޑެއްފަދަލޯ ފެނުމުންވެސް ޑްރައިވަރަށްވީ ހަމަ އެވަރެވެ. ” ދަރިފުޅާ.. ކޮންތާކު ތިއުޅެނީ” ރީނާގެ އަޑުގައި ހާސްކަމެއް ވިއެވެ. ބައްޕައެއްގެ އެހީތެރިކަމާ ނުލާ ބަލާ ބޮޑުކުރި ރީނާގެ ހުރި ހަމައެކަނި ދަރިފުޅު އުޅޭ ނޫޅޭ ތަނެއް ނޭނގޭތީއެވެ. ” މިހާރު މިދަނީ ގެއަށް ” ނާއިން ފޯނު ކަނޑާލިއެވެ. ރީނާގެ ސުވާލަށް ނާއިންގެ ފަރާތުން ރީނާ އެދެވޭ ޖަވާބެއް ނުލިބުނެވެ.

ޑޮކްޓަރެއްގެ ފުރިހަމަ ޑިއުޓީ ހޮސްޕިޓަލުގައި އަދާކުރުމަށްފަހު ހޮސްޕިޓަލުން ނިކުމެގެން ޝިޔާ އޭނާގެ ޕްރައިވެޓް ކާރުގައި މިސްރާބު ޖެހީ ރަސްފަންނާ ދިމާލަށެވެ. ޑިއުޓީ ނިންމާލުމަށްފަހު ހިތްހަމަ ޖައްސާލާ ސިކުނޑި ތާޒަ ކޮށްލުމަށްޓަކައި އެހެން މީހުންނާ ޙިލާފަށް އޭނާ އައިސް އުޅޭ ތަނަކީ މިއީއެވެ.

ރަސްފަންނުގެ ހުދު ދޮންވެލިގަނޑު މަތީ ކަށި ފައިވާނެއްގައި ހިނގާފައި ދިޔަ ޝިޔާގެ މިސްރާބަކަށްވީ ގަހެއްގެ ހަޔަލުގައި ބަހައްޓާފައި ހުރި ޖޯލިފައްޗެެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލަން ޖެހުނި ވެލިގަނޑުގައި ވެލީގެ ސަބަބުން ކުޑަކޮށް ފަސްއެޅިފައިވާ ފަށެއް އެނާގެ ކަށި ފައިވާނުގައި އަޅައިގަތުމުންނެވެ. ވެލިތަށް ފޮޅާލުމަށްފަހު އެ ރިހި ފަށުފުލުގައި ޖަހާފައިވާ ނަން ކިޔާލިއެވެ. ” ނާއިން ” މަޑުމަޑުން އެނަން ކިޔާލަމުން ، ޝިޔާ އެ ފަށުފުލުގައި އަތް ކާއްތާލިއެވެ.

( ނުނިމޭ )

 

 

 

Share Article

Follow Me Written By

Naushr

Level 1

A 13 year old girl. 11th October ?. Born and raised in k.male.?There is nothing better than football ⚽ Writing stories is one of my favourite things to do ? + reading stories as well ☺. Texts and comments are incomplete without emojies ? ? Love yall ❤ ? ?

Other Articles

Previous

ތިޔަ ލޯބީގެ އިންތިޒާރުގާ

Next

ސިއްރު 15

Next
June 3, 2018

ސިއްރު 15

Previews
June 3, 2018

ތިޔަ ލޯބީގެ އިންތިޒާރުގާ

23 Comments!

  1. Ree? says:
    June 3, 2018 at 4:18 am

    Varah reethi waiting for the upcoming part good luck dear??????????

    1. Naushr says:
      June 3, 2018 at 11:42 am

      Thank you so much ree ? and lemme guess…you love emojies + stickers right. ?? if so..hi five✋. I aslo love them ❤????

  2. unique says:
    June 3, 2018 at 4:19 am

    yayyy

    1. Naushr says:
      June 3, 2018 at 11:35 am

      Thanks unique dear…… ?❤

  3. riyer says:
    June 3, 2018 at 9:39 am

    Masha allah vrah reethi

    1. Naushr says:
      June 3, 2018 at 10:34 am

      Thanks yuh very much dear ❤ what do you think is gonna happen next? (In the story )?

  4. noor says:
    June 3, 2018 at 10:11 am

    maa sha allah.. vrh furihama.. vvvv reethi.. 🙂 good job dear. keep it up.. 🙂

    1. Naushr says:
      June 3, 2018 at 10:30 am

      Thank you so much dear ? your story is one of my favourite stories in this site currently ???? it’s beautiful maasha allah ❤

  5. Naushr says:
    June 3, 2018 at 10:24 am

    Hello friends! ☺
    I think I am bit too late today ? sorry . .but I am just commenting as soon as I woke up ? Btw this is the first part of this story. My handsome . ….? “NAAIN” . Hope you enjoy the first part and all the parts ?+ letmme what you all think about the story And what I should improve ?. + what do guys think is gonna happen next ??. ………….
    Thank you for the support ? ❤❤❤❤
    I’ll try to publish the next part today or tomorrow insha allah ????
    Love yall ????
    Salaam ✋
    Have a nice day ?and ? night

  6. Stry kiyaa man says:
    June 3, 2018 at 10:27 am

    Masha allah vv furihama.avahah next part up kohla dhehchey. N kon dhuvass thaku ga mi stry up vaany.
    Waiting 4 nw part.
    -salaam-????

    1. Naushr says:
      June 3, 2018 at 10:43 am

      Thank you for the lovely comment ❤ I am really happy you comment in every part of my stories (I mean in Maureen story and this story ) until now .pls continue to do that i love it ? I am trying to publish daily or every other day ❤????

  7. eekko says:
    June 3, 2018 at 10:37 am

    v interesting….

    1. Naushr says:
      June 3, 2018 at 11:33 am

      Thanq eekko…… ?❤

  8. Mishy says:
    June 3, 2018 at 11:51 am

    Hei naushr..???????????????vrh vrh reethi mi prt???????????????masha allah.???????????????.alhey…. dhn vrny khnh baa? I guess tht nain is goin to tke rvng? Lets c dhwh.. whn nxt ? Waitinn… ❤❤❤❤❤❤❤❤❤❤❤❤????????????⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

  9. No one says:
    June 3, 2018 at 11:59 am

    Wow.. vr rythi.. vr kiyaahiy vehje next part

  10. Shiha says:
    June 3, 2018 at 12:17 pm

    Varah riithi varah kiyaahiyvejje konmme dhuvahak upkolladhehchey Nau.

  11. Its me says:
    June 3, 2018 at 12:22 pm

    Liked it..?? naain ehn viyyaa aee shiya ge bro dhwhh..alheyy..n he is half human?..omg..?

  12. unique says:
    June 3, 2018 at 12:40 pm

    vvv reethi mi story hama habeys….. appreciate ur work

  13. Roxy says:
    June 3, 2018 at 7:59 pm

    Nauuuuuu our little sis vvvvv furihama nge ?? jst lved it frst prt inn vx v curious vhje ????

  14. Shawa says:
    June 4, 2018 at 4:44 pm

    Let me guess,, shinan ei naain ge dad.. naain badhalu hifan ulhenee cox eyna mom ah kanthah kuri gothun.. 🙂
    Good luck,, vrh fascinating story eh ❤️

  15. Shiu says:
    June 5, 2018 at 12:46 am

    V nice vaahakaeh v v v kiyaahiyvey knirakun next part upkollaanee keep it up Nau ???????????

  16. Inkoo says:
    June 10, 2018 at 12:43 am

    Love this story…..its interesting but i know i am a little too late❤?masha allah keep up the good work sis??

  17. zaky says:
    June 20, 2018 at 5:41 pm

    just wow

Comments are closed.



All Right Reserved!