Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސިއްރު 15

inan Level 210 Stories100 Comments
June 3, 2018 6 Mins Read
6 Comments

“ބަލާނަން އަދިވެސް.. މިއަދު ކްލާހުގަވެސް ވަރަށް ވަރަށް ޖެއްސުން ކުރިން.. އެކަމަކުވެސް އަނގަވެސް ހުޅުވާނުލި.. މަ ހިތަށް އަރާ ކިހިނެއް ބާވައޭ އޭނާ އެ ކެތް ކުރަނީ… އެކަަމަކު އޭނާ ކައިރީގަ އިންނަ ސޮރު އިންނަނީ ހަމަ ކިރިޔާ ވަރެއްގަ.. އޭނާގެ ރުޅި ނިކަން ފަސޭހައިން ފަޅާލެވިދާނެ.. އެހެން ވެއްޖެނަމަ ކާމިޔާބު ކުރަން ވަރަށް ފަސޭހަ ވާނެ..” އަހަ! އަހަންނަށް ހީކުރެވުނީ ހަމަ ރަނގަޅަށެވެ. އޭނާ އެ ކީ ‘އޭނަ’ އަކީ ހަމަ އަހަންނެވެ. ދެން އެ ދެއްކީ އާހިލްގެ ވާހަކައެވެ. އަހަރެން އޭނަ އާއި ދިމާލަށް ބަލާލަމުން އެއްމިޔަކަނުން ހިނިތުން ވެލީމެވެ. ޕްލޭން މި ފަޅާއެރީއެވެ. އެކަމަކު އޭނާ އަހަރެންގެ ފަރާތުން ބޭނުންވެގެން އެއުޅެނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ އެ ވާހަަ ދެއްކީ ކާކާ ބާވައެވެ؟

ޒަޔާންގެ އެ ފޯނުކޯލެއް ނިންމާލި ވަގުތު އަހަރެމެންނަށް ތެޅިގަނެވުނީ އަވަހަށް އެތަނުން ދުވެ ފިލާށެވެ. އެތަނުން ނިކުމެ އެނބުރި އައި ދިމާލަށް ދާން ހިނގައިގަތީ އޭނާގެ ފަރާތުން ސަލާމަތް ވެވޭނެ ކަމަށް ހީކޮށެވެ. “އޭތް..” އާހް! އޭނާއަށް އަހަރެމެން ފެނިއްޖެއެވެ. ދެން އަނެއްކާ އޭނާގެ ޕްލޭން އަހަރެމެންނަށް އިނގުނު ކަން އޭނާއަށް އެނގޭނީކީ ނޫންބާވައެވެ؟ “ކީއްކުރަން މިތާ؟” ޒަޔާން އަހަރެމެންނާއި ސުވާލު ކޮށްލިއެވެ. “އަހަންނަށް ފާރަލަނީތަ އަނެއްކާ؟ އަހަރެން ފޯނުން ދެއްކި ވާހަކަ އަޑު އަހަނީތަ؟” އަހަރެމެންނާއި ގާތަށް ޖެހިލަމުން ޒަޔާން ފައްޗަކަށް ސުވާލު ކުރަން ފެށިއެވެ. އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ “ބަލަ މިއީ ހަމައެކަނި ޒަޔާން އަށް އޮތް މަގެއް ނޫން އިނގޭ.. ޒަޔާން އާއި ހެދި އަހަރެމެން ދެން ވީ ދާނެ ތާކަށް ނުގޮސް ހުންނަންތަ؟ ދެވަނަ ކަމަކަށް އަހަރެމެން ނޫޅެން ތީ މާ މޮޅު މީހެއް ކަމަކަށް ޒަޔާން އަށް ފާރަލާކަށް.. ތިހެން ހީވާނީވެސް އެހެން މީހުންނަށް ފާރަލާ މީުންނަށް.. މަށަށް ހީވަނީ ޒަޔާން ކޮންމެވެސް ކަމަކު އަހަރެމެންނަށް ފާރަލަނީހެން.. ނޫންތަ؟ ދެން މިހާރު އަމިއްލަ ދުލުން ތި ބުނެވެނީ މިތާ ޒަޔާން ހުރި ސަބަބުތައްވެސް.. ފޯނު ކޯލެއްގެ ވާހަކަ ތި ބުނީ.. އަހަރެމެން ނޫޅެން މީހަކު ދައްކާހާ ވާހަައެއް އަޑުއަހާކަށް.. ދެންވެސް އަމިއްލަ ވާހަކަތައް ތިދުލުން ބޭރުނުވަނީސް އަވަހަށް ޒަޔާންވެސް މިތަނުން ދާންވީ.. އަހަރެމެން ވެސް މި ދަނީ..”

އަހަންނަށް އަނގަ ހުޅުވާ ނުލެވެނީސް އާހިލް އެއް ފައްޗަކަށް ހުރިހާ އެއްޗެއް ކިޔާ ނިންމާލިއެވެ. އަހަންނަށް ހުރެވުނީ އާހިލް އާއި ދިމާލަށް ބަލަހައްޓާއިގެންނެވެ. މަޖާވެފައެވެ. ޒަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ބުނެވޭނީވެސް ކީކޭ ހެއްޔެވެ؟ އިތުރަށް ބުނަންވެއްޖެ ނަމަ އޭނާ ބޭޒާރުވާނީ ތޯއްޗެކެވެ. އޭނާ އަނގައަށް ވައްތަރެއް ޖައްސާލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. އާހިލް އަހަންނަށް ބަލައިލުމަށްފަހު ފުޅާ ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ. އަދި އަހަރެމެން ދެމީހުން އަތާއި އަތް ޖަހާލި އުފާ ފާޅުކުރުމުގެ ގޮތުންނެވެ.

އިރުގަނޑެއް ވާންދެން ހިނގުމަށްފަހު އަހަރެމެންނަށް ގެއާއި ހަމައަށް ފޯރައިފިއެވެ. ގެއަށް ވަތް އިރު ހުރި ހިނިތުން ވުންވެސް ގެއަށް ވަދެވެން ވީއިރަށް އެއްކޮށް ފިލާ ގޮއްސިއެވެ. ބައްޕަގެ ނުރުހުމުގެ ބަސްތަކާއި އަހަންނަށް މިއަދުވެސް ކުރިމަތިލާން ޖެހޭނީ ނޫންކަމެއް އެނެގެނީކީވެސް ނޫނެވެ. ކޮންމެޔަކަސް ވަރިހަމައެވެ. އަހަރެން އިރާދަކުރެއްވިއްޔާ ކެތް ކުރާނަމަވެ. ބައްޕައަށްވެސް އަދި ވިސްނޭނެއެވެ. އަމާންކަމާއިއެކު ބައްޕަގެ އެއްވެސް އިޝާރާތަކައި ނުލާ އަހަންނަށް ކޮޓަރިއަށް ވަދެވުނެވެ. އަހަރެން ކޮޓަރިއަށް ވަނުމަށްފަހު އަވަސްވެގަތީ ނަމާދަށް ދާށެވެ.

ތައްޔާރުވެލައިގެން އަހަރެން ކޮޓަރިން ނިކުތީމެވެ. އެހިނދުވެސް މަންމަގެ ހަނދާންތައް އަހަރެން ވަށާލައިފިއެވެ. މަންމަގެ ކޮޓަރިއާއިި ދިމާލަށް ދާން އަހަންނަށް ފިޔަވަޅެއް ނެގުނުވެސް މެއެވެ. ނަމަވެސް އެފިޔަވަޅު މަޑުޖައްސާލެވުނީ ބައްޕަ ދެއްކި ވާހަކަ ހިތަށް އަރައިފައެވެ. ލޮލުން ކަރުނަ ފާއްދާލި ނަމަވެސް ހިތްވަރު ކޮށްލައިފައި އަތުން އެ ކަރުނަ ފޮހެލީމެވެ. އަދި ގެއިން ނިކުންނަން މިސްރާބު ޖެހީ ފޯނުން އާހިލް އަށް ގުޅާލުމަށްފަހުއެވެ.

ގެއިން ނިކުމެވުނު އިރު އާހިލް އަންނަތަން ފެނުނެވެ. އަހަރެންވެސް އޭނާ މިހިސާބަށް އާދެވެންދެން މަޑޫކޮށްލީމެވެ. “އެބައޮތް ވާހަކައެއް ދައްކާލަން ވެފަ.. ނަމާދުން އައިސް ބުނާނަން އިނގޭ..” އަހަރެން އާހިލް އާއިއެކު ހިނގައިގަންނަމުން ބުނެލީމެވެ. އޭނާވެސް ބޯ ޖަހާލިއެވެ.

ނަމާދުކޮށް ނިމުމުން މިސްކިތުން ފައިބައިގެން ދެން އަހަރެމެން މިސްރާބު ޖެހީ އަހަރެންގެ ގެއަށެވެ. ދައްކަންވެފަ އޮތް ބޮޑު ވާހަކައިގެ ސަބަބުންނެވެ. ގެއަށް ވަތް އިރުވެސް އަހަރެން ހުރީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ބައްޕައާއި ދިމާވެއްޖެއްޔާ ކަމަކުނުދާނެއެވެ. އާހިލް އަށް އަހަރެންގެ ނުތަނަވަސްކަން ފެނިދާނެތީ މޫނުމަތީގެ ކުލަވަރު އަވަހަށް ބަދަލު ކޮށްލީމެވެ. ގޭގެ ދޮރުގެ ތަޅުވަޅަށް ތަުދަނޑި ކޮށްޕާލުމަށްފަހު ދޮރު ހުޅުވާޅީމެވެ. ބައްޕަގެ ހިލަމެއް ނުވާކަން އެއީ އަހަރެންގެ ނަސީބު ކަންނޭނގެއެވެ. “ކޮބާތަ އަޔާން މަންމަ؟” އާހިލް އުޅުނީ މަންމަމެންގެ ކޮޓަރިއަށް ދާށެވެ. އަހަރެން އޭނާގެ އަތުގައި ހިފާ މަޑުކުރުވީމެވެ. “މަންމަ ހޮސްޕިޓަލް ގަހެން ހީވަނީ… އެހެން ނޫނަސް އަހަރެމެން ދައްކަން އައި ވާހަކަ ދައްކަން ހިނގާ..” އަހަރެން އޭނާ ގާތު ބުނީ އަހަންނަށްވެސް ނޭނގޭ ވާހަކައެކެވެ. ކޮންމެޔަކަސް އާހިލް ވަރަށް ފަސޭހައިން އަހަންނާއިއެއްކޮށް އަހަރެންގެ ކޮޓަރިއަށް އައެވެ.

އަހަރެންގެ ސްޓަޑީ ޓޭބަލްގެ ދެފަރާތުގައި ދެމީހުން އިށީނީ ބޮޑު މަޝްވަރާއެއް ކުރަން އުޅޭ ފަދައަކުންނެވެ. ޙަޤީގަތުގައި މިކަން ނިމިގެން ދާނީވެސް ހީވާގޮތުން މަޝްވަރާއެއްހެންނެވެ. “އާލް… އިވުނު ދޯ ޒަޔާން ދެއްކި ވާހަކަ؟ އޭނާގެ ކޮންމެވެސް ވަރުގަދަ ޕްލޭން އެއް އެބަ ވޭ.. އޭގެއިން މިންވަރެއް އަހަރެމެންނަށް މިއަދު މި އިވުނީ.. އެވަރުން ވެސް އެނގިއްޖެ އޭނަ ދެއްކި ދެމީހުންގެ ވާހަކައަކީ އަހަރެމެން ދެމީހުންކަން.. ނޫންތަ؟” އަހަރެން ވާހަކަ ދައްކަމުން އާހިލް އާއި ސުވާލު ކޮށްލުމާއެކު އޭނާ ބޯ ޖަހާލިއެވެ. “އެކަމަކު އޭނަ އެކަމެއް ކުރާ ސަބަބު ނޭނގެނީ.. ދެން ޒަޔާން އެ ވާހަކަ ދެއްކީ ކާކާ ބާ؟ ކޮންމެ ގޮތެއް ވިޔަސް އާލް ނުވާނެ ރުޅި ގަދަވެގެން.. އިވުނެއްނު މިއަދު އޭނާ ބުނި އެތި؟ ޒަޔާންގެ ޓާގެޓަކީ މިހާރު އާލް.. އެއީ ޔާން ރުޅި އަރުވާނުލެވުނީމަ… އާލް ރުޅިއައިއްސިއްޔާ އޭނަޔަށް ވަރަށް ފަސޭހަ ވާނެ އެކަމެއް ކާމިޔާބު ކުރަން.. އެހެންވީމަ ކެތްތެރިވޭ.. އިނގޭ… އަދި އިތުރަށް އަހަރެމެން ކަންކަން ހޯދާނީ..” އަހަންނާއި އާހިލް އެގޮތުގައި އެކަމާއި ގުޅުން ހުރި އެކި ވާހަކަތައް ދައްކަން އެތަށް އިރެއް ވާންދެން ތިބީމެވެ.

އާދުވަހަކަށް އިރު އަރައިފިއެވެ. އަހަރެންވެސް އަވަހަށް ސްކޫލަށް ދެވޭތޯ ގެއިން ނިކުތީމެވެ. މިއަދު އާހިލް އަކާއި ދިމަލެއް ނުވިއެވެ. ރަނގަޅަށް ވިއްޔާ އޭނާއަށް ނުހޭލެވުނީ ކަންނޭނގެއެވެ. ނިދިވެސް ގަދަ މީހެކެވެ. އަހަރެން ގޮސް ސްކޫލަށް ވަދެގެން ދިޔައީމެވެ. ސިޑިން އަރައިގެން ކޮރިޑޯއިން ލައިފައި ހިނގައިގަތްތަނުން ޒަޔާން ދައްކާލައިފިއެވެ. މި ޖެހުނީ ކަންތަކާއެވެ. މީނާގެ ކަންތައް މިހާރު ދެން އެދަނީ މާމައްޗަށެވެ. އެކަަމަކު އޭނާ އެކަމެއް ކުރާ ސަބަބެއް ހޯދައިފަ ނޫނިއްޔާ އަހަރެންވެސް ވަކި ދުލެއް ނުދޭނަމެވެ.

އެ ޖައްސާލީ މީނާގެ ޕްލޭންގެ މޮޅު ތަންކޮޅެއް ބާވައެވެ؟ އަހަންނާއި ދިމާލަށް ބަލައިލުމަށްފަހު ހިނި އައިސް ދިޔައީއެވެ. ހައިރާން ނުވާންވީ ކީއްވެހެއްޔެވެ؟ އެހެންޏާ ކޮންމެފަދަ ވަގުތެއްގައިވެސް ޒަޔާން އަހަންނަށް އުނދަގޫ ކުރާނެއެވެ. ނަމަވެސް ވަރިހަމައެވެ. އެހެން ހެދުމުން އަހަރެންގެ ބޮލަށް ތަންކޮޅެއް ލުއި ވެއްޖާއެވެ.

ގަޑިއަކަށްފަހުގަޑިއެއް ނިމެމުން ދިޔައީ ހަލުވި ކަމާއެކުއެވެ. ޒަޔާންގެ ފަރާތުން މިއަދު އެހެން ކަމެއް ނުފެނެއެވެ. އަހަރެންވެސް އަޅާނުލައި ހުރީއެވެ. އަހަރެންގެ ބޮލަށް މާ ފަސޭހަވިއްޔާއެވެ. “ޔާން.. ދަމާ..” އަހަރެން ދަބަހަށް ފޮތްތައް އަޅާ ނިންމުމަށްފަހު ކޮނޑުގައި ދަބަސް އަޅުވާލި ތަނާ އާހިލް އަހަރެން ގާތު ބުންޏެވެ. އަހަރެންވެސް ހަމައެކަނި ބޯ ޖަހާލުމަށްފަހު އޭނާއާއެކީ ހިނގައި ގަތީމެވެ. ސިޑިއާ ދިމާލަށް ދިޔައިރުވެސް އަހަރެންގެ ފަހަތުން މީހަކު އަންނަ ކަހަލަ އިޙުސާސެއް މި ކުރެވެނީ ކީއްވެހެއްޔެވެ؟ ފަަހަތް ބަލައިލަންވެސް ހިތަށް އަރައެވެ. އެކަަމަކު މީހަކު އަންނަންޏާ އަޑުވެސް އިވޭނެނޫންހެއްޔެވެ؟ އަހަރެން އެއީ މާބޮޑު ކަމަކަށް ނަހަދާ އަލާނުލައި ދިޔައީމެވެ. ސިޑިން ފައިބަންވެގެން ފުރަތަމަ ހަރުފަތުގައި ފައި އަޅާލި ވަގުތު މީހަކު އަހަރެންގެ ބުރަކަށީގައި އަތް އަޅާ ކޮށްޕާލަން އުޅުނެވެ. ނަމަވެސް އާހިލް އަހަރެންގެ އަތުގައި ހިފެހެއްޓުމުން އަހަރެން ނުވެއްޓުނެވެ.

ދެމީހުންވެސް އަވަހަށް ފަހަތް ބަލައިލީމެވެ. އެއިރު އެކުއްޖަކު ދުވެފައި ދަނީއެވެ. ފިރިހެން ކުއްޖެކެވެ. “އާލް.. ހިނގާ..” އަހަރެންވެސް އާހިލްއާއެކު އޭނާގެ ފަހަތުން ދުއްވައި ގަތީމެވެ. އަހަރެމެންނާ އޭނާއާދެމެދު ސާދަވަރަކަށް ފޫޓޫގެ ދުރުމިނެއް ވާނެއެވެ. އަހަރެމެންނަށް އޭނާ އަތުނުވެ އުޅެނިކޮށް ދެން ހުރި ސިޑިން އޭނާ ތިރިއަށް ފައިބައިގެން ދިޔައެވެ. އަހަންނާއި އާހިލްްއަށް އެހާ ހިސާބަށް ދެވުނު އިރު މައިނޭވާ ލެވެއެވެ. އޭނާ މިއަދު ސަލާމަތް ވިޔަސް ދެން ފަހަރަކުން އެހެނެއް ނުވާނެއެވެ. އެކަމަކު އަހަރެން އެތަނުން ވައްޓާލަން އެމީހަކު އުޅުނީ ކީއްވެ ބާވައެވެ؟ އަނެއްކާ..

“އާލް.. އަހަންނަށް އެބަ ހީވޭ އެއްޗެއް..” އަހަރެން ވިސްނާލަމުން އާހިލް ގާތު ބުނީމެވެ. އެއިރުވެސް އަހަންނަށް ކޮންމެވެސް ވަރަކަށް މައިނޭވާ ލެވެއެވެ. “ކޯންޗެއް؟” އާހިލްވެސް އަވަސް އަވަހަށް އަހާލިއެވެ. “އާޔާ ވެސް ވެއްޓުނީ ސިޑިން… ޔާން ގަބޫލެއް ނުކުރަން އޭނާ ސިޑިން ހަމަ ހުރެފަ ވެއްޓުނީ ކަމަކަށް.. ކޮންމެވެސް މީހަކު އޭނާ ވައްޓާލީ… އަނެއްކާ ދެންމް އެ ކުއްޖާ އެ އުޅުނީ ޔާން ވައްޓާލަން.. އެބަ ވިސްނޭތަ އެއްޗެއް؟ މިކަމާ އެކަމާ ގުޅުމެއް އެބަ ވެޔެއް ނޫންތަ؟” އަހަރެން އާހިލް އަށް ކިޔައިދެމުން ދިޔަ އިރު އަހަންނާއި އެއްވަރަށް އޭނަވެސް ދިޔައީ ހައިރާން ވަމުންނެވެ.

އެކުއްޖާ ކަންތައް ކުރަން އުޅުނު ގޮތަށް މިއަދު ކަން ވެ ނުނިމުނަސް އޭގެން އަހަރެމެންނަށް މިލިބުނި ބޮޑު ކުރިއެރުމެކެވެ. އިތުރަށް އެތާ ނުތިބެ އަހަރެމެން ގެއަށް ދާން މިސްރާބު ޖެހީމެވެ.

އެއް ހަފްތާ ފަސް

މިއަދަކީ ބަންދު ދުވަހެއް ކަމުން އަހަރެން އުޅުނީ ގޭގައެވެ. މަންމަގާތަށް ގޮސްލަން ކިތަންމެ ބޭނުންވި ނަމަވެސް އެ ފުރުސަތު އަހަންނަކަށް ނެތެވެ. މަންމަވެސް މިހާރު މުޅިން ރަނގަޅުވެފައި ވީނަމަވެސް ބައްޕަގެ ހަރުކަށިކަމުގެ ސަބަބުން އަހަރެން ކައިރިއަށް އަޔަކަ ނުދެއެވެ. މަންމަވެސް އަދި އަހަރެންވެސް އެކަމާ ނުހަނު ދެރަވެއެވެ. ނަމަވެސް ބައްޕައަކަށް އެކަމަކުން އަސަރެއް ނުކުރެއެވެ.

މީހެއްގެ އަޑެއް މާ ބާރަށް އިވޭތީ އަހަރެން ކޮތަރީގައި އޮތުމަށްފަހު މަޑުމަޑުން ދޮރު ހުޅުވާލައިފައި ބޭރުބަލައިލީމެވެ. އެއިރު މަންމައާއި ކުޑާ ނިކަން ހީހީފައި ވާހަކަ ދައްކަން ތިއްބެވެ. އަހަރެންވެސް އެތަނަށް ދާން ބޭނުންވި ނަމަވެސް އެފުރުސަތު އަހަންނަކަށް ނެތެވެ. މަންމަގެ ހިނިތުންވުން ފެނުމުން އަހަންނަށް ލިބެނީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ. އެހެން ކަމުން އަހަރެންވެސް ހިނިތުން ވެލުމަށްފަހު އަނެއްކާވެސް އެތެރެއަށް ވަނީމެވެ.

“އާލް.. އާދެބަލަ މިގެއަށް.. ވަރަށް ފޫހިވޭ އެބަ..” އަހަރެން ފޫހިވެގެން ކޮޓަރީގައި އެނބުރި އެނބުރި އުުމަށްފަހު އާހިލްގާތު މިގެއަށް އައުމަށް ބުނީމެވެ. އެއީ އަހަރެން މިވަގުތު ބޭރަށް ނިކުތުމުން މަސްލަހަތު ގޯސްވުން ނޫން ކަމެއް ނުވާނެތީއެވެ. އަހަންނަށް މަންމައާއި ދިމާވެ މަންމައާއި ވާހަކަ ދައްކައި ނުލައި ނުދެވޭނެއެވެ. އަހަރެންގެ ސަބަބުން މިގޭގެ އުފާތަކަށް ހުރަސްއެޅޭކަށް އަހަންނެއް ނޭދެމެވެ. އެއް އިރެއްގައި އަހަންނަނީ މިގޭ އެންމެންގެ ލޮލުގެ ފިނިކަމަށް ވިޔަސް މިހާރު އެދުވަސްވެސް ބަދަލުވެއްޖެއެވެ. އަހަރެންގެ ޙަޔާތުގެ މި ތޫފާނަށް ނިމުމެއް އަންނާނީ ކޮން ދުވަހަކުން ބާވައޭވެސް ހިތަށް އެރީ ކިތަށް ފަހަރުކަމެއް ނޭނގެއެވެ. ކޮންމެޔަކަސް އަހަންނަށް އޮތީ ކެތްތެރިވުމެވެ. ކެތްކުރުމެވެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކީއެވެ.

“ހެއި ބްރޯ..” އަހަރެން ވިސްނުމަކަށް ގެއްލިފައި އިންދާ އެނދުން ފުންމައިގެން ތެދުވެވުނީ އާހިލް އައިސް އަހަރެންގެ ކޮނޑުގައި ބޮނޑިއެއް އަޅާލުމުންނެވެ. “ކިރިޔައެއްނު ބިރުން މަރުނުވީ.. އެހެންނޭ ވާނީ ސިއްސުވަންޏާ.. ހޭނެކަމެއް ނެތް އިނގޭ..” އަހަންނަށް ވީގޮތުން އާހިލް ހަމަ ހެނީއެވެ. އޭނާ އަހަރެން ސިއްސުވާ ނުލިނަމަ މިހެން ނުވީހެއް ނޫންހެއްޔެވެ؟

ދުވަހުގެ ދެން ބާކީއޮތްބައި އަހަރެމެން ދެމީހުން އެކި ސަކަރާތުގައި ހޭދަ ކުރަމުން ދިޔައީމެވެ. އެއަށްފަހު އަސުރުވަގުތު ކައިރިވުމުން ނަމާދަށް ދާންވެގެން އަހަރެން ތައްޔާރުވާން ދިޔައީމެވެ. އާހިލްވެސް އޭނާ ގެއަށްގޮއްސަ އެބަ އަންނަން ކަމަށްބުނެ ދިޔައެވެ. ފެންވަރާލައިގެން ނިކުމެ އަހަރެން ތައްޔާރުވަމުން ދިޔައީ އާހިލް އަންނަންވާއިރަށެވެ. އަހަރެން އޭނާގެ އިންތިޒާރުގައި ހުރެފައި ފޯނަށް މެސެޖެއް އައުމުން ބަލައިލީމެވެ. އެއީ އާހިލްގެ މެސެޖެކެވެ. އޭނާ އައި ކަން ޔަގީންވުމުން އަހަރެން ތިރިއަށް ފައިބަން ކޮޓަރިން ނިކުތީމެވެ.

އަހަންނަށް ސިހުން ލިބުނީ ސޯފާގައި ތިބި މަންމައާއި ކުޑާ ފެނިފައެވެ. ދެމީހުން ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަނީއެވެ. އަހަރެން ހިނިތުންވެލައިފައި އެދިމާލަށް ދާން ފިޔަވަޅެއް ނެގުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް ބައްޕަ ބަދިގެއިން ނިކުންނަތަން ފެނި އަހަންނަށް ހަމަބިމަށް އާދެވުނެވެ. އިސްދަށަށް ޖަހާލުމަށްފަހު އަހަރެން ދެޖީބަށް އަތް ޖަހާލަމުން ގެއިން ނިކުންނަން މިސްރާބު ޖެހީމެވެ. މަންމަމެންގެ އޮލަ ވާހަކައިގެ ސަބަބުން އެކަން ނޭނގުނުކަން ނަސީބެކެވެ.

***

“އޭ ތިގޭގަ ވެއްޖެ އާލްގެ ލެޕްޓޮޕް.. އެ ގެންދިޔަގޮތަށް ބާއްވާފަ އެއިރު އައީ.. ތިގެއަށް ގޮއްސަ އެހެން ވީމަ ދެވޭނީ..” އާހިލް ވެސް ހަނދާން ބަލި ކަމުން ބޮޑުކަމެކެވެ. އަހަރެމެން ގެއަށް އެއްޗެއް ގެންގޮއްސިއްޔާ ދުވަހަކުވެސް ދެވަނަ ފަހަރު އޭއްޗެއް ބަލައި އަލުން ބަލުން ގެއަށް ނުގޮސް ވާނެ ގޮތެއް ނޯންނާނެއެވެ. އެއްޗެއް ގެންގޮސްފިނަމަ އޭތި އަނބުރާ ގެންދަން ހަނދާން ނައްތާލާނެއެވެ. “ހިނގާ..” އަހަރެންވެސް އޭނާ ގޮވައިގެން ދާން އެއްބަސްވީމެވެ.

ގޭގެ ދޮރު އަހަރެން ހުޅުވާލީ ނިކަން މަޑުމަޑުންނެވެ. އަހަރެމެން އެތެރެއަށް ވަތް އިރު ކުޑާ ބެލްކަނީގައި ކޮންމެވެސް މީހަކާއި ފޯނުން ވާހަކަ ދައްކަން ހުއްޓެވެ. އަހަރެންގެ ކުރިން ދިޔައީ އާހިލް ކަމުން އަހަރެން ދިޔައީ އޭނާގެ ފަަތުން މަޑުމަޑުން ހިނގާލައިފައެވެ. އަހަރެންގެ ކޮޓަރި އިންނަނީ ގޭގެ ބެލްކަންޏާ އެންމެ ގާތުގައެވެ.

“ދެން ކޮންމެވެސް ގޮތެއް ހަދާބަލަ.. ރުޅި އަރުވާނުލެވުނިއްޔާ ދެން ހަމަ އާޔާ އަށް ހެދިގޮތަށް ކޮންމެވެސް ކަމެއް ކުރޭ.. މަ ސަލާމަތް ކޮށްދޭނަމޭ މިފަހަރުވެސް..” އަހަރެންގެ ދެފައި ހުރި ތަނަށް ގަނޑުވީ އިވުނު އަޑުތަކެއްގެ ސަބަބުންނެވެ. އަހަރެންގެ ކަންފަތަށް މި އިވެނީ ހަމަ ޙަޤީގަތް ބާވައެވެ؟ ނޫނީ މިއީ އަހަންނަށް ހީވާ ގޮތްބާވައެވެ؟

(ނުނިމޭ)

Share Article

Follow Me Written By

inan

Level 210 Stories100 Comments

Other Articles

Previous

ނާއިން އެއްވަނަބައި

Next

ވަންހަނާ – 02

Next
June 3, 2018

ވަންހަނާ – 02

Previews
June 3, 2018

ނާއިން އެއްވަނަބައި

6 Comments!

  1. hajam says:
    June 3, 2018 at 2:46 pm

    Wow
    V reethi
    Adhi maa reethi vaane gavaidhun up kuraa nama

  2. hajam says:
    June 3, 2018 at 2:48 pm

    Yey me first dhw

  3. Mishy says:
    June 3, 2018 at 3:40 pm

    Woww..?????????. vrh vrh reethi..????????? so yaan ge kudaa dhwh hurihaa kmh s mi kurany… nishy ah hyvany yaan ge dad ge s athh vrhn… vrh vrh obi..????????????..whn nxt? Curiously wainn… ❤❤❤❤❤❤???????⚘⚘⚘⚘⚘⚘

  4. eekko says:
    June 3, 2018 at 5:31 pm

    vedhaane yaan ge dad kan neynge aya maraalumugai baiverivy dhen mihaaru ebalany yaan vx maraalevey tho btw varah reethi mi part vx, waiting for the next episode

  5. Anonymous says:
    July 4, 2018 at 8:22 pm

    Inan dear story ehkoh huttaalytha? Keehve mihaaru up nukurany? Ehn site eh ga liyanytha anekkaa. Please rply

  6. Rahuma says:
    December 23, 2018 at 12:03 pm

    Sihrru 16 vana part kon dhuvahaku libeyny?

Comments are closed.


All Right Reserved!