Skip to content
އެސްފިޔަ

ވަންހަނާ – 03

ކުއްލިއަކަށް އެތާގައި ހުރިމީހާ ރަޔާންގެ އަތުގައި ހިފައިގެން ހިނގައިގަތީ ޖަލާއި ދިމާލަށެވެ. ވަކިހިސާބަކަށް އެރުމުން ރަޔާންގެ ލޮލުގައި އަޅައިގަތީ އެޖަލުތެރެއަށް ލައި ބަންދުކޮއްފައިވާ މީހެކެވެ. ވަކި ހިސާބަކަށް ދެވުމުން އެއީ ކާކުކަން ރަޔާންއަށް އެނގިއްޖެއެވެ. އެއީ ރިވްލާންއެވެ.

****************

ޖަލުތެރޭގައި ރަޔާންއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭންގިފައެވެ. އެވަގުތު ރިވްލާންހުރީ ރަޔާންއާއި ދިމާލަށް ބަލާށެވެ. އިރުކޮޅަކު ރަޔާންއާއި ދިމާލަށް ބަލަން ހުރެފައި ރިވްލާން އަހާލިއެވެ.  “ކޮންނަމެއް ކިޔަނީ ؟”. ރިވްލާންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ރަޔާން އޭނާގެ ފުރިހަމަނަން ބުންޏެވެ. އަދި ރިވްލާންގެ އެދުމުގެމަތިން ރަޔާންއަށް ދިމާވި ހުރިހާ ކަމެއް އަލިފުން ޔާއަށް ކިޔައިދިނެވެ. ރަޔާންގެ ވާހަކަތަށް އަޑުއެހުމަށްފަހު ރިވްލާން ކުރީ އެންމެ ސުވާލެކެވެ. ” ދެން ކޮބާ އެ ޕެންޑްރައިވް؟  ޕެންޑްރައިވް އެބަ އޮތްތަ؟” . ރިވްލާން އެހެން ބުނުމާއިއެކު ރަޔާން އޭނާގެ ޖީބްގައި އަތް ޖައްސާލަމުން ބޮލުގެ އިޝާރާތުން އާންއެކޭ ބުންޏެވެ. އަދި ރިވްލާން އަތްދިއްކޮލަމުން ޕެންޑްރައިވް ދޭށޭ ބުނުމުން ރަޔާންގެ ޖީބުން ޕެންޑްރައިވް ނެގުމަށްފަހު ރިވްލާންއަށް ޕެންޑްރައިވް ހަވާލު ކުރިއެވެ.

ރަޔާން ޕެންޑްރައިވް ހަވާލުކުރުމުން ރިވްލާން އަވަސް އަވަހަށް އޭނާ ލައިގެންހުތި ޖިންސުގެ ފައިކުރި އޮޅާލުމަށްފަހު ފައިކުރި ތެރެއަށް ޕެންޑްރައިވް ލައި ފޮރުވަމުން ބުންޏެވެ. ” މިތަނުން ސަލާމަތްވާން ބޭނުމިއްޔާ، އަހަރެން އަތުގައި ޕެންޑްރައިވް އޮތްވާހަކަ އެކަކު ކައިރިވެސް ނުބުނާތި”. ރަޔާންއަށް އަދިވެސް ހުރެވުނީ ބޮޑު ސުވާލު މާކެއްގެ ތެރޭގައެވެ. ވަމުން މިދަނީ ކޮންކަމެއްކަމެއް އޭނާއަށް އަދިވެސް ނޭންގެއެވެ. އިނގޭހާވެސް އެއްޗަކީ މިތަނުގައި ފޮރުވިފައިވާ އެތަށް ސިއްރުރަކެއް ވާކަމެވެ. މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ވަންހަނާވެފައިވާ އެތަށް ކަމެއް ވާކަމެވެ. ރަޔާން ބޭނުންވީ ވަމުންމިދާ ހުރިހާކަމެއް އޭނާއަށްވެސް އިނގޭށެވެ. އަދި އެހުރިހާކަމެއް ކިޔައިދިނުމަށް ރިވްލާން ކައިރި އެދުނެވެ. ފުންނޭވާއެއް ލުމަށްފަހު ރިވްލާން އޭނާށް ދިމާވިހުރިހާކަމަކާއި އިނގޭ ހުރިހާކަމެއް ރަޔާންއަށް ކިޔައިދެމުން ދިޔައިރު ރަޔާން ދެލޯބޮޑުކޮއްގެން ރިވްލާންގެ ވާހަކަތަށް އަޑުއަހަމުން ދިޔައެވެ.

ރިވްލާންއަކީ މީގެ 1 ހަފްތާކުރިން ވީނުވީއެއް ނޭންގި ގެއްލިފައިވާ، އުމުރުން 35 އަހަރުގެ ލޯޔަރެކެވެ. ރިވްލާންއަށްވެސް ވަނީ ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތަކާއި ކޮއްފައިވާ އެތަށް ކަމެއްގެ މަޢުލޫމާތު ލިބިފައެވެ. އަދި އެމަޢުލޫމާތުތަށް މީޑިޔާ އަށް ހިއްސާކުރުމުގެކުރިން އޭނާވަނީ ހައްޔަރުކޮއް މިފަޅުރަށަށް ގެނެއްސައެވެ. މިރަށުގައި ޤާނޫނާއި ޤަވާއިދާ ހިލާފް އެތަށްކަމެއް ހިނގަމުން ދެއެވެ. އޭގެތެރޭގައި މަސްތުވާތަކޭތީގެ ވިޔަފާރިއާއި މީހުންމެރުމާއި ރާއްޖޭގައި ހިނގާ ކުދިބޮޑު ހުރިހާ ޖަރީމާއެއް ހިމެނެއެވެ. މިރަށަށް އެމީހުން ދީފައިވާ ނަމަކީ އައްޑާއެވެ. އަދި އައްޑާ ހިންގުމާއި ހަވާލުވެގެން ހުންނަނީ އެލެކްސް ކިޔާ މީހެކެވެ. މީނަގެ އަސްލު ނަމާއި އޭނާގެ ހަޤީގަތެއް އެކަކަށްވެސް ނޭންގެއެވެ. އޭނާގެ ދަށުން މިރަށުގައި ސަތޭކައަށްވުރެއްގިނަ ގާޑުން މަސައްކަތް ކުރަމުންދެއެވެ.

ރިވްލާންގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ހަރުގޭގެ ދޮރު ހުޅުވުންއަޑަށެވެ. އެވަގުތު ރަޔާން އާއި ރިވްލާން އެދިމަޔަށް ބަލައިލިއިރު ދެގާޑުން ހަރުގެތެރެއަށް ފިރިހެނަކު ގޮވައިގެން ވަދުނެވެ. އެފިރިހެން މީހާގެ އަތުގައިވަނީ ބިޑި އަޅުވާފައެވެ. ރިވްލާންއަށް އެފިރިހެންމީހާ ފެނުމުން ލިބުނީ ކުއްލި ސިހުމެކެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ފައިސަލްއެވެ. ރިވްލާން ހައްޔަރު ކުރުމުގެ ކުރިން ސަރުކާރުތެރޭގައި ހިނގަމުންދާ ހުރިހާކަމެއްގެ މައުލޫމާތު އޭނާވަނީ ފައިސަލްއަށް ހިއްސާކޮއްފައެވެ. އަދި އެވެބްސައިޓްގެ ލިންކުވެސް ރިވްލާންވަނީ ފައިސަލްއަށް ދީފައެވެ. އަދި ރިވްލާންއަށް އެއްވެސް ގޮތެއްވެއްޖެނަމަ ވެބްސައިޓްގައިވާ ހުރިހާ މައުލޫމާތެއް މީޑިޔާއަށް ހަވާލުކުރުމަށް އެދިފައެވެ. ރިވްލާން ކުއްލިއަކަށް ގެއްލުމާއިގުޅިގެން ފައިސަލް ވަނީ އެވެބްސައިޓަށް ވަދެ ވެބްސައިޓްގައިވާ ހުރިހާ މައުލޫމާތެއް ޑައުންލޯޑްކޮށް ޕެންޑްރައިވްއަކަށް ކޮޕީކޮއްފައެވެ. އަދި އެމައުލޫމާތުތަށް މީޑިޔާއަށް ހަވާލުކުރަން ދިޔަމަގުމަތީގައި ފައިސަލްވަނީ ހައްޔަރު ކޮއްފައެވެ.

ފައިސަލްގެ މޫނު ވެގެންދިޔައީ ރަޔާންއަށްވެސް ފެނިފައިވާ މޫނަކަށެވެ. ރަޔާން ރަނގަޅަށް ވިސްނާލިއެވެ. އާންއެވެ. އެއީ ރަޔާންއަށް ފެނިފައިވާ މުނެކެވެ. އެދުވަހު ރަޔާން ކޮލެޖުން ނިންމައިގެން ގެއަށް ދިޔަމަގުމަތީގައި ރަޔާންގެ ގައިގައި އައިސް ޖެހިގަތީ ފައިސަލްއެވެ. އަދި ރަޔާންއަށް މުގުމަތިން ހޮވުނު ޕެމްޑްރައިވްއަކީވެސް ފައިސަލްގެ ޕެންޑްރައިވްއެވެ. ފައިސަލް އެދުވަހު ބިރުގަނެ ހާސްވެފައި ހުރީ ކީއްވެގެންކަށް ރަޔާންއަށް އިނގިއްޖެއެވެ.

ދެގާޑުންއައިސް ޖަލުކުރިމައްޗަށް އެރުމަށްފަހު ފައިސަލްގެ އަތުގައި އަޅުވާފައިވާ ބިޑި ނައްޓާލިއެވެ. އަދި ފައިސަލް ޖަލަށް ލުމަށްފަހުދެގާޑުންވެސް ހަރުގެތެރެއިން ނުކުތެވެ. ފައިސަލް ފެނުމުން ރިވްލާންއަށް ލިބުނު އިފަލެއްގެ ބޮޑުކަމުން ފައިސަލް ގައިގައި ބައްދައިގަނެވުނެވެ. އެއަށްފަހު ރިވްލާން ފައިސަލްއާއި ސުވާލެއް ކޮއްލިއެވެ. ” ޕްރޮޖެކްޓް އެކްސް އަކީ ކޯޗެއްކަން އިނގިއްޖެތަ؟” . ރިވްލާން ކުރި ސުވާލުގެ ޖަވާބުގައި ފައިސަލް ބުންޏެވެ. ” އާން.. ވަރަށް ރަނގަޅަށް އިނގިއްޖެ.. އަދި މިކަންތަށް ނުހުއްޓުވިއްޖެއްޔާ ކުރިއަށް އޮތް 20 އަހަރުތެރޭގައި ރާއްޖޭގައި ދިރިއުޅޭނީ ، ރާއްޖޭގެ މިހާރުގެ އާބާދީގެ ދެބައިކުޅާ އެއްބައި..”

ފައިސަލްގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް ހަރުގޭގެ ދޮރު ހުޅުވުންއަޑަށެވެ. އެވަގުތު ބޮޑު ގުރޫޕެއް ހަރުގެތެރެއަށް ވަދެގެން ޖަލާއި ދިމާލަށް އަންނަތަން ފެނުނެވެ. ގުރޫޕްގެ އެންމެ ކުރީގައިހުރީ އޮފީސް ސޫޓްގައި ހުރި ފިރިހެނެކެވެ. އޭނާ ހުރީ ހުދުކުލައިގެ ޕްލާސްޓިކް މާސްކެއް އަޅާފައެވެ. އެމާސްކުގައި ކަޅުކުލައިގެ މަތިމަހަކާއި ތުނބުޅިއެއް ކުރަހާފައިވާއިރު މާސްކުން ފެނިގެންދަނީ ނުލަފާ ހިނިތުންވުމެކެވެ. އެއީ އެލެކްސް އެވެ. އޭނާގެ ފަހަތުން ކަޅުކުލައިގެ ފޮތިމާސްކު އަޅާފައިތިބި ދިހަވަރަކަށް ގާޑުން އައެވެ.

އެލެކްސް އައިގޮތަށް އައިސް ޖަލުގެ ކުރިމައްޗަށް އެރިއިރު އޭނަގެ ގާޑުންތަށް އޭނަގެ ފަހަތުގައި ތިއްބެވެ. އެލެކްސް ޖަލު ކުރިމައްޗަށް އެރުމަށްފަހު ރަޔާންމެންނާއި ދިމާލަށް ބަލަންހުރެފައި ކުއްލިއަކަށް ބޯ އަރިކޮއްލުމަށްފަހު ނުލަފާގޮތަކަށް “ހެލޯ ގާއިސް” އޭ  ބުންޏެވެ.

 

****************

ތިންވަނަ އެޕިސޯޑް ނިމުނީ

****************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (44)

  1. kula

    nice…..imaging veyyy hama eba…whn next…..keep it up…..

    1. kula
      kula

      kula dho first;]

    2. Ifaam
      kula

      Thanks Kula. . next part 8 June ga.. thanks for your support ??

  2. Nunnu

    Masha allah
    Vv reethi mi part ves
    When next part

    1. Ifaam
      Nunnu

      Thanks nunnu. . It’s on 8th June . ???

  3. Shaira

    Reethi ?????

    1. Ifaam
      Shaira

      Thank you Shaira ???

  4. unique

    im so late dhw

    1. Ifaam
      unique

      Haha..noo

  5. Sid

    Varah reethi mipart ves. Dhen oiyh part ves avas muhdhathehgai kiyaalan libeyne kamah ummeedhu kuran

    1. Ifaam
      Sid

      Thank you Sid.. yah.. 8th June ga up kollaanan.. ????

  6. Ham

    Salhi igey varah…ekm kury thankolheh….next part avahah kiyaalan libeyne kamah heekuran…nd mikahala stories liya iru thankolheh careful vegen ulhehchey….varah ehen kahala zamaaneh nuh mee dho??❤❤keep it up

    1. Ifaam
      Ham

      Yah.. thanks Ham.. dhigu kolleveythw balaanan dhn.. midhuvas kolhu busy kamun aslu.. thanks once again ???

  7. unique

    hama vv reethi just love it my unique story……. hehe……… aslu i have a request can u make the story lil longer……….. if u can okey!!! i just requested nthn much i luv it ehnv mibuny

    1. Ifaam
      unique

      Hello unique ??.. thanks for your support ???.. ok next part dhigukohlaanan.. ???

  8. eekko

    rythi n keep it up

    1. Ifaam
      eekko

      Thanks a lot eekko.. ???

  9. Mate

    Vrh reethi……keep it up

    1. Ifaam
      Mate

      Thanks mate ???

  10. No one

    This part is awesome dear… Whn next part??

    1. Ifaam
      No one

      Thanks No one.. next part inee 8th junga..???

  11. unique

    heheh…. thanks ifaam

    1. Ifaam
      unique

      Welcome unique ?.. hope you enjoyed this episode ???

  12. Ham

    Salhi varah mi baives…but in my point of view mikahala stories liyaa iru varah careful vaan jeheyne mi zamaanuge gothun…next part avahah kiyaalan libeyne kamah heekuran???❤

    1. Ifaam
      Ham

      Thanks Ham.. ???yah.. varah Gina meehun thihen eba buney

  13. Shihafa

    I’m really interested in this it’s a nice story . I just can’t wait for the next part v different from other stories..

    1. Ifaam
      Shihafa

      Thanks shihafa..???… Next episode 8th June ga. ..

  14. unique

    yup every episode

    1. Ifaam
      unique

      ????

  15. Shaee

    Masha allah?? so interesting unique storyeh miaee vvvvvvvvvvvvv reeethi ????

    1. Ifaam
      Shaee

      Thanks a lot shaee ??

  16. Sid

    Kon irakun dhen mivaahakaige aa part eh kiyaalan libeynee. Can’t wait to read a new part

    1. Ifaam
      Sid

      Sorry ?.. busy kamun adhi nuvegen miulheny.. ?? 14th ga up kollaanan ?

  17. Nuxeesh

    Avahah up kohdheeba waiting waiting

    1. Ifaam
      Nuxeesh

      Sorry nuxeesh. . ?.. 14th ga up kollaanan ?

  18. unique

    ifaam kihineih vee bxy dhw vvv bodah……….. feeling so sooo bad missing the story vv badly……heheh

    1. Ifaam
      unique

      Yah. Aslus Varah busy dhuvas kolheh. . But don’t worry … 14th ga up kollaanan.. ??.. thanks for your support ?

  19. Samm

    Whnnn nxt part….waitin 4r next part……………

    1. Ifaam
      Samm

      Sorry ? .. busy kamun adhi nuvegen miulheny… 14th ga up kollaanan. . Thanks for your support ?

  20. Xaaa

    Kobatha…… Waiting… Konme dhuvahaku check kurevey… Mi story ah.. Plx upload it

    1. Ifaam
      Xaaa

      Hey sorry guys . . ??Varah busy koh miulhuny midhuvas kolhu.. ??14th ga upload kuraanan .. thanks ??

    2. Ifaam
      Xaaa

      Hey Xaa.. sorry ??.. busy kamun adhi nuvegen miulheny… But 14th ga up kollaanan ?.. thanks for your support ?

  21. unique

    thanks ifaam….. vv miss vaane mi unique story ah… hihih… will wait

    1. Ifaam
      unique

      Thanks ??.. lots of love ???

Comments are closed.