Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އާދޭސް ކުރާ ހިތްވޭ ރޮމުން (39)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
June 5, 2018 9 Mins Read
32 Comments

“އަންޖު” އައިލީޝް ދެވަނަ ފަހަރަށް ކުޑަ އިރުކޮޅެއް ފަހުން ފަށަން އުޅުމާއެކު ރާސިލް އެދިމާލަށް އައިސް އައިލީޝް ގެ އަތުގައި ހިފާލިއެވެ. އަދި އެ އަތް މަޑުމަޑުން އެނދުމަތީގައި ބާއްވާލިއެވެ. އެއަށްފަހު އޭނާ ޝަހާދަތް އިނގިލި އޭނާގެ މެއާ ދިމާލުގައި ޖައްސާލަމުން ދެވަނަ ހަރަކާތުގައި ދެއަތް މޭމަތީގައި ހުރަސްކޮށްލިއެވެ. އެއަށްފަހު ދެވަނަ ފަހަރަށް އެ ޝަހާދަތް އިނގިލި އައިލީޝް އާ ދިމާލަށް ދިށްކޮށްލިއެވެ.

ރާސިލް އެބުނަނީ ކީކޭކަން އެނގުމާއެކު އައިލީޝް އަށް ހައިރާންކަން ލިބިގެން ދިޔައެވެ. އެއާއެކު އެ ހިތުގައި އުފާވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވާން އުޅުނުހެން ހީވިއެވެ. އެހެންނަމަވެސް އެކަން އެ ގޮތަށް ވުމުގެ ބަދަލް ގައި ކަންތަށް ދިމާވީ އިދިކޮޅަށެވެ. އައިލީޝް ގެ ދެލޯ މެރިގެން ދިޔައެވެ. ދެން ފައިބަން ފެށީ ތާޒާ ހޫނު ކަރުނައެވެ. ކިތަންމެ ވަރަކަށް ނުރޯން މަސައްކަތް ކުރިޔަސް އޭނާގެ ހަށިގަނޑު އެކަމަށް އިޖާބަ ނުދިނީއެވެ.

އަނެއްކޮޅުން ދާނިޝް ވެސް ހުރީ  އެ ހަރަކާތްތަކަށް ބަލާށެވެ. ރާސިލް ދަސްކުރި އެ ހަރަކާތް ތަކަކީ އޭނާ އައިޅީޝް ހޭލާ އިރަށް ތައްޔާރުވިގޮތެވެ. އޭނާ އައިލީޝް ދެކެ ވާ މަތިވެރި ލޯބީގެ އަލިގަދަ ހެއްކެތްކަން ޔަގީނެވެ. ރާސިލް އާއި އޭނާއާ އި ދެމެދު އޮތް ރުޅިވެރިކަމުގެ ފާރުވެސް މިހާރު ފުނޑުފުނޑު ވެފައި ވާއިރު އަދިވެސް އެ ހިތުގައި ކޮންމެވެސް ވަރަކަށް ހިންހަމަ ނުޖެހުން ރާސިލް އާ މެދުވެއެވެ. އެހެންނަމަވެސް މިހާރަކަށް އައިސް އޭނާ އަށް ނޭގިނަމަވެސް ރާސިލް އާއެކު އައިލީޝް ވުމަށް އެދެވެން ފެށިއެވެ.

އައިލީޝް އެންމެ ފަހު ވަގުތު އޭނާގެ ގާތުގައ އެދުނު އެދުން އޭނާ ވާނީ ފުރިހަމަ ކޮށްދީފައެވެ. އޭނާ އާ ރާސިލް ދުރުނުކުރުމަށެވެ. ދާނިޝް އައިލީޝް އާ ރާސިލް ދުރެއްނުކުރެއެވެ. އެދަރިފުޅާވެސް މެއެވެ. ހަމަގައިމުވެސް ރާސިލް އައިލީޝް އަށް ޓަކާ ކުރި އިންތިޒާރަކީ ހާދަ ދިގު އިންތިޒާރެކެވެ. އެހެންނަމަވެސް އޭނާ އައިލީޝް ބޭނުންވާ ގޮތާ ވެސް ދެކޮޅެއް ނަހަދާނެއެވެ.

އަންޖުމް ހުއްޓާ ދެމީހުން ވަކިވާނަމަ ހަމަ ގައިމުވެސް އެކަމުގެ އަސަރު އެ ދަރިފުޅަށް ވެސް ކުރާނެއެވެ. އެ ދަރިފުޅަށް އާދަވެފައި ހުރީ ބައްޕަ ގެ ލޯތްބެވެ. ބައްޕަ އާ ނުލާ އެ ދަރިފުޅަށް އުޅެވިދާނެހެއްޔެވެ؟. ދެމީހުން ކުރެ އެކަކު ނަގަން ޖެހިއްޖެ ނަމަ އަންޖުމް ނަގާނީ ރާސިލް ކަމާމެދު ދާނިޝް އެއްވެސް ޝައްކެތް ނުކުރެއެވެ.

ދަރިފުޅަށް މީރުހާ އެއްޗަކާ އެ ދަރިފުޅު ދެރަވާ ކަންތަކާ އުފާވާ ކަންތަށް އެންމެ ރަނގަޅަށް އެނގޭނީ ރާސިލް އަށެވެ. އައިލީޝް އަކަށް އެއިން އެއްވެސް ކަމެއް ނޭނގޭނެއެވެ. ހިތަށް އަންނަމުން ދިޔަ ހިޔާލް ތަކުން އޭނާ އަށް ނުކުމެވުނީ އަންޖުމް ގެ އަޑަށެވެ.

“މަންމީ… ޑެޑީ ދެކެ ރުޅިތަ؟ މާ ބޮޑަށް ދެރަވީތަ؟” އަންޖުމް އެ ދިމާލަށް ޖެހިލަމުން އަހާލިއެވެ. އެއާއެކު ލޯ މަރަޅާއިގެން އޮތް އައިލީޝް އަށް ވެސް ލޯ ހުޅުވާލަން މަޖުބޫރުވިއެވެ. “މަންމި ދެން ނުރޮއި… ޑެޑީވެސް ރޮވިދާނެ… ޑެޑީ މިހާރުވެސް ކޮންމެ ރެއަކު ރޮއި…” އަންޖުމް އެއްވެސް ފިކުރެއްނެތި އެ ކުޑަ ކުޑަ ސިކުނޑިއަށް ވިސްނެމުން ދިޔަ ގޮތަށް ވާހަކަ ދައްކަމުން ދިޔައެވެ.

އައިލީޝް އަށް އިރުއިރުކޮޅަކާ ބެލެނީ ރާސިލް އަށެވެ. ދެން އަންޖުމް އަށެވެ.

ވަކި ހިސާބަނުން އޭނާގެ ނަޒަރު ހުއްޓުނީ ދާނިޝް ގެ އަތުގައި ހިފާލައިގެން ހުރި ޒީޝާ އަށެވެ. އައިލީޝް ގެ އިޝާރާތާއެކު ޒީޝާ އައެވެ. އައުމުން އައިލީޝް ޒީޝާގެ ގައިގައި ބައްދާލިއެވެ. އޮށޯވެ އޮވެގެންނެވެ. ދާނިޝް އާއެކު އެ ގޮތަށް ފެނުމުން އޭނާ އަށް ވެސް އެދެމެދުގައި އޮތް ގުޅުން ލަފާ ކޮށްލެވުނެވެ. އޭނާ އަށް ފެނުމާއެކު އެ ދެމީހުން އތް ދަމައިގަތް ގޮސް އަދިވެސް ސިފަވަނީއެވެ. ޒީޝާގެ ގައިގައި ބައްދައިލުމާއެކު އައިލީޝް އަށް ރޮވުނެވެ. “އައިލީ… ރޮންޏާ ޒީ ވެސް ދެރަވޭނޭ… ހަތަރު އަހަރު ފަހުންނޭ މިދިމާވީ ދެން ކީއްވެ ރޮނީ” ޒީޝާ އަހާލިއެވެ.

ޒީ އަބަދުވެސް ހުންނާނަމޭ އައިލީ ގާތު މީގެ ފަހުން އިންޝާ ﷲ… އޭޒް އަ ފްރެންޑް… އޭޒް އަ ސިސްޓަރ” ޒީޝާ އެހެން ބުނެލަމުން ތެދުވިއެވެ. ޒީޝާ ތެދުވުމާއެކު ދެން އަނެއްކާވެސް އައިލީޝް ގެ ނަޒަރު ހުއްޓުނީ ރާސިލް އަށެވެ.

“ދޮންބޭ…މަންމާ… ޒީ… ކޭން ވީ ހޭވް ފައިވް މިނިޓްސް ޕްލީޒް” ރާސިލް ބުނެލިއެވެ. އޭނާ ބޭނުންވީ އެ ކުޑަ ކުޑަ އާއިލާ އެކުގައި ކުޑަ ވަގުތު ކޮޅެއް ހޭދަ ކޮށްލާށެވެ. އައިލީޝް އާއެކޫގައި ވަގުތު ކޮޅެއް ހޭދަކޮށްލާ ށެވެ.

އަންޖުމް އާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ. ދާނިޝްމެންވެސް އެކަކު އަނެކަކަށް ބަލާލުމަށްފަހު ނުކުތެވެ. އޭރު ޑޮކްޓަރުންނާ ނަރުހުންވެސް އެ ކޮޓަރިއަކު ނެތެވެ.

ރާސިލް އެތާ ހުރި ގޮނޑި ދަމާލާފައި އައިސް އިށީނެވެ. އަދި އޭނާގެ އެއްފައިމަތިގައި އަންޖުމް ބައިންދާލިއެވެ. އެއަށްފަހު އަންޖުމް ގެ އަތް ގެންގޮސް ރާސިލް އައިލީޝް ގެ އަތުގައި ޖައްސާލިއެވެ.

“އައިލީ… މީ އައިލީގެ ދަރިފުޅު… އަހަރެންގެ ދަރިފުޅު… އަހަރެމެން ދެމީހުންގެ ދަރިފުޅު… މީ… އައިލީ…. އައި އެމް ސޮރީ…” ރަސިލް އަށް އިސްޖަހާލަމުން ބުނެލިއިރު ބަސްތަށް ވެސް އައީ ބުރިބުރި ވެގެންނެވެ. އަޑުގައި މަޑު ތުރުތުރެއްވެއެވެ. އޭރު އަންޖުމްވެސް ދެމީހުންނަށް ބަލަން ހުއްޓެވެ. އޭނާ މަޑުމަޑުން ރާސިލް ގެ އަތް ގެންގޮސް އައިލީޝް ގެ އަތަށް ލައިދިނެވެ. އަދި އޭނާގެ ތުއްތު އަތް ގެންގޮސް އެ ދެމީހުންގެ އަތުގެ މަތީގައި ބާއްވާލިއެވެ.

“ފެމެލީ ކޮންޕްލީޓް” އަންޖުމް ބުނެލިއެވެ. އަންޖުމް ގެ އެ އަމަލުންނާ އެ ތުއްތު އަނގައިން ބޭރުވި ޖުމްލައިގެން ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ބަލާލެވުނެވެ. ހަމަގައިމުވެސް އެ ކުޑަ ކުޑަ ވަގުތު ކޮޅުގައި ދެމީހުންގެ ހިތަށްވެސް ތަފާތު ގޮތެއްވެގެން ދިޔައެވެ. ހަތަރު ކަޅި ބައްދަލުވި ވަގުތު ކުރެވުނު އިހްސާސް އެކަކަށް ވެސް ދުލުން ބަޔާން ކޮށްދޭން ފަސޭހަ ކަމަކަށް ނުވިއެވެ. ހަމަގައިމުވެސް ދެމީހުންގެ ހިތުގައިވެސް އުފާވެރި ލޯބި ލޯބި އާއިލާއެއްގެ ގޮތުގައި ވުމަށް އެދުން ގަދަވިއެވެ.

އެކަކުވެސް ވާހަކަ އެއްނުދެއްކައެވެ. އައިލީޝް އަތަށް އެއްވެސް ހަރަކާތެއް ގެންނަން ގަސްތު ނުކުރާއިރު ރާސިލް އައިލީޝް ގެއަތަށް ބާރަށް ފިތާލިއެވެ. އެހެންނަމަވެސް ތަދުނުވާގޮތަށެވެ. ދެން ދެމީހުންގެ ނަޒަރުވެސް ހުއްޓުނީ ހިނިތުންވެލައިގެން އިން އަންޖުމް އަށެވެ. “މައި ކޮންޕްލީޓް ފެމެލީ” އަންޖުމް ދެންވެސް ބުނެލިއެވެ. އޭރުވެސް އެ ނަޒަރު ހުއްޓީފައި ހުރީ ރާސިލް އާއި އައިލީޝް އަދި އޭނާގެ އަތަށެވެ.

ދެމީހުންނަށް އެނބުރި ދެމީހުންގެ ލޮލަށް ބަލާލެވުނެވެ.

އަންޖުމްގެ ލޯބި ވެތި އެތަކެއް ވާހަކަތަކަކުން އައިލީޝް ގެ މޫނުމަށްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. އެ ލޯބިވެތި ބީހުންތަކުން އެ ހިތް އުފަލުން ފުރާލިއެވެ.

އެދުވަހާ އެރޭގެ ހުރިހާ ވަގުތެއް އާއިލާގެ ހުރިހާ އެންމެން ހޭދަކުރީ އައިލީޝް ގާތުގައެވެ.


ރޭގަނޑުގެ ވަގުތެވެ. އިއްޔެގައި އައިލީޝް ހޭއެރިފަހުން އަދިވެސް އެއްފަހަރު ރާސިލް ގެއަކަށް ނުދެއެވެ. އޭނާ ގެ ހުރިހާ ވަގުތެއްވަނީ އައިޅިޝް އަށް ހާއްސަ ކުރެވިފައެވެ. ހުރިހާ އެންމެންވެސް ތިބީ ރޫމް ގައެވެ.

އައިލީޝް ދެން ބަލާލީ ހިޝްމާ އަށެވެ. އުފާވެރިކަމުގެ ހިނިތުންވުމެއް ތުންފަތުގައި ވުމާއެކު ވެސް ކަރުން ފޮހެލި ގޮތުން އޭނާ އަށް ހިޝްމާ އެ ރޮނީ އުފަލުންކަން އެނގުނެވެ. އެވަގުތު އެ ތުންފަތަށް ވެސް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އައިލީޝް ގެ ނަޒަރު ހުރި ދިމާލަށް ރާސިލް ވެސް ބަލާލިއެވެ. އެއާއެކު އޭނާ އަސް ވެސް ހީލެވުނެވެ. “ރާސިލް އަށް އެނގޭތަ؟. ޝީޒް މައި…” އައިލީޝް މަޑުމަޑުން ހަރަކާތް ކުރިއެވެ.

“ދޮން މަންމަ” ރާސިލް މަޑުމަޑުން ބުނެލިއެވެ. އެއާއެކު އައިލީޝް މަޑުމަޑުން ބޯޖަހާލިއެވެ. އިވިގެން ދިޔަ ހަގީގަތުން އައިލީޝް ސިހުނުކަން ރާސިލް އަށއ އެނގުނެވެ. ރާސިލް އަށް އެ ހަގީގަތް އެ ނގުނީ ކިހިނެތްބާ އޭ އައިލީޝް ގެ ހިތަށް އެރިއެވެ.

“ޔޯ މޯމް ޓޯލްޑް މީ” ރާސިލް ބުނެލިއެވެ. އައިލީޝް ބޯޖަހާލިއެވެ. ދެވަނަ ފަހަރަށް ދާނިޝް ގާތު ހުއި ޒީޝާ އަށް ނަޒަރު ހުއްޓާލުމާއެކު އޭނާ ޒީޝާ އަށް ގޮވާލިއެވެ. އެއާއެކު ޒީޝާ އައިސް އައިލީޝް ގައިގައި ބައްދާލިއެވެ.


އެރޭވެސް ހުރިހާ އެންމެން ގެއަށް ފޮނުވާލުމަށްފަހު ރާސިލް މަޑުކުރީއެވެ. އޭރު އައިލީޝް އަށް ވަނީ ނިދިފައެވެ.

ރާސިލް ގޮނޑީގައި ލެނގިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ވަރަށް ވަރުބަލި ގޮތަކަށް ނިތްކުރިމަތީގައި އަތް ކާތާލިއެވެ. ހީވީ ބޮލުގެ ރިހުމަށް ކުޑަ ލުޔެއް ދޭން ބޭނުންވިހެންނެވެ.

ދެވަނަ ފަހަރަށް ބޮލުގެ އިސްތަށިގަނޑޫގެ ތެރެއަށް އަތް މަހާލުމާއެކު އޭނާ އަށް ލޯމަރާލިއެވެ. އަދި އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލިއެވެ. އަގައިން މަޑުމަޑު އާހެއް ބޭރުވެގެން ދިޔައެވެ. ގޮނޑިން ތެދުވެލާ އައިލީޝް އަށް ފުންކޮށް ރާސިލް ބަލާލިއެވެ. އަދި ގޮނޑިން ކުޑަކޮށް ތެދުވެލާ އައިލީޝް ގެ ނިތް ކުރިއަށް ބޮސް ދިނެވެ. އެއަށް ފަހު އެ ނިތް ކުރީގައި އަމިއްލަ ނިތްކުރި ޖައްސާލައިގެން އިރުކޮޅަކު އޮތެވެ. އެ ދެލޯ ބޮޑުކޮށް ހުޅުވިފައި ވާއިރު ނަޒަރު ހުއްޓިފައިވަނީ އައިލީޝް އަށެވެ. ލޯ މަރާލާ އަދިވެސް ކުޑައިރަކު ރާސިލް އޮތެވެ. އެއަށްފަހު އަނެއްކާވެސް ގޮނޑީގައި މަޑޫމަޑުން އިށީނެވެ. އަދި އެ އަތުގައި ހިފާލާ އޭނާގެ އަތުގެ ތެރެއަށް އައިލީޝް ގެ ކަނާއަތް ލިޔެވެ. މަޑުމަޑުން އެނދުގައި ބޯ އަޅާލެވުމާއެކު އޭނާ އަށް ނިދުނެވެ.

އޭރުވެސް އޭނާގެ އެތް އަތް އޮތީ އައިލީޝް ގެ އަތުތެރޭގައެވެ. ނިދުމުގެ ކުރިން ވެސް އެތަކެއް ފަހަރު ރާސިލް އައިލީޝް އާ ދިމާލަށް އެތަކެއް ފަހަރު މާފަށް އެދުނެވެ. އެތަކެއް ފަހަރު އާދޭސް ކުރިއެވެ. އެހެންނަމަވެސް އެ އަޑު އައިލީޝް އަށް ނީވޭ ނޭކަން އެނގިހުރެއެވެ.

ދަންވަރުގެ ވަގުތެވެ. މުޅި ހޮސްޕިޓަލް ގެ ތެރެއަށް ވެސް ވެރިވެފައިވަނީ އާދަޔާ ހިލާފް މަޑު މައިތިރިކަމެކެވެ. ހިނގާ ބިނގާވެ އުޅޭމީހުން މަދެވެ. ތަނުގެ އަލިވެސް ފަނޑުވެފައި ވަނީ ވޯޑްތަކާއި މީހުން ބޭނުންނުކުރާ ހިސާބުތަކުގެ އިތުރުން މީހުން މަދު ހިސާބުތަކުގެ ހުރި ބައެއްބޮކިތަށް ނިއްވާލާފައި ވާތީއެވެ.

ރާސިލް ގެ ބޮލަށް އާދަޔާ ހިލާފަށް އަރާމް ވަމުން ދިޔައެވެ. އިސްތަށިގަނޑުގައި ފިރުމަމުން ދިޔަގޮތް ރާސިލް އަށް އަރާމް ވިއެވެ. އާދަޔާ ހިލާފް މަޑު މަޑު އަތެއްގެ އިހްސާސް އޭނާ އަށް ކުރެވެމުން ދިޔައެވެ. އަރާމް ކަމާއެކު މަޑުމަޑުން އޭނާ އަށް އޮވެވުނެވެ. އިރުކޮޅަކުން އެ ހަރަކާތަށް މަޑު ޖެހުމެއް އައެވެ. “އަދި ހަދާބަ.. އަރާމޭ” ނިދިއަޑުން ރާސިލް އަށް ބުނެވުނެވެ. އަދި މަޑުމަޑުން އަތް ހިއްލާލާ އެ އަތުގައި އަތް ޖެހޭތޯ އުޅުނެވެ. އަތް ޖެހުމާއެކު އޭނާ މަޑުމަޑުން އެއަތް ގެންގޮސް އަމިއްލަ ބޮލުގައި ޖައްސާލިއެވެ. އަދި އެ ކުރިން އަމަލް ކުރި ގޮތަށް އަމަލް ކުރަން އެދުނެވެ. މިފަހަރުވެސް އެ އަމަލް ތަކުރާރު ކުރުމާއެކު އޭނާ އަށް އެ އާދަޔާ ހިލާފް އަރާމް ވިއެވެ.

ދެބަދޭތެރޭގައި އޮތް ރާސިލް އަށް އަދިވެސް އެ އަމަލް ތަކުރާރުވުމަށް އެދެވުނީއެވެ. އެހެންނަމަވެސް އެތަނުގެ ވަގުތާ ހާލަތު މަތިން އޭނާ ހަނދާން ނެތުނީއެވެ.

ލޯ ހުޅުވާލިއެވެ. އަދި އެހެން އޮވެލިއެވެ. އޭރުވެސް ބޮލުގައި މަޑުމަޑުން މީހަކު ފިރުމަމުން ދިޔައެވެ. އެ އޮތްގޮތަށް އޮވެ ކަޅި ހިންގޭ ހިސާބުގައި ހުރި ހުރިހާތަނަކަށް ރާސިލް ނަޒަރު ހިންގިއެވެ.

އައިލީޝް މަތިން ހަދާންވީ ކުއްލިއަކަށެވެ. އެއާއެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ވަގުތުން ނަޒަރު ހުއްޓާލެވުނީ އައިލީޝް އާ ދިމާލަށެވެ.

ރާސިލް އާ ދިމާލަށް ބަލަހައްޓައިގެން އޮތް އައިލީޝް ފެނި އޭނާ އަށް ގޮވާލެވުނެވެ. “އައިލީ” ރާސިލް ބުނެލިއެވެ. އައިލީޝް އެއްވެސް ހަރަކާތެއްނެތި ރާސިލް އާ ދިމާލަށް ބަލަން އޮތް ގޮތުން ރާސިލް އަށް އައިލީޝް ގެ އަތުގައި ހިފާލެވުނެވެ. “ސޮރީ” އައިލީޝް ރާސިލް އިން ނަޒަރު ވަކިކޮށްނުލުމުން ރާސިލް ދެންވެސް ވާހަކަ ދެއްކިއެވެ.

“އައި ލަވް ޔޫ” އިސްޖަހާލަމުން ރާސިލް ބުނެލިއެވެ. އަދި މަޑުމަޑުން އައިލީޝް ގެ އަތުން ދޫކޮށްލިއެވެ. އެހެންނަމަވެސް ސިހުނީ އަނބުރާ އެ އަތުގައި އައިލީޝް ހިފެއްޓުމުންނެވެ. ކުޑަކޮށް ތެދުވަން އައިލީޝް އުޅުމާއެކު ރާސިލް އަށް ވެސް ގޮނޑިން ތެދުވެވުނެވެ. އަދިވެސް އައިލީޝް ގެ ހަށިގަނޑު ނުހަނު ބަލިކައްޓެވެ.

“އިޓްސް އޯކޭ… ރެސްޓް ކޮށްލާ” ރާސިލް އެދުނީ އައިލީޝް ގާތު ރެސްޓް ކުރުމަށެވެ. އެހެންނަމަވެސް އައިލީޝް އޭނާ އަރާމް ކުރާކަށް ބޭނުމެއް ނޫނޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ. ރާސިލް ތެދުވެ މަޑުމަޑުން އައިލީޝް ގެ އުނަގަނޑުގައި އަތް އަޅުވާލަމުން ތެދުވަން އެހީތެރިވުމަށް މަސައްކަތް ކުރިއެވެ. އައިލީޝް ގެ ގައިގައި އެއްވެސް ވަރެއްނެތް ކަން އެވަގުތުވެސް ރާސިލް އަށް އެނގިގެން ދިޔައެވެ. އޭނާ ދެންވެސް އަރާމް ކުރުމަށް އެދުނެވެ. “އައިލީ ރެސްޓް ކޮށްލާ”

އެހެންނަމަވެސް އައިލީޝް ގަދަ ހެދިގޮތުން އޭނާ އެކަން ބޭނުން ނުވާކަން އެނގުނެވެ. އޭނާ ބާއްވަން އުޅުމުން ވެސް އެކަމަށް އައިލީޝް އެއްބާރުލުމެއް ނުދިނެވެ.

ރާސިލް ގާތު އައިލީޝް އެދުނީ އެނދުގައި އިށީނުމަށެވެ. ދެވަނަ ވިސްނުމަކާ ނުލާ ރާސިލް އެނދުގައި އިށީނެވެ. އޭރުވެސް އޭނާގެ އަތް އޮތީ އައިލީޝް ގެ އުނަގަނޑުގައި އަޅުވާލެވިފައެވެ.

ރާސިލް އިށީނދި ހަމެޖެހިލުމާއެކު އައިލީޝް މަޑުމަޑުން އޭނާގެ ހަށިގަނޑު ރާސިލް އާ ދިމާލަށް ގެނައެވެ. އަދި އެ ހަށިގަނޑުގައި ލަށްކޮށްލިއެވެ. ގަޑި ބަލާލިއެވެ. އޭރު ދެއެއްޖަހަނީއެވެ.

އައިލީޝް ވެސް ރާސިލް ގެ މޭގައި ބޮނޑިވެލީ އޭނާ ވެސް އެގޮތަށް ބޭނުންވެފައި ހުރި ފަދައަކުންނެވެ. ރާސިލް ވެސް އައިލީޝް ބޭނުންގޮތަކަށް ކަންތަށް ކުރަން ދޫކޮށްލައިގެން އިނެވެ.

އިރުކޮޅަކުން އޭނާގެ މެއާ ދިމާލުން ތެތް ކަމެއް އިހްސާސް ވުމާއެކު އޭނާ އަށް އައިލީޝް އާ ދިމާލަށް މޫނު ދިއްކޮށްލެވުނެވެ. އަދި ދަތް ދޮޅީގައި ހިފަމުން އައިލީޝް ގެ އިސް އުފުލުވާލެވޭތޯ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަމަށް އައިލީޝް އެއްބާރުލުމެއްނުދިނެވެ. ރާސިލް ދެފަހަރަކު މަސައްކަތް ކޮށްލުމަށް ފަހު ހުއްޓާލިއެވެ. ގަދަކަމުން އައިލީޝް ގެ އިސްއުފުލުވާލާ އަނިޔާ ދޭން ބޭނުންނުވީ ކަންނޭގެއެވެ.

އެހެންނަމަވެސް އެ އަމަލުން ރާސިލް އަށް އަސަރުކޮށްފިއެވެ. ވަރަށް އަސަރު ކޮށްފިއެވެ. މެއާ ދިމާލަށް ވަމުން ދާ ފިނީގެ އަސަރު ކުރިކަމުގައި ވިނަމަވެސް އެތެރޭން ހަންޖަރެއް ހަރާލެވޭ ކަހަލަ އިހްސާސް އެއް ކުރެވިގެން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްލެވުނެވެ. “އައިލީ…” ރާސިލް އަށް ގޮވާލެވުނެވެ. އަދި އަނެއްކާވެސް އައިލީޝް ގެ މޫނު ފެންނަ ގޮތަށް ނެގޭތީ އުޅުނެވެ. އެހެންނަމަވެސް މިފަހަރުވެސް އެކަން ކާމިޔާބް ވާނޭ ގޮތެއްނުވިއެވެ.

“އައިލީ ވަޓް ހެޕެންޑ” ރާސިލް ދެންވެސް ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް ރާސިލް ދައްކަމުން ދިޔަ އެއްވެސް ވާހަކަ އެއް އައިލީޝް އަށް އަޑު އިވުނު ކަމަކަށް ނުވިއެވެ. އައިލީޝް ހިންހަމަ ޖެއްސުވޭތޯ ތަފާތް ވާހަކަ ރާސިލް ދެއްކިއެވެ. އެކަމަކު އެއިން އެއްވެސް ކަމަކުން އައިލީޝް ގެ ރުއިން ހުއްޓޭ ގޮތެއްނުވިއެވެ. އެންމެ ފަހުން ގޮސްހުސްވެފައި ރާސިލް މަޑޫކޮށްލައިގެން އިނީއެވެ. އެ ރުއިމަށް ބަދަލެއް ނާދެއެވެ. އިރުކޮޅެއްފަހުން އައިލީޝް ގެ ރުއިން ހުއްޓި ނިދުމާއެކު ރާސިލް މަޑު މަޑުން އައިލީޝް ބާއްވާލިއެވެ.

އަދި ފޮތިގަނޑު އައިލީޝް ގެ ގައިމަތީގައި އަޅާލަމުން އެނދުވެސް އައިލިޝް އަށް ފަސޭހަ ވާނޭ ގޮތަށް ތިރިކޮށްލިއެވެ.


މެންދަމުގެ ވަގުތެވެ. ނުނިދި އެނދުމަތީގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް އިޒިކް އަށް ވިސްނެނީ މާދަމާ އާ ދޭތެރޭގައެވެ. މާދަމާ އަކީ ބޮޑުދުވަހެކެވެ. އެ ވިސްނުމުގެ ތެރެއިން އެންމެ ބޮޑަށް އެ ސިކުނޑިއާ ގުޅިފައިވަނީ މުސްކާން ގެ ހިޔާލެވެ. މާދަމާ ކޯޓް އަށް މާނިއު މެން ހާޒިއު ކުރެވޭއިރު ދާނިޝް އާއި ރާސިލް އާ ދާނެކަމުގެ ޔަގީންކަން ދީފައި އޮތުމާއެކު އިޒިކް އަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައި ވިނަމަވެސް މުސްކާން ގެ ގައިގައި އެފަދަ ހިތްވަރެއް ހުންނާނޭ ބާއޭ ހިތަށް އަރަނީއެވެ.

އެންމެ ފަހުން ހިތަށް އަރަމުން ދިޔަ ހިޔާލް ތަކުން ސަލާމަތް ނުވެވި މުސްކާން އަށް ގުޅާލިއެވެ. ފޯން ނަގާ ތޯއެއްނޫނެވެ. އެހެންނަމަވެސް އިޒިކް އެކޭ އެއްގޮތަށް ނުނިދު ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް މުސްކާން ފޯން ރިންގް ވުމާއެކު ދެވަނަ ރިންގުން ފޯން ނެގިއެވެ. މުސްކާން ނެގިލެއް އަވަސް ކަމުން އިޒިކް ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އެދުގައި ހަމަޖެހިލިއެވެ.

“މުސްކާން…” އިޒިކް ގެ އަޑުގައިވަނީ މަޑު މައިތިރިކަމެވެ. އޭސީގެ މަޑު އަޑު ފިޔަވާ އެހެން އެއްވެސް އަޑެއް ނުވާ އެ ކޮޓަރި ތެރޭގައި އިޒިކް ވާހަކަ ދެއްކީ ކިތަންމެ މަޑުން ކަމުގައި ވިނަމަވެސް އަޑު އައީ ނުހަނު ބާރަށެވެ.

އިޒިކް ދެންވެސް މުސްކާން އަށް ގޮވާލިއެވެ. ނުހަނު މަޑުން އެކޮޅުން މުސްކާން ވެސް ހޫމް އެކޭ ބުނެލި އަޑު އިޒިކް އަށް އިވުނެވެ. “އާރ ޔޫ ރެޑީ” މުސްކާން ގާތު އިޒިކް އަހާލިއެވެ. އެއާއެކު ފުން ނޭވާއެއް މުސްކާން ދޫކޮށްލި އަޑާއެކު ވެގެން އައި އާއެއްގެ އަޑޫ އިޒިކް އަށް އިވުނެވެ. ވަގުތުން އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “ދެޓްސް މައި ގާރލް” އިޒިކް ބުނެލިއެވެ. އެ އަޑު އައި ގޮތުން ވެސް މުސްކާން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ދެމީހުން އެތަށް ވަގުތެއް ވާހަކަ ދައްކަން ތިއްބެވެ. އިޒިކް ފޯން ކޯލް ނިންމާލުމަށްފަހު ވެސް ނިދާކަށް ގަސްތެއްނުކުރިއެވެ. ކޮންމެވެސް ކަމެއްގައި މަސްއޫލްވެގެން އުޅެނިކޮށް ނަމާދު ބަންގި ގޮވުމުން އޭނާ ދިޔައީ މިސްކިތަށެވެ.


ހެނދުނުގެ ވަގުތެވެ. އުޑުމަތި އޮތީ ނުހަނު ބަނަކޮށެވެ. އެހެންނަމަވެސް ވާރޭ އެއްނުވެހެއެވެ. ދާނިޝް އާއެކު ޒީޝާ ހޮސްޕިޓަލަށް ދިޔައެވެ.

ރާސިލް ހޮސްޕިޓަލް ގައި އިނދެފައި ހޭލެވުމާއެކު ކުރަންޖެހޭ ބައެއްކަންތަށް ތަށް ކުރިއެވެ. އެގޮތުން އައިލޝް ގެ ބޭސް ބަދަލް ކުރުމާ ޑޮކްޓަރު ބުނެފައިވާ ގޮތަށް އައިލީޝް އަށް ދޭންޖެހޭ ފިޒިއޯ ދޭން ފަށަން ވެގެން ކުރަންޖެހޭ ބައެއްކަހަލަ އިދާރީ ކަންތަކެވެ.

ގޮނޑީގައި ވަރުބަލިކަމާއެކު އައިލީޝް ގެ އަތުގައި ހިފާލައިގެން އިން ރާސިލް އަށް އައިލީޝް ބަލާލިއެވެ. އޭނާގެ ހިތުގައި އޮތް އެއް ސުވާލް ކޮށްލަން ކިތަންމެ ހާވެސް ބޭނުމެވެ. އެންމެން އޭނާ އަށް ޒިޔާރަތް ކުރާ އިރުވެސް ޒާހިދު ނާންނީ ކީއްވެހެއްޔެވެ؟.

އެހެންނަމަވެސް އެއްވެސް މީހަކާ އޭނާ އެ ސުވާލް ނުކުރަނީ ލިބިދާނެ ނުބައި ހަބަރަކުންނެވެ. އަމިއްލަ ބައްޕަ އޭނާގެ ސޫރަ ދެކޭކަށް ބޭނުމެއް ނުވެޔޭ ބުނާ އަޑު އޭނާ އަހާލީ ކިހިނެތް ހެއްޔެވެ؟.

އައިލީޝް ބަލަން އިން ގޮތުން ރާސިލް އަށް އެއްޗެއް ހީވިއެވެ. އެހެން ނަމަވެސް އެއްވެސްއެއްޗެއް އަހާލާކަށް ފުރުސަތެއްނުލިބުނީ އެވަގުތު ދާނިޝް އާއި ޒީޝާ އާއި ދެމީހުން ވަނީމައެވެ. އައިލީޝް އަށް ހައިރާން ކަން މިފަހަރުވެސް ލިބުނީ އެ ދެމީހުން އެއްކޮށް އައުމުންނެވެ.

“އައިލީ… އައި ހޭވް ޓް ގޯ” ރާސިލް އައިލީޝް ގެ އަތުގައި ހިފާލާފައި ތެދުވެ ނިތުގައި ބޮސްދެމުން ބުނެލިއެވެ.

އެއާއެކު އައިލީޝް އާއެކޭ ބުނެލިއެވެ.


ރާސިލް މެން އައިލީޝް ގާތު މަޑުކޮށްލާފައި ނުކުމެގެން ސީދާ ދިޔައީ ކޯޓަށެވެ. ޒީޝާ އައިލީޝް ގާތު ބަހައްޓާފައި ދާނިޝް އާއި ރާސިލް ދިޔައިރު އިޒިކް އާއި މުސްކާން ވެސް ކާރުން ފައިބަނީއެވެ. އެ ހިސާބުގައި ނޫސްވެރިންވެސް ފުދޭވަރަކަށް ގިނައެވެ. އަދިވެސް މާނިއު ކުރިން ރޭޕް ކުރީ ކޮން ކުއްޖެން ކަން ހާމަ ނުކުރާތީ މީޑިއާ ވަނީ އެ ހަބަރުތަށް އެނގުމަށްވެސް ކަންތަށް ބޮޑުވެފައެވެ. އަޑުތަށް ފެތުރިފައިވާ ގޮތުން ނަމަ ދާނިޝް އާއި ގުޅިފައިވާ ކޭސް އެކޭ ކިޔައެވެ. ސަބަބަކީ އެ ކަމުގައި ދާނިޝް ވެސް ހަރަކާތް ތެރިވަމުން ދިޔައީތިއެވެ.

“އަޅުގަނޑުމެންނަށް ބުނެލަ ދީފާނަންތޯ… މި ކޭސް އަކީ އިފްޝާ އާ ގުޅޭ ކޭސް އެއްތޯ… މީގެ ހަތް އަހރު ކުރިން ރޭޕް ކޮށްލި އިފްޝާ އާ ގުޅޭ މައްސަލައެއްތޯމޯ” ދާނިޝް ކާރުން ފޭބުމާއެކު އެ ތަނުގައި ހަރަކާތް ތެރިވަމުން ދިޔަ ނޫސްވެރިން ދާނިޝް ވަށާލިއެވެ.

“މި ކޭސް ގުޅިފައިވަނީ އިފްޝާ އާ ނޫންތޯ؟”

“އިފްޝާ އަކީ ތިޔަބޭފުޅާ ރޭޕް ކޮށްލި އަންހެން ކުއްޖާ އެއްނޫންތޯ؟”

“އެހެން ކުއްޖެއް ނުވަތަ މީހެއް ގެ މަތި މި އިލްޒާމް އަލުން އެޅުވުމުގެ ބޭނުމަކީ ކޮބާ؟”

“ވީ ހާރޑް ދެޓް އިފްޝާ އެންޑް ޔޫ… ބޯތް ވާރ އިން އަ ރިލޭޝަންޝިޕް…” ނޫސްވެރިންގެ ތަފާތު ސުވާލްތަށް ދާނިޝް އާ އަމާލް ވަމުން ދިޔައީތީ އޭނާ ރުޅިގަދަވާގޮތް ވިއެވެ. އެންމެ ފަހުން ކޮންޓްރޯލް އިން ނެއްޓޭ ހިސާބަށް ދިޔުމާއެކު އޭނާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނީ ދަތް ކުނޑި ވިކާލެވުމާއެކުގައެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އެޅީ ރާސިލް އެވެ. އެހެންނޫންނަމަ ދެންމެ އެތަނުން އެކަކަށް އޭނާގެ އަތުން ހަމަލާއެއް ރައްދުވީހެވެ.

“އަޑު އެހިން އެ ކުއްޖާ އެ ޅުވީ ދޮގު ތުހުމަތޭ…”

“ދާނިޝް އެއް ނޫންތޯ އިފްޝާ ރޭޕް ކުރީ” އިވެން ފެށި އަޑު އަކުން ކެތް ނުކުރެވިގެން ނޫސްވެރިންގެ ސަފުތަށް ފޫ އަޅުވާލާފައި ދާނިޝް އެތެރެއަށް ވަންނަން ހިނގައިގަތެވެ. ރާސިލް ވެސް ދާނިޗް ގެ ފަހަތުން ދިޔައެވެ.

ކޯޓަށް ވަދެ މީހުން ހަމަޖެހުމާއެކު ޝަރީއަތް ފަށަން ތައްޔާރުވިއެވެ. އިރުކޮޅަކުން ޕޮލިސް ވޭން އައެވެ. އޭގެން އެންމެ ފުރަތަމަ ބޭލީ މާނިއުއެވެ. އޭނާ ބޭލުމާއެކު ކޯޓް ގެ އެތެރެއަށް ވެއްދުނެވެ. މުސްކާން އާއި ދާނިޝް އާއި ރާސިލް ގެ އިތުރުން ޝިފާވެސް ދިޔައެވެ. މާނިއު ވަތް އިރު ވަންނަން ޖެހުނީ މުސްކާން އާ ދާދި ގާތުންނެވެ ކޯޓް ރޫމްގެ ތެރެއަށް ވަނުމާއެކު އޭނާ ގާތުގައި ހުރި ޕޮލިސް ކުއްޖާގެ ބަނޑުގައި އުޅަބޮށިކޮޅުން ޖަހާފައި ދެން ހުރި ޕޮލިސް މީހާގެ އަތުން ނައްޓާލާފައި މުސްކާން އާ ދިމާލަށް ދިޔައެވެ. އެ ދިޔަ ގޮތަށް ގޮސް އަތުގައި އަޅުވާފައި އޮތް ޗޭނުގަނޑާ އެކީ މުސްކާން ގެ ކަރުގައި ހިފިއެވެ.

މުސްކާން ގެ ކަރަށް ވާން ވުމާއެކު އަނގަ ތެރޭގައި ލޭ ރަހަ ލީ ކަރުން ލޭ އައުމުންނެވެ. ޕޮލިހުންގެ އިތުރު މީހުން އައިސް މާނިއު މަތަ ކުރެވުނެވެ. ނޭވާ ނުލެވި ތެޅެމުން ދިޔަ މުސްކާން އަށް ހަމަނޭވާއެއް ލެވޭ ވަރުވީ އިޒިކް އޭނާގެ ބުރަކަށީގައި ދެފަހަރަކު ޖަހާލުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހިތަކުން ނުފިލާނެ

Next

ވަންހަނާ – 03

Next
June 5, 2018

ވަންހަނާ – 03

Previews
June 5, 2018

ހިތަކުން ނުފިލާނެ

32 Comments!

  1. mary says:
    June 5, 2018 at 9:28 pm

    Hey 1st dhww

  2. Hi Mi says:
    June 5, 2018 at 9:29 pm

    Assalaam Alaikum. kobaa readers kihinehtha?. miothy story up kohaalafa. himi buneli gothah long part eh mi. kuree part ah vure maa bodah ves long vaane. dhen mihaar maaniu mennna adgabu dheyn jehey vaguthu ai hen himi ah heevani hehe. dhen readers beynun vani emeehunah KON KAHALAA ADHABEH DHEYN?. hehe. vvv ufaavey thidhey support ah.
    JAZAKUMULLAH KHAIRAN. 🙂

  3. Aina says:
    June 5, 2018 at 9:41 pm

    Vvvv reethi.

  4. someone says:
    June 5, 2018 at 9:41 pm

    nice

  5. Shaaaa says:
    June 5, 2018 at 9:48 pm

    Wow varah salhi

  6. Mixuhan says:
    June 5, 2018 at 9:52 pm

    Varah salhi…interesting…kiyaa hithun indha thi nimmaalee…when is the next part??.. Love this story

  7. Aileesh says:
    June 5, 2018 at 9:54 pm

    Varah reethi mi part ves…keep it up himi???❤❤❤??dhen ahna part kon irakun?

  8. £@t#un says:
    June 5, 2018 at 10:03 pm

    Himi haadha rangalhey??.hama buni dhuvaha vaahaka thi up kohlee. Varah salhi mibaives. Umuru dhuvahuge jaluhukumeh maaniu mennah an un edhenee… hehe.

  9. Afy says:
    June 5, 2018 at 10:09 pm

    Masha Allah Vvvv reethi mi part vs.? ??. Vaahaka nimendho e ulhenee . adhi kithah part hi mi.❤️

  10. Betty says:
    June 5, 2018 at 10:18 pm

    I was waiting for it. Mi part ves varah reethi and you’re one of my favorite. ❤❤❤
    Waiting for the next part ?

  11. Blue beauty says:
    June 5, 2018 at 10:20 pm

    Varah reethi mi part ves….waiting for next part ???

  12. Any says:
    June 5, 2018 at 10:23 pm

    Alhey hadhamolhey himi masha Allh great story I love it ❤❤❤❤❤❤❤??????

  13. Nunnu says:
    June 5, 2018 at 10:38 pm

    Masha Allah vv reethi mi part ves
    Nunnu beynun vanee varah harukashi adhabeh liben
    Ey emeehun kuree ehves meehakah maaf dheveynee varu kameh noon dho
    Emeehun ge saba bun kushehnei kuhjeh dhuniye dhookoh fi ehenveema
    So when next part

  14. Virasha says:
    June 5, 2018 at 10:39 pm

    Vvvvvvvvvvvvvvvvvvvvvvvvvvv nice… whn nxt prt HIMI

  15. Shafaq says:
    June 5, 2018 at 10:41 pm

    Maasha Allah… vv v reethi mi part ves… dhen anna part kiyaahithun kehmadhuvefa mihaaruves… thank you so much hi mi.. best story ever..??

  16. Plx says:
    June 5, 2018 at 10:42 pm

    Alhey..make aily speak..

  17. Pinky shifoo says:
    June 5, 2018 at 10:43 pm

    Wowwww ❤️❤️❤️???… Superb ???… Mi part vx Maa Sha Allah v v v v reethi n ehaame furihama ❤️❤️❤️???????????????… Haadha interesting ey Hi Mi ge stories ❤️❤️❤️??????????????????… Story kiyamun dhaairu manzaruthah hama sifavegen dhey ???… Hi Mi ge molhukamun Maa Sha Allah ❤️❤️❤️???????????????… Mi part vx v v emotional ❤️❤️❤️???… Fenkalhi vefa iny ailee ge baithah kiyaali iru ???… So finally ailee hishma dheke mi rulhi annaneee cause she is her stepmother dhw ???… Ur the best Hi Mi ❤️❤️❤️??????????????????… Story hama v v v salhi ???… Keep up the good work ❤️❤️❤️????????????… Curiously waiting for the next part ???… Lots of love and take care my favourite Hi Mi ❤️❤️❤️?????????????????????…

  18. unique says:
    June 5, 2018 at 10:50 pm

    im last ekamves kiyaafa comment eh kollaanan 🙁 🙁 🙁

  19. Mate says:
    June 5, 2018 at 11:03 pm

    Vrh reethi……???keep it up…..?????????

  20. annoying reader says:
    June 5, 2018 at 11:09 pm

    alhey varah reethi mi part ves. specially anju,rasil and aili ge scene. hehe cant wait for her to find out her bestfriend being sister in law. hmm finally those bastards are getting their punishment. maniu adhives islaahu vaakah noolheye dhw alhe fahe huriha enmen thihba muskan ah hamala dhini. i want them to serve life sentence in jail they deserve it for wat they did. waiting eagerly for the nxt part.

  21. Shann says:
    June 5, 2018 at 11:19 pm

    Alhe ailee ah vaahaka dhehkeyne nama dhw… Eyrah haadha happy vaaney… Haadha ryhchey mibaives… Sifakurun hama ehvanaey buneveyny… Anehbaives v v kiyaalaa hithun mihury… Alhamdhulihllah shann n babies iraadha kurehvihyaa hama v rangalhu… Hi Mi kihineh???

  22. Naadhee says:
    June 5, 2018 at 11:22 pm

    Wow v v v reethi. Next part ah inthixaaru kuran. Hithah araa komme dhuvahaku ves kiyaalan libeyne nama ey

  23. unique says:
    June 6, 2018 at 12:52 am

    oh my god!!! maaniu vany hama maraalan he is sooo bad… he thinks girls cant do anything n girl akah attack kuryma eynage cowardness eygein eba feney… anyways the story was as usaual superb, awesome n so on

  24. Xeyboooo says:
    June 6, 2018 at 1:30 am

    Story vv nice…❤️??❤️????????? but mistakes eba huri dhw writing ga ..adhabu 25 years ah dhy.they worth dhw Hama ..

  25. Xaaaan says:
    June 6, 2018 at 11:00 am

    Woooooooooooooow mi partves vvvvv reethi adhi ehaame salhi????????????Masha Allah haadha reechey aily haadha ufaavejjeyey ailyah ragalhuveema?????????❤❤❤❤❤haadha dhigu inthizaarekey?himi dhooni emeehunnah hahgu adhabu liben jeheyne umurah jalah laa haadhs nubai bayekey dhw eh maaniu ulheny adhives veevaru kudavegen ehenve anehkaa muskaange karuga eh hifee eynayah ingey dhen thimannayah salaamatheh nuveveynekan vvv rulhi aadhey eh thin meehun dheke?????????umurah jalahlaa thikahala kanthah thakaky mi muju thamauga mihaarakah ais vvv ginain hingaa kanthah gina faharu ekahala meehunnah adhabuves nulibey himi dhooni mi story in himi meehunnah angaa thi dheny vv gud msg eh thnx dear❤❤❤❤❤❤❤❤❤❤ himi dhooni muskaan n azikge partves vvv reethi ingey?????????waiting next part vvvvv kiyaa hithun ingey mi inny????????mis u dear bodu bodu koh????????????????????????????

  26. maya says:
    June 6, 2018 at 11:07 am

    wow himi hama buni dhuvahah up kohli bt maya ah adhi mikiyuny..hehe..aili is getting better dhw vv reethi ..anju is the cutest ..vv salhi emyhun umurah jalah fonuvaalaa..vaavarah mihaaru minivan kamaaeky ulhevijje kannenge dhw …btw dhen kn dhuvahakun up kohdheyny..eagerly waiting??????

  27. Ainthu says:
    June 6, 2018 at 11:53 am

    Masha allah v v reethi story

  28. shaa says:
    June 6, 2018 at 11:57 am

    haadha kurey. kiyan fehteema vaanuvaneyge. dhn vaa goih balan keih madhuvey.. kn dhuvas thakehga vaahaka up vanii..

  29. Nunnu says:
    June 7, 2018 at 11:21 am

    Koba tha next part
    Haadha Gina dhuvaheh
    Next part Thankolheh dhigu koh up kolladhechey

  30. READER says:
    June 7, 2018 at 8:16 pm

    Himi kobaatha? Bali rangalhu nuvanytha adhives? Avaa shifaa akah edhen ❤️ next part mirey up vaanetha?

  31. Saifeena says:
    June 7, 2018 at 8:57 pm

    Waiting for next part mireya vess 4 faharu mee upveethw check kolevunee hehe …varah reethi vaahaka

  32. Hi Mi says:
    June 7, 2018 at 9:55 pm

    Mirey 10 30 ga next ep kiyaalan libeyne. In Sha Allah.

Comments are closed.

Next Episodeއާދޭސް ކުރާ ހިތްވޭ ރޮމުން (40)←


All Right Reserved!