Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ބޭނުންވަނީ ޔާރާ… 14

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
June 6, 2018 7 Mins Read
5 Comments

“މީހެކޭ.. މީހެކޭ މަސަލާމަތްކުރޭ.. ” “މަކައިފިޔޯ.. މީހެކޭ.. ” ވާނުވާ ރޭކާ ނުލާހާލު ރިޒާ އަޑުގެކޮޅަށް ގޮވަންފެށިއެވެ. އޭރުވެސް އަންހެނެއްގެ ހުނުމުގެއަޑު އެކޯވެގެންއިވިއިވި ހުއްޓެވެ.

ތިންދުވަސް ފާއިތުވެދިޔައިރުވެސް ގާސިމްމެންނާއި އިތުރުސުވާލެއްނުކުރާތީ އެމީހުން އެތަނުން ބޭރަށް ނުނެރެއެވެ. ނަމަވެސް ކޮންމެރެއަކުވެސް އާބޮތްކެއް އެތާންގައި ހަރުކުރަން ޖެހުމާއި ދަންވަރު އެގޮޅީން ހަޅޭއްލަވާއަޑު އިވޭވާހަކަ ވަނީ މިހާރު މުޅިރަށުގައި އާންމުވެފައެވެ.

********

ރަޝްފާ ހޮސްޕިޓަލުން ދޫކޮށްލިނަމަވެސް ނައީމާ އަދިވެސް ވަނީ އެމަޖެންސީ ބައިގައިކަމުން ޖައިލަމް ސަލާމްބުނެފައި މަންމަގެ ހިދުމަތިގައި މަޑުކުރިއެވެ. އައިރާވެސް ޑިއުޓީ ނިންމާލާފައި ނައީމާކައިރީ މަޑުކުރިނަމަވެސް ލަޔަކް އައިސްފިނަމަ އަވަހަށް އެތަނުން ނިކުންނަނީ ކުރިންދުވަހުގެ ހާދިސާމަތިން ހަދާންވާތީއެވެ.

ލަޔަކްއައިސް ވަނުމާއެކު ނައީމާކައިރީގައި އިން އައިރާ ނިކުމެގެންދިއުމުން ޖައިލަމްވެސް އެބައަންނަމޭ ބުނެ ނިކުތީ އައިރާ އާއި ލަޔަކްއާއި ދެމީހުންގެ މޫނަށް އެރިކުލަވަރުގެ ސަބަބުންނެވެ.

އޮފީސް ނިންމާލުމަށްފަހު ހޮސްޕިޓަލަށް ވަދެގެން އައި ނާލްގެ ނަޒަރުގޮސް ހުއްޓުނީ ކުރިންދުވަހެއްގައި އޭނާގެ ހިތްފަތަހަކޮށްގެ ފިލި އަންހެންކުއްޖާ އާއި ދިމާއަށެވެ. ނަމަވެސް ހިތްނުތަނަވަސްވީ އެކުއްޖާގެ ކައިރީގައި ފިރިހެން ކުއްޖަކުހުރިތަން ފެނުމުންނެވެ. ކަނާތުން މޭގައި އަތްއަޅާލިއިރު ވައަތުން ބޮލުގައި އަތްފުނާއަޅާލަމުން އެނބުރުނު ނާލްމިފަހަރުވެސް ޖެހުނީ ވެއްޓެންދިޔަ އަންހެންކުއްޖަކު ސަލާމަތްކުރާށެވެ. އެކުއްޖާގެ އަތުގައިވާ ފޯނުން މެސެންޖާ ހުޅުވިފައިވުމާއެކު އެއީ ފޯނުތެރެއަށް ވަދެހުރެކަން ނާލްގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. ވެއްޓެންދިއުމާއެކު އެކުއްޖާ ދެލޯމަރާބާރުކޮށްލިގޮތަށް ނުހުޅުވާން ހުވާކޮށްގެން ހުރިފަދައެވެ. ނާލްގެ އަތަށް ވާޅުވުމުން މަޑުމަޑުން އެކުއްޖާނަގާ ކޮޅަށް ބައިންދާލުމާއެކު ލޯހުޅުވާލިއެވެ. އެވަގުތު ކައިރިން ފެނުނު ފިރިހެންވަންތަ ސޫރަޔާއެކު އެކުއްޖާ ސިހުުންލިބުނުކަން ނާލްއަށްވެސް ފާހަގަވިއެވެ. އަވަސްއަވަހާ ހިނގާލާފައި ދުރުގައިތިބި އަންހެންކުއްޖާ އާއި ފިރިހެން ކުއްޖާއާ ދިމާއަށް އެކުއްޖާ ދިޔައީ ފަހަތްބަލާވެސް ނުލައެވެ.

ނާލް އަށް އެރޭ ނިދަން އުޅެއުޅެވެސް ނިދޭގޮތެއްނުވިއެވެ. ނަންނޭގޭ އެއަންހެން ކުއްޖާއާއި މިއަދު ދިމާވިފަހުން އަބަދުހެން އެކުއްޖާގެ ހިޔާލު އާވަނީއެވެ. ނަމަވެސް ހިތުގެކަނަކުން ފެހިކުލައިގެ ލޮލުގެވެރިޔާ އާމެދުގައިވެސް ޝައުގުވެރިކަމެއް ވެއެވެ.

އާންމު ހާލަތަށް ބަދަލުވުމާއެކު ނައީމާގެއަށް ބަދަލުކުރާވަގުތު އައިސްޖެހުނެވެ.  ޖައިލަމްއިނީ ހަދާނެގޮތެއްނޭންގި ކަންބޮޑުވެފައެވެ. ބައްޕަގެ ސަބަބުން ކިތަންމެ އެކީގައިއުޅުނަސް މިހާރު ލަޔަކް ކައިރީ ކަމަކުއެދޭން އޭނާ ފަސްޖެހެއެެެވެ. އަނެއްކާ ރަޝްފާއަށްވެސް އެހެން ދިމާވީ އެހުރިހާ ހަޤީޤަތެއް އެނގުމުންކަން ވަނީ ހުދު ރަޝްފާގެ އަނގައިން ބުނެފައެވެ. ވިސްނުމަކަށް ގެއްލިފައި އިން ޖައިލަމް ސިހުނީ އެވަގުތު އެތަނަށް ވަދެގެން އައި ރަޝްފާ އާއި ލަޔަކް ފެނުމުންނެވެ.

“ކޮބާ އަދިވެސް ޑިސްޗާޖް ސަމަރީ ނުލިބޭތަ.. ” ލަޔަކްއައިސް ޖައިލަމްގެ ކޮނޑުގައި އަތްއަޅުވާލަމުން އެހެންބުނިތަނާއެކުހެން ނަރުސްކުއްޖަކު އައިސް ޑިސްޗާޖް ސަމަރީ ހަވާލުކޮށްލިއެވެ. “ހިނގާ އަވަހަށް ދާން ތައްޔާރުވެލަމާ ” އޯގާތެރިކަމާއެކު ރަޝްފާއައިސް ނައީމާބުރަކަށީގައި ފިރުމާލިއެވެ. ޖައިލަމްގެ ލޮލުން ކަރުނަފާއްދާލީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. އޭނާގެ ބައްޕަގެ އެނުބައިކަމުން އޭނާގެ މަންމައާއި މެދު އެމީހުން އެއްވެސް ހިތްބުރަކަމެއް ނެތުމުންނެވެ. ލަޔަކް އައިސް ޖައިލަމްގެ ކޮނޑުގައި ވައަތް ބާއްވާލުމާއެކު ކަނާތުން ޖައިލަމްގެ ލޯފޮހެލަދިނެވެ. އަދި އަވަހަށް ދިއުމަށް އެދުނެވެ.

ލަޔަކްމެން ނައީމާ ގޮވައިގެން އައިރު ޒޯހާގެ އިތުރުން ލޫޔާ އާއި މަލާކްވެސް ގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. ލަޔަކްގެ އެދުމުގެ މަތީން ލޫޔާ އައިރު މަލާކްގެނައުމުން ލަޔަކްއެދުނުކަންކަން ކޮށްލަން އިތުރުފަސޭހަކަށް ވެގެން ދިޔައިރު މަލާކްވެސް ލަޔަކްގެ ރަހްމަތްތެރިއަކަށް ވެގެން ދިޔައެވެ. ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ޖައިލަމްއެކޭ އެގޮތަށް ލަޔަކްވެސް ނޭފަތް އެތެރެއަށް ދަމާލީ ކާގެބައިން އަންނަ ކާތަކެތީގެ މީރުވަހުންނެވެ.

ނައީމާ ބަހަށްޓަން ޒޯހާގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ހަމަޖައްސާފައިހުރުމުން ޖައިލަމްވެސް ހިތްހަމަޖެހުނީ މިހާރު ޒޯހާގެ ހިތްތެޔޮކަމާއި ރަނގަޅުކަން ހުދު އޭނާއަށްވެސް އެންމެރަނގަޅަށް ދަސްވެފައިހުރުމުންނެވެ. ކޮޓަރިފޮޅާ ސާފުކޮށް ތަންމަތިއަޅާދީހަދާދިނީ މިފަހަރު ލޫޔާ އާއި މަލާކްއެވެ. ހުރިހާއެއްޗެއް ކޮޓަރިއަށްގެންގޮސް ތަރުތީބުކުރުމަށްފަހުގައި އެންމެންވެސް އަވަސްވެގަތީ އަވަހަށް ކާގެއަށްދިއުމަށެވެ.

*****

ހެނދުނު ހެނދުނާ މުހުތާޒް ގާސިމްމެން ބާއިތިއްބާފައިވާ ގޮޅިއަށް ޒިޔާރަތްކޮށްލިއިރު ކަމަކުދާކަށް ނެތެވެ. ރިޒާގެ އެއްލޯނެތްއިރު މުޅިތަނުގައިވަނީ ލޭގެކޯރެއްހެދިފައެވެ. ގާސިމްއާއި ޒަފަރުއަށްވެސް އެކިވަރުގެ އަނިޔާވެފައިވާއިރު ދެމީހުންތިބީ ދެކަނުގައި ކުރަގެޅިގެން ފަދަގޮތަކަށެވެ. ރޭގައިވެސް އެތާންގެ ބޮކިއިނީ ތަޅާލާފައެވެ. ނޫންނަމަ ތެޅިފައެވެ.

އެދުވަހު މުޅި ފުއައްްމުލަކުގަޔާއި ނޫސްތަކުގެ ފަލަސުރުހީތަކުގައި އޮތީ ގައިދީއަކު އަނިޔާވެރިގޮތަކަށް މަރާލެވިފައިވާ ވާހަކަ އޮތްވާހަކައެވެ. ފޯނުން އެކިހަބަރު ބަލަން އިން މަލާކް އަށް މިހަބަރު ފެނުން ނަމަވެސް އެކަމަށް މާބޮޑުސަމާލުކަމެއްނުދީ ބަލަމުން ދިޔައީ އެންމެފަހުން އޭނާކުރި ވިޔަފާރި ދަތުރުގައި ދިމާވި ކުއްޖާއުޅޭ އަވަށުގެ މައުލޫމާތު އެއްކުރަމުންނެވެ. އެތަށް މައުލޫމާތެއް އެއްކުރުމަށްފަހުގައި މަލާކް ފޯނުނަގާ ފަރިތަކަމާއެކު ނަންބަރުތަކަށް ފިތާލުމާއެކު ކަންފަތުގައި ޖަހާލިއެވެ. “ކޮބާ ލިބޭގޮތްވެއްޖެ.. ” އެކޮޅުން ފޯނުނެގުމާއެކު އޭނާއަހާލީ ސީރިއަސްކަމާއެކުގައެވެ. އެކޮޅުން ލިބުނުޖަވާބާއެކު ހިނުތުންވެލާ ފޯނު ކަންފަތުން ވަކިކޮށްލުމާއެކު އޮފީހުގެ ވައިފައި ފޯނަށް ކަނެކްޓްކޮށްލާ ވައިބަރ ހުޅުވާލި މަލާކްގެ ދެލޯ ބޮޑުވީ ފެނުން ތަސްވީރަކުންނެވެ.

ނައީމާ ގެއަށްދޫކޮށްލުމާއެކު ޖައިލަމް ވަޒީފާއަށް ނިކުންނަންފެށީ ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. ވޭތުވެދިޔަ ދެދުވަހެއްގެ ތެރޭގައި އޭނާގެ މަންމަ ހަމައަކަށްއެޅިފައިވީރު ހަގީގަތްއެނގި އެނބުރި ބައްޕަ ސަލާމަތްކުރުމަށް އެމަންމަވެސް ދެކޮޅުހެދުމާއިއެކު ރަޝްފާ އާއި ލަޔަކްގެ އިތުރުން ޒޯހާގެ ކިބައިންވެސް އެމަންމަ މައާފް ހޯދުމުންނެވެ. ކުށެއްނެތްނަމަވެސް އެކަމުން އޭނާގެ މަންމަގެ ހުލްގުހެޔޮކަން ޖައިލަމްއަށް އިހްސާސް ކުރެވުނެވެ.

*******

ލިބިފައިވާ އަނިޔާތަކަށް ފަރުވާކުރުމަށްފަހުގައި ގާސިމް އާއި ޒަފަރުކޯޓަށް ހާޒިރުކުރެވުނެވެ. އަދި ރިޒާގެ މަރާއި ބެހޭގޮތުން އެތަކެއް ސުވާލެއް ކުރެވުނެވެ. ނަމަވެސް އެއިންމީހަކު ބުނާނޭ ހަމަ އެކައްޗެއްވެސް ނެތެވެ. ވަކި ކިޔާނީވެސް ކީކޭހެއްޔެވެ. ހަމައެކަނި އެމީހުނަށްލިބިފައިވާ އަނިޔާއިންވެސް އެކަމުގައި އެމީހުންގެ ކުށެއްނެތްކަން ހާމަވާނޭނޫން ހެއްޔެވެ.

ގާސިމް އާއި ޒަފަރުވެސް އެރޭގައި ވަނީ ތަފާތު އެތަކެއްވޭނެއް ތަހައްމަލުކޮށްފައެވެ. ހަށިގަނޑުގެ އެތަންމިތަނުން ދިލައިހްސާސްވުމާއެކު އެޅިގަދަވޭނާއެކު ފުރަގަސްފަރާތުން ލޭފައިބާފައިވަނީ ބިރުގަންނަހާ މިންވަރަށެވެ.

އެއްްޗެކޭނުބުނެ ހަނުހުރުމުން މައްސަލަ ނުނިމުނެވެ. ކައިރީދެފަރާތުގައިވާ ދެގޮޅީގެ މީހުންގެނެސް ސުވާލުކުރެވުނެވެ. އެއާއެކު އެމީހުންގެ ފަރާތުން އިވުނު ވާހަކަތަކުން ގާސިމް އާއި ޒަފަރުގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

“އަޅުގަނޑުމެން އޭރަކު އަދި ނުނިދަން ނިދިނައީމަ އެކިވާހަކައިގަ ތިބީ.. އޭރު ގާތްގަނޑަކަށް ބާރަޖަހާނީ.. އެންމެ ފުރަތަމަވެސް އިވުނީ ރިޒާ އާދައިގެ މަތީން ގޮވާ ގޮވެލިފަތި.. “މީހެކޭ މަސަލާމަތްކުރޭ.. މަރޮލާ ކައިފިޔޭ.. ” ކޮންމެރެއަކުވެސް މިއަޑުއިވޭ.. ދެން އަނެއްކާވެސް އިވުނު އޭނަގެ އަޑު.. “ބަލަ ތިދެންކޮންކަމެއް.. އަންހެނަކުނުވީތަ ތިސިފަޔަށް ތިއުޅެނީ.. ” ރިޒާއެހެން ބުނުމާއެކު ގާސިމްއާއި ޒަފަރުގެ ހުނުމުގެ އަޑުއިވުން.. “މާ އަނގަގަދަނުކޮށް ނިދާ ނުނީ އާދޭ މިކަމުގަ ބައިވެރިވެލާ ހިތްހަމަ ޖައްސާލަން.. ” އިރުކޮޅަކުން ގާސިމް އެހެން ބުނުމާއެކު ރިޒާ ނުރުހުން ފާޅުކުރި.. ދެންއިވުނީ އެއްޗެއް ތަޅައިގެން ދިޔައަޑު.. އެއާއެކު ރިޒާގެ ވޭނީހަޅޭކުގެ އަޑުވެސް އިވިގެންދިޔަ.. އެތަށް އިރެއްފަހުން އެއަޑުތަށް މަޑުވެ ހަމަހިމޭންވީ.. ” ޖެހިގެންހުރި ގޮޅީގައިވާ ދެގައިދީން ކިޔާދިނެވެ. އަނެއްފަރާތުގައި ތިބި ދެމީހުން ބުނީ އެމީހުން ތިބީ ގަދަނިދީގައި ކަމުގައެވެ.

އިވިގެންދިޔަ ވާހަކަ ތަކާއެކު ޒަފަރުގެ ހިތަށް ކެތްނުވުމުން ކަންތައް ހިނގާދިޔަގޮތް ކިޔާދިނީ އޭނާގެ ބާރަކާއިނުލައޭވެސް ބުނެވިދާނެއެވެ. އެވާހަކަތަށް ނިމުމާއެކު ކުއްލިއަކަށް އެއީ ހުސްދޮގޭކިޔާ ހަޅޭލަވާ އަޑުގަދަކޮށްލީ އެއެއްމިއެއް ބަލާފައެއް ނޫނެވެ. އެއްފަހަރު އާޔާއަށް ހުތުރުބަހުން އެއްޗެއްބުނެލާއިރު އަނެެއްފަހަރު އޭނާގެ މަންމަ ނޫނީ ކޮއްކޮއަށް ހުތުރުބަހެއް ބުނެލައެވެ. އެންމެފަހުން އާޔާއަށް ހެދިގޮތާއި އޭނާގެ މަންމައަށް ހެދިގޮތްވެސް އެހާލަތުގައި ގޮވާލެވުނުއިރުވެސް ޒަފަރުއަކަށް ނޭންގުނެވެ. އެހުރިހާއިރު ގާސިމްދެލޯ ބޮޑުކޮށްގެން ގުޑިލާން ނޭންގިފައި އިނީ ކުރިމަތީގައި އިން މޭޒުގައި މެޖިސްޓްރޭޓްގެ ގޮތުގައި އިން އާޔާފެނި އަރުތެރެބެދި އަޑުވެސް ނުނިކުމެފައެވެ.

ހުރިހާ ކަމެއް ފަޅާއަރާ އޭނާގެ ކޮއްކޮ ޒޯހާ އަށް ކުރި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ވާހަކައިގެ އިތުރުން އެންމެފަހުން ގެނައި ސާމާނުތަށް ހުރިތަންވެސް ޒަފަރުގެ އަނގައިން އިވުމާއެކު ވަގުތުން މުހުތާޒުގެ އަމުރަށް އެތަނުން ގައިދީންތަށް ބޭރުކުރެވުނެވެ. އަދި އެމީހެއްގެ ގޮޅިއަކަށް އެމީހަކު ގެންގޮސް ލުމާއެކު ޒަފަރުއަށް ހަމަބިމަށް އާދެވުނީ ދެނެެވެ. ނަމަވެސް އޭރު ވަގުތުވަނީ ފާއިތުވެފައިކަން އޭނާއަށް ގާސިމް ވިސްނާދިން ދިންހެން މޮޔަގޮވުން ދިޔައީ އިތުރުވެގެންނެވެ. ޒަފަރުގެ ހުރިހާ ވާހަކައެއް  ރެކޯޑްކުރެވި ރާއްޖޭގެ އެތަކެއް ނޫސްތަކެއްގެ ސަމާލުކަން އެކަމަށް އައުމާއެކު މާލޭން ފުލުހުންގެ ޓީމެއް ފުއަށްމުލަކަށް އައިސް މައްސަލަ ކުއްލިބޮޑު މައްސަލައެއް ގޮތުގައި ބަލަން ފެށުނެވެ. ކުޅީގެއަޑިއާއި ޒަފަރުމެންގެ މުސްކުޅިގޭގެ އިތުރުން ހަދަން ފަށާފައިވާ އިމާރާތް ބަލާ ފާސްކުރުމުން ހުރިހާ ހަގީގަތެއް އޮތީ ހާންމައަށް ފެންނާށެވެ. 300ގ މަސްތުވާތަކެތީގެ އިތުރުން އިސްލާމްދީނުގައި ޙަރާމްކުރައްވާފައި ގުޅުންތަށް ހިންގުމަށް ބޭނުންކުރާނޭ ތަކެތި އާއިމާރާތުން ފެނުންއިރު އަމީނާގެ ކަށިތަށް ޒަފަރުމެންގޭން ފެނުނެވެ. އަދި އިންސާނެއްގެ ކަށިގަނޑެއްކަމަށް ބެލެވޭ އެއްޗެއް ކުޅީކައިރީން އެމީހުން އާޔާ ރޭޕްކޮށް މަރާލިކަމަށް ބުނާ ސަރަހައްދުން ފެނުނެވެ. ލަސްނުކޮށް ހުރިހާ އެއްޗެއްގެ ސާންޕަލް ނަގާ ފޮނުވާންވީ ދިމަދިމާއަށް ފޮނުވާ މައްސަލައިގެ ހުކުމް ކަނޑައެޅުމަށް ތައްޔާރީތަށް ކުރެވެމުން ގެންދިޔައެވެ.

*********

ޒޯހާއަށް ލިބިފައިވާ އެކިއެކި ނަފްސާނީ ގެއްލުން ތަކުން އަރައިގަތުމަށް ކެއަރޓޮޕް ހޮސްޕިޓަލުގެ ނަފްސާނީ ޑޮކްޓަރަށް ގަވާއިދުން ދަނީ ދައްކަމުންނެވެ. މިއަދުވެސް ލަޔަކްގެ ޑިއުޓީ އިނީ ހަވީރުގައި ކަމުން ލަޔަކް ޒޯހާގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. މިހާރު ލަޔަކް އާއި ޒޯހާއަކީ ގާތްދެރަހުމަތްތެރިން ކަމުގައިވާއިރު ޖައިލަމްވެސްވަނީ ޒޯހާއާއި ގާތް ގުޅުމެއް އުފައްދާފައެވެ. ލަޔަކްމެންއައިސް ނަންބަރު ނަގައިގެން ޖައްސާލިތަނާހެން ޖައިލަމް އައިސް ނަންބަރުބަލާލާފައި އަދި ވަގުތުއޮތުމުން ކެންޓީނަށް ދިއުމަށް ދައުވަތު ދިނެވެ.

ތިންމީހުން އެކީގައި ކެންޓީނާއި ދިމާއަށް ދިޔަވަގުތު އެތަނުން މީހަކަށް މާވަރަކަށް ޒޯހާ ބަލާތީ ލަޔަކް އާއި ޖައިލަމް އެދިމާބަލާލިއެވެ. އޭރު ނާލް އެމީހުން ކައިރިއަށް އޮވެ އާދެއެވެ. ޒޯހާ ލަޔަކް ގައޮގަ ކޮއްޓާލާފައި ސިއްރުން އެއްޗެކޭ ބުނުމާއެކު އެއްމިޔަކަނުން ލަޔަކް ހީލާމުން ނާލްއަށް ބަލާލިއެވެ.

ކުއްލިއަކަށް އެގޮތަށް ހީލާފައިބަލާލުމުން ނާލްއަށް ހީވީ ލަޔަކް އޭނާއަށް މަލާމާތްކުރީހެންނެވެ. އަދި އެއަންހެން ކުއްޖާއަކީ ލަޔަކްގެ ހަޔާތުގެ ބައިވެރިޔާކަމަށެވެ. އެހާ ހިތްވަރުކޮށްފަ ލަޔަކްއަކީ ދަންނަ ފަރާތަކަށް ވުމުން އެއަންހެންކުއްޖާއާއި ބެހޭ މައުލޫމާތު ހޯދަން އެމީހުންއިރިއަށް ދާންދިޔަ ނާލްގެ ހިނގުން މަޑުޖައްސާލުމާއެކު ފޯނުނަގާ އެއަށްބަލަމުން އަވަހަށް އެތަނުން ދުރަށް މިސްރާބު ބަދަލުކޮށްލިއެވެ. އެވަގުތު ލަޔަކް ގޮވާލުމުން މަޑުޖެހިލިނަމަވެސް އެނބުރި އެދިމާ ބަލާލާކަށް ނާލްއަކަށް ހަމަހިލާނުކެރުނެވެ.

ހިދުމަތް ހޯދުމަށް އައިސްތިބި އެތަށްބައެއްގެ ތެރޭން ފުރޭނިގެން ކަހަލަގޮތަކަށް ވަދެގެން އައި އައިކާއަށް ނާލް ފެނުމާއެކު އަވަހަށް އެދިމާއަށް ދިޔައެވެ. “ސަަރ.. މިއަދު އަޅުގަނޑުގެ މަސައްކަތްތަށް ނިމިފަހުރުމާއެކު ސަރގެ ސޮއިބޭނުންވާ ލިޔުންތަކެއް ހުރުމުން.. ” ނާލްކައިރީގައި ހުއްޓިލާފައި ވާހަކަދެއްކި އައިކާއަށް އޭރު ދާދި ކައިރީގައިހުރި ލަޔަކްއެއް ނުފެނެވެ. ލަޔަކްއަށް އައިކާ ފެނުމާއެކު ބޭއިހްތިޔާރުގައި “އާޔާ..” އޭ ބުނެލެވުނެވެ. ޖައިލަމް އާއި ޒޯހާއަށް މިއަޑުއިވުމާއެކު އެދިމާއަށް ބަލާލީދެނެވެ. އެދިމާއަށް ދެމީހުން އެކީގައި ހިނގައިގަތް ނަމަވެސް ނޯޓިފިކޭޝަންއެއް އައުމާއެކު ޖައިލަމް އެއަށް ކްލިކް ކޮށްލިއެވެ. ލަޔަކްއާއި ނާލްގެ އިތުރުން އައިކާވެސް އެނޯޓިފިކޭޝަން އެވަގުތުއައެވެ. ކޮންމެ މީހަކުވެސް އެއަށްބަަލާލުމާއެކު ދެލޯބޮޑުވެ ބަސްހުއްޓުން ނޫންކަމެއްނުވިއެވެ. ޒަފަރު ކޯޓުގައި ކީއެއްޗެހީގެ ވީޑިއޯ މުޅި މީސްމީޑިއާގައި ދައުރުވަނީއެވެ. މިވީގޮތުން ހުރިހާދުވަހު އައިރާ އާއި އައިކާ އޭނާގެ މަންމައަށް ސިއްރުކުރި އެމީހުންގެ ދޮންތަގެ ހިތިނިމުން އެނގޭނެކަން އެނގުމާއެކު އައިކާ ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އައިނައިދިމާއެއް ނޭންގި އެވަގުތު އައިރާއައިސް އައިކާ ގައިގަ ބައްދާލުމާއެކު ހިތްވަރުކުރުމަށް ބުނެފައި އަވަހަށް ގެއަށް ދިއުމަށް އެދުނީ މަންމަގެ ހާލުއޮޅުންފިލުވުމަށެވެ. ދެކުދިން އެކީގައި ނިކުމެގެން ދިއުމާއެކު ނާލް ޒޯހާއަށް ބަލާލުމަށްފަހު ހިތިގޮތަކަށް ހީލާފައި އިސްޖަހާލީ އެވީޑިއޯއާއި އޭނާގެ ހިތުގެ މަލިކާ އާއި އޮތްގުޅުން ރޭކައިވެސް ނުލާ ހާލުގައެވެ.

“ނާލް.. ކިހިނެއްތަ.. ” އިސްޖަހާލައިގެން އިން ނާލް ސިހުނީ ލަޔަކް ދާދިގާތުން ވާހަކަދެއްކި އަަޑު އިވުމުންނެވެ. އެވަގުތު ޒޯހާގެ ނަންބަރުޖެހެން އިތުރަށްއިނީ އެންމެނަންބަރެއްކަމުގެ މެސެޖް ލަޔަކް އާއި ޒޯހާއަށް ލިބުމާއެކު ޖައިލަމްއާއެކުގައި ޒޯހާ ފޮނުވާލާފައި ލަޔަކް ނާލްގޮވައިގެން ކެންޓީނަށްދިޔައީ ވަރަށްމުހިންމު ވާހަކައެއް ދައްކަންވެފައި އޮތްކަމަށް ބުނެވެ.

********

އޮފީސް ނިންމާލާފައި ނިކުތް މަލާކް ކާރުގައި މިސްރާބުޖެހީ ފައިވްލެޖެންޑްސް ކޮންޕެނީގެ މައިއިމާރާތާއި ދިމާއަށެވެ. އެމީހުނާއި އެކުގައި ވެވިފައިވާ އެއްބަސްވުމާއެކު އަލަށް ހަދަންއުޅޭ ސްކޫލްގެ މަސައްކަތްކުރާނޭ ބިންކަނޑައެޅުމަށް ކުރަންޖެހޭދަތުރުގެ ތާރީހެއް ކަނޑައެޅުމަށެވެ.

ކާފު ޕާކްކޮށްލާފައި ނިކުތް މަލާކްއާއި އެވަގުތު އޮފީހުން ނިކުތް މުސްތޮފާއާއި ޖާވިދުފެނުމުން އެދިމާއަށް އަވަހަށް ދިޔައެވެ. “އަހަށް އެކޮއެ..ތިއައީ ހަމަ އެންމެ ރަނގަޅުވަގުތުގަ.. އެތެރޭގަ ޝަބީން އުޅޭނެ އެތެރެއަށް ވަދެލަބަލަ.. ” މަލާކްއެމީހުނާއި އަރާ ހަމަވުމާއެކު ޖާވިދުބުނެލިއެވެ. އިތުރުއެއްޗެކޭނުބުނެ ލަމާކްއަވަހަށް އެތެރެއަށްވަދެގެން ގޮސް ޝަބީންއާއި ބައްދަލުކުރީއެވެ. ޝަބީން މަލާކްދިއުމާއެކު  އޭނާގެއަތަށްދިނީ ޓިކެޓެވެ. އަދި މާދަމާރޭގެ ފްލައިޓުން ފުރާންތައްޔާރުވެލުމަށް އެދުނެވެ. މަލާކް ހީކުރިގޮތާއި ހިލާފަށް އެމީހުން އެކަމަށް މާއަވަހަށް ތައްޔާރުވުމުން އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދިޔައެވެ.

*******

ލަޔަކްދެއްކި ވާހަކަތަށް އަޑުއަހާފައި ނާލްއިނީ ބުނާނެ އެއްޗެއްނޭންގިފައެވެ. ހުރިހާދުވަހު ހުރެފައި ހިތުން ޖާގައެއް ހޯދިކުއްޖާ ތަހަންމަލްކޮށްފައިވާ ވޭން އޭނާގެހިތަށް އެތަކެއް ޒަހަމްތަކެއް ދީފިއެވެ. “ނާލް މިހުރިހާ ހަގީގަތަކާއެކު ޒޯ ގަބޫލުކުރާނަންތަ.. ” ލަޔަކްއަށް ޒޯހާގެ ފަރާތުން ނާލް ކަމުދާކަން އެނގިފައިވުމާއެކު ނާލްގެ ހިތުގެ ހާލުނޭންގިހުރެ ސުވާލުކޮށްލީ ދެފިކުރެއްގައިހުރެއެވެ. އެއީ ނާލްގެ ފަރާތުންވެސް ޒޯހާއާއި ގަޔާވާކަމުގެ ނިޝާންތަކެއް އެވީ ކުޑަވަގުތުކޮޅުގެ ތެރޭގައިވެސް ފެނިފައިވާތީއެވެ. “ލަޔަކްް.. އޭގަކޮބާ ޒޯ ގެ ކުށެއް.. ވީއިރު ޒޯ އަހަންނާއި ގަޔާވުމުންވެސް އޭގަވެސް ނެތްކުށެއް.. އަހަރެން އެއަށްވުރެބޮޑަށް ޒޯކަމުދޭ.. ” ނާލް އެންމެފަހުން ބުނެލި ޖުމްލަ ބުނެލީ ކުޑަކޮށް އިސްޖަހާލަމުންނެވެ. ލިބުނު ހަބަރާއެކު ލަޔަކް އުފާވެފައި ހުރެ ނާލްއަށް މަރުހަބާކިޔާލިއެވެ.

ޖައިލަމް އާއި ޒޯހާ އައުމުން އެހަބަރުލިބުމާއެކު ޒޯހާލަދުން ހުރިނަމަވެސް ހަތަރުކުދިން އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ނާލްއެމީހުނާއި ވަކިވީ އޮފީހަށް ވަދެލާން ޖެހުުމުންނެވެ.

ލަޔަކް ގެއަށްގޮސް އެއުފާވެރިހަބަރު އޭނާގެ މަންމައަށްދިން އިރު އެތާންގައި ނައީމާވެސް ހުރުމުން އެދެމީހުން އެކީގައިހެން ޒޯހާއަށް މަރުހަބާކިއެވެ. ލިބުނު އުފަލާއެކު ޒޯހާގެ މޫނުމަތީގައިވާ ހިނިތުންވުން ފިލާނުދެއެވެ.

*******

ފޮނުވާފައިވާ ސާމްޕަލްތަކުގެ ނަތީޖާލިބުންއިރު އެއީހަމަ އާޔާއާއި އަމީނާކަން ކަށަވަރުވުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެވާހަކަ ވައިގަހިފާލާފައި ދެކެވެމުންދިޔައިރު ޒަފަރުއާއި ގާސިމްގެ ހާލަކީތޯއެވެ. ކޮންމެރެއަކުހެން ފުރަގަސްފަރާތުން ލޭފައިބާ ހަށިގަނޑުގައިވާހާ ކަށިތަށް މުގުރިގެންދާހާވަރަށް މުޅިހަށިގަނޑަށް ކޮންމެރެއަކުހެން އެތަކެއް ހަމަލާތަކެއް ދިޔައީ ލިބެމުންނެވެ. މީހަކުނުބުންޏަސް އެއީ އާޔާގެ ފަރާތުންލިބޭ އަދަބުކަން މިއަދު އެދެމީހުނަށްވެސް ޔަގީންވެއެވެ. ނަމަވެސް ނޭންގޭކަމަކީ އެކަމަކުގައި އަމީނާވެސް އާޔާއާއި އެކުގައި ބައިވެރިވާ ކަމެވެ.

ދުވަސްތަށް ފާއިތުވަމުންގޮސް މާދަމައަކީ ގާސިމްއާއި ޒަފަރު ކޯޓަށް ހާޒިރުކޮށް ހުކުމް ކަނޑައަޅާދުވަހެވެ. މަރުވެދިޔަ ފުރާތަކުގެ ވާރިސުންނަށް ގުޅާލިބުނުހަމައެކަނި ޖަވާބަކީ މަރަށްމަރެވެ. ވުމާއެކު އެކަމަށް ކިޔަމަންވުން ނޫންގޮތެއް އެދެމީހުނަކަށް ނެތެވެ.

އެރޭގެ މެންދަމުގެވަގުތެވެ. ޖަލުގެ ގޮޅިތަކުގައިވަނީ މަރުގެހިމޭންކަންފަދަ ހަމަހިމޭންކަމެކެވެ. ގާސިމް އާއި ޒަފަރުވެސް މިރޭ އެމީހުނަށް އުނދަގުލެއް ކުރިމަތިނުވާތީ އަރާމުނިންޖެއްގައި ވިއެވެ.

ކުއްލިއަކަށް އަލިފާނުގެ ހޫނުކަން އިހްސާސް ވުމާއެކު ޒަފަރާއި ގާސުމަށް ހޭލެވުނީ އެކުއެކީގައިހެންނެވެ. އޭރު ކުރިމަތީގައި އަނދާކަޅުދެއްޔަށް ވެފައިހުރި އާޔާގެ ސޫރަހުރީ އެދެމީހުންގެ ދާދިގާތިގައެވެ. އޭރުވެސް އާޔާގެ ގައިން އަލިފާންކަނި އެކިފަރާތްފަރާތަށް ދެއެވެ. އާޔާ ގުދުވެލާފައި ދެއަތުން ދެމީހުންގެ ދެލޮލަށް އިނގިލި ޖެހުމާއެކުހެން ކޮންމެ މީހެއްގެ އެއްލޯނަގާ ހުރާލީއިރު އެދެމޯހުންގެ ވޭނީ ހަޅޭކުގެ އަޑު މުޅިތާންގައިވަނީ ގުގުމާފައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގެ ހިލަމެއް މިރޭ ކައިރީގައިހުރި ގޮޅިތަކުވައިވާ މީހުނަށްވެސް ނުކުރާ ފަދައެވެ.

ގަތްބިރާއި ލިބުނުސިހުމުގެ އިތުރުން ލިބިގެން ދިޔަވޭނާއެކު ގާސިމްއާއި ޒަފަރު ގޮޅޯގެ ދެކަނަށް ވަނީ ސަލާމަތްވާނޭ އެއްވެސް ގޮތެއްނެތިގެންނެވެ.  އެވަގުތު އާޔާ ގެ ރަތްއަނގުރު ގަނޑެއްފަދައިންވީ ދެލޮލުން ފޮނުވާނީ ދެ އަލިފާންކަނިއައިސް ޖެހުނީ އެދެމީހުން ލާފައިވާ ދޫހަޅުވާޅުގައެވެ. ކަނާތުން ލޯމަތީގައި އަތްއަޅައިގެން ވައަތުން ހަރުވާލުގަނޑުގައި ޒަފަރު ތަޅަމުން ދިޔައިރު ގާސިމްލޮލުގައި ދެއަތްއަޅާ ބާރުކޮށްގެންއިނީ ވާހުނަށްވުރެ އަޅާވޭން ބޮޑުކަމުންނެވެ. ނަމަވެސް އެގޮތަށް ކެތްވީ ކުޑަހިނދުކޮޅަކަށެވެ. ފައިގެ ފަލަމަސްގަނޑަށް ހޫނުވާންފެށުމުން އަލިފާނުން ސަލާމަތްވާވެސް ތެޅިގަތެވެ. ނަމަވެސް އެއިން އެކަކަށްވެސް އެއިން މިންޖުވވޭނެ އަލިމަގެއްނުފެނުނެވެ. ދެމީހުންގެވެސް ކުރިމަތިފަރާތް އެކުއެކީހެން އަނދާދިއުމާއެކު އެއިންމީހަކު ހޭވެރިކަމެއްނެތެވެ. ނަމަވެސް ވިންދުޖަހަމުންދިއުމާއެކު އާޔާ އެމީހުނަށް އެކިކަހަލަ އެތަކެއް އަނިޔާއެއްދިނެވެ. އަދި ފުރާނަ ހަށިގަނޑާއި ވަކިކޮށްލުމަށްފަހު އެތަނުން ދިޔައީ ފަޖުރުއްޞާދިގުގެ އަލިކަން ފާޅުވާން ފެށުމާއެކުގައެވެ. އޭރު މުޅިއެތާންގައިވަނީ ލޭގެ ކޯރެއްހެދިފައެވެ.

އެދުވަހުގެ އިރު ދުނިޔެއަށް ދޮންކުރަމުންއައީ މުޅިފުއައްމުލަކު ރައްޔިތުން ސިހުންގެނުވި ދެމަރެއްގެ ހަބަރާއި އެކުގައެވެ. ގާސިމްއާއި ޒަފަރުގެ އެއްލޯނެތްއިރު ހުރިހާ ގުނަވަންތަށްހެން ހުރީ ބުރިބުރިކޮށް އެތަން މިތާންގައިކަމުން އެމީހުން ހިނަވާ ކަފުންކުރުންވެސް ވީ ދަތިކަމަކަށެވެ.

އެހަބަރު މާލެއާއި ހަމައަށްވެސް ފޯރިނަމަވެސް ނައީމާއަށް މިފަހަރު އެކަމުން އެއްވެސް އަސަރެއްނުކުރިއެވެ. އެކަހަލަ މީހަކަށް އެފަދަގޮތެއް މިންވަރު ކުރައްވާތޯ ހުދު އޭނާވެސް އެތަށްފަހަރަކު މިހާރުވަނީ ދުއާކޮށްފައެވެ.

*****

މަލާކްމެން އެކޮޅަށްދެވުމާއެކު ހެނދުނުދިމާވާންބުނެފައި ކޮންމެމީހަކުވެސް ރެސްޓްކޮށްލުމަށްދިޔައީއެވެ. މިފަހަރުވެސް އައިސްމަޑުކުރީ ރައްފުށުގައިހުރި ހޮޓަލުގައިކަމުން އެތަން މުސްތަފާއާއި ޒިޔާދުގެ އިތުރުން ޝަބީންއަށް ކިތަންމެ އުނދަގުނަމަވެސް ކެތްތެރިވީ އެވެސް އުޅެންޖެހިދާނެ ހާލެއްކަން ދެނެގެންމެއެވެ.

ހެނދުނު ހެނދުނާހެން މަލާކްތެދުވެ އެހިސާބު ގަނޑުގައި ހިނގާހަދާލަނިކޮށް އެއްކަލަ ކުޑަކުޑަ އަންހެންކުއްޖާއާއި ދިމާވިއެވެ. އެހާ ހެނދުނުން ފަށައިގެން އެކުއްޖާގެ މަސައްކަތާއިގެން ނިކުމެއުޅޭތަންފެނުމުން މަލާކްހިތަށް ފުންއަސަރުތަކެއް ކުރުވިއެވެ. އެފަދަ ހާލެއްގައި އޭނާ އުޅެންނުޖެހުނީތީ ހެއްދެވި ފަރާތަށް އެތަކެއްފަހަރު ޝުުކުރުވެރިވެވުނެވެ. އެކުޑަ ކުއްޖާއަށް މަލާކް ފެނުމާއެކު ހިނިތުންވެލާފައި އައިސް “ދައްތާ” އޭ ކިޔާ އެމީހުންގެ ބަހުރުވައިން ގޮވާލިއެވެ. މަލާކްވެސް ހިނިތުންވެލާ އެކުއްޖާއަށް ގޮވާލާފައި ކިޔަނީ ކޮންނަމެއްތޯ އަހާލިއެވެ. “ގުލްޝަން..” އެކުޑަކުއްޖާގެ ނަންބުނުމާއެކުހެން އެނަމުން ގޮވަމުން ދެބައި އުމުރުގެ އަންހެނަކު އަންނަތަން ފެނުނެވެ. އެސޫރަ ފެނުމާއެކު މަލާކްއަށް އެހެންދިމާއަކަށް ބަލާލަންވެސް ނޭންގުނެވެ. އެމީހާ އައިސް ޤުލްޝަން އާއި ވާހަކަދެއްކުމަށްފަހު މަލާކްއަށް ބަލާލިއެވެ. އަދި ކޮންކުއްޖެއްތޯ އަހާލިއެވެ.

ހޮޓަލުން ނިކުމެގެން އެދިމާއަށްއޭރު އައިސް އައިސްހުރި މުސްތަފާއާއި ޝަބީން އަދި ޒިޔާދުއަށް މަލާކް ފެނުމާއެކު އެދިމާއަށް ދިޔައެވެ. “އެކޮއެ ހާދަ ހެނދުނަކާ ތެދުވެ ތިއުޅެނީ.. ” މަލާކް ކައިރީގައި އައިސްހުއްޓެމުން އެހެންބުނި މުސްތޮފާއަށް އޭރު ކައިރީގައި ދެންހުރި އަންހެެންމީހާ ފެނުމާއެކު “ފާގިޔާ.. ” އޭ ބުނެލެވުންއިރު އެމީހާވެސް ދެލޯބޮޑުވެފައި މުސްތޮފާއަށް ބަލަހައްޓައިގެން އިނެވެ.

ނުނިމޭ..

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ލޯބިކަން 10

Next

ހުޅުކޮޅު 20

Next
June 6, 2018

ހުޅުކޮޅު 20

Previews
June 6, 2018

ލޯބިކަން 10

5 Comments!

  1. Hawwi (Layaa) says:
    June 6, 2018 at 8:50 pm

    Salaam.. kuriah midhanee ramazaanmahah vumaaeku vaahaka liyan v tyme nulibidhanee ehenve asslu mihaalassvee. . Ingey kiuntheringe ginabeyfulhun hiy nuthanavass vefaivaaanvess .. ekamah v bodah maafah edhen .. in sha allah next monday night ga vaahakaige enme fahubai genessdheynan .. and mibaivess kamudhaanama ekani faalhukohla dhinun edhen..
    Jazaka allah khaira ..

  2. Shine says:
    June 6, 2018 at 10:11 pm

    Its k.ehenvex vaane…
    V v v rythi…

  3. unique says:
    June 7, 2018 at 1:02 am

    after soo many days have waited a lot ……. vvv reethi

  4. Pinky shifoo says:
    June 7, 2018 at 3:54 am

    Hiii layaa ❤❤❤???… mi partvx v v v reethi ❤❤❤?????????… its ok… ehenvx vaane… waiting for next part ???❤❤❤???…lots of love ❤❤❤???????????????…

  5. maya says:
    June 7, 2018 at 1:18 pm

    hey laya .after a long time dhww..mi part vv reethi ..

Comments are closed.

Next Episodeބޭނުންވަނީ ޔާރާ… 15 (ފަހުބައި ޕަރޓް 1)←


All Right Reserved!