އާރާޝްގެ އަނގަމަތި ބެންޑޭޖްކޮށްފައިހުރި އިރު ވެސް އޭނާގެ ރީތިކަން ފަނޑެއްނުވެއެވެ. ފަން އިސްތާށިގަނޑު ނިއްކުރިމައްޗަށް ވެއްޓިފައި އޮތްއިރު ވަރަށް ހިތްގައިމެވެ. ޖޯޒީ މަތިން ދިވެހިދިދަ ކޮނޑުގައި އައްސާފައި އޮތް އިރު “ސުޕަމޭން” ވައްތަރު ޖަހައެވެ. “އައްސަލާމުލައިކުމް މިވަގުތު އަޅުގަނޑު ގާތު ހުއްޓިލައިގެން މިހުރީ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން އާރާޝް. އާރާޝް ވަރަށް ބޮޑަށް މަރުހަބާ. ގައުމީޓީމަށް ކުޅެދިން ދެވަނަ މެޗު ހެޓްރިކްއަކާ އެކު ތި ނިންމާލީ. ކޮންކަހަލަ އިހްސާސެއް މި ވަގުތު ކުރެވެނީ؟” “މިވަގުތު […]
ދާނިޝް އަށް ޒާހިދު ގެ ގަމީހުން ދޫކޮށްލާފައި ފަހަތަށް ޖެހިވުނެވެ. އިތުރަށް މަޑު ކޮށްފިނަމަ އޭނާ އަށް އަތުން ފައިން ގޯހެއް ހެދިދާނެކަމުގައި ސިކުނޑި ވިސްނައިދިނެވެ. “އެ ހުރިހާ ކަމަކީވެސް އަހަރެންގެ ކަންތަށް… އެރޭ ކަލޭ އެގެއަށް ދިޔަކަން އެނގުނީމަ އަހަރެން ނިއުސް ރިޕޯޓަރުން ވެސް ފޮނުވީ… ކަލޭ އަށް އެނގޭތަ؟. އިފްޝާ ހޮސްޕިޓަލްގަ ބާއްވާފަ އޮތް ރެއަކުވެސް އޭނާ އުޅުނޭ އެ ރާސިލް ގާތުގަ ބުނަން… އަހަރެންގެ ވާހަކަ އަހަރެން މަޖުބޫރު ކުރުވި ވާހަކަ… އެކަމަކު […]
އުޑުމަތިން އިރުއޮއްސުމުގެ ކުލަވަރުތަށް ފެންނަން ފަށައިފިއެވެ. ރަސްފަންނަށްް ހިތްހަމަ ޖައްސާލަން އައި މީހުންމަދުވާން ފެށިއެވެ. މިހާރު ރަސްފަންނުގައި އިން ޖޯލިފަތީގައި އިން އަންހެން ކުއްޖާ ފެނިފައި ކޮންމެ މީހެއްގެވެސް ހިތް ހަމްދަރުދީއިން ފުރޭނެކަން ޔަޤީނެވެ.ޝަބްނަމް ތިކިތަކެއް ފަދައިން އެ ކުއްޖާގެ ކަރުނަތަށް ކޯތާފަތުގައި ބީހެމުން ދިޔައެވެ.ރަނާގެ ނަޒަރު ހުއްޓިފައިވަނީ އެ ތަނު.ން ދިޔަ ދެ އަންހެން ކުދިންނަށެވެ.މި މަންޒަރު ފެނުމުން މާޒީގެ ސޮފްހާއެއް ކުރިމަތީ ސިފަވެގެން ދިޔައެވެ 1 އަހަރު ކުރި…………… ރަނާ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ތުވާ ރަސްފަންނަށް ހިނގާލަން ދިޔައެވެ.އައިސް ކްރީމް އެއް ގަނެލައިގެން އެތާ އިން ޖޯލިފަތީގައި އިށީންނަން ދިޔައެވެ.ތުވާ އަށް ފޯނުކޯލެއް އައިސް ގެން އޭނާ ހުރީ ޕޭމަންޓުމަތީގައެވެ. ދެންފެނުނީ ރަނާ ދުވަހަކުވެސް ބަލަން ބޭނުންނުވާ މަންޒަރެކެވެ.ގޭންގެއްގެ ބަޔަކު އައިސް ތުވާ ބޮލުގައި ދަނޑި ބުރިއަކުން ބޮލުގައި ޖެހިއެވެ. އެތާ ތިބި އާންމު ބަޔެއް އޭނާ އައިޖީމްމެޗް ހޮސްޕިޓަލައް ގެންދިޔައެވެ. ރަނާ އަށް މާޒީގެ ސޮފްހާތަކުން ނިކުމެވުނީ މަންމަ އޭނާގެ ފޯނަށް މެސެޖް ކުރީމައެވެ.އަވަހަށް މަގު ހުރަސްކޮށްފައި ގެއަށް ދާން ހިނގައިގަތެވެ. ގޭ ދޮރުހުޅުވާލުމުން މަންމަ ވާހަކަދައްކަން ފެށިއެވެ.”ދަރިފުޅާ ކިީއްވެތަ މާ ލަހުން އަންނަނި މިހާރު އެއޮއްގެން ދިހައެއް ޖަހަނީ އަވަހަށް ދޭ ކާން”ރަނާ ކައިގެން ސްކޫލުގައި ހަދަން ޖެހޭ ވޯރކްޝީޓުތަށް ހަދަން ފެށިއެވެ.މާ ބޮޑަށް ބޮޮލުގަ ރިއްސާތީި ނިދަން އޮށޯތެވެ. ނިދަން އުޅެ އުޅެ ނުނިދުމުން ބެލްކަންޔަށް ދިޔައެވެ.ތުވާ މަތިން ހަނދާން ވުމުން އަނެއްކާ ރޮވެން ފެށުނެވެ.ތުވާ އަދިވެސް ވީ ހޮސްޕިޓަލުގައެވެ.މާ ބާރަށް ޖެހުމުގެ ސަބަބަުން އޭނާ އޮތީ ކޮމާއެއް ގައެވެ.ދަންވަރު ވުމުން ރަނާ ސްކޫލަށް ދާން ޖެހޭތީ ނިދަން އޮށޯތެވެ. އާދުވަހަކަށް އިރު އަރައިފިއެވެ.ރަނާ ރެޑީ ވެލައިގެން ސްކޫލަށް ދިޔައެވެ.ގަޑި ޖެހުމުން އަވަހަށް ގޮސް ކްލާހަށް ދިޔައެވެ.އޭރު ބައެއް ކުދިން ކްލާހަށް އަންނަން ފެށިއެވެ.ހުރިހާ ކުދިން އައުމުން ސަލާން ގޮވާލައިފައި ކިޔަވަދޭން ފެއްްޓިއެވެ. ސްކޫލް ނިމުމުން ރަނާާ ގެއަށް ދާން ހިނގައިގަތެވެ.ރަނާ މަގުު ހުރަސްކުރަނިކޮށް ގާގަޑެއް އަޅައިގަނެފައި ވެއްޓެން އުޅުނެވެ.ނަމަވެސް […]
“ނާއިޝް…” ކޮޓަރީގައި ފޯނާއި ކުޅެން އެނދުގައި އޮށޯވެ އޮތް ނާއިޝްއަށް ވައި އަޑަކުން އޭނާއަށް އަންހެން ކުއްޖަކު ގޮވާލި އަޑު އިވުނުހެން ހީވިއެވެ. އެއީ ހަމަ އެ އަޑެވެ. އޭނާ ސިއްސައިގެން ގޮސް އެނދުން ތެދުވެލީ ހިތަށް ވަންނަމުން ދިޔަ ވަސްވާސްތަކެއްގެ ސަބަބުންނެވެ. އަނެއްކާ އެއީ ކާކުބާވައެވެ؟ އެއީ ކޮން ބޭނުމެއް ނުފުދިގެން އުޅޭ ކާކުބާވައެވެ؟ އަންހެން ކުއްޖެއްގެ އަޑު އެގޮތަށް އޭނާއަށް އިވެންވީ ކީއްވެ ބާވައެވެ؟ ކުއްލިޔަކަށް ނާއިޝްގެ ދެލޯ ބޮޑުވިގޮތުން ހީވީ އެއްޗެއް ވިސްނުނު […]
އިސްރާ ރޯންފެށުމާއެކު ދެންތިބި ތިން ކުދިން އެކި ވާހަކަ ދައްކާގެން އިސްރާ ހަމަޖެއްސޭތޯ އުޅުނެވެ. ނަސީބަކުން ދިހަ ވަރަކަށް މިނެޓް ތެރޭ އިސްރާ ހަމައަކަށް އެޅުނެވެ. “ތޭންކްސް ގާއިޒް ތީ ހަމަ އެންމެ ބެސްޓް ތިން މީހުން. ވަރަށް އުފާވޭ ތިކަހަލަ ލޯބި ލޯބި ރަށްޓިހިން މަށަށް ލިބުނީމަ.” އިސްރާ ތިން ކުދިން ގައިގަ އެކީ ބައްދާލިއެވެ. އިސްރާ އެކުދިންނަށް ބޭނުންވާ ކޮންމެ ފަހަރަކު އެކުދިން ދެގޮތެއްނުވެ އިސްރާއާ އެއްކޮށް ތިބެއެވެ. ކުރީގެ ލޯބިވެރިޔާ އޭނާ ދޫކޮށްފަ […]
“މިޔޮށް އައީނު..” ސައިކަލު ޕާކު ކޮށްލުމަށްފަހު ކަފި ހުރަސް މަތިން ހިނގާފައި އެމީހުން ތިބި ދިމާލަށް އަންނަމުން ދިޔަ ޒަޔާން ފެނި ޔައީޝް ހިނިތުން ވެލައިފައި ބުނެލިއެވެ. އެވަގުތު އެންމެންގެ މޫނުވެސް އުޖާލާވެގެން ދިޔައެވެ. އެންމެން އެކުގައި އަދްޔަން މެން ގެ އެޕާޓްމެންޓް އިންނަ ފްލޯއަށް ދިޔައީ ލިފްޓުގައެވެ. އެއަށްފަހު ބެލް އަޅާލީ ހިނިތުން ވެލައިގެން ތިބެއެވެ. ނަމަވެސް ދޮރު ހުޅުވާލި ވަގުތު ދޮރު ކުރިމަތީ ހުރި ސޫރަ ފެނި އެ އެންމެންގެ މޫނުގެ އުޖާލާކަން ކެނޑިގެން […]
ރާސިލް މެން ނިމިގެން ގެއަށް އައި މަގުމަތީގައި ޒީޝާ ދާނިޝް އާއި ރާސިލް އާ ވާހަކަ ދެއްކިއެވެ. “ދާން… ރާސިލް…” ކާރުގެ ތެރެއަށްވެރިވެފައި އޮތް ހަމަހިމޭންކަން ފޫ ދުއްވާލަމުން ޒީޝާ ގޮވާލިއެވެ. ދެމީހުންވެސް ސަމާލް ކަން ދިންކަން ޔަގީން ކޮށްދެމުން ހޫމް އެއް އަޅުވާލިއެވެ. ދިގުކޮށް ދަމާލާފައި ކީ ގޮތުން ޒީޝާ ގާތަށް ހިނި އައި ކަމަށް ވިޔަސް ނިކަން އަވަހަށް ސީރިއަސް ކަން ވެރިކޮށްލިއެވެ. “މަންމަ ބޭނުން ވަނީ ވަރިވާން…” ކާރުގެ ބުރަކި ހިފާލުމާއެކު ދާނިޝް […]
ވަރުބަލި ކަމާއެކު ގޮސް ގެއަށް ވަތް ޔައީޝްއަށް ހުރިތާ ހުއްޓިލެވުނީ ގޭތެރެއިން ފެނުނު މަންޒަރަކުންނެވެ. މީހަކު ގެއަށް ގެންނަންޏާ އާންމުކޮށް ޒިވާ އޭނާ ގާތު އަބަދުވެސް ބުނާނެއެވެ. ނަމަވެސް މިއަދު ހެނދުނު އޭނާ އޮފީހަށް ދިޔުމުގެ ކުރިންވެސް ޒިވާ އެކަހަލަ ވާހަކައެއް ދައްކައިފައެއް ނުވެއެވެ. ދެން މިއީ ކާކުބާވައެވެ؟ ޔައީޝް ދެބުމަ ގާތްކޮށްލައިގެން ހުރެ ގޭތެރެއަށް ވަދެގެން ދިޔައެވެ. އެއިރު ޒިވާ ކައިރީ ސޯފާގައި އަރޫފާ ޓީވީ ބަލަން އިން އިރު ޒިވާގެ އަނެއް ފަރާތުގައި ސުމައްޔާ […]
އާދާގެ މަތިން މިއަދުވެސް ނަވްޔާއާ އިސްރާ ބެންޗުގަ މަޑުކޮށްގެން ތިބީ މާނީއާ އިޝްމާ އަންނަންދެނެވެ. އިސްރާ ކޮންމެސް ކަމަކާ ވިސްނާހެން ނަވްޔާއަށް ހީވިއެވެ. އެއީ އެހެންނާ ހުއްޓާނުލާ އަނގަތަޅާ ކުއްޖާ މިއަދު އަނގައިން އެންމެ ބަހެއްވެސް ނުބުނެެއެވެ. ނަވްޔާ އެއްޗެކޭ ނުބުނެ އިނީ މާނީމެން އަންނަންދެނެވެ. ސްކޫލްގޭޓުން އެތެރެއަށް ވަދެގެން އައި އިޝްމާއާ މާނީ ނަވްޔާގެ ލޮލުގައި އަޅާގަތުމުން އިސްރާ ގައިގަ ކޮށްޓާލިއެވެ. ޚިޔާލަށް ގެއްލިފައި އިން އިސްރާ ނަވްޔާ ކޮށްޓާލުމުން ގޭޓާ ދިމާއަށް ބަލާލިއެވެ. އޭރު […]