Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 7

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 23, 2018 7 Mins Read
59 Comments

އާރާޝްގެ އަނގަމަތި ބެންޑޭޖްކޮށްފައިހުރި އިރު ވެސް އޭނާގެ ރީތިކަން ފަނޑެއްނުވެއެވެ. ފަން އިސްތާށިގަނޑު ނިއްކުރިމައްޗަށް ވެއްޓިފައި އޮތްއިރު ވަރަށް ހިތްގައިމެވެ. ޖޯޒީ މަތިން ދިވެހިދިދަ ކޮނޑުގައި އައްސާފައި އޮތް އިރު “ސުޕަމޭން” ވައްތަރު ޖަހައެވެ.

“އައްސަލާމުލައިކުމް މިވަގުތު އަޅުގަނޑު ގާތު ހުއްޓިލައިގެން މިހުރީ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން އާރާޝް. އާރާޝް ވަރަށް ބޮޑަށް މަރުހަބާ. ގައުމީޓީމަށް ކުޅެދިން ދެވަނަ މެޗު ހެޓްރިކްއަކާ އެކު ތި ނިންމާލީ. ކޮންކަހަލަ އިހްސާސެއް މި ވަގުތު ކުރެވެނީ؟” “މިވަގުތު ކުރެވޭ އިހްސާސްތައް ބުނެދޭކަށެއް ނޭންގެ ވަރަށް އުފާވޭ. އެންމެ އުފާވަނީ އަޅުގަނޑު ޖަހާދިން ތިން ލަނޑުން މޮޅުވީމަ.” އާރާޝް މައިނޭވާ ލަމުން ޖަވާބުދިނެވެ. އެ ފިރިހިންވަތަ އަޑުއިވުމުން ހީބިހިނަގާވަރުވެއެވެ. “އާރާޝްއަށް ބަލާލުމުން ވެސް އިނގޭ ވަރަށް އުފާވެފަކަން ތިހިރީ. އަނގަމަތި ފަޅާގެންދިއުމުން ނުކުޅެވޭނެއޭ ހިތަށް އެރިތަ؟” “ހިތަކަށް ނާރާ. އެއަށްވުރެ ބޮޑަށް ކުޅޭހިތުން ހުރީ. އަސްލު އަނގަމަތި ފަޅާގެން ދިޔަކަން އެނގުނީވެސް އަނގައިން ލޭރަހަ ލުމުން.” ބޭންޑޭޖްމަތީގައި އަތް ހާކާލަމުން އާރާާޝް ބުންޏެވެ. “އާރާޝް ވަރަށް ބޮޑަށް ޝުކުރިއްޔާ އަދިވެސް އެއްފަހަރު މިއަދު ލިބުނު ކާމިޔާބީއަށް މަރުހަބާ. ކުރިއަށް އޮތް ތާނގަވެސް ބައްދަލުވާނެކަމަށް އުންމީދުކުރަން” އިންޓަވިއުއަށް ފަހުވެސް ޓީވީން ގެންނަމުން ދިޔައީ އާރާޝްގެ މޮޅު ކުޅުމުގެ ވާހަކައެވެ. އެނަލިސްޓުންގެ ގޮތުގައި ތިބި ދެބޭފުޅުންވެސް އާރާޝްއަަށް ތައުރީފްކުރަމުންދިޔައެވެ. އަކްމަލްގެ މޮޅު ކުޅުންވެސް އެބޭފުޅުން ފާހަގަ ކުރިއެވެ.

******************

“މިއަދު ކޯޗް ވަރަށް އުފާވެއްޖެ ތިކުދިންގެ ކުޅުން ފެނިފަ. ކުރީ ދުވަހު ހެދުނު މިސްޓޭކްތައް ރަނގަޅުކޮށް ހުރިހާ ކުދިންވެސް ސަތޭކަ ޕަސެންޓް ދީގެން ކުޅުނީމަ. އާރާާޝް އައި އޭމް ޕްރައުޑް އޮފް ޔޫ. އާރާާޝް އެކަންނެއް ނޫން އަކްމަލްއާ މެދު ވެސް ވަރަށް ފަޚުރުވެރިވޭ. އަހަރެން ނެގި ޑިސިޝަންއާ މެދު ރިގްރެޓް ކުރާނެ ފުރުސަތެއް އަކްމަލް ނުދޭ. މިއަދުގެ މެޗުން މޮޅުވުމުން ހުރިހާ ކުދިންނަށްވެސް މަރުހަބާ. ކުރިއަށް އޮތް ތާނގައި ވެސް ތިކުޅުން ކުޅޭނެ ކަމަށް ކޯޗް އުއްމީދު ކުރަނީ. ދެން އެންމެ ރަނގަޅު ދިޔައަސް” ކޯޗު ވާހަކަ ދައްކާ ނިމުމުން ހުރިހާ ކުޅުންތެރިން އެ ކުޅުންތެރިންގެ ރޫމްއަށް ދިޔައެވެ. ވަރުބަލި ވިއެއްކަމަކު ކޮންމެ ކުޅުންތެރިއެއްގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ހިނިތުންވުމެކެވެ.

އާރާޝް ރޫމްއަށް ގޮސް އަވަސްވެގަތީ އަފްރާއަށް ގުޅާށެވެ. ޔަގީނުންވެސް އަފްރާހުންނާނީ ކަންތައްބޮޑުވެފަކަން އާރާޝްއަަށް އިނގެއެވެ. އާރާޝް ފޯނުގެ ވައިފައި ޖައްސާލިއިރު ވައިބާއިން އަފްރާގެ ތިން މިސްޑްކޯލް އިނެވެ. އަފްރާގެ އިތުރުން މާނީވެސް ދެ ފަހަރު ގުޅާފަ އިނެވެ. ނަސީބަކުން އަފްރާ އަދިވެސްހުރީ އޮންލައިންގައެވެ. އިތުރު ވަގުތު ބޭކާރުނޮކޮށް އާރާޝް އަފްރާއަށް ގުޅިއެވެ. “އާރާޝް ކިތައް ފަހަރު މަންމަ މިހާރު ގުޅާފިން. އެކަމު ފޯނެއް ނުނަގާ. ވަރަށް ތަދުވޭތަ. ދަރިފުޅު އަނގައިން ލޭފައިބާތަން ފެނުނީމަ މަންމަގެ މޭގަނޑު އަނގައަށްނައި ހަމަ ކިރިޔާ. ޑޮކްޓަރަށް ދެއްކިންތަ؟ މާލެ އައިސްފަ ދަރިފުޅު ވާނެ މަންމައާ އެކީ ހޮސްޕިޓަލަށްދާން އިނގޭ. މަންމަ ކޯޗުގާތު ބުނާނަން ދެން މެޗަށް ދަރިފުޅު ނާރުވާށޭ” ފޯނުނެގިގޮތަށް އަފްރާ އެއްފައްޗަކަށް އަމުނާލިއެވެ. އަޑުގައި ތުރުތުރުކަމެއް ހުރުމުން އޭނާއަށް ހުރީ ރޮވިފަކަަން އެނގެއެވެ. މާލެ ގޮސް ހޮސްޕިޓަލަށް ދާ ވާހަކަ ބުނުމުން އާރާޝްގާތަށް ހިނިއައެވެ. އޭނާގެ މަންމަ އޭނާދެކެ ލޯބިވާވަރު އިހްސާސްވުމުން އުފާވިއެވެ. އަދި މިވީ ދުވަސްތަކުގައި މަންމަގެ ހިތުގައި ޖެއްސުމުން ދެރަވިއެވެ. “މަންމާ އާރާާޝް ރަނގަޅޭ މިހާރު. އެހެންނޫނަސް މީ މަންމަގެ ސްޓްރޯންގް އާރާޝްއެއްނު. މަންމަ އާރާޝް ކުޑައިރުގަ ބުނަމެންނު ކުޅޭއިރު ވެއްޓޭނޭވެސް އަދި ބައެއްފަހަރު ތަދުވާނޭވެސް. އެކަމު އާރާޝް ސްޓްރޯންގްވީމަ ތަދުވިއަސް ހިތްވަރު ކުރާނީއޭދޯ.” އާރާޝް ކުޑަކުއްޖެއް ފަދައިން އަފްރާއާ ވާހަކަދެއްކިއެވެ. އުމުރުން އަށާރަ އަހަރުވިއެއްކަމު އަފްރާ ގާތު އޭނާއަކީ އަދިވެސް “ބޭބީ” ކުއްޖެކެވެ. އާރާޝް ވާހަކަ ދެއްކިލެއް މަޖާކަމުން އަފްރާގާތަށް ހިނިއައެވެެ. އަދި އާރާާޝް އުމުރުން އެންމެ ހަތް އަހަރުގައި އަފްރާ އާރާޝް ގާތު ބުނި ވާހަކަ އާރާޝް ހަނދާން ހުރުމުން އޭނަ އުފާވިއެވެ. “އެހެންވީމަ މަންމަ ނުބުނައްޗޭ ކޯޗުގާތު އާރާޝް ނާރުވާށޭ. މަންމަ އުފަލެއް ނުވޭތަ އާރާޝް ހެޓްރިކް ހެދީމަކާ؟” “ނޫން ވަރަށް އުފާވި. އެކަމު ދަރިފުޅަށް އަަނިޔާވެފަ ހުރީމަ ދެރަވި” އަފްރާ ދެރަވެލާފަ ބުންޏެވެ. އާރާޝް ބައިގަޑިއިރަށްވުރެ ގިނައިރު އަފްރާއާ ވާހަކަ ދެއްކުމުގަ ހޭދަކުރިއެވެ. އޭނާއާ މެދު ކަންބޮޑު ނުވާށޭ ބުނުމަށްފަހު އާރާޝް ފޯނުބޭއްވިއެވެ.

******************

ނަވްޔާއާ އިސްރާ މެޗު ނިމިމުން ގެއަަަށް ދިޔައީއެވެ. އިޝްމާ މާނީއާއެކު މަޑު ކުރީ ގޭތެރެ ހަމައަކަށް އަޅުވާލުމަށެވެ. މެޗު ބެލި ގަޑީގައި ކައިފައި ހުރި ލުއި ކާނަފަދަ ތަކެތި ސިޓިންރޫމްއަށް އެޅިފައި ހުރުމުން އެތަންތަން ސާފު ކުރާށެވެ. ސިޓިންރޫމްގައި ހުރި ފޮތްތައް ކޮޓަރިއެއް ލާންވެގެން މާނީ ދިޔަވަގުތު އޭނާގެ ފޯނު ރިންގްވިއެވެ. އިޝްމާ ފޯނު ނަގައި ބަލާލީ މާއިޒްކަމަށް ހިތާއެވެ. ނަމަވެސް ގުޅަމުން ދިޔައީ އާރާޝްއެވެ. އިޝްމާ ކޮޓަރިއާ ދިމާއަށް ބަލާލީ މާނީ ނިކުމޭތޯއެވެ. ގުޅަނީ އާރާާޝްކަމުން އިޝްމާއަށް ފޯނު ނަގާކަށެއް ނުކެރުނެވެ. “ދޮންތަ ކާކު ގުޅާނީ؟ ފޯނު ނަގާބަ ނުންުނު މިދަނީ އެއްޗިހި ބަދަލުކޮށްލައިގެން ވަރަށް އަވަހަަށް” ކޮޓަރީގައި ހުރެފަ މާނީ ގޮވާލިއެވެ. އިޝްމާ ހިންދިރުވާލުމަށްފަހު ފޯނު ނެގިއެވެ. އަބަދަކު އާރާާޝްއަށް ފިލާގެނެއް އޭނާއަކަށް ނޫޅެވޭނެކަން އިޝްމާއަށް އިނގެއެވެ. ކޮންމެގޮތެއްވިއަސް ހެޔޮ ކަމަށް އިޝްމާ ފޯނު ނެގިއެވެ. އެހެނަސް އަނަގައިން ބުނާކަށެއް އިޝްމާއަކަށް ނުކެރުނެވެ. “އަނގައިން ބަސް ހުސްވެފަތަ ތީނީ މިއަދު. އާރާޝް ހެޓްރިކް ހެދީމަ ބުނާނެ އެއްޗެށްވެސް ނޭންގިފަ ދޯ ތީީނީ. ތެންކިޔޫ ތެންކިޔޫ” މާނީ ފޯނު ނަގާފަ ވާހަކަ ނުދެއްކުމުން އާރާާޝް ހީކުރީ މާނީ އިނީ ބުނާނެ އެއްޗެއްވެސް ނޭންގިފަކަމަށެވެ. އެހެންވެ ވަރަށް ވެލާފަ ވާހަކަ ދެއްކިއެވެ. “މީ… ނުން…ނު ނެ…ތް މި… ގަ..ޑިއަކު” އިޝްމާ އަޅައަޅާގަންނަމުން ބުނެލިއެވެ. އިޝްމާގެ އަޑު ކަންފަތުގައި ޖެހުމުން އާާރާޝްއަށް މޫނަަށް ވައްތަރެއް ޖައްސާލެވުނެވެ. މާނީ ކަމަށް ހިތާއި އެހާ ވެލާފަ ވާހަކަ ދެއްކުނީމަ ކުޑަކޮށް ރަކިވިއެވެ. އިތުރަށް ކިޔާނީ ކީކޭކަމެއްވެސް އާރާޝްއަކަަށް ނޭންގުނެވެ. އެހެނަސް އޭނާގެ ހިތްބުނަމުން ދިޔައީ އިޝްމާއާ ވާހަކަ ދެއްކުމަށެވެ. ހަަގީގަަަތުުގައި ާާާާާާާ މާނީއަށް ގުޅުމަށް ވުރެ އިޝްމާއަށް ގުޅަން އޭނާއަށް މާ އައުލާކަން ބޮޑުކަން އާރާޝްގެ ހިތްބުނަމުން ދިޔައެވެ. އެއްވެސް ޖެހިލިމެއްނެތި މާނީއާ ވާހަަކަ ދައްކާފަދައިން އިޝްމާއާ ވެސް ވާހަކަދައްކަން އާރާޝް ބޭނުންވިއެވެ. ނަމަވެސް އޭނާގެ އެހާ ހިތްވަރެއްނެތެވެ. “އާރާޝް ޔުއާރ ދި ގްރޭޓް އާރާޝް ދެން ކީއްވެ ހިތްވަރު ނުލިބިގެން ތިއުޅެނީ. ސްޓޮޕް ބިއިން އަ ކައުވާރޑް އެންޑް ޓޯކް ޓު ހާ. ކަމޯން އާރާާޝް” އާރާޝް ހިތާހިތުން ބުނެލިއެވެ. އެއަށް ފަހު ފުން ނޭވައެއްލިއެވެ. އަދި ވަރަށް ހިތްވަރު ކޮށްފައި ވާހަކަ ދެއްކިއެވެ. “އޯ އިޝްދޯ ހެހެހެ. ކިހިނެއްތަ ހާލު؟ ގުޅާވެސް ނުލެވޭދޯ އިޝްއަށް” އާރާޝް ވާހަކަ ދެއްކިއިރު އަޑުގައި ތުރުތުރުވުމެއް ހުރިކަން އިޝްމާއަށް ފާހަގަވިއެވެ. އިޝްމާވެސް ބެލީ އާރާޝްއެކޭ އެއްފަދައިން ހަމަޖެހިގެން ވާހަކަ ދެއްކޭތޯއެވެ. “ހަމަ ވަރަށް ރަނގަޅު. އާރ ވަޓް އަބައުޓް ޔޫ؟” އާރާޝްއާ ދިމާއަށް ކިޔަންވީ ކޯޗެއްކަމެއް ނޭންގުމުން އިޝްމާ އިނގެރޭސިބަހުން ވާހަކަ ދެއްކިއެވެ. “ހަމަ ވަރަށް ހަބޭސް. ކޮބާތަ އަޝްވާ؟ ވަރަށް މިސްވޭ އަޝްވާގެ ބޮޑު ތަކުރުފާނު ވާހަކަތައް މަތިން” އަޝްވާ މަތިން ހަނދާންވުމުން އާރާޝް އަހާލިއެވެ. “ވެއިޓް އިޝް ހަނދާންނެތިފަ މިހިރީ މިއަދު އިންޖަރީ ވިއޭ ދޯ. އެތަން ކިހިނެއް މިހާރު. އޯލްސޯ ޔޫ ޕްލޭޑް ސޯ ވެލް. އެންމެ ފަހު ގޯލް ވަރަށް ރީތި އިނގޭ. ޔޫ ރިއަލީ ޑިސާރވް މޭން އޮފް ދި މެޗް. އަޝްކޮވެސް އެބައުޅޭ” ވާހަކަދެއްކި ވަރަކަށް އިޝްމާ އަދި އާރާޝްވެސް ހަމަޖެހުނެވެ.

މާނީ އެއްޗިހި ބަދަލުކޮށްގެން ކޮޓަރިން ނުކުތްއިރު އިޝްމާ ފޯނުން ވާހަކަ ދައްކަން އިނެވެ. އިޝްމާ ވާހަކަ ދައްކަމުން ދިޔައީ އާރާޝްއާ ކަން އެނގުމުން އަޅާނުލާ އެމީހުން ދައްކާ ވާހަކަ އަޑުއަހަން މާނީ އިނެވެ.

މާނީ ކޮބައިތޯ ބަލަންވެގެން ފަހަތަށް އެނބުރުނު ވަގުތު އިޝްމާއަށް މާނީ ފެނުނެވެ. އަދި އާރާޝްގާތު މާނީ މިހުރީއޭ ބުނުމަށްފަހު މާނީއަތަށް ފޯނުދިނެވެ. އެއަށްފަހު ދަނީކަމަށްބުނެ އިޝްމާ ދިޔައެވެ. ” މާޝާالله އާރާޝް މިއަދު ހަމަ ސުޕާރބް. އައި އޭމް ސްޕީޗްލެސް. އިންޖަރީ ވެގެން ހުރެވެސް… ދެން ނޭންގެ ބުނާނެ އެއްޗެއްވެސް. ކާކުތަ އާރާޝް ވައްޓާލީ؟ ރުޅި އައިސްގެން ގޮސް ހަލާކުނުވީ ކިރިޔާ އޭނަ ނުޖެހޭ ދޯ އާރާޝް ވައްޓާލާކަށެއް” މާނީގެ ރާގު ބަދަލުވިއެވެ. މާނީ މޫނަށް ޖައްސަމުންދިޔަ ވައްތަރު ފެނުނު މީހަކު ހީހީ ހަލާކުވާނެއެވެ. މާނީ ވާހަކަ ދައްކަމުން ދިޔަ ރާގުން އެކަނިވެސް އާރާޝްހުރީ ހީހީ ހަލާކުވާން ކައިރިވެފައެވެ. ” ހަހަހަހަ މިގަޑީ ބޭނުމީ މާނީގެ އެކްސްޕްރެޝަން ބަލާލަން. އާރާޝްއަށް ޔަގީން މެޗު ބެލިގަޑީގަ މާނީ ރޯނެކަން. ނުވިތާކަށް ކައިރީ ހުރި މީހާއަށްވެސް އެވަރު ކޮށްލާނެ..” “ލޮލް އަސްލުވެސް ނަވްޔާގައިގަ ބޮނޑިއެއް އަޅާލިން..” މާނީ އެހެން ބުނިތަނާހެން އާރާޝް މާއިޒްއަށް ގޮވާފަ އެވާހަކަ ބުނެލިއެވެ. މާއިޒް ހެމުން ބުނެލީ ނަވްޔާ އޭނާގާތު އެވާހަކަ ބުނެފިކަމަށެވެ. ” ހާދަ ސަޅި ސެލެބްރޭޝަން އެކޭ ހެދީ ދެވަނަ ލަނޑުޖަހާފަ. ބުނެލެވިދާނެތަ އޭގެ މާނައަކީ ކޮބައިކަން؟” އާރާޝްގެ ސެލެބްރޭޝން މަތިން ހަނދާންވުމުން މާނީ އެހިއެވެ. ” އުމްއުމް. އޮޒިލް އެމް ސެލެބްރޭޝަން ހެދީ އޭނަގެ ނީސް މީރާއަށް ސްޕެޝަލްކޮށް. އެހެންވެ އާރާޝްވެސް ވަރަށް ލޯބި ކުއްޖަކަށް ސްޕެޝަލްކޮށް އޭތި ހެދީ. ކޮންމެހެން އޮޒިލް އޭތި ހެދީމައެއްނޫން. އެ ސްޕެޝަލް ކުއްޖަކީ އާރާޝްގެ ލައިފްގަ ވަރަށް މުހިންމު ކުއްޖެއް. ވަރަށް އެނޯޔިންވެސް ވާނެ ބައެއްފަހަރު. އެކަމު އާރާޝް އެންމެ ބޭނުންވާ ގަޑީގަ އަބަދުވެސް އާރާާޝްއާ އެކީގަ އެކުއްޖާވާނެ. ފުޓްބޯލް ކުޅުމަށް އާރާޝްއަށް އެންމެ ހިތްވަރު ދެނީވެސް އެ ކުއްޖާ. އުޅޭނެ ބައެއްފަހަރު ވަރަށް ރުޅިކަމަށްހެދިގެން އެކަމް އާރާޝްއަށް ގޮތެއްވެއްޖެޔާމުން ނިކަން ދެރަވާނެ. ރޯންވެސް ރޮވޭނެ. ތެދަށް ބުނަނީނަމަ އެއީ އާރާޝްގެ ބެސްޓް ފްރެންޑް އެކުއްޖާގެ ނަމަކީ މަރިޔަމް މާނީ މިހްރާން. މާނީ ފެށެނީ އެމް އަކުންނު ދޯ. ދެން ދެވަނަ ގޯލް ޖަހާފަ އެއްލިތީރަކީ މާނިއަށް އެ ގޯލް ޑެޑިކޭޓް ކުރިކަން ބުނެލަން ޕްލަސް އަބަދުވެސް މާނީތީ އާރާޝްގެ ބެސްޓް ފްރެންޑް ކަން. ކިތަންމެ އުނދަގޫ ކުރިއަސް..” އާރާާޝް ބުނި ކޮންމެ ޖުމްލައެއް މާނީގެ ހިތުގައި ރައްކާކުރިއެވެ. އާރާޝް އެގޮތަށް ވާހަކަ ދެއްކުމުން ލަދު ގަންނަގޮތްވިއެވެ. މާނީގެ ކޮލަށް މަޑު ޖަންބުޖުކުލަވެރިވިއެވެ. އެތާ އެކަކުވެސް ނެތްކަން އެއީ އޭނާގެ ނަސީބޭ ހިތަށް އެެރިއެވެ. “ސޯ ޖަވާބު ލިބިއްޖެތަ؟” މާނީ އިތުރު އެއްޗެކޭ ނުބުނުމުން އާރާޝް އަހާލިއެވެ. “ޔެސް މީ އަނޭ ނިދަން މި ދަނީ މާދަން ސްކޫލްވެސް އޮވޭ” އިތުރަށް ބުނާނެ އެއްޗެށް ނޭންގުމުން މާނީ ބުންޏެވެ. އަދި އާރާޝް އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ފޯނު ކަނޑާލިއެވެ.

މާނީ ލަދުގަތީކަން އިނގުމުން އާރާޝް ލާނެއް ގޮތަކަށް ހީލިއެވެ. މާނީ ލަދުގަތީމަ ހުންނަ ގޮތް ސިފަވުމާއެކު ހެމުން ދެފަރާތަށް ބޯހޫރުވާލިއެވެ.

ނިދަން އޮށޯވެ އޮތްއިރުވެސް މާނީއަށް އަޑުއިވެމުން ދިޔައީ އާރާޝްގެ ބަސްތަކެވެ. ދެފަރާތަށް ފޮރޮޅިލާ ފޮރޮޅިލާ އޮތީ ނުނިދިގެންނެވެ.

އިސްރާގެއަށް އައިރު ފަރުހާ ފެންނާކަށެއްނެތެވެ. އިސްރާ ނަސީބެކޭ ހިތަށް އެރިއެވެ. ފަރުހާއަށް ނުފެނި ގޮސް ކޮޓަރިއަށް ވަނެވެ. ދާހިއްލާފައި ހުރުމުން އޭނާ އަވަސްވެގަތީ ފެންވަރާލާށެވެ. ފެންވަރާގެން ނުކުމެ ނިދަން ތައްޔާރުވެލުމަށްފަހު ހެޑްސެޓް ކަންފަތުގައި އަޅާލިއެވެ. އެއަށްފަހު ފޯނު ނަގައި އަހުސަމްއަށް ގުޅާލިއެވެ.

އިސްރާއަަށް ގުޅާލާނީއޭ ހިތަށް އަރައި އަހުސަމް ފޯނު ނެގިތަނުން އިސްރާ ގުޅަންފެށިއެވެ. “އަހޫ ދުވަހަކުވެސް އިސްރާ ދޫކޮށްފަ ނުދައްޗޭ. ޕްރޮމިސްކުރޭ ނުދާނެކަމަށް. އިވާން އިސްރާއަށް ހެދި ގޮތް އަހޫ ނުހަދައްޗޭ އިނގޭ” އިސްރާ ފުރަތަމެވެސް ދައްކަންފެށި ވާހަކައަކުން އަހުސަމް ބޯހާސްވާ ގޮތްވިއެވެ. އިސްރާ އެ ގޮތަށް ހިތަށް އެރީ ކީއްވެބާއޭ ހިތަށް އެރިއެވެ. އިރުކޮޅަކުން އިސްރާގެ މަޑު ގިސްލުމުގެ އަޑުވެސް އަހުސަމްއަށް އިވުނެވެ. ” އިރާ ކިހިނެއްވެ ތިހެން ތިބުނީ؟ ކީއްވެ ތިރޮނީ؟ ލަވްއަށް އިނގެއެއްނު އަހޫ ލަވްދެކެ ވަރަށް ލޯބިވާކަން.” ” އިނގޭ އަހޫ ވަރަށް ލޯބިވާކަން އެކަމުވެސް ހިތް ބިރު ގަންނަނީ” އިސްރާއަށް އިތުރަށް ރޮވުނެވެ. ހަގީގަތުގައި އިސްރާ ބިރުގަންނަނީ ފަރުހާ އެމީހުންގެ ގުޅުމަށް ދެކޮޅު ހަދާނެތީއެވެ. އެހެނަސް އަހުސަމް ގާތު އެވާހަކަ ބުނާކަށެއް ނުކެރުނެވެ. އަހުސަމް އެކި ކަހަލަ ސަމާސާ ކުރުމުން އިސްރާ ހަމައަކަށް އެޅުނެވެ. ލޯބީގެ އެތަށް ވައުދާ އަހުދު އެ މީހުންވިއެވެ. އިސްރާއަށް ނިދުނީވެސް އަހުސަމްއަށް ގުޅާގެން އޮއްވައެވެ.

ނަވްޔާގެއަށްއައިރު ގޭގައި ވަރަށް ފޯރިގަދައެވެ. ދާނިޝްއާ ރައުފާ ވަރަށް ފޯރީގައި އަކްމަލްގެ ކުޅުމަށް ތައުރީފް ކުރަމުންދިޔައެވެ. އަކްމަލް ކުރި މޮޅެތި ސޭވްތަކުގެ ވާހަކަ ރައުފާ އެތަށްފަހަރަކު ނަވްޔާއަށް ކިޔާދިނެވެ. އެމީހުން ހީވީ އަލަށް މެޗެށް ފެނިގެން އުޅުނުހެންނެވެ. އަކްމަލްގެ މޮޅު ވާހަކަ ދައްކަމުން ދާނިޝް މާއިޒްގެ ވާހަކަވެސް ބުނެލިއެވެ. ނަވްޔާ ވަރަށް ނޫންކަމަށް ހެދިގެން ދާނިޝްގެ ވާހަކައަށް ދޯއެއް ދިނެވެ. ތިން މީހުންވެގެން އެރޭ އަކްމަލްއަށް ވީޑިއޯ ކޯލްވެސް ކުރިއެވެ.

ނަވްޔާ ކޮޓަރިއަށް ވަދެވުމާއެކު ދޮރުތަޅުލުމަށްފަހު ފޯނު ނަގައި މާއިޒްއަށް ގުޅާލިއެވެ. މާއިޒް ފޯނު ރަނގަޅުވެފައިވުމުން ވަގުތުން މާއިޒް ފޯނު ނެގިއެވެ. ނަވްޔާއާ މާއިޒް އެތަށް އިރަކު ވާހަކަދައްކަން ތިއްބެވެ. މާނީ މެޗު ބަލަން އުޅުނު ގޮތް ނަވްޔާ ހީހީފައި މާއިޒްއަށް ކިޔާދިނެވެ.

އިޝްމާ އޭނާ ދިރިއުޅޭ ބަޔަށް ދިޔައިރު އަޝްވާ ކާންއިނެވެ. އިޝްމާ ގެއަށް ވަނުމާއެކު ދޮންތާއޭ ކިޔާފަ ވަރަށް ބާރަށް ގޮވާލިއެވެ. އެއުޅެނީ ކޮންމެވެސް މޮޅު ވާހަކައެއް ދައްކަންކަން އެނގުމުން އިޝްމާ ވަރަށް ގަޔާވެލާފަ ކިހިނެއްވީހޭ އަހާލިއެވެ. ” ދޮންތައަށް އެނގޭތަ މިއަދު ވީގޮތެއް އާރާޝްދޮންބެގެ މައުތް ފަޅާގެން ދިޔައީ ބައިވަރު ލޭވެސް އައި އެކަމުވެސް ވަރަށް މޮޅަށް އާރާޝްދޮންބެ ކުޅުނު ތްރީ ގޯލްވެސް ޖެހި. މާއިޒްދޮންބެވެސް ވަރަށް މޮޅަށް ކުޅުނު. ބައިވަރު ބޯލް ޑިފެންޑްކުރި. އަދި އުޅޭނު ނަވްޔާ ދައްތަ ގެ ބޭބެ އަކްމަލްބޭބެ އެބޭބެވެސް ވަރަށް މޮޅު އާރާާޝްދޮންބެގެ ފްރެންޑް އަހޫބޭބެވެސް ވަރަށް މޮޅު” އަޝްވާވެސް ދެއްކީ މެޗުގެ ވާހަކައެވެ.މުޅި ޓީމުންވެސް އޭނާއަށް އިނގޭ ހަތަރު ކުދިންގެ މޮޅު ވާހަކަ ދެއްކިއެވެ.ފަސް އަހަރެއްކަމަކު ބޮޑު އަނގައެކެވެ. ވާހަކަ ދައްކާއިރު މޫނަށް ހަދާލާގޮތުން ބައެއް ފަހަރު މާނީއާ ވައްތަރު ގޮތެއްހުރެއެވެ. “އެހެންތަ އަޅޭ ދޮންތައަކަށް ނޭންގެއޭ ތިކަމެއް އަދި ކޮއްކޮ ހާދަ ރަނގަޅޭ ދޮންތައަށް ކިޔާދިނީމަ” އަޝްވާގެ ކޮލުގައި ހިފާލަމުން މާނީ ބުންޏެވެ. “ކޮއްކޮއަށް އެނގޭތަ އާރާާޝްދޮންބެ ކޮއްކޮއަަށް ސަލާންބުނި” އާރާާޝް އަޝްވާއަށް ސަލާންބުނިކަން ހަނދާންވުމުން އިޝްމާ ބުންޏެވެ. “ދޮންތަ ގުޅީތަ އާރާޝް ދޮންބެއަށް؟ ކީއްވެ ކޮއްކޮއަށް ނޮގޮވީ؟” ތުން ދަމާލަމުން އާޝްވާ ބުނެލިއެވެ. އާރާޝްގެ ހުންނަ ކުޑަކުދިންގެ ގޮތްގަނޑުގެ ސަބަބުން އަޝްވާ ވަނީ އާރާޝްއާ ވަރަށް ދޯޅުވެފައެވެ. އާރާޝް ގުޅީ މާނީއަށޭ ބުނުމުން އަޝްވާ އިތުރަށް ތުން ދަމާލިއެވެ. އަދި އާރާޝްދޮންބެ އަބަދު ގުޅަނީ ދޮންތިއަށޭ ބުނެލިއެވެ. އެވަގުތު ބަދިގޭގައި އުޅެފައި އަފްޝަން ކާގެއަަަށް އައެވެ. “އިޝްކޮ އާރާޝްއާ ވާހަކަ ދެއްކިންތަ؟ އާރާޝް ރަނގަޅުތަ؟ އެކުއްޖާ މުޅިން ޒަހަމް ކޮށްފައޮތީ ދެރަވެސްވި އާރާޝް ފެނުނީމަ” އަޝްވާ ކައިރީ އިން ގޮނޑީގައި އިށީންނަމުން އަފްޝަން ބުންޏެވެ. އިޝްމާ އަފްޝަންއާ ދިމާއަށް ބަލަން އިނުމަށްފަހު ހިނިތުންވެލިއެވެ. އަދި އާރާޝް އޭނަގާތު ބުނިގޮތަށް އާރާާޝްގެ ހާލު އަފްޝަން ގާތު ބުންޏެވެ. ދެން ނިދަން ދަނީ ކަމަަށް ބުނެ ކޮޓަރިއަށް ދިޔައެވެ.

އަކްމަލް ފޯނު ހިފައިގެން އެނދުގައި އޮށޯވެލީ އިޝްމާއަށް މެސެޖެއް ކޮށްލުމުގެ ބޭނުމުގައެވެ. މިވީ ދުވަސްތަކުގެ ތެރޭ އަކްމަލް ވަނީ ނުހަނު ބޮޑަށް އިޝްމާއާ ގަޔާވެވިފައެވެ. ެެެެެެެެެ އެހެނަސް އިޝްމާގާތު އެވާހަކަ ބުނާކަށް ނުކެރެއެވެ. މާޒީގަ ވެދިޔަ ކަންތައްކަށްފަހު އިޝްމާގާތު އެކަހަލަ ވާހަކަ ދައްކަން އަކްމަލް ޖެހިލުންވެއެވެ. އެކުވެރިއެއްގެ ަ ހައިސިޔަތުންވިއަސް އިޝްމާއާ ވާހަކަ ދައްކާލެވުމުން އަކްމަލްގެ ހިތްފުރެއެވެ.

އިޝްމާ އިންތިޒާރު ކުރަމުން ދިޔައީ އަކްމަލްގެ މެސެޖެއް އަންނާނެއިރަކަށެވެ. އޭނާގެ ސިކުނޑި ބުނަމުން ދިޔައީ އަކްމަލްއާ ވާހަކަނުދެއްކުމަށެވެ. ނަމަވެސް ހިތްގޮވަމުންދިޔައީ އަކްމަލްއާ ވާހަކަ ދައްކާށެވެ. އެކުވެރިއެއްގެ ގޮތަށް ވާހަކަ ދެއްކިއަސް އެއިީ މައްސަލައެއް ނޫންކަމަށް ހިތްބުނަމުން ދިޔައެވެ. އަކްމަލްގެ މެސެޖެށް ފޯނަށް ލިބުމާއެކު އިޝްމާ އަވަހަށް ފޯނު ނަގައި ރިޕްލައި ކުރިއެވެ. އިޝްމާ ފަށުވި އިބާރާތުން އަކްމަލްގެ ކުޅުމަށް ތައުރީފް ކުރިއެވެ. އަކްމަލްވެސް ފަށުވި އިބާރާތްތަކުން އިޝްމާއަށް ޝުކުރު އަދާކުރިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (45) (ނިމުނީ)

Next

އެ ވަޢުދު (9)

Next
June 23, 2018

އެ ވަޢުދު (9)

Previews
June 23, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (45) (ނިމުނީ)

59 Comments!

  1. Maya says:
    June 23, 2018 at 3:23 pm

    Yey me first…

    1. Kiyara says:
      June 23, 2018 at 3:26 pm

      Yes dear ure first pls let me no wat do u think abt arash and ishmas relationship ingey??❤️❤️

  2. Kiyara says:
    June 23, 2018 at 3:24 pm

    Slm hurihaa kudhin miothy storyge 7 vana part. Mi baiga arash and ishma ge bai ihnnane. Thikudhinnah hyvany arash adhi ishma ge othy kongulhumeh hen? Pls do let m know ur theories about arash and ishmas relationship.
    Ummedhu kurany mi bai ves hurihaa kudhihnnah kamudhaame kamah

  3. Twinkle? says:
    June 23, 2018 at 3:26 pm

    Yay me second

    1. Kiyara says:
      June 23, 2018 at 3:29 pm

      Yes twinkle ure second. Pls do let me know wat u think abt arash and ishmas relationship ???❤️❤️❤️

    2. maya says:
      June 24, 2018 at 5:54 pm

      mizuha gandu manjeyyyyyyyyyyyyy…………………………

  4. Ripher Qaasim says:
    June 23, 2018 at 3:29 pm

    Fathimath Raxan
    Xysh Shan , thamn kiyan salhi stry eh…mostly about football …last part ga oih hat-trick hedhi vaahaka vxx??‍♀️?

    1. Fathimath Raxan says:
      June 23, 2018 at 3:30 pm

      Nukiyeye ne tha summary kiyaadhee

    2. Ripher Qaasim says:
      June 23, 2018 at 3:31 pm

      Alhe part 6 ekani kiyaaba …v kuruvaaney

    3. Ripher Qaasim says:
      June 23, 2018 at 3:32 pm

      Emme 7 prt ehn nunas…v kuru vaane …dhn kiyaaba salhiyey

    4. Xysh Shan says:
      June 23, 2018 at 4:03 pm

      Ma keen I just love akmal ❤️❤️

    5. Ripher Qaasim says:
      June 23, 2018 at 4:07 pm

      Aarash eh nun thr

    6. Xysh Shan says:
      June 23, 2018 at 4:15 pm

      Hmm he is married Ripher Qaasim

    7. Ripher Qaasim says:
      June 23, 2018 at 4:27 pm

      Xysh Shan eyn,tha anga

    8. Xysh Shan says:
      June 23, 2018 at 4:28 pm

      Ripher Qaasim Hama huvaa

    9. Ripher Qaasim says:
      June 23, 2018 at 4:49 pm

      Ma vxx kiyamey mi stry?

    10. Xysh Shan says:
      June 23, 2018 at 5:17 pm

      Mamikiyanee real life arassge vahakabala galhi ???

    11. Ripher Qaasim says:
      June 23, 2018 at 6:02 pm

      Ma nudhannan Aarash eh real life ga?‍♀️

  5. Twinkle? says:
    June 23, 2018 at 3:42 pm

    Stry hama habeys… ???luv it… ??? when is the nxt part… ⚽⚽⚽

    1. Kiyara says:
      June 23, 2018 at 10:29 pm

      Thanks twinkle ??❤️❤️❤️❤️

  6. Twinkle? says:
    June 23, 2018 at 3:53 pm

    Abt arash n ishma, ae cousins dhw… mihn mibuny maany aky ishma ge cousin eh… dhn maany ge sis eh arash ge mom aky… dhn ehn viyya maany ge cousin akah arash vanya dhn ishma ge vs cousin akah vaane kanneynge… dhn hyvany edhemyhun knmes kahala prblm ehga ulheyhn… like rattehi vefa brk up vefa hn… ekm hyvey adhivs gulhun baavvan beynun vaahn… dhn neynge… mii twinkle ah visnun goih… anehka rngalhahbaa mibunevuny?????????heheh…

    1. Kiyara says:
      June 23, 2018 at 10:30 pm

      Hingaa dho balamaa twinkle buni githaa dhimaaveytho❤️❤️???

  7. Eemyaa says:
    June 23, 2018 at 3:59 pm

    V reethi mi part ves.. ❤
    Ishma nd aaraash a e eh bappa eh ge kudhin hen heevany.. ?
    Kuriah oiy part v kiyaalaa hiyvey eba

    1. Kiyara says:
      June 23, 2018 at 10:31 pm

      Thanks Eemyaa. Hingaa dho balamaa ???❤️❤️

  8. F says:
    June 23, 2018 at 4:06 pm

    ???????☹️??

  9. Nunnu says:
    June 23, 2018 at 4:10 pm

    Vv reethi mi part ves

    1. Kiyara says:
      June 23, 2018 at 10:31 pm

      Thanks Nunnu❤️❤️??

  10. Stry kiyaa man says:
    June 23, 2018 at 4:56 pm

    Masha allah.miyny dhen bunaane ehcheh nygifa.
    Vv furihama baithah athuraafa huri goih.vvv nice .keep it up dear. Dear afshan eii ishma ge mom thr.ST Man ah heevany e dhe meehun ge bappa eii ekaku hen. Kurin ishma ge bappa ah libifa huri dharieh eii arash .ekam eii kaivenin beyru ga kanny ge.
    Dhen vaa goih balaa lan beynumy. Waiting 4 nw part.-salaam-????

    1. Mixu says:
      June 23, 2018 at 5:21 pm

      yep….alhugadah ves hee vany ey kaivenin beyrun libifa huri kujjekey…same to STM….
      story v v v nice…maasha allah….and u love foot ball….ly

    2. Kiyara says:
      June 23, 2018 at 10:35 pm

      Thanks mizu. Hingaa dho balamaa???⚽⚽⚽

    3. Mixu says:
      June 23, 2018 at 5:25 pm

      *i love football

    4. Kiyara says:
      June 23, 2018 at 10:34 pm

      Wslm. Thanks STM. Aslu ishmaa ge mom aky afreen olhigen afshan ey jehifa iny. Varah bodah sry. Hingaa dho balamaa dhen vany kihineh tho???

  11. .. says:
    June 23, 2018 at 4:58 pm

    I guess ishmaa n arash have same fathers henn.. evaahaka kanneyge ingigen arash ulhuny faadakah 1st match oii dhuhu.. ehnviyyaa maany n arash vaany cousins ah dhw??

    1. Kiyara says:
      June 23, 2018 at 10:34 pm

      Hingaa dho balamaa kihineh kan vany??❤️❤️

  12. unique says:
    June 23, 2018 at 5:27 pm

    i think first araash n ishmaa were like girlfriend-boyfriend but then whn they new they both are from same mother they ended their relation ehnv complications in talking then idk ingey its just what i think dont get angry or annoyed me mihen bunyma………. n the story was osm just love this story

    1. Kiyara says:
      June 23, 2018 at 10:38 pm

      Thanks unique hingaa dho balamaa. ??❤️❤️

  13. Twinkle? says:
    June 23, 2018 at 7:16 pm

    Arash n ishma ge same dad kanneynge… ehnve edhemyhun brk up v kanneynge… beynun nuvias… ekm adhi vs lwbi vey… dhn ekan afraa arash ah nukiyaadhy hutta bust v kanneynge… dhn ehnve kanneynge arash afraa dheke hihh hama nujehuny… mii vs hyvaa gotheh…

    1. Kiyara says:
      June 23, 2018 at 10:39 pm

      Lets see dho ???❤️❤️

  14. Unknown girlll.. says:
    June 23, 2018 at 8:02 pm

    Alhey no………ishma aaarashaa gulhuvaba dhoa pls…. maany and akmal……past ga kihinehvytha.?..and bunedheefaanantha cousins, siblings noony relatives aky kobaikan mivaahakaiga..pls…..maany aky v.angathalaa kujjehnun…halani…..dhen maany aa akmal…ishmaa arash maagulheynehen heevany..aslu kon massaleh tha jehuny…between them or they all… mivaahakaige boy best friendunnaky kobaikan ves bunelahchey…..sis and inshallah miaharu nimumun v.avahah vaahakaeh liyeveythoa balaanan….cux this is my last year … mipart ves awwsum.keep up the good work,.luv ya more sis..????❤❤❤❤❤?????

    1. Kiyara says:
      June 23, 2018 at 10:45 pm

      Thanks unkown girlll. Hingaa dhobalamaa kihineh kan vany kuriah huri bai thakun unkown girlll ge hurihaa questions thakah answers libeyne ISA LY2 sis???❤️❤️❤️❤️❤️

  15. Livee says:
    June 24, 2018 at 1:03 pm

    Varah salhi hama osm.and about a rash n ishma I also think they have same father

  16. Livee says:
    June 24, 2018 at 1:05 pm

    Varah salhi hama osm.and about a rash n ishma I also think they have same father meet levee ah heevaa gothaky

    1. Kiyara says:
      June 24, 2018 at 10:50 pm

      Thanks Livee ♥️ hingaa dho balmaa kihinehtho vany

  17. maya says:
    June 24, 2018 at 6:04 pm

    hey kiyara ..adhi kiriya maya ah mi kiyuni..iyye upload eh intho balalan vegen vadheli thanaa kiya iny up kohfa dhen balaali iru no one commented ehenve maya first comment kohlyy. maya 10 vyma vvvvvvvvv bxy ehenve adhi kiriya mi time eh libuni kiyaalan…hehhe btw vvvvvvvvv reethi mihaaru knmes varakah eba vaanuvaa engey..abt aaaraash n ishma they both r cousins tha????????bcox maany n ishma r cousins…and afra ah kiyany kudu dhwww….and araash aa dhemyhunge past ga so many myseries ebahuri dhww..bt vvvvvvvvvvvvvv rethi ..keep it up>3>3>3

    1. Kiyara says:
      June 24, 2018 at 10:53 pm

      Maya vx my 10ga ulhey kuhjje dho. Maya kiyavahchey ingey. Arash and ishma has a mysterious past. Hingaa dho balama kihineh tho vany ?? varah ufaavehjje ehaa busy koh ulhemunvx story kiyafa comment kohllathyve thanks Maya♥️♥️

  18. Unknown girlll.. says:
    June 24, 2018 at 7:31 pm

    Ehen vejjeya buneba atleast ,eega ulhey.. soblings, cousins .relatives…kihinehkan ekaku anekaku dhannany..???❤

    1. Kiyara says:
      June 24, 2018 at 10:56 pm

      Mmmm unkown girll pls dnt feel bad ingey kiyara ah varah undhagoo comment ga hurihaa ehche kiyaadheyn. ☹️☹️?? Kuriah huri part thakuga ebai genes dheveytho mi try kurany

  19. Twinkle? says:
    June 24, 2018 at 8:06 pm

    Maya bxy kamun vs dhw… maya first comment kuryma twinkle hykury maya adhi visnany kamah arash n ishma ge relation… hehehe… luv u soooooo much captain maayaaaaa!!!???????

    1. Maya says:
      June 25, 2018 at 2:37 pm

      Luv u 2 idiot. ????❤️❤️

  20. shif says:
    June 24, 2018 at 10:13 pm

    story vv reethu (U19 football kudhin mivaaka kiyan vaane)
    body
    inshy
    renoo
    laikko
    hamy
    choi
    mini
    shaxu
    kudy
    N all PLAYERS

    1. Kiyara says:
      June 24, 2018 at 11:11 pm

      Thanks shif

  21. Twinkle? says:
    June 24, 2018 at 10:50 pm

    Alhey maayaaa gandaaaaa!!!!!!???

    1. Maya says:
      June 25, 2018 at 2:39 pm

      ?????

  22. Twinkle? says:
    June 25, 2018 at 6:18 pm

    A foni maya fonivaane kameh neii nge???

  23. Jazlee says:
    June 26, 2018 at 9:25 pm

    Maya nd Twinkle ? ge majaa comments kiyaafa heehee halaaku vaavaru vey.Anywayx mi prt vrh tough nge kiyaa sis.luv u ❤❤??

  24. Jazlee says:
    June 26, 2018 at 9:35 pm

    My drm ix to be a stry wrytr . ISA mi namuga (Jazlee )ge namuga noonas mi aharu vrh masahkaiy kuraanan Jazlee ge faraathun kiyuntherinnaa hama ah alhugandu ge vhk eh genesdheveythw. Mihaaru bxy kamun hama nuvaane ehnu vhk liyaane vagutheh. Ekm esfiya. Com ga vx vhk liyaa hihvey. Heekuran, Jazlee ge vhk fenna dhuvahakun alhugandah ge stry thaah vx tharuheebu libeyne kmh.dhn name ga innaany eyrun “DANDELION”kan vx dhannavaalan.

    1. shahy says:
      November 2, 2018 at 7:32 pm

      ????

  25. shahy says:
    November 2, 2018 at 7:31 pm

    Neyge vaanuvaa

  26. Aish says:
    August 3, 2020 at 5:09 pm

    Afraa aa arshadh rahtehi V. N maaleyga.. Zahynu afreen aa arshadh ge kaiveni hama jehsy. Afraa arshadh ge dhariakah nahalaalun bandu bodu V. Arshadh ah fenuny azzam afra nithuga boss dhey than. Edhuhu afraa dhookohlaafa arshadh male a ee. N zaheeenu men aarey aa afreen ge kaiveni kuru V. 18 aharufahun aaraash men bodu V ma mi buny, Aaraash ishmA ah loabi hushahelhy….. Maany aaraash dheke like vey. N Aakey ah ves Hury Ishma dheke loabi vevifa. Aaraash Ishma ah loabi hushahelhi dhuhu bust v Aaraash aky arshadh ge dhariehkan.. aaraash afra dheke hiy hama nujehigen fury. So fahun aaraash ah visnuny ishma dheke vevuny haqeegee loabi noon kan. E ee hama beybe kohko loabi kan.. N Aaraash ah maafahun realise v eyruvx Aaraash ah thafaathu nazararakun visnemun a ee maany aa dheytherey kan… Dhen dhen dhen dhen….. Aan Aakey aa ishma gulhuny… Ahusam-Isra marry kury.. Maaiz-Navya Akmal-Ishma ge kaiveni rey Zahynu maany kuhjjakaa dhevan ninmy. Anehdhuhu egeah ekuhjjaa genaee… Kamaku dhaakahneiy e ekuhjaky Israa ge kuryge loabiveraa Ivaan…. Maany aabas dhiny. Kiyavaigen aissa marry kuran… Aaraash ge hiyy fundu fundu V…..
    After 4 years hurihaa kudhin maany men geah eh v. Akmal buny maanygaathu kon irakun hey Ivaan aa in naany. Maany buny Aslu innaakah beynumeh nooney… Aaraash ufalun gos marunuv kiriyaa…. Ivaan kairy innaakah beynumeh nooney bunan maany dhiyaee aaraash aa eh koh. Marry kuraakah beynumeh nooney bune maany hotel in nukuthy. Aaraash nukuthumaai eku maany bahdhaaly esoru gaiga.. Aanmun photo naagaafa mees media ga habarufethury maany aky aaraash ge loabi veriaa hey kiyaafa…. Maany men geah dhiyathanun Zahynu maany ah varu beyly…. Edhuhu aaraash buny aaraash dhekeny maany aky kohko eh gothashey. Adhi maany vx aaraash dhekeny beybe eh gothashey… Maany edhuvahun feshigen aaraash aa dhuru V.. But aaraash bely gaaiveveytho… After 3 days mi buny Zahynu varu beyli fahun, aaraash ah navya men maany ge dairy dhiny…. Eygen aaraash ah inguny maany vx aaraash dheke loabi Vaakan.. So dhemeehun rahtehi V. Zahynu ah emeehun ge gulhun engumun aaraash vakin gen gohssa buny sharutheh ge mathin ney maany aa Mary kureveyny…… So kuriah othy world cup….. Raajje world cup negy… Maale aissa enmen Afraa men bayah a eee.. Zahynu buny aaraash dharifulhaavey kaafa buni sharuthu thi furihama kuree ey. Zahynu buni sharuthaky raajje ah world cup nagnagaidhinun…. So maany and aaraash maried… They got a cute boy baby… They named him YOOSUF HASSAN AARAASH…..❣️❣️?????❣️?
    __________________HAPPY ENDING_________________

Comments are closed.

Next Episodeރާސްތާ 8←


All Right Reserved!