އިޝްމާ އިންތިޒާރު ކުރަމުން ދިޔައީ އަކްމަލްގެ މެސެޖެއް އަންނާނެއިރަކަށެވެ. އޭނާގެ ސިކުނޑި ބުނަމުން ދިޔައީ އަކްމަލްއާ ވާހަކަނުދެއްކުމަށެވެ. ނަމަވެސް ހިތްގޮވަމުންދިޔައީ އަކްމަލްއާ ވާހަކަ ދައްކާށެވެ. އެކުވެރިއެއްގެ ގޮތަށް ވާހަކަ ދެއްކިއަސް އެއިީ މައްސަލައެއް ނޫންކަމަށް ހިތްބުނަމުން ދިޔައެވެ. އަކްމަލްގެ މެސެޖެށް ފޯނަށް ލިބުމާއެކު އިޝްމާ އަވަހަށް ފޯނު ނަގައި ރިޕްލައި ކުރިއެވެ. އިޝްމާ ފަށުވި އިބާރާތުން އަކްމަލްގެ ކުޅުމަށް ތައުރީފް ކުރިއެވެ. އަކްމަލްވެސް ފަށުވި އިބާރާތްތަކުން އިޝްމާއަށް ޝުކުރު އަދާކުރިއެވެ. ******************** މުޅި އޭކިއު ސްކޫލްގައި ދެކެވެމުންދިޔައީ […]
ޒިވާ އާއި ރިފާވެސް އެދެމެދުގައި އޮތް ދުރުކަން ކަނޑުވާލުމަށްފަހު އެކުވެރިންނަށް ވެއްޖެއެވެ. އެކި ވާހަކަ ތަކުގައި އެމީހުން މަސްއޫލުވެފައި ތިބި އިރު އެހެން ކަމަކަށް އެއްވެސް ސަމާލުކަމެއް ނެތެވެ. ވާހަކަ ތަކަށް ގެއްލިފައި ތިބި މީހުންނަށް ސިހުން ގެނުވީ ގޭގެ ދޮރު ހުޅުވުނު އަޑަށެވެ. ގޭގެ ދޮރު ތަޅުލައިފައި އެނބުރިލި ރައިފާއަށް މަޑުޖެހިލެވުނީ ސިޓިން ރޫމުގައި ތިބި އެންމެންގެ ލޯތައް އޭނާއާއި އަމާޒުވެފައި ހުރުމުންނެވެ. ރައިފާގެ މިސްރާބު އެހެން ކަމުން އެދިމާލަށް ޖެހިއެވެ. ނަމަވެސް އެތާ އެތިބި […]
ރޭގަނޑުގެ ވަގުތެވެ. އަމީމާއި އޭނާގެ މައިންބަފައިން ދިޔައީ އަމްނާއާއި ބައްދަލުކުރަން ދިއުމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. ޒަރީރާއި މަރީނާގެ ތުންފަތްމަތިން ނުފިލާ ހިނިތުންވުމެއް ހުރި ނަމަވެސް އަމީމްގެ މޫނު މަތިން ފެންނަނީ ނުތަނަވަސް ކަމެވެ. ހާސް ކަމެވެ. ހިތުގައި އެތައް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. އަމްނާގެ ޙަޤީޤަތް އިނގުމަށްފަހުގަ ވެސް މި ކައިވެންޏަށް މައިންބަފައިން ރުހޭނެ ބާއެވެ؟ ބައްޕަމެން ފަދައިން މުއްސަނދި ކުއްޖަކާއި އަމީމު އިނުމަކީ އެދެމަފިރިން އަބަދުވެސް ދައްކާ ވާހަކައެކެވެ. މައިންބަފައިންވެސް ބޭނުމެވެ. އަމްނާވެސް ބޭނުމެވެ. ދެފަރާތުން […]
ނޫރީންއާއި ވާހަކަ ދައްކާލަން ކިތަންމެ ބޭނުންވެފައި ހުރި ނަމަވެސް ނޫރީންއަށް ނޭނގޭނެހެން ޔަންހާ ގޭގެ އަނެއްފަރާތަށް ދިޔައެވެ. ބޮޑު ބިއްލޫރި ބިތް ކައިރީ ހުއްޓިލައިގެން ހުރި ޔަންހާ އެ ބިއްލޫރިގަނޑުގައި އަތް ޖައްސާލިއެވެ. އޭނާގެ އަތަށް އެވަގުތުވެސް ފިނިކަން އިޙުސާސް ވެގެން ދިޔައެވެ. މިދުވަސްކޮޅަކީ ކެނެޑާއަށް ފިނި މޫސުން ކަމުން މުޅި ގޭތެރެވެސް ހީވަނީ އޭސީ ކޮށްފަ ހުންނަހެންނެވެ. ގޭގެ ބޮޑު ބަގީޗާގަ ހުރި ހުރިހާ ގަސްތަކެއްގައިވެސް ވަނީ ސްނޯ ހަރުލައިފައެވެ. އެހެން ނަމަވެސް މަންޒަރު ނުހަނު […]
” ބަލާބަ އެހަރަ ކަމެއް! ހާދަ ރީއްޗޭ!” ލަމް ގެ އަތުގައި ކޮށްޓަމުން ނަފޫ ބުންޏެވެ. ލަމް އިސް އުފުލާލީ އެޒުވާނާގެ މޫނު ފެނޭތޯ އެވެ. އެހެން ނަމަވެސް މީހުން ގިނަ ކަމުން އޭނާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. ހަމައެވަގުތު އާލިމް ރަށުގެ ފަސްގަނޑުގައި ފައި ޖައްސާލިއެވެ. އާލިމްއަކީ މާލެއަށް އުފަން ކުއްޖެކެވެ. މިއީ އޭނާގެ ހަޔާތުގައިވެސް މާލެ ނޫން އެހެން ރަށަކަށް އައި ފުރަތަމަ ފަހަރެވެ. ނަމާދް ވަގުތު ކައިރި ވަމުންދާތީ ލަމް އާއި ނަފޫ ގެއަށް ދާން ހިނގައިގަތެވެ. ލަމް ފަސް އެނބުރި ބަލާލީ އާލިމް ގެ މޫނު ފެނޭތޯއެވެ. އެހެން ނަމަވެސް މީހުން ތަކު ތެރެއިން އާލިމް ފެންނަ ގޮތެއް ނުވިއެވެ. އާލިމް އަކީ މީހުންނާ ވަރަށް ގުޅިގެން އުޅޭ މީހެކެވެ. މިއީ އާލިމް މިރަށަށް އައި އެންމެ ފުރަތަމަ ފަހަރު ކަމުގައި ވިޔަސް އޭނާގެ ބިރައްޓެހި ކަމެއް ނުފެނެއެވެ. ވަރަށް އެކުވެރި އެވެ. އޭގެ އިރުކޮޅެއް ފަހުން މީހަކު ސައިކަލެއްގައި އާލިމް ބަލާ އަތުވެއްޖެއެވެ. ބަނދަރު މަތީ އެއްވެފަ ތިބި މީހުންނާ ސަލާމް ކޮށްލުމަށް ފަހު އާލިމް ސައިކަލަށް އަރާ މި ރަށުގައި ހުންނަ ގެއާ ދިމާލަށް ނައްޓާލައިފިއެވެ. އާލިމް މިރަށަށް އައުމުން މީހުން އެހާ އެއްވެ ސަލާމް ކުރީ އާލިމް މުއްސަދި ކުއްޖަކަށް ވީމަ އެކަންޏެއް ނޫނެވެ. އާލިމް ބައްޕައާއި މިރަށުގެ މީހުންނާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ. އާލިމް ބައްޕަ އެރަށަށް ކޮށްދިން ރަގަނޅު ކަންތައް ތަކުގެ ސަބަބުންނެވެ. ” މިއީ ހާދަ ހިތް ހެޔޮ ބަޔެއް އުޅޭ ރަށެއް ދޯ؟” އާލިމް ސައިކަލަށް އެރުމާ އެކު ބުންޔެވެ. ” އާން ޝާފިއު ބެ ކަހަލަ ރަގަނޅު މީހެއްގެ ދަރިއަކަށް ހެޔޮ ނުވާނީ ކާކު؟” ތައުރީފް ގެ ރާގަކަށް ސައިކަލް ކުރީގައި އިން ހާމިދް ބުނެލިއެވެ. ނަފޫއަށް ގެއަށް ދެވުނު އިރު ހުރީ ކުޑަކޮށް ލަސް ވެފައި އެވެ. އެއީ ލަމް ގެއަށް ލާން ދާން ޖެހުނީމަ އެވެ. ގެއަށް ވަނުމާއެކު ނަފޫ އަށް އޭނާ ގެ މަންމަ ވަރަށް އަވަދި ނެތި އުޅޭތަން ފެނުމުން ސުވާލު ކޮއްލިއެވެ.” މަންމާ! ހާދަ ބުރަކޮށްލަިއިގެން؟ މާ ހާއްސަ ކަމެއް އޮތީތަ؟” ފަހަތުން މަންމަ ގައިގަ ބައްދަމުން ނަފޫ އަހާލިއެވެ.”އާން! މުޅިދުވަސް އެއްކޮށް ބޭރުގަ އުޅެންޔާ ގޭތެރޭގަ ހިންގާ ކަންތައް ތައް ނަފްހާ އަކަށް ނޭންގޭނެ” ހިތްހަމަ ނުޖެހިފަ ހުރި ގޮތަކަށް ނަފޫގެ މަންމަ ނަފީސާ ޖަވާބް ދިނެވެ. ” ދެން މަންމާ! އީދު އަންނާތީ ވަރަށް ބިޒީ… ބަށި ފަރިތަކުރުމުގަ މުޅި ދުވަސް ހޭދަަ މިވަނީ!! ދެން މަންމަ ރުޅި ނައިސް ބުނެބާ!! ނަފޫ އާދޭހާ އެކު އޭނާގެ މަންމަ އާއި ސުވާލު ކުރިއެވެ.””މިއުޅެނީ ދަރިފުޅުގެ ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅު މިގެއަށް ހުންނަން އަންނާތީ..އެކަމުގެ ތައްޔާރީތައް މި ވަނީ” ނަފީސާ ކިޔައި ދިނެވެ.” އަޅެ މިއީ އެ ބަނދަރު މަތިން ފެނުނު ޒުވާނާ އަށް ވާނެ ނަމަ ކިހާ ރަނގަޅު” ނަފޫގެ މަންމަ މިހެން ބުނުމާ އެކު އޭނާ ހިތާ ހިތުން އެދުނެވެ. ” މާމާ ހިނގާ އެއްޗެއް ކާލަން! ބޭސް ކައި ގަޑިވެސް ޖެހެނީ އެއްނުން! ނަމާދު ކޮށް ނިންމުމަށް ފަހު ލަމް އޭނާގެ މާމަ ކޮޓަރިއަށް ވަންނަމުން ބުންޔެވެ.އޭރު ލަމް ގެ މާމަ އޮތީ އެނދުގައި އޮށޯވެލަިގެންނެވެ. މާމަ އަކީ ހިނގޭ އަދި ވާހަކަ ދެއްކޭ މީހެއް ނޫނެވެ. މީގެ ދެއަހަރެއް ކުރިން މާމަ އަށް ސިކުނޑި އަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެއްފަޅިން ވާގި ނެތި ވާހަކަ ދެއްކުން ވެސް ވަނީ ހުއްޓިފައި އެވެ. އޭގެ ފަހުން މާމަ ފެންވަރުވާ މާމަގެ ހުރިހާ ކަމެއް ބަލަހައްޓަނީ ލަމް އެވެ. މާމަ އަށް ކާން ދިމަށްޓަކައި ލަމް ހިނގައި ގަތީ ބަދިގެއާ ދިމާލަށެވެ. ލަމް މެން ގެ ހުންނަނީ ވަރަށް އަދައިގެ ފެންވަރަށް ހަދާފައިއެވެ. ވާނީވެސް އެހެންތާ އެވެ. މާލީ ހާލަތު ހުންނަ ގޮތުން ގެ ނުހެދެނީ އެވެ. ލަމް ބަދިގެ ދޮރު ހުޅުވާލި އިރު ބަދިގެއިން ވަރަށް ބާރަށް ބުޅަލެއް ނިކުތެވެ. ލަމް ދިޔައީ ސިއްސައިގެންނެވެ. ބަދިގެއަށް ވަދެ ތައްޓަށް ބަތް އަޅަން ބެލި އިރ،ު ބުޅާ އޮތީ ގަރުދިޔަ ތެލި ބަންޑުން ކޮށްލާފައެވެ. ލަމް އަށް ހަދާނެ ގޮތެއް ނޭންގުނެވެ. ގޭގައި ކައްކާނެ މަހެއް ނެތެވެ. ލަމް ހަދާނެ ގޮތް ނެގިފައި ހުރި ލަމް ނަފޫ އަށް ގުޅާލިއެވެ.ނަފޫމެން ގޭގައި ގަރުދިޔަ ހުރި ކަމުގައި ވިޔަސް، އެ ގެއަށް މެހެމާނަކު އަންނާތީ ނަފޫ އަށް އާދެވެން ނެތް ވާހަކަ ނަފޫ ބުންޏެވެ. އެހެން ކަމުން ލަމް އެ ގެއަށް ދާން ހިނގައި ގަތެެވެ. އާލިމް އަށް އޭނާ ހުންނަ ގެއަށް އާދެވުނީ ތަންކޮޅެއް ލަސް ވި ފަހުންނެވެ. އެއީ މިސްކިތައް ވަދެލާ ނަމާދު ކޮށްލުމަށް ފަހުގައިއެވެ. އާލިމް އާއި ޝާފިއު ގެއަށް ވަދެ ސޯފާގައި އިށިނެވެ. ހަމަ އެގަޑީގައި ނަފޫ ކޮޓަރިން ނުކުތީ ތުވާލިން ބޯ ހިއްކަމުންނެވެ. އަދި ކުރި ބަލާލުމެއް ނެތި ވަރަށް ބާރަށް ސޯފާއަށް ވެއްޓިޖެއެވެ. އެވަގުތު އޭނާ ގެ ތެތް އިސްތަށިގަނޑުން އާލިމްގެ މޫނޫގައި ވިހުރިލިޔެއެވެ. އެހިނދު ނަފޫ އަށް ސޯފާ ގައި އެހެން މީހަކު އިން ކަމުގެ ޢިހްސާސް ކުރެވުނެވެ. މަޑު މަޑުން އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ. އޭރު ކައިރީގައި އިން ޒުވާނަކު އޭނާ މޫނު މަތީ ހުރި ތެތް އިސްތަށި ނެގިއެވެ. އެެއީ ނަފޫއާއި އާލިމް ކަޅި އާއި ކަޅި ހަމަ ވި ވަގުތެވެ. ނަފޫ އަށް ހުރެވުނީ އާލިމް އަށް ގެއްލިފައި އެވެ.“ އާލިމް ކިހިނެތް؟ މިއީ ދައްތަގެ އެންމެ ހަގު ދަރިފުޅު.. ވަރަށް ސަކަރާތް ބޮޑުވާނެ!! އަނެއްކާ އާލިމް އަށް ޖެއްސުމެއް ކުރީތަ؟ފެންތައްޓެއް ދިއްކޮލަމުން ނަފީސާ އަހާލި އެވެ. “ ނޫނޭ ދައްތާ އެކަހަލަ އެއްވެސް ކަމެއް ނުވޭ!!” އާލިމް ފެން ބޮމުން ބުނެލި އެވެ.ވަރަށް މަޑު މަޑުން ސޮރީ އޭ ބުނެލުމަށް ފަހު ސޯފާ އިން ތެދުވެގެން ނަފޫ ކޮޓަރި އަށް ވަނެވެ. ސައި ތައްޔާރު ވުމުން ނަފީސާ އާލިމް އާއި ޝާފިއު އަށް ސައި ބޯން ގޮވި އެވެ. ރެއަކީ ހަނދުވަރު ދީފަ އޮތް ވަރަށް ހިތްގައިމު ރެއެކެވެ. ހަނދުގެ އަލިކަމުގެ ސަބަބުން އުޑު މަތީގައި ފިޔަ ޖަހާ ތަރިތައް ވަނީ ގެއްލިފައިއެވެ. ރަށުގެ ހަމަހިމޭން މަގުތަކުގައި ލަމް ހިނގައިފައި ދިޔައީ ވަރަށް ހަލުވި ހިނގުމެއްގައެވެ. ލަމް، ނަފޫ މެެން ގޭގެ ދޮރުމައްޗައް އެރުމަށް ފަހު ގޮވާލިއެވެ. ނުނިމޭ!!
މެންދުރު އެގާރަ ޖަހަނިކޮށް ޒިވާ އާއި މައިހާ ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައެވެ. “ޔައި ފަހުންވެސް މެސެޖު ކޮށްފަ ބުނި ނާދެވޭނެޔޯ.. އޭނާ ކުރިން ހުރީ ބްރޭކް ނަގައިގެން ނަމަވެސް އަންނަން.. އެކަމަކު ފަހުން ބުނީ ހަމަ ނެތޯ ދެވޭކަށް.. އޭނާ ހުރީ ކޮންމެ ގޮތެއް ހަދާފަވެސް އަންނަން.. އެކަމަކު އަހަރެން ދެން ފަހުން ބުނީ މައްސަލައެއް ނެތޭ މައި މެން މީހަކާ އެކީ ގޮސްލަފާނަމޭ.. ބުނި ރިޕޯޓް ލިބޭގޮތަށް ޑޮކްޓަރަށް ދައްކާފަ ތިމަންނައަށް އަންގާލައްޗޯ..” އެތެރެއަށް […]
“ހިނގާ ދާން”ހުދު ކުލައިގެ ފައިތިލލަ އާއި ހިސާބަށް އަރާ ދިގު މެކްސީ ހެދުމުގައި މާޔާ ފެންނަލަތް ނުހަނު ލޯތްބެވެ.އެ ދިގު އިސްތަށިގަނޑު މައްޗަށް ނަގައި އައްސާލާފައި އޮތުމުން ކުރިއަށްވުރެ މާޔާ ރީއްޗެވެ.މޭކަޕް ކޮއްލާފައި ވަނީ އެރީތިކަން ފަޑުނުވާނޭ ގޮތަކަށެވެ.ގޭގެ ދޮރުން ނިކުން އިރު ކަޅުކުލައިގެ ކާރެއް ގޭދޮރުމަތީ ގައި އޮތެވެ.ޔޫހާ ގޮސް އެކާރަށް އެރުމުން މާޔާ ވެސް ފަހަތުން ގޮސް އެރިއެވެ.އެކާރު ގޮސް މަޑު ކޮއްލީ ރަށުގެ ބޮޑުމަގު މިނޭ ހިސާބަށެވެ.އެއާއެކު ޔޫހާ ކާރުން ފޭބިއެވެ.ޔޫހާގެ ފަހަތުން […]
ރައިފާގެ ކަންފަތުގައި ކުޑަކުޑަ އަލީނާ ލައްވަމުން ދިޔަ އަޑުތައް އިވި ހިނި އާދެވުނީ އިޚްތިޔާރުން ބޭރުގައެވެ. އޭނާވެސް ގައިމު ރަނގަޅު ދިރިއުޅުމެއް ފައްޓައިގެން އެމީހުން އެ އުޅޭ ގޮތަށް އުޅުނީމަ އެ ވީ ނޫން ހެއްޔެވެ؟ ބަދަލު ނުހިފާ ސުލްޙަވެރިކަމާއެކު ހުރިހާ ކަމެއް ނިންމާލިއްޔާ ވާނީ ކީއްހެއްޔެވެ؟ ރައިފާ އޭނާގެ ބޮލުގައި ކުޑަކޮށް ޖަހާލިއެވެ. އެއްގޮތަކަށްވެސް ޒިވާ ގާތުން ބަދަލު ނުހިފައި ކަމަކު ނުދާނެވެ. އޭނާގެ ބަސްނާހާ ހިތަށް އަނެއްކާވެސް އިތުރަށް ބަހަނާތައް ދައްކަމުން ދިޔައެވެ. މައިހާ […]
އެއީ ހަވީރުގެ ހިތްގައިމު ވަގުތެވެ. ލަމް އިނީ ރަށުގެ ގޮނޑުދޮށުގައި އިށިދެލަިގެން މޫދާ ދިމާލަށް ގެއްލިފައިއެވެ. ޖެހެމުން އައި ފިނި ވައިރޯޅިތައް ލަމްގެ މޫނުގައި ބީހެމުންދެއެވެ. މި ފިނިކަން މޫނުގައި ބީހިގެން ދާ ހިނދު ލަމް އަށް ކުރެވުމުން ދަނީ ވަރަށް ފުން އިހުސާސްއެކެވެ. ލަމް އިނީ އޭނާގެ ހަޔާތުގައި ސަފްހާތަކުގެ ތެރެއިން ސަފްހާއަކަށް ގެއްލިފައިއެވެ. އޭނާގެ ހިތްދަތި ހަނދާންތަކުގެ ތެރެއަށް ގެއްލިފައެވެ. ލަމްއަކީ ވަރަށް އަދައިގެ ދިރިއުޅުމެއްގައި އުޅެމުން އަންނަ ޒުވާން އަންހެން ކުއްޖެކެވެ. އެނާ އަކީ ވަރަށް މަޑުމައިތިރި އެހާމެ ކިޔަމަންތެރި ކުއްޖެކެވެ.ލަމް ގެ ހުންނަ ރީތި ސިފައާއި، އޭނާގެ ރީތިކަމުގެ ވާހަކަ ރަށުގައި ނުދައްކާ މީހަކު މަދުވާނެއެވެ. އެހެން ނަމަވެސް ރަށުގެ މީހުން ލަމް ބަލައިގަންނަނީ ވަރަށް ބަދުނަސީބު ކުއްޖެއްގެ ގޮތުގައިއެވެ. ނަމަވެސް މިކަމުގައި ލަމްގެ އެއްވެސް މައްސަލަ އެއް ނެތެވެ. އޭނާ ވަރަށް ކުޑައިރު ކަނޑުމަތީ ކާރިސާއެއްގެ ސަބަބުން އޭނާގެ މައިބަފައިން ވަނީ މިދުނިޔެއާއަލްވަދާއު ކިޔާފަ އެވެ. އޭރު ލަމްގެ އުމުރުން އެންމެ5 އަހަރެވެ. އޭގެ ފަހުން ލަމް ބަލަމުންދަނީ ލަމް ގެ މާމައެވެ. އެހެންނަމަވެސް މިހާރުއެމާމަ ވަނީ ގައިބާރު ދެރަވެ ނިކަމެތިވެފައި އެވެ. އެއްވެސް ބުރަކަމެއް ނެތި ލަމް ދަނީ މާމަ ގެ ހުރިހާ ކަމެއްވެސް ބަލަހައްޓަމުންނެވެ. ލަމް ސްކޫލް ނިމުމާއެކު ލަމް ޖެހުނީ ވަޒީފާ އަދާކުރާށެވެ. އެއީ މާމަގެ ބަލިހާލަތާއި ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނެވެ. އެހެންކަމުން ލަމް އޯލެވެލް ނިންމުމަށް ފަހު ރަށުގެ ހޮސްޕިޓަލްގެރިސެޕްޝަނިސްޓް މަގާމަށް ކުރިމަތިލައިގެން ހޮވުނެވެ.ހޮސްޕިޓަލުން ލިބޭ ކުޑަ މުސާރައިން މާމަ އަށް ކޮއްދެންޖެހޭ ހުރިހާ ކަމެއް ލަމް ދަނީ ފުރިހަ ކޮށްދެމުންނެވެ. މިހިޔާލުތަކަށް ގެއްލިފަ އިންދާ ފަހަތުން މީހަކު ލަމްގެ ކޮނޑުމަތީގައި އަތްއަތްއަޅުވާލުމަށް ކޮށްޕާލިއެވެ. ލަމް ސިހިފައި ފަހަތަށް ބަލައިލިއެވެ. ފަހަތަށް ބަލައިލުމާ އެކު ލަމްގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ލަމްގެ އެންމެ ގާތް އެކުވެރިޔާ ނަފޫ އެވެ. ނަފޫއާއި ލަމްއަކީ އެންމެ ކުޑައިރުން ފެށިގެން ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ކޮންމެ ކަމެއް ކުރިއަސްއެކުގައި ނޫނީ ނުކުރެއެވެ. ދެމީހުން އެކުގައި އުޅޭއިރު ހީވަނީ އެއްބަނޑު ދެމީހުންހެންނެވެ. އެހެންނަމަވެސް ނަފޫއާއި ލަމްގެ މިޒާޖް ވަރަށް ތަފާތެވެ. ނަފޫ އަކީ ވަރަށް ސަކަ މިޒާޖެއް ހުންނަ ކުއްޖެކެވެ. ކޮންމެވެސް ސަކަރާތެއް ޖަހާ ނުލާ ހިތްހަމަ ޖެހުމެއް ނަފޫ އަކަށް ނުލިބެއެވެ. “ކޮން ހިޔާލަކަށް ގެއްލިފަ؟ އަނެއްކާ ހުވަފެނުގެ ރާޖާ ފެނުނީތަ؟” ނަފޫ ލަމްކޮނޑުގައިއަތްއަޅުވާލުމަށް ފަހު ޖެއްސުމުގެ ރާގަކަށް ބުނެލިއެެވެ. ލަމް އެވަގުތު އަތުން ވެލިފޮޅަމުން އެތަނުން ތެދުވިއެވެ. އަދި ބުންޏެވެ.” ނޫން ހަމަ އިންދެލީ ފިނި ކޮށްލަން”. ” އެހެންތަ އަހަރެން ހީކުރީ ބަލިވެ ރަޖާ އަޅައިގެން ކަމަށް އޮތީ ބަށި ކުޅޭތަނަށް ނައިމަ” ލަމް ގެ ވާހަކަ ނުނިމެނީސް ނަފޫ ކުރިމަރާލުމަށް ފަހު ރައްދުދިނެވެ. އިރުއޮއްސެން ކަިރި ވުމާއެކު ލަމް އަދި ނަފޫ ހިނގައި ގަތީ ގެޔަށް ދިއުމަށްޓަކައެވެ. މަގުމަތީގައި ހިނގަމުން ދިޔަ ވަގުތު ވެސް ނަފޫ ބެލީ މަގުން ދާހާ މީހަކާ ޖެއްސުން ކޮށްލެވޭތޯއެވެ. ހިނގަމުން ހިނގަމުން ގޮސް ދޯނި ފުރާ ދިމާއަށް ދެވުނުތަނާހެން ދެމީހުންގެ ވެސް ނަޒަރު ހުތިގެން ދިޔައީ ރަށުގެ ރައްޔިތުން އެއްވެފައި އޮތް ދިމާލަށެވެ. ކޮންމެއަކަސް ނަފޫމިކަމުގެ ވާނުވާ ބަލަން ބޭނުން ވެއްޖެއެވެ. ނަފޫ އާދޭސް ކުރާ ވަރުން ލަމް އެތަަނަށް ދިޔުމަށް އެއްބަސްވިއެވެ. މީހުން ތަކު ތެރެއަށް ވަދެވުމާއެކު ނަފޫ އޭނާގެ ބޮޑު ދައިތަ ކުރެން އަހާލިއެވެ. ” މިއަދު މާ ހާއްސަ މީހަކު އައްނަނީތަ؟” މިހެން ބުނުމާއެކު އޭނާގެ ބޮޑު ދައިތަ ޖަވާބް ދިނެެއެވެ. ” ނޭގެ އަހަންނަކަށް ވެސް މާލޭގެ ވަރަށް މުއްސަނދި މީހެއް އައްނަނީ ޔޯ” މިހެން ބުނި ތަނާހެން ދޯނިން ވަރަށް ރީތި ޒުވާނަކު ނުކުތެވެ. ނަފޫ ލަމްގެ އަތުގައި ކޮށްޓަން ފެށިއެވެ. ނުނިމޭ!